Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދުވަސްތައް އަނބުރާ ލިބި ދާނެބާ… 1

Mimmi7 Level 210 Stories100 Comments100 Login
July 15, 2019 3 Mins Read
22 Comments

“ޒާޔާ ހޭލަބަލަ މިހާރު މަންމަ ގޮވައިގޮވައި ވާޅުވެއްޖެ” ކޮޓަރި ތެރޭ ސާފު ކުރަމުން ހައްވާ އެނާގެ ހުރި ހަމައެކަނި ދަރިފުޅު ގާތު ބުންޏެވެ. “ދެން މަންމާ… އަދި އިރުކޮޅަކު ނިދާލުމަށްފަހު ތެދުވާނަމޭ” ކަންނެތްކަމާއި އެކު ޒާޔާ އޭނާގެ މަންމަ ގާތު ބުންޏެވެ. “އެއްވެސް އިރުކޮޅެއް ނޯންނާނެ ހަމަ މިހާރު ތެދުވެގެންދޭ ނަމާދު ކުރަން، އެހެން ނޫނީ މިއަދު ހަވީރު ބޭރަށް ނުދެވޭނެ”. ދޮރުން ނުކުންނަން ދިޔަ ހައްވާ ޒާޔާއަށް އަމުރެއް ކޮށްލިއެވެ. “ދެން މި މަންމަ ވެސް ދޯ ހާދަ ފޫސެއް ވެޔޭ ، ނިދާލިޔަވެސް ނޫދޭނެ” ހައްވާ ކޮޓަރިން ނިކުތުމުން މޫނަށް ވައްތަރެއް ޖައްސާލަމުން ޒާޔާ ބުނެލިއެވެ.

ޒާޔާ އެންދު މަތީން ތެދުވެގެން ދިޔަ ގޮތަށް ފާހަނައަށް ވާނެއެވެ. ނިދަން އޮތް ތަންމަތި ރީތި ވެސް ނުކޮށްލައެވެ. ޒާޔާއަކީ މާލޭގައި ނަން މަޝްހޫރު އަދި މުއްސަނދި އައިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާއަކި އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. އެހެންކަމުން ހައްވާއާއި ފަވާޒް، ޒާޔާ ގެންގުޅެނީ ވަރަށް ލޯބިންނެވެ. ޒާޔާއަށް އެއްވެސް އެއްޗެއް މަދުވިޔަ ނުދީ އޭނާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދެއެވެ. އެހެންކަމުން ޒާޔާއަށް އެއްވެސް މަސައްކަތެއް ކުރާކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން އޭނާ އަމިއްލައަށް ކައިފަހުންނަ ތަށިތައްވެސް ދޮންނަން ޖެހޭނީ ގޭގައި ގެންގުޅޭ  ނޯކަރުަންނާއެވެ. ޒާޔާގެ ފުރާވަރުގައި އޭނާ ގެވެހި ކުއްޖަކަށް ހެދުމަށް މަސައްކަތް ނުކުރެވުނީތީ ހައްވަ މިހާރު އެކަމާ ހިތާމަ ކުރެއެވެ. އަމިއްލައަށް ފެނިގެން ޒާޔާ ދުވަހަކުވެސް ނަމާދުކޮށް ގުރުއާން ކިޔަވާ ނަހަދައެވެ. މިކަންކަމާއި ޒާޔާ ދުރުވެފައި ވަނީ އޭނާ ތަރުބިއްޔަތު ކުރެވިފައިވާ ގޮތުގެ ސަބަބުންކަން ހައްވަ ޤަބޫލުކުރެެެއެވެ.

