ލޯތްބެއްގެ ފެށުން 8
ޒައިކުގެ ދެލޯ ހޯދަމުން ދިޔައީ ޝިފާއެވެ. އެތައް ބަޔަކު އެއްވެފައިވާ ތަނަކުން އެންމެ މީހަކު ހޯދުމަކީވެސް އުނދަގޫ ކަމެކެވެ. ވާހަކަ ދައްކަމުން ދިޔަ އެކުވެރިންތައް ދޫކޮއްލުމަށްފަހު އެކި ތަންތަން ހޯދަން ފެށިއެވެ. އެއްކައީގައި ހުރި ތަނބެއް ކައިރީ ޝިފާ ހުރިތަން ފެނުމުން ޒައިކު ހިނގައިގަތީ ޝިފާ ކައިރިއަށް ދިއުމަށެވެ. ކުއްލިއަކަށް ފިޔަވަޅު ހުއްޓުމަކަށް އައީ ފުރަގަހުން ޝިފާ އުނަގަނޑުގައި އަތްއަޅުވާލި ފިރެހެނަކު ފެނިފައެވެ. އެއީ ކާކުކަން ޒައިކުއަށް އެނގުމުން ވަގުތުން ގޮސް މިއެންމެންގެ ކުރިމަތީ ބޭރަށްނެރެ މޫނުމަތީ ޖަހަން ހިތަށް އެރިއެވެ. ޒައިކު އެހާވެސް ނަފްރަތް ކުރާފަރާތެކެވެ. ޝިފާގެ މޫނުމަތީ ހުރި ހިނިތުން ވުން ފެނިފައި ޒައިކުއަށް ކުރިއަށް ހިނގައިގަނެވުނީ އިޙުތިޔާރުން ބޭރުގައެވެ. އެހިނިތުންވުމުގެ އަސްލަކަށް ހުދު އޭނަ ވުމަށް ހިތް އެދުނީ ކިހިނަކުން ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.
ވަކި ހަމައަކަށް ދިއުމަށްފަހު ހުއްޓުނެވެ. އެދެމީހުން ފެންނަ ފަށުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޝިފާ ހޭތަން ފެނުމުން، ޒައިކް ހިތަށް އުނދަގޫ ވިއެވެ. ޔަމާން އާއެކު ޝިފާ އެހާ އުފަލުން ހުރީ ސަބަބެއް ނެތި ނޫންކަން އަމިއްލަ އަށްވެސް ވިސްނުނެވެ. އަމިއްލަ ފިރިމީހާ ފަރާތުން ބޭނުންވާ އަޅާލުމާލި ލޯބިނުލިބެންޏާ ކޮންމެ މީހަކަށްވެސް ވާނީ އެހެންނެވެ. ޔަމާން ދެކެ ރުޅިއާދެވުނީ ޝިފާގެ މޫނުމަތިން އެފެންނަ އުފާވެރިކަމަކީ ޔަމާންގެ ސަބަބުން ކަން އެނގުމުންނެވެ.
” ޕެތެޓިކް؟. ލުކްސް ލައިކް ޔުއާރ ވައިފް އިޒް ބިޒީ ވިތް ސަމްވަން އެލްސް. ވައި ޑޯންޓް ޔޫ ފޯގެޓް ހާރ. އެންޑް ޑާންސް ވިތް މީ. ” ކޯރާ އައިސް ޒައިކް އަތުގައި ހިފެހެއްޓިއެވެ. ކޯރާ އަކީ މިހޮޓެލް އޯނާ ޑެނިއަލްގެ އަންހެނުންނެވެ. ޒައިކް ބައްޕަ އާއި އޮންނަ ގާތްރަޙުމަތް ތެރިކަމުގެ ސަބަބުން ކޯރާއަކީ މިހާރު ޒައިކްގެ ވަރަށް ގާތް ރަޙުމަތްތެރިއެކެވެ. ގަދަ ރަތްކުލައިގެ ހެދުމެއްގައި ހުރިއިރު ބުޑާހަމައިން ހެދުމުގެ ދިގުމިން ނިމިފައި ވާއިރު، ފަޔާހަމައަށް ވަނީ ތުނިތުނީ ލޭސްފޮތީގެ ބައެކެވެ. ކޯރާއަށްވެސް ލިބިފައިވަނީ ޝިފާފަދައިން ދިގު ފައެކެވެ. އެހެނަސް ޝިފާގެ ރީތި ކަމާ ބަލާފަ ކޯރާ އަކީ ހަމަ ސުމެކެވެ. މިވަގުތު ޝިފާ މަތިން ހަނދާން ކުރާކަށް ޒައިކް ބޭނުމެއް ނޫނެވެ. ކޯރާގެ އުނަގަނޑުގައި ހިފާލުމަށްފަހު ޑެނިއަލް ފަރާތުން ހުއްދަ ހޯދުމާއެކު އެހެން މީހުންނެކޭ އެއްފަދައިން ޑާންސް ކުރާތަނަށް ޖެހިލިއެވެ.
