Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 26

Monsta Level 310 Stories100 Comments100 Login
July 22, 2019 7 Mins Read
39 Comments

އެހެން އަހަރެމެން ތިބޭތާ އެތައް އިރެކެވެ. އެންމެންނަށް ދޮރާ ދިމާއަށް ބަލައިލެވުނީ، ބެލް ޖެހި އަޑަށެވެ.

މީހަކު ހައިރާން ނުވާނެ ހެއްޔެވެ. ދާހިތްލާ ފޯވެފައި، މާނޭވާ އެހުރީ އެނޫން ދެވަނަ އެހެން މީހެއް ނޫނެވެ.

“ޝާން…؟؟؟”

………………….

ފުރަތަމަ ފަސް މިނިޓު ޝާން ހޭދަ ކުރީ، މާ ނޭވާ ލުމުގައެވެ. އެއައީ، ކިލޯ މީޓަރެއް ދުވެފައި ކަމަށްވެސް ވެދާނެއެވެ. އެ ހުރިހާ އިރު އަހަރެމެން އެންމެންނަށް، ކުރެވުނު ހާވެސް ކަމަކީ، ދެލޯ ވެއްޓޭވަރަށް ބޮޑުކޮށްގެން ބެލުމެވެ.

“ލުވެއިޒްއާ، ޒިން އާ ވަކިން ވާހަކަ ދައްކާލެވިދާނެތަ؟” ލާނެހާ ނޭވާއެއް ލައި ނިންމާފައި، ޝަޔާން ބުންޏެވެ. އެވަރަކުން ބުނަން އެއުޅޭ އެއްޗެއް، އިނގެން ބޭނުންވިލެއް ބޮޑު ކަމުން، އަހަރެން ލުވެއިޒްއަށް ބަލައިލުމަށްފަހު، ލުވެއިޒް ބޮލުގެ ހަރަކާތުން ހިންގާށޭ ބުނުމުން، ތެދުވީމެވެ.

“އަވަސް ކިޔާބަލަ..” ކެތްތެރިކަމުގެ ކުޑަކަމުން، ނުވަދެވި އުޅެނިކޮށް އަހަރެން ބުނީމެވެ.

“މިހާރު ޕޮލިހަށް ގޮސް ބުނަން ވީ އޮޓޯޕްސީ ހަދާށޭ. މާދަމާ ވަޅު ލާނެ….. މީ ލުވެއިޒް ނުކުރާ ކަމެއް ވިއްޔާ އޮތް ހަމަ އެކަނި ގޮތަކީ އެއީ.” ޝަޔާންގެ ރާގުގައި ހަރުކަށި ގޮތެއް ހުއްޓެވެ. ހީވާ ގޮތުން، ލުވެއިޒް ދެކެ ރުޅި އައިސްފައެވެ.

“ކައެއަށް ކީއްވެތަ ހީވަނީ، މަ މަގޭ އަންހެނުން މަރާލާނެޔޭ؟ ކޮންމެ ގޮތެއްވިޔަސް، ކައެ ބައްޕަ މިކަން އަހަރެންގެ ކޮޅަށް ނުނިންމާ ދުލެއް ނުކުރާނެ. ނީންދެވުނު ނަމަ.” ފުރަތަމަ، ޝަޔާންއަށް ދިން ރައްދު ހަރުކަށި ނަމަވެސް، ފަހު ޖުމުލަ ބުނިއިރު، ލުވެއިޒްގެ އަޑުގައިވީ ހިތާމައެވެ.

“މަށަށް ހެވޭ ކޮންމެ މީހަކު ކޮޅަށް ނިމުނަސް… އެކަމަކު މަ ބޭނުން، މަގޭ ދައްތަގެ ޤާތިލަކީ މިއޮތް ހުރިހާ ޒަމާނު މަ އެކުވެރިއެއް ގޮތުގަ ގެންގުޅުނު މީހާތޯ، ނޫނީ ނޫންތޯ ބަލަން….” ޝަޔާން ހީވީ، ދާ ބާރު މިނުގައި ގޮސް ލުވެއިޒްގެ ގަޔަށް ބޮލަށް އަރާފާނެ ހެންނެވެ.

“ޤަބޫލުކޮށްބިއަ… މަށެއް ނޫނޭ…” ލުވެއިޒްގެ އަޑުވެސް ބާރުވެގެން ދިޔައެވެ. އެއޮތް މަޑުމައިތިރި، މީހާ، ވާހަކަ ދެއްކި ގޮތުން އަހަރެންވެސް ހައިރާންވިއެވެ. ލުވެއިޒްގެ ސިކުނޑިއަށް ކޮށްފައިހުރި އަސަރުގެ ބޮޑު މިން އަންދާޒާ ކޮށްލެވޭހާވެއެވެ.

“މަވެސް ބޭނުމޭ ޝާ އެހެން ހެދީ ކީއްވެކަން އެނގެން… އެކަމަކު، ކައެ ބައްޕަމެން އޮޓޯޕްސީ ހަދަން ނުޤަބޫލިއްޔާ، މީގަ ކުރެވޭނެ ކަމެއް އެބެތްތަ؟” އިރުކޮޅަކު މަޑުން ހުރުމަށް ފަހު، ލުވެއިޒް މަޑުމަޑުން ބުނެލިއެވެ. މިހާރު އަހަރެންނަށް މި ވާނުވާ އޮޅެން ފަށައިފިއެވެ. އެއްވެސް ބަޔަކު އޮޓޯޕްސީ ނުހަދަން މި އުޅެނީ ކީތްވެ ހެއްޔެވެ. ވީ ގޮތެއް ހޯދަން ޢާއިލާ އެ ހަދަން އެއްބަސް ނުވި އިރު، އަމިއްލަ ނަފްސު ދިފާއު ކުރަން، ލުވެއިޒްވެސް އެއްބަސް ނުވަނީއެވެ.

“ޕްލީސް… ލުވެއިޒް..” މިފަހަރު ޝަޔާންވެސް ރީތިކޮށް ވާހަކަ ދެއްކިއެވެ.

