Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 56

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 15, 2019 10 Mins Read
90 Comments

“ސުބްހާނައްﷲ،… ކޮންފަދަ ނުބައި ބައެއް… އެއީ ހަމަ އިންސާނުންތަ…. ކޮންބައެއްކަމެއް ނޭނގޭތަ؟” އެ އަންހެންކުއްޖާގެ ވާހަކަތަކަށް އަޑުއިވިފައި އާނިޔާގެ ތުންފަތްމަތީ ޝަހާދަތް އިނގިލި ޖައްސާލެވުނެވެ. މާތް ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ހުރުމަތްތެރިކުރައްވާ މާތްކުރައްވާފައި އިންސާނަކަށް ހަމަ އެފަދަ ދަށު ދަރަޖައަކަށް ވެއްޓިގަންނަން ކެރިދާނެހެއްޔެވެ؟

“ދެން ނުރޮއެ ހުއްޓާލާ… މާތްﷲ އެމީހަކު ކުރިކަމެއްގެ ޝަޒާ އެމީހަކަށް ދެއްވާނެ.. ހީނުކުރައްޗޭ ތިއީ އެކަނިވެރިއެކޭ… އަހަރެންވެސް މިހުރީނު… އެނުބައި މަޅިން ސަލާމަތްވީ ފަހުން މާމޮޅުގޮތެއް ވާން އޮތިމައޭ ހީކޮށް ﷲއަށް ވަކީލްކުރޭ…. ކެތްތެރިވޭ… ދެރައީ ދަރިފުޅު ދޫކޮށްލައިފައި އައިމަ…” އާނިޔާ އެކުއްޖާގެ ގެނެސް މޭގައި ޖައްސާލަމުން ބުރަކަށީގައި ފިރުމަންފެށިއެވެ. އޭރު ގިނައިރު ރުއިމުގެ ސަބަބުން އެ ކުއްޖާ ގިއްގަންނަމުންދިޔައެވެ.

“އަހަންނާއިމެދު މީހަކު ހަސަދަވެެރިވާފަދަކަމެއް އެނގުމެއްގައި އަހަރެން ކޮށްފައެއްނޯންނާނެ… އަހަރެން… ކިރިޔާވެސް ގޮތެއް އޮތްނަމަ އެފުރާނަ ދޫކޮށްލައިފައެއް ނާންނާނަން… އެކަމަކު އެ ނުބައި މީހުން އަހަރެން މަރާލާކަށްވެސް ފަހަކަށް ނުޖެހޭނެ… މިދުނިޔޭގައި އަހަންނަށްޓަކައި ހުރި ހަމައެކަނި ފަރާތަކި އެ ދަރިފުޅު… އަހަންނަކީ އަޅާލާނެ އިޔާރެއް ނެތް ނިކަމެއްޗެއް… އަހަންނަށް ދަރިފުޅުގެ އަސާސީ ކަންކަންވެސް ފުއްދައެއްނުދެވޭނެ… އެއީ އެ ދަރިފުޅުގެ ލޭހިއްސާކުރާމީހުން… ދަރިފުޅަށް ރަނގަޅުވާނީ އެ މީހުން ކައިރީހުރުން….” ގިއްގައްނަމުން ދިޔަވަރުން އެ އަންހެންކުއްޖާއަށް ވާހަކަދެއްކުނީވެސް އުނދަގުލުންނެވެ.

“އަހަރެން ތިކުއްޖާ ބިކަވާކަށް ދުލެއް ނުކުރާނަން… އަހަރެން ދިރިހުރިހާ ހިނދަކު މިހިޔާވެހިން ބޯހިޔާވެހިކަން ދޭނަން… މިއަދަށްފަހު ހީކޮށްލާ މިއީ ކޮއްކޮގެ ދައްތައޭ…” އާނިޔާގެ ޖުމްލައާއިއެކު އެ ކުއްޖާ އާނިޔާގެ އަތުތެރެއަށް ބޮނޑިވެއޮތުމަށްފަހު އިސްއުފުލާ ބަލާލީ ގަބޫލުނުކުރެވޭފަދަ ނަޒަރަކުންނެވެ. ދުނިޔެއަކީ އަމިއްލަ އެދުމެއް ފޯވެފައިވާ މީހުން އުޅޭތަނެއްކަމަށް އޭނައަށް ހީވި ހީވުމަކީ ކުށްހީއެއްކަން  އަންހެންކުއްޖާ ސާބިތުކޮށްދީފިއެވެ. ދުނިޔޭގައި އޯގާވެރިންވެސް ދިރި އެބަތިއްބެއެވެ. ހިތާމައަކީ އަނިޔާވެރިކަމުގެ ދަލުގައި ޖެހި ނުބައި މިސްރާބަށް ދެވޭކަމެވެ.

“ތި އިހުސާންތެރިކަމުގެ އަގު އަހަރެން އަދާކުރާނީ ކިހިނެތް…” އެކުއްޖާގެ އަޑުކުރެހުނުއިރު ލޮލަށް ތާޒާ ކަރުނަތައް ބޮޑިވެގަތީ އޭނައަކީ މީހަކަށް ކަމެއްކޮށްދެވޭނޭ ފެންވަރުގެ މީހެއްނޫންކަމަށް އަމިއްލަ ނަފްސުވެސް ބުނެދިނުމުންނެވެ. ލޯބިވާ ދަރިފުޅަށްވެސް އޭނައަކީ އެހީއަކަށް ނުވިއެވެ.

“ތިހެން ނުބުނޭ… މިއީ އަހަރެން އަގެއް އެދިގެންކުރާކަމެއްނޫން… ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަކީ ކިހާ މާތް ސިފައެއް… އިންޝާ ﷲ އެކަލާނގެ އަހަރެންނަށް ހެޔޮ ސަޒާދެއްވާނެ… މިވަރަށް ވާހަކަދެއްކިއިރުވެސް ނަމެއް ނުބުނެވޭދޯ… އަހަންނަށް ކިޔަނީ އާނިޔާ…” ލޮލުން ފޭދުނު ކަރުނަތިކި ފުހެލަމުން އާނިޔާ ސަލާމަށް އަތްދިއްކޮށްލިއެވެ.

“ހައިލާ….”

*** *** *** *** *** ***

ކޯތާފަތުން ތިރިއަށް ދެމިގެންދިޔަ ކަރުނަތިކި އިނގިލި ކުރިން ފުހެލަމުން ހައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ ދިރިހުރިހާ ހިނދަކު އާނިޔާގެ އޯގާތެރިކަން ހިތުން ފިލައިގެންނުދާނެއެވެ. އޭނަ ދުނިޔެއަށް ބިކަވި ވަގުތު އޭނައަށް އެހީގެ އަތެއް ދިއްކޮށްލިފަރާތަކީ އެއީއެވެ. އެދުވަހު އާނިޔާ އޭނަގެ އަތުގައި ނުހިފިނަމަ ވޭނުގެ ކަނޑަށް އޭނަ ޢަރަގުވެގެންދިޔައީހެވެ. އޭނަގެ ދިރިއުޅުން ނަގާ ކޮއްޅަށް ޖަހާލާހާ ހިތްވަރެއް ނުލިބުނީހެވެ.

“ހައި… އެދުވަހު އަހަރެންގެ ހިޔާވެހިކަމުން ހައިއަށް ރައްކާތެރިކަމެއް ދެވުނީތީ އަހަރެން އުފާކުރަން… އެހެންނޫންނަމަ މިއަދު ނައިނާ ވަރަށް އެކަނިވިސް… އަހަންނަށް ގިނަ ވަގުތެއް ނެތްކަން އަމިއްލައަށްވެސް އިހުސާސްވޭ… އަހަންނަށް އިނގޭ އަމިއްލަ ދަރިއެއްފަދައިން ހައި ނައިނާ ގެންގުޅޭނޭކަން… އެކަމަކުވެސް ބުނެލަން… އަހަރެން ނެތިވެދިޔުމަށްފަހު އަހަރެންގެ ދަރިފުޅަށް މަންމައަކަށް ވެދެއްޗޭ… އަހަރެން ނެތުމުގެ ފަޅުކަން ފޫބައްދައިދެއްޗޭ… އަހަރެންގެ ދަރިފުޅަކީ ތި ބަނޑުން އުފަންނުވިޔަސް ދަރިއަކަށް ކަމަށް ދެކޭތި… ދުވަހަކު އެދަރިފުޅު ބިކަކޮށްނުލާތި… ހީކޮށްލާ އެއީ ހައިގެ އަތުން ބީވި ދަރިފުޅުގެ ބަދަލުގައި ﷲ ދެއްވި އަމާނާތެކޭ… އެދަރިފުޅުގެ ލޮލުން ކަރުނައެއް ނުވެއްޓޭހާ ހިނދަކު އަހަރެން ވާނީ ހިތްހަމަޖެހުމުގައި…” މަރުމަތީ އޮވެ ލަސްލަހުން ހުއްޓަ ހުއްޓާފައި ގިސްލުމާއިއެކު އާނިޔާގެ ދުލުން އެންމެ ފަހުން ބޭރުވި ޖުމްލަތައް ހައިރާގެ ކަންފަތްދަށުގައި މިއަދުވެސް ތަކުރާރުވިއެވެ. މިދުނިޔެއިންވެސް އާނިޔާ އެންމެ ލޯބިވި ފަރާތަކީ ނައިނާއެވެ. އޭނައާއި ނުލާ ނައިނާ އުޅޭނެގޮތަކީ މަރުމަތީގައި އޮވެގެންވެސް އާނިޔާގެ ހިތްދަތިކުރި ހިޔާލެވެ.