*********
ޕާޓީ އޮތްތަނަށް ޝިފާއަށް ދެވުނު އިރު މުޅި ހޯލް އޮތީ ފުރިފައެވެ. ދަންނަ އެކަކުވެސް ނެތެވެ. ސިއްރު ސިއްރުން ހޯދާލެވުނީ ޒައިކް އެއްވެސް ދިމާއަކުން ފެނޭތޯއެވެ. ޕާޓީއަށް އައިސް ހުރި ހުރިހާ އަންހެނުންވެސް ވަނީ ރީތިހެދުން ލައިގެން، ގަހަނާތަކުން ޖަރީވެފައެވެ. ބޮލުގެ އިސްތަށި ގަނޑުވެސް ހުންނަނީ ފާޑުފާޑުގެ ސްޓައިސްކޮށް ހަދާލާފައެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެގެން ދިޔަޔަސް، އެއިތުބާރު ހިފަހައްޓަން ވަރަށް މަސައްކަތް ކުރީމެވެ. އެތަނުން އެކަކާވެސް އަޅާނުކިޔޭނެކަން އެއަންހެނުން ތަކަށް ބަލާލާފައިވެސް އެނގެއެވެ. ފަހަރެއްގަ ޒައިކް ހިތުން ޖާގައެއް ނުލިބެނީ މިސަބަބާހެދި ކަމަށް ވެދާނެއެވެ. ދުނިޔޭން ބޭނުން ކޮންމެ އަންހެނަކު ލިބެން ހުއްޓަ އެހާ އަދައިގެ އަންހެން ކުއްޖަކު ޗޫޒް ކުރީކީއްވެކަމެއް ޝިފާ އަށް ވިސްނާވެސް ނޭނގުނެވެ.
އެގޮތުގައި ތަނަށް އާވެ، ބަލަން ހުއްޓަ ސިހިގެންގޮސް ފަހަތައް އެނބުރި ބަލާލީ ޝިފާގެ ކޮނޑުގައި މީހަކު ހިފަހައްޓާލުމުންނެވެ. ޒައިކް ކަމަށް ހީކުރިނަމަވެސް ހެވިފައި ޔަމާން ހުއްޓެވެ.
” ޑެސްޓިނީ އަލުން އަހަރެމެން އެއްތަން ކުރުވީ. ކީއްވެ ހޯމްލޭންޑް ދޫކޮށް މިތަނަށް އައިސް ތިއުޅެނީ. ޝިފާ ދޫކޮށްލާފަ ޒައިކް ކޮންތާކަށް ދިޔައީ؟ ” ސުވާލު އުފެދި ހުރެ ޔަމާން ކުރި ސުވާލުތަކުން ޝިފާ ވަރަށް ހާސްވިއެވެ. ޒައިކް ގެ ކަންތައް އެއްވެސް މީހަކަށް އިނގޭކަށް ޝިފާ ބޭނުމެއް ނުވެއެވެ. މިކަންތައް ބައްޕައާ ހަމައަށް ދާން އަދި އަމުދުން ނޭދެއެވެ. އުޅެމުންދަނީ އުފާވެރި ދިރިއުޅުމެއްކަން އަންގަން ބޭނުންވެއެވެ.
