Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 45

Saraa Level 910 Stories100 Comments100 Login500 Comments500 Login
June 26, 2019 8 Mins Read
46 Comments

“އަހަރެން ފެންނާނެއަތީތަ؟ ހާސްނުވޭ… އަހަރެން ނޫޅެން ހައިޒަލްގެ އެޓެންޝަން ހޯދާކަށް… ޔޫ ހޭޓް …” ނައިނާގެ ޖުމްލަ ފުރިހަމަކުރާނެ ފުރުސަތެއް ހައިޒަލް ދިނުމެއްނެތި ދެތުންފަތުން އެޖުމްލަ މެދުކަނޑާލިއެވެ. އެވަގުތު ނައިނާގެ ދެލޯބޮޑުކޮށްލެވުނުއިރު ހައިޒަލް ދުރުކުރަން ގަދަހަދާފައިވެސް އެންމެ ފަހުން ހައިޒަލްގެ ކޮންމެ އަމަލެއްގައި ބައިވެރިވުނީ ކީއްވެކަމެއް ނޭނގުނެވެ. ދެޒުވާނުންގެ ނޭވާކޮޅަށް ދިޔައިރު ނައިނާ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. އެވަގުތު ނައިނާގެ ލޯމައްޗަށް ޝަލީން ސިފަވެގެންދިޔައިރު ވީގޮތެއްވެސް ނޭނގުނެވެ. ހައިޒަލްގެ މޭގާ އަތްއަޅާ ދުރަށް ކޮއްޕާލިއިރު ނައިނާގެ އަތުގެ ހޫނު ހަމަލާ ހައިޒަލްގެ ކޯތާފަތް މައްޗަށް އަރައިގެންދިޔައެވެ.

ކޯތާފަތުން ނަގައިގެން ދިލައާއިއެކު ހައިޒަލްއަށް ހަމަހޭވެރިކަމަށް އާދެވުނުފަދައެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލިއިރު އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ޖަޒްބާތުގައި ޖެހި އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ؟ ނައިނާގެ ހިތަށް އިތުރު ވޭނެއްދެވުނީއެވެ.

“ހައު ޑެއަރ ޔޫ…” ރުޅިގަދަވެގެން ގޮސް ނައިނާގެ ތުންފަތް ތުރުތުރު އަޅަމުންދިޔައެވެ. ހައިޒަލް ބޭނުންވަނީ އަދިވެސް އެހިތުގައި ހައިޒަލްގެ މައްޗަށް ވާލޯތްބަށް ބަދަލެއް ނާންނަކަން އަންގައިދީގެން އެ ހިތަށް އަނިޔާދީ އޭނާ ބަލިކަށި ކުރަންހެއްޔެވެ؟ ޝަލީންގެ ހައްގެއްކަން އިނގިހުރެ އޭނައާއި ގާތްކަމަށް ބާއްވަން މަޖުބޫރުކޮށްގެން ކުށްވެރި އިހުސާސްތަކުން އޭނަގެ ހިތަށް އިތުރު އުނދަގޫކަމެއް ދޭން ހެއްޔެވެ؟

ނައިނާގެ ރީތި ދެލޮލުން ބަންޑުންވަމުން އައި ކަރުނަތަކާއިއެކު ހައިޒަލްއާއި ދިމާލަށް ބަލާލިގޮތް މައުސޫމްކަމުން ހައިޒަލްގެ ލޯ ތެމުނެވެ. އޭރު އެތައް އިހުސާސްތަކުން ނައިނާގެ މޫނު ވަނީ އަނގުރު އަލިފާންގަނޑެއްހެންވެފައެވެ. ހައިޒަލް އިސްޖަހާލީ ކުށްވެރިއެއްފަދައިންނެވެ. ނައިނާ މޫނުގައި އަތްއެޅިގޮތަށް ރޫމްއިން ބޭރަށް ދުއްވައިގަތްއިރުވެސް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ހައިޒަލްއަކަށް ނުކުރެވުނެވެ.

*** *** *** *** ***

މެންދުރުގެ ބްރޭކް ގަނޑިއަށް ޝަލީން ޕޭޝަންޓުން ބެލުން މެދުކަނޑާލިއިރު އެންމެ ފަހު ޕޭޝަންޓް ނިކުމެގެން ދިޔުމާއިއެކު މޭޒުމަތީގައި ހުޅުވާލެވިފައިވާ ފައިލްތައް ތަރުތީބުކޮށްލުމަށްފަހު ކެބިންއަށް ނިކުތެވެ. ދުވަހުގެ ހޫނުކަމާއިއެކު ކަރުހިއްކުން ފިލުވަން ބޭނުންވެފައި ހުރެ ޝަލީންގެ ފިޔަވަޅުތަށް ބެހެއްޓީ ކެންޓީންއާއި ދިމާލަށެވެ.

ގިނަ ޑޮކްޓަރުންގެ ބްރޭކް ގަނޑިއަށްވުމުން މިވަގުތު މުޅި ކެންޓީންވަނީ އެކީކަހަލަގޮތަކަށް ފުރިފައެވެ. ޝަލީން ފިނި ބުއިމެއް ނަގައިގެން އައިސް ހުސްކޮށް އިން މޭޒެއްގެ ދޮށުގައި އިށީނުމާއިއެކު އިތުރު ދެ ޑޮކްޓަރަކު އައިސް ޝަލީންއާއި ބައިވެރިވިއެވެ.

“ޝަލީ މެރީކޮށްގެން ޓްރީޓްވެސް ނުދީ އިނގޭ ތިއުޅެނީ… ހަޒްބެންޑް އަަހަރެމެންނަށް އިންޓްރޮޑިއުސް ވެސް ނުކޮށްދޭނަންތަ؟” ޝަލީންއާއި އެކީ ސައިކޮލޮޖީ ޑިޕާރޓްމެންޓްގައި މަސައްކަތްކުރާ ޑޮކްޓަރ ކިޔާރާ ޝަލީންއާއި ދިމާކޮށްލިއެވެ.

“ޝަލީ ބިރުންވެސް އިންޓްރޮޑިއުސް ނުކޮށްދޭނެއެއްނު… ހައިޒަލްގެ ޗާމިންކަމުން ކިޔާ ފޯލްވެދާނެވިއްޔަ…” ޑޮކްޓަރ އަޒަލްވެސް ކިޔާރާއާއި ބައިވެރިވެލިއެވެ. ޝަލީން އެދެއެކުވެރިންގެ ސަމާސާގައި ބައިވެރިވުމުގެ ގޮތުން ކުޑަކޮށް ހިނިތުންވެލަމުން ޖޫސްތަށިން އެތިފޮދެއް ދަމާލިއެވެ.

އެއާއިއެކު އަރުތެރޭގައިލީ ނުބައި ރަހައާއިއެކު އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ކުޑަ އެތިފޮދެއް ދިރިގެންދިޔަތާ މާ ގިނައިރެއްނުވެ ކަރުތެރެއިން ހޮނޑު އަންނަގޮތްވީއިރު ޝަލީން އަވަސްއަވަހަށް އަނގަމަތީ އަތްއަޅާލިއެވެ. ވަގުތުން ކިޔާރާއާއި އަޒަލްއަށް ބަހަނާއެއް ދައްކާލަމުން ޝަލީން ދަބަސް ނަގައިގެން ކެންޓީނުން ނިކުންނަން ހިނގައިގަތެވެ.

