Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޔާރާއޭ
ލޯބި

ޔާރާއޭ… (ދެވަނަ ބައި)

writer Level 310 Stories100 Comments
October 7, 2014 3 Mins Read
2 Comments

ލައުހާއަށް ހީވީ ގައިން ވާގި ދޫވާހެންނެވެ..ހިއްސުތަށް މަސައްކަތް ކުރުން ހުއްޓާލިކަހަލައެވެ.ހީވަނީ ލުހުޝާން ދެންމެ ބުނި ޖުމްލަ މެދުކެނޑުމެއްނެތި އަޑުއިވެމުން ދިޔަހެންނެވެ…ލައުހާއަށް ކަންފަތްމަތީ އަތްއަޅާލެވުނީ އިތުރަށް އަޑުއަހާނެ ހިތްވަރެއް ނެތީމަ ކަމަށް ވެސް ވެދާނެއެވެ..އެދެލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަކަށް ބަލަން ލުހުުޝާން ހުރި އިރު އެއްވެސް ރަހުމެއް ނެތްފަދައެވެ…ކުރިން އެލޮލުން އެންމެ ކަރުނަތިއްކެއްވެސް ފެންނަން ނޭދެޔޭ ބުނާމީހާއަށް މިއަދު އެހިތުގައި އަޅާވޭން އިހްސާސް ނުކުރެވޭކަހަލައެވެ..ފުރަތަމަ ފަހަރަށް އެހިތުގައި ލުހުާންއަށް ޝަކުވާ އުފެދުނީ އެވަގުތުވެ..ވަރަށް ހިތްވަރުކޮށްލާފައި ލުހުުޝާން އާ ވާހަކަދެއްކުމަށް މަސައްކަތް ކުރިއެވެ…

 ” ޝާން.. ޝާން..ތިހެން ނުބުނޭ…އަހަންނަށް ޝާންއާ ވަކީން ކިހިނެތް އުޅެވޭނީ…އަހަރެން ޝާން ނޫން އެހެން މީހެއްގެ މަތިން ދުވަހަކު ވެސް ހިތަކަށްވެސް ނާރުވަން.ެ..އަހަރެންނަށް އިތުބާރުކުރޭ…އާދޭސް ކޮށްފަބުނަން..” ލައުހާގެ މިޝަކުވާތަކުގެ އަޑު ލުހުުޝާން އަށް ނީވޭ ކަހަލައެވެ… ޖެހި ބުދެއްހެން ލުހުުޝާން ހުރި އިރު އެދެލޮލުން ނަފްރަތާއި ރުޅިވެރިކަން އިންތިހާ ދަރަޖައަށް ހާމަވާން ހުއްޓެވެ…

“އަހަރެން ބޭނުމެެއްނޫން ދެން ތި މަކަރުވެރި އަންހެނާ ދައްކާއެއްވެސް ވާހަކައެއް އަޑުއަހާކަށް..ބުނެފީމެއްނު މިތަނުން  ދާން އުޅޭށޭ..ތިއުޅެނީ މަގޭ ހުރި ނުލަފާކަން ނޭނގިގެންތަ..” ލުހުުޝާން ދޮރު ލައްޕައި ތަޅުލީ ލައުހާ އާދޭސް ކޮށް ރޮއެރޮއެ ހުއްޓާއެވެ..

