ހާސިލް ވުމަށް އެދި 7
ނަބާޙު ރިޕޯޓްފޮތް ހިފައިގެން އައުމުން އެންމެ ފުރަތަމަވެސް މަރުހަބާ ކީ އީނާޝްއެވެ. އީނާޝް އަބަދުވެސް ނަބާހުއަށްޓަކައި ފަހުރުވެރިވެއެވެ. ދުވަހަކުވެސް ނަބާހު އާއި މެދު ހަސަދަވެރިއެއް ނުވެއެވެ. ބޭރުން ކިތަންމެ ބޮޑަކަށްވެސް އީނާޝް އުފާވެރިކަމެއް ދައްކައިގެން ހުއްޓަސް އީނާޝް އެތެރެ ވަނީ އެއްކޮށް މަރުވެފައިއެވެ. އާރިފާ އީނާޝްއާއި ދިމާއަށް ފާޑަކަށް ބަލަން ހުރެފައި ދިޔައީ އީނާޝްއާ ދިމާއަށް ކުދި ކިޔަމުންނެވެ. އޭގެ ބަދަލުގައި އަބަދުވެސް އީނާޝް އާރިފާއަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރެއެވެ.
އެންމެ މޮޅު ކުދިންނަށް ދޭ އިނާމު ނަބާހު އަށްވެސް ލިބުނެވެ. ނަމަވެސް ނަބާހު އެ ދިނީ އީނާޝްއަށެވެ. އެކަމުގެ ސަބަބުންވެސް އާރިފާ ނުކިޔާކަށް އެއްޗެއް ނެތެވެ. އާރިފާ ދެކޭ ގޮތުގައި އެހެން މީހުންވެސް އަދި އާރިފާވެސް އީނާޝްއަށް އެއްޗެއް ދީގެން ނުވާނެއެވެ. އާރިފާ އީނާޝްދެކެ އެހައި އެ ނަފްރަތް ކުރަނީ ކީއްވެކަމެއް އަދިއަދަށްދާން ދެން ވެސް ވަނީ ސޮބާޙު އަށްވެސް ނުހޯދިފައިއެވެ. ނަމަވެސް މިހާރު ސޮބާހުވެސް އެކަމާ މާ އަޅާލައިހެންނެއް ހިޔެއްނުވެއެވެ. ސަބަބަކީ އިނާޝްއަށް ސޮބާހުގެ ކުރިމަތީގައި އާރިފާ އަނިޔާ ކުރިޔަސް ސޮބާހުވެސް އެއްޗެކޭ ނުބުނާތީއެވެ.
*******
ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ގޮސް ބޮޑު ބަންދު ނިމި އައު އަހަރު ފެށިއްޖެއެވެ. މިއަދަކީ އީނާޝް އެންމެ އުފާވާ ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެއީ ވަގުތީ އުފަލެކެވެ. ދާއިމަށް ދެމިގެންދާނެ އުފާވެރިކަމެއް ނޫނެވެ. ސަބަބަކީ އާރިފާ ރާއްޖޭން ބޭރަށް ދެމަސް ދުވަހަށް ދިޔައީމައެވެ. އަދި އީނާޝްއަށް ސުކޫލާށް ދިޔުމަށް ފުރުސަތެއް ލިބުނީމައިއެވެ. މިކަމާއި ވެފައި ހުރި އުފަލުން އީނާޝްގެ އަނގައިން ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. ”ހާދަ އުފާވެފައި އޭ ތިހުންނަނީ އީނާޝް..” ”އުފާ ނުވާންވީ ކީއްވެތަ؟ އެކަމަކު ވަރަށް ދެރަވެސް ވޭބަ.. އެއީ އަޅުގަނޑަށް މިއަހަރު ކިޔެވޭނީ އެންމެ ދެމަހު ކަމަށް ވާތީ.. މަންމަ އައުމުން އަޅުގަނޑަކަށް ދެން ނުދެވޭނެ ސުކޫލަކަށް.. ނަބާ.. އަޅެ އަޅުގަނޑު ބޭނުން ސުކޫލަށް ދާން.. ތިނެއްވެސް އެ ނިމުނީ.. އެންމެ ތިން މަސްދުވަހު އަޅުގަނޑަށް ކިޔެވުނީ.. މިއަދު ސުކޫލަށް ދިޔުމުން ކުދިން އަޅުގަނޑަށް ވަރަށް މަލާމާތް ކުރާނެ ދޯ ނަބާ؟.. އަޅުގަނޑު ކޮން ޖަވާބެއް ދޭނީ އެކުދިންނަށް؟ މުދައްރިސުންވެސް ވަރަށް ސުވާލު ކުރާނެ.. ނަބާ.. ނަބާ ބުނެބަ އެއްޗެކޭ މިކަމަށް..” އީނާޝް ފެން ކަޅި ވެފައިވާ ދެލޮލުން ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ ރޯން ފަށަދާނެހެންނެވެ. އީނާޝްއަށް ބަލައިލުމުން ވެސް ނުރޯން މަސައްކަތް ކުރާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ނަބާހުވެސް ހުރީ އީނާޝްގެ އެ ހިތުގެ އުދާސްތައް އަޑު އަހާފައި ރޮވެން ކައިރިވެފައިއެވެ. ”އީނާޝް.. ހާސް ނުވޭ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.. އަދި އަބަދުވެސް ހަނދާން ކުރާތި ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަން.. ފަހަރެއްގައި އީނާޝްއަށް ކުރިޔަށް އޮތް ތާާގައި މާ ރަނގަޅަށްވެސް ކިޔަވަން ފުރުސަތު ލިބިދާނެ.. އަދި އެއްވެސް ކުއްޖެއްވެސް އިނާޝް ކައިރިއަކު އެކައްޗެކޭވެސް ނާހާނެ.. އަހަރެން މިހުރީނު.. އަހަރެން ހުއްޓަކާ އީނާޝް އާ ދިމާއަށް އެކައްޗެކޭ ވެސް ނުކިޔޭނެ..” ނަބާހު ދިޔައީ އީނާޝްއަށް ހިތްވަރުގެ ބަސްތައް ދެމުންނެވެ. އެކަމުގެ ސަބަބުން އީނާޝްއަށް ދިޔައި އިތުރު ހިތްވަރުވެސް ލިބެމުންނެވެ. އަދި ނަބާހު އެބުނިގޮތަށް އެކަންކާމާއި މެދު ނުވިސްނުމަށްވެސް އީނާޝް އަޒުމު ކަނޑައެޅިއެވެ. ނަމަވެސް އީނާޝްއަށް ނޭނގުނު ކަމަކީ ނަބާހު ވަކިން ކުދިންނާ ބައްދަލުކޮށްފައި އިނާޝް ސުކޫލަށް ދިޔުމުން އެއްވެސް އެއްޗެކޭ ކިޔައި މަލާމާތް ނުކުރުމަށް ބުނިކަމެވެ. އަދި މުދައްރިސުން ކަިއރީވެސް އެވާހަކަ ބުނިކަމެވެ. ހަތަރެއްގައި އުޅޭ ކުދިންނޭ ކިޔާފައިވެސް އެދެ ކުދިންނަކީވެސް ވަރަށް ވިސްނުން ތޫނު ދެކުދިންނެވެ. ”ނަބާ ވަރަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ނޭނގޭ ނަބާއަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް.. މިއަދު ނަބާ ނެތްނަމަ ނޭނގޭ އަހަރެންނަށް ވާނެ ގޮތެއް ބުނެދޭކަށްވެސް.. ތޭންކްސް އަ ލޮޓް..”އީނާޝް ޝުކުރު އަދާކުރަމުން އެއީ ޝުކުރު އަދާކުރަން ޖެހޭ ވަރުގެ ކަމެއް ނޫނޭ ކިޔައި އީނާޝްގެ ކޮޓަރިން ނަބާހު ނުކުމެގެން ދިޔައި އީނާޝްއަށް ޖެއްސުމެއް ކޮށްލާފައިއެވެ. އެއީ ނަބާހުގެ އާދައެކެވެ. ނިމިިދިޔަ އަހަރުގައި ވެސް އީނާޝްގެ ކޮޓަރިއަށް ވަންނަ ކޮންމެ ރެޔަކު ނަބާހު ނުކުމެގެން ދާނީ އީނާޝްގެ ގާތަށް ރުޅިއަރުވާލައިފައިއެވެ. ނޫނީ ހިތުން ނުފިލާވަރުގެ މަޖާކަމެއް ކޮށްލާފައިއެވެ. ނަބާހުއަކީ އެހެން އުޅުނަސް ވަރަށް ލާނެތް ކުއްޖެކެވެ.