” އަހަރެން މިތާ އެކަންޏެއް ނޫން މިއުޅެނީ. ހަނީމޫންއަށް އައިސް މިއުޅެނީ. ޔަމާން ކީއްކުރަނީ މިތާ؟ ” ހަމަޖެހެން މަސައްކަތް ކުރަމުން ޝިފާ ސުވާލުކުރިއެވެ.
” އައި ވުޑް ޕްރެފާރ ޔޫ ކޯލް މީ ސެކްސީ ގްރީކް ބޯއީ ” ޔަމާން ބޭނުންވީ ޝިފާ ލައްވާ އެއްޗެއް ބުނުވަންކަން އެނގުނެވެ. ޝިފާ ދެލޯ ރޯލް ކޮށްލުމަށްފަހު ލޯއަޅާލިއެވެ. ޔަމާން ހޭންފެށުމުން ޝިފާއަށްވެސް ހަމަޖެހުން ލިބި އެކަނިވެރިކަން ފިލަން ފެށިއެވެ.
” މިތަނުގެ އޯނާއަކީ ޑޭޑްގެ ވަރަށް ގާތް ފްރެންޑެއް. އޭނަ އަންހެނުން ބާތްޑޭގަ އިންވިޓޭޝަން ފޮނުވީ. ޑޭޑް މެން އަދިވެސްވީ ރާއްޖޭގަ ޝިފާގެ ޑޭޑް އާއެކު. އެހެންވެ އެކަނި މިއައީވެސް ” ޒައިކްގެ ވާހަކަ ނޭހުމުން ހިތްހަމަ ޖެހުނެވެ.
” އޯހް . އަހަރެން ހީކުރީ ސީކުރެޓް އެޖެންޓެއް، ނޫނީ ނިއުސް ރިޕޯޓަރެއް ، އެމެރިކާއިން ފެށިގެން ޕެރިސްއަށް ފޮލޯ ކުރަމުން އައީކަމަށް ” ޔަމާން ބަލަހައްޓައިގެން ހުރި ސީރިއަސް ނަޒަރުން ޝިފާ ހިފަހައްޓައިގެންހުރި ހިނިގަނޑު އިތުރަށް ހިފަހައްޓައެއް ނުލެވުނެވެ. ބަނޑުގައި އަތް އަޅާލަމުން ހޭން ފެށީ ޔަމާންގެ މޫނުމަތިން ޖެއްސި ވައްތަރު ފެނުމުންނެވެ.
ޔަމާން ގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓިއްޖެކަން ޝިފާ އަށް އެނގުނީ ދައްކާ ވާހަކައަށް ސަމާލުކަން ނުދިނުމުންނެވެ. ޝިފާވެސް އެނބުރި އެދިމާއަށް ބަލާލިއެވެ. މޫނުމަތީގައިވީ ހިނިތުންވުން ފިލާދިޔައީ މަދު ސިކުންތުކޮޅެއްގައެވެ. ގަދަ ރަތްކުލައިގެ ހެދުމެއްގައި ހުރި ވަރަށް ރީތި އަންހެނަކާއެކު ޒައިކް ނަށަމުން ދިޔައެވެ. ދެމީހުންގެ ހަށިގަނޑު ވެސް އެއްހަމައެއްގައި ޖަހަމުންދިޔަ މިއުޒިކާއެއްވަރަށް ދިޔައެވެ. އަންހެން ކުއްޖާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރިއިރު، ޒައިކްގެ ލޯ ޝިފާގެ ލޮލާ ނަޒަރު ސީދާވިއެވެ. ޒައިކްގެ ދެލޮލުން ބުނަންނޭގޭ ރުޅިވެރިކަމެއް ފާޅުވާން ހުއްޓެވެ. އެރުޅިވެރިކަމުންވެސް އެރީތިކަމަށް އިތުރުފުރިހަމަކަމެއް ނޫނީ ނާދެއެވެ. ޒައިކްގެ ނަޒަރު ހުއްޓިފައި ވަނީ ޝިފާ އާއި ޔަމާންގެ ގުޅިފައިވާ އަތަށްކަން އެނގުމުން ޝިފާއަށް އަތްދަމައިގަނެވުނީ ޔަމާން ހީކޮށްފާނެ އެއްޗަކަށް ބެލުމެއް ނެތިއެވެ.
