Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 55

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 13, 2019 14 Mins Read
55 Comments

“އޭ އަލްހާން… އެޗް ހައިޒަލް… ނޯރ އެހާ ކުރިން ކޮމްޕެނީ އުފެދުނުއިރު މަށެއް ނުވެސް ހުންނާނެ… އޭ އަކީ ބައްޕައަށް އިން ލެޓަރ… ދެން އެޗް ކާކަށްބާ؟” ހައިޒަލް ވިސްނާލިއެވެ. އޭނަގެ އާއިލާގައި އެޗްއަކުރަކުން ނަންކިޔޭ މީހަކު ގައިމުވެސް ނުހުރެއެވެ. މާމައާއި ކާފަގެ ނަން ފެށެނީ އެމް އަކުރަކުންނެވެ. އޭނައަށް ނޭނގޭ އާއިލީ މެންބަރަކު ހުރީހެއްޔެވެ؟

“ސަރ ތިހޯއްދަވަނީ މިފައިލްތޯ…” އެ ވަގުތު މުވައްޒަފު ވާހަކަ އަޑުއިވިފައި ހައިޒަލް ގަތަމުންދިޔަ ހިޔާލުގެ ވާފަށް ބުރިވެގެންދިޔައިރު އަޑު އައި ދިމާލަށް ބަލާލިއެވެ. އޭރު އެ މުވައްޒަފު ހުރީ ހަރުގަނޑުން ނެގި ފައިލްއެއް ހައިޒަލްއަށް ދިއްކޮށްލައިގެންނެވެ. ހައިޒަލް އެ ފައިލް ނަގަމުން އެ މުވައްޒަފަށް ޝުކުރުއަދާކުރިއެވެ. އެއާއިއެކު އިތުރަށް މަޑުކުރުމެއްނެތި ލައިބްރަރީއިން ނިކުންނަން ހިނގައިގަތެވެ. އެއާއިއެކު ހައިޒަލްއާއިއެކު ތިބި ދެމުވައްޒަފުންނަށް ހަމަޖެހުމެއް ނޭވާއެއް ދޫކޮށްލެވުނެވެ.

ހައިޒަލް ވަކި ހިސާބަކަށް ގޮސްފައި ފަސްއެނބުރި ބަލާލިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެތާގެ ތެރޭގައި ކޮންމެވެސް ކަންތަކެއް ފޮރުވިފައިވާކަމަށް ހައިޒަލްގެ ހިތް ތަކުރާރުކޮށް ބުނަމުންދިޔައެވެ. ފައިލްގެ ދަށަށްލައި ނިވާކޮށްފައިވާ އަޅި ބަނޑޭރިގަނޑު ލީ ފައިލްގެ ބޭރުގައި ހައިޒަލް އިނގިލި ހިންގާލިއެވެ.

*** *** *** *** *** ***

ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން ހައިޒަލް އޮތްއިރު ނަޒަރު ހުއްޓިފައިވަނީ މޭޒުމަތީ ބާއްވާލެވިފައިވާ އަޅިކުލައިގެ ފައިލްއަށެވެ. އެ ފައިލްމަތީގައި މަޑުމަޑުން ސަހާދަތް އިނގިލި ދުއްވަމުންދިޔައިރު ދެލޯހަނިކޮށްލައިގެން އިނދެ ކޮންމެވެސް ކަމެއް ނަގައިގަނެވޭތޯ ހައިޒަލް މަސައްކަތްކުރަމުންދިޔައެވެ. އެހެންއޮވެފައި ބުރަކަށި ތެދުކޮށްލުމަށްފަހު ކޮމްޕިއުޓަރާއި ގާތްވެލުމަށްފަހު ކީބޯޑްގެ ފިއްތަކުން ފަރިތަކަމާއިއެކު ކޮންމެވެސް އެއްޗެއް ޓައިޕްކޮށްލިއެވެ.

ގޫގަލްގެ ހޯދާ ގޮޅީގައި އޭ.އެޗް ފިނޭންޝިއަލް ޖަހާލުމާއިއެކު ސިކުންތުކޮޅެއްގެ ތެރޭގައި އެކި އެކި ލިޔުންތަކުން ސްކްރީން ފުރާލިއެވެ.

“އޭ.އެޗް.ފިނޭންޝިއަލްގެ ފުރާޅުގެދަށުން ހިންގަމުންދިޔަ އޭ.އެޗް.އިންޑަސްޓްރީޒްގެ އަލިފާނުގެ ހާދިސާ އެތައް ބައެއްގެ މަރު… 15 މީހުން މަރުވެ، ތުއްތުކުއްޖެއް އާދަޔާހިލާފުގޮތަކަށް ސަލާމަތްވުން… އޭ.އެޗް.އިންޑަސްޓްރީޒްގެ އަލިފާނުގެ ހާދިސާ ކޮމްޕެނީގެ މައިތަނބު މުގުރުން… އޭ.އެޗް. ފިނޭންޝިއަލްގެ ވެރިފަރާތުގެ މަރު އެތައް ބަޔަކަށް ޝޮކެއް…” ހައިޒަލް ތިރިއަށް ސްކޯރޯލްކުރަމުން ލިޔުންތަކުގެ ސުރުހީތައް ކިޔަމުންދިޔައެވެ. އެންމެ ފަހުން އިން ސުރުހީ ކިޔާލުމާއިއެކު ހައިޒަލް އެ ހަބަރު ހުޅުވާލަން ލިންކަށް ފިއްތާލިއެވެ. އިރުކޮޅެއްވަންދެން ޕޭޖްލޯޑްވުމަށްފަހު އެ ހަބަރު ސައިޓްއިން ނެގިފައިވާކަމަށް އެރުމާއިއެކު ހައިޒަލްއަށް އަނގަޔަށް ހަދާލެވުނުއިރު ވަގުތުން އެހެން ލިންކަކަށް ފިއްތާލިއެވެ. ހުރިހާ ސައިޓްތަކަކުންހެން އެ ހަބަރު ނެގިފައިވާކަމަށް އަރަންފެށުމުން ހައިޒަލްގެ ބޮލުގައި ނުބައިގޮތަކަށް ރިއްސާލިއިރު އޭނަގެ ޝައްކު އިތުރުވާގޮތްވިއެވެ.

ހައިޒަލް ގޮނޑިއަށް ވެއްޓިގަތްގޮތަށް ބޮލުގައި ހިފައިގަންނަމުން ހަޅޭލަވައިގަތެވެ. އިސްތަށިގަނޑަށް ވާންވެގެންދިޔައިރު ހައިޒަލް ކުއްލިއަކަށް ގޮނޑިން ތެދުވިގޮތަށް އެންމެ އަވަހަށް އަތުޖެހުނު ކަރުދާސްގަނޑު ދަމައިގެންގޮތަށް އަވަސް ހަރަކާތަކާއިއެކު ކަރުދާސްގަނޑުގައި ކޮންމެވެސް އަކުރުތަކެއް ލިޔަންފެށިއެވެ. އެއާއިއެކު ފޯނުން ކޮންމެވެސް މީހަކާއި ގުޅާލިއެވެ.

*** *** *** *** *** ***

ޑިއުޓީގައި ހުރެފައި މަޔާން ޑޮކިއުމެންޓޭޝަން ރޫމްއަށް ވަދެލިއިރު ރޫމްތެރެ އޮތީ ފުދޭވަރަކަށް ހުސްކޮށެވެ. މޭޒުތަކާއި ގޮނޑިތައް ފަޅުކޮށްވާއިރު ލިޔެކިޔުންތައް ބެލެހެއްޓުމަށް ހަވާލުވެގެން ތިބޭ ދެތިން ކުއްޖަކު ހަރުތަކުގައި އެކި އެކި ކޭސްތަކުގެ ފައިލްތައް ތަރުތީބުކުރަން އުޅުނެވެ. މަޔާން އެއްފަރާތެއްގައިވާ ރިސެޕްޝަންއާއި ކައިރިވެލިއެވެ.

“ސިސްޓަމް އިން ހޯދަލަބަލަ 1998 ގެ އޭ.އެޗް. އިންޑަސްޓްރީޒްގެ ކޭސް… ދެން އެކޭސްއާއި ބެހޭ ފައިލްތައް…” މަޔާން ރިސެޕްޝަންގައި އިން ކުއްޖާއާއި ވާހަކަދެއްކިއެވެ. އެވަގުތު އެ އަންހެންކުއްޖާ އެތާގައި ހަރަކާތްތެރިވަމުން ދިޔަ އެހެން ކުއްޖަކަށް ގޮވާލުމަށްފަހު ފައިލްހޯދަން އެދުނެވެ. އަދި ކުރިމަތީއިން ކޮމްޕިއުޓަރަށް ސަމާލުކަން ހުސްކޮށްލިއެވެ.

“ސަރ… 1998 ގެ ފައިލްސްގެ ތެރޭ ތިނަމުގައި ރިކޯރޑްކުރެވިފައިވާ ފައިލްއެއްނެތް…” އެ އަންހެންކުއްޖާ ބުނެލުމާއިއެކު މަޔާން ރިސެޕްޝަންއަށް ލެގިލައިގެން ހުރެފައި ހަށިގަނޑު ސީދާކޮށްލިގޮތަށް ގުދުވެލައިފައި އޭނައާއި ދިމާލަށް ކޮމްޕިއުޓަރުގެ މޮނީޓަރ އަނބުރާލިއެވެ.

“ހައު އިޒް ދިސް ޕޮސިބަލް…1998 ގެ އެހެން ހުރިހާކޭހެއް އެބަހުރި ދެން ކީއްވެހޭ މިކޭސްނެތީ… ކޭސްގެ ފައިލްތައްވެސް ނެތީ…..” މަޔާން އަވަސްހަރަކާތާއިއެކު ތިރިއަށް ސްކްރޯލްކުރަން ފެށިއެވެ. ދެތިން ފަހަރު ތަކުރާރުކޮށްގެންވެސް އެފައިލް ލޮލުގައި އަޅައިނުގަތްއިރު މަޔާން ރިސެޕްޝަނާއި ދުރުވެލިގޮތަށް އުނަގަނޑުގައި ދެއަތްވިއްދާލިއެވެ. އެވަގުތު ފައިލް ހޯދަން ދިޔަ ކުއްޖާ އައިސް ރިސެޕްޝަނާއި އަރާހަމަވީއިރު މަޔާންއަށް އެ ކުއްޖާއާއި ވާހަކަދެއްކުނީ އޭނަ މިވީހާތަނަށްވެސް އޭނަގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކަށް ވާހަކަދައްކާފައިނުވާހާ ހަރުކަށިކޮށެވެ.

މަޔާން ތަބީއަތު ހަރާބުވެފައި ހުރުމާއިއެކު އިތުރު މީހަކާއި ދިމާލަށް ބަލާލުމެެއްވެސް ނެތި އަތުކޮޅަށް ދޮރު ޖަހާލައިފައި ހޯލްވޭއަށް ނިކުތްތަނުން އެރުނީ އެންމެ ރުޅިއަރާމީހާގެ ކުރިމައްޗަށެވެ. މަޔާންގެ މޫނު ވަކިން ރަތްވެގެންދިޔައިރު އެތަންފެނިފައި ރިޔާޒް މަލާމާތުގެ ގޮތަކަށް ހީލިއެވެ. އޭނައާއި ދެކޮޅަށް މައްސަލަ ނަގައިގެން އެއްވެސް ހެއްކެއް ނުލިބިގެން މަޔާން ތެޅިފޮޅޭތަން ދެކުމަކީ އޭނަ ހީކުރިވަރަށްވުރެ މަޖާކަމެކެވެ. މިވަގުތައް މަޔާންއަށް އަތުޖެހެންހުރި ލިޔުންތައް އޭނަ އެއްވެސް މީހަކަށް ދޮންކަޅު އަންގާލުމެއްްވެސް ނެތި ނުހަނު މޮޅަށް ފޮރުވާލައިފިއެވެ. މިފަހަރުވެސް ކާމިޔާބުވާނީ އޭނައަށެވެ. މަޔާންއަށް ޖެހޭނީ މިޙުރާން ފަދައިން ދެއަތްފޮޅާލައިފައި ނިކުމެގެންދާށެވެ.

