ކުށަކާ ނުލާ 15
ނަދާގެ އެކަނިވެރި ކަމާ، ނަދާ ފޫހިވާނެ ވަރު ފުރަތަމަ ފަހަރަށް އަޔާޒްއަށް އިހުސާސް ކޮށްލެވުމުންނެވެ.
“އަޔާއަށް އޯކޭ ނޫނިއްޔާ ގުޅާފަ ބުނާނަން ނޫނެކޭ” އަޔާޒް އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން އިސް ޖަހާލަމުން ނަދާ ބުންޏެވެ.
“އަހަރެން ނުބުނަމެއްނު އެ މީހުން ނުގެންނާށެކޭ؟ ނަދާ ބޭނުން އިރަކު ނަދާގެ ފެމިލީ އާ ނަދާގެ ރައްޓެހިން މި ގެޔަށް ގެނެވޭނެ. އެކަން އަހަރެން ދުވަހަކުވެސް މަނައެއް ނުކުރަމެއްނު؟” އެއީ ކައިވެންޏަށް ފަހުވެސް ނަދާއާ ރީތިކޮށް އަޔާޒް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
“ޝުކުރިއްޔާ!” އިސް އުފުލާ އަޔާޒްއަށް ބަލާލަމުން މަޑުމައިތިރި އަޑަކުން ހަމަ އެކަނި އެ ބަސް ބުނެލާފައި ނަދާ ބަދިގެއަށް ވަނެވެ.
އަޔާޒްއަށް ދެންވެސް ބަލަން ހުރެވުނީއެވެ.
އަޔާޒްއަށް ނަދާއާ މެދު ކަންތައް އެ ކުރެވެނީ ރަނގަޅަށް ހެއްޔެވެ؟ ހުރިހާ ކަމަކީ ހަމައެކަނި ނަދާގެ ކުށުން ވީ ކަންތައް ހެއްޔެވެ؟ ކަންތައް ވީ ގޮތުން ހަމަ އެކަނި ނަދާ ކުށްވެރި ކުރުމަކީ އިންސާފެއް ހެއްޔެވެ؟ ނަދާއެކޭ އެއްވަރަށް އަޔާޒްގެ ކުށް ނުވޭ ހެއްޔެވެ؟
ހިތަށް އަރަމުން ދިޔަ އެއްޗެއްސާ މެދު ހިތް ހަމަ ނުޖެހިގެން އަޔާޒް ދެ ފަރާތަށް ބޯ ހަލުވާލަމުން އެ ޚިޔާލުތައް ސިކުނޑިން ނެރެލިއެވެ.
އަނެއް ދުވަހު ހެނދުނު ސައި ހަދާ ނިމުމާ އެކު ނަދާ މެންދުރުގެ ކެއުން ތައްޔާރު ކުރަން ފެށިއެވެ. އެހެން ހުކުރު ދުވަސްތަކުގައި މެންދުރަށް ކެއްކުމަށް ނަދާ ބަދިގެއަށް ވަންނަނީ ދިހަ ގަޑި ބައި އެހާ ކަންހާ އިރުއެވެ. ނަމަވެސް އެ ދުވަހު އަވަސް ކޮށްލީ ހުދާމެން ހަވީރު އަންނަން ވާ އިރަށް ހަވީރުގެ ސަޔަށް ރަނގަޅު އެއްޗެއް ހަދާލަން ބޭނުން ވާތީއެވެ.
އަޒްކާއަށް އެންމެ މީރު ޗޮކްލެޓް ބޯލްސްއާ، ހުދާއަށް މީރު ރޯލްސް ހަދާ ނިންމާފައި ރިދާއަށް އެންމެ ކަމުދާ ކްލަބް ސޭންޑްވިޗް ހަދަން ހުރިހާ އެއްޗެއް ތައްޔާރު ކޮށްފައި ނަދާ ކޮޓަރިއަށް ވަނީ އަސުރު ނަމާދަށް ބަންގި ގޮވަނިކޮށެވެ. މެންދުރު ފެން ވަރައިގެން ހުރުމުން އެ ގަޑީގައި ހަމައެކަނި މޫނު ދޮވެލައިގެން އެއްޗެހި ބަދަލު ކޮށްގެން ނަމާދުވެސް ކޮށްގެން ނަދާ ނިކުތް އިރު އަޔާޒް ސިޓިންގްރޫމްގައި ޓީވީ ބަލަން އިނެވެ.
ތިންގަޑި ސާޅީސް ވީ ތަނާ، ޑިޔުޓީއަށް ދާން ތައްޔާރު ވެގެން މައިހާ ނިކުތެވެ. މައިހާ އެ ގެޔަށް އައި ފަހުން އަޔާޒް ގޭގައި އުޅޭ ވަގުތެއްގައި ނަމަ މައިހާ ހޮސްޕިޓަލަށް ގެންގޮސް ދެނީ އަޔާޒްއެވެ.
“އަޔާ… ހިނގާ” އަޔާޒްއަށް ގޮވާލަމުން މައިހާ ނިކުންނަން ދިޔައެވެ.
