އެހެންއިންތާ އިރުކޮޅެއް ފަހުން އިއްބާންގެ ސިކުނޑިއަށް އައި ހިޔާލަކުން އެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. އަދި މަޑު ހިނގުމެއްގައިގޮސް އެނދުކައިރީގައި މަޑުކޮއްލިއެވެ.
**********************
އެނދުގެ ސައިޑް ކަބަޑުމަތީއިން ފެންފުޅިން އަތަށް ފެންކޮޅެއްއަޅާލުމަށް ފަހު އައިލީންގެ މޫނަށް ފެންކޮޅެއްބުރުއްސާލިއެވެ. އައިލީން ދެލޯތަގުޅިކޮއްލުމަށް ފަހު މަޑުމަޑުން އެ ބޯ ކަޅުކުލައިގެ އެސްފިޔަތައް ތަޅުވާލިއެވެ. ލޯހިޅުވާލުމާއެކު ފެނުނީ ފެހިކުލައިގެ ފަނޑުއަލިކަމެއް ވެރިވެފައިވާ ކޮޓަރިއެކެވެ. އައިލީންއަށް އިހުސާސްވީ އޭނާ އޮތީ ކޮޓަރިއެއްގެ އަރާމު އެނދުމައްޗެއްގައިކަމެވެ. މިރޭ ހިނގާދިޔަ ހާދިސާމަތިން ހަނދާންވުމާއެކު އައިލީންއަށް އެނދުން ފުންމައިގަނެވުނެވެ. އެވަގުތު ކޮންމެސް މީހެއްގައިގައި ޖެހިފައި ދެމީހުންގޮސް ޖެހުނީ މާބަލް ތަޅުންމައްޗަށެވެ. އެވަގުތު އައިލީންއަށް ހަަޅޭއްލަވައިގަނެވުނީ އޭނާގެ ގައިދަށުއޮތް ޒުވާނާ އޭނާގެ އުނަގަނޑުގައި އަތްވަށާލުމުންނެވެ.
“ދޫކުރޭ…” އައިލީންއަށް ބުނެލެވުނެވެ.
“ކީއްކުރަން….” އެހެންބުނެ އިއްބާން އައިލީންގެ އުނަގަނޑުގައި ވަށާލެވިފައިވާ އޭނާގެ އަތް އިތުރަށް ބާރުކޮއްލިއެވެ. އައިލީން ބިރުގަނެފައި ހުރުމުން އެއީ އިއްބާންކަން ނުދަނެހުއްޓެވެ.
“ކީއްކުރަންހޭ..ހައު ޑެއަރ ޔޫ…ޔޫ…” އައިލީން އެހެން ބުނެ އިއްބާންއާ ދިމާލަށްބަލާލި ވަގުތު ބުނަންއުޅުނު ޖުމުލަ ހަދާންނެތުނުފަދައެވެ. ފަނޑު އަލިކަމުގެ ތެރެއިން އިއްބާން ފެނުމުން އެއީ އޭނާކަން އައިލީންއަށް ޔަގީންވިއެވެ.
“އިއްބާން…” އައިލީންއަށް ބުނެލެވުމެވެ.
“އެނގިއްޖެދޯ….” އިއްބާން ދެލޯމަރައިގެންއޮވެ އެހެންބުނެލީކޮން އިޚުސާސްތަކެއް ފޮރުވަންކަމެއްނޭނގެއެވެ.
“ކީކުރަން ގައިގަ އަތްލަނީ…ދޫކުރޭ…” އައިލީން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
“ލޫން….ކީއްވެ އެހެންހެދީ….” ކުއްލިއަކަށް އިއްބާން ދެބުމަގޮއްޖަހާލަމުން އަހާލީ ރުޅިވެރިކަމާއެކުއެވެ.
“ވަޓް..ވަޓް އާ ޔޫ ޓޯކިން އެބައުޓް…” އައިލީން ހައިރާންވެފައިހުރެ އަހާލިއެވެ.
“ލޫން…ދެންކޮން އެކްޓެއް…މިހާރު މާ ބޮޑުވަރު އެނގެތިވަނީ…ބުނޭ….ޖަވާބުދީ…ކީއްވެ..” މިފަހަރު އިއްބާން އައިލީންއާ ދިމާލަށް ބަލާލީ އިންޒާރުގެނަޒަރަކުންނެވެ. އޭނާގެ ކުރިމަތީގައި ލޫން ހުރުމުން އިޚްސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވުމުން އިއްބާން ގާތަށް ރުޅިއައީއެވެ. އަދި އޭނާއަށް އެއީ އައިލީން ނޫންކަމެއްވެސް ނޭންގުނެވެ. ފެހިކުލައިގެ ފަނޑު އަލިކަމެއްވެރިވެފައިޗވުމުން އިއްބާންއަށް އެލޮލުގެ ކުލަވަކިކުރަން ނޭނގުނީއެވެ. އެހެންނޫންނަމަ އެއީ ލޫންނޫންކަން އިއްބާންއަށް ޔަގީންވީހެވެ.