“މަ ކީތްތަ ކުރާނީ…” ލުވެއިޒްވެސް ރުޅި ދޫކޮށްލިއެވެ. އަހަރެންހުރީ، ބޮޑު ޑްރާމާގަނޑެއްގެ މެދުގައި ތާށިވެ، ވާނުވާގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

“ހަމަ މިހާރު ގޮއްސަ ބުނާނީ، އޮޓޯޕްސޯ ހަދާށޭ..” ކުޑަކުޑަ ކަމަކަށް ހަދާލާފައި ޝަޔާން ބުނެލިއެވެ. ސިކުނޑި ޅައީއޭ ހީވެދާނެއެވެ. ނަމަވެސް، އަހަރެންނަށްވެސް ބުރަ ވެވުނީ އެކޮޅަށެވެ.

“އެ ތެދެކޭ… ގޮސް ބުނާނީ، އަހަރެންގެ އަންހެނުންނޭ… މަރުވީމަ އޮޓޯޕްސީ ހައްދަން މަށަށްވެސް އެދެވެން ޖެހޭނޭ.. އިންސާފަކީ އަމިއްލައަށް ހޯދާ އެއްޗެކޭ..” އަހަރެން ވަރަށްވެލާފައި ބުނެލިއެވެ.

“ބަލަ ބޮޑު ދައުވާގަނޑެއް ބޮލުގަ އަޅައިގެން ހުރެ، އެދުނީމަ، ކާކު އެ ބަލައިގަންނަނީ..” މި ލުވެއިޒް އަތުގައިވެސް، ހުސްނުވާ ވަރަށް، ބޭނުން ވައްތަރެއްގެ ރައްދު ހުންނާނެއެވެ. ގޮތެއް ހޯދީ ތީވެސް ފަނި ކޮށްލީއެވެ.

“ކައެ ދޭބަލަ ގޮސް ބުނަން.. މަގޭ ދައްތާފުޅޭ.. އިންސާފެއް ނޫނޭ، އޮޓޯޕްސީ ހަދާށޭ..” ދެން އަހަރެން އިނގިލި ދިތްކުރީ ޝަޔާން އާ ދިމާއަށެވެ. އަމިއްލަ އަތުގައި ބާރު އޮއްވަ އަދި މި ޝާންގަނޑުވެސް، އެހެން މީހުން ފޫބުޑުގަ ރޯނެއެވެ.

“ހީވަނީތަ މަށަށް ނުވާނެއޭ… ހުރެބަލަ..”

އައިސްފައި ހުރި ސިނގުރުޅީގައި ޝަޔާން، ދާން ހިނގައިގަތެވެ. ލުވެއިޒް އެދުމުން، އަހރެންވެސް، ޝަޔާންގެ ފަހަތުން ދިޔައީއެވެ. އަރާ، ދޮރު ނުލެއްޕިގެން އުޅެނިކޮށް، ކާރު ނައްޓާލިއެވެ.

………………

ޝަޔާން އެތަނަށް ގޮސް ޖެއްސިހާ ވައްތަރަކާ ކީހާ އެއްޗިއްސެއް، އަހަރެންނަށް ރަނގަޅަށް ނުވެސް އިނގެއެވެ. ދެއްކި ވާހަކައެއް ދެއްކީ، ދިވެހި ބަހުން ކަމާމެދުވެސް ޝައްކެވެ. ވަގު ހިނި ޖަހަން އަހަރެންނަށް ހުރެވުނު ނަމަވެސް، އަޑު އަހަން ހުރި މީހާއަށް ހުންނާނީ، ވާނެ ޙާލެއް ވެފައެވެ.

އެމީހާއަށް ޖެހުނު ޙާލަކާ، ޝަޔާން އުޅުނުހާގޮތެއް މުހިންމެއް ނޫނެވެ. ހިތް ހަމަ ޖައްސާލަން ވި ކަމަކީ، ޝަޔާންކުރި ހިތްވަރުން، މުޅި އެތަނުގައި، ތެޅި ފޮޅެ، އެންމެ ފަހުން ޕޯސްޓމޯޓަމް ހެދޭ ގޮތަށް ހަމަޖެހުންކަމެވެ. ހަމަ ޖެހިލެވޭނީ އަހަރެމެންނަށެވެ. ޝަޔާން ގެއަށް ވަންނަ ކަމެއް ނޭންގި، އަޒީމްބެ، ޝަޔާން ކަތިލާނެއެވެ.

………………

“މާޒިން… މާޒިންންން…” ވައި އަޑަކުން އަހަރެންނަށް އުނދަގޫ ކުރަމުން ދިޔައެވެ. ހީވާ ގޮތުން އަހަރެންގެ ފަހަތުން މޮޔަވެގެން އުޅޭ ހަންޑިއެކެވެ. މާވަރަކުން އަޅާ ނުލީވެސް އެހެންވެއެވެ. ދެން މީހަކު ގޮވިއެކޭ ކިޔާފަ އަހަރެންގެ ނިދިކޮޅު ނަގާލެވޭ ހެއްޔެވެ.

“އޭތް… އެލީނާ ހުވަފެން ބަލަބަލާފަ، ސޮނި ބާލަން ނޯވެ، ތެދުވެބަލަ..” ގަޔަށް އެރި ބާލީހުގެ ހަމަލާއަކާއެކު، އަހަރެންނަށް ތެދުވެވުނީ، ފުންމައިގެން ކަހަލަ ގޮތަކަށެވެ. އޮތް ތަން ބަލައިލެވުނީވެސް، ރަނގަޅަށް ހަށިގަނޑު ދަމާލުމަށް ފަހުއެވެ.