“މައި، މިއަދު ޓެކްސީއެއްގަ ދާން ވީނު؟ އަހަރެން ގުޅައިފިން ދެންމެ، މައި ފައިބަން ވާ އިރަށް އަންނާނެ. ލަސް ވެއްޖެއްޔާ އަހަންނަށް ގުޅާލާ” އަޔާޒް ދިނީ މައިހާވެސް އަދި ނަދާވެސް ހީކުރި ޖަވާބެއް ނޫނެވެ.
“އޯކޭ” މައިހާ ދެކޮޅު ނުހަދާ އަޔާޒްއަށް ހީލާފައި ނިކުތެވެ.
ފަސް ވަރަކަށް މިނަޓް ފަހުން ބެލް ޖަހާލި އަޑު އިވުމުން ދޮރު ހުޅުވީ އަޔާޒްއެވެ. ނަދާ ބޯ ދިއްކޮށް ބަލާލި އިރު އަޒްކާއާ ހުދާއާ ރިދާގެ އިތުރުން ނިހާލްވެސް އެ މީހުންނާއެކު އައިސް ވަނެވެ.
“ދޮންތަބޭ ވެސްތަ؟” ހިނި އައިސްފައި ނަދާ އަހާލިއެވެ.
“ނަދާ! ކިހިނެއްތަ؟ ހާދަ ހިކިއްޖޭ، ބަލިވެތަ ތި އުޅެނީ؟ އަޔާ، ކިހިނެއްތަ ނަދާއަށް ތި ހަދަނީ؟” ނަދާގެ ބޮލުން ފެށިގެން ފަޔަށް ބަލާލަމުން ނިހާލް ސުވާލު ކޮށްލިއެވެ.
ނިހާލް ސުވާލު ކުރުމުން އަޔާޒްއާ ނަދާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ނަދާ ކުރިއަށް ވުރެ ހިކި ކަން އަޔާޒްއަށްވެސް ފާހަކަ ކުރެވުނީ ނިހާލް އެހެން ބުނުމުނެވެ.
“އެއީ އަޔާ ކަމެއް ކުރާތީއެއް ނޫނޭ ދޮންތަބޭ. ގޭގަ އިނދެގެން ކަމެއް ނުކޮށް ކާތީ މާ ފަލަ ވާހެން ހީވެގެން ޑައިޓް ކޮށްލީއޭ. އޭގެ ރިޒަލްޓް މީ. ވަރަށް ހިކިތަ؟ އެހެން ވިއްޔާ ދެން އަނެއްކާ ކާން ފަށަންވީ” ނަދާ ވާހަކައެއް ހަދާލަމުން އެންމެންނަށް އޮޅުވާލިއެވެ. ނަދާ ހިކިއްޖެ ކަން ނިހާލްއަށް ފާހަގަ ވިއްޔާ ހުދާއަށްވެސް ވާނެތީއެވެ.
“ތި ވަރު ވީމަ މާ ހިކީ، އަދި ކުޑަކޮށް ފަލަ ވެލަނިކޮށް ރަނގަޅު ވާނެ” ނިހާލް ބުނެލިއެވެ.
“މަށަށް ނުބުނެވެނީސް ނިހާލް ތި ބުނީ. ދޮންތަ ހީކުރީ ނަދާ ބަލީ ކަމަށް. ފެނުނު އިރަށް އެނގިއްޖެ ހިކި ކަން. މީހާ ހީވަނީ ކަށިކޮޅެއް ހެން ވިއްޔަ” ކައިރިއަށް ގޮސް ނަދާގެ ގައިގައި ބައްދާލަމުން ހުދާ ބުންޏެވެ.
ދުވަސްތަކަކަށް ފަހު ހުދާމެން ފެނުމުން، އެ މީހުން މަތިން ހަނދާން ކުރެވުނު ވަރު އިހުސާސް ވެގެން ދިޔުމާ އެކުވެސް ނުރޯން ހިތްވަރުކޮށްގެން ހުރި ނަދާއަށް އެ ވަގުތު ރޮވުނީ ހުދާ ބައްދާލުމުންނެވެ.
“ހޭ… ކިހިނެއްވީ؟” ނަދާ ރޯކަން އެނގުމުން، ނަދާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލަން މަސައްކަތް ކުރަމުން ހުދާ އަހާލިއެވެ. ނަމަވެސް ނަދާ ކުރިއަށް ވުރެ ބާރަށް ހުދާ ގައިގައި ބައްދާލިއެވެ.
“ނަދާ…؟” ނަދާގެ ބުރަކަށީގައި ފިރުމާލަމުން ހުދާ ގޮވާލިއެވެ. ރިދާވެސް އައިސް ނަދާއާ ހުދާ ގައިގައި ބައްދާލަމުން ނަދާއަށް ގޮވާލިއެވެ.
ދުރުގައި ހުރި ނިހާލް ބަލާލީ އަޔާޒްއާ ދިމާއަށެވެ. ނަމަވެސް އަޔާޒްއަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ނަދާ ރޯން ފެށި ވަގުތުން ފެށިގެން އަޔާޒްއަށް ކުށްވެރި އިހުސާސެއް ކުރެވުމުން އިސްޖެހިފައި އިނދެވުނީ އަޔާޒްއާ އަމާޒު ވެދާނެ ސުވާލަކަށް ދޭނެ ޖަވާބެއް ނުވިސްނިފައެވެ.