“އާނީ އަހަންނަށް މައާފުކުރައްޗޭ… އާނީއަށް އަހަރެންވީ ވައުދު ފުއްދުމުގައި އަހަރެން މިވަނީ ނުކުޅެދިފައި… އަހަރެންގެ އަމިއްލަ ލޭ ހިއްސާކުރާ ދަރިފުޅުގެ ސަބަބުން ނައިނާ ރޯންޖެހިފައިވާއިރު އަހަންނަށް މަޖުބޫރުވެފައިވަނީ އެ މަންޒަރުދެކެން ހުންނަން… އެއީ އަހަރެންގެ ލޭކަމުގައިވިޔަސް އެ ކުއްޖާގެ މައްޗަށް އަަހަންނަކަށް އެއްވެސް ބާރެއްނެތިން… އެހެން ނޫންނަމަ އާނީގެ ހައްގުގައި ނައިނާއަށް އެހެން ނެހެދުމަށް އެދި އާދޭސްވެސް ކުރީމުސް….” ހައިރާގެ ލޯތެމުނެވެ. ނައިނާގެ ކަރުނަތަކަކީ އާނިޔާގެ މައާފަށްވުރެ ދުރުގައި އޭނައަށް ވެވޭކަމަށް އަމިއްލަ ނަފްސުވެސް ހަނދާންކޮށްދޭ ސަބަބެވެ. ނައިނާ ހިތާމައިން ފިސްފިސްވަމުންދާއިރުވެސް އެކަމާއިމެދު ކޮށްދެވޭނޭކަމެއް ނެތިފައި ބަލަހައްޓައިގެން ހުންނައިރު އޭނައަކީ ބޭކާރު މީހެއް ކަމުގެ އިހުސާސްކުރެވޭފަހަރު މަދެއްނޫނެވެ. އޭނައަކީ އެއްވެސް މީހަކަށް ހުރި އެހީއެއްނޫނެވެ. އޭނަގެ މަތިން ހަނދާންކޮށް ކަރުނަ އޮހޮރުވާނޭ ފަރާތެއް މި ފަސްގަނޑަކު ނެތެވެ. ނަމަވެސް އޭނަައަށް ޖެހިފައިވަނީ ލޯބިވާ ފަރާތްތަކުގައި ހަނދުމައިގައި ކަރުނައިގެ ދިރިއުޅުމަށެވެ.

*** *** *** *** *** ***

ލޯބީގައި ނާކާމިޔާބުވުމުން އިންސާނަކަށް ކެތްކުރެވޭނީ ވަކި ދަރަޖައަކަށެވެ. ދީވާނާ ލޯތްބެއް ވެވިއްޖެނަމަ ލޯބި ހާސިލްކުރަން މުޅި ދުނިޔެއާއި ހަނގުރާމަވެސްކޮށްފާނެއެވެ. ނޫނީ ނާކާމިޔާބުކަމުގެ ހިތިކަމާއިއެކު ދުނިޔެއާއި ވަކިވާން ހިތްވެސް މަޖުބޫރުކޮށްފާނެއެވެ. ނައިނާ ތާ އަބަދު ކަރުނަ އޮއްސަމުންގޮސް އެންމެ ގާތް މީހުންނަށްވެސް ބީރައްޓެހިވިއެވެ. އެ ލާނެތްކަމާއި އުފާވެރިކަމުގެ ބަދަލުގައި ސީރިޔަސްވެ ބަސްމަދުވެގެންދިޔައީ ހީނުކުރާހާ ބޮޑަށެވެ.

ނައިނާ ދުނިޔޭގެ ލޯތަކަށް ސިއްރުން ކިތަންމެ ވަރަކަށްވެސް ކަރުނަ އޮހުރުވައެވެ. ލޯބީގައި ގުރުބާންވާން އޭނަ ބޭނުމެވެ. ލޯބީގެ ނަމުގައި އެހެން މީހެއްގެ މިލްކަކަށް ހިތްދީގެން އުޅުމަކީ ނައިނާ މިިހާތަނަށްވެސް ގަބޫލުކުރަމުން އައި ގޮތުގައި ރީތިކަމެއްނޫނެވެ. ނަމަވެސް ހިތެއްގައި ލޯބި އުފެދިއްޖެނަމަ އެ ލޯބި ހިތާއި ވަކިކޮށްލުންވާނީ އުނދަގޫކަމަކަށެވެ. ދުނިޔެއިން ލޯބި ނުލިބި ލޯބީގައި ލާމަސީލު ލޯބިވެރިން ދުނިޔެއާއި ވަކިވެގެންދިޔުމުން ދޭހަވަނީ ލޯބީގެ ބާރުގަދަކަމެވެ. ލޯތްބާއި ހަނގުރާމަކޮށްގެން ގަދަވެވޭނެ އެހެން އިހުސާސްއެއްނުވާކަމެވެ. ގިނަފަހަރަށް ލޯތްބަކީ ދިރިއުޅުމުގެ ކުލަތައް ރީތިކޮށްލާ ބަޔަކަށްވެސް ލޯބީގެ ސަބަބުން ކަރުނަ އަޅަންޖެހޭ ފަހަރު މަދެއްނޫނެވެ. އެއީ ކޮންމެ މީހަކަށް ހާސިލްވާނޭ އުފަލެއްނޫނެވެ. ބައެެއް މީހުންނަށް ހިތްއެދޭ ލޯތްބެވެ. އަނެއްބައި މީހުންނަށް ލޯބިވެރިޔާގެ ހަނދާންތަކެވެ. އެއީ ދުނިޔޭގެ އުސޫލެވެ.

*** *** *** *** *** ***

ހައިޒަލް އެމް.އެލް.ކޭ ހޮޓެލްގައި ހުރެފައި އެންމެ ބާރުމިނުގައި ކާރުދުއްވާފައި ޕޯޓިކޯގެ މެދަށް ކާރު ހުއްޓާފައި ކާރުން ފުންމާލިގޮތަށް ބްލޫސްގެ ތެރެއަށް ވަދެގެން ދިޔައީ ދުވެފައެވެ. އެކި ތަންތަނަށް ބޮޑިވެގެންތިބި މުއައްޒަފުންނަށް ނަޒަރެއްދެމުން ހައިޒަލް ވަގުތުން ގޮސް އެލެވޭޓަރއަށް އެރިއެވެ. ސާދަވަނަ ފަންގިފިލާރއަށް ލިފްޓު ހުއްޓުމާއިއެކު ހައިޒަލް ލިފްޓުން ނިކުތްގޮތަށް ވައިރޯޅިއެއްހާ ބާރުމިނުގައި ގޮސް އަލްހާންގެ ކެބިންއަށް ވަދެގަތީ ޓަކިދިނުމެއްވެސް ނެތިއެވެ.

ފެނުނު މަންޒަރަކުން ހައިޒަލްގެ ދަތްކުނޑިވިކިގެންދިޔައިރު މުށަށްބާރުވެގެންދިޔައެވެ. ދެލޯ މަރާލަމުން ހައިޒަލް ފުންނޭވާއެއް ދޫކޮށްލީ ރުޅިގަދަކޮށްގެން އަތުން ފައިން ގޯހެއް ހަދަން ބޭނުންނުވާތީއެވެ.

“ނިކުމޭ…” ދޮރާއި ފުރަގަަސްދީގެން ރިހާނާ އިންގޮތަށް އިނދެ ބުނެލިގޮތުން އޭނައަށް އެތަނަށް އައި މީހަކު އިނގުނީހެން ހީވިއެވެ. އޭރު ނައިނާ އިނީ ރިހާނާގެ ކުރިމައްޗަށްވާގޮތަށް އިން ސޯފާގައި އިސްޖެހިފައެވެ. ރިހާނާއާއި ދިމާލަށް މޫނު ހަމަކޮށްލާނެހާ ހިތްވަރެއްވެސް ނެތިފައެވެ. ދޮން މޫނު ރަތްވެފައިވާއިރު އެ މުށިދެލޮލުގެ ތެރޭ ކަރުނަތައް ހިފަހެއްޓިފައިވެއެވެ.

ރިހާނާ ދެވަނަފަހަރަށްވެސް ހައިޒަލްއަށް ނިކުންނަން އެންގިއިރު ހައިޒަލް އަޑުއިވޭކަމަށްވެސް ހަދާނުލާ އައިސް ނައިނާގެ އަތުގައި ހިފަހައްޓާ ކޮއްޅަށް ނަގައިފިއެވެ. ނައިނާ ވަގުތުން އަތްދަމައިގަންނަން އުޅުމާއިއެކު ހައިޒަލްގެ އެއަތަށް ބާރުކޮށްލަމުން ނައިނާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ނިކުންނަން ހިނގައިގަތެވެ.

“ހައިޒަލް… އަޑެއްނީވޭތަ.. ނައިނާ ބަހައްޓާފައި ނިކުމޭ… އަހަރެން އޭނައާއި ދައްކަން ޖެހޭ ވާހަކަދައްކައެއް ނުނިމޭ…” ރިހާނާ ސޯފާއިން ތެދުވިގޮތަށް ހަރުކަށިކޮށް އެންގިއެވެ.

“ދައްކަން ޖެހޭ ވާހަކައެއް އަހަންނާއި ދައްކާ… ނައިނާ މިދޭތެރެއަށް ގެންނާކަށް ނުޖެހޭނެ…” ނައިނާގެ އަތުގައި ހިފަހައްޓައިލައިގެން ހުރެ ނައިނާގެ ކުރިމައްޗަށް ހުރަސްވަމުން ހައިޒަލް ބުނެލިއިރު އެއަޑުން ނުރުހުމުގެ އަސަރުފާޅުވިއެވެ.