ރޭގައި، ލުވެއިޒް އާ ދެމީހުން ބޮޑު ވާހަކައިގައި ތިއްބާ ނިދުނީއެވެ. އަހަރެންނަށް އޮވެވުނީ، ލުވެއިޒް ކޮޓަރި ސޯފާގައެވެ. އެއޮތް ކުޑަކުޑަ ސޯފާ ގަނޑަށް އަހަރެން އެއްލައިލާފައި، ބޮޑު އެނދުގައި، އަރާމުކޮށް ލުވެއިޒް ނިދާފައި އޮތެވެ. ނުލަފާ މީހާގަނޑެކެވެ.

އޮވެވުނު ގޮތާއި، ތަނާއި، ނިދުނު ގޮތަށް ވުރެ މުހިންމު ވީ، އަހަރެންގެ ނިދި ޚަރާބު ކޮށްލި މީހެކެވެ. އެލީނާ ނަަމަވެސް، ދެން އޯކޭއެވެ. އެކަމަކު، މިއޮތް ދަންވަރު، އަހަރެންނަށް ގޮވަން އެލީޒާއަކީ ދެން ކާކު ހެއްޔެވެ.

“ކީތްތަ ވަނީ… މަ ނިދަނީއޭ…” އެލީޒާ އެހާ މަޑުމަޑުން އުޅުނުއިރުވެސް، ލުވެއިޒް ހޭލަފާނެތީ، އަހަރެން އަޑު މަޑެއް ނުކުރަމެވެ.

“އަޔާޒް އެބަހުރި ބޭރުގަ… މިހާރު ކިހާއިރެއް. މިފަހަރު ރިފް، ޒިން މަރާލާނެ…” އެލީޒާގެ ވާހަކައިން އަހަރެންގެ ހުރިހާ ލޯލިތައް ރަނގަޅަށްވެސް ކޮޅަށް ޖެހުނެވެ. ނަމަވެސް ނިދި ފިލާ ގޮތެއް ނުވިއެވެ. އަޔާޒް މިވަގުތު އަނެއްކާ ކޮން ވަޑާމެއް ހިންގާލަނީ ހެއްޔެވެ. އަނެއްކޮޅުން މި އެލީޒާ ގަނޑަށް، ރިފާޝާވެސް އިނގެއެވެ.

ވަށައިގެން ހުރި ކުޝަންތައް ހޫރަމުން، ޓީޝާޓުގަނޑު އޮތް ތަނަކުން ހޯދައިގެން ގަޔަށް މަހަމުން، އަހަރެން ނިކުތް އިރު، މަޑުމަޑުން އުޅޭކަށްވެސް ހަނދާނެއް ނެތެވެ. އެލީޒާއާ އެއްކޮށް ދަންވަރު އުޅެނިކޮށް، އީންއަށް ހޭލެވިއްޖިއްޔާ ކަންތައް ހުންނާނެއެވެ.

“ކިތަށް ފަހަރު ގުޅިއްޖެ… ކައެ ނުފެނިގެން ހާދަ ހާލެއްގަ ތެޅެވިއްޖޭ.. ހޮޓަލަށް ދެވިއްޖެ… މަ ޕާރޓޭ އެކޭ ކިޔާފަ، ސެކިޔުރިޓީ ނުވެސް ވެއްދި… ގެއަށްވެސް ދިޔައިން. ކައެ ކޮއްކޮއަށް ހީވަނީ، މަ ދިޔައީ، ގޭ އެންމެން މަރާށޭ.. ލަދުންވެސް ބޯ ހަލާކު. އަހަރުމެން، ބޮޑު ކަމެއްގަ އުޅެ އިރު، ކައެ ތި އޮންނަނީ، އަރާމުގަ އެލީނާ ކައިރޯ ނިދަން….” ކޮންމެ ޙަލަތެއްގައިވެސް، ކޮންމެ ފަދަ އެއްޗެކޭ ކިޔައިގެންވިޔަސް، އަހަރެން ރުޅިއަރުވާނުލާ، އަޔާޒްއަށް ނޭވާ ނުލެވެނީ ކަންނޭންގެއެވެ. އެލީނާ، ނިދަން އަރާ އޮއްވާ، އަހަރެން އެކޮޓަރިއަށް ވަނަސް، އަހަރެން ކުޑަދޮރުން ބޭރަށް ހޫރާލާނެ ކަން ޔަގީނެވެ.

“ދެންވެސް، ވީކަމެއް ކިޔައިދީފަ، ދާން ޖެހޭ ތާކަށް ގެންދަންވީނު.” ރިފާޝާ ރަތުގައި ހުންނާނެ ވަރު، އިހުސާސް ކޮށްލަމުން އަހަރެން ބުނެލީމެވެ. މިފަހަރު އަހަރެންނާއި ހެދި އަޔާޒްވެސް ސަންދޯކަށްލައި ވަޅުލާނެއެވެ.

“އަވަސް ފައިބާ… މަޑު މަޑުން އުޅޭތި..” އަނދިރި ތަންކޮޅެއްގައި ކާރު ޕަރކްކޮށްލަމުން، އަޔާޒް، ބުނެލިއެވެ. ވާނުވާވެސް އަދި އަހަރެންނަކަށް ނޭންގެއެވެ.

އަޔާޒް އުޅެމުން ދިޔަހެން، ފިލަ ފިލައިގެން މަޑުމަޑުން، ދެވޭތޯ އަހަރެންވެސް އުޅުނީމެވެ. އެހެން އުޅެން އަހަރެންނަށް، ޙަޤީގަތުގައި ނުވެސް އިނގެއެވެ. އަހަރެންނާއި ހެދި ކުރަން މިއުޅޭ ކަމެއް މުޅިން ވަޔަށް ނުގޮއްސިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

“އޯހް ގޯޑް… އެހެރަ އިބާނާއެއް… ސަންތިމަރިޔަނބެކޭ ތަފާތެއް އެބަހުރިތަ؟” ބުޅި އިސްތަށިގަނޑު، ދޫކޮށްލާފައި، އޮތް އިރު މުޅި ތަނަށް ފެތުރިފާ އޮތުމުން، އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.