ވިދާ ގިުގުރަމުން ދިޔަ އެތޫފާނީ ރޭގައި ލައުހާއަށް މިވަނީ ކޮންފަދަ ހާލެއްގައި ޖެހިފައިހެއްޔެވެ. ބޭރުގައި ހިގަމުންގިޔަ ތޫފާނުގެ އެއްކަމެއްވެސް ލައުހާއަށް އިހްސާސް ނުކުރެވޭ ކަހަލައެވެ. އެތެރަހަށީގައި ހިނގަމުން ދިޔަ ތޫފާނަކީ އެއަށް ވުރެ މާ ބާރުގަދަ ތޫފާނެކެވެ…މާލޭގައި ހުރި ހަމައެކަނި ހިމާޔަތުން ނެރެ ލައުހާ  އެއްލާލެވުނު ދެން ވަކިދާނެތަނެއްވެސް  އޮންނާނެހެއްޔެވެ…ލައުހާއަށް އެ ބޯވިއްސާރައިގެ ތެރޭގައި ހިނގަމުން ދިޔައިރު ވަށައިގެންވާ މާހައުލުން ކަންތައް ވަމުންދާ ގޮތެެއްވެސް ނޭނގޭކަަހަަލައެވެ…ހީވަނީ މިސްރާބުނެތި އޮޔާ ވަޔާ ގޮސްފައިވާ އޮޑިއެއްހެންނެވެ..މޫނު މަތިން އުޖާލާ ކަމެއް ފެންނަން ނެތް ތާނގައި އެ ދެލޯ ވަނީ ރަތްވެ ދުޅަ އަރާފައެވެ..އަދިވެސް ކަރުނައެއް ނުހިކެވެ.. ވާނީވެސް އެހެންނޫން ހެއްޔެވެ..ފިރިމީހާގެ އިންތިޒާރުގައިި ފޫހިކަމެއްނެިތ ވަގުތުތަށް ގުނަމުންދިޔަ އެހިތަށް މިއަދު ލިބިފައިވަނީ ފޮނި ނިމުމެއް ނޫނެވެ…ލައުހާގެ އެއްވެސް ކުށެއް ނެތި ބާކީކޮށް ބަދުނާމު ކޮށްލީއެވެ…ކާރުބާރުބޮޑު މާލޭގެ މަގުތަށް މި ވިއްސާރަ ރޭ ފެންނަނީ ވަރަށްވެސް އަމާންކޮށެވެ..ކޮންމެހެން ބޭނުމެއްގައި ނޫނީ  ނިކުމެ އުޅޭ ބަޔަކު ފިޔާވާ ނެތްފަދައެވެ… ލައުހާ މިސްރާބެއް ނެތި ހިގަމުން ދިޔަ އިރު ލައުހާގެ ފުރަގަހުން ވަމުންދިޔަ ކަންތައް ލައުހާއަކަށް ރޭކާވެސް ނުލައެވެ…ފަަހަަތުން މަޖާނަގަމުން އެއަންނަ ތިން މީހުންނަކީ ރަގަޅު ނިޔަތެއްގައި އަންނަ ބައެއް ނޫންކަންވެސް ބަލާލާ ކޮންމެމީޙާކަށްވެސް އެނގޭނެއެވެ…އެތަނުން އެކަކު އައިސް ލައުހާގެ ފުރަގަހުން ބައްދައިގަތެވެ..ލަައުހާއަށް ހޭވެރިކަަންވީދެނެވެ..މިވާން އުޅެނީ ކީއްކާން އިހްސާސް ކުރެވުނީ އެހިދުއެވެ… ވަށާލެވިފައިވާ ދެއަތުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ލައުޙާ ދިޔައިރު ދެވަނަ މީހާކު އައިސް ލައުހާގެ އަނގަމަތީ އަތްއެޅިއެވެ..އެހީއަކަށް އެދި ގޮވޭނެ މަގުވެސް ބަންދުކޮށްލީއެވެ…އެބޮޑު ތިން ފިރިހެނުންގެ ކުރިމަތީގައި ލައުހާއަށް ދެއްކޭނީ ވަކިން ކޮންބާރެެއްހެއްޔެވެ..؟..