“އަހަރެމެންގެ ޒުވާން ޕްރޮސިކިއުޓަރ މަޔާން މިއުޅެނީ ހާދަ އަވަދިނެތިއޭ… ތިކުރާ މަސައްކަތުގެ ނަތީޖާއަށް ވަރަށް އިންތިޒާރުކުރެވޭ… އެހެން ކޭސްތައް ކާމިޔާބުކުރިޔަސް ހެކި ނުލިބިގެން މި ކޭސް ފެނަށް ދާނެހެން ހާދަ ހީވެޔޭ…” އާދައިގެ މަތިން ރިޔާޒު މަޔާންއަށް ބަހެއް އެއްލިއެވެ. ރިޔާޒުގެ ނުގަބޫލުގައި މަޔާން އެކޭސް ބަލަންފެށިފަހުން ރިޔާޒު ހުރީ އަނގައިން ދެރަކޮށްގެން މަޔާންގެ އަޒުމު ގުނޑުވާލަން ހިފާފަހެން ހީވެއެވެ. ފެންނަ ކޮންމެ ފަހަރަކު މަޔާން ހިތްމަރުވާފަދަ އެއްޗެއް ބުނެލުމަކީ ރިޔާޒުގެ ވާޖިބަކަށް ހަދައިފިއެވެ.

“ހާސްނުވޭ ސަރ… ތެދަކީ އަބަދު ފޮރުވިފައި އޮންނާނޭ އެއްޗެއްނޫން… ކޮންމެވެސް ދުވަހަކުން ދޮގުގެ މައްޗަށް ތެދު ގަދަވެގަންނާނެ… އެއީ ދުނިޔޭގެ އުސޫލް… ދެރައީ ބައެއް މީހުން ދުނިޔޭގެ ގާނޫނު މުގުރަން ހިފައިފައި ތިބީމަ… އަމިއްލަ ހާލަކަށް ވެއްޓިގަތުމަކީ މީހާގެ މޮޔަކަމެއް ނޫންތޯ…” މަޔާން ދަތްތަކަށް ވާންއަރުވާލައިގެން ހުރެފައިވެސް ގަދަކަމުން ހީލިއެވެ. އިހުތިރާމްކުރުމާއި ހިނިތުންވުމަކީ ރަސްމީ ވާޖިބެކެވެ. ރިޔާޒުއާއި މެދު މަޔާންގެ ހިތުގައި ރުޅިވެރިކަން ނޫން އެއްޗެއް ނުވިނަމަވެސް ވާހަކަދައްކަނީ ރީތިކޮށެވެ. އިހުތިރާމް އަދާކުރެއެވެ.

މަޔާން ކެބިންއަށް ވަތްގޮތަށް އައިޒާންގެ މޭޒަށް އެތިފަހަރެއް އަރުވާލުމާއިއެކު އައިޒާން ސިހުނެވެ.

“އާރގް… އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވާނެ… އެއްބައި މީހުން ފެނުނީމަ ހަމަ ރަނގަޅަށްވެސް ހުޅުހިފާވަރުވޭ…” ރިޔާޒުގެ ފެނުމުން މަޔާންގެ މުޅި ތަބީއަތުވެސް އިތުރަށް ނުބައިވީހެން ހީވެއެވެ. މަޔާންގެ ހިތްވަރުގަދަކަމުން ކެތްތެރިވެލައިގެން ހުއްޓަސް މިދުވަސްކޮޅު ދިމާވަމުންދާ ކަންތަކުން ބޯ ގޮވާފާނެހެން ހީވާވަގުތުވެސް އެބައާދެއެވެ. ޝަލީންއާއިމެދު ވިސްނޭވަރުން ސިކުނޑިއަށް ހިމޭންވަގުތުކޮޅެއް ނުލިިބޭއިރު ރިޔާޒުގެ ސަބަބުން ރުޅި މައިތިރިކުރެވޭ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ.

“ކާމްޑައުން ޔާން… ރިޔާޒާއި ދެމީހުން ފައިޓެއް ހިންގާލަފަދޯ ތިއައީ… ތިދެމީހުން ބަހުން ތަޅަމުންގޮސް އަދި ބެސްޓްފްރެންޑްސްއަށް ވާނޭ ކަންނޭނގެ…” އައިޒާން ކުޑަ ހިނިތުންވުމަކާއިއެކީ އަހާލިއެވެ.

“އަދިވެސް މަތަ ގޯސްވަނީ… ކާމްޑައުންވެވޭގޮތަކަށް ނޫންދޯ ކަންތައް މިވަނީ… ޔޫ ނޯރވަޓް… އަހަރެން ބަލާ ކޭސްގެ އެއްވެސް ފައިލްއެއް ޑޮކްރޫމްއަކު ނެތް… ވަރަށް ރަނގަޅަށް ފޮރުވާލައިފައިވީ… ހުރިހާ ޝުކުރެއް ރިޔާޒަށް…” މަޔާން ކޮލުކަށިގަނޑަށް ވާންކޮށްލައިގެން ހުރެފައި އަތްމުށްކަވާލިއެވެ.

ބްރޯ ސްޓޮޕް… ރިޔާޒާއި ހިފައިގަންނަން ހަދައިގެން ހަލާކަށް ވެއްޓޭނީ ޔާން… އޭނައާއި ޖެހިގަނެެގެން އުޅުނު އެއްވެސް މީހަކަށް ހަމަނޭވާލެވުނުތަ؟ އެހެންނޫނަސް ޔާން އޭނަދެކެ އެހާ ނައްޓަނީ ކީއްވެތަ؟” އައިޒާން ގޮނޑިން ތެދުވެ މަޔާންގެ ކޮނޑަށް އަތްވައްޓާލިއެވެ. މަޔާން ފުންނޭވާއެއް ދޫކޮށްލީ ބޮޑު ވާހަކައެއް ދުލާއިހަމަޔަށް ގެންނަން ތައްޔާރުވާފަދަ ގޮތަކަށެވެ.

“ޒާން ބުނީމެއްނު އަހަރެން މެލޭގައި ހުރެފައި ފުރަންއޮތްދުވަހު މެއިލްކޮށްފައި ތްރީވީކްސްއަށް އެކޮޅުގައި މަޑުކުރަން ޖެހުނު ވާހަކަ ބުންޏޭ… ޔޫ ނޯރ ވަޓް… ދެޓްސް ނޮޓް މީ… މިފަހަރު އަހަރެން މެލޭއަށް ދިޔައީއްސުރެ މީހަކު އަހަންނަށް ފޮލޯކުރި… އެމީހަކަށް އަހަރެން ދާތަންތަނުގެ މައުލޫމާތު ރަނގަޅަށް ވެސް އިނގޭ… އެއްދުވަހަކު ޝައްކުވެގެން މަޑުކުރިތަނާ ރިޔާޒްއޭ ކިޔައިގެން ވާހަކަދެއްކި އަޑުއިވުނީ… ހޯދާހޯދާވެސް އެމީހަކު ނުފެނުނު… އަހަރެންގެ މައުލޫމާތު އެމީހަކު އޮޅުންފިލުވީ… މެލޭ ސްޓޫޑެންޓް ކޭސް އޭނަ އެންމެ ފަހުވަގުތު މަށާއި ހަވާލުކުރީ އަމިއްލަ އެދުމެއްއޮވެގެން…” މަޔާން ކުޑަދޮރުގެ ދާރައިގައި އަތްއަޅުވާލައިގެން އައިޒާންއަށް ފަސްދީހުރެ ވާހަކަދެއްކިއެވެ. އައިޒާންއަށްވެސް މިވީހާތަނަށް ސިއްރުކޮށްފައިވާ ވާހަކަތައް ކިޔަދެމުންދިޔައިރު އެއަޑުގައިވީ ތަފާތު އަސަރެކެވެ. ހިތާމަ އެ ފިރިހެންވަންތަ އަޑުގެ އަސަރު ދެގުނަކުރުވިއެވެ.

ޝަލީންއަށްވީ ވައުދު ފުއްދުމަށްޓަކައި އެނބުރި އަންނަން އޭނަ ހާދަ ހިތްވަރެއްކުރިއެވެ. ހަށިގަނޑުން ލޭކޮށެވިގެންދިޔައިރުވެސް ގަދަކަން ދެއްކިއެވެ. ސަލާމަތްވެގެން އެނބުރިއައުމާއިއެކު ލިބުނީ އޭނަގެ ދިރިހުއްޓާ ރޫހު މަރާލި ނުބައި ހަބަރެވެ.

“އޯމައި ގޯޑް.. ކޮންފަދަ ނުބައި މީހެއް… ތިކަމުގައި ކޮންމެވެސް މީހެއްގެ އަތެއް އެބައޮތް ނޫންތަ؟” އައިޒާން މޭޒަށް ލެގިލައިގެން ހުރެފައި އައިސް މަޔާންގެ ކޮނޑުހުޅުގައި އަތްބާއްވާލިއެވެ. އައިޒާން އިންވެސްޓިގޭޓަރެއްފަދައިން މަޔާންއާއި ކުރިމަތިވީ ކަންތަކާއިމެދު ވާހަކަދައްކަމުންދިޔައިރު މަޔާން ހުރީ ހިމޭންވެފައެވެ. އެހެން ހުރެވެސް އޭނަ ކޮންމެެވެެސް ކަމަކާއި ވަރަށް ފުންކޮށް ވިސްނަމުން ދިޔައެވެ. އެވަގުތު ކެބިންއަށް ޒިޔާދު ވަދެގެން އައުމާއިއެކު ދެޒުވާނުންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަ ހުއްޓާލިއެވެ.

“މަޔާން ސަރ އަޑުއެހިން އޭ.އެޗް ކޭސްއާއި ގުޅޭގޮތުން މަޔާން ރިސާރޗް ކުރަމުންދާ ވާހަަކަ… ގިވް ޔުއަރ ބެސްޓް…” ޒިޔާދު މަޔާންގެ ބުރަކަށީގައި ޖަހާލިއެވެ.

“މަޔާންއަށް އިނގޭދޯ މީ ރިޔާޒްގެ ބެލުމުގެ ދަށުން ދިޔަ ކޭސްއެއްކަން… މަޔާންގެ ބައްޕަ މިތާގެ ހެޑަކަށް ހުރިއިރު ފަސީހު ހުރީ މިކޭސްގެ ކަންކަން ބަލަން ރިޔާޒްގެ މައްޗަށް…. ގުދުރަތީގޮތުން ހިނގިކަމަކަށްވެގެން މިކޭސްނިމުނުއިރު މިކޭސްއާއި ބެހޭގޮތުން މިތަނުތެރޭގައިވެސް ވާހަކަދެއްކެވުނު… އިޓްސް ޔުއަރ ޓާރން މަޔާން… ސަރ އުއްމީދުކުރަން މަޔާންގެ ފަރާތުން ތަފާތެއް ފެނިގެން ދާނޭކަމަށް…” ޒިޔާދު މަޔާންއަށް ހިތްވަރުދިނުމަށްފަހު ނިކުމެގެންދިޔުމުން މަޔާން މަޑުމަޑުން އިނދެ ބީޓަކަށް އިނގިލިތަކުން މޭޒުމަތީ ޖަހަމުންދިޔައިރު ވިސްނަމުންދިޔައީ ކޮންކަމަކާކަމެއްވެސް ނޭނގުނެވެ.

*** *** *** *** *** ***

ރޭގަނޑުގެ ކެއުމަށްފަހު މިޙުރާން މަޔާން ގޮވައިގެން ސްޓަޑީއަށް ވެންނެވުމުން މިލީނާ ލިވިންރޫމްގައި  މަޑުކޮށްލިއެވެ. ސޯފާގައި އިށީދެލައިގެން އިނދެ ރިމޯޓުން ފަހަރަަކު ޗެނަލެއް އަޅުވަމުން ކަމުދާ އެއްޗެއް ނުފެނުމުން މިލީނާ ޓީވީ ނިއްވާލަމުން ސޯފާއިން ތެދުވިއެވެ. އެވަގުތު މިލީނާގެ ލޮލުގައި އަޅައިގަތީ ޓީވީ ރެކްގެ އެންމެ މަތީ ފައްތަރުމަތީ ބައިންދާލެވިފައިވާ ފޮޓޯގަނޑުގައެވެ. މަޑުމަޑުން ސޯފާއިން ތެދުވެގެން އައިސް މިލީނާ އައިސް އެ ފޮޓޯނަގަމުން ފޮޓޯގެ ކަނާތްފަރާތަށް އިން ޒުވާން އަންހެންކުއްޖާގެ މޫނުމަތީ އިނގިލިތައް ހިންގާލިއެވެ.