“ކައެ މަޑުން ހުރެ ބަލަ… ކިހާ ދެރަ ކަމެއްތަ؟” އަޔާޒް ވައި އަޑަކުން ބުނެލިއިރު، އަހަރެންނާއި ހެދި ބޮލަށް އުނދަގޫ ވެފައ ހުރި ވަރު ދޭހަވެއެވެ.

ޖިހާން، ހުޑީއަކުން، ނިވާލވެލައިގެން ހުރި އިރު، އިބާނާ އޭގެ އިދިކޮޅެވެ. ކުރު ކަޅު މަތިކޮޅަކާއި އުނަގަނޑަށް ބާރު، ކުރު ސްކަރޓެކެވެ. ނަމަކަށް ދެން ސްޓޮކިން ލައްވާފައި ހުއްޓެވެ. ދެން އެތާ ހުރީ، އަހަރެން ދަންނަ މީހެއް ނޫނެވެ. ބޮޑު ކޯޓު ގަނޑެއް ލައިގެން ހުރުުން މާ ސާފުކޮށް މޫނެއްވެސް ނުފެނެއެވެ.

“އޭތް…” ފަހަތުން އިވުނު އަޑާއި އެކު އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދެން އެއޮތް ފަދަ ވަގުތު މީހަކު ފަހަތުން އައިމަ ސިއްސައިގެން ދާން ޖެހޭނެވެސް ނޫންހެވެ. ރިފާޝާ ގަނޑަށްވެސް ތާހިރު އެއްކަމެއްވެސް ކުރާކަށް ނޭންގޭނެއެވެ.

ރިފާޝާ އައިސް، މާ ގިނަ އިރުތަކެއްނުވެ، ޖިހާންމެން ކައިރިއަށް އަފްޒަލްއައެވެ. ރިފާޝާ ދިން، ޑިވައިސްގެ އެހީގައި، އެމީހުން ދައްކަމުން ދިޔަ ވާހަކަ ކޮންމެވެސް ވަރަކަށް އިވެއެވެ.

“މާދަމާ ނޫން އަނެއް ދުވަހު ރޭ، ހުރިހާ ކަމެއް ނިމޭނެ… މިކަން އިތުރު ބަޔަކަށް އެނގިއްޖިއްޔާ، ކައެމެން ޒިންމާނަގަން ޖެހޭނީ..” އެތަނުގައި ހުރި އަހަރެންނަށް ނަން ނޭންގޭ މީހާބުނެލިއެވެ. ހީވާ ގޮތުން ހަދާފާ މިއޮތް ޑީލެއް ހަދާފައި އޮތީ މިމީހާއާއި، ޖިހާންމެން ތިން މީހުން ދެމެދުއެވެ.

ގޯޅިގަނޑަކުން، ބޯ ދިއްކޮށްގެން އެންމެން ބަލަން ތިބި އިރު، އެވަގުތު އެއްވެސް ދުއްވާއެއްޗެއްގެ ހިލަމެއް ނުވާތީ، އަހަރެމެން ތިބީ، ދުވާރަށް ނާރާ، މަގު މެދުގައެވެ.

“އާތް…. ބުޅަލެއް….” އިބާނާގެ ތޫނު ހަޅޭކާއިއެކު، އެންމެންގެ ކަޅިތައް އޭނައަށް ހުއްޓުނެވެ. އިބާނާ ދުއްވައިގަތީ، މީދަލެއް ފެނިގެން، ބޮޑު އެތެއް ދުއްވައިގަންނަ ގޮތަށެވެ. ތެޅެމުން ފޮޅެމުން، ދުރަށް ދިޔައިރު، ހައި ހީލްގެ ކަށިގަނޑު ބިންދައިގެން ނުދިޔަކަންވެސް ރަނގަޅެވެ.

ކަމުގެ ސީރިޔަސް ކަމާއިއެކުވެސް، ހިނިގަނޑު ކޮންޓްރޯލް ނުކުރެވި، އެންމެނަށް ހެވެން ފެށުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި، މަޖަލަކާއި މަަޖަލެއް ކިޔާފައި، ދުއްވައިގަނެވުނީ، ނަފްސު ސަލާމަތް ކުރާށެވެ. ފަހަތުން ބޮޑު ޕިކަޕެއް ބަރުގޮނު އަޅާލީ ޖެހޭ ނުޖެހޭ ހާ ކައިރައަށް އައިސްފައެވެ.

ހުށިޔާރު ކަމާއި އެކު، އިބާނާ، ފަރާތަކަށް ޖެހިލާ ޕިކަޕަށް ތަންދިނެވެ. ކުޅަދާނައިއެވެ. ޖަހާ ފުންމައިގެން އަރާ، ޕިކަޕު މައްޗަށް ނޭރިކަން ރަނގަޅެވެ. އަޔާޒް ދުވެފައި ގޮސް ދުވާރަށް އެރިއެވެ. ދެން އަހަރެން ހެއްޔެވެ؟ ގަންނާކުރެއްވި ބިރުން، އަހަރެންނަށް ދުއްވައިގަނެވުނީ، ސީދާ މަގު މެދުންނެވެ. ހަމަ ވިސްނުމަށް އައީ، އަނެއް ފަރާތު ދުވާރަށް އެރުނު ފަހުންނެވެ.

“ޒިން….. މާޒިން؟” އަދި ހުއްޓެންވެސް އިނގުނީ އިބާނާ ކުރިމައްޗައް ހެއްޔެވެ. އަހަރެން ވަގުތުން މޫނު ކުނިކޮށްލީމެވެ. ދުރުގައި ތިބި، އަޔާޒް އާއި ރިފާޝާގެ ދެލޯ ބޮޑުވެފައި ހުރި ގޮތް ފެނި އަހަރެންނަށް ނުހެވުނީ ކިރިޔާއެވެ. އެމީހުން ހާސްވަނީ މާ ވަރަކަށެވެ.

