Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 9

Belle Level 310 Stories100 Comments100 Login500 Login
June 29, 2019 4 Mins Read
32 Comments

” ޔަމާން ، އައި ވިލް ޑިސްޓްރޯއީ ޔޫ ” ރުޅިވެރިކަމުން ފުރިގެންވީހިނދު އަޑު ނުކުތީ މީހަކު ބިރުގަންނާނެހާ ބާރަށެވެ. ދެއަތް މުތްކެވިފައިވީއިރު، ޒައިކުގެ އަޑުވެސް ތުރުތުރު ލައެވެ.

 

*************

 

ހެނދުނު ޝިފާއަށް ހޭލެވުނީ ބާލީސް ކައިރީ އޮތް ފޯނު ރިންގް ވާއަޑަށެވެ. މުޅިކޮޓަރި ތެރެ ވަނީ ވަރަށް ފިނިވެފައެވެ. އެހެނަސް ފިނީގެ މާބޮޑު އަސަރެއް ޝިފާއަށް ނުކުރީ މެއާ ހަމައަށް އެޅިފައިވާ މަޑުމަޑު ބުލޭންކެޓް ގެ ސަބަބުންނެވެ. ވިސްނާލަން އޮއެވުނީ ނިދިއިރު ބްލޭންކެޓް ކައިރީގައިވެސް ނެތުމުންނެވެ. ޝިފާގެ ހިތަށް އެރިއެއްޗަކުން ހިތް އުފަލުން ނަށާލިއެވެ. އޭނާގެ ހަށިގަނޑު ބުލޭންކެޓްއިން ނިވާ ކޮށް ދިނީ ޒައިކްކަން ޔަގީނެވެ. ކުޑަކޮށްނަމަވެސް އެހިތުގައި އޯގާތެރިކަން ވީ ކަމުގެ އިހުސާސް ވުމުން އުފާވިއެވެ. ތުންފަތުގައިވީ އުފާވެރިކަން ފިލައިގެން ދިޔައީ އިއްޔެ ޕާޓީގަ ވީކަންތައް ހަނދާންވުމުންނެވެ. ޒައިކް ވަނީ އޭނާގެ ހިތް ހަލާކުކޮށްލާފައެވެ. އެތައްފަހަރަކުއެވެ. ދެނެއް ޒައިކްއަކަށް އޭނާގެ ހިތް ހަލާކުކުރުމުގެ ފުރުސަތެއް ނުދޭނެއެވެ. ޒައިކް ފަރާތުން އެއްވެސް ކަމަކަށް އުންމީދެއް ނުކުރާނެއެވެ.

 

” ގުޑް މޯނިންގ. ބިއުޓިފުލް ” އެއަޑު އޭނާއަށް ފާހަގަ ނުވެއެއް ނުދިޔައެވެ. ވަރަށް އަވަހަށް އެއީ ޔަމާންގެ ފްލާޓީ އަޑުކަން ފާހަގަ ވިއެވެ. އަދިވެސް އެއްފަހަރު ފޯނުގެ ސުކްރީން އަށް ބަލާލުމަށްފަހު ކަންފަތުގައި ޖެހިއެވެ.

 

” ވަޓް ޔޫ ވޯންޓް ޔަމާން، އިޓްސް އެއިޓް އިންދަ މޯނިންގް ” މަޑުމަޑުން އެހެނަސް ރުޅިއަންނަ ކަހަލަ އަޑަކުން އޭނަ ވާހަކަ ދެއްކީ ޔަމާން ތަޅުވާލުމުގެ ބޭނުމުގައެވެ.

 

 

” ޔެސް ، އިނގެޔޭ ގަޑިން ވީވަރު، މީ އެންމެ ފުރިހަމަ ވަގުތުކޮޅު ބޯހާސްކަން ފިލުވާލުމަށާ، ހެނދުނުގެ ރީތިކަން ދެކިލުމަށް. ދިހަ މިނެޓް ތެރޭގަ ތައްޔާރުވޭ. ޝިފާ ބަލާދާނަން .އެއްވެސް އުޒުރެއް ގަބޫލެއް ނުކުރާނަން ” ފުރަތަމަ ޝިފާ އުޅުނީ ނޫނެކޭ ބުނާށެވެ. އެހެނަސް ރޭގަ ޕާޓީން ދިމާވިކަންތައް ހިތައް އެރުމުން ވަގުތުން އެއްބަސް ވިއެވެ. ޒައިކް އެއަންހެން ކުއްޖާޔާއެކު ދިއުމުން އަދިވެސް މެއަށް ހޫނުއަރައެވެ. މި ދަތުރު މިހެން އެކަނި ކޮޓަރީގަ ރޮއެރޮއެ އޮންނާކަށް ބޭނުމެއް އޭނާ ބޭނުމެއްނޫނެވެ.

