Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބައި)

Yaas4 Level 110 Stories
July 9, 2019 3 Mins Read
3 Comments

އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބަޔާއިގުޅޭ..)

“ބޭބޭ އަހަރެންގެ ބޭސްސިޓީ އަހަރެންނަށް ދައްކާލަަބަލަ..ބަލާލަން ބޭނުން..” އަހަރެން އޭގައި ޑޮކްޓަރު ލިޔެފައި ހުރީ ކޯއްޗެއްތޯ ބަލާލަން އަހަރެން ބޭނުންވިއެވެ.

“އަން މިއޮތީ…” ބޭބެ އަހަރެންއަތަށް ބޭސްސިޓީ ދިނެވެ.

ބޭސް ސިޓީއަށް ނަޒަރު ހިންގާލުނުން އަހަރެންނަށް ފާހަގަވީ ޑޮކްޓަރު އަހަރެން ‘ޑައިގްނޯސް’ ކުރައްވާފައި ވަނީ ‘ޑިޕްރެޝަން

އަށް ކަމެވެ.

+++++++++++++++++++

އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބައި)

އަހަރެންނަށް ކުއްލި ޙައިރާންކަމެއް ލިބުނެވެ. އަހަރެން ޑިޕްރެޝަންއަށް ޑައިގްނޯސްވާންވީ ކީއްވެހެއްޔެވެ. އަހަރެންނަަކަށް ނުވިސްނެއެވެ.
އަހަރެން ވަކި އެއްޗެއް ނުބުނެ ބޭބެ އަތަަށް އަނބުރާ ބޭސް ސިޓީ ދިނީމެވެ.

ހަަމަ އެދުވަހު ޑޮކްޓަރު އަހަރެންނަށް ދެއްވާފައި ހުރިބޭސް، ބޭބެގެ ބެލުމުގެ ދަށުން، މަންމަ ލައްވާ ގަޑިންގަޑިއަށް އަހަރެންނަށް ދޭން ފެށިއެވެ. އެ ބޭސްތައް ކާން ފެށުމުން އަހަރެންނަށް ގިިނަ ވަގުތު ނިދެނީއެވެ.

“އިފާ.. އަބަދު ތި އޮންނަނީ މިހާރު ނިދާފައި… ތެދުވެލާ ކޮޓަރިން ނިކުމެލާ ހެދީމަ ކަންނޭނގެ ދޯ ރަނގަޅުވާނީވެސް..”
މަންމަ އަހަރެން އަބަދު އެނދުގައި އޮތުމާއި، ނިދާލެއް ގިނަ ކަމުން ހިތްހަމަ ނުޖެހިގެން ހުރެ ބުންޏެވެ.

“މަންމާ.. މި ބޭސް ކެއީމަ.. ނިދި އަންނަނީ ހަމަ..ތެދުވާހިތްވެސް ނުވޭ އެނދުން.. ހުންނަނީ ވަރުދެރަވެ، ވަރުބަލިވެސް ވާގޮތްވެފައި..” އަހަރެން މަންމައަަށް ކިޔައިދިނީމެވެ.

“ތެދުވީމައޭ ތެދުވެވޭނީ.. އޮތީމަ ނިދޭނީނު..” މަންމަގެ ހިތްހަމަޖެހުން ކުޑަވިހެނެތް ހިޔެއް ނުވެއެވެ.
އަހަރެން އެއަށް ޖަވާބު ނުދޭން ނިންމީމެވެ.
+++++++++++++
އޭގެ ހަފްތާއެއް ފަހުން، ބޭބެ އަހަރެން ‘ސައޮކޯތެރަޕިސްޓް’ އެއްގެ ކައިރިއަށް ގެންދިޔައެެވެ. އަހަރެން އެ ‘ރޫމަށް’ ވައްދާފައި ބޭބެ ބޭރުގައި އިނެވެ. އެއްގަޑިއިރަށްފަހު އަހަރެން ނިކުތީމެވެ. ބޭބެ އަހަރެންނަކާއި ސުވާލެއް ނުކުރެއެވެ.