“ހާދަ ހަނދާންވެޔޭ ހައި މަތިން… އެތައް އަހަރެއްވެގެންދިޔައިރުވެސް އިއްޔެވީކަމަކާއި ތަފާތެއްނެތް… ދުވަހަކު އަހަންނާއި މިޙުރާންގެ ހިތުން ތި ހަނދާންތައް ފިލާނޭކަމެއް ނޭނގެ… ހައި ނެތުމުގެ ފަޅުކަން ފުރާލަދޭނޭ މީހަކު ދުވަހަކު ނާންނާނެ… ކީއްވެ ދަރިފުޅަށް ހައިގެ ލޯބި އެންމެ ބޭނުންވީ ވަގުތު ހައި އެންމެން ރޮއްވާލައިފައި ވަކިވީ…” މިލީނާގެ ލޮލަށް ކަރުނަޖަމާވީއިރު އެކުވެރިޔާގެ ސޫރައަށް ބަލަހައްޓައިގެން ހުރެވުނީ އެ މޫނަށްވެސް ބަލާނެހާ ލޯބިންނެވެ. އެއީ ދުވަހަކު މިލީނާގެ ހިތާއި ވަކިވުމެއްނެތް ހަނދާންތަކެވެ. މިއަދުވެސް އެ ހަނދާންތަކުން ހިތުގައި ރިހުމެއް އުފައްދާލިއިރު ދެއެކުވެރިން އުފަލުގައި އުޅުނު މާޒީއަށް ދެވޭނެނަމައޭ މިލީނާގެ ހިތަށްއެރިއެވެ. ނަމަވެސް އެއީ އަލުން  އަނބުރާއައުމެއްނެތް ދުވަސްތަކެކެވެ. ހިނދުކޮޅެއްގެ ތެރޭ ހުރިހާކަމެއް ބަދަލުވެ ދިރިއުޅުމަށް އައި ޒަލްޒަލާއިން އަރައިގަނެވޭނޭކަމެއް ނޭނގެއެވެ. އެތައް ފުރާނާއެއް ވެލީގެ ދާނުގައި އުމުރަށް ނިދާލީ އެތައް ބައެއްގެ ހިތުގެ ހަމަޖެހުމާއި އުފާތައް ހިފައިގެން ގޮހެވެ. އެތަައްދުވަހެއްފަހުން މާޒީގެ ވޭންތައް މިލީނާގެ ހިތުގެ ވޭންތައް ތާާޒާކޮށްލަދީފިއެވެ.

*** *** *** *** *** ***

މެންދުރު ނަމާދަށްފަހު ހައިޒަލް ޔަޒްދާންއާއި ބައްދަލުކުރީ އެމް.އެލް.ކޭ ހޮޓެލް ކައިރީ ހުރި ކެފޭއަކުންނެވެ. ހައިޒަލް ހޮޓެލްގެ މަސައްކަތެއްގައި އުޅެފައި އައިސް ކެފޭއަށް ވަތްއިރު ޔަޒްދާން އިނީ މާކުރިން ބުއިމަކަށް އޯޑާރކޮށްގެން ކަނަކަށްވާގޮތަށް އިން މޭޒުގައި ލެޕް ހުޅުވާލައިގެންނެވެ. ލެޕްގެ ސްކްރީނުން ނަޒަރު ވަކިކޮށްލުމެއްނެތި ކޮންމެވެސް އެއްޗެއް ޓައިޕްކުރަން އިނދެފައި ހައިޒަލް އައިސް އިށީނުމާއިއެކު ލެޕް ލައްޕާލަމުން ހައިޒަލްއަށް ސަމާލުކަން ހުއްޓާލިއެވެ.

“އަހަރެމެންގެ ޒުވާން ސީއީއޯ މިއުޅުއްވަނީ ހާދަ ބުރަކޮށޭ…” ޔަޒްދާން އަތުގައި ދަތްދޮޅިވިއްދާލަމުން ހައިޒަލްއާއި ދިމާލަށް ލާނެތް ނަޒަރެއް އެއްލިއެވެ.

“ތިހެން ބުނަން އެންމެ ރަނގަޅުމީހާދޯ ތިއީ… މިހުރިހާއިރު ލެޕްތެރެއަށް ވަދެގެން ތިއިނީ މިއޮތް ހުރިހާ އަންހެންކުދިން އެވަރަށް ބަލާއިރުވެސް އިގްނޯރކޮށްލާފައި… ސެޓްވޭތޯ އުޅެލަން ރަނގަޅުދޯ…” ހައިޒަލް ބަލާލުމާއިއެކު މޭޒުތައް ދޮށުގައި ތިބި ކުދިން ފަރިވާންފެށުމާއިއެކު އަނގަޔަށް ގޮތެއް ހަދާލައިގެން އިނދެ ވާހަކަދެއްކިއެވެ.

“ބްރަދަރ އައިމް އެންގޭޖްޑްއޭ.. އެވަރު ނޭނގެނީތަ؟ ތިއެއްނޫނޭ ހައި މާ އާރޖެންޓްކޮށް މީޓްކުރަން ބުނީއޯ…” ޔަޒްދާން މޫނުމަތިން އުނދަގޫވީކަމުގެ އަސަރުތައް ފެނިލިއެވެ. އޭނައާއި މަންހަލްއާއި ދެމެދު އޮންނަނީ ކޮންގުޅުމެއްތޯ އަމިއްލަ ހިތާއިވެސް ސުވާލުކޮށްލެވުނެވެ. ޔަގީނުންވެސް އޭނަގެ ހިތުގައި މަންހަލްގެ މައްޗަށް ލޯތްބެއް ނުވެއެވެ. އެ ނުކިޔަމަންތެރި ހިތް މުޅިން ފަތަހަކޮށްފައިވަނީ އެހެން އަންހެންކުއްޖެކެވެ. ފުރާވަރުގެ އެ ލޯބި ހިތުން ފުހެނުލެވުނީ ހަމައެކަނި ޝާދީންއަކަށް ނޫނެވެ. އޭނާއަށްވެސް މެއެވެ. ޝާދީން ދޫކޮށްލައިގެން އެ ހިތުގައި އަމިއްލަ ލައްވާލި ފާރުގަނޑު އަދިވެސް ރޯކަމާއިއެކު ދެމިއެބަހުއްޓެވެ. ނަމަވެސް ޔަޒްދާން ބޭރުފުށުން ކުލަވަރެއް ދައްކާނުލަނީއެވެ. ޝާދީންއާއި އޭނައަކީ ދުވަހު ގުޅެވެން ނެތް ދެލޯބިވެރިންނެވެ. ތަގްދީރު އޭނައާއި ހައިޒަލް އެކުވެރިކުރުވިއިރު ހައިޒަލްގެ ސަބަބުން ޝާދީން ހަނދާންވާ އެތައް އިރެއް އާދެއެވެ. ހައިޒަލްއަށް އޭނައަކީ ލޯބިވާ ދޮންތަގެ ހިތް ހަލާކުކޮށްލި އަނިޔާވެރިޔާކަން އިނގޭނަމަ އޭނަގެ ފުރާނަ ދަމަައިގަތީސްކަން ނޭނގެއެވެ.

ހައިޒަލްގެ ބެކްޕެކް ހުޅުވާލައިފައި ނެގި ފައިލް ޔަޒްދާންގެ ކުރިމަތީ ބޭއްވިއެވެ. ލެޕް ހުޅުވާލައިފައި އޭނަ ގޫގުލްއިން ސާރޗްކުރި ލިޔުންތައް ދައްކާލިއެވެ. ޔަޒްދާން އެލިޔުންތައް ބަލަމުންދިޔައިރު ހައިޒަލް އުޅަބުށީގައި ދަތްދޮޅި ވިއްދާލައިގެން އިނދެ ޔަޒްދާންގެ މޫނަށް ވެރިވަމުންދިޔަ ކުލަތައް ދިރާސާކުރަން އިނީ ކަމަކާއިމެދު ވިސްނާފަދަގޮތަކަށެވެ.

“އަހަންނަށް މިހީވާ ހީވުން ގޯސްނުވާނަމަ ތިއީ އަހަރެންގެ އުމުރުން ހައަހަރުގައި ހިނގި ހާދިސާއެއް… ތިހާދިސާގައި އަހަރެންގެ މެމޮރީ ލޮސްވީ…” ހައިޒަލް ވާހަކަދައްކަމުންދިޔައިރު ޔަޒްދާންގެ މޫނުމަތިން ހައިރާންކަން ފާޅުވަމުންދިޔައެވެ. އެއީ އޭނައަށް ހައިޒަލްގެ ފަރާތުން އަލަށް އަޑުއިވުނު ވާހަކަތަކެކެވެ.

“ކިހިނެތް ތިހާ ޔަގީންކޮށް ހައިއަށް ބުނަން އިނގެނީ… ވެއިޓް ތިއަަހަރެން އަޑުވެސް ނާހާ…” ލިބުނު ހައިރާންކަމުގެ ސަބަބުން ޔަޒްދާންއަށް ވާހަކަދެއްކުނީވެސް އާގަންނަމުން ކަހަލަގޮތަކަށެވެ.

“1998 އޭރު އަހަންނަށް ވާނީ ހައަހަރު އެހެންވެ އަހަންނަށް އެކަހަލަ ފީލްއެއްވަނީ… ހުވަފެނުން ފެންނައިރު އަހަރެންގެ އޭޖްއަކަށްވާނީ ފައިވް ނޫނީ ސިކްސް… އަހަރެން އެކަން ހަނދާންނެތަސް އެކަމުގެ ޓްރައުމަރ މިވީހާތަނަށް ޖެހެންދެންވެސް އަހަންނަށް އުނދަގޫކުރޭ…” ހައިޒަލް ޔަޒްދާންއަށް އެހުރިހާވާހަކަަތަކެއް ކިޔައިދެމުންދިޔައިރު ޔަޒްދާންއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހައިޒަލް އެފަދަ ކަޅު މާޒީ އެއް ސިއްރުކޮށްފައިވާކަން އޭނާއަށް ކުޑަކޮށްވެސް ރޭކާލާފައެއްނެތެވެ.

“ޔަޒާއަކީ ލޯޔަރއަކަށްވާތީ މިއަހަނީ… އޭ.އެޗް.އިންޑަސްޓްރީޒްގެ މިކޭސްއާއި ބެހޭގޮތުން އިނގޭތަ؟ ނޭނގެ ކީއްވެކަމެއް… ބައްޕަމެން މިކަންތައް މިހުރިހާ ދުވަހު ސިއްރުކުރީމަ އަހަރެންގެ ހިތް ބުނޭ މިކަމުގައި ގޯހެއް އެބައުޅެއޭ… ބައްޕަ ކަމެއް ސިއްރުކުރަން މަސައްކަތްކުރަނީއޭ…” ހައިޒަލް ސިކުނޑިއަށް ވާންކުރަމުން ކަމެއް ނަގައިގަންނަން މަސައްކަތްކުރިޔަސް ވަކިހިސާބަކުން ސިކުނޑި ނިދާލަނީހެން ހީވެއެވެ. ފަނޑުގޮތަކަށް ހަނދާންތަކެއް ފިޔަޖަހާލައިފައިވެސް ހިނދުކޮޅެއްގެ ތެރޭ ފުހެވިގެންދަނީއެވެ.