 

ފޯނު ކަނޑާލައި މޯޅިއަކަށް ދެމިލުމަށްފަހު ދެއަށް ދަމާލުމުން ސިހުންވިއެވެ. އަނެއްފަރާތައް އެނބުރި ބަލާލުމުން ޝައްކު ޔަގީންވިއެވެ. ޝިފާއަށް އޮއެވުނީ އެނދުގައެވެ. ވެފައި ހުރި ދެރައިން ރޭގަ ހަނދާންނެތިގެން އެނދުގައި އޮއްތާލެވުނީއެވެ. ޒައިކް އޮތީ ނޭވާލިއަސް އެނޭވާގެ މީރުވަސް ދުވާ ހިސާބުގައެވެ. ނިދާލާފަ އޮންނައިރު ޑީސެންޓް ކަން ބަލާލަބަލާށެވެ. ނިދާލާފަ އޮންނަ އިރުވެސް ތުންފަތުގައިވަނީ ހިނިތުންވުމެވެ. ރީތިކަން ވަނީ އިތުރެވެ. ޒައިކް ހޭލުމުގެ ކުރިން އެނދުން ތެދުވެ ވަރަށް އަވަހަށް ތައްޔާރުވެލިއެވެ.

 

ދޮރު ހުޅުވާލުމަށްފަހު ނުކުންއިރު ޔަމާން ހުރީ ކުރިމަތީއެވެ. ދެމީހުން ސައިބޮއެގެން ނުކުތީ ހޮޓެލްގެ ކުރިމަށްޗަށެވެ. އޭރު ހުދު ކުލައިގެ ވަރަށް ރީތި ކާރެއް އިންތިޒާރުގަ އޮތެވެ. ޑްރައިވަރު ނުކުމެ އެމީހުން އެރުމަށް ދޮރު ހުޅުވާލަދިނެވެ.

 

” ކޮންތާކަށް ދާންވީ ” ޔަމާންގެ ސުވާލް ނުނިމެނީސް ދާންވީ ދުނިޔެ ބަލާލުމަށް ކަމަށް ޝިފާ ބުންޏެވެ.

 

” އައި ވޯސް ކިޑިން. އަބަދުވެސް ހުވަފެނެއް މުސީ ޑެ ލަވްރެއަށް ވިޒިޓެއް ކޮށްލުން. އެއީ މުޅި ޔޫރަޕް ގަވެސް ހުރި  އެންމެ ރީތި މިއުޒިއަމް ” އެތަނުގެ ރީތިކަން ހިތަށް އަރުވަމުން އޭނާ ވާހަކަ ދެއްކިއެވެ.

 

” އަހަރެން ހީކުރީ ޝިފާ ބުނާނީ އައިފުލް ޓަވަރ ކުރިމަތީ މަށާއެކީ ކިސް ކުރަން ބޭނުން ވާހަކަ ކަމަށް ” ޝިފާ ޔަމާން ކޮނޑުގައި ޖަހާލުމުން ހޭންފެށިއެވެ. މެޕް ބަލައިގެން ޑްރައިވަރ އެކި މަގުތައް ހުރަސް ކުރަމުން ދިޔައެވެ. ޕެރިސް އަކީ ދުނިޔެމަތީގެ ރީތި ތަނެއްކަން އެނގުނީ ފެންނަމުން ދިޔަ މަންޒަރު ތަކުގެ ފުރިހަމަކަމުންނެވެ. ރީތި ކޯރުތައް ހުރަސް ކުރާއިރު، ފެހިކަން ގަދަ ގަސްތަކުން މަގުތައް ވަނީ ރީތި އެތައް ކުލައެއް އެކުވެފައެވެ. އިމާރާތްތައް އުސްވެފައި އެއްގޮތް ކަމެއް ހުއްޓެވެ.