“ކީތްވެތަ ޒިން ރިޕްލައި ނުކުރަނީ… ކިތައް ފަހަރުތަ ބުނަންޖެހެނީ ސޮރީއޭ… މާޒިން… މަ ހާދަ ލޮއިތްބެއް….” އަހަރެން އިބާނާގެ ވާހަކަ މެދު ކަނޑާލީ، ބޮޑު ފަލަ ހިނިގަނޑަކުންނެވެ. މިމަންޖެގެ، ސިކުނޑި ހަމަ ނުޖެހެނީހެއްޔެވެ.

“ރިޕްލައި ނުކުރަނީ ކީތްވެހޯ… ވަޓް އަ ޖޯކް…. ހިތަށް އެރި ބްލޮކް އަރުވާލަފާނަމޭވެސް، ހައްތަހާވެސް މަ ކުރާކަމެއް ނޫންވީމަ ތިހުރީ… ހީވަނީ، ދުވާލު ދެދަޅަޔަށް، ފިރިހެނެއް ކައިރީގަ، ކުރެވެނީ މާ މޮޅު ކަންކަން ކަމައްތަ؟ އަދި ބުނާނެ ލޯބިވެޔޯ..” އަހަރެން މަލާމާތުގެ ހިނިތުންވުމެއް ދެމުން ބުނެލީމެވެ.

“މާޒިން.. މިތާ ކައެ ކީތް ކުރަނީ… ދުނިޔޭގަ އުޅޭނެ ތަނެއް ނެތިގެން އަދިވެސް، އަހަރުމެން ފަސް ފަހަތުންތަ އުޅެން ވަނީ…؟” ޖިހާން އައި ގޮތަށް އައިސް ރުޅިވެރި ކަމާއި އެކު ބުނެލި އެއްޗެއް އަހަރެންނަށް ދޭހައެއްވެސް، ނުވިއެވެ. އެކަމަކުވެސް ރައްދު ނުދީ ދޫކުރާކަށް ނުވާނެނޫންހެވެ.

“މަ ދުނިޔޭގަ ކުރާނެ ކަންކަން މަދުވެގެން އެބަ އުޅެންތަ؟ މަށަށް މާލެ މަގުމަތީގަ، ކަލޭމެން ދިރިއުޅޭތީއޭ ކިޔާފަ، ހިނގެންވެސް ނެތީތަ..” އަހަރެން ރުންކުރުކޮށް ބުނެލީމެވެ. މިމީހުންނަށް ހީވަނީ، މިއީ އެމީހުންގެ ޕްރައިވެޓް މަގެއް ކަމައްހެއްޔެވެ.

“މާޒިންއަށް މާޒިން ބޭނުންހާ ގޮތަކަށް ނޫޅެވޭތީ، ކަޑަ ވަނީޔޭ….” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަފްޒަލްވެސް ބުނެލިއެވެ.

“މަ ކަޑަ ވާ ވަރު ކަމެއް ވެއްޖެތަ… ފާޑެއްގެ ތަނަކުން ނިކުމެވުނީތީވެސް މިހާރު ހިތަށް އަރާ ހަމަ ނަސީބޭ…” އަހަރެން ބުނެލީ، ޖިހާންއާއި އަފްޒަލް ރުޅި އަރުވާލުމަށެވެ. ނަމަވެސް އެމީހުންގެ މޫނުން އަހަރެން ދެކެން ބޭނުންވި ކުލައެއް ނުފެނުނެވެ. އެތަން އެމީހުންނަށް މުހިންމު ނޫނީތާއެވެ.

“މުއްސަންޖަކަސް، ކައެއަށް ވަނީ ކީތް… ކިޔެވެނީކީ ނޫން، މަސައްކަތެއް ކުރެވެނީކީ ނޫން. މަށަށް ޔަޤީން، ކައެ މަންމަ މަރުވާ ދުވަހަކުން، ކައެމެން ވިޔަފާރި، މުޅިން ފުލަށް ވެއްޓޭނެކަން. އަނެއްކޮޅުން ރީއްޗަކަސް، އަންހެން ކުއްޖަކުވެސް ނުލިބުން. ނުވެސް ލިބޭނެ… ދިރި އުޅޭނެ ގޮތެއް ނޭންގިގެން އުޅެންޏާ..” ފޭކު އެކުވެރިންނަށް، ޙަޤީގަތް ކިޔައި ދެވުމުގެ ގެއްލުމަކީ މިއީތާއެވެ. ނަމަވެސް، ޖިހާންއަށް ނަސީބަކުން އެ އެޅުނީ ހަމަ އަނދާފައި އޮތް ފޮޅިއެކެވެ.

“މަށަށް ހީވަނީ ޖިހާން ހެން ކަޑަވަނީ، މައެ ބިޓުހާ، ޝިއު ރީތި ނުވީމަ. އޮހް… އަދި ނުބައިކޮށް ދޯ މި ބުނެވުނީ… އިބާނާވެސް އެބަހުއްޓެއްނު…. ސްޓިލް، މައެ ބިޓުހާ ރީތި ނުވީމަ، ކަޑަވާނެ ދޯ..” އަހަރެން، ދެމީހުންނަށް ނަޒަރެއް ދެމުން ބުނެލީމެވެ.

“އުހުމް އުހުމް…..” އެތާ ހުރި، ނުދަންނަ މީހާ ކަރުކެހިލިއެވެ. މަގުމަތީ، ބޮޑު ޑްރާމާގަނޑެއް ކުޅެލީމަ ދެން ވާނީވެސް އެހެން ނޫންހެވެ.

ޖިހާންއަށް ލޯއަޅާލަމުން، އަހަރެން ދާން ހިނގައިގަތީމެވެ. ދަމުން އަހަރެން ދިޔައީ، ޖިހާންގެ ކޮނޑުގައި، ޖެހިގަނެފައެވެ. ހަމަ ފިލްމު ތަކުގަ، ޖެހިލާހާ މޮޅުކޮށް އެ ގޮތަށެވެ.