“އޭ.އެޗް. ތިނަން ވަރަށް ފެމިލިއާ… ކުޑަކުއްޖަކު ސަލާމަތްވީ ފަޔަރ އިންސިޑެންޓްއަކި ކުރިން ވަރަށް ކޮމެން ވާހަކައެއް… އެކަމް އެހާބޮޑަކަށް ނޭނގޭ…” އެއީ ޔަޒްދާންއަށް ކުޑައިރު ވަރަށް ގިނައިން އިވިފައިވާ ވާހަކަތަކަކަށްވީނަމަވެސް މާބޮޑަކަށް ނޭނގުނެވެ. ފަހުން ފަހުން އެ ވާހަކަތައް އަޑުނީވޭތީ އޭނަ ހަނދާނުގައި މިހާރު ނެތީއެވެ.

ހައިޒަލްގެ މޫނުން މާޔޫސްކަމެއް ފެނިލިއެވެ. ޔަޒްދާންއަކީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށްވާތީ ޔަޒްދާންއަށް އޭނައަށް އެހީއެއްވެވޭނޭކަމަށް ހައިޒަލް ހީކުރިއެވެ. އަލްހާން މިހުރިހާ ދުވަސްތަކެއްވަންދެން އޭނައަށް އެކަންތައް ސިއްރުކުރެއްވިިއިރު ދެންވެސް އަލްހާންގެ ފަރާތުން ކަމެއް އޮޅުންނުފިލާނޭކަން ހައިޒަލް އަށް ޔަގީންވެއެވެ.

“މައި ޔަންގަރ ބްރަދަރ… ހީޒް އެ ޕްރޮސިކިއުޓަރ…. ފަހަރެއްގައި އޭނައަށް އިނގިދާނެ… އިންވެސްޓިގޭޝަން ޕްރޮސެސް ނުކިޔައިދިނަސް ބްރީފް އިންފޮމޭޝަންއެއްދީފާނެ… ގުޅަންތަ؟” މަޔާންގެ ނަން ބޮލަށް އައުމާއިއެކު ޔަޒްދާން ބުނެލިއިރު ހައިޒަލް އެއްބަސްވަމުން ބޯޖަހާލައިފިއެވެ. ޔަޒްދާން އެއްފަރާތަކަށް ޖެހިލަމުން މަޔާންއަށް ގުޅާލިއެވެ.

ހައިޒަލް ކުޑަކޮށް ވަރުބަލިވެފައިވާގޮތްވެފައި ހުރުމުން މިލްކްސޭކް ތަށިން އެތިފޮތެއްދަމާލަމުން ގޮނޑީގައި ދެމިލަމުން ލޯމަރާލިއެވެ. އެހެންއޮއްވާ ބޫޓު ބަރުގެ ފިޔަވަޅުގެ އަޑު އިވިފައި ހައިޒަލް ފަސްއެނބުރި ބަލާލިހާ އަވަހަށް މޫނަށް ވައްތަރެއް ޖައްސާލިއެވެ. އޭރު ހައިޒަލްއާއި އަރާ ހަމަވި މަޔާން މޫނަށް ހަދާލިގޮތުން ދުޝްމިނަކާއި ބައްދަލުވީހެން ހީވިއެވެ. ވަގުތުން ޔަޒްދާންއާއި ދިމާލަށް ބަލާލިއެވެ.

“ތުއްތު މީނައާއި މީޓްކުރުވަން ގެނައިކަން އިނގޭނަމަ ނުވެސް އައީމުސް… ތީ އަހަރެންގެ ހުރިހާ އުފަލެއް ޖަހައިގަންނަން ހުރި އިންސާނާ…. ވެއިޓް އެންޑް ވޮޗް… އަހަރެންގެ ހައްގު އަހަރެން ހޯދާނަން…” ޔަޒްދާންއާއި ދިމާލަށް އެއްޗެކޭ ބުނުމަށްފަހު މަޔާން ހައިޒަލްއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. އެލޮލުން އޭރު އަލިފާންކަނި ބުރަމުންދިޔައިރު އެލޮލުންވެސް ހައިޒަލް އަނދާ އަޅިއަށް ހަދާލަފާނެހެން ހީވެއެވެ. މަޔާން އިރުކޮޅެއްވަންދެން އަލިފާނުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރުމަށްފަހު ވައިރޯޅިއެއްހާ ބާރުމިނުގައި ކެފޭއިން ނިކުމެގެން ދިޔުމާއިއެކު ހައިޒަލް ޝޮކެއްގައި ހުރެފައިވެސް ހުދު ދަތްތައް ދައްކާލަމުން ހޭންފެށިއެވެ. އޭރު ޔަޒްދާން ހުރީ އޭނަގެ ލޮލަށް ފެނުނު މަންޒަރުގެ މާނަ ނަގާނެގޮތެއް ނޭންގިފައެވެ

“އެއީތަ ޔަޒާގެ ބްރަދަރއަކީ… ޖަސްޓް އޮޕޮސިޓް އޮފް ޔޫ….” ހައިޒަލް ހުރީ ފާޑަކަށް ފޯރި އަރާފައެވެ. އެދެމީހުންގެ މެދުގައި ދެކޮޅުވެެރިކަން ފެށިގެންދިޔައީ އެކަކުއަނެކަކު ނުވެސް އިނގިއެވެ.  މަޔާން މިހާ ފޯރިއަރުވާފައި ހަގީގަތް އިނގުނީމަ ވާގޮތް ހާދަ މަޖާވާނެއެވެ. އެ ބޮޑާ މޫނުމައްޗަށް އަރާ ކުލަވަރުދެކެން އޭނަ ބޭނުމެވެ.

“ހޫމް… އެކަމް އަސްލު ސިބްލިންގްއެއްނޫން.. ކަޒިންއެއް… އެކަމް ޔާންގެ މަންމައާއި ބައްޕަ އަހަރެންވެސް ބެލީ އެހެެންވީމަ ހަމަ އަސްލު ބްރަދަރއެއްގެ ފީލްއެއް އިންނަނީ… ހައިއަށް ޔާން އިނގެނީ ކިހިނެތް؟” ޔަޒްދާން އޮޅުންފިލުވަންވެގެން ސުވާލުކުރިއެވެ.

“ޕްރޮސިކިއުޓަރއެއްވީމަ އިނގޭނެތާ…. އެހެންނޫނަސް ވީއަރ ފޭޓެޑް ޓު ބީ އެނެމީސް… އިތުރަށް ވިސްނަންޏާ ޔަޒާގެ ސިކުނޑި ގޮވާނީ…” ހައިޒަލް ޔަޒްދާންގެ ކޮނޑުގައި ޖަހާލުމަށްފަހު ބެކްޕެކް ނަގައިގެން ކެފޭއިން ނިކުތީ ޔަޒްދާން އެތައްް ސުވާލުތަކެއްގެ ތެރެއަށް ގަންބާލާފައިއެވެ.

މަޔާން ކެފޭއިން ނިކުތްގޮތަށް ބާރު ހިނގުމެއްގައި ގޮސް ކާރާއި އަރާހަމަވީގޮތަށް އަތްމުށްކަވާފައި ކާރުގެ ބޮނެޓްމަތީ ޖެހިއެވެ. އޭނަގެ ނަފްސުގެ ހަމަޖެހުންނަގާލާ ސޫރައަކަށް ހައިޒަލްވެގެން ހިނގައްޖެއެވެ. ފެންނަ ކޮންމެ ފަހަރަކު ރުޅިގަނޑު ހިލިގެންދަނީ އޭނަވެސް ހައިރާންވާ ދަރަޖައަކަށެވެ. އަދި ރޭގައި މިޙުރާންގެ ނިންމުން އިވުމަށްފަހު ހައިޒަލްއާއި މެދު އޮތް ދުޝްމިނުކަން އިތުރު ދަރަޖައަކަށް ކުރިއަކަށް ޖެހިލައިފިއެވެ. މަޔާންގެ ފަސާނާ ބައްޕަައަށް އިއްވައިދިނުމުން ބައްޕަ އެފަދަ ބޭއިންސާފުވެރި ނިންމުމެއް ނިންމަވާފާނެކަމަށް މަޔާން ހިޔެއްނުކުރެއެވެ. އޭނަގެ ދުޝްމިނުގެ ކުރިމަތީ ބަލި ގަބޫލުކޮށް އޭނަ ލޯބި ދޫކޮށްލުމަކީ އޭނަައަށް ދުވަހަކު ކުރެވޭނޭ ކަމެއް ނޫނެވެ. ހަނގުރާމަކޮށްގެންވެސް އޭނަ ޝަލީން މިލްކުކުރާނެއެވެ. ބައްޕައަށްވެސް ހަގީގަތް އިނގިލައްވާނަމަ ޝަލީން އޭނަގެ ދިރިއުޅުމަށް ގެނައުމަށް ބާރު އެޅުއްވީހެވެ. ހައިޒަލްއަށް ދޫކޮށްލާކަށް ބާރެއް ނޭޅުއްވީހެވެ.

ހައިޒަލްއާއި ހައިޒަލްއާއި ގުޅުންހުރު ކޮންމެ އެއްޗަކާއިމެދު އޭނަގެ ހިތުގައިވަނީ ފޫހިކަމެވެ. އޭނަ އެވަރަކުން ޔަޒްދާން ބުނެގެން އައީވެސް ޔަޒްދާން އޭ.އެޗް.ގެ ވާހަކަ ދެއްކުމުންނެވެ. ޔަޒްދާން އެދުނު ފަރާތާއި ބައްދަލުކޮށްގެން އޭނަ ބަލަމުންގެންދާ މައްސަލައަށް ކުރިއެރުމެއް ލިބޭނޭމަގެއް ފެނިދާނޭކަމަށް ހީކޮށެވެ. އެ މައްސަލައަކީ ހައިޒަލްގެ އާއި ގުޅުންހުރި މައްސަލައެއްކަން އިނގުމާއިއެކު އެ މައްސަލައާއިގެން އިތުރަށް ކުރިއަށްދިޔުމުގެ ޝައުގުވެރިކަންވެސް ނެތިގެން ހިނގައްޖެއެވެ. ހައިޒަލްއަށް މޮޅެއްވާކަށް ކިނބުރުވެރި ހިތަކަށް ނޭދެވެއެވެ.

މިވީހާތަނަށްވެސް އޭނަ ބޭނުންވާކަމެއް އޭނަ ފަރާތުން ނިގުޅައިގަން މީހަކު ހައިޒަލް ނޫނީ ނެތެވެ. ހައިޒަލް އެ ހުރީ އޭނަގެ އުފާވެރިކަމާއި ލޯބި މިލްކުކޮށްގެންނެވެ. ޝަލީންއަކީ އޭނަގެ ހައްޤެކެވެ. އޭނަގެ އަނބިމީހާއެވެ. އަދި އޭނަގެ ދަރިފުޅުގެ މަންމައެވެ. ޝަލީންގެ ބަނޑުގައި ވިންދުޖަހަމުންދާ އޭނަގެ ނިޝާނާއިއެކީ ޝަލީންގެ މައްޗަށް އޮތް އޭނައަށް ހައްގު އިތުރުވެގެންދިޔައީއެވެ. އޭނަގެ ފުރާނަހުރެގެން އެހެން މީހެއްގެ ހައްގަކަށް ޝަލީންވާކަށް ދުލެއްނުކުރާނެއެވެ. މުޅި ދުނިޔެއާއި ދެކޮޮޅަށްވެސް އޭނަ ޝަލީން ހާސިލްކުރާނެއެވެ.

*** *** *** *** *** ***

ޝަލީން މިއަދު ޑިއުޓީއަށް އައިއްސުރެ މަޔާން އުޅުނީ ޝަލީންގެ ފަސްފަހަތުން ކަހަލަގޮތަކަށެވެ. ދެތިންފަހަރަކު ޝަލީން ކެބިންއިން ނިކުމެ ހޯލްވޭ އަޅާލައިފައި ދިޔައިރު ކޮންމެ ފަހަރަކުވެސް މަޔާން ވަކި ހަމާއެއްގައި މަޑުކޮށްލައިގެން ހުންނަގޮތުން ޝަލީންއަށް ކިތަންމެ ރަނގަޅަކަށްވެސް އެކަން ޔަގީންވިއެވެ. އެ ހުސްކަމާއި ވޭނީ ނަޒަރު ޝަލީންއަށް ހުއްޓާލައިގެން ހުންނަގޮތުން ޝަލީންގެ ހިތްވެސް ދޫވެދާނެހެން ހީވިޔަސް ޝަލީން ގަދަކަން ދައްކާލިއެވެ. މަޔާންއަށް ބަލާލުމެއްނެތި ކުރިމަތިން ކުރިކަނޑާލައިފައި ދާއިރު ޝަލީން ހުރީ މަޔާންއަށް ފުރުސަތެއްނުދޭން ނިންމައިގެން ހެން ހީވެއެވެ.