 

ފަސް ގަޑިއިރު މިއުޒިއަމްގައި ހޭދަކުރީ ފޫހިކަމެއް ނެތިއެވެ. ޝިފާ ހީކުރިވަރަށްވުރެވެސް މާރީއްޗެވެ. ހުރިހާއެއްޗެއްވެސް ތައްޔާރުކުރެވިފައިވަނީ ވަރަށް ފުރިހަމައަށެވެ.  ފާރުތަކުގައި އެތައް ކުރެހުމެއް ބޮޑެތި ފްރޭމްތަކުގައި ވެއެވެ. ބައެއް ގެސްޓުން އެ ކުރެހުންތައް ބަލައިގެން ކުރެހުމުގައި މަސްއޫލުވެ އުޅޭތަން ފެނެއެވެ. އޭގެތެރެއިންވެސް ދުނިޔޭގެ އެންމެ މަޝްހޫރު، އަގުބޮޑު ކުރެހުން ކަމުގައިވީ މޮނޯލިޒާގެ ފޮޓޯ ފެނި ޝިފާހުރީ ހައިރާން ވެފައެވެ. ފުރިހަމަ ކަމުންނެވެ. އެކުރެހުން ކުރެހި ލެއަނާޑޯ ޑަ ވިންސީއަކީ މޮޅު ކުރެހުން ތެރިއެއްކަމަށް ޝިފާގެ ހިތުން ގަބޫލު ކުރިއެވެ.

 

އިޖިޕްޓުގެ މަމީ ތަކުން ތަނުގައި ބިރުވެރިކަން ހާމަވާންއޮތަސް އެކަން އެއްފަރާތް ކުރުމަށްފަހު ހުރިހާއެއްޗެއްގެ ރީތިކަން ބެލުމުގައި ޝިފާ ވަގުތު ހޭދަކުރިއެވެ. ތަފާތު ތަޖުރިބާއެކެވެ. ޔަމާންގެ މަސައްކަތަކީ ފެންނަހާ އަންހެން ޓޫރިސްޓުންނާ ފްލާޓް ކުރުމެވެ. މިކަމާ ޝިފާ އިރުކޮޅުކޮޅުން އެއްޗިހި ކިޔައި ގަންނައިރުވެސް ޔަމާން ގެ އަމަލުތަކެއް ނުހުއްޓެއެވެ.

 

މިއުޒިއަމް އިން ނުކުތުމަށްފަހު ޝިފާގޮވައިގެން ޔަމާން ދިޔައީ ފްރާންސްގަ ހުރި އެންމެ މަޝްހޫރު ޝޮޕިން ސެންޓަރ އަށެވެ. ޝިފާ ނޫނެކޭ ބުނެބުނެ ހުއްޓަ އެތައް އެއްޗެއް ޔަމާން ގަތެވެ. ނަތާއަށާ ބައްޕަ އަށް ވަރަށް ރީތި އެއްޗިހި ޝިފާނެގީ ޔަމާންވެސް އެކަމަށް އެދުމުންނެވެ. ޝިފާ ގެ ކާޑް ނުގެނެވޭކަން އޭނާއަށް އެނގުމުން ޔަމާންގެ ކާޑުތަކުގެ ތެރެއިން ކާޑެއް ދިނުމުންވެސް ޝިފާއެއް ނުހިފިއެވެ.

 

ކުއްލިއަކަށް ޒައިކް މަތިން ހަނދާންވެ ގިފްޓެއް ގަންނަ ހިތްވިއެވެ. އަމިއްލަ ނަފްސާ ވާހަކަ ދެއްކުނީ އޭނަ ދޭ ގިފްޓެއް ޒައިކް ބަލާވެސް ނުލާނެކަމަށް ހިތަށް އެރުމުންނެވެ. މިހާ އުފާވެރި ވަގުތު ކޮޅެއްގައި ޒައިކްގެ ނަން ހިތަށް އެރުމުންވެސް ޝިފާގެ މޫޑް އޮފް ވިއެވެ. ހަވީރުވާން ކައިރި ވެފައި ހުރުމުން ދެމީހުންނަށްވެސް ބަނޑުހައިކަމުގެ އަސަރު ކޮށްފިއެވެ. ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަދެ ދެމީހުން އޯޑަރ ކުރުމަށްފަހު ހަމަޖެހިލިއެވެ. ކައިނިމިގެން މަގުމައްޗައް ނުކުންއިރު ޑުރައިވަރު ބަލާ އައިސް ހުއްޓެވެ.

