Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 22

Monsta Level 310 Stories100 Comments100 Login
July 13, 2019 6 Mins Read
27 Comments

“ޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ.

“ޔޫ ނީޑް މެޑިކަލް އެސިސްޓެންސް…” ރިފާޝާ ހުންނަނީ އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟

އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް ހުޅުވާލީ ހިތް އަވަސްވެ ހުރެއެވެ.

އެމީހުން ޤަބޫލު ނުކުރިޔަކަސް ވީ ކަމެއް ވާނީ ވީ ކަމަކަށެވެ. އަދި މެޑިކަލް އެސިސްޓެންސް ބޭނުންވެޔޭ ބުނެފިެއް ނޫންހެއްޔެވެ. މިއޮތީ ސާފު ހެއްކެވެ. ވީ އުފަލުން އަހަރެން، އެ ސްކްރީންޝޮޓް ހުޅުވައިގެން އެމީހުން ކައިރިއަށް ދިޔައީމެވެ.

“ނަސީބެއްނު ސްކްރީން ޝޮޓެއްވެސް ނެގުން ކަން..” އަހަރެން ބުނީމެވެ. ދެން ހެކި އޮތުމުން އެމީހުންވެސް ޤަބޫލު ކުރީއެވެ. އަހަރެން ފޮނިވެލާފައި ރިފާޝާއަށް ލޯ އަޅާލީމެވެ އަދި އެއްފަހަރު އަހަރެންނަނީ މޮޔައެކޭ ބުނެބަލާށެވެ. މޫދަށް ފައްތާނަމެވެ.

ރިފާޝާ ގޮސް، ޓީވީ ސްކްރީނަށް އަރުވާލީ، ނޫނު އަތޮޅު މެޕެކެވެ. އަހަރެމެން ބޭނުންވާ ސަރަހައްދު ޒޫމް ކޮށްލިއެވެ. އަޔާޒް، ކޮމްޕިޔުޓަރުން ކުރި މަސައްކަތް އަހަރެންނަށް ހާދަ މަޖާވިޔެވެ. ހުރެގެން، އެ ފޮޓޯގަނޑު ޒޫމްކުރަނީއެވެ. ހަމައެކަނި ދޯނި ފެންނަވަރަށް ޒޫޫމްކޮށްލައިފިއެވެ. މީނަގެ ގަމާރު ކަމާއެވެ. އެ އުޅެނީ އެ ސާފުވޭތޯ ހެއްޔެވެ. އެއީ ސްކްރީން ޝޮޓެކެވެ. ކިތަންމެ ޒޫމެއް ކުރިޔަސް އެއަށްވުރެ ބޮޑަށް އޭތި ސާފެއް ނުުވާނެއެވެ.

ޒޫމް ކޮށް ކޮށްފައި، އަޔާޒް ތެދުވެ، މާކަރަކުން، ޓީވީގައި، ދޯނިން ފެށިގެން މައްޗަށް ހުރަހަށް ރޮނގެއް ކުރަހާލިއެވެ. މޮޔަވީ ކާކުކަން މިހާރު އެބަ އޮޅެއެވެ.

“އެ ޑިންގީ އެދަނީ، މި މިސްރާބަށް… މާނައަކީ، އެ ރަށަށޭ އަރަން އެދަނީ..” އަޔާޒް ބުންޏެވެ. ކުރިން ބުނެވުނުހާ ގަމާރެއް ނޫންތާއެވެ. އެކަމަކުވެސް ގަމާރެވެ. އަޔާޒްއަކީ ހަމަ ބޮޑު ގަމާރުބޮލެކެވެ.

އެރަށުގައި ހޭދަވި އުފާވެރި ވަގުތުތަށް، އީން ހަނދާންވަނީ ހެއްޔެވެ. އީން އެރަށަށް ދަނީ ކީތް ކުރަން ހެއްޔެވެ.

“ސޯ، ކޭކޭ….” ރަށުގެ ނަން އިނގުމުން އަހަރެން ވަރަށް ފޮނިވެލާފައި މާ މޮޅު މީހަކަށް ވެގެން ބުނެލީމެވެ.

“ނޯ.. ތޮޅެންދޫ… އެއޮތް ފަޅު ރަށް” އަޔާޒްއާއި ރިފާޝާ އަހަރެންނާއި ދިމާއަށް ބަލަމުން، ބުނެލިއެވެ. މޮޅު މީހާ މޮޅުު ވެއްޖެއެވެ. ރަނގަޅަށް ވެސް ކަޑަވިއެވެ.

“ކޮން އިރަކުން ދާނީ؟” އަހަރެންގެ ކެތް ތެރިކަން ކޮޅުން ލަނީއެވެ. އަހަރެން އަހަރެންގެ އީން ބޭނުމެވެ. ހެޔޮ ޙާލުގައި ފެންނަން ބޭނުމެވެ.

“މިހާރު..” ލިބުނީ އަހަރެން އެންމެ ބޭނުންވި ޖަވާބެވެ.