ޒާޔާއަކި އުފެދުމުގަވެސް ރީތި ސޫރައަކާއި ބައްޓަމެއް ލިބިފައިވާ ކުއްޖެކެވެ. ދޮން މޫނަކާއި، އަޅިކުލައިގެ ރީތި ދެލޮލޭ، ފުރިހަމަ މަޑު ފިޔާތޮށިކުލައިގެ ތުންފަތެކެ، މުށިކުލައިގެ އުނަގަނޑާ ހަމައަށް އަރާ ފަން އިސްތަށިގަނޑެކޭ، އެސްފިޔަތައް ދިގު ވެފައި ވަރުގަދައޭ، އިސްކޮޅު ހުރީ މެދުމިނެއްގެއެވެ. ޒާޔާ ފެނިފައި ކޮންމެ ފިރިހެންކުއްޖަކު ވެސް އަޅައި ގަންނާނެކަން ހަމަ ކަށަވަރެވެ. ޒާޔާ ހުންނަނީ ވެސް އެންމެ ޒަމާނީ ފެންވަރަށް ހެދުން އަޅާފައެވެ. އެނާލާ ހެދުން ގަޔަށް ބާރު ކަމުން ގިނަ ފަހަރު ހުންނަނީ ގައިގެ ބައްޓަން ހާމައަށެވެ. ބޭރަށް ނިކުންނަ އިރު ލާނީ އެކި ތަންތަނުން އިރާފައި ހުންނަ ޖިންސައި، ޖަންމްޕްސޫޓާއި ،ގަމީހާއި، ޓޮޕު ކޮޅުކޮޅެވެ. ގޭގައި އުޅޭއިރު ލާނީ އަތްކުރު ޓީޝާޓާއި، ކަކުލުން މައްޗަށް އަރާ ސޯޓު ކޮޅުކޮޅެވެ. ގެއަށް ގުރޫޕް ސްޓަޑީސް ހަދަން ފިރިހެން ކުދިން އަޔަސް ޒާޔާ ހުންނާނީ ހަމަ އެ ލައިގެންނެވެއެވެ. ހައްވާ ކިތެންމެހާވެސް ޒާޔާ ބުރުގާ އަޅުވާ ސޯލިހު ކުއްޖަކަށް ހަދަން ބޭނުންމެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ އޭނާގެ ފިރިމީހާ ފަވާޒްއެވެ. ފަވާޒް ދެކޭގޮތުގައި ޒާޔާގެ ދިރިއުޅުމުގައި ކަންތައްތައް ކަނޑައަޅާނީ ޙުދު ޒާޔާއެވެ. އެހެންކަމުން ކިތަންމެ ހިތްހަމަ ނުޖެހުންނެއް ކަމަކު ހައްވަ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވިއެވެ. އަދި ޒާޔާއަށް އަމިއްލައަށް ފެނިގެން ހެޔޮލަފާ ބަސްއަހާ ކުއްޖަކަށް ވާނޭ ދުވަހަކަށް އިންތިޒާކުރެއެވެ.