ޒައިކް އާ ދުރުވެލުމަށްފަހު އެއަންހެން ކުއްޖާ ހިނގައިގަތީ ހޯލުން ބޭރަށެވެ. ޒައިކްވެސް ފަހަތުން ހިނގައިގަތެވެ. ހިފެހެއްޓުމެއްނެތި ޝިފާގެ ލޮލުން ކަރުނަ އައީ ބަޔާން ނުކުރެވޭވަރުގެ ހިތްދަތިކަން އިޙްސާސް ކުރެވުމުންނެވެ. ބާރުބާރަށް ހިނގައި ގަތުމަށްފަހު ވަކިހަމަޔަކުން ދުއްވައި ގަތީ ފަހަތުން ޔަމާން ގޮވަގޮވާ ހުއްޓައެވެ. ހުއްޓުމަށް ބުނެ އާދޭސް ކުރިއެވެ. އެކަމަކު އެއަޑަށް ބީރުކަންފަތެއް ދިނުމަށްފަހު ކޮޓަރިއާ ހަމައަށް ދެވެންދެން ފަހަތަކަށް ނުބަލައެވެ. ދޮރު ތަޅުލުމަށްފަހު ބަންޑުން އެނދުމަށްޗަށް ވެއްޓި ހުސްވުމެއް ނެތް ކަރުނަ އަށް ފުރުސަތު ދިނެވެ. ދޮރުގައި ޓަކި ޖެހިނަމަވެސް އެއަޑަށް ސަމާލުކަމެއް ނުދެއެވެ.
އަދިވެސް ސިފަވަނީ ޒައިކް އެއަންހެން ކުއްޖާއާއިއެކު ހޭދަކުރި ވަގުތު ކޮޅުމަތިންނެވެ. ރޭ އެއްކޮށް ހޭދަކުރީ ދެމީހުން އެކުގައިކަން ޔަގީނެވެ. އެކި ހިޔާލުތަކުން ހިތް ތޮރުފަމުން ދިޔައެވެ. ޒައިކް ގެ ހިތުގައި އެއްވެސް ކަހަލަ ހަމްދަރު ދީއެއް ކުލުނެއް ނުވެއެވެ. އެހެން ނޫންނަމަ ހަލާލު އަނބިމީހާ ހުއްޓައި އެހެން އަންހެނުންގެ ކައިރިއަކަށް ނުދާނެތާއެވެ.
*************
ކޯރާ އެހެން ދިމާއަކަށް ދިއުމުން ޒައިކުވެސް މިސްރާބްޖެހީ ކޮޓަރިއަށް ދިއުމަށެވެ. ހިތަށް އުނދަގޫ ވަމުން ދިޔައީ ޝިފާގެ ކަރުނަ ޖަމާވަމުންދިޔަ ލޯސިފަވުމުންނެވެ. ލިފްޓަށް އެރިއިރު މެކާ ހުއްޓެވެ. ރޭ އެއްކޮށް އެ ކޮޓަރީގައި ހޭދަކޮށް، އަދި ހެނދުނު ރުޅިގަދަވެގެން ގަޔަށް ބޮލައް އަރަން ތައްޔާރަށް ހުރި މެކާއެވެ. އެއްވެސް ފުރުސަތެއް ނުދީ ނުވަވަނަ ފްލޯއަށް ފިތާލުމަށްފަހު އިތުރު އެކްޝަނެއް ނެގުމުގެ ކުރިން މެކާގެ ރޫމަށް ގެންދިޔައެވެ. ގަދަ ހަދާފައި ދުރުކުރަން ނުކެރުނީ އެހެން މީހުންވެސް ފެންނަ ފަށުގައި ހުރުމުންނެވެ.