ތެރަޕިސްޓް އަހަރެން ލައްވާ ބައެއް ‘އެސެސްމަންޓް’ ތައް ހެދުވިއެވެ. އަދި އަހަރެން މަދުވެގެން 6 ހަފްތާ ތެރަޕީ ނެގުމަށް އަންނަންޖެހޭނެ ކަމަށް ބުންޏެވެ. އެއީ ހަފްތާއަކު އެއް ދުވަހުގެ، އެއްގަޑިއިރެވެ.

ތިން ސެޝަންއަށް ބޭބެ އަހަރެން ގޮވައިގެން ދިޔަފަހުން، އަހަރެންނަށް ފާހަގަވީ، އަހަރެން ކުރިން ވިސްނާގޮތް ބަދަލުވާން ފަށައިފިކަމެވެ. އަނެއްކާ ސައިކެޓްރިކް ޑޮކްޓަރ އަރިހަށްގޮސް ބޭހުގެ ޑޯޒް ކުޑަކުރީމެވެ. ބޭސް ކެއުންް މަދުކޮށް، ބޭހާއި ނުލާ އުޅެން ދަސްކުރުގެ ބޭނުމުގައެވެ. ބޭބެއާއި ދައްތަ އަހަރެންނަށް ވަރަށް ރަނގަޅެވެ. މަންމަވެސް އެހީތެރިވެދެއެވެ. އެހެނަސް، މަންމައަށްް އަހަރެން ތަޙައްމަލް ކުރަމުންދާ ‘ވޭން’ އެހާބޮޑަށް ނޭނގޭ ކަހަލައެވެ. ނަމަވެސް،މަންމަ އަހަރެންގާތު ހުރުމުން އަހަރެންނަށް ހިތްހަމަޖެހުން ލިބެއެވެ.
++++++++++++++++
އޭގެ އެއްމަސްފަހުން ބޭބެވެސް ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނިކުމެއްޖެއެެވެ. ތުއްތަ ވެސް ތެދުވެ އުޅެން ފަށައިފިއެވެ. އަހަރެންވެސް ގިނަ ވަގުތު ގޭގެ ސިޓިންރޫމްގައި ހޭދަކުރަން ފަށައިފީމެވެ. ނިދިވެސް ހަމައަކަށް އެޅެން ފަށައިފިއެވެ. ލީޝާ އާއި ހުވޭ ވެސް އައިސް، ކޮންމެވެސް ވަރަކަށް އަހަރެން ބޭރަށް ނެރެއެވެ.