ޝަލީންއަށް ރެސްޓްރޫމްތެރެއަށް ވަދެވުނުކަމެވެ. މޫނު ދޮންނަ ތައްޓާއި ދިމާލަށް ގުދުވިގޮތަށް ހޮނޑުދުއްވާލެވުނުއިރު ޝަލީން ހަމަޔަކަށް އެޅުނީ ހެނދުނު ނާސްތާކުރި އެއްޗެހިވެސް ހޮނޑުގެ ގޮތުގައި ބޭރުކޮށްގެންނެވެ. އޭރު ޝަލީންގެ ލޮލުން ކަރުނަ ފާއްދާލައިފައިވީއިރު ކަރުތެރެއިން ދިލަ ނަގަމުންދިޔައެވެ. ވަރުބަލިކަމުގެ ލިޝާންތައް ފާޅުވަމުންދިޔަ މޫނަށް ފެން ވިއްސާލަމުން ޝަލީން ފެންފުޅިނަގާ ފެންކޯވަރެއް ބޯލިއެވެ. ޓިޝޫނަގައިގެން މޫނު ސާފުކޮށްލުމަށްފަހު ޝަލީން ރެސްޓްރޫމްގެ ދޮރުހުޅުލާފައި ބޭރަށް ފިޔަވަޅެއް އަޅާލިއެވެ.

ޝަލީންއަށް ކުރިއަށް އަޅާލެވުނީ އެންމެ ފިޔަވަޅެކެވެ. އެންމެ ކައިރިއަށް ހުރި މީޓިން ރޫމްއިން ނިކުތް ޒުވާނަކު ޝަލީންގެ އަތުގައި ހިފާ ލަތްކެއް ޖެހިގޮތަށް މީޓިން ރޫމްއަށް ވެއްދިއެވެ.

“ޔާން…” ފާރުގައި އަތްވިއްދާލައިގެން ޝަލީންގެ ނޭވާ އިހުސާސްވާހާ ކައިރީގައި ހުރި މަޔާން ފެނުމާއިއެކު ޝަލީން ކިޔާލިއެވެ. އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ޖެހިލުންވުމާއި ހައިރާންކަން ފެނިލިއެވެ.

“ކިހިނެތްވީ… އަހަރެން ނާންނާނޭކަމަށްތަ ހީކުރީ.. އަހަންނަށް އޮޅުވާލައިފައި ފިރިމީހާއާއިއެކުގައި ވަރަށް އުފަލުގައިތަ ތިއުޅެނީ؟” މަޔާންގެ އަޑުގައިވީ ޖެއްްސުމުގެ ރާގާއިއެކު ޝަލީންއަށް މަޔާންއާއި ދިމާލަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. މިއީ ހަމަ އޭނަގެ މަޔާންބާވައޭ ހިތަށް އަރާފައި ހުރެއެވެ.

“ޔާން…” ޝަލީންގެ އަރުތެރެ ބެދެން އުޅޭހެން ހީވިއެވެ.

“ޝަލީންތަ ރޯންވީ… ރޯންޖެހޭ މީހަކީ މަށޭ… ކޮންފަދަ ބޮޑު ލަނޑެއް.. ކިހާ ބޮޑު އޮޅުވާލުމެއް… އިންސާނަކަށް މިހާ ބޮޑު ކެއްސެއްދެވިދާނެތަ؟ އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުރެ ތިގޮތަށް ކަންތައް ކުރުމުގެ ކޮން ހައްޤެއް ޝަލީންއަށް އޮތީ… އެހެން މީހަކާއި ކައިވެނިކުރިއިރު އަހަރެން ޝަލީން ވަރިއެއްނުކުރަމޭ…” ރުޅިވެރިކަމުން މަޔާންގެ ނަފްސު ފިހެމުންދިޔައިރު އަޑުބާރުވަމުން އައެވެ.

“މިހާރު އިނގޭތަ ފިރިއަކީ ކާކުކަން؟ ކައިވެނިކުރެވެނީ ކާކާކަން…” ފާރުގައި ޖައްސާލެވިފައިވާ މަޔާންގެ ދެއަތަށް ބާރުކުރަމުންދިޔައިރު ފާރުވެސް ފުޑާލަފާނެހެން ހީވެއެވެ. ޝަކުވާކުރުމުގެ ހައްގު އޮތީ އޭނައަށްކަން ސިކުނޑި ހަނދާންކޮށްދިނަސް ޝަލީންއަށް ހަނުހުރުން ނޫންކަމެއް ނުކުރެވުނެވެ. ޝަލީން އިސްޖެހިފައިހުރިއިރު ޝަކުވާތަކުން ހިތް ފުރެމުންދިޔައިރުވެސް ބޭރުކޮށްލާނޭ ކުޅަދާނަކަމެއް ނުލިބުނެވެ. މަޔާންގެ ރުޅިވެރިކަން ފެނި އަމިއްލަ ނަފްސު ހިމޭންކަން އިހުތިޔާރުކޮށްފިއެވެ. ލޮލުން ކަރުނަތައް ދެމެދުންދާ ހާލު މަޔާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނަ އެންމެ ބޭނުންވީ ވަގުތު އޭނަގެ އަތުންދޫކޮށްލީ މަޔާންއެއް ނޫން ހެއްޔެވެ؟

“އަހަންނަށް ކުރި ވައުދުތައް އެއްވެސް އެއްޗަކަށް ނުވިއެއްނު… އަންނަންދެން އިންތިޒާރުކުރާނަން… ޝަލީންގެ އަނގައިން ދޯ އެހެން ބުނީ… މީތަ އިންތިޒާރު ކުރަން ބުނި ގޮތަކީ…” މަޔާން އަތްމުށްކަވާފައި ފާރަށް ބޭލި އެތިފަހަރުގެ ބާރުކަމުން ޝަލީންގެ ހިތްވެސް ގުޑުލާހެން ހީވެއެވެ. ސިހިފައި ބަލާލިއިރު މަޔާން ޝަލީންއާއި ދުރުވެލައިފިއެވެ. އެވަގުތު މަޔާން ދުރަށް ހިނގައިގަތީ އެ  ރީތި ލޮލުން ކަރުނަތައް ދެކެން ކެތްނުވެގެންނެވެ. ޝަލީން ކަންތައްކުރިގޮތަށްފަހު ޝަލީންގެ ލޮލުން ކަރުނަ އޮހޮރޭތަން ދެކެން ހިތަށް ކެތްނުވަނީ ކީއްވެގެން ހެއްޔެވެ؟

ޝަލީން ފާރަށް ލެގިލިގޮތަށް ހިމޭންވެފައި ހުރިއިރު އެދެލޮލުން ފެނުނު ވޭނުން އެކަނިވެސް ހިތަށް އަސަރުކޮށްފައިވީވަރުވީ ހާމައަށެވެ. މަޔާންގެ ނަޒަރިއްޔާތު އޭނައާއިމެދު ބަދަލުވެފައިވާވަރު އިނގި މާޔޫސްކަމުން ހިތް ފުރާލިއެވެ. މަޔާންގެ ކުރިމަތީ އޭނާ ބޭވަފާތެެރި ލޯބިވެރިއަކަށްވެ ނިމިއްޖެއެވެ. އެދެލޮލުން އޭނާގެ މައްޗަށް ފެނުނު ލޯބި ފުހެވިގެން ހިނގައްޖެއެވެ.

