ހާސިލް ވުމަށް އެދި 6
ހަ އަހަރު ކުރި.
”މަ މި ބުނީނު ސުކޫލަށް ދާނެ ކަމެއްނެތޭ.. އެހެން ބުނީމަވެސް ކީއްވެތަ ސުކޫލަށް ދާން ތިއުޅެނީ.. ދެން ހަމަ ޔުނީފޯމާ އެއްޗެހި އިރާލާނި..” އާރިފާ އީނާޝް އާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައިރު އާރިފާ ހުރީ ރުޅިއައިސް މުޅި މޫނުވެސް ރަތްވެފައިއެވެ. އީނާޝްގެ އެއްވެސް ކުށެއްނެތި އީނާޝް ސުކޫލަށް ނުފޮނުވައި އާރިފާ އެހިފަހައްޓަނީ އާރިފާގެ އަތުން ރުފިޔާ އެއް ގޮސްދާނެތީއެވެ. އީނާޝްއަށް އެންމެ ހަރަދެއް ކުރާކަށްވެސް އާރިފާ ބޭނުމެއްނުވެއެވެ. އާރިފާ އަބަދުވެސް ބޭނުންވަނީ އިނާޝް އޭނާގެ އަޅެއްގެ ގޮތުގައި ބަހައްޓާށެވެ. އީނާޝްގެ އުމުރުން ނުވަ އަހަރުގައި އާރިފާ އީނާޝް ސުކޫލަށް ނުފޮނުވަން ވަނީ މަސައްކަތް ކޮށްފައިއެވެ. ނަމަވެސް އާރިފާ އާއި ފިލައިގެން ވެސް އީނާޝް ނަބާހު އާއި އެކީ ސުކޫލަށް ދަނީ ކިޔެވުމަކީ އީނާޝް އެންމެ ކުރާ ހިތްވާ އެއް ކަމަށް ވީމައެވެ.
މިއަދަކީވެސް އެގޮތަށް އީނާޝް އާރިފާ އާއި ފިލައިގެން ސުކޫލަށް ދިޔަ ދުވަހެކެވެ. އީނާޝް ގެއަށް އައިސް ވަން ތަނުން އާރިފާ އީނާޝް ބިން މައްޗަށް ވައްޓައިލާ ކޮޑުގައި އޮތް ދަބަސް ވެސް އަތުލައި އެއްލައިލިއެވެ. އަދި އީނާޝް އަނެއްކާވެސް ނަގައި އީނާޝްގެ ގައިގައި ތަޅަން ފެށީ އެއްވެސް ރަހުމެއް ނެތިއެވެ. ކައިރީގައި ނަބާހުވެސް ބަލަން ހުރީ ފެން ކަޅިވެފައިވާ ދެލޮލުންނެވެ. އީނާޝް ރޯ އަޑު އިވޭ ކޮންމެ މީހަކުވެސް ހިތުގައި ޖެހޭނެކަން ޔަގީނެވެ. ”މަންމާ ކީއްވެތަ އަޅުގަނޑު ސުކޫލަށް ނުފޮނުވަން ތިއުޅެނީ.. އަަޅުގަނޑުވެސް ބޭނުމޭ އެހެން ކުދިންހެން މޮޅު ކުއްޖަކަށް ވާން..” ”މަ ބޭނުން ނެތީ ހަމަ ކަލޭއަށް ކިޔަވައިދޭން.. ކަލޭ ޖެހޭނީ މަށަށް މަސައްކަތް ކޮށްދޭން މިގޭގައި ހުންނަން.. ނުކިޔަން އެއްވެސް ތަނަކަށް ދާކަށް..” އީނާޝް މައުސޫމް އަޑުން ދައްކަމުން ދިޔަ ވާހަކަ ހުއްޓުވައި އާރިފާ ހަޅޭލަވައިގަތީ އެއްވެސް ކުލުނެއްނެތިއެވެ. އީނާޝް ގެ ހިތުގައި އަޅަމުން ދިޔަ ވޭނަށްވެސް ބަލައި ނުލައިއެވެ. އާރިފާ އީނާޝް ގެ ބޮލުގައި އޭނާޢަށް ޖެހޭނެ އެންމެ ބާރަށް ޖަހައިލާފައި ދިޔައީ އެއީ އާރިފާގެ ދަރިކަން ވެސް ހަނދާން ނައްތާލައިފައިއެވެ. އެއާއިއެކު އީނާޝް ރުއިމުގެ އަޑު މުޅި އެގޭތެރޭގައި ހަރުލާފައި ހުރި އިރު އެއަޑު އިވޭ މީހަކަށްވެސް އަސަރު ކުރާނެކަން ގައިމެވެ. އާރިފާ ދިޔުމާއިއެކު ނަބާހު ދުވެފައި ގޮސް އީނާޝްގެ ކައިރީ އިއްތާ އާރިފާ އިނާޝްގެ ބޮލުގައި ޖެހިތާގައި ފިރުމަން ފެށީ ވަރަށް އޯގާތެރިކަމާއިއެކުއެވެ. އަދި ވަރަށް ލޯބިން އީނާޝް ކޮޅަށް ނަގައި ކައިރީގައި ހުރި ގޮޑީގައި ނަބާހު އީނާޝް ބޭންދިއެވެ.