“ހިނގާ ދާން.” ދަތް ކޮޅު ރޮނޑަށް ދީގެން ހުރެ އަހަރެން ބުނީމެވެ.

“ޕިސްޕިސް ކެތްތެރިވެބަލަ…” އެއްކަލަ ރިފާޝާއެވެ. އަހަރެން އުޅެނީ އަހަރެންގެ އީން ގެއްލިގެން ކަންވެސް ހިތަކަށް ނާރުވާނެއެވެ. މިހާރުވެސް ކެތް ވާނެ ވަރަކަށް ކެތް ކޮށްފީމެވެ.

“އާން..” އަޔާޒް އަހަރެންނަށް ބައެއް އެއްޗެހި ދިނެވެ. އިންޖެކްޝަން ކަހަލަ އެއްޗިއްސެވެ. ސަލާމަތަށް ގެންދާ އެއްޗިއްސެވެ. ފުރުނީ، އެތައް އިރެއް ފަހުން، އެ ލަސް ދެމީހުންނަށް ތައްޔާރު ވެވުމުންނެވެ. އީން ފެންނަން އަހަރެންގެ ހިތް ތެޅޭ ވަރު އެމީހުންނަށް އިހުސާސްނުވަނީއެވެ.

…………..

ފުން ކަނޑުގެ ތެރެއިން ގޮސް، ރަށުގެ ވެލިގަނޑަށް ޑިންގީ ބީއްސާލުމާއިއެކު، އަހަރެން ހުރީ ދޮންވެލި ގަނޑުގައެވެ. ބޮޑު ފަސްގަނޑު އެތަށް ހިސާބަކަށް ފެތުރިފައިވީ އިރު، ފެހިކަން ގަދަ ގަސްތައް ނޫޫނީ، އެއްވެސް ދިރުމެއްގެ ހިލަމެއްވެސް ނުވެއެވެ. އަނެއްކާ މި ފަޅު ރަށުގައި އެމީހުން އީންއަށް ހެދީ ކިހިނެއްބާއެވެ.

ދެވެން އޮތް ހަނި މަގުން އަހަރެމެން އެތެރެއަށް ދާން ހިނގައިގަތީމެވެ. ޒަމާންވެ ވީރާނާވެފައި ހުރި ގެތަކާއި ދިމާވުމުން އަހަރެންގެ ހިތް އިތުރަށް ތެޅެން ފެށިއެވެ. އީން ފެންނަން އުޅޭ ކަމުގެ ޢަލާމާތްތައް ފެންނާތީއެވެ.

މަގު ކަފިވެ އަހަރެމެން ތިން މީހުން، ދިޔައީ ތިން ދިމާއަށެވެ. އަނެއް ދެމޯީހުން ހެން، އަހަރެންނަށް ހިނގާކަށް ނުހުރެވުނެވެ. ދުއްވައިގަތީ އަވަހަށް އީން ހޯދުމުގެ ބޭނުމުގައެވެ. ލިބެމުން ދިޔަ އަނިޔާތައް ކުއްޖެއްވެސް ނޫނެވެ. ނުބަލާ ދުވަމުން ދިޔައިރު މޫގަނޑުގަނޑުގައި އަޅައިގަނެފައި ވެއްޓެނީ، ޖެހޭ ބާރު މިނުން ނުތެދުވެވޭ ވަރަށެވެ. ކުންނާރު ގަހެއްގައިވެސް އެއްފަހަރަކު އަޅައިގަތެވެ. ކުރާނީ ކީތްހެވެ. ހިތް ތެޅެނީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.

ވަރަށް ދުވެވިއްޖެއެވެ. މެޕެއް ނުބަލާ ދެވޭ ނުދެވޭއެއްވެސް ނޭންގެއެވެ. ދެފަހަރަކު ފުށްޓަރު ފަރާތަށްވެސް ދެވިއްޖެއެވެ. އަޔާޒް ނުވަތަ ރިފާޝާއާއިވެސް ދިމާވެއެވެ. އެމީހުންވެސް އެ އުޅެނީ މަގު އޮޅިގެންނެވެ. މިހާރު ދެން ނުހޯދޭ ތަނެއް ހުރެގެން ނުވާނެއެވެ. ވަރުބަލިވެސް ވެއްޖެއެވެ. ވާނެ ނޫންހެވެ. ބުން ޖަހާފައި ދުއްވައިގަތީ ގައިގައި ހުރިއްޔާ ހުރިހާ ބާރެއް ލައިފައެވެ.

މާނޭވާ ލަމުން ތިން މީހުން ހިނގާފައި ދިޔައިރު އަޑެއް ފާހަގަ ވީ، އާދަޔާ ޚިލާފަށް އެއްވެސް ވާހަކައެއް ނުދައްކާ ހިނގަމުން ދިޔައީމައެވެ. އެއީ ތަންކޮޅެއް އެތެރޭގައި ހުރި ވަރަށް ބޮޑު ގެޔަކުން އިވޭ، ކޮންމެވެސް ބައެއްގެ ވާހަކަ ދެއްކުމުގެ އަޑެވެ. އަހަރެމެން މަޑުމަޑުން ފާރަލީމެވެ.