އެމަގުން ކައިރީ އޮތް ހަނި އަދިރި ގޯޅިގަނޑަކަށް އެމީހުން ލައުހާ ވެއްދިއެވެ..އެތަނުން މީހުންގެ ހިލަމެއްވެސް ނުވާނެކަން އެނގޭތީއެވެ…އެ ތޫފާނުގެ ތެރޭ ބޭރަށް ނިކުންނާނެ ބަޔަކު އެތާކު ނޫޅޭނެކަން އެމީހުންނަށް ޔަޤީންވާތީވެސްމެއެވެ…ލައުހާ އެމީހުންތެ އަތްދަށުން ސަލާމަތްވުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުން ދިޔައެވެ…އެމީހުން ލައުޙާ ބިންމައްޗަށް ހޫރާލައި ފެންބޮވައިގެންފައިވާ މިނިކާވަގެއްހެން ލައުހާގެ ހަށިގަނޑުގެ މައްޗަށްވެރިވެގަތެވެ…ސަލާމަތްކުރުމަށް އެދި ލައުހާ އާދޭސްކުރަމުން ދިޔަޔަސް އެއަޑު އަހާނެ މީހަކުއެތާކު ނެތެވެ…ލައުހާގެ  ހަށިގަނޑޫން ނިވާކަން ފޭރިގަންނަމުން އެމީހުންގެ ބޭނުންތަށް ފުރިހަމަ ކުރަމުން ދިޔައިރު ލައުހާ އިތުރަށް ހަޅޭލަވާނެ ވަރެއް ނެތި ރޮއެރޮއެ އޮތެވެ..މިހެން މިވަނީ ކޮންކުށެއް ކުރެވިގެން ބާވައޭ ހިތަށްއަރަމުން ދިޔައެވެ…އަމިއްލަ ހާލަޢިމެދު ވިސްނާ ރޮއެރޮއެވަރުބަލިވީކަންނޭނގެއެވެ..ލައުހާއަށް މަންޒަރު ފަޑުވާން ފެށިއެވެ… އެމީހުންތަށް ލައުހާ އެހާލަށް ދޫކޮށް ދުއްވައިގަތްތަން ފެނުނު ހެންވެސް ހީވިއެވެ..މީހެއްގެ ހަޅޭކުގެ އަޑު އިވުނު ހެންވެސް ހީވިއެވެ…މީހެއްގެ ހިލަމެއްފެނުނު ހެންވެސް ހީވިއެވެ…ލައުހާގެ ލޯ ފުސްވަމުންގޮސް ހަބަރުހުސްވިއެވެ…..

…………………………………………………………………………………………………………..

ލައުހާއަށް ހޭލެވުނީ މޫނަށް އަލި އެޅޭހެން ހީވެގެންނެވެ… ނިދިފުރިގެންވާ ދެދޮލުން އެސްފިޔަތަށް ގަދަކަމުން ހުޅުވާލައި ހަމަޖެހިލީ ވަށައިގެންވާ މާހައުލާށް ނަޒަރު ހިންގާލަމުންނެވެ…ރީތި ފުރިހަމަ ކޮޓަރިއެެކެވެ..ކޮޓަރީގައި ބޭނުންކޮށްފައިވާ ރަތާއި ކަޅުގެ ފަރްނީޗަރުތަކުން ކޮޓަރިއަކީ ތަނަވަސް ކޮޓަރިއެއްކަން ހާމަވެކޮށްދެއެވެ…ލައުހާއަށް ތެޅިގަނެވުނީ މިއީ ލައުހާ ދަންނަ ތަނެއްނޫންކަން ފެންނަމުންދިޔަ މަންޒަރުތަކުން އެނގުމުންނެވެ..ދެން ލައުހާގެ ހަދާނަށް އައީ ރޭނގައި ލައުހާގެ ހަޔާތަށް އައި ތޫފާނުގެ މަތީންނެވެ…ހުރިހާ މަންޒަރެއް އަލުން ފިލްމެއްގެ މަންޒަރެއް ފަދައިން ލައުހާގެ ލޯމަތީގައި ސިފަވަމުން ދިޔައެވެ…ހަޔާތުގައިވެސް އެމީހަކު ފިޔަވާ އެހެންމީހަކާ މެދު ނުވިސްނާވަރަށް ވިސްނި ދެލޯފަދައިން ލޯބިވި ފިރިމީހާ ލައުހާގެ ބޮލުގައި އެޅުވި ތުހުމަތުތަކެވެ… ކުށަކާއިނުލައި ލައުޝާންގެ ހަޔާތުން ބާކީކޮށް އެއްލާލި ގޮތެވެ..އެތޫފާނީ ރޭގައި މިނިކާ ސިންގާތަކެއް އެހަށިގަނޑު ކޮށައި ނޮޅަމުންދިޔަގޮތެވެ..ލައުހާ ދެލޯމަރައި ބާރުކޮށްލީ ކެތްކުރެވޭނެ ހިތްވަރެއްނެތުމުންނެވެ… ލައުހާގެ ދެލޮލުން ހޯސްލާފައި ކަރުނަތަށް އޮހެމުންދިޔައެވެ…ގިސްލަގިސްލާފައި ރޮމުން ދިޔައިރު ކޮޓަރީގައި އެހެން މީހާކު ލައުހާގެ ހަރަކާތްތަކަށް ބަލަން ހުރި ކަމެއް ލައުހާއަކަށް އިހްސާސް އެއްވެސް ނުކުރެވުނެވެ…