” ވައި އާރ ޔޫ ގޮއިން ރޫމް. ވީ ކޭން ކޮންޓިނިއު ވަޓް ޔޫ ވެއާރ ޑުއިން ދިސް މޯނިންގ ” މެކާއަކީ ކުރަން ހިތުލީ ކޮންމެ ކަމެއް ކުރުމަށްފަހު ނޫނީ ދޫކޮށްލާނެ ކުއްޖެއް ނޫނެވެ. ބައެއްފަހަރު މެކާގެ އެ ގަޓް ކަން ދެކެ ޒައިކު ފޫހިވެއެވެ. ފިރެހެނުން ދަށުލާން ވަރަށް މޮޅުވާނެއެވެ. ދެރައީ އެހާ ފަސޭހައިން މިކަމުން ސަލާމަތް ވާން ނެތުމުންނެވެ.
*********
އިއްޔެ އިރުއޮއްސުނު އިރު ހޮޓެލް އަށް އައިސް ޝިފާއާއިއެކު ރޫމަށް ވަނުމުން ހިތް އަވަސް ވީއެވެ. އިތުރަށް އެމަޑުމައިތިރި ރީތި އަންހެން ކުއްޖާގެ ފަރާތުން ޒައިކު ގާތްކަމެއް ބޭނުން ވިއެވެ. ހަށިގަނޑުގައިވީ ހޫނުކަމަށް އަރާމާ އުފާ ބޭނުންވިއެވެ. ޝިފާ ވާހަކަ ދެއްކުމުން ބަދަލުގައި އެއްވެސް އިހުސާސެއް ނެތި ރުންކުރުކޮށް ވާހަކަދެއްކުމުން ފަހުން ޒައިކު ދެރަވިއެވެ. އެހެނަސް މޫނުމަތިން އެކަން ނުދައްކާ ނުކުމެގެން ދިޔައީއެވެ. ހޮޓެލް ގައި ހުރި ބާރ އަށް ވަނީ އެތައް ދުވަހަކު އެ ބުއިންތަކާ ދުރުގަ ހުރުމަށް ފަހުއެވެ. އެހުރިހާ ކަމެއް އެއްފަހަރާ ހަނދާން ނައްތާލަން ބޭނުން ވީއެވެ. ދަން ވަންދެން އެތާ ހުރީ އެއްވެސް ކަމަކާ ފިކުރު ހިންގޭވަރަށްވުރެ މަސްތުގެ ދުނިޔެއެއްގައެވެ.
” ކަމޯން. ލެޓްސް ޓޭކް ޔޫ އައުޓް އޮފް ހިޔާރ ” ދަންނަ އަޑަކުން ވާހަކަ ދެއްކި އަޑަށް ޒައިކުގެ މޫނު ދިމާކޮށްލިއެވެ. އެކަމަކު ކާކުކަން ފާހަގަ ކުރާކަށް ނޭނގުނެވެ. ހުރިހާ ދިމާލަކުންވެސް ސިފަވަނީ ޝިފާއެވެ. އެއަޑު އިވުމުން އެއަންހެން ކުއްޖާ ގެންދިޔަ މިސްރާބަކަށް ދިއުމަށް އަމިއްލަ ނަފްސު ދޫކޮއްލިއެވެ. އެނދަށް ވެއްޓުމާއެކު ނިދި ސަވާރުވީގޮތްވެސް ނޭނގެއެވެ.
ހެނދުނު ދިހައެއްވެސް ޖެހިފަހުން މަޑުމަޑު އަތްތިލައަކުން މޫނުގައި ބީހެން ފެށިއެވެ. ކޮނޑުން ފެށިގެން ބަނޑާ ހަމައަށް އެ އިޙްސާސް ވަމުން ދިޔައެވެ. މަޑުމަޑުން ލައިގެން ހުރި ގަމީހުގެ ގޮއްތައް ނެއްޓުމަށްފަހު ޖީންސާހަމައަށް އެއަތުގެ ބީހުން އިހުސާސް ކުރެވުނެވެ. ޒައިކުގެ ހިޔާލު އެނބުރިގަތީ ޝިފާއާ ދިމާއަށެވެ. ކައިވެނި ކުރި ދުވަހު ޝިފާ ފެނުނީއްސުރެ އެއަތުގެ މަޑުކަން އިހުސާސް ކުރަން ބޭނުން ވިއެވެ. އެކަމަކު މި ބީހުމަކީ ކުރިން އިޙްސާސްކޮށްފައިވާ ބީހުމެއްކަން ޒައިކުގެ ހަވަނަ ހިއްސު ބުނެލިއެވެ.