ކޮންމެވެސް ވަރަކަށް ދަންނަ މޫނުތަކެކެވެ. ކޮންމެ ބަޔަކަސް ކީތްހެވެ. އަހަރެން ބޭނުމީ ހަމައެކަނި އަހަރެންގެ އީންއެވެ.

މި ރިފާޝާގަނޑަށް އިނގޭނީ ޕްލޭން ފަނި ކުރާށެވެ. ހުރެފައި ހަމަ ބޮޑު ކިނބިއްސެއް އަޅާލީއެވެ. ގަސްތުުގައި ނޫންކަން އަހަރެންނަށްވެސް އިނގެއެވެ. އެކަމަކވެސް އަހަރެން ކުށްވެރި ކުރާނީ އޭނައެވެ.

އަޑަށް އަހަރެމެންނާ ދިމާއަށް އެމީހުން އައެވެ. ސިކުުނޑިތައް ގަމާރުކަމުން. ޕިކްނިކް ގްރޫޕެއް ކަމަށް އެކްޓް ކޮށްލަންވެސް ނޭންގުުނެވެ. ވިސްނުމެއް ނައިސްގެން، އެންމެ ފަހުުން ކަންތައްވެ ނިމުނީ، ބޮޑު ތަޅާ ފޮޅުމަކުންނެވެ ގަޔަށް ބޮލަށް އެރީ، ބޮޑެތި ކަޅު ފަލަ ގެރިތަކެއްހެންނެވެ.

އަޑުުގަދަވެގެން އިތުރު މީހުން ނިކުތް ގެ، އަހަރެން ފާހަގަ ކުރީމެވެ. އެމީހުންގެ އަދަދު ފުދޭވަރަކަށް ގިނައެވެ. ހުނަރުވެރިކަންވެސް ވަކި ދެރައެކޭ ނުބުނެވޭނެއެވެ. އަހަރެމެން ހުރިހާ ފިރިހެނުން އުޅުނީ، ބައިބަލާ ކުޅެވޭތޯއެވެ. ބުނަން ޖެހެނީ، ކަމެއްވިއްޔާ ވީ ރިފާޝާއަށޭއެވެ. ދެތިން ބިޔަ ފިރިހެނުން ބިމަށް ތިރިކޮށްލަނީ، ނަޝާލަމުންނެވެ.

ހިން ދެމިލެވުމުން، އަހަރެން ދުއްވައިގަތީ، އެ ގެޔާ ދިމާއަށެވެ. އީންއެވެ. އައިމް ކަމިންއެވެ.

އަދި އެހާ ފަސޭހައިން ވަދެވޭ ގޮތެއްނުވިއެވެ. ދެމީހަކު ކުރި ބެއްދީއެވެ. އެމީހުން ބިމަށް ތިރިކޮށްލަންވެސް، އަހަރެންގެ ހިތް ޖާގަ ނުދިނެވެ. ދެމީހުުން ފޮޅާލަމުން، އަހަރެން ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައީމެވެ. ދޮރުފަތް ނެތް ދޮރުތަކުން ބޯ ދިއްކުރަމުން، ދެމީހުން ފޮޅަމުން އުޅެނިކޮށް، ތަންކޮޅެއް އެތެރޭގައި ހުރި ތަނަކަށް ވަދެވުނެވެ އެއީ ފުދޭވަރަކަށް ފަހުން މަރާމާތުކޮށްފައި ހުރި ތަނެއް ކަންނޭންގެއެވެ.

ވަށައިގެން އަނދިރިކޮށް އޮތްއިރު، ފެންލައިޓުން ކޮންމެވެސް ވަރަކަށް އަލި އެޅިފައި ހުއްޓެވެ. ޓައިލްސް ނުޖަހާ  ހުރި، ސިމެންތި ފްލޯގައި، ވެއްޓިފައި އެ އޮތީ، އެލީނާ ނޫން އެހެން މީހެއް ނޫނެވެ. އެއީ ހަމަ އަހަރެންގެ އެލީނާއެވެ. ދިރި ހުރި ކަމެއްވެސް ނޭންގެއެވެ. ވަށައިގެން އޮތީ، ހުސް ލެޔެވެ.

އަހަރެންގެ ޙާލަކީތޯއެވެ. ފެންނަނީ ހުވަފެނެއް ކަމަށް ބަލައިގެން އަހަރެން ލޯ ކޮނެލަ ކޮނެލަ ހުރީއެވެ. އަހަރެންގެ އީންއަށް މިހެން ހަދަން ކެރުނު ބަޔަކު މީހުންނަށް ހަލާކުހުއްޓެވެ. ހިތަށްވީ ތަދާއި އެޅި ވޭން އިނގޭނީ ހަމަ ހިތަށެވެ. ބާރަށް ގޮސް އެލީނާކައިރީ ހުއްޓެވުނު އިރު، ބުނަން ބޭނުން ނުވިޔަސް ދެލޯ ހުރީ ތެމިފައެވެ. ފިރިހެނަކަށް ވުމުގެ މާނައަކީ، ދުވަހަކުވެސް ނުރޮވޭނެއެކޭ ނޫނެވެ. ކެތްވާނީވެސް ވަކިވަރަކަށެވެ.

