Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝާ
ލޯބި

އެލީޝާ

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
October 5, 2014 3 Mins Read
9 Comments

ރެޑްވިލް ގެއަށް ހީވަނީ ބޮޑުޢީދެއް އައިސްގެން އުޅޭހެންނެވެ. މިޔަދަކީ ފަހުމީއާއި ހަފްސާގެ ހަގު ފިރިހެން ދަރިފުޅު ކަރަމް ކިޔަވާނިމިގެން ރާއްޖެ އަންނަ ދުވަހެވެ.ހަފްސާ އާއި އޭނާގެ ދެ ދަނބިދަރިން އަރޫނާ އާއި ރިޝާ ކެއްކުމުގައި އަވަދިނެތި ބަދިގެތެރޭގައި އުޅެމުން ދިޔައިރު ފަހުމީއާއި އޭނާގެ ދޮށީދަރިފުޅު ކައުޝަލް އަދި ދެވަނަ ދަރިފުޅު ކިޔާން ވަރުބަލި ކަމެއްނެތި ކަރަމްގެ ކޮޓަރި ތައްޔާރު ކުރުމުގައި އުޅެމުން ދެއެވެ
އެވަގުތު ކަރަމްގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިން ބާރު އަޑެއް އިވިގެން ދިޔައެވެ. މިއަޑަށް އެންމެން އެމީހަކު ކުރަން ހުރި ކަމެއް ބެހެއްޓުމަށްފަހު އެކޮޓަރިއާއި ދިމާއަށް ދިޔައެވެ. ކޮޓަރި ދޮރު ހުޅުވާލިއިރު ދޮރާ ފުރަގަސްދީގެން ތެޅިފާހުރި މުށިތައް ނަގަން ކަރަމްގެ އެއްމާބަނޑު ކޮއްކޮ ކިޔާރާ އިނެވެ. “ދަރިފުޅާ ކިހިނެއްވީ…؟؟؟ ކިހިނެއް މި ވާސް ތަޅައިގެން ދިޔައީ..؟؟ ދަރިފުޅަށް އެއްވެސް އަނިޔާއެއްވިތަ..؟؟؟” އެންމެންގެ ތެރެއިން ކޮޓަރިތެރެއަށް ދެމިގަންނަމުން މުށިތައް ހޮވަން އިން ކިޔާރާގެ އަތުގައި ހިފާ ނަގަމުން ހަފްސާ އެތައް ސުވާލެއް އަމުނާލިއެވެ. “މަންމާ ކިޔާއަކަށް އެއްވެސް ކަމެއް ނުވެއޭ..” ނިއްކުރިމައްޗަށް ވެއްޓިފައިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ކިޔާރާ ބުންޏެވެ. “ކީއްވެ ވާސް ތަޅައިގެން ދިޔައީ..” ކިޔާރާގެ ބޮލުގައި ފިރުމާލަމުން ފަހުމީ އަހާލިއެވެ. “ކިޔާ އުޅުނީ ތިއްތި ރިސީވް ކުރަން ދާއިރު އަރާނެ ފައިވާނެއް ޑިސައިޑް ކުރަންވެގެން.. އެކަމަކު ވިސްނާ ވިސްނާވެސް ނޭނގުން އަރާނެ ފައިވާނެއް.. އެހެންވެ ރުޅިއައިސްގެން މޭޒުމަތީގައި އަތުންޖެހީމަ ވާސް ވެއްޓި ތެޅުނީ..” ކިޔާރާ ވީ ގޮތް ކިޔާދިނެވެ. “އަރާނެ ފައިވާނެއް ނޭނގުނީއާ ހުސްފަޔާ ދާނީ.. ގޭގަ ހުރި އެއްޗެހި ހަލާކު ކުރާނީކީ ނޫނޭ.. ނޭނގެ މިހާރު މިގޭގަ ބާކީ ހަލާކު ނުވެހުރީ ކިތައް އެތި ކަމެއްވެސް…” ކިޔާން މިހެން ބުނުމުން އެންމެން ހޭންފެށިއެވެ. “ދެން ތުއްތޫ… މަޖަލެއް ނޫން.. ކިޔާ ރުޅި އެންމެންނާވެސް.. ކިޔާ މިހާ ސީރިޔަސް ވެފަ ހުއްޓަވެސް އެންމެން ހެނީ..” ތުން އަނބުރާލަމުން ކިޔާރާ އެންމެންނާ ފުރާގަސްދިނެވެ. ފަހުމީ އަތުގެ އިޝާރާތުން އެންމެންނަށް ނުހޭން އެންގިއެވެ. “ކިޔާ ކޮންކަމަކާތަ ތި ހާސްވަނީ؟؟ ކިޔާގެ ތުއްތު ދައްތަ އެހެރީނު.. ރިޝް ހެލްޕް ވާނަން ދޯ ކިޔާއަށް” ކިޔާރާގެ ކޮނޑުގައި އަތް އަޅުވާލަމުން އަރޫނާ ބުނެލިއެވެ.. ކިޔާރާ ބަލާލުމުން ރިޝާވެސް ހިނިތުންވުމަކާއިއެކު ބޯޖަހާލިއެވެ. ކިޔާރާގޮސް ރިޝާގެ ގައިގާ ބައްދާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ.