”ނަބާ.. ކީއްވެ މަންމަ އަޅުގަނޑަށް އެހެން އެހަދަނީ.. އަޅުގަނޑުވެސް ބޭނުމޭ އެހެން ކުދިން ހެން ކިޔަވަން.. އަޅުގަނޑުވެސް ބޭނުމޭ މަންމަ އަޅުގަނޑު ގޮވައިގެން ސުކޫލަށް ދާން.. އެހެން ކުދިންގެ މަންމަ އެކުދިން ގޮވައިގެން ދާތަން ފެނޭ.. ވަރަށް ދެރަވޭ.. ދުވަހަކުވެސް މަންމަ ނުދޭ އަދި އަޅުގަނޑު ގޮވައިގެން ސުކޫލަށް އެންމެ ދުވަހަކުވެސް.. އޭގެ ބަދަލުގައި މަންމަ އަބަދުވެސް އަޅުގަނޑު ސުކޫލުން އަންނަނި ކޮށް އެއްޗެހި ގޮވަނީ.. ކީއްވެ ނަބާ.. ކީއްވެ..” އީނާޝް ނަބާހުގެ އަތުގައި ހިފައިގެން ހިތުގެ އުދާސްތައް ބޭރު ކުރަމުން ދިޔައިރު ނަބާހުވެސް ހުރީ ރޯށެވެ. އީނާޝްގެ ހިތުގައި އަޅަމުންދާ ވޭން ބަޔާން ކޮށްދެވޭނީ ކިހިނެއް ހެއްޔެވެ؟ އެންމެ ކުޑައިރުން ފެށިގެން ވެސް އީނާޝްއަކަށް މަންމަ އެއްގެ ލޯތްބެއް ނުލިބެއެވެ. އޭގެ ބަދަލުގައި އާރިފާގެ ފަރާތުން އީނާޝްއަށް ލިބެމުން އަންނަނީ ހިތްދަތި ކަމާއި ވޭނެވެ. ކިތަންމެ ކުޑަ ނަމަވެސް އީނާޝްއަކީ ތަންދޮރު އިނގޭ ވިސްނުން ތޫނު ކުއްޖެކެވެ. ”އީނާޝް.. ދެރަނުވޭ.. މަންމަ ކިތަންމެ ރުޅިއަޔަސް އަހަރެން ދޭނަން އީނާޝްއަށް ކިޔަވަން އަހަރެންގެ ފޮތްތައް.. އަދި ސުކޫލުގައި ކިޔަވައިދޭ އެއްޗެހި އަހަރެން އީނާޝްއަށް ކިޔަވައިދޭނަން.. އީނާޝް ހިތްވަރު އެލުވައިނުލާތި.. އިނގޭ.. އަހަރެން ދާނަން މަންމަ ނިދުމުން އީނާޝްގެ ކޮޓަރިއަށް ކޮންމެ ރެޔަކު.. އީނާޝް ތައްޔާޜު ވެގެން އިންނައްޗޭ.. އިނގޭ.. އަހަރެން ވަރަށް ބޭނުން އީނާޝް ކިޔަވައިގެން މޮޅު ކުއްޖަކަށް ވާން.. އެހެން ވީމާ އީނާޝް އަހަރެން މިބުނާ ކަންތައް ކުރޭ އިނގޭ.. އިރާދަ ކުރެއްވިޔާ މަންމަ އަކަށް މިކަމެއް ނޭނގޭނެ..” ”އެކަމު ނަބާ.. އަޅުގަނޑު ބޭނުން ސުކޫލަށް ދާން މަންމަ ރުޅިއަޔަސް… އެންމެ ކުރާ ހިތްވާ ކަންތައް ކިހިނެއް ދޫކޮށްލާނީ..” ނަބާހުގެ ވާހަކަތަކުން އީނާޝްއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. ހަމައެއާއިއެކު އެ މޫނު އުޖާލާވެގެން ދިޔައެވެ. ނަމަވެސް އެއީ ކުޑަ އިރުކޮޅަކަށެވެ. އީނާޝްގެ މޫނަށް ހިތާމަވެރިކަން އައީ ސުކޫލަށް ނުދެވޭތީއެވެ. ”އީނާޝް ދެރަނުވެބަ.. އީނާޝް ސުކޫލަށް ދިޔާމަ މަންމަ ރުޅިއެއްނު އަންނަނީ.. އެހެން ވީމަ އީނާޝް އަހަރެން މިބުނާ ގޮތް ހަދާބަ.. އަހަރެން މަންމަ އަކަށް ނުކިޔާދޭނަން އެއްވެސް ވާހަކައެއް.. އަދި އަހަރެންގެ ފަރާތުން މަންމައަށް އެއްވެސް ޝައްްކެއްވެސް ވިޔަކަ ނުދޭނަން.. ހާސް ނުވޭ.. އަހަރެން ވަކި ޓީޗަރަކަށް ވުރެ ދަށެއް ނުވާނޭ އީނަޝް.. އަހަރެންނާއި އެކު އީނާޝް ކޮންމެ ދުވަހަކު ދެން ކިޔަވާނީ އިނގޭ..” ނަބާހުގެ ވިސްނުން ކުޑަކުއްޖެކޭ ކިޔާފައި ވަކި ދަށެއްނޫނެވެ. އީނާޝްވެސް ހުރީ ނަބާހުގެ އެވިސްނުމުން އަނގަ ޙުޅުވިފައިއެވެ. އަދި އީނާޝް އޯކޭ ބުނެ ހޭން ފަށައިފައި ނަބާހުގެ ގައިގައި މަޑުމަޑުން ޖަހައިލިއެވެ. އަދި ދެމީހުންވެސް އެތަނުން ދިޔައީ މެންދުރު ނަމާދު ބަންގި ގޮވުމުން ނަމާދު ކުރާށެވެ.
*******
ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ދިޔައީ ވަރަށް ވެސް އޮމާން ކަމާއިއެކުއެވެ. އެދުވަހަށްފަހު އީނާޝްއަކަށް އާރިފާގެ ފަރާތުން އެއްވެސް އަނިޔާއެއްވެސް ނުލިބެއެވެ. ނަމަވެސް ބައެއް ފަހަރަށް އީނާޝްއަށް ކަމެއް ނުބައި ކޮށް ކުރެވުމުން އެއްޗެހި ގޮވާލައި ރޮއްވާލައިއެވެ.