އެންމެފަހުން މަޔާންގެ ކެތްތެރިކަން ކޮޅުންލާގޮތްވީއިރު އައިސް ބާރުބާރަށް ޝަލީންގެ ކެބިންގެ ދޮރުގައި ތަޅައިގަތެވެ. ޝަލީން ދޮރުހުޅުވިގޮތަށް މަޔާންގެ މޫނު ފެނުމުން ދޮރު ލައްޕާލަން އުޅުނަސް މަޔާން އެއަށްވުރެ ހުށިޔާރެވެ. ދޮރާއި ދޮރުފަތާއި ދޭތެރެއަށް އަތްލެއްވިގޮތަށް ޝަލީން ގަދަކޮށްލައިގެން ހުއްޓާ ދޮރު ފޭކޮށްލަމުން އެތެރެއަށް ވަދެގަތެވެ. އެއާއިއެކު ވަގުތުން ދޮރު ތަޅުލިއެވެ.

“އަހަރެންގެ ކެތްތެރިކަން އިމްތިހާނު ނުކުރޭ… އަހަރެން ބޭނުން ވާހަކަދައްކަން… އަހަރެން މިއައީ މައާފަށް އެދެން….” މަޔާންގެ އަޑުގައިވީ އާދޭހުގެ އަސަރެވެ .

“ކިޔާނެހާ އެއްޗެއް ކިޔާފައިތަ ވިސްނެނީ… އަހަރެމެން ދައްކާނޭ ވާހަކައެއް ނޯންނާނެ… ގެޓް އައުޓް …” ޝަލީން މަޔާންއަށް ފުރަގަސްދެމުން އަމުރުވެރިގޮތަކަށް ބުނެލިއެވެ.

“ޝަލީ ޕްލީޒް އަހަންނަށް ޗާންސްއެއް ދީބަލަ… އައިމް ސޮރީ ސްވީޓް ހާރޓް… އައި ރިއަލީ އޭމް…” މަޔާން ޝަލީންގެ ކޮނޑުގައި ފަހަތުން ހިފަހައްޓާލިގޮތަށް ގެނެސް މޭގައި ޖައްސާލިއިރު ކުޑަކޮށް ފަޅާފައިވާ ތުނބުޅީގެ ކަށިކަން ކަރާއި ދިމާލުން އިހުސާސްވިއެވެ.

“މަޔާން މާލޯބިވެގެން އުޅޭނެކަމެއްނެތް… ސްވީޓްހާރޓްވެގެން އުޅޭއިރު ތިޔަށްވުރެ ރީތި ނަންނަމުން ގޮވި ހަނދާނެއް ނެތެއްނު…” ޝަލީން ވަގުތުން މަޔާންއާއި ދުރުވެލިއެވެ. މަޔާންގެ އަތުތެރެއަށް އެއްވެސް ދެކޮޅުހެދުމަކާއިނުލާ އޭނަ ވިރިގެންދިޔަ ދުވަސްތައް މާޒީވެގޮސްފިއެވެ. މަޔާން ލޯބިން ފިރުމަދިން ދެއަތުން އޭނަގެ ހިތުގެ ލައްވާލީ ޒަހަމް ދުވަހަކު ފަސޭހަނުވާނެއެވެ. އިންތިހާ ލޯބިން އެ ރަހުމްކުޑަ ބަސްތައް ހަނދާންނައްތައެއްނުލެވޭނެއެވެ. މަޔާންގެ ލެއިން އޭނަގެ ހަށިގަނޑުގައި އިތުރު ފުރާނައެއްގެ ވިންދު ޖަހުވާފައި ފަޞީހަތްވީވެސް އޭނައެވެ.

“ޝަލީ އަހަރެން މީންކޮށްފައި ބުނި އެއްޗެއް ނޫނޭ… އޭރު ޑެވިލްބޮލަށް އެރިގެން ހިތަށް އެރިހާ އެއްޗެއް ކިޔާލެވުނީ… އެކަމަށް ހާސްފަހަރުވެސް މައާފަށް އެދިދާނަން… އެކަމަކު އެކަން ހަނދާންކޮށްދީގެން ޝަލީ އަހަރެން ރިގްރެޓްނުކުރުވަބަލަ… ޝަލީވެސް ކަންތައް ކުރީ ރަނގަޅަކަށް ނޫނެއްނު… އަހަރެންގެ ވައިފްގެ ގޮތުގައި ހުރެ މެރީކޮށް އަހަރެންގެ ބޭބީއަކަށް ޕްރެގްވީއިރު ނުވެސް ބުނެ… އައި ޑިޒާރވް ޓު ނޯރ…” މަޔާން އަޑުގައިވީ ހިތާމައިގެ އަސަރާއިއެކުވެސް ޝަލީންއަށް އެ ޖުމްލަތަށް މާނަކުރެވުނީ އެހެންގޮތަކަށެވެ. މަޔާން އަދިވެސް އަމިއްލަ ކުށް ގަބޫލުނުކުރަނީއެވެ. އޭނަ ކުށްވެރިކުރީއެވެ.

“ދިފާއުގައި ވާހަކަދައްކާނެ ފުރުސަތު މަޔާން އަހަންނަށް ދިނިންތަ؟ އައިގޮތަށް އައިސް އެއްޗެހި ކިޔާލީ… ޕްރެގްވާހަކަ ބުނެގެންވެސް އަހަރެންގެ ވަރު ނުބައިމީހަކު ނެތްކަމަށްވީ.. އެންމެން ފަހުން ބޭބީގެ ބޮލުގައިވެސް ތުހުމަތު އެޅުވީ… އަހަރެން މިގޮތަށް ކަންތައް ކުރަންޖެހުނު ސަބަބު އަހާލިންތަ؟ ޑޭމިޓް… މަޔާންއެއްނޫނޭ ރުޅިއަންނަންވީ… ކީއްވެ އަހަރެންނަށް ކުރި ވައުދު އުވާލީ… ކީއްވެ ތިން ދުވަސް ތިން ހަފްތާއަށް ވެގެންދިޔައީ… ބުނެބަލަ…” ޝަލީން މޮޔަވެފައިވާ މީހެއްފަދައިން މަޔާންގެ ގިރުވާނުގައި ހިފާ ތަޅުވައިގަތެވެ.

“ޝަލީ އައި ކޭން އެސްކްޕްލެއިން…” މަޔާން ޝަލީންގެ އަތްމަތީ އަތްތިލަ ބާއްވާލިއެވެ.

“ބޭނުމެއްނޫން މަޔާން ދައްކާ ވާހަކަ އަޑުއަހާކަށްވެސް… މަޔާންއާއި ވާހަކަދައްކާކަށްވެސް… މަޔާން އަހަންނާއިމެދު އެންމެ ފުރަތަމަ ހީކުރިގޮތަށް ހީކޮށްގެން ހުރޭ… ޓްރަސްޓްނުކުރާ މީހަކަށް ކިޔައިދިނުމުގެ ބޭނުމެެއްނެތް….” ޝަލީން އަމިއްލަ ނަފްސަށް ބާރުލަމުން ނެތް ހިތްވަރު ދައްކަމުންދިޔައިރު މިއަދު ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓުނެވެ. އޭނަގެ ރުޅިވެރިކަން ފުރަތަމަ ފަހަރަށް މަޔާންގެ ކުރިމަތީ ހާމަކުރެވުނީ އޭނަވެސް ހައިރާންވާ ދަރަޖައަަކަށެވެ.

“ޝަލީ… ޕްލީޒް… އަހަރެމެންގެ ބޭބީއަށްޓަކައިވެސް….” މަޔާން ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ޝަލީންގެ އަތުގައި ހިފާލަން އުޅުނެވެ.

“އަހަރެމެންގެ ބޭބީ… ބޭބީއަކީ ހަމައެކަނި އަހަރެންގެ… ހީޒް މައިން އޮންލީ…. ބޭބީގެ ބައްޕައެއް ނުހުންނާނެ… ހައިޒަލްގެކަން ޔަގީނުންވާއިރު މަޔާންއަށް ވަކި ޔަގީންވޭތަ؟ އަމިއްލައަށް ދޯ ނަހަލާލޭ ކިޔައިގެން ނަންވެސް ހަރުކުރީ…” ޝަލީންގެ ލޯ ތެމޭގޮތްވީއިރުވެސް ކެތްތެރިވެލިއެވެ. ދަރިފުޅާއި ދިމާލަށް އެފަދަ ބަދު ބަހެއް ބުނީތީ އޭނަ މަޔާންއަށް ދުވަހަކު މައާފުނުކުރާނެއެވެ.

“ޝަލީ…” މަޔާން ދަމާލައިފައި ކިޔާލިއިރު އެއަޑުގައި ވޭނެއްގެ އަސަރުވިއެވެ. ޝަލީންއާއި ދަރިފުޅުގެ ހައްޤުތަކުން އޭނަ މަޙްރޫމްކޮށްލިއިރު ހިތަށް ކުރި އަސަރު ޝަލީންއަށް ނޭނގެނީ ހެއްޔެެވެ؟ ދަރިފުޅުގެ މައްޗަށް އޮތީ ހަމައެކަނި ޝަލީންގެ ހައްޤެއްނޫނެވެ. އެއީ އޭނަގެވެސް ލޭ ހިންގާ ފުރާނައެކެވެ.

“އަަހަރެން އިތުރަށް މަޔާންއާއި ދައްކާނެ ވާހަކައެއް ނެތް…” ޝަލީން ބާރުބާރަށް ހިނގާލައިފައި ގޮސް ފާޚާނާއަށް ވަދެ ދޮރު ތަންޑު އަޅައިފިއެވެ. އެއާއިއެކު އޭނަގެ މިހުރިހާ ހިފަހައްޓައިގެން ހުރި ކަރުނަތައް ލޮލުން ބަންޑުންވެ ކޯތާފަތް މައްޗަށް އޮހިގަތެވެ. މަޔާންއާއި މެދު އެގޮތަށް ކަންތައްކުރީތީ ހިތްވެސް އޭނަައަށް ލައުނަތްދިނެވެ.

މަޔާން އިރުކޮޅެއްވަންދެން ޝަލީން ނިކުމޭތޯ ހުރުމަށްފަހު އެންމެ ފަހުން ކެތްނުކުރެވިގެން ގޮސް ދޮރުގައި ޓަކިދެމުން ޝަލީންއަށް ގޮވިއެވެ. ދޮރުހުޅުވަން އެދެވުނު ޢަދަދެއްވެސް ނޭގުނެވެ. ނަމަވެސް ޝަލީން ގަަދަކޮށްލައިގެން ހުރީއެވެ. މަޔާންގެ އަޑުކެނޑުނުފަހުން ޝަލީން ފާހަނައިން ނިކުތްއިރު މަޔާންގެ ފަހަތުން ދާން ހިތް އެދުނެވެ. މަޔާން ލައްވާ އެވަރަށް އާދޭސްކުރުވަން ހިތްވެސް ދެކޮޅު ހަދަނީއެވެ.