ފެންވަރާ ހަދައިލައިގެން ނިކުތް ޒާޔާގެ ގައިގާ އޭސީގެ ފިނިކަން ޖެހުމުން ހީކަރުވާގޮތްވިއެވެ. އަވަސް ފިޔަވަޅު ތަކެއްގައި ހިނގާފައި ގޮސް ތުވާލި އަޅުވާ ހަރުގަނޑުގައި އޮތް ފިޔާތޮށި ކުލައިގެ ތުވާލި ނަގާ ގައިގެ ވަށައިގެން ނިވައިވާ ގޮތަށް އޮޅާލިއެވެ. ރޯގާ އަޅައިފަނެ ކަމުގެ ބިރު ހީވުމުން ޒާޔާ އަވަސް ވެގަތީ އޭސީ ނިއްވާލުމަށެވެ. ގައިގައި ރަނގަޅަށް ފެން ހިއްކުމަށް ފަހު އަލަމާރިން ރަތާއި ކަޅުކުލައިގެ އަތްދިގު ގަމީހަކާއި މަޑު ނޫކުލައިގެ ޖިންސެއް ނެގިއެވެ. ޒާޔާ ލާން ގެންގުޅޭ ހެދުންތައް ހުންނަނީ ނޯކަރުންތައް ދޮވެ، އިސްތިރި ކޮށްފައެވެ. އެހެންކަމުން ޒާޔާއަށް އެކަން ކުރަން ވެސް ނޭނގެއެވެ. ގަމީސް ޖިންސުގެ އެތެރެއަށް ބެގީކޮށްލައިގެން އައިސް އަވަސް އަވަހަށް ނަމާދުކޮށްލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމަތީ ހުއްޓި މޫނުގައި ކްރީމް ކޮޅެއް އުނގުޅާފަ ފުއްކޮޅެއް ޖަހާލިއެވެ. އަދި ލޯމަތީގައި އައިލައިނާ އަޅާ ތުންފަތުގައި ހުދާ ބިއުޓީގެ އެންމެ ފަހުން ނިކުތް ލިޕުސްޓިކު، “ބްލަޑް ރެޑް” ޖައްސާލިއެވެ. ކޮންމެ ދުވަހަކުވެސް ރީތިވެ ނިމުމައްފަހު ލޯގަނޑު ކުރިމަތީ ހުރެ އަމިއްލަ ނަފްސަށް ތަޢުރީފު ކޮއްލުމަކީ ޒާޔާ އަާދަވެގެން ކުރާކަމެކެވެ. “އަހަރެން އަޅެ ހާދަ ރީއްޗޭ… މުޅި މިރާއްޖޭގައިވެސް ނުހުންނާނެ އަހަރެން ހާ ފުރިހަމަ ކުއްޖެއް… ކޯޒް އައިއޭމް ޖަސްޓް ސޯ ޕާފެކްޓް…” އިސްތަށިގަނޑުގައި ފިރުމާލަމުން ފޮނިގޮތަކައް ޒާޔާ ބުނެލިއެވެ.

“ޒާޔާ އަދި ވެސް ނުނިމޭތަ ރީތިވެ… މިހާރު އެއޮތް ކޮލެޖަށް ދާގަޑި ޖެހެނީއޭ” ކޮޓަރީގެ ދޮރުން ވަދެގެން އައި ސަމާގެ އަޑަށް ޒާޔާ ސިއްސައިގެން ދިޔައެވެ. “ސަމާ…. މިދެން ކޮންކަމެއްތަ އަހަރެން ބިރުން ހާރޓްއެޓޭކެއް ނުޖެހުނީ ކިރިޔާ” ޒާޔާ ނުރުހިފައި ހުރެ ސަމާއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. ސަމާ އަކީ ޒާޔާގެ ބެސްޓްފުރެންޑެވެ. ޒާޔާ އާއި ސަމާގެ އާއިލާއާއި ދެމެދު އޮންނަ ގުޅުމެއްގެ ސަބަބުން އެދެމީހުން އެންމެ ކުޑަ އިރުންފެށިގެން ވެސް އުޅެމުން އަންނަނީ ރަޙުމަތްތެރިންގެ ގޮތުގައެވެ. “ދެންވެސް އަވަސް ކޮށްބަލަ މިހާރު ވެސް ހައްވައްތަ ހުރީ ޒާޔާ ލަސްވާތީ ރުޅި އައިއްސަ” ސަމާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ. “މޯމް ހުންނާނީ އަބަދުވެސް ރުޅިއައިސަ..އެކަމާ އެހާ އަޅާލާނެ ކަމެއް ނެތް” ޒާޔާ ފޫހިގޮތަކަށް ބުނެލިއެވެ. އަދި ސްޓަޑީ ޓޭބަލް މަތީގައި އޮތް ހުދުކުލައިން ޑިޒައިން އަކުން ޖަރީވެފައިވާ ކަޅުކުލައިގެ ދަބަސް ކޮނޑުގައި އަޅުވާ ލައިގެން ޒާޔާއާއި ސަމާ ކޮޓަރިން ނިކުތެވެ.