*** *** *** *** *** ***

ދަންވަރު ހައިޒަލްއަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. ހުވަފެނުގައި ލިބުނު ސިހުމާއިއެކު އޭނަގެ ހަށިގަނޑު ވަގުތުން ތެދުވިގެންދިޔައިރު ހިތްވެސް ތެޅެމުންދިޔައީ ދިރޭ ރަހަފޮދެއް ފަދައިންނެވެ. އޭރު އެދޮންމޫނުމަތި މަޑުމަޑުން ދަލުން ފެންވެރެމުންދިޔައެވެ. ހައިޒަލް އިރުކޮޅެއްވަންދެން ސޯފާގެ ލެގޭބަޔަށް ލެގިލައިގެންއިންއިރު އުނދަގޫގޮތަކަށް ނޭވާލަމުންދިޔައެވެ. އިތުރަށް ނުނިދޭނޭކަން ޔަގީންވެފައި ހައިޒަލް ބެލްކަންޏަށް ނިކުމެލިއެވެ.

ތަރިތަކުގެ ދަރުބާރުގައި ފިޔަޖަހަމުންދާ ތަރިތަކާއި ބައިވެރިވެގެން ހަނދުވެސް ހިނިތުންވެލައިގެން އިންއިރު ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެއެވެ. ހައިޒަލް ދެއަތުން ރެއިލިންގައި ހިފަހައްޓާލަމުން އުޑުގައި ފޫހިކަމެއްނެތި ފިޔަޖަހަމުންދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލިއެވެ. ތަރިތަކުގެ ވިދުންގަދަކަމާއިއެކު މުޅި ކާއިނާތު ހިނިތުންވަމުންދިޔައިރުވެސް ހައިޒަލްގެ ހިތަކަށް މިރޭ ހަމަޖެހުމެއް ނުލިބުނެވެ. މުޅި ނަފްސަށް ވެރިވަމުންދިޔަ ހާސްކަން ދުރުކޮށްދެވޭގޮތެއްނުވިއެވެ.

ހައިޒަލް ބުދެއް ފަދައިން ހުއްޓުންއަރާފައި ހުރިއިރުވެސް ލޮލަށް ކަރުނަތައް ބޮޑިވިއެވެ. އެސްފިޔަތަކަށް ނުކުޅާދަނަވެގެން ކޯތާފަތްމަތީ ކަރުނަތައް ދެމެންފެށިއިރު ހައިޒަލް އެ ކަރުނަތައް ހުއްޓުވާކަށް ނޫޅުނެވެ. އެ ކަރުނަތައް އޭނަގެ ބާރުގައި ނުހުއްޓުވޭނެކަން އިނގޭނޭއިރު ބޭކާރުކަމެއް ކުރުމުގެ ބޭނުމެއްނެތެވެ. އެއީ މިވީހާތަނަށްވެސް ހައިޒަލްއަށް ކާމިޔާބުނުވެފައިވާކަމެކެވެ. ޒުވާންވެގެން އައިރު އޭނަ ކަރުނާއާއި ދުރުނަމަވެސް އެ ހުވަފެން ފެންނަކޮންމެ ފަހަރަކު އޭނަގެ ލޮލުން ކަރުނައޮހުރުވާލައެވެ. ސާދަ އަހަރުންފެށިގެން އެ ހުވަފެންތަކަކީ އޭނަގެ ދިރިއުޅުމުގެ ބަޔަކަށްވިޔަސް އޭނަ އަދިވެސް އެކަމަށް އާދަވީކީ ނޫނެވެ. އެ ހުވަފެން ފެންނަކޮންމެ ފަހަރަކު އެއީ ހަގީގަތެއްހެން ހީވާއިރު އެ ހުރިހާ ވޭނެއް އޭނަ އަލުން ކަޑައްތުކުރަމުންދާފަދަ އިހުސާސްއެއްކުރެވެއެވެ. އެއީ އޭނަގެ ދިރިއުޅުމުގައި ހިނގާފައިވާ ކަމެއްކަމަށް އަމިއްލަ ނަފްސަށްވެސް ގަބޫލުކުރެވޭއިރު އެ ހަނދާންތައް އޭނަގެ ސިކުނޑިން ފިލާގޮސްފައިވާ ސަބަބެއް ނޭނގެއެވެ. ކުޑައިރުގެ ހަނދާންތައް އޭނަގެ ނުހުރުމަކީ މައްސަލައެއް ނޫންކަމަށް އޭނަ ދެކެމުންއައި ދެކުމަށް ނިމުމެއް ގެންނަން ޖެހިއްޖެއެވެ.

ހައިޒަލް ބެލްކަނީގެ ސަންޗެއަރގައި ހަށިގަނޑު ދަމާލިއިރު އެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. މިރޭ ނުނިދޭނެކަން ޔަގީންވާތީ އިތުރަށް ނިދަން މަސައްކަތްކުރާކަށްވެސް ހައިޒަލް ނޫޅުނެވެ. އޭނަގެ ފުރާވަރު އުމުރުން ފެށިގެން ރޭގަނޑުގެ ނިންޖަކީ އޭނައަށް ބީރައްޓެހި އެއްޗެކެވެ. ނައިނާ އައުމަށްފަހު އެކަން ކޮންމެވެސް ވަރަކަށް ރަނގަޅުވުމަށްފަހު ނައިނާ ވަކިވުމާއިއެކުު ކުރިއަށްވުރެ ބޮޑަށް ނިދި އޭނައާއި ދުރުވެއްޖެއެވެ. އަމުދުން މިދުވަސްކޮޅު އޭނައަށް ތަކުރާރުކޮށް އެއް ހުވަފެނެއް ފެންނަމުންދާއިރު އޭނަގެ ނަފްސުގެ ހަމަޖެހުން ގެއްލިގެންގޮސްފައިވެއެވެ.

ހައިޒަލް އިރުކޮޅެއްވަންދެން ސަންޗެއަރގެ އޮވެފައި ކޮޓަރިއަށް ވަތްގޮތަށް ކާރުގެ ތަޅުދަނޑި ނަގަމުން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

*** *** *** *** *** ***

ދުއްވާ އެއްޗެހީގެ ހިލަމެއްނެތި ފަޅުކަންވެރިވެފައިވާ މަގުގައި ކާރު ދުއްވާފައި އައިސް ހ.ޑައިމެންޑްވޭލީ ކުރިމަތީ ހައިޒަލް ކާރު ޕާރކްކޮށްލިއެވެ. އިރުކޮޅެއްވަންދެން ދެހިޔާލެއްގައި ހައިޒަލް އިނުމަށް ކާރުން ފޭބިގޮތަށް ދުވެފައި ގޮސް ޑައިމެންޑްވޭލީގެ ދޮރޯށީން ވަދެގެންދިޔައެެވެ.

ދަންވަރުގެ ވަގުތުކަމުން ޑައިމެންޑްވޭލީގެ އިމާރާތަށް ވެރިވެފައިވާ ހަމަހިމޭންކަމާއިއެކު މިވަގުތު ޓެރެސްގައިވަނީ ރީދޫ ބޮތްކެއްގެ ފަޑުއަލިކަމެވެ. ދުރު ދުރުން ފެންނަމުންދާ ހައިބަތު ބޮޑެތި އިމާރާތުގެ ފަޑުއަލިކަމުން ކޮންމެވެސް ވަރަކަށް ޓެރެސް އަލިކޮށްލާފައިވެއެވެ. ޓެރެސްގެ ދޮރަށް ފުރަގަސްވާގޮތަށް ބަހައްޓާލެވިފައިވާ ހެއްލާ އުނދޯލި ހެއްލަން ނައިނާ އިންއިރު އުނދޯލިގެ ދަގަނޑުގަނޑު ކޭތިގަންނަ އަޑު ހިމޭންކަމުގެ ތެރެއިން އިވިލިއެވެ. އެއަޑުން ހައިޒަލްގެ ދަތްކާރުވާގޮތްވީއިރު ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. ހިނދުކޮޅަށް އޭނާގެ ލޯމައްޗަށް ފެނިލީ ނައިނާގެ ބަދަލުގައި އެހެން އަންހެނެކެވެ. ސިކުނޑިއަށް ބާރުކުރަންފެށިއިރު ހައިޒަލް ދެފަރާތަކަށް ބޯހޫރާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