“ކީއްވެ ގެންނަން ނުޖެހެންވީ… ހައިޒަލް ހީކުރަނީ އަހަރެން މިހުންނަނީ ދެލޯމަރައިލައިގެންކަމަށްތަ؟ ކެބިންތެރޭ ނައިނާ ގޮވައިގެން ފާޑުފާޑަށް އުޅޭއިރު މީހެއްގެ ފިރިއެއްކަންވެސް ހައިޒަލް ހަނދާން ނުހުންނަނީތަ؟ ނައިނާގެވެސް ލަދެއްނެތީ.. ކިހިނެތް ބަލާބޮޑުކޮށްފައި ހުރި ދަރިއެއްބާވައޭ ހިތަށް އަރާ؟” ރިހާނާގެ ބަސްތަކާއިއެކު ނައިނާގެ ފަރާތުން ހިމޭންގިސްލުމެއްގެ އަޑުބޭރުވިއެވެ. ހައިޒަލްގެ އަތްމުށްކެވުނުއިރު ޖީބަށް އަތްތިލަ ޖަހާލަމުން ރިހާނާއާއި ކުރިމަތިިލިއެވެ.

“ހުއްޓާލާ.. މިހުރިހާ ދުވަހު އަހަރެން ބޭނުންހާގޮތަކަށް އުޅުނުއިރު ނަސޭހަތްދޭނޭ މަންމައަކު ނެތް… މިހުރިހާދުވަހުވެސް އަހަރެންގެ މަންމަހުރެމެ މަންމަވީ މަރުވެފައި.. ވީއިރު މިއަދު އަހަރެންގެ މަންމައަށްވާން ނޫޅޭ… ނައިނާގެ މަންމަ ނައިނާއަށް ދިންފަދަ ލޯތްބެއް ތިފަދަ މަޔަކަށް ދަރިއަކަށް ނުދެވޭނެ… ނައިނާގެ ކުށްވެރިކޮށްގެން އަހަރެން ދިފާއުކުރަން ނޫޅޭ… ނައިނާ ފަހަތުން މޮޔަވެގެން އުޅޭ މީހަކީ އަހަރެން…. މިއީ ހަޤީގަތް…” ހައިޒަލް ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ވާހަކަދެއްކިއިރު އެ އަޑުގައިވީ ރުޅިވެރިކަމެވެ. އެއީ ރިހާނާ ނޫން މީހަކު ނައިނާއާއި ދިމާލަށް ބުނެލި ބަދުބަހެއްނަމަ އޭނަ އެ މީހެއްގެ ދޫދަމައިގަތީއެވެ. ރިހާނާ ފަދަ ހިތުގައި އަގަލެއް ނެތް މަަޔަކަށް އަންހެންދަރިއެއްގެ ތަރުބިއްޔަތާއި ބެހޭގޮތުން އިނގޭނީ ކޯއްޗެއް ހެއްޔެވެ؟

ނައިނާ ދެެލޯ ބޮޑުކޮށްލައިގެން ހުރިއިރު ލޮލަށް ފެންނަ މަންޒަރަކީ ތެދެއްނޫންކަމަށް ހިތްވެސް ބުނަމުންދިޔައެވެ. ރިހާނާ ހައިޒަލްއަށް ކުރަމުން އައި ނަފްރަތު މިހާތަނަށްވެސް ހައިޒަލް ރައްދުކުރަމުން އައީ ލޯތްބާއި އިޙުތިރާމުންނެވެ. އެއީ ރިހާނާ ވިހަ ބަސްތަކުން ހިތް ކަފާކުދިކުރާއިރުވެސް ހިމޭނުންހުންނަ ޒުވާނާއެވެ.

“އަޅުގަނޑު އަދިވެސް އިޙްތިރާމްކުރަން.. އެކަމަކު އަމިއްލަ މައިންބަފައިންކަން ހަނދާންނައްތާލާވަރު ކުރަން މަޖުބޫރުނުކުރިއްޔާ ރަނގަޅުވާނީ.. އަހަންނަށްވެސް ކެތްވާނީ ވަކިވަރަކަށް….” އެ ބަސްތަކުން ހައިޒަލް ދިނީ އިންޒާރެއްކަން ދެނެގަންނާކަށް ރިހާނާއަކަށް މާމޮޅު ބުއްދިއެއް ބޭނުމެއްނުވިއެވެ. އިތުރަށް ނައިނާ ބޭނުންކޮށްގެން ކަމެއްކުރަން އުޅެފިނަމަ އޭނަ ހިމޭނުން ނުހުންނާނެކަން އަންގާލީއެވެ.

ރިހާނާ ހިމޭންކަމަށް ދޫކޮށްލަމުން ހައިޒަލް ނައިނާގެ އަތުގައި ހިފާ ދަމަމުން ކެބިންއިން ނިކުތެެވެ. ނައިނާ ސަލާމަތްވާން މަސައްކަތްކުރަނިކޮށް އަތުގައި ހިފާ ދަމާކޫއްތަމުންގޮސް ބެލްކަނި ތެރެއަށް ހޫރާލަމުން ހައިޒަލް ދޮރުފަތުގައި ލެގިލިއެވެ. އޭރު އެ ހަށިގަނޑަށް އަންނަ ތުރުތުރުލުންތަކާއިއެކު ދެބުމަ ގާތްވަމުންދިޔަގޮތުން ވަރަށް ގަދަޔަށް ރުޅިއައިސްފައި ހުރީކަން ނައިނާއަށް ނަގައިގަނެވުނެވެ.

“ޑެމިޓް.. ނައިނާ ކޮންމެފަހަރަކު ކޮންމެކަމެއްގެ ތެރެއަށް އިންވޯލްނުވެބަލަ… ނައިނާ ނުޖެހެ އޭނަ ކިޔާހާ އެއްޗެއް އަޑުއަހައިގެން އުޅޭކަށް….” ހައިޒަލް ދޮރުފަތަށް ބާރު އެތިފަހަރެއް ބޭލިއެވެ.

“އެއީ ހައިގެ މަންމައޭ… އެގޮތަށް ވާހަކަދައްކަން ޖެހޭތަ؟ އަހަރެން މިހުރިހާކަމެއްގެ ތެރެއަށް ވައްދާމީހަކީ ތިއޭ… ކިތަށްފަހަރު ބުނެވުނީ އަހަންނާ ދުުރުން އުޅޭށޭ.. މިއަދު ރިހާނާ މޭމް… މާދަން އަލްހާން ސަރ.. ދެން ސިސް.. އޭރުންތަ ހައިޒަލް ހިތްހަމަޖެހޭނީ؟” ފަހު ޖުމްލަތަކާއިއެކު ނައިނާ ހައިޒަލްވެސް ސިހިގެންދާހާ ބާރަށް ހަޅޭލަވައިގަތެވެ. އެއާއިއެކު ހައިޒަލްއަށް ނައިނާއާއި ދިމާލަށް ބަލާލަމުން ނައިނާއާއި ގާތަށް ފިޔަވަޅެއް ނެގުނެވެ.

“އަހަރެން އާދޭސްކުރަން… އަހަރެން ހަމަޖެހިލައިގެން މިތާގައި އުޅުނަ ދީބަލަ… އެންމެންގެ މަލާމާތް ރައްދުވަނީ އަހަންނަށޭ… މީހެއްގެ ފިރިއެއްގެ ފަހަތުން އުޅޭކަމަށްވެސް ނަންވީ… ނުވިތާކަށް އަހަރެންގެ މަރްހޫމް މަންމަވެސް…” ނައިނާއަށް އިތުރަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވެގެން ހުއްޓާލިއެވެ. އޭނަގެ މަންމައާއި ދިމާލަށް މީހަކު އެފަދަ އިހާނެތި ބަހެއް ބުނާއަޑުއަހަން އޭނައަށް ކެތްވާނީ ކިހިނެތްހެއްޔެވެ؟ އެހެން ނޫނަސް އޭނަ ހައިޒަލްދެކެ ލޯބިވިޔަސް ޝަލީންއާއި ކައިވެނިކުރިފަހުން ހައިޒަލް ހާސިލްކުރަން ކުރިކަމެއް ނޯންނާނެއެވެ. ނަމަވެސް އޭނަ ކަންނުވެ ނަންވީއެވެ.

“ހައިޒަލް ހީކުރީތަ ސިސްއާއި މެރީޖްހަމަޖެހިފައި އޮއްވާ އަހަރެން ގޮވައިގެން އުޅުނުހެން މިހާރުވެސް އުޅެވިދާނެއޭ.. ނޫން… އަމިއްލަ ގަދަކަން ދައްކަންވެގެން ހައިޒަލް އަހަރެންގެ ދިިރިއުޅުމާއި ކުޅެލީ… ޔޫ ވޮން… އައި ލަވް ޔޫ… އެވަރަކުން ނުފުދޭތަ އަހަރެންގެ ގޮވައިގެން ޖެހިހާ ސަކަރާތް ޖަހަން އެހެން އަންހެންކުއްޖަކު ހޯދާ… ހައިޒަލްގެ ފަހަތުން އުޅޭނޭ ކުދިން މަދެއްނުވާނެ…” އެއީ އަދިވެސް ނައިނާ ގަބޫލުކުރަން ބޭނުންނުވާ ބަސްތަކެވެ. ނަމަވެސް އެއީ ހައިޒަލްގެ ދުލުން އޭނަގެ ހިތް ކަތިލި ބަސްތަކެވެ. ނައިނާ ރުޅިވެރިގޮތަކަށް އިއްވާލަމުން ދުރަށް ހިނގައިގަތުމާއިއެކު ހައިޒަލް ނައިނާގެ އަތުގައި ހިފާ އޭނައާއި ދިމާލަށް ދަމައިގަތެވެ. ހައިޒަލްގެ ގައިގައި ޖެހިފައި ނައިނާ މަތަވީއިރު އިސްއުފުލާ ހައިޒަލްގެ މޫނަށް ބަލާލެވުނެވެ. އޭރު އެކަޅު ދެލޮލަށް ކަރުނަތައް އެއްވެފައިވެއެވެ.