“އައި ޖަސްޓް މިސް ޔޫ… ހިތަށް އަރަނީ ދޮންތަމެންނާ އެކީ ގޭގަ އުޅެވޭނެ ނަމައޭ…” ދުރަށް ޖެހިލާ ލޯ ފޮހެލަމުން ނަދާ ބުނެލިއެވެ.
“ސާބަސް މަންޖެގަނޑާ. ނަދާ ގެޔަށް ދާ ހިތެއް ނުވޭ، އަހަރުމެން އަންނަން އުޅުނަސް ބުނާނެ އަޔާ މާ ބިޒީކޮށް އުޅޭތީ ރެސްޓް ބޭނުން ވަނީއޭ އަނެކައްޗެކޭ… އެކަމަކު ނުފެނި ގިނަ ދުވަސް ވީމަ މިސް ވެގެން މި ރޮނީވެސް ހަމަ މީނަ” ނަދާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ހުދާ ބުނެލިއެވެ.
“އަހަރެން ހީކުރީ މި އަޔާ ބޭނުން ނުވަނީ ކަމަށް އިރުކޮޅަކަށްވެސް އެހެން މީހަކާ ނަދާ ޝެއަރ ކުރަން. ނޭނގޭނެއެއްނު ދޯ؟” އަޔާޒްގެ ކޮނޑުގައި ޖަހާލަމުން ހިނިގަނޑަކާއެކު ނިހާލް ބުންޏެވެ.
“ދެން ހިނގާ އަވަހަށް ސައި ބޯން. އާދެބަލަ ތުއްތަ ކައިރިއަށް އަޒް… މިހާރު ތުއްތަ ނުފެންނާތީ ރުޅި ދޯ؟ އެކަމަކު ތުއްތަ ކައިރިއަށް ނާންނަންޏާ ޗޮކްލެޓް ބޯލްސް އެއް ނުލިބޭނެ” ނިހާލްގެ އުނގުގައި އިން އަޒްކާއާ ދިމާއަށް އަތް ދިއްކޮށްލަމުން ނަދާ ބުންޏެވެ. ޗޮކްލެޓް ބޯލްސްގެ ވާހަކަ ބުނުމާ އެކު އަޒްކާ ނިހާލްގެ އުނގުން ފައިބައިގެން އައިސް ނަދާ ގައިގައި ބައްދައިގަތެވެ.
“ތުއްތާ، އަހަންނަށް ކޯޗެއް ހެދީ؟” ރިދާ އަހާލިއެވެ.
“އެހާ ރަނގަޅު ރިޒަލްޓް ގެނައީމަ ރިދާއަށްވެސް ރަނގަޅު އެއްޗެއް ހަދާދޭން ވާނެ ދޯ؟ ކްލަބް ސޭންޑްވިޗް ހެދީ، ރަނގަޅުތަ؟” ރިދާއާ ދިމާއަށް އެނބުރެމުން ނަދާ ބުންޏެވެ.
“ކްލަބް ސޭންޑްވިޗް! ބެސްޓް! ފްރައިޒް ހެދިންތަ ތުއްތާ؟” ދެއަތްތިލަ ޖަހާލަމުން ރިދާ އުފަލުން އަހާލިއެވެ.
“އާނ، ހެދިން. ދޮންތައަށް ހުންނާން ރޯލްސް ހަދާފަ. ދެން ދޮންތަބޭ އަންނާނެ ވާހަކަ ކުރިން ބުނި ނަމައެއްނު ކުޅި ބޯކިބާ އަޅާނީ؟ އަންގާ ނުލާ ވިއްޔަ ތި އައީ. އަހަންނަށް ވަރަށް ހީވޭ މިއަދު ދޮންތަބޭ ގޮވައިގެން ދޮންތަ މި އައީ ސްޕެޝަލް ކަމެއް އޮވެގެން ހެން. ރަނގަޅަށްތަ މި ހީވީ؟” ލާނެތް ގޮތަކަށް ނަދާ އަހާލިއެވެ.
ހުދާއާ ނިހާލް އެކަކު އަނެކަކަށް ބަލާލާފައި، ހުދާ ގޮސް ނިހާލްގެ އަތުގައި ހިފާލިއެވެ.
“ގެސް…؟” ހުދާ ނަދާއަށް ބުނެލިއެވެ.
“މެރީ ކުރަން ތި އުޅެނީ؟” ނަދާ އަހާލިއެވެ.
ހުދާއާ ނިހާލް އެކީ ބޯ ޖަހާލިއެވެ.
“އަސްލުވެސް!! އައިމް ސޯ ހެޕީ… ކޮންގްރެޓްސް ޔޫ ޓޫ!” އަޒްކާ ބަހައްޓާފައި ގޮސް ހުދާ ގައިގައި އެއް އަތުން ބައްދާލަމުން އަނެއް އަތުން ނަދާ ނިހާލްއާ ސަލާން ކޮށްލިއެވެ.
“މަގޭ ފަރާތުންވެސް ކޮންގްރެޓްސް ދެ ކުދިންނަށް” އަޔާޒްވެސް އައިސް ހުދާއާ ނިހާލްއާ ސަލާން ކޮށްލިއެވެ.