*** *** *** *** *** ***

ބްލޫސް އެނުއަލް މީޓިންގައި ބައިވެރިވާ ބޮޑީގާރޑުންނާއި އެ މީހުން އެރޭ ހަރަކާތްތެރިވާން ހަމަޖެހިފައިވާ ޕޮޒިޝަންތައް ކަނޑައެޅިގެންދިޔުމާއިއެކު އެކަންކަން ނޯޓްކުރެވިފައިވާ ގަނޑު ހިފައިގެން ނައިނާ ހައިޒަލްގެ ކެބިންއަށް އައިރު ކެބިންތެރެ އޮތީ ހުސްކޮށެވެ. ނައިނާ ކެބިންގެތެރެއަށް ނަޒަރު ހިންގަމުން އައިސް ހައިޒަލްގެ މޭޒުކައިރީ ހުއްޓުނެވެ. މޭޒުމަތީ ތަރުތީބެއްނެތި ވާ ކަރުދާސްތައް ނައިނާ ތަރުތީބުކޮށްލިއިރު ލޮލުގައި އަޅައިގަތް ކަރުދާސްގަނޑަކުން ދެބުމަދޭތެރެއަށް ރޫއަރުވާލެވުނެވެ. ވަގުތުން އެ ކަރުދާސްގަނޑު ނަގައި އޭގައިވާ ލިޔުންކޮޅު ނައިނާ ކިޔާލިއެވެ. އެއީ މާބްލް ހޮސްޕިޓަލްގެ ހައިޕޮޓޮނިސްޓް ޑރ އިޒްކާންއަށް ހައިޒަލް ދައްކާފައިވާކަމުގެ ލިޔުމެކެވެ.

“ޕީ.ޓީ.އެސް.ޑީ…” އެ ނަން ލޮލުގައި އަޅައިގަތުމާއިއެކު ނައިނާގެ ސިކުނޑީގެ ދޮރުގައި ހަނދާނެއް ޓަކިދިންކަހަލައެވެ. އޭނަ ހަނދާންވީ ތަންކޮޅެއްކުރިން ޝަލީންއާއި ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ޕީޓީއެސްޑީއާއި ބެހޭގޮތުން އޮޅުންފިލުވި ހަނދާނެވެ. އެފަހަރު ޝަލީން ކިޔައިދިން ހުރިހާ އަލާމާތެއް ހައިޒަލްގެ ކިބައިން ފެންނަ ކަންކަމާއި ދިމާވިއެވެ.

“ހައި މާބޮޑަށް ސަކަރާތްވަނީތަ؟ ހައި އުޅޭ ގޮތުން ސަފަރކުރާކަން އިނގޭ…. ހައިއަށް އަހަރެން އެންމެ ބޭނުންވީ ވަގުތު ދުރަށް ތިލީ ހައި އަމިއްލައަށް…. ހައި ތިގޮތަށް ފެންނަހާ ދުވަހަކު އަހަންނަށް ދުރުން އުޅެން ކެތްވާނެތަ؟ މިހާރު ޑޮކްއަށްވެސް ދާންފެށީ…” ނައިނާގެ ލޮލުން ރިހުމެއް ފާޅުވިއެވެ. ހައިޒަލްގެ ހަށިގަނޑުގައި އަޅާ ކޮންމެ ވޭނަކީ އޭނަގެ ހަށިގަނޑުގައި އަޅާވޭނެއްފަދައެވެ. ހުވަފެނުގައި ހައިޒަލް ތެޅިފޮޅޭތަން ފެންނަ ކޮންމެ ފަހަރަކީ ނައިނާގެ ހިތް ކަތިލެވިގެންދާފަހަރެކެވެ. އެވަގުތު ހައިޒަލް ހޭވެރިކަމަށް ނުގެނެވިގެން ނައިނާ ބިރުންގޮސް ހިތްހުއްޓޭވަރުވެއެވެ. އެ ހަނދާންތައް ވިޔަސް ނައިނާއަށް މިއަދުވެސް ހައިޒަލްއާއިމެދު ވިސްނެއެވެ. ރޭގަނޑުގެ ނިދިން މަހުރޫމްވެފައި އޮންނަންޖެހެއެވެ. ހައިޒަލް މިހާރު އެކަނިވެރިނުވާނެކަން އިނގޭއިރުވެސް ހައިޒަލްގެ ގާތުގައި ހުރުމަށް ނައިނާއަށް އެދެވެނީއެވެ.

ނައިނާއާއި ދިމާލަށް އައި ބަރު ފިޔަވަޅުތަކުގެ އަޑާއިއެކު ނައިނާ ލޯފުހެލަމުން މޭޒުމަތީ ލިޔުންބާއްވަމުން މޭޒާއި ދުރަށް ހިނގައިގަތެވެ. އޭރު ހައިޒަލް އައިސް ނައިނާއާއި އަރާހަމަވީއެވެ. ނައިނާ އިސްއުފުލާ ބަލާލުމެއްވެސް ނެތި ދާން ހިނގައިގަތުމާއިއެކު ނައިނާގެ އަތުގެ ތެރެއަށް ހައިޒަލްގެ އިނގިލިތައް ވައްދާލަމުން ނައިނާގެ އަތްތިލަ އެއަތުގެ ތެރޭގައި ފޮރުވާލިއެވެ.

“ނުދޭ… ޕްލީޒް… އަހަރެން ފެންނަ ކޮންމެ ފަހަރަކު އަހަންނާއި ދުރަށްދާން މަސައްކަތްނުކުރޭ…” ހައިޒަލްގެ އަޑުގައި ހިލަހިތެއްވެސް ވިރުވާލާހާ އަސަރު ހުއްޓެވެ.

“ކީއްވެ… އަހަރެމެންގެ ދެމެދުގައި މިއަދު ކޮންގުޅުމެއް އޮތީ…” ނައިނާގެ ޖުމްލަތަކުން ހައިޒަލްގެ ދޫބަންދުކޮށްލިއެވެ. އެއާއިއެކު ހައިޒަލްގެ އަތާއި އަތްތިލަ ވަކިކޮށްލަމުން ދުރަށް ހިނގަތުމާއިއެކު ހައިޒަލް ނައިނާ ކޮނޑުގައި އަތްވަށާލަމުން ގެނެސް މޭގައި ޖައްސާލިއެވެ.

“ދުނިޔެއަކީ ހާދަ ކްރުއެލްތަނަކޭ… ހުރިހާ އުފަލެއް ލިބިވެސް އެންމެ ބޮޑު އުފަލުން އަހަރެންމިވަނީ މަހުރޫމްވެފައި… އަހަރެންގެ ތެޅެމުންދާ ހިތަކަށް ފަރުވާއެއްނުލިބޭ…” ހައިޒަލް ޝަކުވާކުރިއެވެ. އޭނައާއި ނައިނާގެ ހިތަކީ ފަރުދާއެއްގެ ތެރޭގައި ފޮރުވިފައިވާ ދެހިތެވެ. އިންތިހާ ލޯބިން ދެހިތް ބޭގަރުވެފައިވިޔަސް ފާޅުކުރާކަށް ހާލަތު ތަނެއްނުދެއެވެ. ދުލާއިހަމަޔަށް ގެންނަން ބޭނުންވާ ލަފްޒުތަކުގައިވަނީ ކަސްތޮޅު އެޅިފައެވެ.

“ދުނިޔެއަކީ ކްރުއެލްތަނަކަށް ހެދީ ހައިގެ އަމިއްލަ އަތުން… އަހަރެންގެ ދިރިއުޅުންވެސް ހަލާކުވީ… ހައި ބޭނުންވީ ދުވަހުު އަހަރެން އިންތިހާއަށް ލޯބިދިނިން… އެކަމަކު ލޯތްބާއި އިތުބާރުގެ ބަދަލުގައި ހައި އަހަރެން ބާކީކޮށްލީ…” އެއީ ނައިނާގެ ހިތުގެ އަޑެވެ. ހައިޒަލް އޮޅުންބޮޅުންކޮށްލި އޭނަގެ ހަޔާތުން ދުވަހަކު ނިކުމެވޭނޭކަމެއް ނޭނގެއެވެ. ހައިޒަލްގެ އޭނަގެ ހިތުގައި އުފެއްދި ލޯބި އޭނަ ހީކުރިވަރަށްވުރެ ބާރުގަދައެވެ.

*** *** *** *** *** **

އޮލަ ދުންކުލައިގެ ބިޔަ ވިލާގަނޑުން ދުނިޔެ މައްޗަށް ނިވާއެޅިތާ އިރުކޮޅެއްނުވެ ބޯކޮށް ވާރޭ ވެހެންފެށިއެވެ. ފުރާޅުތަކުގައި ވާރޭތިކިތައް ތަޅަމުންދާއަޑު އިވެންފެށިއިރު ބާރު ވައިރޯޅިތައް ވާރޭއާއި ބައިވެރިވެގެން ފަޒާ ހަލަބޮލިކޮށްލިއެވެ. އޭރު ހިނދެއް ހިނދަކަށް އަނދިރިކަން ފުންވަމުންދިޔައެވެ. ވިލާތަކާއި ނިވާވެގެން އިނދެ އިރުގެ ދުނިޔެއާއި އަލްވަދާއު ކިއީއެވެ.

ވާރޭވެހެންފެށުމާއިއެކު ހައިރާ ނައިނާގެ ކޮޓަރީގެ ތެރޭގައި ހުރެފައި ބެލްކަންޏަށް ނިކުތެވެ. ބެލްކަނީގައި ބަހައްޓާފައިވާ ހެދުން އަޅުވާ ހަރުގައި އަޅުވާފައިވާ ނައިނާގެ ހެނދުންތައް ނަގައިގެން އައިސް ގޮނޑިމައްޗަށް އަޅާލަމުން ބެލްކަނި ދޮރު ދަމާލަން ހައިރާ ދޮރާއި ކައިރިވެލިއެވެ. އޭރު ވާރޭ ބޯކުރަމުންދިޔައިރު ވަށައިގެންވާ އަނދިރީގެ ތެރޭ ދިއްލާފައިވާ އިމާރާތްތައްވެސް ފެންނަމުންދިޔައީ ފާހަގަކުރަން ނޭނގޭހާ ފުސްކޮށެވެ. ވާރޭގެ އެތައް ހާސް ތިކި ފަޒާގެ ތެރޭގައި ނަށާލައިފައި އައިސް ބެލްކަނީގައި ދެމެމުންދާ ކޯރަށް ހިނދިގެންދާތަން ބަލަހައްޓައިގެން ހުރިއިރު ހައިރާ މާޒީއަށް ގެއްލޭގޮތްވިއެވެ. އެއީވެސް މިފަދަ ތޫފާނީ ވިއްސާރަ ރެއެކެވެ.

*** *** *** *** *** ***

ހުއްޓުމެއްނެތި ވެހެމުންދާ ބޯވާރޭގެ ސަބަބުން އިރާކޮޅުގެ ވަގުތުވެސް މަގުތަކުން ދުއްވާ އެއްޗެއްގެ އަޑު ނީވޭއިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. ވެހެމުންދިޔަ ފިނި ފިނި ވާރޭގެ ފިނިކަމާއިއެކު މިރޭ ހިނގާދިޔަ ނުރައްކާތެރި ހާދިސާގެ ސަބަބުން ސިހުންލިބިފައިވުމުން އޮއްސުނު އިރާއިއެކު މީހުން ގޭގެއަށް ވަދެ ތަންޑު އެޅީއެވެ. މަގުމަތީ ގިނަވެގެން އުޅޭ ގްރޫޕަށްވެސް އެ ހިމޭންކަމުގެ ފައިދާ ނޭދެވޭ ގޮތެއްގައި ނަގަން ނުކެރުނީއެވެ.