އީނާޝް ހީކުރި ގޮތާއި ހިލާފަށް ކުލާހަށް ވަނުމާއިއެކު ހުރިހާ ކުދިން ވެސް ހިނިތުން ވުމަކާއިއެކު އީނާޝްއަށް މަރުހަބާ ކިޔެވެ. އަދި އީނާޝްގެ ހާލުއަހުވާލު އޮޅުން ފިލުވައި އެތަކެއް ވާހަކައެއް ހިއްސާކުރިއެވެ. އީނާޝްވެސް ބަދަލުގައި ދިޔައި ކުދިންނާ ވާހަކަތައް ހިއްސާކުރަމުންނެވެ. ނަމަވެސް އީނާޝް ދައްކާނެ މާ ބައިވަރު ވާހަކަ ނެތުމުން އެކުދިންނާއި އެއްބައިވެލައިގެން ދިޔައި އެކުދިންގެ ވާހަކަތަކުގައި ބައިވެރިވަމުންނެވެ. ހުރިހާ މުދައްރިސުންވެސް އީނާޝްއަށް ކުރިމަތީލީ ނުހަނު ހިތްހެޔޮ ކަމާއި ހިނިތުންވުމަކާއި އެކީއެވެ. މިކަމުގެ ސަބަބުން އީނާޝްގެ ލޮލުން އިރުކޮޅަކާ ދިޔައި އުފާވެރިކަމުގެ ކަރުނަ އަންނަމުނެވެ. މިމަންޒަރު ބަލަން ނަބާހުވެސް އިނީ ހިނިތުން ވުމަކާއިއެކީއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހިނިތުންވުން ފަނޑުވެގެން ދިޔައީ އީނާޝްއަށް ސުކޫލަށް ދެވޭނީ ކުޑަ ދުވަސްކޮޅަކަށް ކަން ހަނދާންވުމުންނެވެ. ނަަމަވެސް އެކަމުގެ މަތިންނެއް ކުލާހަށް ވަން ފަހުން އީނާޝް އެންމެ ފަހަރަކުވެސް ހަނދާނެއްނުވެއެވެ. ވެފައި ހުރި އުފަލުން ކަމަށްވެސް ވެދާނެއެވެ.
ސުކޫލު ނިންމާފައި ގެޔަށް ދިޔަ މަގުމަތީ އީނާޝް ދިޔައީ ނަބާހުއަށް އީނާޝްވެފައި ހުރި އުފާ އެހެން މީހުންނަށް އިހްސާސްވާނޭ ގޮތަށް ކިޔައިދެމުންނެވެ. ނަބާޙުވެސް ދިޔައީ އީނާޝްގެ އެއުފަލުގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ.
********
ބަރާބަރު ދެމަސް ވީ ދުވަހު އާރިފާ ހުރީ ރާއްޖޭގައިއެވެ. ނަމަވެސް އީނާޝްމެންނަށް އެދުވަހަކީ އާރިފާ އަންނަ ދުވަސްކަން ނޭނގުމުން އެހެން ދުވަސްދުވަހެކޭ އެއްގޮތަށް އުފަލުގައި ހުރެ ސުކޫލަށް ދިޔައި ގެއަށް އައުމުން ވާނޭ ގޮތް ނެނގޭ ހާލުއެވެ. އެކަން އިނގޭނަމަ ހަމަ ޔަގީނުންވެސް އީނާޝް ކިތަންމެ ސުކޫލަށް ދާން ބޭނުން ވިޔަސް ނުދާނެކަން ހަމަ ގައިމެވެ. އީނާޝް ސުކޫލު ނިންމައިފައި ގެއަށް އައުމުން އީނާޝް އާ އެންމެ ފުރަތަމަވެސް ބައްދަލުވީ އާރިފާގެ ރުޅިވެރި ބަސްތަކެވެ. އައިސްފައި ހުރި ރުޅިން ހީވަނީ އީނާޝްވެސް ފިއްސާލަފާނެ ހެންނެވެ. އައި ގޮތަށް އައިސް އީނާޝް އަތުން ދަބަސް އަތުލައި ދަބަހުގައި ހުރި ފޮތްތައްވެސް އިރާލީ އެއީ ސުކޫލަށް ދޭން ޖެހޭ ފޮތްތައް ކަންވެސް ހަނދާން ނައްތައިލަމުންނެވެ. ނަބާހުވެސް ހުރީ އެކަމާއި ބިރުގަނެފައިއެވެ. ނަމަވެސް އިީނާޝްގެ ލޮލުން ދިޔައި ހުއްޓާނުލައި ކަރުނައަކަށް ފަހު ކަރުނައެއް ވެއްޓެމުންނެވެ. އާރިފާގެ އެ ރުޅިވެރި ބަސްތަށް ދިޔައީ ތޫނު ހަނޖަރުތަކެއް ހެން އީނާޝްގެ ހިތަށް ވަންނަމުންނެވެ. ”މަ ރަށުގައި ނުޅޭތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގާލީ ދޯ ތި؟ ހީކުރީތަ މަށަށް ނޭނގޭނެ ކަމަށް ތި ގަންނަގަނޑު.. ހަނދާން ކުރާތި ދެން މިގޭން ބޭރަށް ތި ޔުނީފޯމް ލައިގެން އެންމެ ފިޔަވަޅެއް އެޅިޔަސް… އިނގޭނެ ހަދާލާނެ ގޮތް..” އާރިފާ އީނާޝްއާއި ދިމާއަށް ހުއްޓާނުލައި ދިޔައި ހިތަށް އައިހާ އެއްޗެއް ގޮވަމުންނެވެ. އަދި ކިޔަން ހުރި އެއްޗެހި ކިޔާފައި ނަބާހު އާ ދިމާއަށް އާރިފާ އެބުރުނީ ހުރިހާ ވާހަކައެއް ކިޔާދޭށޭ ބުނާ ފަދައަކުންނެވެ. އަދި ނަބާހު އެއްޗެކޭ ނުބުނެ ހުރުމުން އާރިފާ ނަބާހު އާއި ދިމާއަށް ވެސް ހަޅޭލަވައިގަނެވެ. ގަނެފައި ހުރި ބިރުން ނަބާހު ހުރިހާ ވާހަކައެއް އާރިފާއަށް އަކުރުން އަކުރަށް ކިޔައިދޭން ފެށީ އީނާޝް ނުކިޔައިދޭށޭ ކިޔައި ދެފަރާތަށް ބޯހަލުވަ ހަލުވާ އޮއްވައެވެ. ނަމަވެސް އެ ހުރިހާ ވާހަކައެއް ނަބާހު އާރިފާއަށް ކިޔައިދިނީ އީނާޝްއަށް އަނިޔާ ކުރާނެ ކަމަކަށް ނޫނެވެ. މިހުރިހާ ކަމަކީވެސް އީނާޝް ނަބާހު ބުނެގެން ކުރިކަމެކޭ ނަބާހު ބުނީވެސް އީނާޝްއަށް ކަމެއް ކޮށްފާނެތީއެވެ. ނަމަވެސް އާރިފާއަށް ގޯސްވީ އީނާޝްއެވެ. ނަބާހު އާއި ދިމާއަށް އެންމެ އެއްޗެކޭވެސް ބުނެނުލައެވެ.
”މަންމާ.. އަހަރެން ބުނެގެންނޭ އީނާޝް އެހެން ހެދީ.. މަންމަ ކީއްވެތަ އަބަދު އީނާޝް އަށް ތިގޮތަށް ތި ކަންތައް ކުރަނީ.. މަންމަ ކީއްވެ އަހަރެން ދެކެ ލޯބި ވާވަރަށް އީނާޝް ދެކެ ލޯބި ނުވަނީ.. އެއީ އެއްނު މަންމަގެ ދަރިއަކީ.. ދެން ކީއްވެ.. އަބަދު އީނާޝްއަށް.. އަހަރެން ބުނެގެން އީނާޝް ހުރިހާ ކަމެއް ކުރީމަވެސް މަންމަ އަނިޔާކޮށް އެއްޗެހި ތި ގޮވަނީ އީނާޝްއަށް.. ތި އަނިޔާ އާ ބަސްތައް ހައްގުވާނީ އަހަރެންނަށް.. މަންމާ އަހަރެންގެ ގައިގަ ތަޅާ..” ނަބާހު ގޮސް އާރިފާގެ އަތުގައި ހިފަހައްޓާފައި އާރިފާގެ އަތުން ނަބާހު އަމިއްލަގައިގައި ތަޅަން ފެށިއެވެ. ނަމަވެސް އާރިފާ ވަރަށް އަވަހަށް ނަބާހުގެ އަތުން އާރިފާގެ އަތް ދަމާގަނެފައި ތިހެން ނުހެދުމަށް ނަބާހު ގާތު ބުންޏެވެ. އޭރު އެތަނުގައި ގުގުމާލާފައި ވަނީ އީނާޝްއާއި ނަބާހުގެ ގިސްލުމުގެ އަޑެވެ. އެއަޑަށް ނިދާފައި އޮތް ސޮބާހު ރުޅި އައިސް ރަތްވެފައި ހުރެ ނުކުމިއެވެ.