“އަޒްއަށްވެސް ކޮންގްރެޓްސް ކިޔަން ޖެހޭނެޔޭ ދޯ ދޫނީ؟” ނަދާ އަނެއްކާވެސް އަޒްކާ އުރާލަމުން އެ ތުއްތު މޫނުގައި ބޮސްދިނެވެ.
“އަޒް، އާދެބަލަ ހަދިޔާއެއް ދޭނަން” އަޔާޒް އެ ވަގުތު ނަދާ އަތުން އަޒްކާ އުރާލައިގެން ގޮސް ފްރިޖުން އެންމެ ބޮޑު ދެ ޓޮބްލެރޯން ނަގައިގެން އަޒްކާއަށާ ރިދާއަށް ދިނެވެ.
“އަހަންނަށްވެސްތަ؟ ތެންކިއު ތުއްތަބޭ” ޗޮކްލެޓްގައި ހިފަމުން ރިދާ އަޔާޒްއަށް ޝުކުރު އަދާ ކުރިއެވެ.
“ރިދާގެ ތުއްތަ އެ ބުނިހެން އެހާ ރަނގަޅު ރިޒަލްޓްއެއް ގެނައިމަ ހަދިޔާއެއް އޮންނަން ވާނެއެއްނު؟” ރިދާގެ ބޮލުގައި ފިރުމާލަމުން އަޔާޒް ބުންޏެވެ.
ނަދާއަށް އަޔާޒްއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. އަޔާޒް، ރިދާއަށާ އަޒްކާއަށް އެއްޗެއް ގަތް ކަމެއް ނަދާއަކަށް ނޭނގެއެވެ. ނަމަވެސް ނަދާގެ އާއިލާއަށް ޓަކާ އެވަރަށްވެސް އަޔާޒް ވިސްނީތީ ހިތާހިތުން ނަދާ އަޔާޒްއަށް ޝުކުރު ކުރިއެވެ.
ނަދާ މޭޒުމައްޗަށް އެއްޗެހި ނެގުމުން، ސައި ތައްޔާރުކޮށް ނުނިމެނީސް ރިދާ ކާން ފެށިއެވެ. ހިނިއައިސްފައި ހުރެ އެކަމާ އެއްޗެހި ކިޔަ ކިޔާފައިވެސް ނަދާ އަޅާނުލާ ދޫކޮށްލިއެވެ. އަޔާޒްއަށް އެންމެ މީރު ކެރެމަލް ޕުޑިންގވެސް ނަދާ އަޅާފައި ހުރިކަން އަޔާޒްއަށް އެނގުނީ ސައި ބޯން އެރުމުންނެވެ. ޕުޑިންގ ފެނުމުން އަޔާޒްއަށް ނަދާއާ ދިމާއަށް ބަލާލެވުނެވެ. އަޔާޒްއަށް ބަލަން ހުރި ނަދާ، އަޔާޒް ބަލާލުމާ އެކު އަވަހަށް ދުރު ބަލާލިއެވެ.
ދުވަސްތަކެއް ފަހުން، އެ ދުވަހު ނަދާއަށް އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލެވުނެވެ. އެކި ވާހަކަޔާ، ސަކަރާތާ މަޖަލުގައި ތިއްބާ އިރު އޮއްސުމުން ނަދާއާ އާ އެކު ހުދާއާ ރިދާ އެގޭގައި ނަމާދު ކުރީ، ޢިޝާ ނަމާދަށް ނުގޮވަނީސް ގެޔަށް ނުދެވިދާނެތީއެވެ. އަޔާޒްއާ އެކުގައި މިސްކިތަށް ގޮސްފައި އަނެއްކާ ނިހާލްވެސް އެގެޔަށް އައީ ހުދާ އެދުމުންނެވެ.
އެރޭ ކައިގެން ދާން މަޑު ކުރުމަށް އަޔާޒް އެދުމުން ހުދާމެން ވަގުތުން އެއްބަސް ވިއެވެ. މެންދުރު ޗިލީ ޗިކަންއާ އެކީ ކާން ކެއްކި ފްރައިޑް ރައިސް އެންމެންނަށް ވާ ވަރަށް ނެތުމުން ހުދާއާ ނަދާ ވެގެން ރޮށި ފިހުނެވެ. އެންމެން އެކުގައި ކާން އެރި އިރު ނަދާ ނުކާން ހުރުމުން ހުދާ ކިޔަން ފެށުމުން އެރޭ ނަދާ ކޮންމެވެސް ވަރަކަށް ކެއެވެ.
ކައި ނިމިގެންވެސް އެކި ވާހަކައިގައި އެމީހުން ސިޓިންގްރޫމްގައި ތިއްބެވެ.
އަޔާޒް ހުދާމެންނާ ވާހަކަ ދައްކަން އިން ތަން ބަލަން ދުރުގައި އިނދެފައި ނަދާ، އަޒްކާ ގޮވައިގެން ބެލްކަންޏަށް ނިކުތީ އެރޭގެ ފުލްމޫން އަޒްކާއަށް ދައްކާލާށެވެ.