 ހައިކަލް ހުރީ ލައުހާގެ މި ހަރަކާތްތަކަށް ބަލަން ދޮރުމަތީގައެވެ…ރޭގެ ހާދިސާއަށްފަހު އެ ނިކަމެތި އަންހެން ކުއްޖާއަށް ކުރާނެ އަސަރު ހައިކަލް އަށް ރަގަޅަށް އިހްސާސްކުރެވެއެވެ..މައުސޫމްކުއްޖެއްގެ އިއްފަތްތެރިކަން ފޭރިގަތުމުން ކުރާނެ ހިތާމަ ވިސްނޭތީ އެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ…އެއަންހެންކުއްޖާ އެކަމުން ސަލާމަތްކޮށްނުދެވުނީތީ ހައިކަލްގެ ހިތުގައި ވަނީ ނޭނގޭކަހަަލަ ވޭނެއް އުފެދިފައެވެ..އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ ކީއްވެ ކަމެއް ހުދު ހައިކަލް އަކަށްވެސް ނުވިސްނެވެ…ރޭ ފެނުނު މިއަންހެން ކުއްޖާއާއި މެދު ހައިކަލްގެ ހިތުގައި މިފަދަ މަޤާމެއް ދެވިފައިމިވަނީ ކީއްވެކަމެއް ނޭނގެއެވެ…އެ އަންހެން ކުއްޖާއަށްއަށް އެހީވާން ހައިކަލް ގެ ހިތް އެދެމުން ދިޔައެވެ… ހައިކަލް އަކީ އުމުރުން 24 އަހަރުގެ މޮޅު ނިއުރޯލޮޖިސްޓްއެކެވެ…ޑަކްޓަރީ ކޯސް ނިންމުމަށް ފަހު ރާއްޖެއައިތާ ހަފްތާއެއް ނުވެއެވެ..ހައިކަލް އަކީ މައިންބަފައިން ނިޔާވެފައިވާ ޔަތީމު ކުއްޖެއްކަމަކު ހައިކަލްގެ  މައިންބަފައިންގެ ފަރާތުންވަނީ މުއްސަދިކަން ވާރުތަވެފައެވެ..ހައިކަލް އަކީ  ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ބުރުސޫރަރީތި ފިރިހެންކުއްޖެއްކަމުން ހައިކަލްގެ ލޯތްބަށް ފެންބޮވައިގެންފައިވާ އަންހެންކުދިންގެ ފަރާތުން އެތަށް ގޮތަކުން ހުށަހެޅުންތަށް ލިބެމުންދެއެވެ..އެެހެނަސް  ހައިކަލްއަކީ އެކަހަލަ ކަންތައްތަކަށް އިސްކަންދޭ މީހަކަށް ނުވުމުން އެ ހުށަހެޅުންތަކަށްްވެސް ލިބުމުންގޮސްފައިވަނީ ބީރުކަންފަތެކެވެ… އެހެނަސް ރޭގައި މިދިމާވި ކުއްޖާ ވަނީ ހައިކަލްގެ ހިތުން ކޮންމެވެސް ޖާގައެއް ކަށަވަރުކޮށްފައެވެ… އެ ކުއްޖާ ފެނުނީއްސުރެ އެ އަންހެން ކުއްޖާއައި މެދު ހިޔާލުކުރެވެމުން ދިޔައެވެ…އެހެނަށް ލައުހާގެ ހަޔާތަށް ކުރިމަތިވެފައި މިވަނީ ކިހާބޮޑު ތޫފާނެއްކަމެއް ހައިކަލް އަކަށް އަންދާޒާ ކުރެވިފައެއްނެތެވެ…