އެއްރެއަކު، އަހަރުމެން ބޭރަށްގޮސް އައިއިރު، ގޭތެރެ އޮތީ އަނދިރިކޮށެވެ.
“ގޭތެރެ ހާދަ އަނދިރިއޭ..!..” މިހިން ބުނެފައި އަހަރެން ގޭގެ ސިޓިންރޫމް ހޮޅިބުރި ދިއްލީމެވެ.
“ސަރރރޕްރައިޒް!!!!…” ތުއްތަ އަޑުގެނެތްތަނަށް ހަޅޭލަވާގަތެވެ. އަހަރެން ސިއްސައިގެން ގޮސް ބަލައިލިއިރު ތުއްތައާއި، ބޭބެއާއި މަންމަވެސް ހުއްޓެވެ. ލީޝާ އާއި ހުވޭ މާބޮޑަށް ހައިރާން ވީ ހެނެއް އަހަރެންނަކަށް ހިޔެއް ނުވެއެވެ.
ސިޓިންރޫމް ވަނީ ފުއްޕާހަމުން ޑެކަރޭޓްކޮށްފައެވެ. މޭޒުމަތީ ކޭކެއްވެސް އިނެވެ.
“ކާކުގެ އުފަންދުވަހެއް؟..ނޮޓް މައިން ފޮރ ޝުއަރ..” އަހަރެން ހައިރާން ކަމާއި އެކު ފަހަރަކު މީހެއްގެ މޫނަށް ބަލާލީމެވެ. ލީޝާއާއި ހުވޭ ހަމައެކައްޗެެއްވެސް ނުބުނެ ތިއްބެވެ.
“އިފާ…. ކަމް… އިޓްސް ޔުއަރ ކޭކް! އާދޭ ފަޅާލަން..” ތުއްތަ ވަރަށް އުފާވެފައި ހުރެ ބުންޏެވެ.
އަހަރެން މަޑުމަޑުން މޭޒުގެ އަނެއްފަރާތަށް ގޮސް ކޭކަށް ބަލާލީމެވެ. އޭގައި އެއްޗެެއް ލިޔެފައި އިނެވެ. އަހަރެން ކިޔާލީމެެވެ.
“ޔޫ އާ ގޮނަ ބީ އެން އާންޓް ސޫން!” މިހިން ލިޔެފައި އިނެވެ.
“އޯ..މައި…ގޯޑް!.. އޯމައިގޯޑް!! ހައު އެކްސައިޓިންގ އިޒްދިސް! ” އަހަރެންނަށް އަޑުގެނެތްތަނަށް ހަޅޭލަވާގަނެފައި ތުއްތަގައިގައި ބައްދާގަނެވުނެވެ. ބޭބެގައިގައިވެސް އުފަލުން އަހަރެންނަށް ބައްދާލެވުނެވެ. މަންމަގައިގައިވެސް ބައްދަލެވުނެވެ. މަންމަ އަލަށް މާމައަކަށްވަނީއެވެ. އަހަރެންވެފައި ހުރި އުފާ އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ.