ބެލްކަނީގައިވެސް ނަދާއަށް ހުރެވުނީ އެންމެން ސަކަރާތް ޖަހާ ތަން ބަލާށެވެ. އެކަން ފާހަގަ ކުރެވިގެން ނިހާލް ތެދުވެގެން ގޮސް ނަދާ ކައިރީ މަޑުކޮށްލިއެވެ.
“ހާދަ ވަރަކަށް ތި ވިސްނަނީ؟ ކޮން ކަމަކާ؟” ނިހާލް އަހާލިއެވެ.
“ވަކި ކަމަކާ ނޫން… ދެން އެކި އެކި ކަންތައް… ދޮންތަބޭ، ކޮން އިރަކުން މެރީ ކުރަނީ؟” ނަދާ ބޭނުން ވީ އެހެން ވާހަކައެއް ދައްކާށެވެ.
“ވަކި ދުވަހެއް އަދި ނުނިމޭ. ގެ ނިމުނު ހާ އަވަހަކަށް ކުރަން ކަމަށް. ހީވަނީ އަދި ދެ މަސް ވަރު ވާނެހެން. ނަދާގެ ދޮންތަ ބޭނުން ވަނީ މިހާރުވެސް ކުރަން، ލަސް ވެގެން އުޅެނީ” ލުއި ހީލުމަކާ އެކު ހުދާއާ ދިމާއަށް ބަލާލަމުން ނިހާލް ބުންޏެވެ.
“ދެން އެހެންނެއްނު ވާނީ؟ ދޮންތަ ކިހާ ދުވަހެއް ވެއްޖެ މިހާރު ވެއިޓް ކުރާތާ” ނަދާވެސް ހީލިއެވެ.
“އިރާދަ ކުރެއްވިއްޔާ ދެން ނުޖެހޭނެ ގިނަ ދުވަހަކު ވެއިޓް ކުރާކަށް، ދެ މަސް ވާ އިރަށް ގެ ނުނިމުނަސް އިތުރަކަށް މަޑެއް ނުކުރާނަން” ނިހާލް ބުނެލިއެވެ.
“އަދިވެސް އެއް ފަހަރު މަރުޙަބާ” ނަދާ ހިތުގެ އަޑިން ބުންޏެވެ.
“ޝުކުރިއްޔާ… ދެން ބުނެބަލަ، ނަދާގެ ލައިފް ކިހިނެއް؟ މެރީ ކުރީމަ ނަދާ ވަރަށް ބަދަލު ވެއްޖެ” ނަދާގެ މޫނަށް ބަލާލަމުން ނިހާލް އަހާލިއެވެ.
“މެރީ ކުރީމަ ކޮންމެ މީހަކުވެސް ބަދަލު ވާނެ. މުޅި ލައިފް އެކީ އެހެން ގޮތަކަށް ބަދަލު ކޮށްލަނީ ވިއްޔަ” ހީލަމުން ނަދާ އެހެން ބުނެފައި ދުރަށް ބަލާލިއެވެ.
އިރުކޮޅަކު ވާހަކަ ނުދައްކާ ހިމޭން ވަގުތުކޮޅެއް ދިޔައެވެ.
“ދޮންތަބޭ… އެއްޗެއް އަހާލަންތަ؟” ނަދާ އިރުކޮޅަކު ވިސްނަން ހުރެފައި އަހާލިއެވެ.
“އަހާބަލަ…” ނިހާލް ބުންޏެވެ.
“އެއްވެސް ދުވަހަކުން… އަހަރެން… އަހަރެން އެހެން ތަނަކަށް ދާން ބޭނުން ވެއްޖެއްޔާ… އަހަންނަށް ދޮންތަބޭ މެން ގެޔަށް ދެވޭނެތަ؟” ދުރު ބަލަން ހުރެ ނަދާ އަހާލިއެވެ.
“އާނ، ދެވޭނެ، ބޭނުން ދުވަހެއް ވަންދެން ހުރެވޭނެ. އަހަރެން ހުރި ކޮންމެ ތަނެއް އަބަދުވެސް ނަދާއަށް ވެލްކަމް ވާނެ. އެކަމަކު… ނަދާ ތި ސުވާލު ކުރީތީ އަހަރެންވެސް ސުވާލެއް ކޮށްލާނަން… ނަދާއާ އަޔާޒްގެ މެދުގަ ހުރިހާ ކަމެއް ރަނގަޅުތަ؟” ނަދާ ކުރި ސުވާލަށް އެއްވެސް ޖެހިލުމެއް ނެތި ނިހާލް ޖަވާބު ދިނެވެ. ނަމަވެސް އެއާ ވިއްދާ ސުވާލެއް ކޮށްލީ، ނަދާ އެހެން އެހި ސަބަބެއް އޮޅުން ފިލުވަން ބޭނުން ވުމުންނެވެ.