ފަހަތުން މީހެއް އަހަރެންނާއި ދިމާއަށް އައިކަން އެނގުނެވެ. ނަމަވެސް ވާނެ ގޮތެއް ވުން ވަރިހަމަ ހީވެފައި އަހަރެން އިނީއެވެ. އަޔާޒްއާއި އެމީހެއްގެ ތަޅާފޮޅުމެއް ވެސް ފަހަތުގައި ހިނގިއެވެ. އަހަރެން އެންމެ ފަހަރަކު ބަަލައިވެސް ނުލަމެވެ. ބަޔަކު، އަލީނާއަށް މިހެން ހަދަން ޖެހުނީ ކީއްވެ ހެއްޔެވެ. ސަބަބެއްނެތި، ބަޔަކު މިކަހަލަ ކަމެއް ނުކުރާނެއެވެ. އީން ކުރި ކަމެއް މިހާރު އިނގެން ވެއްޖެ ނޫންހެވެ.

“މާޒިން…. މާޒިން… ހިނގާބަ ދާން.. އޭތް” ރިފާޝާ އަހަރެން ކޮންޑުގައި ހިފާ ތަޅުވާލުމުން، ހަމަ ބިމަށް އާދެވުނެވެ. އީންއަކާ ޖެހުން ފަހުން، ހަމައިން ނައްޓަނީވެސް މަދަކުން ނޫނެވެ. އެލީނާ ފެނުމުންވެސް އިތުރަށް ކަމެއް ރަނގަޅެސް  ނުވިއެވެ. އަޔާޒް އައީ އެލީނާ ނަގަން ކަން ފަހުމްވި ހިނދު، އަހަރެން އަވަސް ހަރަކާތާއެކު، އީން، އަތްދަނޑިމައްޗަށް ލައިގެން ތެދުވީމެވެ. އަޔާޒް ހީކުރީ އަހަރެން ހުއްޓާ އަހަރެންގެ އީން ލިބޭނެ ކަމަށް ހެއްޔެވެ. އެހެނެއް ނުވާނެއެވެ.

………………..

ސަފާރީގެ ކޮޓަރިއެއްގައި އެލީނާ ބާއްވާފައި އޮތް އިރު، އަހަރެން ހުރީ ދޮރު ކަންޏަށް ލެނގިލައިގެންނެވެ. ބޭރުގައި ހުރި ސޯފާގައި، އަޔާޒް އާއި ރިފާޝާގެ އިތުރުން، ނަރުސް ކުއްޖާ، ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އެލީނާ ނުހޭލަނީސް އެއްވެސް ކަމެއް ކުރާހިތެއް ނެތެވެ. އީންއާ ނުލައި އަހަރެންނަށް ދުނިޔޭގައިވެސް ނޫޅެވޭ ވަރު ވެއްޖެއެވެ.

“ޒިން؟” ދުރަށް ބަލަހައްޓައިގެން ހުއްޓާ، މަޑު އަޑަކުން އީން ގޮވާލުމާއި އެކު، އަހަރެންނަށް އެލީނާ ކައިރިއަށް ދެވުނީ ދުވެފައެވެ. ފަހަތުން، ޝަރާ އާއި ދެން ތިބި ދމީހުންވެސް އައެވެ.

“މީ ކޮންތަނެއް… މަ މިތާ ކީތްކުރަނީ….” އީން ފެށީ ސުވާލު ކުރާށެވެ. އޭގެ ޖަވާބު ދިނުމަށްް ވުރެ އަހަރެންނަށް މުހިންމުވީ، އެއްވެސް އާދަޔާ ޚިލާފު ކަމެއް ހުރިތޯ ބެލުމެވެ. އީންއަށް ކަމެއް ނުވާކަން ޔަގީން ކުރާށެވެ.

“މާޒިނޫ… އެކުއްޖާއަށް ނޭވާލާނެ ތަންކޮޅެއް ދިނަސް ރަނގަޅުވާނެ.. ސާބަހޭ..” މި ރިފާޝާއަށް ދިމާކުރަން ނޫނީ ނޭންގޭނެއެވެ. ނިކަން ރިފާޝާ ލޯބިވާ މީހަކަށް ގޮތެއް ހަދާލަންވީއެވެ.