އޭރު އެ މޫނުމަތިން ފާޅުވަމުންދާ ކުލަވަރު ބަދަލުވެފައިވެއެވެ. ނައިނާގެ ލޯތްބާއި އެ އޯގާތެރިކަމަށް އެދިއެދި ހުރިކަން އެދެލިކޮޅެއްފަދަ ލޮލުންވެސް ހާމައަށެވެ. ކުރިއަށް އަޅާލި ދެތިން ފިޔަވަޅާއި ހައިޒަލްގެ ސިކުނޑީގައި ޖެހިގަތް ހަގީގަތާއިއެކު ވަގުތުން ނައިނާއަށް ފަސްދިނެވެ. އެއާއިއެކު އުނދަގޫގޮތަކަށް ލޯމަރާލަމުން ޓެރެސްގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ނައިނާ ފަސްއެނބުރިބަލާލިއިރު ލޮލުގައި އަޅައިގަތީ ހައިޒަލްގެ ޓީޝާޓުން ތަންކޮޅެކެވެ. ހިނދުކޮޅަކަށް ނައިނާ ހުއްޓުންއެރިއިރު ޓެރެސްއިން ފޭބިގޮތަށް ހައިޒަލް ހޯދުމަށް އުޅެގަނެވުނީ ދީވާނާ ވެފައިވާފަދައިންނެވެ. ހިނދުކޮޅަކަށް އޭނައާއި ހައިޒަލްއާއި ދެމެދު ގިރާވެފައިވާ ފާރާއިމެދަކުވެސް ނައިނާއަށް ވިސްނައެއްނުލެވުނެވެ.

“ހައި…” ނައިނާ ބޭގަރާރުވެފައިވެހުރެ ހައިޒަލް ފެނޭތޯ މުޅި ޓެރެސްއަށް އެރެން އިން ސިޑި ބަރިއާއި ތިރީ ފްލޯރ ބަލާހޯދިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އަނދިރިކަމަށް ގެނބިފައިވާ ފްލޯރގައި ދެފަރާތަށް ނަޒަރު ހިންގަމުން ނައިނާ ހިނގިއިރު އެ މޫނުމަތިން ފާޅުވި މާޔޫސްކަމާއިއެކު ފާރަށް ލެގިލިގޮތުން ހިމޭންކަމާއިއެކު ކަރުނަ އޮހުރުވިއެވެ. އޭރު އަނދިރި ސިޑިގޮޅީގައި ހައިޒަލް ފިލާ ހުރިއިރު އެލޮޮލަށް ކަރުނަތައް ގިނަވިއެވެ. ލޯމަތީ ލޯބި ބަހައްޓައިގެން ލޯތްބާއި ދުރުން އުޅެންޖެހުމަކީ އޭނަ ހީކުރިވަރަށްވުރެ ވޭނީ ކަމެކެވެ.

“ހައި އަންނާނެހެން އަހަންނަށް ހީވަނީތަ ކީއްވެތަ؟ ހީ ޑޯންޓް ލަވް މީ… ކީއްވެ އެކަން އަހަރެންގެ ހިތަށް ގަބޫލުނުކުރެވިގެން މިއުޅެނީ… ކީއްވެ އަދިވެސް ހައިއަށް އިންތިޒާރުކުރެވެނީ…” ނައިނާގެ ލޮލުން ކަރުނަތައް ފައިބަމުންދިޔައިރު އަޑު ކުރެހެމުންދިޔައެވެ. މަޑުމަޑުން އިވެމުންދިޔަ ގިސްލުމާއިއެކު އެއިން ކޮންމެ ބަހެއްގައިވީ އަސަރަކުން ހައިޒަލްގެ ހިތް ވިރުނެވެ. ނައިނާ ރޯންތަން ދެކުމަކީ އޭނަ ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. އޭނަ އަބަދުވެސް އެދެނީ އެ ރީތި ހިނިތުންވުންތައް ދެކުމަށެވެ. އޭނަގެ ސަބަބުން ނައިނާ ރޯންޖެހުމަކީ ހާދަ ހިތަށް ތަދުކުރުވާ ކަމެކެވެ. އޭނަގެ ލޯތްބަކީ ނައިނާގެ ކަރުނައޮހޮރަން ޖެހޭ ސަބަބަކަށް ނުވިނަމައެވެ.

“ގެޓް ޔުއަރ މައިންޑް ސްޓްރެއިޓް ނައިނާ… ހީޒް މެރިޑް… އަދި އެވެސް ސިސްއާ… ސިސްގެ ހަޒްއާއި ހެދި އުޅެން ލަދެއް ނުގަނޭތަ؟ ހައިޒަލްއަކީ ނައިނާގެ ހައްގެއް ނޫނޭ.. އެއީ އެހެން މީހެއްގެ… އާޙް….” އެއީ އަދިއަދިއަށްވެސް ނައިނާ އެކަމަކަށް ފިލަން މަސައްކަތްކުރާ ހިތި ހަޤީޤަތެވެ. އަމިއްލަ އެދުންބޮޑު ހިތްވެސް އެކަން ގަބޫލުކުރަން ދެކޮޅުވެރިކަން ފާޅުކުރަނީއެވެ. ހިނދުކޮޅެއްގެ ތެރޭގައި މިހާބޮޑަށް ކަންތައް ބަދަލުވެގެންދިޔައީ ކީއްވެހެއްޔެވެ؟

ނައިނާ އިރުކޮޅެއްވަންދެން ރޮއެ ރޮއެ ހުރެފައިވެސް ކަރުނަތައް ފުހެލައިފިއެވެ. ހައިޒަލްގެ މައްޗަށް ކަރުނަ އެޅުމުގެ ހައްގެއް މިއަދު އޭނަގެ މައްޗަކަށްނެތެވެ. ޝަލީންއާއިއެކު ހައިޒަލްގެ މައްޗަށް އޭނައަށް އޮތް އެންމެ ފަހު ހައްގުވެސް ނެތިގެންދިޔައީއެވެ. ހައިޒަލްދެކެ ލޯބިވުމަކީ ކުށެއްކަމަށް ތާއަބަދު އަމިއްލަ ނަފްސު އޭނައަށް ބުނެދެމުންދާއިރު އޭނަގެ އަމިއްލަ ނަފްސަށް މަޖުބޫރުކޮށްގެން ހުރެ ކަރުނަަތަކާއި ހަނގުރާމަކުރަންވަނީ ޖެހިފައެވެ.