“ގޯހެއް ނޫން… އަސްލުގަ ލައިފް ޕަރފެކްޓްއެއްވެސް ނޫން… އަހަންނާ އަޔާ މެރީ ކުރި ގޮތާ ބަލާފަ ހެޕިލީ އެވަރ އާފްޓަރ އެއް ނުވާނެ ދޯ؟ އަނެއް ހެން ކަމެއް ވެގެންނެއް ނޫން އެހެން އެހީކީ. ހިތަށް އެރީ ކަމެއް ދިމާ ވާ ދުވަހަކުން އެއްވެސް ސުވާލެއް ނެތި އެހީއަށް އެދޭނެ ވަރުގެ މީހަކު ހުރިކަން ޔަގީން ކޮށްލާނީއޭ. މިހާރު އެ ޔަގީން ކަން ލިބިއްޖެ” ނަދާ ބުންޏެވެ.
“ޕްރޮމިސް! ކޮންމެ ދުވަހަކުން ވިޔަސް އަހަރެންގެ ބޭނުމެއް ޖެހިއްޖެއްޔާ ހަމަ އެކަނި ބުނެލަން ޖެހޭނީ، އިތުރު ސުވާލެއް ނުކޮށް އަހަންނަށް ވެވުނު ކަމެއް ކޮށްދޭނަން. ނަދާ ނުޖެހޭނެ ދެ ފަހަރަކަށް ވިސްނަންވެސް” ނަދާގެ އަތް ތިލައިގައި ހިފާލަމުން ނިހާލް ޔަގީން ކަން ދިނެވެ.
“ހިތަށް އަރާ ބައްޕަ ހުރި ނަމަވެސް ބުނާނީ ހަމަ ތިހެން ބާއޭ” ފެންކަޅި ވެފައިވާ ދެ ލޮލުން ނިހާލްގެ މޫނަށް ބަލާލަމުން ނަދާ ބުނެލިއެވެ.
“މިހެން ހަމަ ބުނާނީ” ނިހާލް ބުންޏެވެ.
“ދެ މީހުން އަހަރުމެންނަށް ސިއްރުން ކޮން ކަމެއް ތި ނިންމާލީ؟” ދުރުގައި އެ ދެމީހުންނަށް ބަލަން އިން ހުދާ، ބެލްކަނީގެ ދޮރު ކައިރިއަށް އައިސް އަހާލިއެވެ.
“އެއީ އަހަންނާ ނަދާގެ ސިއްރެއް، ހުދާއާ އަޔާޒް ކައިރިއަކު ނުބުނެވޭނެ. ދޯ ނަދާ؟” ސަމާސާ ގޮތަކަށް ނިހާލް ބުނެލިއެވެ. އަދި ނަދާ ކައިރީ ހުރި އަޒްކާ އުރާލައިގެން ހުދާގެ ކޮނޑުގައި ހިފާލަމުން އެތެރެއަށް ވަނެވެ.
ދިހައެއް ޖަހަން އުޅެނިކޮށް ހުދާމެން ދިޔުމުން ނަދާ ފޫހި ވެގެން ވާހަކަ ފޮތެއް ހިފައިގެން ކޮޓަރީގައި އިނެވެ. ނަމަވެސް ދެ ތިން ޕެރެގްރާފް ކިޔުނު އިރުވެސް، އެ ކިޔުނު އެއްޗެއް ބޮލަށް ނުވަންނާތީ އެންމެ ފަހުން ފޮތް ބާއްވާފައި ބަދިގެއަށް ވަދެ ކޮފީއެއް ގިރައިގެން އެ ހިފައިގެން ބެލްކަންޏަށް ނިކުތީ އެހާ އަވަހަށް އޮށޯތަސް ނުނިދޭނެތީއެވެ.
ކޮފީތަށި ހިފައިގެން ޖޯލީގައި އިނދެ ނަދާ އެކި ކަންކަމާ ވިސްނަމުން ދިޔައެވެ. ނަދާގެ މުސްތަގުބަލާ މެދު ވިސްނަން ފެށުމާއެކު ނަދާއަށް އެއް ކަމެއް ޔަގީން ވިއެވެ. ކޮންމެވެސް ދުވަހަކުން ނަދާ އަޔާޒްއާ ވަކިވާން ޖެހޭނެއެވެ. އުމުރަށް އެކީ އަޔާޒް ނަދާއާ އެކީއެއް ނޫޅޭނެއެވެ. ލޯބިން ކައިވެނި ކުރާ ގިނަ މީހުންނަކީވެސް ގިނަ ދުވަހަކު ކައިވެނީގައި ދެމި ތިބެވޭ ބައެއް ނޫނެވެ. ވީ އިރު ނަދާއާ އަޔާޒްގެ ކައިވެނި ގިނަ ދުވަހަށް ދެމި އޮންނާނީ ކިހިނެއް ހެއްޔެވެ؟ ގަެކުގައެވެ. އަގައެވެ. އަޔާޒް
އެހެން ނޫނަސް އަޔާޒް ދިރިއުޅުމެއް ފަށަން ބޭނުން ވަނީ މައިހާއާ އެކީގައެވެ. އަޔާޒް ލޯބި ވަނީ މައިހާ ދެކެއެވެ. މައިހާގެ ބައްޕަ ނުރުހުނު ނަމަވެސް އަބަދަކު އެ ދެމީހުން އެހެންނެއް ނުތިބޭނެއެވެ. ކޮންމެވެސް ދުވަހަކުން ކައިވެނި ކުރާނެއެވެ. އެ ދުވަހަކުން އާތިފްވެސް އަޔާޒް އެހެން ކައިވެންޏެއް ކުރުމަކަށް ދެކޮޅެއް ނަހަދާނެއެވެ.