އެދުވަހު އަހަރުމެން އެންމެން އުފާވެރި މާހައުލެއްގައި އެ އުފާވެރި ވަގުތު ހޭދަކުރީމެވެ. ތުއްތަ ބަލިވެ އުޅުނީ އެހެންވެގެންނެވެ. އަޅެ އަހަރެންނަށް ރޭކާވެސް ނުލިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެވާހަކަ އަހަރެން ތުއްތަގާތު ބުނުމުން، އަހަރެން ދެރަނުވުމަށާއި، އޭރު އަހަރެންވެސް ބޮޑު ކަމެއް ތަޙައްމަލް ކުރަމުން ދިޔަކަމުން އެކަން އެގޮތަށް ވެދާނެކަމުގައި ބޭބެ އަހަރެންނަށް ވިސްނައިދިނެވެ.
+++++++++++++++++
އަހަރެންވެސް މަޑުމަޑުން ތުއްތައަށް އަޅާލަންފެށީމެވެ. ވަރަށް ޒަމާންފަހުން ‘ލުކް ފޯވަޑް’ ކުރާނެ ކަމެއް އަހަރެންނަށް ފެނުމުން އަހަރެން ދިރިހުރުމުގެ އުއްމީދު އާލާވީފަދައެވެ. ތެރަޕީއަށްވެސް އަހަރެން އެކަނި ދާން ފަށައިފީމެވެ. އަހަރެން ބޭނުންވީ، ވީ އެންމެ އަވަހަކަށް ރަނގަޅުވެގެން ތުއްތަ އަށް އެހީތެރިވެދޭށެވެ. އަދި ތުއްތަ ވިހަންވާއިރަށް އެއްކޮށް މީގެތެރެއިން ނިކުންނާށެވެ. ތުއްތަ އަށް އަހަރެންގެ އެހީތެރިކަން އެންމެ ބޭނުންވާނެ ދުވަހު އެހީތެރިކަން އަހަރެން ދޭން ބޭނުންވާތީއެވެ. އަހަރެންނަށްވެސް ތުއްތައާއި ބޭބެގެ އެހީތެރިކަން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލިބެމުންދާތީއެވެ.
+++++++++++++++
6 ހަފްތާއަށްފަހު އަހަރެން ތެރަޕީ ހުއްޓައިލީމެވެ. އަަހަރެން ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ ކަމުގެ އިޙްޞާޞް ވިއެވެ. ނަމަވެސް ބޭސް އަދިވެސް ކަމެވެ. އެހެނަސް ކުރިއަށްވުރެވެސް ޑޯޒް މަދުކޮށެވެ. ތެރަޕިސްޓް ވިދާޅުވިހެން އަމިއްލައަށްވެސް ކުރާހިތްވާ ބައެއް ކަންތައް ކުރަމެވެ. އެގޮތުން ކޭކުއަޅަންފެށީމެވެ. ރައްޓެހި ކުދިންނަށެވެ. ވިޔަފާރީގެ ގޮތަކު ނޫނެވެ. ހިތްހަަމަޖައްސާލުމުގެ ބޭނުމުގައެވެ.
+++++++++++++++++++++
ބޭބެ ޑިއުޓީގައި ވީ ދުވަހެކެވެ. ތުއްތަ ގޮވައިގެން ސްކޭން ކުރަން ހޮސްޕިޓަލަށް ގޮސް ސްކޭން ރޫމް ކައިރީ އަހަރެންނާއި ތުއްތަ އިނީމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ ޒައިދާން ކުޑަ ބޭބީއެއް ގޮވައިގެން ވެކްސިން ރޫމުން ނިކުތްތަނެވެ. ކައިރީގައި ޝިފޫ ހުއްޓެވެ. ޒައިދާންއަށްވެސް އަހަރެން ފެނުނެވެ. ޝިފޫވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. ޝިފޫ ވިހެއީތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އެންމެ ފެންނަން ބޭނުން ނުވާ މަންޒަރުވެސް އެންމެފަހުން އަހަރެންނަށް ފެނި ނިމުނީއެވެ. އަހަރެންގެ ހިތަށް ތަދެއް އިޙްޞާޞް ކުރެވުނެވެ. އެހެނަސް އަހަރެން އެ ތަދުވެސް އެގަޑީގައި ތަޙައްމަލް ކުރީމެވެ. އަހަރެން މިހާރު އެފަދަ ކަންތައްތަކުގައި ރުއިމަކީ ބޭކާރު ކަމެއްކަމުގައި އަހަރެންގެ ޒަމީރަށް އަހަރެންް ވިސްނާދިނީމެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yaas4

Level 110 Stories

Student Abroad | Writing stories out of the hectic schedule to improve Dhivehi writing skills :-D and of-course for the Readers sake!! XoXo

Other Articles

Previous

ނާއިންސާފް 21

Next

ލޯތްބެއްގެ ފެށުން 15

Next
July 9, 2019

ލޯތްބެއްގެ ފެށުން 15

Previews
July 9, 2019

ނާއިންސާފް 21

3 Comments!

  1. Naff says:
    July 9, 2019 at 4:15 am

    Masha Allah.. ???? mi part Vs vr vr vr vr furihama… ??????? Hama Habeys…. When next part???

  2. Lovlyn says:
    July 9, 2019 at 2:06 pm

    Mee varah kiyaalan faseyha vaahakaeh maa dhigu haasareh neiy. Ekm story adhi ehaa reehcheh noon.

  3. Naff says:
    July 9, 2019 at 2:42 pm

    Masha Allah…. ????????????? Vr vr vr vr rythi… Hama Habeys… ?????????? Nd me first dhw.. waiting for next part . …. Avahah up kohla dhehchey… One of my favourite writer thi e now.. ??????☺️☺️

Comments are closed.

Next Episodeއަހަރެން އެނބުރި އަންނާނަން! (16 ވަނަ ބައި – ފަހުބައި)←


All Right Reserved!