ހައިޒަލް ބަރުފިޔަވަޅުތައް މަޑުމަޑުން ނައިނާއާއި ދުރަށް ނަގަމުންދިޔައިރު ހިތަށް ކުރަމުންދިޔަ އަސަރަކުން ހަށިގަނޑުވެސް ފިސްފިސްވެދާނެހެން ހީވިއެވެ. ނައިނާގެ ކަރުނަތަކާއިއެކު ހިތްވެސް އެތެރެހަށީގައި އޮވެ ހިތާމަފާޅުކުރަމުންދިޔައީ ކެތްނުވާވަރަށެވެ. ނައިނާ އެއަތުގެ ތެރެއަށް ގެނެސް އެލޮލުން އޮހެމުންދާ ވޭނީ ކަރުނަތައް ލޯތްބާއިއެކު ފުހެލަދޭން ކޮޅުނެތްކޮޅަށް ބޭނުންވިއެވެ. އެކަރުނަތަކުން އޭނަ ހިތް ފަޅިފަޅިވަމުންދަނީއެވެ. ނައިނާ އެގޮތަށް ފެންނަ ކޮންމެ ފަހަރަކު އޭނަ ހިތްވެސް ތެޅެނީއެވެ. ތަޤްދީރު އޭނައާއި މިކުރަނީ ކޮންފަދަ ނުބައި ސަމާސާއެއް ހެއްޔެވެ؟ ނައިނާއާއި ދުރަށްދާން މަސައްކަތްކުރަނިކޮށް ޝަލީންގެ ސަބަބުން އޭނަ އިތުރަށް އެދެމެގައި ބަދެވިގެންދިޔައިރު އޭނަގެ ސިކުނޑި ހާސްކުރުވައިފިއެވެ. ނައިނާއާއި ގުޅުމެއް ނެތް ފަރާތަކަށް ޝަލީން ވިނަމައެވެ. އެހެންނޫންނަމަ ނައިނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީހެވެ. އަމިއްލަ ހިތުގައި އަތްއަޅައިގެން ހުރެ ގަދަކަމުން އޭނަގެ ލޯބި ހިތާއި ވަކިކުރަން ހިތާއި ދެކޮޅަށް ހަނގުރާމަކުރާކަށް ނައިނާއަކަށް ނުޖެހުނީހެވެ.

*** *** *** *** *** ***

މެދު އުޑުގައި އޭގެ ވާޖިބު އަދާކުރަމުންދާ އިރުން ހުރަހެއްނެތި ދުނިޔެއަށް ފޮނުވަމުންދިޔަ އަލިކަމުން ދުނިޔެ ފިއްސަމުންދިޔައެވެ. ދިގުމަގުގެ ކޮޅުންލާފައި ދުއްވާފައި އައި ބްލޫސްގެ ވޭން މަޑުކޮށްލީ ވަށައިގެން ފިލާ ޖަހާ ބަންދުކޮށްފައި އޮތް ހުސް ބިމެއްގެ ކުރިމައްޗަށެވެ. އެ ހިސާބުގައި ހިޔާދޭނެ ގަހެއްހާ ހިސާބުވެސް ނެތްއިރު މުޅި ސަރަހައްދުގައިވެސް ހިޔާކޮޅެއްނެތެވެ.

މިކްޔާލްގެ ފަހަތުން ވޭންއިން ފައިބަމުން އިސްތަށިގަނޑު މަތީ ބައިންދާލެވިފައިވާ ރޭބަން އައިނުން ހައިޒަލް ލޯ ނިވާކޮށްލިއެވެ. އޭސީގެ ފިނިކަމުން ރޯއަތްވަށް ނިކުމެވެމުން ވަގުތުން މީހާ އަންދާލިހެން ހީވިއިރު ދުވަހުގެ މޫސުމާއިމެދު ކުދިކިޔާލަމުން ހައިޒަލް މޫނު ހަދާލިއެވެ. މިކްޔާލް އާންމުކޮށް ހައިޒަލްއަށް ރައްދެއް ދޭނޭ ފުރުސަތެއް ނުފެނިފައި ހުރިނަމަވެސް މިފަަހަރު އެއްޗެކޭ ބުނުމެއްނެތި ކުރިއަށް ހިނގާގަތްފިއެވެ. އޭރު ބަންދުކޮށްފައިވާ ސަރަހައްދުން ނިކުމެގެން އައި ޒުވާނާ އައިސް ބްލޫސް ހޮޓެލް އިމާރާތްކުރުމާއި ހަވާލުވެގެން ހުރި ހެޑް އާކިޓެކްޗަރ ރަފްހާންއާއި ސަލާމްކޮށްލައިފިއެވެ.

ތިންޒުވާނުން ބަންދުކޮށްފައި ހުރި ސަރަހައްދަށް ވަނުމަށްފަހު ބިމުގެވެރިޔާ އާލިމްގެ އެދުމަށް ފިނި އެއްޗަކުން އަރުތެރެ ތެންމާލިއެވެ. ބިމުގެ ހާލަތު ދިރާސާކުރަމުން ތިން ޒުވާނުން ބިން ވަށައިގެން ހިނގަމުން ދިޔައިރު އާލިމްއާއި ހައިޒަލް އަދި ރަފްހާންއާއި ދެމެދުގައި ވާހަކަތައް ބަދަލުކުރެވެމުން ދިޔައެވެ. އޭރު މިކްޔާލް ދެކެވެމުންދިޔަ ވާހަކަތައް ޓެބްލެޓްގައި ނޯޓްކުރަމުންދިޔައެވެ.

ބިމުގެ ބޮޑުކަމާއިއެކު ބިން އިންވެސްޓްކުރުމުގެ ހިޔާލު ހައިޒަލް ފާޅުކުރިއެވެ. އެއިމާރާތަކީ ފުދޭވަރަކަށް ދުވަސްވީ އިމާރާތެއް ހުރި ބިމަކަށް ވުމާއިއެކު އިމާރާތް ތަޅާލިއިރު މިހާރު މާލޭގައި މީހުން ދިރިއުޅެމުންދާ ބިންތަކަށްވުރެ ބޮޑު ޖާގަ އެ ބިމުގައި އޮތެވެ. އަނެއްކޮޅުންު މޫދާއި ކައިރިވުމަކީވެސް ހައިޒަލް އެ ބިން ގަތުމަށް ޝައުގުވެރިވި ސަބަބެކެވެ. އާލިމްއާއި ދެކެވެވުނު ވާހަކަތަކަށްފަހު ހައިޒަލް ވަކިވީ އެހެން ބިންތައް ބަލާ ގޮތެއް ނިންމުމަށްފަހު އާލިމްއަށް ޖަވާބެއްދޭނޭކަމުގެ ޔަގީންކަން ދެމުންނެވެ.

ވޭނަށް އަރަންގޮސްފައި ކައިރީގައި ހުރި ރެސްޓޯރަންޓަށް ވަނުމުގެ ހިޔާލު ހައިޒަލް ފާޅުކުރިއިރު ދުވަހުގެ ހޫނުކަމާއިއެކު ފިނި އެއްޗަކަށް ބޭނުންވެފައި ތިބިވަރުން މިކްޔާލް އާއި ރަފްހާންވެސް އެއްބަސްވިއެވެ. ވޭން މަޑުކުރަން އެންގުމަށްފަހު ހައިޒަލް ކުރިމަތީގައި ހުރި ކެފޭއާއި ދިމާލަށް ހިނގައިގަތެވެ. މިކްޔާލްއާއި ރަފްހާންގެ ފަހަތުން އައި ހައިޒަލް ވަކި ހިސާބަކަށް އައިސްފައި ހުއްޓުން އެރިއެވެ. އޭރު ހައިޒަލްއަށް ހުރެވުނީ ވިރާނާވެފައިވާ އިމާރާތެއްގެ ކުރިމަތީގައެވެ. އުސްއިމާރާތުގެ ފުރާޅުވެސް ނެތްއިރު ރެނދުލައިފައިވާ ހަތަރުފާރާއިއެކު ކޮންމެ ވަގުތަކުވެސް ބޯ މައްޗަށް ވެއްޓިދާނެހެން ހީވެއެވެ. ބޭއިހްތިޔާރުގައި ހައިޒަލްގެ ފިޔަވަޅުތައް އެދިމާލަށް ނަގަންފެށުނެވެ. އަމިއްލަ އިހުތިޔާރަކާއިނުލާ ފިޔަވަޅުތައް ނަގަމުން ހައިޒަލް އިމާރާތުގެ ވަށައިގެން ލެވިފައިވާ ފާރު ވެއްޓިފައިވާ ދިމާލުން ވަދެގެންދިޔައިރު އެއްފަރާތެއްގައި ޖަހާފައިވާ ވަނުން މަނާ ބޯޑްވެސް ލޮލުގައެއް އަޅައެއްނުގަތެވެ.