އަޔާޒްމެންނާއި ހިސާބަށް ނުފޯރަނީސް، އަހަރެންނަށް، ކޮންޓްރޯލް ނުވެގެން ހިނި ގަނޑު ފަޅައިގެން ދިޔައެވެ.

“އަދި އެބަ ހެއެއްނު… ބަސްޓު ވިނަމަ.” ރިފާޝާ، ލޯ އަޅާލަމުން ބުނެލިއެވެ. އެވަރުންވެސް އަހަރެންނަށް ހިނި ގަނޑު މައިތިރިއެއް ނުވިއެވެ.

އެރޭ ދެން އިތުރަށް އެމީހުން، އެއްވެސް ކަމެއް ނުކުުރިއެވެ. އަހަރެން ދިޔަ ހިސާބުން، އެމީހުންވެސް، އެކި ،މީހުން އެކި ދިމަދިމާއަށް ދިޔައީއެވެ. އަހަރުމެން ދިޔައީ ސަފާރީއަށެވެ.

“މާޒިންއާ ހެދި ވާހާ ކަންކަމޭ… އެކައްޗެއްވެސް ނޭންގުން.” އިށީންނަމން، ރިފާޝާ، އަހަރެންގެ މަތި އަޅުވާލިއެވެ. ނަމަވެސް އޭނަވެސް ހުރީ މަޖާވެފައެވެ.

“އެއޮތް ދިޔަ ތަޅާފޮޅުމެއް ދޯ… މަގު މަތި ކަންވެސް ހަނދާން ނުބެހެއްޓި ވިއްޔަ..” އަޔާޒްއަށް އެކަންވީ މާ މަޖާކަމަކަށެވެ.

މޭޒުގެ ވަށައިގެން ތިން ގޮނޑި ހުުރި އިރު، ދެން ހުރި ގޮނޑިއަށް ވެއްޓެމުން، އަޔާޒް ބުނެލިއެވެ. ދެން އެހުރީ އަހަރެންގެ ގޮނޑިއެވެ. އެހެންޏާ ކަންތައް ކުރާ ގޮތާއި ޚިލާފަށް، މިފަހަރު އަހަރެން ރީތިކޮށް އިށީނީއެވެ.

“ކަމެއް ނުވެފަ އެބެއްތަ…” އެއްކޮލަށް ހީލަމުން، އަހަރެން ސީދާ، ރިފާޝާ ލޮލަށް ބަލަމުން ބުނެލީމެވެ. އަދި އެއަށް ފަހު، ޖެކެޓުގެ ޖީބުން ނެގި، ޖިހާންގެ ފޯނު، މޭޒު މައްޗަށް އެއްލީމެވެ.

“މީ…. ޖިހާން ފޯނު؟” އަޔާޒް ކޮއްޅަށް ތެދުވިއެވެ. އަހަރެން ބޯ ޖަހާލުމުން ރިފާޝާވެސް ގޮތްގަނޑު ބަދަލު ކޮށްފައި ހިނިތުންވެލިއެވެ.

“ސާބަހޭ ޒިން… އަވަހަށް ހެކް ކޮށްލާ. އެންޑްރޮއިޑެއްނު. ނުލާހިކު ފަސޭހަވާނެ..” ޖޯޝާއި އެކު އަޔާޒް ބުނެލިއެވެ.

“ޕާސްވޯޑު އިނގޭ އެއްޗެހި ކީތް ކުރަން ހެކު ކުރަންވީ…” އަހަރެން ބުނެލީމެވެ. އެއަށް ފަހު ފަރިތަ ކަމާއި އެކު ޕާސްވޯޑު ޖަހާލީމެވެ. ޖިހާން، އެއް ޒަމާނެއްގައި، އަހަރެމެން އެކުވެރިންނަށް ވީ ކަމުގެ ނާޖާއިޒު ފައިދާ ނަގަންޏާ، އަހަރެންނަށްވެސް އެކަން ވާނެއެވެ.

ފޯނު ހޭވުމުގެ ކުރިން ފުރަތަމަ ކަމަކަށް، އަހަރެން، ސިމް ނެގީއެވެ. އެއަށް ފަހު، އީމެއި ނަމްބަރުން، ފޯނު ނުހޯދޭ ގޮތަށް ހަދާލީމެވެ.

………………….

ފޯނުން، އަހަރެމެން ބޭނުންވި ވަރަށް މައުލޫމާތު ލިބުނެވެ. އެހެންކަމުން، އެރެއަށް ނިންމާލާފައި އަހަރެމެން، މާލެ އައީ، ފަތިސް ނަމާދު ބަންގިއަށެވެ. އަޔާޒްއާ ދެމީހުން، ނަމާދަށް އަރާފައި، އަހަރެމެން ގެއަށް ދާން ދިޔައީ، އެލީނާމެން ގެ ހުންނަ މަގުންނެވެ.

“އޭތް… އެލީޒާއަށް ކިހިނެއް އިނގެނީ، ރިފާޝާއާ މީހުން..؟” އަހަރެން އަހާލީމެވެ.

“އިނގޭނެ އެމްއެސްއޭ ވާހަކަ..” އާދައިގެ ގޮތަކަށް އަޔާޒް ބުނެލިއެވެ. އެކަމަކު މިމީހުން އަހަރެން، ކައިރީ، އެކަކު ކައިރީވެސް ނުބުނަން އެދުނެވެ. އަހަރެން ލޯ އަޅާކަން އެނގިގެން ކަންނޭންގެއެވެ. އަޔާޒް ވާހަކަ ދެއްކިއެވެ.

“ދެން ބައެއް މީހުން ކައިރީ ބުނެވޭނެއޭ. އެވަރަށް ޓްރަސްޓު ކުރެވެންޏާ. އެލީޒާ، ކުރިން ކޮންމެ ގޮތަކަށް އުޅުނަސް އަބަދުވެސް ނުލާހިކު ލޯޔަލް ވާނެ. މާޒިން ޓްރަސްޓް ކުރަންޏާ، ހެޔޮ އެލީނާ ކައިރީވެސް ބުންޏަސް.” އެއިރު އަހަރެމެން، އެގެޔާ ހިސާބަށް ފޯރައިފިއެވެ. މަތިން، ލުވެއިޒްގެ ކޮޓަރި ދިއްލާފައި ހުރި ތަންފެނުމުން، އަހަރެން، ގެޔަށް ދިޔުމުގެ ޚިޔާލު ބަދަލު ކޮށްލީމެވެ.