“އިއްބާން މީ އައިލީންއޭ….” އައިލީން މަޑުމައިތިރިކަމާއެކު ބުނެދޭންއުޅުނެވެ. ނަމަވެސް އައިލީން ސިހުނީ އިއްބާން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާ ގާތަށް ދަމާލުމުންނެވެ. އައިލީން މަތަވީ އިއްބާންގެ މޭގައިޖެހިފައެވެ. އެވަގުތު އިއްބާން އައިލީންގެ ކަންފަތްކައިރިއަށް ގުދުވެލީ ހިއްސުތައް ކޮންޓްރޯލްކުރަމުންނެވެ.
“ލޫން…” އިއްބާން ލޫންގެ ނަންކިޔާލިއިރު އައިލީންގެ އަތުގެ މުލައްދަނޑިއަށް ބާރުކޮއްލެވުނުކަންވެސް ނުދަނެހުއްޓެވެ.
“ތަދުވެޔޭ ދޫކޮއްބަ..މީ އައިލީންއޭ…އެއްކަލަ ދެ އަހަރު ކުރީގަ….އެ ދުވަހު ބުނީމެއްނު އިއްބާންގެ ނަންނުކިޔާށޭ…ހަނދާން ވެއްޖެތަ..” އައިލީން އެހެންބުނުމުން އިއްބާން ވިސްނާލިއެވެ. ކަމެއް ހަނދާންވިފަދައަކުން އިއްބާން އައިލީންގެ އަތުންދޫކޮއްލުމަށްފަހު ދުރަށްޖެހިލިއެވެ. އަދި އަރުކޮޅަކު އައިލީންއާ ދިމާލަށް ބަލަންހުރުމަށްފަހު ސުވިޗް ބޯޑާދިމާލަށްގޮސް ލައިޓު ޖައްސާލިއެވެ. ހުދުއަލިން މުޅި ކޮޓަރި އަލިވުމާއެކު އައްބާން އަށް އެއީ އައިލީންކަން ޔަގީންވީ އެއަޅުފެހިކުލައިގެ ކަޅިފެނުމާއެކުއެވެ. އިއްބާން އޭނާ އުޅުންގޮތް ހަނދާންވުމާއެކު އަސްތަށިގަނޑުގައި އަތުން ފިނާއަޅާލެވުނީ ކުޑަކޮށް ކަޑަވުމުންނެވެ.
އައިލީން ހުރީ އިއްބާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެނެވެ. އިއްބާން އެބުނާ ލޫންއަކީ ކާކުހެއްޔެވެ؟ އައިލީން އެހެންހުރެ އިއްބާން ދެއްކި ވާހަކަތަކާމެދު ވިސްނިއެވެ. ކުޑަކޮށް ލޯތެމުނީ އިއްބާންގެ ލޯބިވެރިޔަކު ހުންނަކަން ޔަގީންވާތީއެވެ.
އެ ދެމެދުގައިވާ ހަމަހިމޭންކަން ފޫއަޅުވާލަމުން އިއްބާން އެއްޗެކޭ ބުނަން އަނގަހުޅުވާލިއެވެ. ނަމަވެސް ދެމީހުން ސިހުނީ ކޮޓަރީގެ ދިރުގައި މީހަކުޓަކިޖަހަން ފެށުމުންނެވެ.
“ޝިޓް..” އިއްބާންއަށް ބުނެލެވުނެވެ. އައިލީން ހުރީ ހާސްވެގެންގޮސް ހަދާނެ ނުހަދާނެގޮތެއް ނޭނގިފައެވެ. އައިލީންއަށް އިއްބާންއަށް ގޮވާލެވުނެވެ.
“ދޭ ފާހަނައަށް….” އިއްބާން ފާހަނައާ ދިމާލަށް އިޝާރާތް ކުރަމުން ބުނެލީ ހާސްވެފައިހުރެއެވެ. އައިލީން ދުވެފައި ކަހަލަ ގޮތަކަށްގޮސް ފާހަނައަށްވަނެވެ. އިއްބާން ހަމަޖެހެން މަސައްކަތްކުރަމުންގޮސް ކޮޓަރީ ދޮރުހުޅުވާލިއެވެ. އަދި ދޮރުފަތުފެ ދާރައިގެ މެދެއްހާހިސާބު އަތްވިއްދާލީ ކޮޓަރިއަށް މީހަކުވަދެފައިދާނެތީ ކަހަލައެވެ.