“އޭ… ހަައި… ތީ އަހަރެމެންނާއި ބެހޭ ބިމެއް ނޫނޭ…” ފަހަތުން އައި ހައިޒަލްގެ ހިލަމެއް ނުވެގެން ރަފްހާން ބަލާލިއިރު ވިރާނާވެފައިވާ އިމާރާތުގެ ތެރެއަށް ހައިޒަލް ވަދެގެން ދިޔަތަން ފެނިފައި އަޑު އިވޭވަރަށް ގޮވާލިއެވެ. އެ މީހުން އައީ އެ ހިސާބުގައި ހުރި ބިންތަކެއް ބެލުމަށްކަމަށްވާތީ ހައިޒަލްއަށް އޮޅިގެން އެތަނަށް ވަނީކަމަށް ރަފްހާން ހީކުރިއެވެ. ރަފްހާންގެ އަޑު ނީވޭފަދައިން ހައިޒަލް ހުއްޓުމެއްވެސް ނެތި އެތެރެއަށް ވަދެގެންދިޔައިރު ރަފްހާންއަށް މިކްޔާލްއާއި ދިމާލަށް ބަލާލެވުނެވެ. އެއާއިއެކު ދެޒުވާނުން އެކީ އެއިމާރާތާއި ދިމާލަށް ހިނގައިގަތެވެ.

ކަނޑައިގެން ގޮސް ފާރުގެ ބައިތައް ބިންމައްޗަށް ފައިބާފައިވާއިރު ބިންމަތީ ތެޅިގަލުގެ އެތިކޮޅުތައް ފިސްވަމުން ވެއްޔާއި އެކުވަމުންދިޔައެވެ. ފާރުތަކަށް ގެދަބުޅި ބުރާފައިވާއިރު ފާރުގެ ދިމަދިމާއިން ކަޑައިގެން ފޭވެފައި ހުއްޓެވެ. އިމާރާތުގެ ގޯތިތެރޭގައި ތަރުތީބުކަމާއިއެކު އަތުރާފައިވާ ގާތަށް ކަޅުވެފައިވާއިރު ގާތަކުގެ ދޭތެރެތަކުން ފެހީގެ އަަސަރު ފާޅުވެއެވެ. އެއްފަރާތެއްގައި ބަހައްޓާފައިވާ ފީފާތައް ދަނބަރަށްވަމުންދާއިރު ފިސްވެގެން ބައެއް ބައިތައް ބިމަށް ފައިބާއިފައިވެއެވެ.

އިމާރާތުގެ ހުޅެވާލެވޭ ކުޑަދޮރުތައް މިވަގުތުވެސް ވަޔާއި ހިރިލަ ހިރިލާ ތިބިއިރު ކަޅުވެފައިވާ ދޮރުފޮތިތައްވެސް ހައިޒަލްއަށް ހަނާއަޅަމުންދާފަދައެވެ. ކުޑަދޮރުގެ ދާރަތަކަށްދާންދެން ކަޅުވެފައިވާގޮތުން އެ އިމާރާތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަހަލައެވެ.

ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު ހައިޒަލްގެ ހިނދުރިތެރެ އެއްފަސްވެގެންދިޔަ ނޯށަށް އުނދަގޫވާފަދަ ނުބައި ގަދަ ވަހާއިއެކު ހައިޒަލްގެ ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. މަޑުމަޑުން އެވަސްގަދަވަމުންގޮސް ދުންވަހަށް ބަދަލުވެގެންދިޔައިރު ހައިޒަލްގެ ލޯ ފުސްވާންފެށިއެވެ. ލޯކުރިމަތިން ފެންނަމުންދިޔަ މަންޒަރު ނުސާފުވެގެންދިޔައިރު ކަޅާއި ހުދުން މަންޒަރުތަކުގައި ކުލަ ޖެހެންފެށިއެވެ.

*** *** *** *** *** ***

ގާތައް މަތީ ދުއްވާލައިފައިވާ ފެޓްރޯލްގެ ރޮނގުމަތިން ސީދާލަށް އައި އަލިފާންގަނޑު މުޅި އިމާރާތުގެ ގޯތިތެރެއަށް ފެތުރިގަތެވެ. ކަޅު ދުންތަކުން މުޅި ފަޒާ ފުސްކުރަމުންދިޔައިރު ހައަހަރުގެ ކުޑަކުއްޖާ އިމާރާތާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައިހުރީ ހަރަކާތެއްކޮށްލަންވެސް ނޭނގިފައެވެ. އަލިފާންގަނޑުން އަރަމުންދިޔަ ހޫނުން އެ މޫނުން ފާއްދަމުންދިޔަ ދާތިކިތަކާއިއެކު ކޯތާފަތުގައި ކަރުނަ ތިކިތައް ދެމެމުންދިޔައެވެ. އަލިފާނުގެ ހުޅުކޮޅު އެލޮލުގައި ވިދަމުންދިޔައިރު އެ މޫނުމަތިން ފެންނަން މައުސޫމްކަމާއިއެކު އެ ލޮލުގައިވަނީ ސިހުމެވެ.

ދުރުވަމުންގޮސް ދުންތަކުގެ ތެރެއަށް ގެއްލިގެންދިޔަ އަންހެންމީހާއަށް ބަލަހައްޓައިގެން އިނދެ އެ ކުއްޖާ ރޮއެގަތެވެ.

“މަންމީ… ޕްލީޒް… ޑޯންޓް ލީ މީ އެލޯން… އައިމް ސްކެއަރޑް…” ކަރުގެ އަޑިން އެ ކުއްޖާ ރޮއެގަތީ އެ މީހަކަށްވެސް އަޑުއިވޭހާ ބާރަށެވެ. އޭރު އަލިފާންގަނޑު އޭގެ ހަލުވިމިނުގައި އެކުއްޖާއާއި އަރާހަމަވީއިރު އެ ކުއްޖާގެ މޫނުން ފެނިލި ޖެހިލުންވުމުގެ ކުލަވަރާއިއެކު ދުރަށް ދުއްވައިގަތެވެ. އޭރު ހަށިގަނޑުން ފައިބަމުންދިޔަ ދަލާއިއެކުވެގެން ތާޒާ ލޭތިކިތައް ބިމަށް ތަޅަމުންދިޔައެވެ.