“ޔޫ އޯކޭ؟… އެއްްވެސް ތާކަށް ތަދުވޭތަ؟” ކުޑަހުޅުގައި އޮތް ބެންޑޭޖް ގަނޑު ބަދަލުކުރަމުން ޝަރާ ސުވާލުކުރިއެވެ. އީންގެ ޖަވާބަކަށް ވީ ބޯހޫރުވާލުމެކެވެ. އެއްވެސް ތާކަށް ތަދުވާ ކަމަށް އެއްބަސް ނުވުމުން، މާ ގިނައިރު މަޑު ނުކޮށް ދިޔައީއެވެ. އަހަރެންނަށް ރަނގަޅެވެ.

“ކޮބާ ދޮންބެ؟ އަސްލު ކިހިނެއްތަ ވީ؟” އީންގެ އަނގަފެޅީ އެހެން މީހުން ދިޔައީމައެވެ.

“ލުވެއިޒް ވާނީ….. މިހާރު ޕެރިސްގަ ކަންނޭންގެ. މަ ނުދަން އެކޮޅަކަށް.. އެއްކޮށް މި އުޅުނީ، އީން ނުފެނިގެނެއްނު..” ހަމަ ޙަޤީގަތުގައި ވެސް ލުވެއިޒް ހަނީމޫނަށް ފުރި ކަމެއްވެސް އަދި ނުފުރާކަމެއްވެސް އަހަރެންނަކަށް ނޭންގެއެވެ.

“އަސްލުތަ؟ ކީތްވެ ބެސްޓީ ވެޑިންގަ ނުހުރެ މަ….” އެލީނާގެ ހިތަށް އެރީ ކޯޗެއްކަމެއް ނޭންގެއެވެ. ޖުމުލަ މެދު ތެރެއިން ހުއްޓާލީއެވެ.

“ހަމަ އެނގިހުރެ އެއްނު ތި އަހަނީ…. ލޯބި ވާތީ…” ލަދަކާ ހުރެތަދެއް ނުފިލާނެއެވެ. އަހަރެންވެސް މިހާރު މި ނުކެރޭ ގޮތްގަނޑު ދޫކުރަން ވެއްޖެއެވެ. ކިތަންމެ އުނދަގޫ ނަމަވެސް، އެ ފުން ދެލޮލަށް ބަލައިގެން ހުރެ އަހަރެން އެ ދެލަފްޒު ބުނިއިރު، ބިން ފަޅާފައި އަޑިއަށް ދާން އުޅޭހެންވެސް ހީވެއެވެ. ހަމަ ނޭވާ ލެވެން ފެށުނީވެސް އީން އިސްދަށަށް ޖަހާލުމުންނެވެ.

“މީ ކޮންތަނެއް…. އެން އެއީ ކޮން ބައެއް.” އެލީނާ ސުވާލު ކުރީ އަހަރެން ނުވެސް ވިސްނާ ހުއްޓައެވެ. އަމިއްލަ ގަމާރުކަން ރަނގަޅަށް ހިތަށް އެރިއެވެ. އެހެން މީހުން މާ އަވަހަކަށް ގަޔަށް ބޮލަށް ހިނި އަރައިގެން އުޅޭ ބީދައިން ނިކުތީ، އެ ސުވާލު ކުރިމަތި ވާނެކަން އެނގޭތީއެވެ. އެވަރު ނުވިސްނި އަހަރެން މި ހުރީއެވެ. ދެން ބުނާނެ އެއްޗެއް ދުލަށް އައިސްފިއްޔާވެސް، ކީތްހެވެ.

“ތި ހުރެވެނީ ސަފާރީއެއްގަ….. އީން… ތަނަކަށް ތަދުވަނީތަ؟” އަހަރެން، ވާހަކަ އޮޅުވަން ދަސްކުރީ އަހަރެންގެ ލުވެއިޒް ކައިރިންނެވެ. އެކަމަކު އެހުނު އެއްޗެއް އެހުނީ، ވާހަކަ އޮޅުވާލުމުގެ ގަސްތުގައެއް ނޫނެވެ. އީންގެ މޫނު މަތިން ދާތިކިތަކެއް ފާޅުވާން ހުރުމާއެކު، ވަރުބަލި ކަން ފެންނާތީއެވެ.

“ނޯ… މިހާރު އޯކޭ… ޖަސްޓް ކުޑަކުޑަކޮށް….” އަރިކަށީގައި އަތް އަޅާލަމުން އެލީނާ ހިނިތުންވެލިއެވެ. ބަދަލުގައި އަހަރެންގެ ދެތުންފަތް މަޑުން ނުހުރެ ފޭވެލިއެވެ. އެއީ އަބަދުވެސް އޮޓޯ އިން ވާކަމެކެވެ. ކޮންޓްރޯލް ކުރަން އުޅުނަސް ނުހުއްޓުވޭނެއެވެ. ރަނގަޅުވާނީ އަޅާނުލިއްޔާއެވެ.

“ހިނގާ ބޭރަށް… މާލެއަށްވެސް ދާން ޖެހޭނެއްނު…” ވިސްނާލާނެ ވަގުތުކޮޅެއް ލިބުމުން އަހަރެން ބުނެލީމެވެ. މިއީ ކޮން ތަނެއްކަން އަހަރެންނަށް ބުނެވިއްޖެއެވެ. ބާކީ މަސައްކަތް އޮންނާނީ އެހެން މީހުންނަށެވެ.

“ހޭ… ޔޫ އޯކޭ…” ރިފާޝާ ގޯހީ ހަމައެކަނި އަހަރެންނަށެވެ. އެލީނާ ފެންނަ އިރަށް ޝަރާއާއި ދެމީހުން އައިސް ގެންގޮސް، ސޯފާގައި ބައިންދާފައި، ގޮސް ދުރިގައި އިށީނެވެ. ރީތި ވީމަ، ފިރިހެން ކުދިން ނޫނަސް، ލޯބި ވަނީއެވެ. އީންއެވެ. މިހާރު އެބަ ކުޑަކޮށް ހަސަދަވެރި ވެސްވެއެވެ.

އަހަރެން ގޮސް އިށީނީ، އެލީނާއާއި ޖެހިގެންނެވެ. ހަމަ އެއާއެކު، އެލީނާ، އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ. އެކަމަކު ހަމައެކަނި އަހަރެންނަށް އިވޭ ވަރަށެވެ.

“އެއީ ޝަރާ…. ރިފާޝާ….. އެން އަޔާޒް… ޔުއާ ޅިޔަންބެ..” އަހަރެން އިޝާރާތް ކުރަމުން ފަށްޗަކަށް އަމުނާލީމެވެ.

“ޅިޔަންބެ؟” ނޭންގިގެންވެސް، އިތުރަށް އެ މައުލޫއަށް ދާކަށް ނުޖެހުނެވެ. އެލީނާއަށް ޝައުޤުވެރިވެވުނީ، އަޔާޒްއާ މެދުއެވެ. އަހަރެން ޅިޔަންބެޔޭ ބުނުމުން، އަދި ނިކަން ރީތިކޮށް އެއްކޮލަށް ހީިއެވެ. ހަމަ ވަރަށްވުރެން ފޮނީއެވެ.

“ހްމްމް… ޅިޔަންބެ..” ދެންވެސް ވާހަކަ ދެއްކީ އަހަރެންނެވެ. ރިފާޝާ މަޑުމަޑުން، އަޔާޒްގެ ބުރިކަށީގައި ޖަހާލީ، ބައިވެރި ވެލުމަށެވެ.

“މަ ހީކުރީ، ޕަރޓީއަށް ގެނައި، ޕްލޭޔަރ އެއްކަމަށް.. އޭސް ޔޫޝުއަލް….” އެލީނާ ވާހަކަދެއްކި އިރު، އަޔާޒް ރުޅި އަންނާނެ ވަރު ނުދަންނަނީކަން ޔަގީނެވެ.

“ލަދު ކުޑަ… އަމިއްލަ ދައްތަޔާ ދިމާއަށް ކިޔާ އެއްޗިހި ތިހުރީ… އަބަދު ގޭމްސް ކުޅޭކަށް ލީޒްއެއްވެސް ނޫޅެޔޭ… ކައެ ހުރެބަލަ މާޒިންވެސް އެކްސެޕްޓް ނުކުރަން..” ހަމަ އަހަރެންނާއި ނުބެހިލާ އަޔާޒްއަށް ކެތް ނުވަނީއެވެ.

………………

ވާހަކަޔާ ސަކަރާތް ޖެހުމުގައި ދުވަސް ދުއްވާލުމަށް ފަހު، އަހަރެންގެ އެދުމުގެ މަތިން، އަހަރެންނާއި އެކު، އެލީނާ މާލެ ދާން ފުރީއެވެ. ލޯންޗްގައި، އަހަރެން ވަރަށް ސާފުކޮށް، ކަންތައް ކުރަން ޖެހޭނެ ގޮތް ކިޔައިދިނީމެވެ. އެއްވެސް މީހަކަށް އަދި ނޭންގޭނެ ކަމާއި، ބުނާނީ ހަމައެކަނި، އެލީޒާ ކައިރީ ކަމެވެ. އެގޮތަށް އީން އެއްބަސް ވީ އެތަށް އާދޭހެއް ކޮށްގެންނެވެ.

އަހަރެން ނަމަ އިޚްތިޔާރު ކުރާނީ، ލުވެއިޒް ކައިރީ ބުނާށެވެ. ނަމަވެސް އަޔާޒް އެދުނީ، އެލީޒާ ކައިރީ ބުނާށެވެ. އީންއަށް ބައިވަރު ޒަޚަމް ލިބިފައި ހުރުމުން ކޮންމެވެސް މީހެއް ކައިރީ، ބުނަން ޖެހޭނެތީއެވެ. އަނެއްކޮޅުން، ލުވެއިޒް އަލަތު ކައިވެންޏައިގެން ބިޒީ ވާނެތާއެވެ.