“ނައިނާއަށް ހީވަނީތަ އަހަރެން ނައިނާ ގޮވައިގެން ސަކަރާތްޖެހީއޭ.. މައި ފީލިންގްސް ފޯރޔޫ އިޓް ވޯޒް ރިއެލް… ޕްލީޒް އަހަރެން ތިހާ ނުބައިމީހަކަށް ހަދައިގެން ނޫޅެބަލަ… އަހަރެންގެ ވެސް އޮންނަނީ ހިތެކޭ…” ހައިޒަލް ތުންފަތުގައި ދަތްއަޅާލަމުން ދުރަށް މޫނު އަނބުރާލިއިރު އެ ލޮލުގައިވީ ރިހުމެވެ. ނައިނާއަށް ނޭނގުނަސް ނައިނާގެ ކޮންމެ ޖުމްލައެއް ތީރެއްފަދައިން ހިތަށް ހެރުނެވެ. ނައިނާދެކެ އޭނަ ވަމުންދާ ފުންލޯބި ނައިނާއަށް ނޭނގުނަސް ނައިނާ ހީކުރާވަރަށްވުރެ މަތިވެެރިއެވެ.

“ހައި….” ނައިނާއަށް ހައިޒަލްގެ އަތުގައި ހިފާލެވުނެވެ. އެލޮލާއި ހަތަރުކަޅި ހަމަކޮށްލިއިރު ހައިޒަލް ވަގުތުން ދުރުބަލާލީއެވެ.

މަޑުމަޑުން ނައިނާގެ އަތުގައި ހިފަހައްޓާލެވިފައިވާ ހައިޒަލްގެ އަތްތިލަ ދޫވެގެން ދިޔުމާއިއެކު ނައިނާ އިސްއުފުލާ ބަލާލިއިރު ހައިޒަލްގެ ދެލޮލަށް ގިނަވެފައިވާ ކަރުނަތަށް ސިއްރެއްނުވިއެވެ. ނައިނާ އެއްޗެކޭ ބުނަން އުޅެނިކޮށް އެފުރުސަތު ނުދީ ހައިޒަލް ބާރު ބާރަށް ގޮސް ބެލްކަނިން ނިކުތެވެ.

*** *** *** *** *** ***

މިރެއަަކީ ބްލޫސްގެ އެމް.އެލް.ކޭ ހޮޓެލް ހުޅުވޭ ރަސްމިއްޔާތު ބޭއްވޭ ރެއެވެ. ހޮޓެލް ހުޅުވޭ ރަސްމިއްޔާތައް ތަން ތައްޔާރުކުރެވިފައިވާ ނުހަނު ފުރިހަމަކޮށެވެ. ފަނަރަބުރީގެ އިމާރަތް ޓަވަރެއްފަދައިން ލޯތަރަތަރަޖަހައިގެންދާހާ ގަދަ އަލިކަމަކުން ދިއްލާލެވިފައިވަނީ ދުރަށްވެސް ފާހަގަވާފަދަ ގޮތަކަށެވެ. ޓެރެސްއިން ފަށައިގެން ތިރިއަށް ދޫކޮށްލެވިފައިވާ ބޮކިފަތިތައް ނޫކުލައިން ނިވި ދިއްލެމުންދިޔައީ ދުރުންދާ މީހުންގެ ސަމާލުކަން ދަމައިގަންނަމުންނެވެ. ހޮޓެލްއިން ނިކުމެވެން އޮންނަ ފުޅާމަގު މިރެއަށްޓަކައި ބަންދުކޮށްފައިވާއިރު މަގުގެ އެއްކޮޅުން ފެށިގެން ހޮޓެލްގެ އެންޓްރެންސާއި ހިސާބަށް ރަތްދޫލައެއް ފަތުރާލެވިފައެވެ. ބީއެމްޑަބްލިއު، ފެރާރީ، އަދި ވޯލްވޯ ކާރުތައް އައިސް ވަކިހިސާބަކަށް މަޑުކޮށްލާއިރު ދައުވަތުދެވިފައިވާ މެހެމާނުން ކާރުން ފައިބައިގެން ދޫލަމަތިން ހިނގާލައިފައި އައިސް އެންޓްރެންސްކުރިމަތީ ހުއްޓެމުންދިޔައެވެ. އޭރު މެހެމާނުންނަށް ތަހުނިޔާކިޔުމަށްޓަކައި އެންޓްރެންސްގެ އެއްފަރާތެއްގައި ޖަރީކޮށްލައިފައިވާ ތަންކޮޅުގައި އަލްހާންގެ ދެމަފިރިކަނބަލުން މަޑުކޮށްލައްވައިގެން ތިއްބެވިއެވެ.

އަށްގަނޑިބައިވުމާއިއެކު ހަފްލާ ފެށިގެންދިޔައީ ހޮޓެލް ހުޅުވުމުގެ ކުޑަ ރަސްމިއްޔާތަކުންނެވެ. އެންޓްރެންސްގެ ކުރިމަތީ ދަމާލެވިފައިވާ ނޫކުލައިގެ ރިބަންކަނޑާލުމާއިއެކު ރިމޯޓްގެ އެހީގައި އިމާރާތުގެ އެންމެ މަތީގައި ކޮއްޅަށް ޖަހާލެވިފައިވާ އަކުރުތައް ދިއްލިގެންދިޔުމާއިއެކު އަތްތިލަބަޑީގެ އަޑުގަދަވިއެވެ. ހޮޓެލްގެ ފުޅާ ދޮރުތައް ހުޅުވިގެންދިޔައިރު މެހެމާނުން ހޯލްތެެރެއަށް ވަންނަން ފެށިއެވެ. އެއީ ހޮޓެލްގެ ރެސްޓޯރެންޓް ނަމަވެސް މިރެއަށް އެބައި ހުސްކޮށްލުމަށްފަހު އެބައިގައި ހަފްލާއަށް އަންނަ މެހެމާނުންނަށް މޭޒުތައް އަތުރާލެވިފައިވެއެވެ. އެންމެ ވަދެ ހަމަޖެހިލުމާއިއެކު އަލްހާން ސްޓޭޖްއަށް އެރުއްްވިއެވެ. މިރޭގެ އުފާވެރިކަމުގައި މާނައެއް ނެތް ވާހަކަތަކެއް ދެއްކުމަކީ މުނާސަބުނޫންކަމެއް ކަމުގައި ފާހަގަކުރައްވަމުން އަލްހާންގެ ވާހަކަކޮޅު ކުރުކޮށްލެވީ ހޮޓެލްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަކަށް ޖުމްލަގޮތެއްގައި ޝުކުރުއަދާކުރައްވަމުންނެވެ. ހަފްލާގެ އުފާވެރިކަން އެންމެ އުފާވެރިގޮތުގައި ލިބިގަތުމަށް އެދިލައްވަމުން އަލްހާން ވަކިވެލެއްވުމާއިއެކު ހައިޒަލް ޕޯޓިއަމްއާއި ހަވާލުވިއެވެ. ހޮޓެލް ހުޅުވުމާއިއެކު މިރެއަކީ ބްލޫސްގެ އެނުއަލް މީޓިން ބޭއްވޭ ރެއަށްވާތީ ހައިޒަލްގެ ވާހަކަ ބޮޑަށް ބައްޓަންކޮށްފައިވަނީ މިވޭތުވެދިޔައިރު މާލީގޮތުން ބްލޫސްއަށް ލިބިފައިވާ ކުރިއެރުގެ މައްޗަށެވެ. ހައިޒަލް ސްލައިޑް ދައްކަމުން ކަންފަތުގައި ހަރުކޮށްލެވިފައިވާ މައިކްގެ އެހީގައި މާލީ ރިޕޯޓް ހުށަހަޅައިދެމުންދިޔައިރު ރިޕޯޓް އެކަށައަޅައިފައިވާގޮތުން އެންމެން އާސޯހުވީ ހައިޒަލްއަކީ ދާދި ފަހުން ބްލޫސްއާއި ގުޅުނުފަރާތަކަށްވިޔަސް ވިޔަފާރީގެ ކަންކަމަށް ލޯހުޅުވިފައިވާލެއް ބޮޑުކަމާއިއެކު ކޮމްޕެނީގެ ތަފްސީލުތައް އެހާ ފުރިހަމަކޮށް އިނގިފައިވާތީއެވެ. ހައިޒަލްގެ ރިޕޯޓުގައި ބްލޫސް 21 އަހަރުގެ މާޒީއަށް ބަލާލަމުން އެ މުއްދަތުތެރޭ ކުންފުންޏަށް ލިބިފައިވާ ނަފާގެ މިންވަރު ބަޔާންކޮށްދެމުން ބްލޫސްގެ ކުޑައިގެ ދަށުން މިވީހާތަނަށް ހިންގުނު ކާމިޔާބު މަޝްރޫއުތަކުގެ ވާހަކަތައް ހުށަހަޅައިދިނެވެ. ހައިޒަލް ވާހަކަކޮޅު ނިމުމާއިއެކު އެންމެންގެ ތަރުހީބުގެ އަޑުއިވުނުއިރު ބައެއް ދޫތަކުން ތައުރީފުގެ އަޑުވެސް އިވުނެވެ. އަލްހާންއަށްވެސް ހައިޒަލްގެ މޫނަށް ބަލަހައްޓަވައިގެން އިންނެވުނީ ފަޙުރުވެރިވެފައެވެ.