“ކޮބާ އަދިވެސް ނުނިމޭތަ..؟؟” ކޮޓަރިއަށް ވަދެގެން އައި އަލްޝާ ވާހަކަދެއްކީ އޭނާގެ ދޮންތަ އެލީޝާއާއެވެ. “ނޫނޭ މި ނިމުނީ ދެން…” އަލަމާރިތެރެއަށް ނަމާދު މުސައްލާ ލަމުން އެލީޝާ ބުނެލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި ދެފަރާތުން ހެދުން ދަމާލުމަށްފަހު ބޮލުގައި ފުނާ އަޅާލިއެވެ. “ސާބަސް ދޮންތާ… ތިވަރު ނުކުރިޔަސް ދޮންތަ ރީއްޗޭ..” ތެދެކެވެ. އެލީޝާއަކީ އާދަޔާ ޚިލާފު ރީތި ކަމެއް ލިބިފައިވާ ކުއްޖެކެވެ. ހެޔޮވަރުގެ އިސްކޮޅަކާއި ފުރިހަމަ ހަށިގަނޑެކެވެ. ރަންކުލަ އަރާ ފަށުވި އިސްތަށިގަނޑެކެވެ. ރާއްޖެތެރޭގައި އުޅުނެއްކަމަކު ހަމުގެ ކުލަ އަލިވެފާ އޮމާނެވެ. ބޮޑު ދެލޮލާލާއި ނޫކުލައިގެ ކަޅިއަށް އިތުރު ރީތިކަމެއް ގެނެސްދެނީ ދިގު އެސްފިޔަތަކެވެ. ރީތި ހުސްކޮށްގެން ހުރި ޕަރީއެއްފަދައެވެ. “ސާބަސް ކޮއްކޮއަށް… އިސްތަށިތައް ހޭވިފަ ހުރީމަ ބޯ އޮމާންކޮށްލީއޭމި.. އެހެން ނޫނަސް ކޮއްކޮ ވަކި ހުތުރުތަ..؟؟” އަލްޝާއަކީވެސް އެލީޝާހާ ރީތި ކުއްޖެކެވެ. ހަމައެކަނި ތަފާތަކީ ލޮލުގެ ކުލައާއި އިސްތަށިގަނޑުގެ ކުލަ ތފާތު ކަމެވެ.
ރަށުގެ ތުނޑީކޮޅުގައި ހުރި ގަހެއްގެ ހިޔަލުގައި އެލީޝާމެން ތިބީ މަޖާކޮށްލާށެވެ. އެވަގުތު ބޮނޑިކޮށްލާފައިވާ ކަރުދާސްގަނޑެއް އައިސް ޖެހުނީ އެލީޝާގެ ގާތުގައި އިން އޭނާގެ ދެބެންގެދެދަރި ކުއްޖެއްކަމަށްވާ ތަހާނީގެ މޫނުގައެވެ. “އައްދޯއި..!! ކާކު އެއްލި އެއްޗެއްތަ މީ..؟؟” ފަރާތް ފަރާތް ބަލާލަމުން ތަހާނީ ބުނެލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ބަލާލަބަލަ ތީގަ އެއްވެސް އެއްޗެއް ލިޔެފަ އިންތޯ..؟؟” ތަހާނީގެ ކޮއްކޮ ތާރާ ބުނެލިއެވެ. “ދީބަލަ މަގޭ އަތަށް..!!” ތަހާނީ ކަރުދާސްގަނޑު ނިއުޅަން ފެށުމުން އެ ޖަހާގަންނަމުން އިނާޝް ބުނެލިއެވެ. އަދި ކަރުދާސްގަނޑު އެއްކޮށް ނިއުޅާލުމަށްފަހު އެޔަށް ރަނގަޅަށް ބަލާލިއެވެ. އެއާއިއެކު އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އިނާޝް އެހެން އިންނަން ފެށުމުން ކައިރީގައި އިން އަލްޝާވެސް އެޔަށް ބަލާލިއެވެ. އެއާއިއެކު އޭނާގެ ދެލޯވެސް ދިޔައީ ބޮޑުވެގެންނެވެ. “އޯ.. މައި.. ގޯޑް.. ދޮންތާ..” އަލްޝާ އެލީޝާއަށް ބަލާލަމުން ބުނެލިއެވެ. “ކިހިނެއްވީތަ..؟؟ ކީއްވެ ދެމީހުން ދެލޯ ބޮޑުވެފަ ތިއިނީ..؟؟” އެލީޝާ އަހާލިއެވެ. ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނުމުން އިނާޝްގެ އަނެއް ފަރާތުގައި އިން ތާރާ ކަރުދާސްގަނޑު ބަލާލާފަ އޭގައި އިން އެއްޗެއް ކިޔާލިއެވެ. “އައި ލަވް ޔޫ އެލީ ލަވް “އެމް” ..” “ކީކޭ..؟؟؟؟ ދީބަ ތި އަހަރެންގެ އަތަށް..!!” ކަރުދާސްގަނޑު އަތްލުމަށްފަހު އެލީޝާ އެޔަށް ބަލާލިއެވެ. “ކޮން “އެމް” އެއްތަ..؟؟ އަހަރެމެންނަށް އަންގާ ނުލާ އެލީ ކަމެއް ކުރަނީދޯ..؟؟” އެލީޝާގެ ކޮނޑުގައި ޖަހާލަމުން ތަހާނީ ބުނެލިއެވެ. “އަހަރެން ކަލޭމެން ގާތު ނުބުނެ އެކަހަލަ ކަމެއް ނުކުރާނެއެއްނު.. އަހަންނަށްވެސް ނޭނގެ މީ ކާކުގެ ކަމެއް ކަމެއް.. ވެދާނެއެއްނު މީ މީހަކު ޖެއްސުމަށް ކުރި ކަމަކަށްވެސް.. ދެން ހިނގާ ގެއަށް ދާން…”
ފަހުމީގެ އާއިލާ ތިބީ އެއަރޕޯޓް ތެރޭގައެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ކަރަމް އަންނާނެ ވަގުތަކަށެވެ. އެންމެންގެ އިންތިޒާރަށް ނިމުމެއް އައީ މީހުންތަކުގެ ތެރެއިން އެމީހުންނާ ދިމާއަށް ހިނގާފައި އައި ޒުވާނާ ފެނުމުންނެވެ..
ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ތައުބާ