ލުވެއިޒްއަށް ގުޅަން އުޅެފައި، އަހަރެން ޚިޔާލު ބަދަލު ކޮށްލީ، ދިއްލާފައި ހުރި، އެލީނާގެ ކޮޓަރި ފެނުމުންނެވެ.

………………

“ހޭ… ކީތް ކޮށްލަނީ ހާދަ އަވަހަކަށް ހޭލައިގެން.” ފުރަތަމަ ރިންގާއި އެކު އެލީނާ ފޯނު ނެގުމުން، އަހަރެން، ބުނެލީމެވެ.

“ކިހިނެތް ވީ… ނަމާދަށް ހޭލީ..” އެލީނާގެ އަޑު އައި އިރު، އެ ހިނިތުންވުން އަހަރެންނަށް ސިފަވެއެވެ.

“ހާދަ އުފާވެފަ..” އަހަރެން މަޑު މަޑުން ބުނެލީމެވެ.

“ޒިން ގުޅީމަ އުފާވާނެއްނު..” މަޑުހީލުމަކާއި އެކު ބުނެލުމުން، އަހަރެންނަށް ހީވީ ދުނިޔެ، ހިތަކަށް ލިބުނުހެންނެވެ.

“ދެން ދޮރު ހުޅުވަ ދެން އަންނަން ވީނު، މިހުރީ، ދޮރުމަތީގަ.”

މާ ގިނައިރެއް ނުވެ އެލީނާ ދޮރު ހުޅުވިއެވެ. އެ ހިނިތުންވުން ފެނުމުންވެސް، އަހަރެންގެ ހިތަށް، މިހާ ބޮޑު ހަމަ ޖެހުމެއް ލިބެނީ ކީތްވެ ހެއޔެވެ.

“ރޭގަ މިގެޔަކު ނޫންތަ ނިދީ..” އަހަރެމެން ވާހަކަ ދައްކަން މަޑުކޮށްލީ، ސިޑިން އަރާ، އެތަނުގައެވެ.

“ފަހުން ދިޔައީ… އަދިވެސް، ތި ފަށް އަޅަންތަ..” އަހަރެން އެޅުވި ފަށް ލޮލުގައި އަޅައިގަތުމުން، އަހަރެން، އެ ފަށުފުުލުގައި، އަތްލީމެވެ. އެލީނާވެސް ލޯބިވެޔޭ ހިތަށް އެރުމާއި އެކު، ބުނެދެން ނޭންގޭ ވަރަށް އުފާވިއެވެ.

“މާ ފޮޅުވަން ނުތިބެ އަންނަން ވީނު. ދައްކަން ބައިވަރު ވާހަކަ އެބަހުރި..” ފަހަތުން އިވުނު ޝާންގެ އަޑަށް، އަހަރެންނަށް ސިއްސައިގެން ގޮސް ދުރަށް ޖެހިލެވުނެވެ. ލަދުން، އެލީނާ އަވަހަށް ގޮސް ކޮޓަރިއަށްވަނެވެ. އަހަރެންނަށް ކުރަން އެނގުނު ހާވެސް ކަމަކީ، ފަހަތުން އައި މާހިލްއާ އެކު ހެވުމެވެ.

…………………

“ކޮބާ އޮޓޯޕްސީ ރިޕޯރޓް..” ފުރަތަމަވެސް އަހަރެން ސުވާލު ކޮށްލީމެވެ. ލުވެއިޒް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“އެންމެ އެއްޗެއް. އެއް ކަންތަށް މަށަށް ސާފު ކޮށްދީ..” ޝަޔާން ލުވެއިޒްއާއި ދިމާއަށް ބުނެލިއެވެ. ލުވެއިޒް އިސް ޖަހާލީއެވެ. އަހަން އެއުޅޭ އެއްޗެއް މާކުރިންވެސް، އިނގޭ ކަހަލައެވެ.

“މަރުވިއިރު، ބަނޑަށް ތިން މަސް. ކާކު ދަރިއެއް؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ބަދަލު ވި ހަޔާތް 2

Next

ތިޔަަ ލޯތްބާ ދުރަށްް 1

Next
July 22, 2019

ތިޔަަ ލޯތްބާ ދުރަށްް 1

Previews
July 22, 2019

ބަދަލު ވި ހަޔާތް 2

39 Comments!

  1. Meekkomee says:
    July 22, 2019 at 5:15 am

    I’m the first ???Varah reethi???next part kon irakun

    1. Monsta says:
      July 22, 2019 at 9:36 am

      Thanksss. Ekam I’m really sorry next ep ehaa avahah liyeveykah neii. Schl kamaku mi dhe week monsta varah busy vaane. ???

  2. Flora? says:
    July 22, 2019 at 5:33 am

    Mee end dhw. Nu xv kiyaa mi cmnt kohlee. Kiyaafa cmnt eh lohlaanan

    1. Flora? says:
      July 22, 2019 at 5:36 am

      2nd*
      Kohlaanan*

    2. Flora? says:
      July 22, 2019 at 5:42 am

      Wow. Mi prt vx hama vrh reethi. Alhe kn irakun thr nxt prt. Waiting ngey..

    3. Meekkomee says:
      July 22, 2019 at 5:54 am

      Heehhehe ???meekko cmnt kuryy vaahakai ge fahu Bai nukiyaa ???but mihaaru kiyaafin ehkoh ?????

    4. Monsta says:
      July 22, 2019 at 9:38 am

      Thanks ??? sorry mikahala scene akun nimmaalaafa ehaa avahah up kureven nethyma. Vaguthehh vyhaa avahakah next ep laidheynan. ??