ކުއްލިއަކަށް މުޅި ހޯލްތެރޭ އެއްއަޑަކަށް ގުގުމާލި ފަޔަރ އެލާމްގެ އަޑާއިއެކު ހިތުގައި އުފެދިގަތް ބިރުވެރިކަމާއިއެކު އެއްވެ ތިބި މެހެމާނުންނަށް ފަރާތްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު ހޯލްއާއި ވަކިކޮށްގެން ހަދާފައިވާ ކިޗެންއާއި ދިމާލުން ބާރުއަޑުފަށްގަނޑެއް އިވުމާއިއެކު އެތަނުގެ ތެރޭގައި ތިބި މުއައްޒަފުން ނިކުމެގެން އައީ އަލިފާނެއޭ ކިޔާ ރޮއެ ހޭރެމުންނެވެ. ވަގުތުން އެއްވެފައިވާ ހާޒިރީންގެ ދެލޯބޮޑުވެގެންދިޔައިރު ގޮނޑިން ތެދުވުނީ ޝޮކެއްގައި ތިބެއެވެ. ހުރިހާކަމެއް ހިނގައިދިޔަ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެވަނަ ފަހަރަށް ކިޗެންއާއި ދިމާލުން ގޭސްފުޅިތަކެއްފަދަ އެއްޗެއް ގޮވައިގެންދިޔަ ކަންފަތް ބައްވާ އަޑާއިއެކު ކިޗެންގެ ޕައިފްތަކުގައި ރޯވި އަލިފާންގަނޑު ރޮނގަކަށް ފެތުރެމުން އައިސް ހޯލްގެ ސީލިންގްގައި ހިފައިގަތުމާއިއެކު ސިހުމާއިއެކު އަދި ބިރުވެރިކަމުން އެކުލެވިގެންވީ އަޑަކުން އެންމެންނަށް ރޮއެގަނެވުނެވެ. ބައެއްމީހުން އަމިއްލަ ސަލާމަތްހޯދަން ދުއްވައިގަތްއިރު އަނެއްބައި މީހުންނަށް ގަނބުއަރާފައި ތިބެވުނީ ހަށިގަނޑުވެސް ހަރަކާތްކުރަން ނޭނގިފައެވެ.

ހައިޒަލްއަށް ލިބުނު ކުއްލި ސިހުމުގައި ހިނދުކޮޅެއްވާންދެން ސިކުނޑިއަށްވާނުވާ ނަގައިގަނެވިފައި ހުރުމަށްފަހު ސަލާމަތްތެރިކަމާއިއެކު މެހެމާނުން އިމާރާތުން ނެރުމަށް މުވައްޒަފުންނަށް އެންގުނީ އަމުރުވެރިކަމާއިއެކުއެވެ. އޭރު ޒަޔާންވެސް އެކި ތަންތަނަށް ބެހިލައިގެން ތިބި ސެކިއުރިޓީންނަށް ގުޅަމުން މެހެމާނުންނަށް އެހީވުމަށް އަންގަމުންދިޔައެވެ.

ސީލިންގުގައި އަނދަމުންދާ އަލިފާންގަނޑު ފެތުރެމުންދިޔައިރު ސީލިންގް ބައިތައް ކުދިކުދިވެ ބިންމައްޗަށް ފައިބަމުންދިޔައެވެ. އޭރު ހޯލްތެރެއަށް ފެތުރެމުންދިޔަ އޮލަ ދުމުގެ ސަބަބުން މާހައުލު ފުސްވަމުންދިޔައެވެ. ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި މެހެމާނުން ނިކުމެ މުޅި ހޯލް ހުސްވެގެންދިޔައިރު އެންމެ ފަހަށް ތިބި މުވައްޒަފުން ނިކުމެ ހޮޓެލް ސަރަހައްދު ބަންދުކޮށްލިއެވެ. އޭރު އެމްބިއުލާންސް އައުން ލަސްވާތީ ދުމުގެ އަސަރުކޮށްގެން އުނދަގޫވެފައިވާ މީހުން ކާރުތަކަށް އަރުވަމުން ގެންދިޔައެވެ.

ބައެއް މުވައްޒަފުން އަލިފާން ނިވި ބޭނުންކޮށްގެން އަލިފާންގަނޑު ބޭރަށް ނުފެތުރި ކޮންޓްރޯލްކުރެވޭތޯ ބަލަމުންދިޔައެވެ.

*** *** *** *** *** ***

ހަފްލާއަށް އަންނަ މެހެމާނުން ބޭނުންކުރަން ހާއްސަކޮށްފައިވާ ރޫމްތަކުގެ ކުރިމަތީ ނައިނާ ފޯރިމަރަންހުރެފައި ގޮސް އެތަނުން ރޫމްއެއްގެ ރެސްޓްރޫމަށް ވަނެވެ. ކަންފަތުގައިވާ މިކް ނައްޓުވާލުމަށްފަހު އިސްކުރުން މޫނަށް ފެންގޮއްޓެއް ބުރުވާލިވަގުތު މުޅި ރޫމްއާއި ރެސްޓްރޫމް އިން ކަރަންޓް ކެނޑިގެންދިޔައީ ކުއްލިއަކަށެވެ. އެވަގުތު ދިއްލިގެންދިޔަ އެމެޖެންސީ ލައިޓްތައްވެސް ދެތިން ފަހަރަކު ކަނިޖަހާލުމަށްފަހު ނިވިގެންދިޔުމާއިއެކު ސިކުނޑި ދިން ނުރައްކާތެރި އިންޒާރާއިއެކު ނައިނާ ދުވެފައި ހޯލްވޭއަށް ނިކުތެވެ. އެވަގުތު ތިރީ ފްލޯއިން މީހުންތަކެއްގެ ރުއިމުގެ އަޑާއިއެކު އަލިފާނޭ ކިޔާ ހަޅޭލަވައިގަތްއަޑުއިވިފައި ނައިނާގެ ހިއްސުތައް ގަނޑުވިފަދައެވެ. ހަށިގަނޑަށް އަރައިގެންދިޔަ ފިނިކަމާއިއެކު ސިޑިއާއި ދިމާލަށް ދުއްވައިގަނެވުނީ ދުވަހަކު ހަށިގަނޑަށް ނުލެވޭހާ ބާރު ލާފައެވެ. ސިޑިއާއި ނައިނާ އަރާހަމަވިވަގުތާއިއެކު ބޮލާއި ދިމާލުން ސީލިންގުގަނޑުބިމަށް ފައިބައިގަތް ގަޑިވީ އެއްވަގުތަކަށެވެ. ނައިނާގެ ހަޅޭލަވައިގަތެވެ. ނަމަވެސް އެއަޑު ނައިނާއަކަށް މަދަދުވެރިއެއް ނުވިއެވެ. އަލިފާނުގެ ގޮވުންތަކުގެ ބާރު އަޑުގެ ތެރެއަށް އެއަޑު އޮބިގެންދިޔައިރު އެންމެ ފަހަށް ތިބި ދެސްޓާފުން ބޭރަށް ނިކުތީ އެތާގައި ދިރޭފުރާނައެއްވާކަށް ނޭނގޭ ހާލުގައެވެ.

*** *** *** *** *** ***

ޝަލީން އަތުގައި ހިފަހައްޓާލައިގެން ތިބެ އައި ދެސްޓާރފުން އަލްހާން އިންނެވި ކާރުގެ ފަހަތު ސީޓްހުޅުވާލަމުން ޝަލީންކާރަށް އެރުވިއެވެ. އޭރު ތަނުގައި ފެތުރެމުންދިޔަ ދުމުގެ ސަބަބުން ނޭވާއަށް އުނދަގޫވެގެން ޝަލީން ނޭފަތާއި އަނގަ ނިވާވާގޮތަށް އަނގަމަތީ އަތްއަޅާލައިގެން އިންއިރު ބޮޑުކޮށްލެވިފައިވާ ލޮލުން ކަރުނަ ނީރާލައިފައިވެއެވެ. އަދިވެސް ލިބިފައިވާ ސިހުމުގެ ސަބަބުން އަނގައިން ބަހެއް ބުނަންވެސް ޝަލީން ނުކުޅެދިފައިވެއެވެ. ކާރުގެ ކުރީ ސީޓްގައި އިންނެވި އަލްހާން ވިންޑްސްކްރީނުން އަނދަމުންދާ އިމާރާތަށް ބަލަހައްޓައިގެން އިނދެވުނީ ހިތްދަތިވެފައެވެ. މުޅި އިމާރާތުގައި ހުޅުގަނޑު ހިފާފައިވާއިރު މުޅި އިމާރާތް އެކީ އެކައްޗަކަށް ހުލިވަމުންދިޔައެވެ. އޭނަ އެތައް އަހަރަކުން ކުރި މަަސައްކަތް ފެނަށްވެގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ. މިރޭގެ މިއުފާވެރި ހަފްލާ މިފަދަ ހިތާމަވެރިގޮތަށް ނިމިގެންދާނޭކަމަކަށް އެކަކުވެސް ހިޔެއްނުކުރާނެއެވެ. އޭނަގެ ވިޔަފާރީގެ އެއްތަނބު ބިމާއި ހަމަވީއެވެ. އެހެންމީހުންގެ ނަޒަރުގައި އެއީ ހޮޓަލަކަށްވިޔަސް އެއީ އޭނަގެ މަންމަ މަލަކާއާއި ބައްޕަ ސުލްތާންގެ ހަނދާނީ ބިނާއެވެ. މަންމައާއި ބައްޕަގެ ދެވަނައެއްނެތްފަދަ ލޯބީގެ ހަނދާންތައް ރައްކާކުރި މަންޒިލެވެ. މަލަކާގެ މަރާއިއެކު އަލްހާން އެތަން ހާއްސަކުރެއްވީ ލޯބިވާ މަންމައަށެވެ. އެމް. އާރ. ކޭ. އެ އަކުރުތަކުން ރަމްޒުކޮށްދެނީ މަލަކާގެ ނަމެވެ.