މަގުތައްމަތީ ދިރޭފުރާނައެއްގެ ހިލަމެއްވެސް ނުވާއިރު މަޑުމަޑު ހިމޭން ގިސްލުމެއްގެ އަޑު މަޑުމަޑުން ބާރުވަމުންއައެވެ. ވެހެމުންދިޔަ ބޯވާރެއާއި ނިވާވާނޭގޮތެއް ނެތި މަގުގެ އެއްކޮޅުން ހުސްފައިގައި ހިނގާފައި އައި އަންހެންކުއްޖާގެ ދެއަތް މުށްކެވި ކަރުގެ ދަށަށްލައި ބޮޑިކޮށްލެވިފައިވާއިރު ތެމިފޯވެފައިވާ އެ ހަށިގަނޑު ތުރުތުރުއަޅަމުންދިޔައެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުން މިވަގުތު ކަރުނަ ދެމެމުންދިޔައިރު މޫނުމަތީ ވިދަމުންދިޔަ ފެންތިކިތަކާއިއެކުވެ ކަރުނަތައް ވަންހަނާވަމުންދިޔައެވެ. ގިނައިރު ފިނީގައި އުޅުމުގެ ސަބަބުން އެދޮންމޫނު އެކީ ރަތްވެފައިވާއިރު ރަތްކުލައިން ފެވިފައިވާ ތުންފަތުގައި ރޫރޫއެޅުމެއް އުފެދިފައިވެއެވެ. އެ ހަށިގަނޑުގައިވާ ޒަޙަމްތަކުން މިވަގުތުވެސް މޫނާއި އަތުން ލޭތިކިތައް ދެމެމުން ފެނާއި އެކުވެ ދޮވެވެމުންދިޔައެވެ. އެކުއްޖާ ލައިގެން ހުރި ހެދުންވެސް ލެޔާއި ކިލައިން ތަތްތެޅިފައި ވާއިރު ހެދުމުގެ ފަސްބައިވަނީ އަނދައިގެން ކަޅުވެފައެވެ. އުނދަގުލާއިއެކު ލަސްލަހުން ކޮންމެ ފިޔަވަޅެއް އެކުއްޖާ ނަގަމުންދިޔައީ އެ ހަށިގަނޑުގައި އަޅަމުންދާ ވޭންތަކަށް ކެތްކުރަމުންނެވެ. އެންމެ ފަހުން އިތުރަށް ކުރިއަށްދާނޭ ހިތްވަރެއް ނެތިގެން އެކުއްޖާ ދެކަކޫ މައްޗަށް ތިރިވިއެވެ. އެހެން އިނދެފައި ބާރުބާރަށް ރޮއެގަތީ މަންޒިލެއްނެތް ދަތުރުވެރިއެެއްފަދައިންނެވެ. އެއަޑު ވާރޭގެ ތެރެއަށް ހިނދިގެންދިޔައިރު އެ ކުއްޖާގެ ވޭނީ ހަޅޭކުގެ އަޑު ފަޒާގައި ފަޑުގޮތަކަށް ގުގުމާލިއެވެ.

މަޑުމަޑުން އިވުނު ތޫލިއަޑާއިއެކު އެންމެ ކައިރިއަށް ހުރި ގޭގެ ދޮރުހުޅުވިގެންދިޔައެވެ. ކުޑައެއް ހިފައިގެން ޒުވާން އަންހެނަކު ބޭރަށް ބޯދިއްކޮށްލަމުން ދޮރު ބޮޑަށް ހުޅުވާލުމާއިއެކު ބޭރަށް އެޅުނު އޮރެންޖް އަލިން މަގުގައިވާ އަނދިރިކަމަށް ނިމުމެއްގެނައިރު އެ އަންހެންކުއްޖާއަށް ލޯމަރާލެވުނީ ލޮލަށް އެއަލި އެޅި އުނދަގޫވީވަރުންނެވެ. ތޫފާނީ މޫސުމަށް ކުދިކިޔާލަމުން އެ އަންހެންމީހާ ދޮރުން ބޭރަށް ނެގި ފުރަތަމަ ފިޔަވަޅާއިއެކު ހުއްޓުންއެރީ އެގޭ ދޮރުމައްޗަށް ވާގޮތަށް މަގުމަތީ އިށީދެލައިގެން އަންހެންކުއްޖާ ފެނިފައެވެ. އެހެން ހިޔާލެއްގައި ހުއްޓާ ކުއްލިއަކަށް މީހެއް ފެނުމުން ސިހުނުވަރުން އެއަންހެންމީހާގެ އަރުތެރެއިން ހަޅޭކެއްގެ އަޑުބޭރުވިއެވެ. އެއާއިއެކު ޖެހިލުންވެފައި ހުރެ މޭމަތީ އަތްއަޅާލެވުނެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމާއިއެކު ވަގުތުން އެތެރެއިން ދާން ބޭނުންވިޔަސް އަންހެންކުއްޖަކު ވާރޭ ތެރެއަށް ބިކަކޮށްލާފައި ދާހާ ހިތްވަރެއް އާނިޔާއަކަށް ނުކުރެވުނެވެ. ދޮރާށި ކައިރީ އެކުއްޖާގެ ހަރަކާތްތައް ދެކެން ހުރުމަށްފަހު ކުޑަހުޅުވާލަމުން އާނިޔާ ވާރޭތެރެއަށް ނިކުތެވެ.

“އޭ… ތިއީ ކޮން އަންހެންކުއްޖެއް؟ މިއޮއް ވިއްސާރައިގައި އެކަނި އިންނާކަށްނުވާނެއެއްނު… މީހަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..” އާނިޔާ އެ ކުއްޖާ ނިވާވާގޮތަށް ކުޑަ ދިއްކޮށްލަމުން ވާހަކަދެއްކިއެވެ. އެކުއްޖާގެ ފަރާތުން ހިމޭންކަން ނޫން އެއްޗެއް ނުފެނުނުއިރު އާނިޔާ އެކުއްޖާއާއި އެއްހަމަޔަކަށް ތިރިވެލިއެެވެ.

“ފިނިވެގެން ގޮސް މީހާ ރޫރޫއަޅަނީއެއްނު… ވިއްސާރަ ހުއްޓާލަންދެން ހިނގާ އެތެރެެއަށް…” އެ ކުއްޖާގެ ހަށިގަނޑުގައިވީ ރޫރޫއެޅުން ފާހަގަކުރެވުމާއިއެކު އާނިޔާ އަދިވެސް ބޮޑަށް އެ ކުއްޖާ ކުޑައިން ނިވާކޮށްލަމުން އެކުއްޖާގެ އަތުގައި ހިފައި ތެދުވަން އެހީތެރިވެދިނެވެ. އެވަގުތު އެ ހަށިގަނޑު ލެއިން ކަޅިވަމުންދާތަން ފެނި އާނިޔާގެ ހިތުގައި ރަހުމް އުފެދުނެވެ. އާނިޔާ އެ އަންހެންކުއްޖާ އަތުލަފިކޮށްގެން ކަހަލަގޮތަކަށް ގެއާއި ދިމާލަށް ހިނގައިގަތެވެ.

އެޕާރޓްމެންޓްގެ ދޮރުހުޅުވާލުމާއިއެކު ދުވެފައި އައި ކުޑަ އަންހެންކުއްޖާ އާނިޔާގެ ފައިގައި ބައްދާލިއިރު އާނިޔާ ކައިރީ ހުރި އަންހެންކުއްޖާއަށް ބަލާލީ ބީރައްޓެހި ނަޒަރަކުންނެވެ.

“މީ އަހަރެންގެ ދަރިފުޅު ނައިނާ…” އާނިޔާ އެ ކުޑަ އަންހެންކުއްޖާގެ ބޮލުގައި އަތްހިންގާލަމުން ހިނިތުންވެލިއެވެ. އެއާއިއެކު ކުޑަކުޑަ ނައިނާ ގަޔާ ދުރުކޮށްލުމަށްފަހު އެ އަންހެންކުއްޖާ ގޮވައިގެން އެންމެ ގާތަށް ހުރި ކޮޓަރިއަށްވަނެވެ.

“ހިކިލައިގެން އެއްޗެހި ބަދަލުކޮށްލަންވީނު… ފިނިހިފާފާނެ…” ކަބަޑުން ނެގި ހެދުމަކާއި ތުވާލި އެކުއްޖާގެ އަތުތެރެއަށް ލައިދިނުމަށްފަހު ފާހަނާއާއި ދިމާލަށް އާނިޔާ އަތުން އިޝާރާތްކޮށްލިއެވެ. އެ ކުއްޖާ ގަނބުއަރާފައި އެއްދިމާލަށް ބަލަހައްޓައިގެން ހުރުމާއިއެކު އާނިޔާ އެކުއްޖާގެ އަތުގައި ހިފައިގެން ގެންގޮސް ފާހަނައަށް ވެއްދިއެވެ.

އާވިއަރައަރާހުރި ސޫޕްތަށި ތަބަކަކަށް ލައިގެން އާނިޔާ ކޮޓަރިއަށް ވަތްއިރު އެ ކުއްޖާ އިނީ އެނދުމަތީގައި އިށީދެލައިގެންނެވެ. އާނިޔާ ދިން އެއްޗެހި ލައިގެން އިންއިރު މިވަގުތުވެސް އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ގަނބުކައިފައި އިންއިރު ލޮލުން ތިރިއަށް ހުއްޓުމެއްނެތި ކަރުނައިގެ ރޮނގުތައް ދެމެމުންދިޔައެވެ. އާނިޔާ ކައިރިވެ އެ ކުއްޖާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“އާނީ…” އެވަގުތު ދޮރުކުރިމަތީ ހުރެފައި އާނިޔާގެ ފިރިމީހާ ނިހާން ގޮވާލި އަޑަށް އާނިޔާ ފަސްއެނބުރި ބަލާލިއިރު ނިހާން އޭނާގެ ފަހަތުން އައުމަށް އިޝާރާތްކޮށްލަމުން ދުރަށް ހިނގައިގަތީއެވެ. އާނިޔާ ކޮޓަރިން ނިކުތްއިރު ނިހާން ހުރީ އެމީހުން ނިދާ ކޮޓަރީގެ ދޮރެއް ލެގިލައިގެންނެވެ. އާނިޔާ އަރާހަމަވުމާއިއެކު އާނިޔާއަށް ފުން ނަޒަރެއް ދެމުން ނިހާން ވާހަކަދެއްކިއެވެ. އެދެމެދުގައި ކިތަންމެ މަޑުން ވާހަކަދެކެވުނަސް އެވާހަކަތައް އެއަންހެންކުއްޖާގެ ކަންފަތާއި ހަމަޔަށްފޯރިއެވެ.

އިރުކޮޅެއްފަހުން އާނިޔާ ކޮޓަރިއަށްވަތްއިރު އެމޫނުމަތީގެެ ކުލަވަރު ތަފާތުވެފައިވެއެވެ. ކަމެއް ދިރާސާކުރާފަދަ ގޮތަކަށް އެއަންހެންކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އާނިޔާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

“ސުވާލެއްކޮށްލަންތަ؟ ތިއީ…” އާނިޔާގެ ސުވާލު ފުރިހަމަނުކުރެވެނީސް އެ އަންހެންކުއްޖާ ނޭފަތް އެތެރެއަށް ދަމާލިއެވެ. އެއާއިއެކު އަމިއްލައަށް ވާހަކަދައްކަންފެށިއެވެ. މަޑުމަޑުން އެކުއްޖާ ވާހަކަދައްކަމުންދިޔައިރު ދޭތެރެއިން ވާހަކަ މެދުކަނޑާލަން ޖެހެނީ ގިސްލެވެމުންދިޔަލެއް ބޮޑުކަމުން ކުރިއަށް ގެންދަން އުނދަގޫވެގެންނެވެ. ދޭތެރެއަކުން ނޭފަތް އެތެރެއަށް ދަމާލަމުން އެ ކުއްޖާ ވާހަކަ ކުރިއަށްގެންދިޔައިރު އަޑުއަހަންއިން އާނިޔާގެ ހިތަށްވެސް ފުން އަސަރެއްކުރިއެވެ. އެއަޑުގައިވީ ވޭނާއި އަދި އެ ރަހުމްކުޑަ އަމަލު އިވިފައި އާނިޔާގެ ލޯވެސް ފެންކަޅިކުރުވަމުންދިޔައެވެ.

“ސުބްހާނައްﷲ،… ކޮންފަދަ ނުބައި ބައެއް… އެއީ ހަމަ އިންސާނުންތަ…. ކޮންބައެއްކަމެއް ނޭނގޭތަ؟” އެ އަންހެންކުއްޖާގެ ވާހަކަތަކަށް އަޑުއިވިފައި އާނިޔާގެ ތުންފަތްމަތީ ޝަހާދަތް އިނގިލި ޖައްސާލެވުނެވެ. މާތް ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ހުރުމަތްތެރިކުރައްވާ މާތްކުރައްވާފައި އިންސާނަކަށް ހަމަ އެފަދަ ދަށު ދަރަޖައަކަށް ވެއްޓިގަންނަން ކެރިދާނެ ހެއްޔެވެ؟

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ….44

Next

ގާތަގައި ނުވިޔަސް ލޯބިން 4

Next
July 14, 2019

ގާތަގައި ނުވިޔަސް ލޯބިން 4

Previews
July 13, 2019

ބުނާށެ ލޯބި ނުވަނީހޭ….44

55 Comments!

  1. dhiraa wish says:
    July 13, 2019 at 9:11 pm

    heres the 55th part of Bunedheyshe ruhemey.. hope everyone will like this part too.. i look forward for your comments.. next part on monday night.. keep waiting.. good night

  2. Jumkko says:
    July 13, 2019 at 9:11 pm

    Mi first dhw.. Kiyalafa comment eh kohlaanan….