“ދަރިފުޅާ… އަދި ކިރިޔާތަ ރީތިވެ ތިނިމުނީ، މިހާރު ކޮން އިރެއް ވެއްޖެ، މަންމަ ދަރިފުޅަށް ގޮވާ ގޮވާ ވާޅުވެއްޖެ… އާދޭ ސައިބޯން” ޒާޔާ ސިޑިން ފޭބިތަން ފެނުމުން ހައްވަ ބުނެލިއެވެ. “ދެން މަންމާ ސައިބޯނެ ވަގުތެއް ނެތް ފަހުން ކެންޓީނުން ކޮންމެވެސް އެއްޗެއް ކާލާނަން” ޒާޔާ ފަރުވާކުޑަ ގޮތަކަށް ޖަވާބު ދީފައި ބޭރަށް ނިކުތެވެ. އަދި އޭނާގެ އައިސްބްލޫ ކުލައިގެ އަގުބޮޑު ބިއެމްޑަބްލިޔޫ ކާރަށް އެރިއެވެ. ޒާޔާގެ ފަހަތުން ސަމާވެސް ފަހަތު ސީޓަށް އެރިއެވެ. ކާރު ދުއްވަން އިނީ ޒާޔާމެންގޭ ގެންގުޅޭ ނޯކަރެއް ކަމަށްވާ ހަމީދުއެވެ. ޒާޔާމެން އަރާ ހަމަޖެހުމުން ހަމީދު ކާރު ދުއްވާލިއެވެ. “އޭތް ބަލަ ޑުރައިވަރު މި ތަންކޮޅެއް ބާރަށް ދުއްވަބަ… މިއީ ބީއެމްޑަބްލިއު އެކޭ ކަލޭމެންގެ ޒަމާނުގައި ގެންގުޅުނު ކަހަލަ އާދައިގެ ކާރުގަނޑެއް ނޫނޭ..” ޒާޔާ ޑްރައިވަރަށް މަލާމާތް ކޮށްލުމުގެ ނިޔަތުގައި ބުނެލިއެވެ. “ސޮރީ މެޑަމް… ފަވާޒް ބޮސް ބުނުއްވީ މެޑަމްއަށް ކަމެއް ވެދާނެތީ ބަލައިގެން ދުއްވާށޯ” ހަމީދު ވަރަށް ބިރުންހުރެ ބުންޏެވެ. “ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް، މިވަގުތު މި ކާރުގައި މީނީ އަހަރެން… ބައްޕައެއް ނޫން… އެހެންވީމާ ކަލޭ ޖެހޭނީ އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން. ހަމަ މިހާރު ސްޕީޑް ބާރު ކުރޭ އެހެން ނޫނީ ކަލޭ ވަޒީފާއިން ވަކި ކުރާނަން…ބްލަޑީ އިޑިއަޓް އަދި މަގޭ ކުރިމަތީގައި އެބަ އަނގަ އަރުވައެއްނުން.. މީނައަށް ނެނގޭތަ މަމީ ކިހާވަރެއްގެ މީހެއް ކަމެއް.. މަ ބޭނުންނަމަ މިހާރު ވެސް ކަލޭ ކާރުން ބޭރުކުރަންވީ.. މިއީ މަގޭ ކާރެއް… އެހެންވީމާ ދެންވެސް އަހަރެންގެ ކުރިމަތީގައި އެއްޗެއް ބުނުމުގެ ކުރިން ރަނގަޅަށް ވިސްނާފަ ބުނާނީ”ޒާޔާ އެޔެއްމިޔެއް ނުބަލާ ހަޅޭލަވާލިއެވެ. “ޒާޔާ ޗިލް އިޓްސް އޮކެެ،ހަމީދުބޭ ބާރަށް ކާރުދުއްވާލާބަ” ޒާޔާ ހަމީދުއާއި ވާހަކަ ދެއްކި ގޮތުން ސަމާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ޒާޔާ ގާތު ކޮންމެ އެއްޗެކޭ ބުންޏަސް އޭނާ ކަހިރުވަކެކޭ ވެސް ހިތަށް ނާރާނެކަން އެނގޭތީ އަޅާނުލީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi7

Level 210 Stories100 Comments100 Login

I am a girl who loves to read and write stories since I was a small girl. Now I am 15. I have a special interest on writing love stories hope you'll like all my stories??