ޑްރައިވަރ ކާރު ދުއްވާލަން ތައްޔާރުކޮށްލި ވަގުތު ހައިޒަލް ދުވެފައިވެސް ކާރާއި އަރާހަމަވީއެވެ. އަލްހާންގެ އެދިލެއްވުމަކަށް ޑްރައިވަރ ކާރު މަޑުކުރިއިރު އަލްހާން ވިންޑްސްކްރީން ކުޑަކޮށް ތިރިކޮށްލަމުން ހައިޒަލްއާއި ވާހަކަދެއްކެވިއެވެ.

“ޝަލީންއަށް ދުން އިންހޭލްކުރެވިގެން އުނދަގޫވެގެން އުޅޭތީ ބައްޕަމެން މިދަނީ ހޮސްޕިޓަލަށް… ދަރިފުޅު އަރާ ކާރަށް… ޝަލީންއަށް މިވަގުތު ހައިޒަލް ބޭނުންވާނެ….” އަލްހާން ވާހަކަދެއްކިވިއިރު ހައިޒަލް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގީ ނައިނާ ހެޔޮހާލުގައި ހުރިކަން ޔަގީންކުރަން ބޭނުންވެފައި ހުރިވަރުންނެވެ.

“ދަރިފުޅާ…. ހައިޒަލް… ހައިޒަލް…” އެއްވެސް ދިމާލަކުން ނައިނާގެ ހިިލަމެއްނުވުމާއިއެކު ހައިޒަލްގެ ސިކުނޑީގައި ޖަހާލި ރަނގަބީލާއިއެކު އިމާރާތާއި ދިމާލަށް ދުއްވައިގަނެވުނީ އަލްހާން އޭނައަށް ގޮވަގޮވާ އޮއްވައެވެ. ހައިޒަލް ދުވެފައި ދިޔަގޮތަށް ހަމައިން ނައްޓާފައިވާ މީހެއްފަދައިން ގޮސް ޒިޔާންގެ ގިރުވާނުގައި ހިފައިގަތެވެ.

“ނައިނާ… ކޮބާ ނައިނާ….” ހައިޒަލްގެ ހިތުގައި ވަކިހިއްޕާލެވިފައިވާ ބިރުވެރިކަމާއިއެކު ނޭވާލުމެއްވެސް ނެތި ހަޅޭލަވައިގަތެވެ. އެޖުމްލަތަކުން ޒިޔާންއަށްވެސް ބަދަލެއް އައިކަން ގައިމެވެ. ހާދިސާ ހިނގުމުގެ ކުރިން ނައިނާ ހުރީ މަތީ ރޫމްތަކުގެ ސެކިއުރިޓީ ބަލަހައްޓާށެވެ. އަލިފާން ރޯވެގެން މީހުން ނެރެން އުޅުނުއިރުވެސް އޭނަ ނައިނާއެއް ނުދެކެއެވެ. އަނެއްކާ ނައިނާވީ އިމާރާތުގެ އެތެރޭގައި ހެއްޔެވެ؟ ޒިޔާންގެ މޫނަށް ވެރިވިކުލަވަރުން ހައިޒަލްއަށް ޖަވާބުލިބުނުއިރު ޒިޔާން ފަހަތަށް ކޮއްޕާލިގޮތަށް އިމާރާތަށް ވަންނަންވެގެން ދުއްވައިގަތެވެ. އެވަގުތު ފަހަތުން އައި ދެމުވައްޒަފަކާއި މިކްޔާލްއާއިވެގެން ހައިޒަލް ހިފަހެއްޓިއެެވެ.

“ހައި… ހަމަޖެހިބަލަ… އިޓްސް ޑޭންޖެރަސް….. ފަޔަރ ރެސްކިއު މީހުން އެބައާދޭ…” މިކްޔާލް ވާހަކަދެއްކީ ހައިޒަލްއާއި މެދު ހަމްދަރުދީވެފައި ހުރެއެވެ. މިކްޔާލްގެ ބަސްތައް އަޑުއެހުމެއްނެތި ހައިޒަލް އޭނަ ހިފަހައްޓައިގެން ތިބި ތިން ޒުވާނުން ގައިން ނައްޓުވާލިގޮތަށް ދުވެފައި ގޮސް ދޮރުގައި ޖެހިގަންނަމުން ހޮޓެލްތެރެއަށް ވަދެގަތެވެ. މިކްޔާލްވެސް ދެތިން ސެކިއުރިޓީން ގޮވައިގެން އެތެރެއަށް ވަތެވެ. ނަމަވެސް އެތެރެއަށް އަޅާލެވުނީ އެންމެ ފިޔަވަޅެކެވެ. ބާރުގޮވުމާއިއެކު މޫނާއި ދިމާލަށް ހުޅުގަނޑު ފަޅައިގެންދިޔައިރު މިކްޔާލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

ސިޑީގެ ހަރުފަތްމަތީ ފިލާތަކުގެ ދަށުވެފައި ނައިނާއޮތްއިރު މަޑުމަޑުން ގިސްލަމުންދިޔައެވެ. އޭރު ހަޅޭލަވަލަވާ އެއަޑު ކުރެހިފައިވާއިރު ދުމުގެ އަސަރުކޮށްގެން ނައިނާ ކޮށިގޮތަކަށް ކެއްސަމުންދާއަޑު ކެނޑިނޭޅި އިވެމުންދިިޔައެވެ. މަޑުމަޑުން ކާޕެޓްގަނޑުގައި ރޯވަމުން އައި އަލިފާންގަނޑު ހުރިހާ ފަރާތަކުން ނައިނާ ވަށާލަމުންދިޔައިރު އަލިފާނުގެ ހޫނުން ނައިނާގެ ހަށިގަނޑު ފިހެމުންދިޔައެވެ. އޭރު ހޮޓެލްއަށް ވަދެވެން ހުރި ދޮރުގައިވެސް އަލިފާން ހިފައިފިއެވެ. ފާރުތަކާއި މޭޒުތަކުގައި ދަމާލެވިފައިވާ ފޮތިތަކަށް ދާންދެން ހުޅު ހިފާފައިވާއިރު ބިންމަތީގައި އަލިފާންގަނޑު ފެތުރެމުންދިޔައެވެ. މުޅި ހޯލް ތެރެ ދުމުން ފުސްވަމުންދިޔައިރު މުޅި ތަން އެއްވަސްވެފައިވަނީ ރަބަރު އަދަމުންދާފަދަ ގަދަ ވަހަކުންނެވެ.

ވައަތުގެ އުޅަބުށި ގެނެސް ނޭފަތުގައި ޖައްސާލައިގެން ހައިޒަލް ހުރިއިރު ހޯލްތެރޭގައި ދުންގަނޑު ފެތުރިފައިވާލެއް ބޯކަމުން ލޯ ހުޅުވައިގެން ހުންނަވެސް ދަތިވިއެވެ. ލޮލުން ނަގަމުންދިޔަ ދިލައާއިއެކު މަންޒަރުވެސް ސާފުކޮށެއް ނުފެނެއެވެ. ހައިޒަލްގެ އަތުގައި އޮތް އަލިފާން ނިވިން ސްޕްރޭކުރަމުން ނައިނާ ހުރި ދިމާލަފާކުރަމުން ކުރިއަށް ދިޔައެވެ. އެއާއިއެކު ހައިޒަލްއަށް ފެނުނު މަންޒަރަކުން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ނައިނާ ސިޑީގެ ފައްތަރުތައް މަތީ އޮތްއިރު އުދުހިގެން އައި އަލިފާން ހުޅުކޮޅު އައިސް ނައިނާގެ ފަޓްލޫން ކުރީގައި ހިފަނީއެވެ. ހައިޒަލް ދެވަނަ ވިސްނުމެއްނެތި ނައިނާގެ ގަޔާއި ދިމާލަށް ފުޅި ޖަހާލިއެވެ.

“ނައިނާ….” ހައިޒަލްގެ ހާސްކަމުން ފުރިގެންވީ އަޑު އިވުމާއިއެކު ނައިނާ މޫނު އަނބުރާ ބަލާލިއިރު އެ މޫނުން ކަނިވަމުންދިޔަ އުއްމީދުގެ ދޯދިފަށެއް ފެނިލިއެވެ. އެއާއިއެކު ބިރުވެރިކަމާއި ސިހުން ރުއިމުގެ ގޮތުގައި ބޭރުކޮށްލަމުން ހައިޒަލްއަށް ގޮވާލިއެވެ.