ކުއްލިއަކަށް ދެލޯ ހުޅުވާލުމަށްފަހު ލޯ ބޮޑުކޮއްލިއެވެ. އެއްވެސް ނިވާކަމެއްނެތި މެކާ އޮތްތަން ފެނި ޒައިކުގެ ރުޅިގަނޑު ކެކިގަތެވެ. ގައި ހުރި ބާރުމިނުގައި މެކާ ކޮއްޕާލުމުން، ދުރަށް ވިއްސައިގެން ދިޔައެވެ.
” ވަޓް ދަ ހެލް އާރ ޔޫ ޑުއިން އިން މައި ބެޑް ” ރުޅިވެރިކަމާއެކު ޒައިކުއަށް ހަޅެއް ލަވައިގަނެވުނެވެ.
“ލޫކް އެރައުނޑް ޒެކް. ޔޫ އާރ އިން މައި ރޫމް. އަހަރެން މިމަސައްކަތް ކުރީ ޒައިކްގެ ހަށިގަނޑަށް އުފާވެރިކަމެއް ގެނެވޭތޯ!. އަހަންނަށް އިނގޭ ޒެކް އަހަންނަށް ބޭނުން ވާނެކަން ” މެކާ ބޭނުންވަނީ ދެރަވާ ކަމަށް ހެދިގެންވެސް ޒައިކުގެ ހަށިގަނޑުން އުފާވެރިކަން ހޯދަންކަން އެނގެއެވެ. އޭނައަކަށް މެކާއެއް ނޯޅޭނެއެވެ. މެކާއަކީ އޭނާގެ މަންމަގެ ވަރަށް ގާތް ރަޙުމަތްތެރިއެއްގެ ދަރިއެކެވެ. ދެމީހުން ބައްދަލުވީއްސުރެ އެކަކު އަނެކަކަށް ބޭނުންވެއެވެ. ލޯބީގެ ގޮތަކުން ނޫނެވެ. ވަގުތީ ގޮތުން އުފާވެރިކަން ހޯދުމަށެވެ. އެކަމަކު ލިވީ އާ ދިމާވިފަހުން ޒައިކު މެކާ އާ ދުރުވިއެވެ. ލިވީ އެއްގޮތަކަށް ވެސް މެކާ އަކާ ވާހަކަ ދައްކާކަށް ގަބޫލެއް ނޫނެވެ. އެކަމަކު ލިވީ އޭނަ ދޫކޮށް ދިއުމަށްފަހު އަނެއްކާވެސް މެކާ އޭނާގެ ހަޔާތައް އައެވެ. އެތައް ރޭތަކެއް ދެމީހުން އެކުގައި ހޭދަކުރިއެވެ. ހިތައްއެރިއެވެ، ރޭގަ އިރުއޮއްސުނު އިރު ޝިފާ ކައިރީި ދެން އެނބުރި އާދެވޭނީ ހެނދުނުން ކަމަށް ބުނެ އެ ކޮޓަރިން ނުކުން މީހާއެވެ. މިހާރު ހެނދުނު ދިހައެއްވެސް ޖަހާ ބޮޑުވީއެވެ. މެކާ އާއި ވާހަކަ ދެއްކުމެއްނެތި ފާޙާނާއަށް ވަދެ ތައްޔާރު ވެލައިގެން ނުކުތެވެ. އަދި ލޯގަނޑު ކައިރިއަށް ގޮސް ރީތި ވެލުމަށްފަހު އެނބުރިލިއެވެ.