އޭގެ އިރުކޮޅެއްފަހުން އާރިފާ އީނާޝް ދަމާފައި ގެން ގޮސް ކޮޓަރިއަށްވަނެ ދޮރު ލައްޕައި ތަޅުލިއެވެ. މީހަކަށް ނުވަދެވޭނޭ ހެން އެތެރެއިން ވެސް ދޮރުގައި ހަރުކުރެވިފައި އިން ދެ ތަޅުވެސް އެޅުވިއެވެ. ދެން އިވެން ފެށީ އާރިފާގެ ރުޅިވެރި ބަސްތަކުގެ އަޑެވެ. އެއްޗެހި އުކާއަޑާއި އީނާޝްގެ ހަޅޭކުގެ އަޑުވެސް ވަނީ މުޅި ގޭގައި ހަރުލާފައިއެވެ. ނަބާހު ހުރީ ބިރުން މުޅި މީހަ ތުރުތުރު އަޅާ ހާލުގައިއެވެ. ނަމަވެސް އޭރުވެސް ނަބާހު މަސައްކަތް ކުރަމުން ދިޔައީ ދޮރު ވައްޓާލައިފައި ނަމަވެސް ހުޅުވާށެވެ. މާ ކަންތައް ބޯޑުވުމުން ސޮބާހުވެސް ނަބާހު އާ ބައިވެރިވެލިއެވެ.
ދެމީހުންގެ މަސައްކަތުން ވަރަށް ހާލުން ދޮރު ހުޅުވުނެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފައިއެވެ. ވާ ކަމެއް ވަނީ ވެ ނިމިފައިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







Masha allah varah reethi mi part ves… ???waiting for next part ??????thank you ma’am❤❤❤???????????❤???????????????????????
Thank u soooo much friend eh❤️❤️❤️❤️❤️❤️❤️❤️❤️❤️ ya keep waiting..???? hehe wc ????
Wh3n is n3xt part ….??????????????
Next part Thursday gai..?????
Assalam alaikum..
Alhamdulillah.. miothy 7 vana epsd Vs up vefai.. unmeedhu kuran kiyuntherinnah kamudhaane kamah..????? Nd next epsd Thursday gai up kohla dheynan.. Insha Allah..❤️❤️ keep waiting..?????
Kiyuntherin thidhey support ah vr vr vr vr vvvvvvvvvr bodah shukuriyyaa..?????????❤️?? lysm??????
Tomorrow. Right?
yeah.. tomorrow.. 🙂 🙂
Kiyaafa comment eh kohlaanan ingeyy???
Ya ok.. ????❤️
Nafu dear.. ??masha allah v furihama… ??v reethi… ???waiting for next part… much luv nafu…❤❤❤❤❤❤
Thanks a lot aishoo dear..❤️❤️❤️❤️ ya keep waiting..???? lysm..????once again thanks a lot.❤️❤️❤️
Vvv salhi ingey ? ?
Thank u sooo much Mary.. ❤️❤️????
Kiyaalaafa forgot to comment?..handhaan v ma miaee..Dear mi bai vec vv rythi ingey???..plc next dhigukohlaathi adhi miahvure..Very interesting one❤❤❤??????
It’s ok jiji..??? thanks a lot jiji.❤️?❤️?❤️?ya Insha Allah.. mi ah vure dhigu kohla dhevey thr balaanan..?????????❤️?❤️?❤️ once again thanks a lot jiji..??????????
Masha Allah varah Reethi mi part ves?????❤️❤️❤️❤️❤️?????waiting for next part
Thanks a lot dear..❤️❤️❤️❤️ keep waiting????.. ????
?????Thiy häma Ahme BEST STORY wirrter for me????lysm ???inlove Your story?waitting for next part???????????
Awwwwn??????❤️❤️❤️ thank u soooo much dear..?????? I’m so happy to know that.. keep waiting ingey❤️❤️❤️❤️❤️❤️
Awwwwwwww. V. Salhi ????❤️❤️❤️
🙂 🙂 awwn.. thank u soo much ryn.. 🙂 🙂 🙂
your are a good story wirtter obinest to the max love u dear
🙂 🙂 :)awwn.. thank u soo much farooo.. 🙂 🙂 🙂 lysm..