އެދުވަހަށް ފަހު ކޮންމެ ދުވަހަކުވެސް އީނާޝް ކިޔަވަމުން ދިޔައީ ނަބާހުގެ ކަިއރިންނެވެ. ކޮންމެ ރެޔަކު އެގާރަ ޖަހާކަން ހާއިރު ނަބާޙު އީނާޝްގެ ކޮޓަރިއަށް ފޮތްތައް ހިފައިގެން ވަނެއެވެ. މިހުރިހާ ކަމެއް ހިނގާއިރުވެސް އާރިފާއަށް އެއިން އެއްވެސް ކަމެއް ރޭކާނުލައިއެވެ. ނަބާހުއަށް އިނގޭ ހުރިހާ އެއްޗެއް ނަބާހު ދިޔައީ އިނާޝްއަށް ކިޔައިދެމުންނެވެ. ނަތީޖާއެއްގެ ގޮތުން އިނާޝްއަށް ދިޔައީ ގިނަ އެއްޗެހިތަކެއް ދަސްވަމުންނެވެ. ނަމަވެސް އީނާޝްގެ ހިތުގައި އަބަދުވެސް ބިރުވެރިކަމެއް އޮވެއެވެ. އާރިފާއަށް އެކަންތައްތައް އިނގިދާނެތީއެވެ. އާރިފާއަށް އެކަންތައްތައް އެނގޭ ދުވަހަކީ އިނާޝް އާއި ނަބާހުގެ ފަހު ދުވަހޭ އީނާޝް ކޮންމެ ދުވަހަކު ކަހަލައިން ދިޔައީ ނަބާހުގެ ކަިއރީ ބުނަމުންނެވެ. ނަމަވެސް ނަބާޙު އަބަދުވެސް އީނާޝް ކަިއރީ ބުނަނި ހާސްނުވާށޭ އެވެ.
”ނަބާ ހަމަ ހީވަނީ ސައިންސް ޓީޗާރ ހެން.. ހަމަ އެ ސާރ ކިޔަވައިދޭ ގޮތަށް ނަބާ ތި ކިޔަވައިދެނީ.. ވަރަށް މޮޅު ނަބާ.. އަޅުގަނޑު ހިތަށް އަރާ ނަބާހެން އަޅުގަނޑަށްވެސް މީހަކަށް އެއްޗެއް ކިޔަވައިދޭން ލިބޭނެ ނަމައޭ..” ނަބާހު އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފައި ތަޅުވާލަމުން އަހަރެން ވެސް ވަކި ދެރައެއް ނުވާނޭ ބުނެލީ ވަރަށް ފޮނި ވެލާފައިއެވެ. ހަމައެއާއިއެކު އީނާޝްވެސް ހޭން ފެށީ ނަބާހު ޖައްސަން ފެށި ވައްތަރުންނެވެ. އެއީ ނަބާހުގެ އާދައެވެ. އީނާޝް ފޫހިވެފައި ނޫނީ ދެރަވެފައި އިނިއްޔާ ކޮންމެސް އެއްޗެކޭ ކިޔައި އީނާޝް ހެއްވައިލާނެއެވެ.
*******
ދުވަސްތައް އަމާންކަމާއިއެކު ފާއިތުވަމުން ގޮސް މިއަދަކީ ނަބާހު ތިނެއް ނިންމާފައި ރިޕޯޓް ފޮތް ބަލައި ދާދުވަހެވެ. ނަބާހުވަނީ މުޅި އެ ސުކޫލުންވެސް ފާހަގަ ކޮށްލެވޭ ފަދަ ދަރިވަރަކަށް ވެފައިއެވެ. އެކަމުގެ އުފަލުގައި އާރިފާވެސް ނަބާހު އާއި އެކީ ސުކޫލަށް ދިޔައެވެ. އާރިފާ އީނާޝްއަށް ގޯސްކޮށް ކަންތައް ކުރި ކަމުގައިވި ނަމަވެސް ނަބާޙުއަށް އަދި ސޮބާހުއަށްވެސް ވަރަށް ރަނގަޅެވެ. ނަބާހު ކަމެއްކޮށް ދޭން ނުބުނި ކަމުގައި ވި ނަމަވެސް އާރިފާ ނަބާހުއަށް ކަންތައްތައް ކޮށްދެއެވެ. ނަބާހު ބަލިވުމުން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެެއެވެ. ނަމަވެސް އީނާޝް ބަލިވިޔަސް އީނާޝް ކޮބައިތޯވެސް ބަލައި ނުލައިއެވެ. އޭގެ ބަދަލުގައި އަބަދުވެސް އީނާޝްއަށް އަޅައިލަނީ ނަބާހުއެވެ. ކިތަންމެ ކުޑަ ނަމަވެސް ނަބާހުއަށް ކުރެވޭ ވަރުގެ ކަމެއް ވެއްޖާ އީނާޝްއަށް ކޮށްދެެއެވެ.