“ބެން..”
“ލައްބަ ދޮންތާ..” އިއްބާން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
“ބެން..ބައްޕަ އެބަ އުޅުއްވާ ވަރަށް ހާސްވެލައްވައިގެން…މިއަދު ބައްޕަ މިގެއަށް އަންނަން ދައުވަތުއެރުވި ކުއްޖާ ނައިސްގެން…ބައްޕަ އެކުއްޖާ ބަލާނުދިޔައީ އޭނާ އަމިއްލައަށް ހިނގާފައި އަންނާނަންކަމަށް ބުނުމުން…” ޒިލްވާ ހާސްވެފައިހުރެ ފައްޗަކަށް އަމުނާލަމުން ބުނެލިއެވެ.
ޒިލްވާއަކީ ދިގުއިސްކޮޅެއް ލިބިފައިވާ ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ބައްޓަން ރީތި ނޭފަތަކާއި ބޮޑު ދެލޮލެވެ. ކަޅިރަވައިގެ ތޫނުކަމުން މީހުންގެ ހިތްތަށް މޮޔަކޮއްލާހާ ޗާލެވެ.
“ދެން އަޅުގަނޑު ކިހިނެއް ހަދާދޭންވީ…” އިއްބާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
“ދޮންތައަށް އޭރުވެސް އެނގުނޭ ބެން ބުނާނީ ތިހެންކަން….ތި އަތް ނަގާބަ…” ޒިލްވާ އެހެންބުނެލުމާއެކު އަވަސް ހަރަކާތަކާއެކު ކޮޓަރިތެރެއަށް ދެމިގަތެވެ.
“ދޮންތާ..” އިއްބާންއަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނީ ޒިލްވާ އެދިޔަގޮތަށް ގޮސް ފާހަނައިގެ ދޮރުހުޅުވާލުމަށް ތަޅުގައި ހިފާލުމުންނެވެ.
“ބެން…..ކިހިނެއްވީ….ސިއްސައިގެނޭދިޔައީ…..” މޭގައި އަތްޖައްސާލައިގެންހުރެ ޒިލްވާ އިއްބާންއާ ދިމާލަށް ބަލާލީ ދެލޯބޮޑުކޮއްލަމުންނެވެ.
“މީ…މި ފެނެއްނުހުންނާނޭ ފާހަނައަކު…” އިއްބާން ހާސްވެފައިހުރެ މި ބުނެލެވުނީ މޮޔައެއްޗެއްކަމެއްވެސް ނުވިސްނުނެވެ.
“ސީރިއެސްލީ ބެން…މި އުޅެނީ ދާއެއްޗެހިނަގަން…..” ޒިލްވާ އިއްބާން އާ ދިމާލަށް ގަބޫލުކުރަންދަތި ނަޒަރަކުން ބަލާލާފައި ފާހަނާގެ ދޮރުހުޅުވާ ލާފައި އެތެރެއަށް ދެމިގަތެވެ. އެވަގުތު އިއްބާންއަށް މޫނުގައި އަތްއަޅާލެވުނީ ހާސްވެފައި ހުރުމުންނެވެ.
ފާހަނައިން ދާއެއްޗެހި ހިފައިގެންނިކުން ޒިލްވާފެނި އިއްބާންއަށް ދެލޯބަޑުކޮއްލެވުނީ ޒިލްވާ އޭނާއާދިމާލަށް ފާޑަކަށް ބަލާލާފައި ކޮޓަރިންނުކުތުމުންނެވެ.
އަވަސް ހަރަކާތަކާއެކު ފާހަނައިގެ ދޮރުހުޅުވާލި އިއްބާން ޔަގީންކުރީ ޒިލްވާއަށް އައިލީން ފެނުނީކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. މުޅި ފާހަނައަށް ނަޒަރުހިންގާލިއިރުވެސް އައިލީންގެ ހިލަމެއްނުވިއެވެ. ކުއްލިއަކަށް އިއްބާންގެ ހިޔާލަށްއައި އެއްޗަކުން އަވަސްހަރަކާތަކާއެކު ފާހަނާ ގައިން ބޮޑު ބިލިގާކައިރީ މަޑުކޮއްލިއެވެ. އަދި ބިލިގާހެ ވަށައިގެން ދަމާލެވިފައިވާ ހުދުކުލައިގެ އެތެރެ ނުފެންނަ ފޮތިގަނޑުގައި ހިފާ އެއްފަރާތަކަށް ކަހާލުމާއެކު އިއްބާންއަށް ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލެވުނެވެ. އައިލީންއިނީ އޭގެ ތެރޭގައި ދެފައިވައްކޮއްލައިގެނެވެ.