” އައި ކާންޓް ޑޫ ދިސް މެކާ. ސްޓޭ އަވޭ ފްރޮމް މީ ” އަލުން ކައިރި ވަމުން އައި މެކާ ދުރު ކޮށްލަމުން ޒައިކު ބުންޏެވެ.
” ޔޫ ބާސްޓަޑް. ޔޫ އާރ ލީވިން މީ ފޯރ ދެޓް ބިޗް. ޔޫ ޑިޑް ދަ ސޭމް، ވެން ދެޓް *** ލިވީ ކޭމް އިންޓް ޔުއާރ ލައިފް. ނައު ޔޫއާރ ބިކޭމް ސޮފްޓް އެގެއިން. ގެޓް ދަ ހެލް އައުޓް އޮފް މައި ރޫމް އެންޑް ޑޯންޓް ޝޯމީ ޔުއާރ ފޭސް އެގެއިން ” ރުޅިވެރިކަމާއެކު މެކާ ހަޅެއް ލަވައިގަތެވެ. ޒައިކު ހުރީ މެކާ ފަރާތުން ސަލާމަތް ވާނެ ގޮތެއް ނޭނގިފައެވެ.
މެކާ އަށް ހީވީ ރަނގަޅަށެވެ. އޭނަގެ ކުރީގެ އާދަތަކަށް އަލުން އިޔާދަވަނީކަން އަމިއްލައަށްވެސް އިހުސާސް ވެއެވެ. ލިވީގެ ހަނދާންތައް އެއްކޮށް ފިލާ ނުދަނީސް އެހެން އަންހެން ކުއްޖަކަށް ހިތުގައި ވިންދު ޖަހަންފަށައިފާނެތީ ބިރުގަނެއެވެ. ކުރިން ތަޖުރިބާ ކުރަން ޖެހުނު ހިތް ދަތި އިހުސާސް އަލުން ކުރެވޭނެހާ ހިތްވަރެއް މިހާރަކު އެހިތަކު ނެތެވެ.
އޭނަގެ ރޫމަށްވަދެވުމުން ބޮލުގައި ހިފަހައްޓާލުމާއެކު ދެލޯ މަރާލިއެވެ. ޕާޓީގައި ޝިފާ ކައިރިއަށް ނުގޮސް ކޯރާ ދިޔަ ދިމާއަށްގޮސް އެ ހޯލްއިން ނުކުމެވުމުން ދެރަވިއެވެ. ޝިފާ ހީކުރާނީ ކޯރާ އާއިއެކު އޭނަ ދިޔައީ ކަމަށެވެ. މޫނަށް ބަލާލުމުން ރީތިކޮށްވެސް ޝިފާ ރޮއެފަކަން އެނގުނެވެ. ލޮލުގެ ތިރިން ފޭޑްވެފައި ކުރި މަސްކަރައިގެ ކުލަ ގަދައަށް ފާޅުވާން ހުއްޓެވެ. ޝިފާގެ ނޭފަތް ރަތް ޓޮމާޓޯއެއް ފަދައިން ރަތް ވެފައި ވެއެވެ. އޭނާގެ މުޅިގަޔަށް ގަނޑުފެންތަކެއް ޖެހިކަމުގެ އިޙުސާސް ކުރެވުނެވެ.