ބަދަރު މަތީގައި ހިނގާލާފައި އަހަރެމެން ދިޔައީ، އެލީނާގެ ގެއަށެވެ. ގެއަށް ވަނުމުގެ ކުރިން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބީމެވެ.

“ބަލައިގެން އުޅޭތި.. ތަނަކަށް ތަދު ވަންޏާ ބުނާތި… އެން ދެން މަ ދޫކޮށްފަ އެހެން ނުދާތި..” އަހަރެންނަށް ދޭން ޖެހުނީ ނަސޭހަތެވެ. ދެން ބަޔަކު އީންއަށް ގޮތެއްހަދައިފިއްޔާ، އަހަރެންނަށް ކޮންމެ ފަދަ ގޮތެރއްވެސް ވެދާނެއެވެ. ކުޑަ އިރުކޮޅަކަށް ގެއްލުމުންވެސް އަހަރެން އުޅުނީ ހާދަ ހާލެއްގައެވެ.

“އޯކޭ އޯކޭ.” ދޮރާ ދިމާއަށް ދަމުން އެލީނާ ބުނެލިއެވެ.

“އޯހް އަދި ތޭންކްސް..” ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް އެނބުރެމުން، އެލީނާ ބުނެލިއެވެ.

“އެންޑް….. ތޭންކްސްގެ ފަހު އަކުރުގެ ކުރިއަށް ވައި އީ..” ބުނެވުނު ކަމެއް ނޭންގި އެތެރެއަށް ވަދެ، އަވަސް އަވަހަށް ދޮރު ޖަހާލިއެވެ. އަހަރެންގެ މޫނަށެވެ.

ތޭންކްސްގެ ފަހު އަކުރުގެ ކުރިއަށް ވައި އީ އޯއެވެ. އޭގެ މާނަ އަކީ ވައިއީއެސް އެވެ. އެދެން ކޯޗެއްހެއްޔެވެ. ނަފްސާ ވާހަކަ ދައްކަމުން، އަޅާލި ފިޔަވަޅާއެކު، އަހަރެން އަރިއަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. އީން ބުނީ، ވައިއީއެސްހެއްޔެވެ. އެބުނީ ޔެސް އޭ ހެއްޔެވެ. ނޫނެކެވެ. ނޫނެކެވެ. މިހެނެއްނުވާނެއެވެ. ހިތް ތެޅިގަތީ އޮބި ނޯންނަވަރަށެވެ. ދެވުނީ ދޮރާ ދިމާއަށެވެ. ނަމަވެސް ނަސީބަކުން، ހުޅުވުމުގެ ކުރިން ހަތްވަނަ ހިއްސު މަސައްކަތް ކުރަން ފެށިއެވެ. މިރެޔަކު ެން އެލީނާއާ ކުރިމަތި ލާހާ ހިތްވަރެއް ނެތެވެ.

………….

ބޭނުން ވީ ކޮޓަރިއަށް ގޮސް، އަރާމުކޮށް ނިދާލާށެވެ. އީން ހުވަފެން ބަލާލާށެވެ. ނަމަވެސް އަހަރެން ދިޔައީ ބަނދަރަށެވެ. އަދި، ނުނިންމާ ކަމެއް އޮތީމާ، އެކަން ނިންމާލާށެވެ. އަހަރެން ދިޔައިރު، ރިފާޝާ، އިންތިޒާރުގައި ހުއްޓެވެ. ލޯންޗު އޮތީ ރެޑީކޮށްފައެވެ.

އަހަރެން ފެނުމުން، ރިފާޝާ، ނުލަފާ ގޮތަކަށް ހީލިއެވެ. އަހަރެންވެސް އޭގެ ބަދަލު، ހިނިތުންވުމަކުން ދިނީމެވެ. އަޔާޒް އެއްބަސް ނުވިއަސް އަހަރެމެން، މިކަން ކުރާނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ލޯތްބެއްގެ ފެށުން 17

Next

މަގޭ ވާހަކަ

Next
July 13, 2019

މަގޭ ވާހަކަ

Previews
July 13, 2019

ލޯތްބެއްގެ ފެށުން 17

27 Comments!

  1. Monsta says:
    July 13, 2019 at 3:53 am

    Salaam readers. Sorry mihaa lahun up vyma. Hope u liked it. Mistakes point kohla dhehcheyy. N next episode thankolhehh dhigu kohlaanan Insha Allah

  2. drax says:
    July 13, 2019 at 5:36 am

    Hajj sister I spent two days just checking this page every second ?? and finally it’s here
    Reethi mi part ves ???
    Maaxin is getting crazy I advise him to see a doctor ??
    And my luvaiz is having fun without me?
    Whatever I imagine I am Shaa now ???

    1. Monsta says:
      July 13, 2019 at 1:12 pm

      hehe thanksss…… Luveiz ge Shaa…. Drage Druxler ehnu… lol

  3. Ljbkgd says:
    July 13, 2019 at 8:28 am

    I can’t read

    1. Monsta says:
      July 13, 2019 at 1:13 pm

      ohh…. monsta ahh vess fennany varah nusaafukohh… alun mi part up kuranvyy? readers beynumiyyyaa I can do that

  4. jiji says:
    July 13, 2019 at 8:44 am

    Monsta alhey mashakah load vec nuvi mi part eh ulhe ulhe??