ނަބާޙު ރިޕޯޓްފޮތް ހިފައިގެން އައުމުން އެންމެ ފުރަތަމަވެސް މަރުހަބާ ކީ އީނާޝްއެވެ. އީނާޝް އަބަދުވެސް ނަބާހުއަށްޓަކައި ފަހުރުވެރިވެއެވެ. ދުވަހަކުވެސް ނަބާހު އާއި މެދު ހަސަދަވެރިއެއް ނުވެއެވެ. ބޭރުން ކިތަންމެ ބޮޑަކަށްވެސް އީނާޝް އުފާވެރިކަމެއް ދައްކައިގެން ހުއްޓަސް އީނާޝް އެތެރެ ވަނީ އެއްކޮށް މަރުވެފައިއެވެ. އާރިފާ އީނާޝްއާއި ދިމާއަށް ފާޑަކަށް ބަލަން ހުރެފައި ދިޔައީ އީނާޝްއާ ދިމާއަށް ކުދި ކިޔަމުންނެވެ. އޭގެ ބަދަލުގައި އަބަދުވެސް އީނާޝް އާރިފާއަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރެއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







Masha allah varah reethi mi part ves.. whn is nxt part …waiting…
Thanks a lot friend eh..???????? next part Monday gai.. Insha Allah.. keep waitin??❤️??❤️?❤️?❤️?❤️
That fellow ah heyo viss nun dhehvashi
Hehe.. yess???
Assalam alaikum..
Finally miothy 6 vana epsd up vefai.. alhamdulillah..????????? mi epsd Vs kiyun therinnah kamudhaane kamah unmeedhu kuran.. Nd
Mihaaru midhany eenaash ge maazy.. mistakes huredhaane.. do let me know if there is any mistake..?????? I will try my best to improve..???????????????? next part Monday gai.. Insha Allah????????????????? keep waitin..?????
V v rythi mi part vec?❤..Waiting fr monday???
Thanks a lot jiji????? k3ep waitin..????
Varah Reethi maasha Allah ??keep IT ÜP ?witing for next part ??arifaaa ah heyo visnun dehvaashi.???vaahaka key Iru heyvani real dhuniye ah ga ulhevuni hen?????May Allah keep always u happy ?????????
Thanks a lot friend eh.????. it means a lot..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ may allah bless u a wonderful life and keep u always happy too..???? lysm❤️❤️❤️
Mi part ves v ??salhi ingey.. Keep it up! ???
thanks a lot mari.. 🙂 🙂 🙂 🙂 🙂 🙂
This part is great. But kudhi mistaks huri. Akum vex hama salhi mi story. Keep it up my dear.?????????????????????????????love it.
This part is great. But kudhi mistaks huri. Akum vex hama salhi mi story. Keep it up my dear.???????love it.
Thanks angel..❤️❤️❤️ it means a lot..??? mistakes huriyyaa e mistake eh bunela dhinun edhen.. eyrun rangalhu kohleveyny..??? once again thank u sooooo much??? lysm???
Mr.fellow Your story is awesome i Lõve IT ?????????nad May Allah bless u a very very Lovely future????
Ma’am or Sir she is a gurl? and it’s not mr.fellow it’s miss fellow?….. but pls don’t call her fellow ..?
Awwn..??? thank you soooo much❤️❤️❤️ may Allah bless u a wonderful days and keep u always happy.. ?????
Heheh.. thanks.. but it’s ok?????
Ma kiyaaa Eche ah õk ah nuvaaane?????????????????
varah salhi ?????when next
Thanks rai..??? next part tomorrow..??? Insha Allah❤️❤️❤️
miadhu mi story ge hurihaa part ey kiyaali. vvv salhi vaahakaey.unmeedhukuran vaahaka nimendhen genesdhynekamah.?
Thanks a lot amimi..❤️❤️❤️❤️❤️ nd thanks for reading..??? ya Insha Allah… Vaahaka nimendhen Hama genes dheynan..?????
Nafu… V Salhi.. Ehen next part
Thank u soo much ryn.. ❤️❤️???