Skip to content
އެސްފިޔަ

733 ( ހަވަނަބައި )

ރާނިޔާ އާއި އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ގައިން ހީބިހިނަގައިގަތެވެ. އެނބުރި އައިސް މިސް އަރްމާނީގެ ގާތުގައި މަޑުކޮއްލީމެވެ.

” މިސް ކީއްވެ ބުނީ 733ގެ ކުޑަދޮރުތައް އެހާ ކުދި ވާހަކަ؟…އަޅުގަނޑުވެސް އެ ދޮރުތައް ދުށިން އެދޮރުތަކުގައި ފަސްވަރަކައް ފޫޓް ހުންނާނެކަން ޔަގީން ” އެދޮރުން ފުންމާލާކަށް އުދަނގުލެއް ނުވާނެއެވެ.

” ތި ކިޔަނީ ކަނުގައި އިންނަ ކޮޓަރީގެ ވާހަކަ…އެއީ ސަޕްލައިރޫމް…733 އިންނާނީ އެ ކޮޓަރިއާ ޖެހިގެން ”

”ނޫން ނޫން އެއީ 734 ” އަހަރެން ބުނީމެވެ.

” ހޫމް މިހާރު އެއީ..ކޮލެޖް މީހުން އާކޮޓަރިތައް ހެދިއިރު ނަންބަރުތައް ނެގީ”

އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަފަދައެވެ. އަހަރެންގެ ބޮލައް އެނބުރުން އަރައިގެން ދިޔައެވެ. ފައިން ވަގި ދޫވެ ބިމްމައްޗައް ވެއްޓެން އުޅުނުހެން ވެސް ހީވިއެވެ. މިއޮއް ހުރިހާދުވަހު އަހަރެން މިއުޅުނީ 733ގައެވެ.

”ޝިޓް” ރާނިޔާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

”މަލަކް” އަހަރެން ގެ ދެލޯ ބޮޑުވިއެވެ. މަލަކް ރޭނިދީ 733ގައެވެ.މަލަކް ނިދީވެސް އެކަނި އޮވެއެވެ. ގައި ހުރި ވަރެއް ލާފައި އަހަރެން ދުއްވައިގަތީމެވެ. އަހަރެންގެ ފަހަތުން ރާނިޔާވެސް ދުއްވައިގަތެވެ.

ކޮލެޖް ތެރޭގައި ތިބި ބައެއް ކުދިން އަހަރެމެންނައް ބަލަމުން ދިޔައެވެ. އަހަރެން އަޅާވެސް ނުލަމެވެ. ފުރަތަހަމަ ފަހަރައް މިތަނުގައި ލިފްޓް ނެތުމުން ފޫހިވިއެވެ. އަވަހައް ސިޑިން އަރަން އުޅުމުން ސިޑިމައްޗައް ވެސް އެއްފަހަރު ވެއްޓުނެވެ. ކޮލެޖް ހޯލަށް ނުކުމެވުނު އިރު އަހަރެންގެ ކޮޓަރީގެ ކުޑަދޮރު ފެންނަން ހުއްޓެވެ. ކުޑަދޮރު ހުރީ ހުޅުވިފައެވެ. އެއާޖެހިގެން ހުރި ދޮރުތައް ހުރީ ލެއްޕިފައެވެ. އެގޮތައް އަހަރެންނައް ފެނުނު ފުރަތަމަ ފަހަރެވެ. ކޮޓަރީގެ ދޮރު ފެންނަން ފެށުމުން ކުޑަކޮށް ހަމަޖެހިލެވުނެވެ. ދޮރު ހުރީ ތަޅު ނުލާތޯ ދުއާކުރަމުންއަހަރެން ދިޔާމެވެ. މުޅި ހޯލްވޭ އޮތީ ހުސްކޮށެވެ. ދޮރާހަމައަށް އަހަރެން ހުރީ ލޮޑުވެގެން ވެއްޓޭން ކައިރިވެފައެވެ. ފުންކޮށްނޭވާލަމުން ދިޔައިރު މޭގަނޑުވެސް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އަވަސް އަވަހަސް ދޮރުގެ ތަޅުގައި އަހަރެން ހިފާލީމެވެ. ދޮރުހުރީ ތަޅުނުލައެވެ. ކުޑަ ހިނިތުންވުމެއް އަހަރެންގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ.

އަވަސް އަވަހައް ދޮރުހުޅުވާލާފައި އެތެރެއަށް އަހަރެން ވަނީމެވެ.

މަލަކް ހުރީ ކުޑަދޮރުން ބޭރަށްނުކުމެ އެވެ. ދޮރާއި ދިމާލަށް ބޭރުގައި އިންނަ ކުޑަ ލަކުޑިކޮޅެއްގެމަތީގައެވެ.

ކުޑަރުން ބޭރައް ނުކުމެ ހުރި މަލަކް އެނބުރި އަހަރެންނަށް ކަރުނުން ފުރިގެންވާ ދެލޮލުން ބަލާލިއެވެ. އެވަގުތު މަލަކް މެ މޫނުމަތިން އުންމީދުގެ ކުޑަ ހުޅުކޮޅެއް ދިއްލިގެން ދިޔަފަދައެވެ.

އެކަމަކު އޭރަށް މަލަސްވެއްޖެއެވެ. ދެވަނަ ސިކުނަތުގައި މަލަކް އެއް ނެތެވެ.

މަލަކްގެ ވޭނީ ހަޅޭކުގެ އަޑު މުޅި ކޮޓަރީގައި ފެތުރިގެން ދިޔައެވެ.

 

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Min holly

    ❤

  2. Ash

    Varah salhi??

  3. shal

    OMG woow❤❤

  4. Nicky

    Haadha kurey…plx dhigu koh genes dhybr…v nyc

  5. Ram

    Haadakury tankolheh digukolla. V salhi

  6. jiji

    Next part dhigukohlahchey…Vv rythi mi bai vec as usual?

  7. Eyna

    When next?

  8. ?mariyam ?

    dhen kon iraku liyaaneeee. varah keh madhu vefa mihuree.v v v v v v v v v v v v v salhi. habeys

  9. Ash

    Next page othi kon irakun

  10. Sama

    Really
    Be fast
    Avahah up kurey
    By the way vaahaka kithanmehaaves reethi
    Hama dhenme mi fashaagen kiyaa nimmaalee hehe
    Avahah up kolladhechey
    Good luck

  11. shaa

    When is next part
    It’s too late now
    I luv this story v.nice

  12. Aireen

    KIM NAMJOON
    KIM SEOKJIN
    KIN YOONGI
    JUNG HOSEOK
    PARK JIMIN
    KIM TAEHYUNG
    JEON JUNGKOOK
    BTS❤❤❤???
    VAAHAKA V V SALHI MASHA ALLAH. V MOLHU

Comments are closed.