ސިޑީ ކައިރީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްފަހު ހައިޒަލް ދުވެފައި ކަހަލަގޮތަކަށް ސިޑިން މައްޗަށް އެރިއެވެ. އެވަގުތު ނައިނާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ބޯމަތީގައިވާ ޗާންދަލިޔާ ހައިޒަލްގެ ބުރަކަށިމަތީގައި އެތިފަހަރެއް އަޅާފައި ބިންމައްޗަށް ފައިބައިގެން ދިޔައިރު ހައިޒަލްގެ ހަށިގަނޑު ފަހަތަށް އެއްލިގެންދިޔައެވެ. ހަށިގަނޑު ބެލެންސް ކަޓައިގެން ފަހަތަށް ވެއްޓެން ދިޔައިރު ރެއިލިންގައި ހިފަހައްޓަން ހައިޒަލް މަސައްކަތްކުރިއެވެ. ރެއިލިންގައި އިނގިލިތަކުން ހިފާލައިފައިވެސް ހޫނުކަމަށް ކެތްނުކުރުވިގެން އަތްދޫވެގެންދިޔައިރު  ހަށިގަނޑު ފަހަތަށް އެއްލިގެންދިޔަގޮތުން އުއްޑުންވާގޮތަށް ސިޑީގެ ހަރުފަތްމައްޗަށް ވެއްޓުނުއިރު ނައިނާ ޝޮކެއްގައި އޮވެފައިވެސް ދެލޯމަރާ ތަގުޅިކޮށްލަމުން ކަރުގެ އަޑިން ހަޅޭލަވައިގަތެވެ. އިރުކޮޅެއްފަހުން ނައިނާ ލޯހުޅުވާބަލާލިއިރު ފެނުނު މަންޒަރަކުން އޭނާގެ ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. މޭގައި އަތްއަޅާލައިގެން އޮވެ ރޯމަހެއް ފެނަށް ތެޅޭހެން ހައިޒަލް ތެޅެމުންދިޔައިރު ކަޅީގެ ހަރަކާތްހުއްޓެމުންދިޔައެވެ. އެ މޫނުމަތިން ދަލުން ފޯވަމުންދިޔައިރު އެ މޫނުމަތިން ފެނުނީ ވޭނެއް ތަހައްމަލުކުރަމުންދާ ކަމުގެ އަސަރުތަކެވެ. މަޑުމަޑުން ނޭވާތައް ފުންވަމުންދިޔައެވެ.

ހައިޒަލްއަށް ހީވަމުންދިޔައީ އޭނަގެ ހުވަފެން ލޯމަތީ ތަމްސީލުުވަމުންދަނީހެންނެވެ. ލޯމައްޗަށް އަނދިރިވަމުންދިޔައިރު ސިކުނޑިއަށް އައްސިވެ ނާރުތަކަށް ވާންވަމުންދިޔައިރު ނާރުތައްވެސް ބުރިބުރިވަމުން ދަނީހެންނެވެ. އޭނަގެ ކަންފަތްދަށުގައި އެކި އެކި އަޑުތައް ފައްފައްވެ ތަކުރާރުވަމުންދާހެންނެވެ. ވަށައިގެންވާ ހުރިހާ މަންޒަރުތަކެއް ހައިޒަލް ފިއްތަމުންދާފަދަ އިހުސާސެއްވީއިރު ހައިޒަލް އުނދަގުލުން ނައިނާއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭރު އެލޮލުގައި ކަރުނަތިކިތައް ވިދަމުންދިޔައެވެ. ހަށިގަނޑަށް ފިނިވަމުންދިޔައިރު ލޭގެ ވަސް މާހައުލުގައި ހިފާލައިފިއެވެ. ހައިޒަލް އެވަގުތު އޭނަގެ އަތްފޯރާހާ ގާތުގައި އޮތް ނައިނާއާއި ދިމާލަށް އަތްދިއްކޮށްލަމުން ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ. ނަމަވެސް އަޑުބޭރުވެގެންދިޔުމުގެ ކުރިން ހައިޒަލްގެ ހަށިގަނޑު ހިމޭންވެގެންދިޔައިރު ނައިނާ ދިމާލަށް އުފުލާލެވިފައިވާ އަތުގެ ވާގި ދޫވެ ތިރިއަށް އެލުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ފެވިފާ ތިނަން ވެޔޭމިހިތުގާ 9

Next

ކުށަކާ ނުލާ 13

Next
July 15, 2019

ކުށަކާ ނުލާ 13

Previews
July 15, 2019

ފެވިފާ ތިނަން ވެޔޭމިހިތުގާ 9

90 Comments!

  1. dhiraa wish says:
    July 15, 2019 at 10:01 am

    here is 56th part of the stry✨??hope everyone will love it????feel free to cmnt?????readers cmnt motivates me a lot?mirey adi one part upkohla deynan insha allah✨????

  2. Anonymous says:
    July 15, 2019 at 10:01 am

    Me first…..??

    1. dhiraa wish says:
      July 15, 2019 at 10:01 am

      yeah mifaharu ehvana libuneethi

  3. Lily says:
    July 15, 2019 at 10:18 am

    Varah reethi….

    1. dhiraa wish says:
      July 15, 2019 at 4:00 pm

      thnks

  4. Chim says:
    July 15, 2019 at 10:21 am

    Alhey..dhenvaany kihinehbaa?? Hai nd Nai ah dheragotheh nuhadhahchey..mee my 1st comment bt story up vaairah kiyaaleveythoa balan abadhuves. Vv reethi hihgaimu vaahaka eh mee..keep it up?❤❤

    1. dhiraa wish says:
      July 15, 2019 at 4:02 pm

      thnks lets c

  5. Sis says:
    July 15, 2019 at 10:46 am

    Alhey dhiraa dhen thi hama hai maraaleetha …? ehen nahadhahchey ..nai aa hai dhekudhin salaamaiy kuraathi.. Varah reethi mi paat ves next paat konirakun dhen vaa gotheh balaalan varah beynun.. Pls avhah up kohlahchey ingey

    1. dhiraa wish says:
      July 15, 2019 at 4:03 pm

      lets c

  6. Sidhu says:
    July 15, 2019 at 11:01 am

    Waaauuu next part when ?

    1. dhiraa wish says:
      July 15, 2019 at 4:03 pm

      insha allah mirey

  7. azker says:
    July 15, 2019 at 11:10 am

    ??????save naina n haizal dhiraa

    1. dhiraa wish says:
      July 15, 2019 at 4:04 pm

      lets c

  8. Jeen says:
    July 15, 2019 at 11:10 am

    Shocked ?
    Story hama awesome ??

    1. dhiraa wish says:
      July 15, 2019 at 4:05 pm

      thnks..

  9. In@ says:
    July 15, 2019 at 11:19 am

    Thank you….. Cmt nukuraataa vvvv dhuvas vejje dow… ☺ but I read it daily….. Kiyaafa Cmt kohlaanan..

    1. dhiraa wish says:
      July 15, 2019 at 4:06 pm

      thnks

  10. Sshau says:
    July 15, 2019 at 12:16 pm

    naina and haizal save kohbba plx dhiraa ???????

    1. dhiraa wish says:
      July 15, 2019 at 5:38 pm

      lets c dw dear

  11. Dream says:
    July 15, 2019 at 12:17 pm

    V reethi. U made my dawn and my day. Thank u so much for fast upload.?????

    1. dhiraa wish says:
      July 15, 2019 at 5:39 pm

      thnks for the support

  12. Mary says:
    July 15, 2019 at 12:58 pm

    MaashaAllah. V hunaruveri liyun theriyeh. Vaahaka v v shauguveri. Next parts ah v inthizaaru survey.

    1. dhiraa wish says:
      July 15, 2019 at 5:39 pm

      thnks

  13. Alive says:
    July 15, 2019 at 1:08 pm

    Mikahala love stories adhi movies balaafa mashah ves heevee haizal aa naina dhemyhun evaakahala loabi real lyf ga ves myhun ekaku anekehdheke vaaneye. Ekam till today I don’t believe that type of love exists. Thibunaa kahala firihenun dhuniyeyga ulhey tha? Hurihaa firihenunves loabi vanee amilla edhun dheke. Aharenkahal kudhinnah hama gaimuves understand vaane mibunaa echeh. Loabi aa myhun eh noolheyne. Hama gaimu magey dheke loabivaa myhaku neh. Loabi vumakee eh dhaan kurun ekani. Loabi vumakee rulhi Anna konme faharaku janavaarah govun. Loabi vumakee amilla edhun. Dhiraa. I don’t believe in true love.

    1. Riaa says:
      July 15, 2019 at 4:51 pm

      Dont loose hope.there eould someone for you inshallah and i understand what you mean

    2. dhiraa wish says:
      July 15, 2019 at 5:42 pm

      dear dnt say it… insha allah everything will be fine.. dnt loose the hope for anything

    3. SCARLET❤ says:
      July 15, 2019 at 9:44 pm

      I agree with Alive.. firehenunnaky faadehge baeh.. they never care’s abt our feelings.. btw after a long time.. comment eh kolly… Mii prt vec awesome as always..

    4. dhiraa wish says:
      July 15, 2019 at 10:25 pm

      thankss scarlet.. ufaavehjje ehaa dhuvas fahun comment kohleema

  14. Tara ?‍♀️ says:
    July 15, 2019 at 1:22 pm

    this is Awesome!!!! Dhiraa u r the best

    1. dhiraa wish says:
      July 15, 2019 at 5:51 pm

      thnks

  15. Laalu says:
    July 15, 2019 at 1:28 pm

    Hdariyaa Curiously waiting… V v v nice maashaa Allah ❤️❤️❤️❤️❤️❤️ hama speach less…. Waiting 4 tonight… Dhigukohladhehchey ingey sweety… Bst wishes frm me Luv… Kyp going like tht❤️❤️❤️❤️❤️❤️❤️?????

    1. dhiraa wish says:
      July 15, 2019 at 6:19 pm

      thanksss dear.. keep waiting for next part

    2. dhiraa wish says:
      July 15, 2019 at 7:02 pm

      thnks

  16. Zayaan says:
    July 15, 2019 at 1:35 pm

    Adhikiriyaa interest miviy???….. Nw luving it… Kyp it up?????