“ދިޔައީތަ….” އައިލީން އަވަސްއަވަހަށް އަހާލިއެވެ.
އިއްބާން ހަމައެކަނި ބޯޖަހާލީއެވެ. އިއްބާން ބޯޖަހައިލުމުން އައިލީން އަވަސްއަވަހަށް ބިލިގާތެރެއިން ތެދުވެ އަވަސް ހިނގުމެއްގައި ފާހަނައިން ނުކުންނަން ހިނގައިގަތެވެ. އަވަސް ހިނގުމެއްގައި ފާހަނައިން ނުކުންނަން ދިޔަ އައިލީންގެ ފަހަތުން އިއްބާން ހިނގައިގަތެވެ. އިއްބާން ކުއްލިއަކަށް ސިހުނީ އައިލީން ހަޅޭއްލަވައިގަތުމުންނެވެ. އެވަގުތު އިއްބާން އަށް ފެނުނީ އައިލީން ކައްސާލައިގެން ވެއްޓެންދިޔަ މަންޒަރެވެ. އިއްބާން އަވަސްއަވަހަށް އައިލީންގެ އަތުގައި ހިފާ އޭނާއާ ދިމާލަށް ދަމާލިއެވެ. އައިލީން ހުރީ އިއްބާންގެ ގައިގައި ޖެހުނުގޮތަށް ގުޑިލާންވެސް ނޭނގިފައެވެ. އައިލީން ވެއްޓެންދިޔަ ވަގުތު މާގަނޑުގެ އިސްކުރުގއި ހިފާ އަނބުރާލެވުނީއެވެ. އެވަގުތު ދެމީހުންވެސް ތެމެމުންދިޔައީ ފެންމާދަނޑުންފޭބި ފިނިފެންތިކިތަކުންނެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުންވެސް ސިހުނީ ނީހަކު ކަރުކެހިލިއަޑު އިވުމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.








Varah reethi
Thanks Ibsha…ly?
I am a 12 years old girl who loves to write dhivehi stories.
Hey guys..Miadhu mi up koalee..school in eythi faskoaleema..
I hope that you all will like this part too….Kiyaa laara comment eh koalahcy..love you all….
V reethi. When is the next part. Can’t wait to read.????????????????????
Thanks Vernon…next part varah avaha. .ly?
Woww ????? varah reethi mi part ves ? ?? whn is next part????
Thanks Meekkomee….next part Insha Allah varah avaha…love you..♥❤
Wow❤❤❤…Very beautiful?????..V kiyaa hithun indha nimuny..Kon irakun next upkohlaany??????..V curious vehje aee kaaku thw balailaa hithun..Zilva kahneyge dhww???…Nd mistakes anehhn nuvec neiy mibayaku???…Good job…..
Keep going darll???????????????..Lysm
Thanks jiji…let’s see dhw..Next part Insha Allah varah avaha …and kuriha oy part thahves mistake Nuala liyeveytoa masaikai kuraanan….love you more..♥
Vrhh reethi…????whnn nxt…vrh curious
Thanks Măee…Next part varah avaha..ly..♥
V reethi❤️❤️❤️ v romantic???Malkko Haadha talented ey… I really like it… Ummeedhukuran dhen oiy part ves reethi vaane kamau ???❤️❤️❤️???
Thanks dhonthy..I will try my best…lysm..♥❤
Nice… ????
thanks F L G…..??
After a long comment eh kohlevijje. Dhw. Malkko. Vvv reethi. Hama nice. And malkko a suvaaleh kollan tha? if u dont min.
Mal kin rasheh?
Ehehe…hmm..thanks…FLG beynun suvaaleh kurevidhaane….but mee public dhw….sorry ingey…lve u…and no hard feelings…ingey..
Varah reethi….Maa sha Allah..Avahah next part up kohdhei chey….?????????
Thanks Yaakko…Insha Allah liyevunu emme avahakah up koalaanan….?
V reethi next part avaha up kohla dheynekamah ummeedhu kuran
Thanks Reader…I will try my best avahah update koadeveyto..???
MALKO kon rasheh tha?
Sorry I can’t tell….because me public dhw…sorry….?
You… V Salhi.. I’m waiting for the next part
Thanks Ryn..keep waiting for the next part…
Ly ? ?