 

” ތޭންކް ޔޫ ސޯ މަޗް ޔަމާން. މިއަދަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ހަނދާންތަކެއް ގެނަ ދުވަހެއް. ހުރިހާކަމަކުންވެސް ހިތްހަމަ ޖެހުން ލިބުން ” ދެއަތުން ކޮތަޅުތަކުގައި ހިފަހައްޓަމުން ޝިފާ ވާހަކަ ދެއްކިއެވެ. ޔަމާން އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ޝިފާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޔަމާން އޭނައާއިއެކު ރޫމާ ހަމަޔަށް ދާން ބުނުމުންވެސް ޝިފާ އެއްބަސް ނުވިއެވެ. އެކަނި ގޮސްލާނީކަމަށް ބުންޏަސް ހިތުގެ އެއްކަނެއްގައި ކުޑަ ޖެހިލުންވުމެއް ވިއެވެ. ހެނދުނުން ފެށިގެން ޒައިކް އަށް ފިލައިގެން އުޅުމުންވެސް އެހިތުގައި އެއްވެސް އަޅާލުމެއް ނުވާނެކަން ޝިފާއަށް އެނގެއެވެ. ރަނގަޅުވާނީވެސް ދާގޮތައް ނައިސް އުޅުނިއްޔާކަން އެނގެއެވެ.

 

ރޫމްގެ ދޮރު ކައިރިއަށް ދެވުމުން ހިތް އަވަސްވިއެވެ. ބަނޑުތެރޭ އެއްޗިހި ތަކެއް ދުވާކަމުގެ އިޙްސާސް ކުރެވުނެވެ. އަމިއްލަ ނަފްސަށް ވިސްނައިދިނީ ޒައިކް އެއްވެސް އަޅާލުމެއް ނުބަހައްޓާނެކަން ހިތައް އަރުވަމުންނެވެ. ޝިފާ ކާޑު ޖައްސާލަމުން ދޮރު ހުޅުވާލިއެވެ. މަޑުމަޑުން އެތެރެއަށް ބޯދިއްކޮށްލުމަށްފަހު ވަނެވެ. އަލަމާރި ދޮރު ހުޅުވާލައި ގެނަ ކޮތަޅުތައް އެތެރެއަށްލާ، ދޮރު ލައްޕާލިއެވެ. އަދި މަޑުމަޑުން ގޮސް ސުއިޗްތައް ޖައްސާލުމަށްފަހު އެނބުރުނެވެ. އޭނަ ސިހިގެން ދިޔައީ އެނދުގައި އިށިންދެގެން ހުރި ޒައިކް ފެނުމުންނެވެ.

 

އޭނާއަށް ފަހަތަށް ފިޔަވަޅު އެޅުނީ ޒައިކް ހިނގާފައި އަންނާތީއެވެ. ދެލޮލުން ރުޅިވެރިކަން ފެންނަން ހުރިއިރު މޫނުމަތިން ފެނުނު އަސަރުން ޝިފާގެ ހިތް ހީވީ ފިތޭހެނެވެ. ފަހަތައް ޖެހެމުންގޮސް ފާރުގައި ހަށިގަނޑު ޖެހެން ކައިރިވީ އިރުވެސް ޒައިކް އައީ ކުރިއަށެވެ. ވަކިހަމަޔަކަށް އައުމަށްފަހު ޝިފާގެ ދެކޮނޑުގައި ހިފާ ފަހަތަށް ޖައްސާލުމުން ފާރުގައި ހަށިގަނޑު ޖެހުނެވެ. އޭނަގެ ހިތަށް ބިރުވެރިކަން ވަނީ އެހެނަކުން ނޫނެވެ.

 

ނޭވާ ހާސްވާ ކަމުގެ އިޙުސާސް ކުރެވެން ފެށުނެވެ. ޒައިކްހުރީ ނޭވާލިއަސް އެނޭވާގެ ހޫނު އިހްސާސްވާ ހިސާބުގައެވެ. ހިންދިރުވާލެވުނީ ދެލޮލުން ފެނުނު ރުޅިވެރިކަމުންނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލިއަސް ޒައިކްގެ ތުންފަތުގެ އިހްސާސް ވާނެއެވެ. އެހާވެސް ކައިރިއެވެ. ތެއްކަން އެކުލެވިގެންވީ ޒައިކްގެ ތުންފަތަށް ނަޒަރު ހުއްޓުނެވެ. ދެން ޒައިކްގެ ދެލޮލަށް ނަޒަރު ހުއްޓުނު އިރު އެދެލޮލުން ފެނުނު ކުލަ ތަރުޖަމާ ކުރާކަށް ނޭނގުނެވެ. އޭނައަށް ބޭނުންވާ ކަހަލައެވެ. ދެލޮލުން ފެންނަނީ މަސްތުކަމުގެ ކުލައެވެ. ނޫނީ ހީވާ ގޮތެއް ކަމަށް އަމިއްލަ ސިނކުޑިއަށް ވިސްނައިދިނެވެ. ޒައިކް އެކަހަލަ ހިޔާލެއްވެސް ނުކުރާނެއެވެ. ޒައިކް އަށް އޭނާމީ އެއްވެސް މީހެއް ނޫނެވެ.