  3. jiji says:
    July 22, 2019 at 6:11 am

    Me third dhw mifaharuvec???..kiyaafa comment eh kohlaanan?????❤.. kehkuraathi ingey???

    1. Monsta says:
      July 22, 2019 at 9:41 am

      Yhh. Thankss. Dhn monsta ahh vess beleyny schl inn aisfaehhnu

    2. Luc!f3r says:
      July 22, 2019 at 10:36 am

      Jiji.. Mabuni goih ves vejje???

    3. Luc!f3r says:
      July 22, 2019 at 10:38 am

      Aslu ehen visny kaiveni avas kuran ulhun varun..

    4. jiji says:
      July 22, 2019 at 3:52 pm

      Hmm dhww..Good guess?..Not baddd

  4. Monster ge friend says:
    July 22, 2019 at 7:57 am

    Mi part varah varah majaa ????heehee halaaku vejje….. Dhen mifaharu maaxin ah ves heyn noon kameh kuran gaimuves engijjennu…. Dhen rifaashaa aa ayaaz aa 2 meehun thibeyne rakivefa hiyy hiyy hee ????mifaharu alhugandu comment mikuree drax ah vure maa kurin…. Dhen drax ah bodu bolheh ???

    1. Monsta says:
      July 22, 2019 at 9:44 am

      Oww thankss. Yep drax ahh bodu bolhehh. Mivaguthu drax ebeihh stry kiyan. Eynayaa hedhi aslu mihaa lasvy. Lap nagaa irahh fahathuga jassany kiyan vegen. Drax geyga noolhey vaguthu balaafa liyann jeheny. ???

    2. Suvaalu says:
      July 24, 2019 at 5:20 pm

      Drax ge elder sis tha thee

    3. Monsta says:
      August 8, 2019 at 8:46 pm

      Nop… Younger sis ????

  5. Luc!f3r says:
    July 22, 2019 at 10:40 am

    Chill.. The way itx going on.. Waiting

    1. Monsta says:
      July 22, 2019 at 6:01 pm

      Thankss… ???❤️

  6. ? says:
    July 22, 2019 at 11:05 am

    Hey how many more parts left ?

    1. Monsta says:
      July 22, 2019 at 6:02 pm

      Vaki ehn bunaakah neynge. But it just reached kunnu dhww. Hama yageenun ves Olevel ge kurinn nimmaanan. Vaki kithah part kameh bunaakah neynge. ???

  7. 1234 says:
    July 22, 2019 at 2:47 pm

    Vara reethi mi part ves

    1. Monsta says:
      July 22, 2019 at 6:04 pm

      Thankss ???

  8. jiji says:
    July 22, 2019 at 8:03 pm

    Alheyy kalo hama superr???…Lahka hiyygaimey mi part vec❤❤❤???…. dhn maaxin nd een vec e ulhey lwbi gotheh dhww???…Monsta bunebala dhn jiji vec baiverikuraasheyy???..Haha..nd waitingg fr the nextt ingeyy???…Love u moree???

    1. Monsta says:
      August 8, 2019 at 8:47 pm

      Owhhhh thnkuuuu

  9. drax says:
    July 22, 2019 at 9:18 pm

    Hehe sis then so funny seens
    I really thinks maax should see a doctor ??
    I am more than 100% Sure he have mantel problem ???
    And my luvaiz it’s still not verified soooo curious can’t wait sis
    I know u bussy but I can’t wait to see what going on with Shaa and also curious to know what they got from maax ge only good present ??????
    Love this part a lot

  10. Zinn says:
    July 22, 2019 at 10:39 pm

    Mi part vrh reethi.. avahah up kuracheyy

  11. hehehehahahaha LOL says:
    July 23, 2019 at 12:53 pm

    mi part ves salhi ingyyy

  12. Danger says:
    July 23, 2019 at 4:28 pm

    Mi part v salhi.. waiting for the next part

  13. Danger says:
    July 23, 2019 at 4:32 pm

    Eyye mendhuru skwl in aissa comment kurin.. maybe that comment doesn’t go as its long.. so kuru koh comment kuree mi matheega.. hehe

  14. Danger says:
    July 23, 2019 at 6:10 pm

    Monstii.. Mi part v salhi.. maazin ves dww.. pis pis.. jihaan men haadha kada vaaney.. shaa preg veema dww eyna dad ehaa avahah kaiveni kuruvee.. v dhera lahun up vaane thee.. mihaarussuren inthizaaru gaa

  15. Danger says:
    July 24, 2019 at 12:46 pm

    Adhi kiriyaa e dhiya ee comment

  16. Zein says:
    August 1, 2019 at 9:28 pm

    Monsta kobaa tha story??? Vahah up kohdheebaa

  17. Rai says:
    August 1, 2019 at 9:28 pm

    Alhe Monsta adhives up nveytha

  18. seokjin?? says:
    August 2, 2019 at 10:59 pm

    Monsta…. plx avahahh up kohh dhy baa….

  19. Taehyung ?? says:
    August 3, 2019 at 8:19 pm

    Monsta plx avahahh up kohh dhyy ba waiting waiting ???

  20. jiji says:
    August 5, 2019 at 6:39 am

    Monstaa…kobaatheyyy story..I’m dying to read itt..Plx avahah upkohbaa..Nd mihaa hisaabah genes storynunihmahcheyy .. Eyrun v dhera vaane ingey..Plx plx avashkureyy??????????

  21. someone says:
    August 5, 2019 at 6:45 pm

    monstaa dear? where is the rest of the story? m dying to read it eyh.. plx up kohba dhen oiy bai avahah.. <3

  22. Monsta says:
    August 8, 2019 at 8:49 pm

    Farah bodah sorry lasveema ????

    1. Monsta says:
      August 8, 2019 at 8:50 pm

      Varah*

Comments are closed.

Next Episodeނާއިންސާފް 27←


All Right Reserved!