*** *** *** *** *** ***

އެ ކުޑަފިރިހެންކުއްޖާ އަޅައިފައި ދިޔައީ ހައިޒަލްގެ ކުރިމަތިން ހެން ހީވިއެވެ. އޭރު ހައިޒަލްގެ ސިކުނޑިގެ ތެރޭ އެ ތުއްތުކުއްޖާގެ އަޑު ތަކުރާރުވެގެން ގުގުމަމުންދިޔައެވެ. ހައިޒަލް އަތުން ނަގައިގަތް ދިލަ ރިހުމާއިއެކު ގަމިސްމަތިން އަތުގެ ހިކަނދި މަސްގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. ހައިޒަލްގެ ބޮލަށް ބާރުކުރަމުންދިޔައިރު ސީދާލަށް ފިޔަވަޅު ނަގަން އުނދަގޫވީނަމަވެސް ބޮލުގައި އަތްއަޅާލައިގެން ހުރެ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެތަނަކީ ކުރިންވެސް އޭނަ އައިތަނެއްކަމަށް ހިތް ބުނަމުންދަނީ ކީއްވެ ހެއްޔެވެ؟

އެވަގުތުވަޔާއިއެކުދަގަނޑު ދޮރުފަތެއް ޖެހުނު އަޑުއިވިފައި ހައިޒަލްއަށް އަޑުއައި ދިމާލަށް ބަލާލެވުނެވެ. ތަންކޮޅެއް ދުރުގައި ހަދާފައިވާގުދަނެއް ފަދަ ތަނުގެ ދޮރު ވަޔާއި ތެޅެމުންދިޔައިރު ހައިޒަލްއަށް އެ ދިމާލަށް ދެވުނީ އަމިއްލަ ބާރަކާއި ނުލައެވެ.

ގިނަދުވަސްވެގެން  އެތެރޭގެ ފާރުތަކުގައި މަކުނުވާއަޅާ ފުރިފައިވާއިރު ތަޅުންގަނޑުން ބޮޑުބައެއް ކަޅުވެފައިވެއެވެ. ކަޅު ދޭތެރެތަކުން ކަޅު ރަތްކުލަ ފެންނަމުންދިޔަގޮތުން މީހެއްގެ ލެއިން ބިންގަނޑު ފެވިފައިވާހެން ހީވެއެވެ. ދުމުގެ ވަހާއިއެކުވެގެން އެތަނުގެ ތެރޭގައި ދުވަމުންދިޔައީވެސް ލޭގެ ނުބައިވަހެވެ. އެތެރެއަށް ދަމާލި ދެތިން ނޭވާއާއިއެކު ހައިޒަލް އޯކާދެމިގަތްއިރު ބޮލުގައި ރިއްސައިގަތީ ކެތްނުވާވަރަށެވެ. ބޮލުގައި އަޅަން ފެށި ރިހުމާއިއެކު މޭމައްޗަށް ބާރުވެގެންދިޔައިރު ހައިޒަލްގެ ހޭވެރިކަން ނެތޭގޮތްވިއެވެ. އޭރު ލޯމައްޗަށް އަނދިރިވަމުން ދިޔަގޮތުން ހީވަނީ އޭނަގެ ލޮލުގެ ފެނުން ވަކިވާން އުޅޭހެންނެވެ. ވަށައިގެންވާ މާހައުލު އެނބުރިގަތްހެން ހީވިއިރު ހަބަރު ހުސްވެގެން އަރިއަޅާލި ހައިޒަލްގެ ހަށިގަނޑު ބާރު އަޑުފަށްގަނޑަކާއިއެކު ތަޅުން މައްޗަށް ޖެހުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ވަފާތެރި މަވީމޭ ލޯބިން.. 7

Next

އައިރީން 3

Next
June 26, 2019

އައިރީން 3

Previews
June 25, 2019

ވަފާތެރި މަވީމޭ ލޯބިން.. 7

46 Comments!

  1. dhiraa wish says:
    June 26, 2019 at 7:49 pm

    heres the 45th part of Bunedheyshey ruhemey… hope all will like this part too… feel free to comment your views… and keep waiting for friday night

  2. Suney says:
    June 26, 2019 at 7:49 pm

    Mi first dhw.. V reethi mi prt vxx

    1. dhiraa wish says:
      June 26, 2019 at 7:58 pm

      thnks

  3. jiji says:
    June 26, 2019 at 8:01 pm

    Me second thrr❤❤❤..btw mi bai vec vvv rythii??????☺☺☺???..Curiously waiting fr the next ingey…LYL Nd TGC

    1. dhiraa wish says:
      June 26, 2019 at 8:56 pm

      thnks

  4. Kit says:
    June 26, 2019 at 8:23 pm

    Meega vaanuvaa ingen vehje nun ? 45 episode nw nerefi Adhivess neynge

    1. dhiraa wish says:
      June 26, 2019 at 8:57 pm

      interest aa eku keema ingeyne 🙂

  5. Uha says:
    June 26, 2019 at 8:25 pm

    Masha allah..Story vrh furihama?? keep it up dear?? btw when nxt part.. can’t wait?

    1. dhiraa wish says:
      June 26, 2019 at 8:58 pm

      thnks

  6. Nice says:
    June 26, 2019 at 8:50 pm

    Mihaaru nuvey kiyaa hiyyvex….vrh foohi

    1. dhiraa wish says:
      June 26, 2019 at 9:05 pm

      thnks for the cmnt

    2. އަހަރެން says:
      June 26, 2019 at 9:09 pm

      manjey thihaa foohivanyaa nukiyabala dww… dhiraa is doing her best to make it interest… dhiraage masahkathah hiyyvaru diniyya keehtrr vaanee hiyyvaru eleygothah vaahaka nudahka

    3. dhiraa wish says:
      June 27, 2019 at 1:58 pm

      thankss dear… hurihaa kudhinge khiyaalu ehgotheh nuvaane ehnu

  7. Anonymous says:
    June 26, 2019 at 9:15 pm

    Xyz
    Varah reethi.. waiting for Friday night..

    1. dhiraa wish says:
      June 27, 2019 at 1:56 pm

      thankss dear

  8. Xyz says:
    June 26, 2019 at 9:16 pm

    Xyz
    Varah reethi.. waiting for Friday night..

    1. dhiraa wish says:
      June 27, 2019 at 1:57 pm

      thankss dear

  9. Nisha says:
    June 26, 2019 at 10:03 pm

    Varah reethi

    1. dhiraa wish says:
      June 27, 2019 at 1:57 pm

      thankss dear

  10. Myna says:
    June 26, 2019 at 10:07 pm

    It’s wowsome ?
    Masha Allah ❤️
    Story up vaane irehge inthizaar ga abadhu hureveny Hama… Ekam comment eh nukuran.. mi part kiyaafa comment nukoh nuhureven.. ? is sooooooo damn nice ?????? waiting for Friday ?

    1. dhiraa wish says:
      June 27, 2019 at 1:59 pm

      thankss dear.. it means a lot to me.. ufaa vehjje hurihaa parts ehves kiyaakan inguneema

  11. Sid says:
    June 26, 2019 at 10:13 pm

    Masha Allah, varah furihama. Kureega comment eh koh nuliyas gavaidhun mivaahaka kiyan. Mibaives genesdheefa in goiyh varah reethi. Hope next part also will be good as this one. Waiting for the next part.

    1. dhiraa wish says:
      June 27, 2019 at 2:01 pm

      thanks dear… varah ufaa vehjje hurihaa parts eh kiyaakan inguneema… keep waiting for friday

  12. Hai says:
    June 26, 2019 at 10:30 pm

    Alheyyy alhe dhira please kohme dhuvahaku up kohdheynveenuh dhe reyn eh reyn up kuraairuves garuneh hen heevanee ?varah varah salhi ??

    1. dhiraa wish says:
      June 27, 2019 at 2:03 pm

      thankss hai… type kuramundhaa vaahaka akah vaathee ehen mi genesdhenee… dhira ves varh beynun konme dhuvahaku gensdheyn.. ekm mi vaguthu egothah hadhan thankolheh udhagoo

  13. Iyaa says:
    June 27, 2019 at 6:11 am

    Kiyaa hih vey.. Ekm dhn maa gina dhuvas vany.. Enme meehakah ves hageegatheh neyngey.. Mi dhohtho starplus ga dhahkaa yeh rishtaa kiyaa kehelaa thaahey.. Huttumehneh adi gudanthah.. Ekm ingey mi comment kuryma vrh rulhi annaane kan baeh readers. Ekm hama improve kollaane thankolheh mi buny.. Hope dhiraa meethi positive koh nagaane kamah.. Keep going by improving yourself.. ??