އެލީޝާ
Next

އެލީޝާ 2 ވަނަބައި

Next
އެލީޝާ
October 7, 2014

އެލީޝާ 2 ވަނަބައި

Previews
September 29, 2014

ތައުބާ

9 Comments!

  1. Shahoo says:
    October 5, 2014 at 2:20 pm

    Heekuran salhi story akah vaanehen Kamah..

  2. eemiyaa says:
    October 5, 2014 at 6:30 pm

    insha allah.. mivaahaka v salhi vaane shahoo.. 🙂

  3. zany says:
    October 6, 2014 at 10:20 am

    mi story v v reethi hykuran daily koh update kuraane kamah.
    aneka up nukoh, kudin mi story mathin foohi viya nudhecchey ingey 😛
    v reethi ingey vahaka loved it hope 2nd part will be the same. =D

  4. eemiyaa says:
    October 7, 2014 at 2:01 am

    Thanks zany..

  5. yoohaa says:
    October 15, 2014 at 9:59 pm

    Haadha salhi ey mi vaahaka

  6. eemiyaa says:
    October 18, 2014 at 12:06 am

    thanks yoohaa

  7. Shenaa says:
    October 22, 2014 at 1:58 pm

    iI you will continue this story to the end…. its a request ………..Best of luck!

  8. Shenaa says:
    October 22, 2014 at 2:00 pm

    I hope you will continue this story to the end…. its a request ………..Best of luck!

  9. eemiyaa says:
    October 29, 2014 at 12:27 pm

    thanks shenaa…. i will try.. in sha allah…

Comments are closed.

Next Episodeއެލީޝާ 2 ވަނަބައި←


All Right Reserved!