    1. dhiraa wish says:
      July 15, 2019 at 6:20 pm

      thankss dear

  17. Anonymous says:
    July 15, 2019 at 1:35 pm

    I also wish if I get someone who loves me as much haizal do to nai. But that kinda luv only existists in novels, stories, movies. Not in real life. This stry is V nice. Kyp reading…dear alive, don’t do anything stupid, Kyp dreaming…

    1. dhiraa wish says:
      July 15, 2019 at 6:21 pm

      just keep waiting one day you might get someone like haizal.. thankss dear

  18. shaihaa says:
    July 15, 2019 at 1:36 pm

    dhiraa aa rulhi….hai and naina ah ehn hadhaa thi..but story is awesome….hama speech less dhiraa..waiting for tonight….luv you dhiraa

    1. dhiraa wish says:
      July 15, 2019 at 6:22 pm

      alhe dear.. dhiraves dheravey ehen hadhan.. ekm story line in gothah dhw gendheveynee.. heheh.. thankss dear.. ufaa vehjje kamu dhiyaima.. luv u too

  19. Kelaa says:
    July 15, 2019 at 1:38 pm

    Vaahaka v. reethi. If Hai and Nai died dhen story allso will die

    1. dhiraa wish says:
      July 15, 2019 at 6:23 pm

      thankss dear.. lets see hai and nai ah vaagotheh

  20. Lysm says:
    July 15, 2019 at 1:39 pm

    Abadhu fire ? in arainugavifa. Dhiraaa, mi vhka nimmaalaba avaha.

    1. Anonymous says:
      July 15, 2019 at 6:09 pm

      Mi story base kohfa iny fire aa v ma ey egothah genehsa ehuree. I don’t care whether it’s fire or ice I love the story. Hope you also like this as much as i do. ?

    2. dhiraa wish says:
      July 15, 2019 at 6:17 pm

      Lysm.. as anonymous said this story is based on a fire incident which happend 21 years ago.. so im bringing the fire scenes more.. actuallu there is one real fire scene.. and the other scenes are from haizals dream.. and when im done with bringing up the past i will finish it.. thankss for the comment

    3. dhiraa wish says:
      July 15, 2019 at 6:18 pm

      thankss anonymous.. glad to hear that you like it

  21. Apple? says:
    July 15, 2019 at 1:39 pm

    Omg..hai ah dhera gothei nahadhahchey plxu..??

    1. dhiraa wish says:
      July 15, 2019 at 7:03 pm

      lets c

  22. Oohsim says:
    July 15, 2019 at 1:43 pm

    Realy i never read a story like dis dear. Ur da bst. Kyp it up. Bless u all da sucss

    1. dhiraa wish says:
      July 15, 2019 at 7:06 pm

      thnks dear

  23. ❤️? says:
    July 15, 2019 at 1:49 pm

    Dhiraa keep going like that. Curiously waiting for the next part. ❤️❤️????????????❤️

    1. dhiraa wish says:
      July 15, 2019 at 7:10 pm

      thnks

  24. Sifam says:
    July 15, 2019 at 1:50 pm

    Woah. This part is also amazing. Dhiraa you are the best. Thanks for your hard work. I really appreciate that. Now the story is becoming more and more interesting day by day.

    1. dhiraa wish says:
      July 15, 2019 at 7:10 pm

      thnks for the support

  25. Nax says:
    July 15, 2019 at 1:57 pm

    Alheyy…. Dhen vaany kihineh baa??

    1. dhiraa wish says:
      July 15, 2019 at 7:11 pm

      hai maruvaanee… heheh jjf sets c vaagotheh

  26. Mary says:
    July 15, 2019 at 2:30 pm

    Alhey dhiraa hizal and nainaa maraa nulahchey adhi hai mum as ves dhimaa nuvey hi ah egeh jeheyne dho eynage hagee mum vvv reethi vaahaka eh mee me my fat coment

    1. dhiraa wish says:
      July 15, 2019 at 7:12 pm

      dhww.. lets c dear

  27. Mal? says:
    July 15, 2019 at 2:48 pm

    Vv reethi

    1. dhiraa wish says:
      July 15, 2019 at 7:14 pm

      thnks

  28. Ziyaa says:
    July 15, 2019 at 3:29 pm

    Hi maruvaneetha

    1. dhiraa wish says:
      July 15, 2019 at 7:18 pm

      thnkslets c

  29. #nobody says:
    July 15, 2019 at 4:02 pm

    Haizal ah ehen nuhadhaaaa plxxxxx???????

    1. dhiraa wish says:
      July 15, 2019 at 7:18 pm

      dear dnt cry lets c dw

  30. jiji says:
    July 15, 2019 at 4:10 pm

    Naina Nd haizal save kohhba dhiraa???..Mi bai kiyamun dhiyairu hyvy loa kurimathyga sifa vihn❤❤❤…Vvvv ryhchey buneveyny…Sis vv molhu…keep goingg sissy?????????…All da best darlll

    1. dhiraa wish says:
      July 15, 2019 at 7:19 pm

      thnks dear

  31. Kaia says:
    July 15, 2019 at 7:10 pm

    Rowwaaalaifi.

    1. dhiraa wish says:
      July 15, 2019 at 7:20 pm

      dnt cry dear

  32. Anonymous says:
    July 15, 2019 at 7:20 pm

    Hei dhiraa can i ask a question.kiyaaraa ga vaahaka ge kudhin liyefa huri dhiraa and kiyaa aky e kakun eu nan tafaathu kohgen liyanyeey is it true

    1. dhiraa wish says:
      July 15, 2019 at 7:48 pm

      ask dear.. nooney dear.. dhiraa mi site ah miliyanee hama ekani dhira ge namuga.. kiyaa akee ehen writer eh.. kiyaa baivaru stories liyunu fahun dhira first story mi fesheeves.. and kiyaage style thafaathu dhira aa.. kiyaaleemaves ingeyne.. she is one of my fav writer in this site.. we are not same person

  33. Anonymous says:
    July 15, 2019 at 7:21 pm

    Hei dhiraa..kiyaaraa ge stry ga kudhin kiyi dhiraa and kiyaa aky ekaku ey username tafaathu kohgeney upheny…is it true…

    1. dhiraa wish says:
      July 15, 2019 at 7:49 pm

      ufaa vehjje clear kohlan ahaaleema… it not true ingey

  34. Beauty says:
    July 15, 2019 at 7:47 pm

    Dearuuuuuu kihaa iraku up koddheny
    Hama kei nuvegen ?

    1. dhiraa wish says:
      July 15, 2019 at 7:55 pm

      wrking on it dear

  35. Me says:
    July 15, 2019 at 8:05 pm

    Adhi gandhakah fahu usdandheh andhiri kamah fahu alikameh ve eve…haizal aa nainaa aa shaleen aa hairaa aa mi vaahakaige ulhy hurihaa characters ah ves vaane dhw mihen……wow…varah reethi mi part ves……..avas koa mirey ge part up koaladey thi dhiraa……..Allah dhiraa ah heyo rahumai lahvaashi….Ameen….

    1. dhiraa wish says:
      July 15, 2019 at 8:16 pm

      yes dear.. abadhaku ehves meehakah dhera ehves nulibeyne ehnu.. adhi mi adi gaduves araiganeveyne.. hingaa dhw vaagotheh balamaa.. mihaaru up kohlaafa ihnaanee… thankss dear

  36. Shif says:
    July 15, 2019 at 8:32 pm

    Varah reethi mi vaahaka. Aslu dhiraa varah best.

    1. dhiraa wish says:
      July 15, 2019 at 8:57 pm

      thankss dear

  37. Hai says:
    July 15, 2019 at 8:54 pm

    koachakah up kohfa iny

    1. dhiraa wish says:
      July 15, 2019 at 8:58 pm

      ????

  38. Hai says:
    July 15, 2019 at 9:00 pm

    Hei alhe kobaitha 57 vana part dear dhiraa

    1. dhiraa wish says:
      July 15, 2019 at 9:02 pm

      upkohlaifa ihnaanee dear

  39. Hai says:
    July 15, 2019 at 9:04 pm

    Nethey

  40. Hai says:
    July 15, 2019 at 9:07 pm

    Next part kiyaa hithun moya vany ekm nufenun???

    1. dhiraa wish says:
      July 15, 2019 at 9:09 pm

      8;18 haairu dhira up kohlaifin.. ehen kudinves kiyaalaifi mihaaru.. keehvebaa dear ah nufehnanee.. page refresh kohlaafa nufenunihyaa dhira ge stories vadhefa feneytho try kohlabala

  41. Hai says:
    July 15, 2019 at 9:08 pm

    Kon page akah tha alhe reply

    1. dhiraa wish says:
      July 15, 2019 at 9:14 pm

      page 1 ga ehnu ihaanee.. dear mihaaru fenihjetha

  42. Haizal's says:
    July 15, 2019 at 9:56 pm

    Omg sis… vrh vrh lovevey ingey 2 bay up kohdheythee????

    1. dhiraa wish says:
      July 15, 2019 at 10:21 pm

      thankss dear

  43. Sau says:
    July 15, 2019 at 9:58 pm

    Can’t see 57 part. Eager t read

    1. dhiraa wish says:
      July 15, 2019 at 10:23 pm

      alhe keevebaa baeh kudhin nah nufehnanee.. dhiraa up kohlaafa ihnaanee.. dhira ge stories ah vadhegen try kohlabala

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 57←


All Right Reserved!