މައިހާ ދެވަނަ އަނތްބެއްގެ ގޮތުގައި އަޔާޒްގެ ހަޔާތަށް އަންނާކަށް ބޭނުމެއް ނުވާނެއެވެ. އެއްވެސް ގޮތަކުން ނަދާގެ ދަށުގައި ހުންނާކަށް މައިހާ ނުރުހޭނެއެވެ. އެއީ އަޔާޒްގެ ފުރަތަމަ، އަދި ފަހު ލޯތްބަށް ވާ އިރު ދެ ވަނަ އަނތްބަކަށް ވާން ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ މައިހާ އެ ގޮތާ ރުހުނު ނަމަވެސް އެއީ ނަދާއަށް ލިބޭނެ އެންމެ ބޮޑު އަނިޔާއަށް ވާނެ ކަން ޔަގީނެވެ.
ކޮންމެ ގޮތެއް ވިޔަސް އެތަނުގައި ބާކީ ވާނެ މީހަކީ ނަދާއެވެ. އެހެން މީހަކަށް އަޔާޒްގެ ފަރާތުން ލޯތްބާ އަޅާލުން ދޭ ތަން ބަލަން ނަދާއަށް ކެތެއް ނުވާނެއެވެ. މިއަދުވެސް ނަދާގެ ދިރިއުޅުމަކީ ހިތްދަތި ދިރިއުޅުމެކެވެ. އަޔާޒް މައިހާއާ ކައިވެނި ކޮށްފިނަމަ ނަދާގެ ދިރިއުޅުން އެއަށް ވުރެވެސް ހިތްދަތި ވެގެން ދާނެއެވެ.
އިޚްތިޔާރަކާ ނުލާ ނަދާގެ ލޮލުން އައި ކަރުނައާ އެކު ނަދާ ލޯ މަރާ ބާރުކޮށްލިއެވެ. އެއް އަތުން ބާރަށް ލޯ ފޮހެލީ، އެ ކަރުނަ ދެކެވެސް ރުޅިއައިސްފައިވާ ފަދައިންނެވެ. އަތުގައި ހުރި ކޮފީތަށި ގެނެސް ތުންފަތިގައި ޖައްސާލި ނަމަވެސް، އަމިއްލަ ދިރިއުޅުން ދެކެ ވެފައިވާ ފޫހި އެ ވަގުތު އެ ކޮފީތަށި ދެކެވެސް ވިއެވެ.
އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ބަދިގެއަށް ވަދެ ކޮފީ ތަށި ސިންކަށް އޮއްސާލާފައި ތަށި ދޮވެލާފައި ނަދާ ކޮޓަރިއަށް ވަނެވެ. މަޑުވެސް ކޮށްނުލާ އެއްޗެހި ހިފައިގެން ފާހާނާއަށް ވަދެ ނަދާ ފެންވަރަން ފެށިއެވެ.
ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯ މައްޗަށް އޮހި ފެނާ އެކުވެ ފައިބަމުން ދިޔައެވެ. ފެން ވަރާ ނިމުނު އިރުވެސް އެ ކަރުނަ ހުހެއް ނުވިއެވެ. މުށިތަކުގައި ބުރަކަށި ޖައްސާލަމުން ނަދާ ހުރި ދިމާލުން ތިރިވެ ދެ އަތުން މޫނު ފޮރުވާލިއެވެ.
ދޮރުގައި ޓަކި ޖަހާލި އަޑަށް ނަދާ ސިއްސައިގެން ދިޔައެވެ.
“ނަދާ…؟” އަޔާޒް ގޮވާލި އަޑު އިވުނެވެ.
“މި ނިކުންނަނީ” ރޮއެރޮއެ ބަރުވެފައި ވާ އަޑަކުން ނަދާ ޖަވާބު ދިނެވެ.
އަވަސް އަވަހަށް ގައި ހިއްކާލައިގެން ހެދުން ލައިގެން ނަދާ ފާހާނާއިން ނިކުތެވެ. އޭރު އަޔާޒް އެނދު ކޮޅުގައި އިށީނދެގެން އިނެވެ. ނަދާ ފެނުމުން އަޔާޒް ނަދާގެ މޫނަށް ބަލާލުމާ އެކު ނަދާ އިސްޖަހާލީ އަޔާޒްއަށް މޫނު ނުދައްކަން ވެގެންނެވެ.
ފާހާނާގައި ވީ ކިހާ އިރެއް ކަން ނަދާއަށް އެނގުނީ ގަޑި ފެނުމުންނެވެ. އަޔާޒް ގޮވާލީވެސް ގަޑިއެއްގެ އިރު ވީ އިރުވެސް ނަދާ ނުނިކުތުމުންނެވެ.
ނިދަން އޮށޯތް ނަމަވެސް އެރޭވެސް ނަދާއަކަށް ނުނިދުނެވެ. ފަހަކަށް އައިސް އެހެން ނުނިދޭ ރޭތައް ގިނައެވެ. ފިކުރު ގިނަ ވީ ވަރަކަށް ނިދުމާ އަދި ކެއުމާވެސް ނަދާ ދިޔައީ ދުރު ވަމުންނެވެ.