    1. Monsta says:
      July 13, 2019 at 1:15 pm

      alhe…. sorry jiji… monsta akah neynge kihinehh kamehh mi vyy…. alun up kohhdhenvyyy?

  5. Uha says:
    July 13, 2019 at 9:33 am

    Its awesome.. masha allah.. keep it up dear

    1. Monsta says:
      July 13, 2019 at 1:17 pm

      Thankss uha

  6. Danger says:
    July 13, 2019 at 12:13 pm

    Monstiii.. mi part ga haadha bodu akurunney liyefa thi othee.. dhe faharu beli iru ves ehaa bodu.. ekam kiyaa hithun kiyaafin.. dhen nukuyaa hithakun nukiyaane thaa.. v salhi.. specially thanks ge yes bai.. waiting for the next part.. mipart nimmun ehaa curious eh noon i guess.. haha

    1. Monsta says:
      July 13, 2019 at 1:21 pm

      Monsta ahh vess fennany bodu akurun adhivess… donno vy gothehh… hehe Thanksss varah bodahh thihaa kiyaa hithun kyma.. and sorry ehaa undhagookohh huryma.. Insha Allah net episode ge nimun bodahh curious kohleveytho balaanan… Thankss.. varah ufaa vejje rangalhu kohlan jehey kamehh faahaga kohala dhinyma.. 🙂

  7. Pretty girl says:
    July 13, 2019 at 12:27 pm

    Monster why is not loading mi stiry ekanyee mi sites in load nuvanes ves alhey dhera please. …kihinehtha kiyeeny?????????

    1. Monsta says:
      July 13, 2019 at 1:24 pm

      vaki ehen bunaakah monsta akahh neynge… but mi visnany alun up kuran… Insha Allah kiyey gotheh hadhaidheynan

  8. Lyyn says:
    July 13, 2019 at 1:02 pm

    Mi part alun upload kohdhiiba….nueh kiyumu mibaeh.. neynge liyefa huri ehchihseh

    1. Monsta says:
      July 13, 2019 at 1:26 pm

      yess… sorry egothahh vyma… alun up kohladheynan.. Insha Allah varah avahah kiyaalan libeyne

  9. Where the stars meet says:
    July 13, 2019 at 1:55 pm

    The story is amazing.. frm the very beginning.. especially since this story is a lot of fun.. n it’s really mysterious.. curiously waiting for the next part.. ?❤. N i have a question if u dnt mind.. R u frm Noonu Atoll??

    1. Monsta says:
      July 14, 2019 at 6:35 pm

      hehe Thankss… yeah monsta Noonu Atoll… story ga hurihaa kamehh Noonu ga vaathy dhww… hehe lol… Thanksss a lot again… Insha Allah varah avahah 23 kiaalan libeyne.. mihaaru pending

  10. jiji says:
    July 13, 2019 at 2:49 pm

    Yess pleezu..Adhi upkohba alun mi part..Ehaa kiyaa hithun indha mihn mi v vec???

    1. Monsta says:
      July 13, 2019 at 3:58 pm

      yess… Sorry for that once again

  11. Fan of u says:
    July 13, 2019 at 2:56 pm

    I can’t read

    1. Monsta says:
      July 13, 2019 at 4:00 pm

      really sorry… mihaaru hama mi episode up kuran laifin… Insha Allah, varah avahah kiyaalan libeyne

  12. Luc!f3r says:
    July 13, 2019 at 4:20 pm

    Mashah kiyey.. Akuru boduvyma ainugandu alhanves nujehun naseebakun??
    Yayyyyyssssss.. Waiting for next episode.. Monsta ge story kiyaa iru mihaaru kuh hurithoaves nubeley vaahaka therey vadhevifa onna varun??

    1. Monsta says:
      July 14, 2019 at 6:39 pm

      ahaha faseyha dhww vy… Insha Allah mire ehn noony maadhamaa kiyaalan libeyne… Alheyy thankss… I’ll try my best story evves varakah disappointing nuvaanehen genesdheynn… Thank ya once again

  13. eekko says:
    July 13, 2019 at 6:36 pm

    Can you upload it again
    I can only see is box in the position of letters please can you upload it I am eager to read it

    1. Monsta says:
      July 14, 2019 at 6:41 pm

      ohh… yeah sure… 🙂

  14. Meekkomee says:
    July 13, 2019 at 11:01 pm

    Woww ?? varah reethi ???? whn is next part ?????☺️

    1. Monsta says:
      July 14, 2019 at 6:42 pm

      Thankss… Insha Allah mirey ehn noony maadhamaa.. 🙂

Comments are closed.

Next Episodeނާއިންސާފް 22←


All Right Reserved!