 

ޒައިކް ގެ މޫނު ކައިރި ކުރަމުން އައިސް ކަނދުރާގެ އެއްފަރާތަކުން ތުންފަތް ޖައްސާލުމާއެކު ޝިފާ ތެޅިގެންފައި ދުރަށް ދިއުމަށް އުޅުނެވެ. އެހެނަސް އެއަށްވުރެ ބާރަށް ޒައިކް ހުރީ ހިފަހައްޓައިގެންނެވެ. އަނެއްކާވެސް މޫނު ކައިރިކުރަމުން އައިސް ކަންފަތުގެ ތިރީގައި ދައިގަތެވެ. ހަމައެއާއެކު ލައިގެން ހުރި ހެދުމުގެ މަތިން ކަކުލާހަމައިން އަތް ގެންނަމުން ދިޔައެވެ. މިހާރު އޭނަގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައީ ޒައިކްގެ އަމަލުތަކުންނެވެ.

 

” ވައި އާރ ޔޫ ޑުއިން ދިސް ޒައިކް “ޝިފާއަށް ސުވާލް ކުރެވުނު އިރު ދެލޮލުން ކަރުނައިގެ އަސަރު ފާޅު ވެއެވެ. އެހެނަސް ހިތްވަރު ނެރެމުން ޒައިކް އާ ކުރިމަތިލިއެވެ.

 

” ޝިފާ އަށް ނޭނގެންޏާ ސުވާލު ކުރަނީ ކީއްކުރަން” ނުވިސްނުނު ކަމަށް ބުނުމުން ޒައިކް އިތުރަށް އޭނާގެ އަތް ފާރުގައި ޖައްސާ ބާރު ކޮށްލިއެވެ.

 

” އަހަންނަށް އިނގޭ ޝިފާ ހެނދުނުއްސުރެ ބޭރުގަ އުޅުނީ ޔަމާން އާއެކު ކަން. ހީކުރީތަ އެކަމާ އަހަރެން ދެރަވާނެކަމަށް. ހިތައް ނާރާ އެކައްޗެއްވެސް. އެކަމަކު ދެން ވެސް އަހަރެން ކައިރީ ނުބުނެ އެއްތާކަށްވެސް ނުދާތި. ޝިފާ އަށް ކަމެއްވިއަސް މަދޯ ޖެހޭނީ ޒިންމާ ނަގަން. ޝިފާ ބައްޕަ އަށް މަދައްކާނެ މޫނެއް އޮންނާނެތަ އޭރުން ” ކިތަންމެ ނޫން ކަމަށް ހެދުނަސް ޒައިކް ޖެލަސް ވިކަން އެނގުނެވެ. ކުޑަކޮށް ހިތް ނަށާލިކަހަލައެވެ. ހިތުގައިވި ޖެހިލުންވުން އެއްފަރާތް ކޮށްލުމަށްފަހު ޒައިކް އާ ޗެލެންޖަކަށް ދާން ބޭނުން ވިއެވެ. ތިހެން އުޅެނީ ހިތަށް އެއްޗެއް ނާރާތީ ހޭ ބުނުމުން އިތުރަށް ދެއަށް ތިލައަށް ބާރުކޮށްލަމުން ޒައިކް ބަލާލިއެވެ.

 

” ޗެލެންޖް ކުރަންތަ ބޭނުންވަނީ. އެހެންވިއްޔާ އަޑުއަހާ ޝިފާ ކިތަންމެ ވަރަކަށް ތިހެން އުޅުނަސް އަހަރެންގެ ހިތަކުން ޖާގައެއް ނުލިބޭނެ. އިނޮސެންޓު ފޭސްގެ ފަހަތުގައި އަބަދުވެސް އަންހެނުންގެ މަކަރުވެރިކަން ވާނެ. އަހަރެންގެ އަތުގައި ކައިވެނީގެ މި އަނގޮޓި އޮތަސް އަހަރެން ނުދެކެން މީ އެއްވެސް މާނައެއް ހުރި ކަމަކަށް ” ކިތަންމެ ބާރު ލާފައި ޒައިކް ވާހަކަ ދެއްކިއަސް އެ ހިތުގެ ތެޅުމުގެ އަޑު އިވުނެވެ. ދެން ޒައިކް ކޮށްލީ އޭނާ ހިތަށްވެސް ނާރާ ކަމެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