Other Articles

Previous

ކުށަކާ ނުލާ 13

Next

ބުނެދޭށޭ ރުހެމޭ 57

Next
July 15, 2019

ބުނެދޭށޭ ރުހެމޭ 57

Previews
July 15, 2019

ކުށަކާ ނުލާ 13

22 Comments!

  1. jiji says:
    July 20, 2019 at 9:40 am

    Mistakes are there…But alah liyaa kuhjakah balaafa rangalhu?…Kon irakun next part upkohlaany?? ..Btw me first dhww?

  2. Mimmi7 says:
    July 20, 2019 at 12:17 pm

    First dhw???Thanks for the advice nxt part ga ekankan rangalhu kohlevey thoa balaanan❤️??? nxt part inshallah Sundayge Kurin up kohlaanan

  3. ?? says:
    July 20, 2019 at 9:00 pm

    V nice story

    1. Mimmi7 says:
      July 21, 2019 at 9:17 am

      Thank u darlin??

  4. Mimmi7 says:
    July 21, 2019 at 9:17 am

    Thank u darlin??

  5. Nayyikko says:
    July 21, 2019 at 9:36 am

    OMG.. Vrh reethi vaahaka ehh… Proud of u gurll❤️❤️keep it up??

    1. Mimmi7 says:
      July 21, 2019 at 9:38 am

      Thanks sweetie??vrh ufaa vejje vaahaka Reethi veema❤️?keep reading…

    2. Sher_07 says:
      July 21, 2019 at 3:31 pm

      ??????❤❤❤

  6. Maika says:
    July 21, 2019 at 9:37 am

    V Reethi mi story. ? when next part. ????

    1. Mimmi7 says:
      July 21, 2019 at 9:41 am

      Thanku??vrh avahah nxt part up kohlaanan?

  7. Shahy says:
    July 21, 2019 at 9:37 am

    Obi?
    Magey dhiya varah molhu

  8. Reeman says:
    July 21, 2019 at 9:41 am

    Varah salhi mi story
    I’m proud of u lil’ sis?

    1. Mimmi7 says:
      July 21, 2019 at 9:44 am

      Thanku sissy❤️❤️ly

  9. Shinaan says:
    July 21, 2019 at 9:42 am

    Magey dhonthi molhukan… ❤️keep it up dhnthy

  10. Psycho says:
    July 21, 2019 at 10:16 am

    Wow… One of the best story I’ve ever read. Mimi meege 2nd part nereny kon iraku

    1. Mimmi7 says:
      July 21, 2019 at 7:11 pm

      Hehe thanks… Vrh avahah second part kiyaalan libeyne???

  11. Story lover says:
    July 21, 2019 at 10:19 am

    Hadha reeche… Meeting real story eh tha

    1. Mimmi7 says:
      July 21, 2019 at 7:09 pm

      Noon…. Real eh noon… Mee Hama mimmi plan kohgen liyamun anna stry eh?BTW thanks for the comments❤️❤️?

  12. Story lover says:
    July 21, 2019 at 10:20 am

    * mee

  13. Sher_07 says:
    July 21, 2019 at 12:21 pm

    Varah reethi my dear mate and also friend??✌️✌️♥️♥️best of luck and may Allah fill ur life with laughter

  14. Rishaana says:
    July 21, 2019 at 7:36 pm

    Ey.. Miya molhukan vaahaka liyaan… Obi..when next part… ❤️?❤️????

  15. ?? says:
    August 2, 2019 at 10:55 pm

    V. Reethi story keep it up ❤

Comments are closed.

Next Episodeއެދުވަސްތައް އަނބުރާ ލިބި ދާނެބާ 2←


All Right Reserved!