ހަފްތާއެއް ފަހުން އަޔާޒްގެ ހަތާވީސް ވަނަ އުފަން ދުވަސް އަންނާތީ، ނަދާ ވިސްނަމުން ދިޔައީ އަޔާޒްއަށް ދޭނެ ހަދިޔާއަކާ މެދުއެވެ. އެ ދެމެދުގައި އޮތް ގުޅުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެހެން އަހަރުތަކެކޭ އެއް ފަދައިން އަޔާޒްއަށް މީރު ކެއުމެއް ތައްޔާރު ކުރުމަށާ، އަޔާޒްއަށް ބޭނުން ކުރެވޭނެ ފަދަ ހަދިޔާއެއް ދިނުމަށް ނަދާ ބޭނުންވެއެވެ. ނަމަވެސް އެ އަހަރުގެ އަޔާޒްގެ އުފަންދުވަސް އެހެން އަހަރުތަކާ ތަފާތު ވާނެ ކަން ނަދާއަށް އެނގެއެވެ. ނަދާގެ ފަރާތުން އަޔާޒް އެއްޗެއް ބޭނުން ނުވުމަކީވެސް ވެދާނެ ގޮތެކެވެ. އެހެން ވިޔަސް ނަދާގެ އެދުމަކީ، އެ ދުވަހު ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް އަޔާޒްއާ އެކީ ހޭދަކޮށްލުމެވެ. ހަމަ އެކަނި އުފަންދުވަހުގެ ތަހުނިޔާ ކިޔާލުމަށާ، ހަދިޔާ ދޭނެ ވަގުތުކޮޅެއް ނަމަވެސް އެންމެ ރަނގަޅެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.








Hi all, hope u like this part. Plz let me know your view as a comment inge, next part will b uploaded on Wednesday.
V v reethi knme dhuvahaku vaahaka up eh nukureveyne tha?
Thnq Sanu
V reethi
Thnq Shifa
Thank u masha… vaahaka v reethi… ummedhakee mi vaahaka hafthaaku thindhuvahu kiyaalan libun…
Thnq Maiha
Ma sha allah v v v reethii … hama Wednesday gatha upvaanee.. marsha dhen thihan nuhadhaa up kohdheyba busy nooneyaaa avaha plzzzzz ?❤? tgc
Thnq Ainth
Varah reethi
Thnq Ibsha
V reethi
Thnq Sahyna
Vvv furihama…maasha thii best writer…vv happy vehje next part wednesday ga upvaane vaahaka buneema…vvv interesting miharu story kuriyah gendhaa goih
Thnq Aish
Woww???? varah Varah reethi mi part ves ? ????
Thnq Meekkomee
Aslu v kuru mi part…Elam stry v salhi…n maa Gina dhuvas vaathy bore…
Thnq Raisha
Masha allah vvvv reethi mi part ves… ❤️❤️❤️❤️Nxt part kiyaalahithun keimadhuvefa… ?
Thnq Mary
Wow. This one is amazing.??????????????just love it. keep it up. When is the next part dear. Waiting to read and comment.??????
Thnq Sleepy
Varah reethi… Marsha thanks… ?
Thnq Aby
❤️✨
Thnq Mannu
Vv reethi.. waiting waiting
Thnq shaa
V reethi
Thnq Xa
Alhe v v v v v v reeethi ❤
Plx Wednesday ga thankolheh dhigukohladhehchey plxxxxxxxxxxx
Thnq MunyMoon
V reethi story. The way u bring the scenes, it’s like I can see them infont of my eyes.
Thnq Reader
V v v reethi mi baives..
Thnq Faru
Alhey nadhaa Nukai nunidhi abadhu hithaama koh nafsaanee bayyehvess jehidhaane ehnu ☹️Nuvithaakah againn ebunanee ehaa madhun ?pls marsha ayaa ah visnijjeyaa v massakai kuruvaathi eyna lavvaa enme maafakun fuhdhaalaa vareh noon ayaa kanthah ekuraa gothun . vvv reethi nihaal & nadhaa ge bai mi baiga . Waiting for next part❤️❤️❤️
Thnq Ninaa
asluves varah ???????❤?? nadhaa kanthah kurani aharen dhykeygothuga hama ragalhah dhen nukeyveyne nunidhyne dho lif eygothah veema mi vaahak aai alhugaduge dhiriulhumaa ehgoh varah eyhen vey mihen mi buni eykamaku insha allah mihaaru varah ufaaveyri kehthyrikamuge mayvaa fonivaaney eygothah nadhaage dhiriulhun ves adhi varah ufaavaaney
Thnq shanha
Alhey v v v reethi mi vaahaka waiting for next part desperately ???
Thnq Nunnu
Marsha akii ainii ge favorite, liyunn theriyaa?? vrr reethi hurihaa vaahaka eh vx maashaa Allah,??
Thnq Ainii, v happy that I m ur favourite!!
Waiting for next part. Its vry nice story…I love dix story dix is my first time I m cmt in story .. I lov the story plx week kaku 3dayx genes dheyn v nu..
Thnq Marie, hope to c ur comments,