އަހަރެން އެނބުރި އަންނާނަން (11 ވަނަ ބައި)

Next

އިވާޝާ (ޓްރެއިލަރ)

Next
June 29, 2019

އިވާޝާ (ޓްރެއިލަރ)

Previews
June 29, 2019

އަހަރެން އެނބުރި އަންނާނަން (11 ވަނަ ބައި)

32 Comments!

  1. Luc!f3r says:
    June 29, 2019 at 2:19 am

    Interesting

    1. Belle says:
      July 1, 2019 at 8:26 am

      Thanks Luc!f3r

  2. Sur says:
    June 29, 2019 at 6:29 am

    Kurinbeega kiva miharu up nukurani…

    1. An no I'm out says:
      June 29, 2019 at 11:25 am

      E site hutaa laifi ehnnu sur

  3. Ibsha says:
    June 29, 2019 at 7:57 am

    Reethi

    1. Belle says:
      July 1, 2019 at 8:32 am

      Thanks Ibsha

  4. Jungkook says:
    June 29, 2019 at 8:04 am

    When is the next part?? Miyadhu up kohdheeba plz Varah kiyaa hithun mihiree hehe and Varah kuru mi bai

  5. އަޒޫ says:
    June 29, 2019 at 8:17 am

    avahah up kohba next part.. cant wait

    1. Belle says:
      July 1, 2019 at 8:32 am

      Thanks Axoo, next will soon

  6. Dhonthee says:
    June 29, 2019 at 8:44 am

    It’s a beautiful part

    1. Belle says:
      July 1, 2019 at 8:26 am

      Thanks Dhonthee

  7. jiji says:
    June 29, 2019 at 9:13 am

    ?❤?Interesting…v lwbi part ehh

    1. Belle says:
      July 1, 2019 at 8:27 am

      Thanks jiji

  8. drax says:
    June 29, 2019 at 10:31 am

    Nice nice ? waiting to for next part
    Very curious

    1. Belle says:
      July 1, 2019 at 8:27 am

      Thanks, Thanks drax

  9. Luha says:
    June 29, 2019 at 10:45 am

    Mi vahaka eboy kurinbee live ga vrh obi mivahaka??

    1. Belle says:
      July 1, 2019 at 8:33 am

      Thanks Luha,

  10. Ali says:
    June 29, 2019 at 2:55 pm

    “Oththaalun” mi ee kuda kudhin ge bahuruva. Bodethi meehunnah ohthaalee ekey nukiyaane.

    1. Belle says:
      July 1, 2019 at 8:31 am

      hehe Ali thank you , i will change

  11. Mal? says:
    June 29, 2019 at 7:18 pm

    Just love it ???

    1. Belle says:
      July 1, 2019 at 8:28 am

      Thanks Mal

  12. Shaa says:
    June 29, 2019 at 7:58 pm

    Varah reethi ❤️❤️ keep it up

    1. Belle says:
      July 1, 2019 at 8:28 am

      Thanks Shaa

  13. Mal? says:
    June 29, 2019 at 7:59 pm

    Vv Reethi

    1. Belle says:
      July 1, 2019 at 8:30 am

      Thanks Mal

  14. Gg says:
    June 30, 2019 at 12:42 am

    Dear ohtaalun liyuneema hadi ey, pls change, ekam vaahaka v salhi

    1. Belle says:
      July 1, 2019 at 8:30 am

      Thanks Gg , i will change next part ,

  15. niyaaasha says:
    July 1, 2019 at 8:01 am

    pls up new part sooon

    1. Belle says:
      July 1, 2019 at 8:29 am

      Today will up ,thanks for reading

  16. Rai says:
    July 1, 2019 at 1:34 pm

    Next part plx

  17. Shif says:
    July 1, 2019 at 3:24 pm

    Next part up soon please

  18. Axee ? says:
    July 1, 2019 at 4:15 pm

    Masha Allah varah reethi mi part vx??? konme part eh vx kiyan but comment mikohly alah ?❤️❤️❤️❤️??❤️???ly

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 10←


All Right Reserved!