ހައިކަލް މަޑު ފިޔަވަޅުތަކުގައި އައިސް ލައުހާއިން އެނދުގައި އިށީންދެލިއެވެ.އޭރުވެސް ލައުހާ ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ… ދެކަކޫ މަތީ ބޯއަޅައިގެން އޮތް ލައުހާ ބޯހިއްލާލީ މީހެއްގެ ހިލަމެއްވީހެން ހީވުމުންނެވެ… ލައުހާގެ ދެލޯބޮޑުކޮށްލެވުނީ ކުރިމަތީގައި އިން ޒުވާނާ ފެނުމުންނެވެ…

ޤަބޫލުކުރަން ދަތިވެފައިވާ ގޮތަކަށް ލައުހާއަށް ބަލަން ހުރވުނީ މިފެންނަނީ ހުވަފެނެކޭ ހިތަައެވެ… ތަޤްދީރު މިކުޅެނީ ކޮންކަހަލަ ކުޅިވަރެއް ހެއްޔެވެ.. . “ހަ…ހައިކަލް..” ބޭއިހްތިޔާރުގައި ލައުހާއަށް ބުނެލެވުނެވެ… ހައިކަލްގެ ގައިގައި ބައްދައިގަތެވެ..އަދި ބާރުބާރަށް  ރޮއެގަތެވެ…”ހަިއިކަލް…ލައުހާ ..ލައުހާ..ބާކީ..”ގިސްލެމުން ދިޔުމުގެ ސަބަބުން ލައުހާއަށް ވާހަކައެއް ނުދެއްކުނެވެ

ލައުހާގެ މިހަރަކާތުގެ ސަބަބުން ހައިކަލްއަށް ލިބުނީ ކުއްލި ސިހުމެެކެވެ..ޖެހިބުދެން ހެން ހިރިލާން ވެސް ނޭނގިފައި ހައިކަލް އަށް އިނދެވުނެވެ..ހައިކަލްގެ ހިތްބުނާކަހަލައެވެ.. “އަޖައިބެއްފަދަ އަންހެންކުއްޖެކެވެ… މިކުއްޖާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް ހެއްޔެވެ..”ހައިކަލްގެ ހިތް ނުތަނަވަސް ވިއެވެ..ހައިކަލް ލައުހާގެ ކޮނޑުގައި ހިފާ މަޑުމަޑުން ލައުހާ ގަޔާ ދުރުކޮށްލިއެވެ..ކަރުނައިން ފުރިގެންވާ ދެލޮލުން ލައުހާ ހައިކަލް އަށް ބަލަން އިނެވެ..”ކިހިނެތް އަހަރެންގެ ނަން އެނގުނީ…ލައުހާ…ލައުހާ ދޯ ކިޔަނީ…އަހަރެން ދަންނަންތަ..” ލައުހާ އަށް އިނދެވުނީ ހަައިކަލްއަށް ބަަލަހައްޓައިގެންނެވެ..ހައިކަލް އަށް ލައުހާ ނޭނގެން ވީ  ކީއްވެހެއްޔެވެ… މިއީ ކޮންފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ޔާރާއޭ…

ޔާރާއޭ
Next

ޔާރާއޭ… (ތިން ވަނަ ބައި )

Next
ޔާރާއޭ
October 7, 2014

ޔާރާއޭ… (ތިން ވަނަ ބައި )

Previews
October 7, 2014

ޔާރާއޭ…

2 Comments!

  1. ifaa says:
    October 7, 2014 at 6:40 pm

    Vr reethi story ey …

  2. niusha says:
    October 7, 2014 at 7:53 pm

    wow.. mibaiwexx wrh riithi <3

Comments are closed.

Next Episodeޔާރާއޭ… (ތިން ވަނަ ބައި )←


All Right Reserved!