    1. dhiraa wish says:
      June 27, 2019 at 2:06 pm

      dear vaahakaige kuhnaai hama ah dhaanee varah gina haadhisaa thakeh gethigen.. vaahakaige thereyn madu madun magu koshamun midhanee… feshigen shauquverikamaa eku kiyamun ai kuhjakah vihyya mihaaru konmeves varakah ingeyne vaa goih… dhira hama positive koh comment mi negee… ebai improve kohllaanan ingey

  14. Ishi says:
    June 27, 2019 at 7:59 am

    Aslu varah hama nujehey. Ehaa gina dhuvas vefa huri imaaraatheh ga nuhunnaane dhumuge vahaa leyge vaheh. Adhi eves furaalheh ves, dhoru thah hulhuvifa huri open thaneh ga. Dramatic vaan ves logical explanation dhee. And varah baivaru kuh fahaga kurevey. Liyuntheriyaa 45 episode liyunu iru ves basic kan kan rangalhu vamun ai thaneh nufeney.

    1. Positive thoughts says:
      June 27, 2019 at 11:56 am

      Saabas Ishi ah… Eii haizal ah image vaa gothaa aslaa eku vegen ai scene ehnu… Vaheh dhuvan fashaafa dhun vahah badhalu vy ehnu. Varah gadhayah bolah thadhu vefa.. bunefa ebain dhw kalhaa hudhun manzaruthah eyna ah saafu vaan feshi kan ves.. n he’s getting his memories back.. e Kuda kujjaa ge aduves ivun haizal ah. E kujjaa kairin dhiya hen ves heevi.. it’s his imagination.. his memories ehnu.. maybe e vas eii eyna e haadhisaaga dhuvi vas. N ethanah dhiyaeema handhaan vany.. so e vas dhuvaa hen heevaane dhw… BTW thi ah vure reehchah ves comment kurevidhaane dhw hama… Yur comment is kinda rude actually ? thi bunaahaa varehge mistakes eh ves neiy..

    2. dhiraa wish says:
      June 27, 2019 at 2:09 pm

      ebai genesdheefa e inee haizal ge image in… eyna ah ethan fenunu gothaa fahun picture badhaluvee goih.. haizal ah dhuvaane ehen meehun nah nudhuvaa vasvas.. haige dreams kiyaaleema eba understand vaane.. and i will try to correct the mistakes.. but i will be more happy if you point it out for me next time.. im also doing this for the first time and need support… thankss for the comment

    3. dhiraa wish says:
      June 27, 2019 at 2:12 pm

      positive thought ge comment ga haadha detail kohladheefa miothy.. hehehe… thankss dear for the support

  15. cutiee says:
    June 27, 2019 at 9:25 am

    mi part vex vv rythi.. shalin preg vy tha??.. waitting for the next part..

    1. dhiraa wish says:
      June 27, 2019 at 2:12 pm

      thankss dear… thieh ingeynee hama shaleen ah… lets see

  16. ކޫސަނި says:
    June 27, 2019 at 11:55 am

    ހައިޒަލްއަށް މިދިމާވާ ކަންތައްތަކަކީ ކުރީގައި ދިމާވި ކަމެއްގެ ސަބަބަުން ވާގޮތެއްދޯ ހައިގެމަންމައަކީ ރިހާނާއެއްނޫންދޯ ދިރާ

    1. dhiraa wish says:
      June 27, 2019 at 2:13 pm

      yeah its related to his dreamss… and hingaa dho hai manma akee kobaa tho balan

  17. ?‍☠️ says:
    June 27, 2019 at 12:46 pm

    When is the next part? Can’t wait to read, and can you please make the parts a little longer than this?

    1. dhiraa wish says:
      June 27, 2019 at 2:15 pm

      next part on friday.. dhira balaanan ingey ithurah dhigu kohleveytho

  18. aira says:
    June 27, 2019 at 2:56 pm

    miulhey kudhin ge comment kiyaalaafa mi meehunge visnumuge hainikamun hama hairaan veyy.. kudhiney vaahakaige kuhnakee madu madun thilavamun ahnaane ehjeh.. feshey thanun nimey goih ingeynama vaahaka kiyumuge beynumakee kobaa… mi site ge gina kiyuntherin kiyaa hiyvanee ehves twists eh nuhuhna vaahaka thah.. vaahaka vaahaka akah vaanee eyga shauquverivaa shihreh ovegen.. ehfaharaa hurihaakameh falhaa eruveema reecheh nuvaane,, varah heevey maa negative vegen miulheny iyye mendhuru mi vaahaka kiyan feshi kudhin hen… baraabarah kiyaanama aharemen nah getvaa gothah get vaane.. writer mi vaahaka mi genesdhenee dhe gothah.. haizal mayaan naina shaleen ge life dhen e meehunge parents life.. mi vaahakaige suspense akee haira and haizal ge realtion and haizal ge huvafen… writer nubunaane fashaathanun haira akee kaaku kameh.. aharemen readers jeheynee guess kuran.. and vaaahaka dhiguviyas konme ep ehves varah thafaathu.. ekahjeh thakuraareh nukurey.. sorry dhira varah dhiguves vehjje dho.. keehkuranee miulhey negativities dheken hama tolerate nuvee.. im a big fan of you.. dont get demotivated from those negative comments and keep your good work.. im always there for you

    1. jiji says:
      June 28, 2019 at 6:36 pm

      yess aira I totally agree with yuh….
      Gaimu vhk fashaafa hurihaa kameh falhaa aruvaakah nujehey dhw…Vhk liyumuge beynumaky aee in nuunehnu…Nd dhiraa is trying her best…Kohme kohme part eh sis ehgotheh nukurey..Dhiraa ignore those negative ones..Im there fr yuh upto my last Breath In Sha Allah???…

    2. dhiraa wish says:
      June 28, 2019 at 10:45 pm

      aira thankss for your support.. im just speechless after reading your comment.. im so glad that i got a reader like you

    3. dhiraa wish says:
      June 28, 2019 at 10:48 pm

      oww.. jiji what am i supposed to say.. i just cant express how happy im after getting so much support from you guys… without you guys i wont be here

  19. Fan of dhiraa ❤️ says:
    June 27, 2019 at 5:07 pm

    Yes aira you are right ….and me too always i will be there for you… vaahaka ge vaavunaa ehkoh feshigen keema ingeyne..i ah get vey vaanuvaa.. interest vegn kiyaa nagative commenters..then you will clear all the doubts dhw dhiraa..
    I will say dhiraa ge mi vaahaka is great… love it

    1. dhiraa wish says:
      June 28, 2019 at 10:50 pm

      thankss dear.. im just out of words after seeing your lovely comment.. your guys are my biggest motivation.. its so nice to have such a big fan of me..

  20. Nax says:
    June 28, 2019 at 10:14 pm

    Waiting for story….. Iru iru kolhaa eba beley upload vejje tho, keiyy madhuvefa ?

    1. dhiraa wish says:
      June 28, 2019 at 10:52 pm

      sorry dear… varah gina iru madukuran jehije dho.. thankolheh dhigukoh liyelanvegen lasvee mihaaru ihnaane up kohlaafa.. varah ufaavehjje wait kohleema

  21. Soil says:
    June 28, 2019 at 10:18 pm

    46 plzzxx

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 46←


All Right Reserved!