    1. dhiraa wish says:
      July 13, 2019 at 9:48 pm

      yeah mifaharu first

  3. Nax says:
    July 13, 2019 at 9:12 pm

    Dhiraaa, ❤❤❤❤

    1. dhiraa wish says:
      July 13, 2019 at 9:48 pm

      labba

  4. Pretty girl says:
    July 13, 2019 at 9:22 pm

    Yes me first dhw. ..salhi ey dhw

    1. dhiraa wish says:
      July 13, 2019 at 9:50 pm

      yeah

  5. Hidha says:
    July 13, 2019 at 9:35 pm

    Wow ? beautiful ? madu madun kureege secret thah engigen dhaa goiy varah reethi, husha elhumah hama ? Thanks Dhiraa ?

    1. dhiraa wish says:
      July 14, 2019 at 4:28 pm

      thannkss dear… varah ufaa vehjje kamu dhiyaima.. hope to see you on other parts too

  6. azker says:
    July 13, 2019 at 9:37 pm

    ?????when next part….. v. furihamaand emotional

    1. dhiraa wish says:
      July 13, 2019 at 9:50 pm

      thnks. insha allah mondayga

  7. Anonymous says:
    July 13, 2019 at 9:48 pm

    is this an english series cox i want to watch it so bad… i want to see haizal

    1. dhiraa wish says:
      July 13, 2019 at 9:51 pm

      its not dear.. i even wish if i could meet haizal… thnks for the cmnt

  8. Haizal's says:
    July 13, 2019 at 10:11 pm

    Omg… now make mayaan and hai frndz again.. so hai ge suvaalu thakah vx madu madun javaabu libi mayaan he case vx kuri ah dhaane…
    And mayaam aa shaleen ge hithuga ehaa varh nujahsabaa sis… bring them together sooon

    And as always mi bay vrh reethi.. ?
    Waiting for monday night?

    1. dhiraa wish says:
      July 14, 2019 at 4:30 pm

      thankss dear.. thee hai ge aih mathee oih kamehnu.. shalee ge hithuga jahsan dhiraves dheraveyey.. ekm shalee boaharuveema keehkuraanee dhw..

  9. Zeeniya says:
    July 13, 2019 at 10:20 pm

    Mee varah digu story ehtha

    1. dhiraa wish says:
      July 14, 2019 at 4:31 pm

      dhira gasthu kohgen huri varah vure dhiguvamun mi dhanee… ekm vaahaka mihaaru mi dhanee ninumakaai dhimaalah

  10. Sidhu says:
    July 13, 2019 at 10:21 pm

    Dhiraa love adhi 1 part genes dhehchey ingey Mirey ? vrh reeeeeethi mi part vex???

    1. dhiraa wish says:
      July 14, 2019 at 4:33 pm

      thankss dear.. sorry dear.. next part on monday night.. liyamundhaa vaahaka akah vaathee dhira ah undhagoo ehaa avas avahah up kuran.. ekm dheythere akun e gothah up kohladheynan inge

  11. liyaa says:
    July 13, 2019 at 10:45 pm

    mashaa allah v reethi ☺???❤

    1. dhiraa wish says:
      July 14, 2019 at 4:33 pm

      thankss dear

  12. ??? says:
    July 13, 2019 at 11:28 pm

    Vvvv rythi mibaii ???

    1. dhiraa wish says:
      July 14, 2019 at 4:34 pm

      thankss dear

  13. Lily says:
    July 13, 2019 at 11:37 pm

    Mee varah reethi… Varah kiyaa hithun kiyaa vaahakaeh…. Varah furihama… Faahaga kurevey feshigen mihaa hisaabah ai iruves avas kollaafa vaahaka ninmaalan noolhe kiyuntherin kiyaa hiyvaagothah vaahaka genesdhemun annakan. Varah reyvuntherikamaa ekyga liyamun anna vaahakaeh kamahves faahaga kurevey…

    1. dhiraa wish says:
      July 14, 2019 at 4:35 pm

      thankss dear..varah ufaa vehjje ehaa kamudhiyaima.. and comment fenifa varah ufaa vehjje… thankss baraabarah kiyamun ahnaaatheee

  14. Dream says:
    July 14, 2019 at 5:50 am

    V reethi. when is the next part???

    1. dhiraa wish says:
      July 14, 2019 at 4:36 pm

      thankss dear.. next part on monday night

  15. Belle says:
    July 14, 2019 at 8:25 am

    this is beautiful story

    1. dhiraa wish says:
      July 14, 2019 at 4:36 pm

      thanks dear

  16. jiji says:
    July 14, 2019 at 1:32 pm

    Dhiraa..Mi bai vec vvvv rythi…Sifakurun nd all..I really like the way hw yuh are bring the story…keep it up<3 <3 <3

    1. dhiraa wish says:
      July 14, 2019 at 4:37 pm

      thanks darla.. your comments motivates me a lot

  17. maai says:
    July 14, 2019 at 2:46 pm

    Maasha allah you are the one of the best writer in this story…????????
    Dhiraa abhuri vv talent … mi dhaa iraain ithurah kuriyyah dhevidhaane….
    Gavaaidhun conment nukuriyas hama knme episodeh eba kiyan….sifa kohdhyfa hunna goiii vvvv loabi…ekam faahaga vaa thankolheh eba oii ..vaare vehey manzaru sifa loh dhyfa hunnay hurohaa scene eh ga ves hama eh kahla gothakah dhen haizal smile vaa iru irah v ginain beynun koffa indhey “enme reethi hinithunu vun “mi gothah eyge badaluga thafaathu kollinama vv furihama vaane…. dhen over all kn varah rythi mi story…film thakuga ves baeh scene thaa aadhe ennu foohi kn ddhw e gothah medhu therein dhe thin ep eh kudakoh haasaru dhamaafa boring hutyas mi vaahak akee hadi vaahaka ekey nubuneveyne…..keep it up dear and dont look for negetive conmnets…yesterdayga conmbet tahhah kiyaalfa sad ves vi…..forget that and keep goin love u dhiraa wish ????????

    1. dhiraa wish says:
      July 14, 2019 at 4:41 pm

      haadha dhigu comment eh kohlaafa miothy… thankss dear… mi vaahaka ehaa kamudhiyaeethee dhira varah ufaa vehjje.. and ragalhu kohlanvee kanthah faahaga kohdhineethee varah bodah thankss.. then ahna scenes dhira thafaathu kohlaanan ingey.. mi comment fenuneemaves dhera vaa khala comments vaguthun hadhaan nethihjje…. thanks for the support.. varah ufaa vehjje thihaa supportive reader akaai dhimaa veema

  18. ??? says:
    July 14, 2019 at 3:35 pm

    Mi part ves varah Reethi… curiously waiting…….

    1. dhiraa wish says:
      July 14, 2019 at 4:41 pm

      thankss dear.. keep waiting for monday night

  19. azker says:
    July 14, 2019 at 4:52 pm

    dhiraa neh tha mirey story up kureveykah im dying to read it???

    1. dhiraa wish says:
      July 14, 2019 at 7:57 pm

      sorry dear.. i dont think i can upload it tonight.. need more time to type.. insha allah will upload on tommorrow night

  20. Kama says:
    July 14, 2019 at 7:34 pm

    Mi kdrama hadhaa kudhinves esfiya vaahaka site ga hunna vhka copy kohgen mi genesdhenee. Mi ulhey beyrumyhunves haadha copy kureyey dho. Hama dhethn dhivehi vahaka mix kohlaafa drama mi genesdhenee. Mi vhka V rythi. Korean Chinese Taiwanese adhi mi ulhey hindi drama tha mee hama copycats hama. Dhiraamen belle kahala writers kuraa bura masakkathun ideas nagaa copy kurun emyhnge kamakee. Haadha rythi vhka eh mee. Waitin 4 next part.

    1. Avalon90 says:
      July 14, 2019 at 7:38 pm

      Ya, darla, binmaa men nuvaane ekachakaves mi kudhin thibbaa

    2. dhiraa wish says:
      July 14, 2019 at 8:00 pm

      i wish to see that korean or taiwan or chinese, hindhi, english or dhivehi drama which has the same plot and story line to this.. so that i can see my character with my own eyes.. thanks for the compliment

    3. dhiraa wish says:
      July 14, 2019 at 8:03 pm

      Avalon90 thanks for the compliment it motivates young writers like me alot

  21. Zaee says:
    July 14, 2019 at 7:53 pm

    V shalhi.. kithan part tha vaahakai gai in’naany??

    1. dhiraa wish says:
      July 14, 2019 at 8:04 pm

      thankss dear.. well im not sure.. im trying to bring a end to this without making it much lengthier

  22. Xyz says:
    July 14, 2019 at 8:17 pm

    Mi part ves varah varah furihama. Mi site enmme intersting story ah Dhiraage mi vaahaka vaane. Keep doing what you do. So looking forward the next part.

    1. dhiraa wish says:
      July 14, 2019 at 8:38 pm

      thnks dear

  23. Hai says:
    July 14, 2019 at 8:43 pm

    Aslu negativities nuves hutteveryone emyhun nethihya ves aslu furihama eh nuvaane kuriah fahaiy nubalaa dhiyun eh ee buhdhehverin ge gothakee each and everything is a lesson for us hama komme meehaku komme ehchekey kiyas eh ee dhiraa ah kuriah dhaan libey plus point eh kamah balaafa thi dhaa gothah kuriah dhey and naina ge life ge bai bodah genesdhehchey?????

    1. dhiraa wish says:
      July 15, 2019 at 9:54 am

      thnks for the support

  24. Anonymous says:
    July 14, 2019 at 10:17 pm

    hai????

    1. dhiraa wish says:
      July 15, 2019 at 9:55 am

      thnks for cmnt

  25. Anonymous says:
    July 14, 2019 at 11:01 pm

    Kobaatha kudhin kudhin, haadha kameh nethey, comment kuraa kudhin koba? Customs kudhinkolhah ehen kameh fenuneetha? Hibernate vaa moosun aeetha.

    1. dhiraa wish says:
      July 15, 2019 at 9:56 am

      ekudin sai bone 🙂

  26. Anonymous says:
    July 14, 2019 at 11:03 pm

    Mirey haadha kameh nethey dho. Whrs ol the fun comment kuraa loves?

    1. dhiraa wish says:
      July 15, 2019 at 9:57 am

      nidaifi

  27. ? says:
    July 15, 2019 at 9:38 am

    Baeh readers ah negative comment kiyan majaa viyass,, just think dhiraa ah vaane goii.. hama ekeni negative comment kohlanee eh noon, sometimes it being too personal dho asslu. Rangalhu kohlan hunna kan buneema ei plus point ekanthah rangalhu kohgen kuriyah dheveynee vess.. ekamu baeh comment thah kiyaafa,, ehen meeheh nama mihaaru demotivate vegen vaahaka huhtaalaa kahala commentss ves eba hurey kohfa. Varah baivaru time husskohgen vaahaka eh liyeveynee lot of hard work.. we should respect her dho asslu..
    Btw dhiraa.. story is awsome hama. Varah reethi Haige past genesdhey goii vess.. ekamu mayaan keevetha rulhi annanee Hai dheke.. mihaaru inge ehnu kihineg vee kameh kan vess.. hehe.. eagerly waiting for next part.. pls vaahaka nimendheh kuriyah gendhahchey. Mee mihaaru mi site ga in emme reethi vaahaka

    1. dhiraa wish says:
      July 15, 2019 at 9:58 am

      thnks for the support… mayaan got made because his dad asked him to leave shaleen to haizal.. and he cant understand why his dad told so.. mi part ga ihnaane ethankolhu

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 56←


All Right Reserved!