ވެޓް ޓިޝޫއެއް ނެގުމަށްފަހު ޝިފާގެ މޫނު ރީތިކޮށް ސާފުކޮށްލީ ހޭލެވިދާނެތީ ވަރަށް މަޑުމަޑުންނެވެ. ލައިގެން އޮތް ކަކުލާ ހަމައަށް އަރާ ހެދުން ވަކިހަމަޔަކަށް މައްޗަށް ކެހިފައި ވުމުން އެރީތި ފައިގެ ރީތިކަން އަލަށް ފެނުނެވެ. މެކާ އާ އެއްހަމަ ވެސް ނުކޮށްލެވޭނެއެވެ. ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު އެބައޮތެވެ. ޝަރުއީ ގޮތުން ޝިފާ އަކީ އޭނާގެ އަންހެނުންނެވެ. މެކާ އެވަރަށް ބީހުމުންވެސް އޭނާގެ ހަށިގަނޑުގައިވީ އިހުސާސްތަކެއް ފާޅެއްނުވިއެވެ. އެހެނަސް ޝިފާ މިހާކައިރިން ފެނުމުން އެރީތި ކަމުގައި ޖެހެވުނެވެ. ނިވާކަމެއް ނެތް ފައިގެ ފަލަމަސްގަނޑުގައި އިނގިލިތައް ބިއްސާލެވުނެވެ. ކައިރި ވެލުމަށްފަހު އެރީތި ތުންފަތުގެ މީރުކަން ލިބިގަންނަން ފެށިއެވެ. އެހާއަވަހަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލުން ނެއްޓެން ފެށިއެވެ. އިތުރަށް ހަށިގަނޑުގެ އެދުންތައް އިސްކުރެވިދާނެތީ ތެދުވެ ފާހާނާއަށް ވަނެވެ. އަދި ވަރަށް ފިނިފެނުގެ އެހީގައި ހަށިގަނޑުގެ ހުރިހާ ހިއްސުތަކެއް ކޮންޓްރޯލް ކުރިއެވެ.
ސޯފާގައި ނިދަން ބޭނުން ނުވުމުން އެނދުގެ އެއްފަރާތެއްގައި ނިދަން އޮއްތާލީ، ޝިފާ އާއި ދިމާއަށް ބަލާލުމެއްވެސް ނެތިއެވެ. އަނެއް ދުވަހު ހެނދުނު ހޭލެވުނު އިރު އެނދު އޮތީ ހުސްކޮށެވެ. މުޅި ހިސާބުގަނޑު ހޯދަން ފެށިއެވެ. އެބައިގެ ސެކިއުރިޓީ ކައިރިން އެހުމުން ބުނީ ކޮންމެވެސް ފިރެހެނަކާއެކު ވަރަށް ހެނދުނާ ހޮޓެލުން ނުކުމެގެން ދިޔާވާހަކައެވެ. ޒައިކުގެ އެއްވެސް ހުއްދައެއް ނެތި ޝިފާގެންދާނެ އެއްވެސް މީހަކު ނުހުންނާނެކަން އެނގުނެވެ. ހަމައެކަނި ޔަމާން ފިޔަވައެވެ.
” ޔަމާން ، އައި ވިލް ޑިސްޓްރޯއީ ޔޫ ” ރުޅިވެރިކަމުން ފުރިގެންވީހިނދު އަޑު ނުކުތީ މީހަކު ބިރުގަންނާނެހާ ބާރަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Alheyy..mi bayah vec kiyaafa comment eh kohlaanan ingey..v gina story eh first libihje..hehe❤❤❤???
Thanks jiji ?????????????.
when is the next part
curiously waiting for the next part
Thanks anaya, Every Sunday to Thursday will upload ????????????????????????
Konmehen story first hoadhumeh noonekey beynumakii.. Belle this story is awesome… Waiting for the next prt…
Thanks Suney,
Omg so beautiful
This story is awesome ????
Love it
Curiously waiting for next part
Keep up the great work ???????????
Thanks drax ????????. Keep reading ?????
Wow ma sha allah v salhi … mirey nehtha ithurubaeh … waiting ❤❤❤❤
Thanks Ainth. ???
Wow varah reethi
Thanks Ibsha ?????????????
Lovely
Thanks Lovely ? ? ?
Comments ? ? ?
Hehe… I mean it’s a lovely part ????
????????????Mi bai vec vv rythi ingey Belle..keep it up sis
Thanks jiji
Vvvvvv reethi ❤️❤️❤️??????Waiting for nxt part ???
Thanks Mal
Vaahaka nice.. Oththaalun ebas varah odd
Thanks Luc!f3r , i will change
Kurinbee live up kuranfasafa kivstha nukurani..
Pls up kodoba???
Stry vrh nice..ekm plx cover pic change kohba… eyah vure reethi pic hunnaane hn me ah hyvany.. I just want tell my opinion.. idk what others think.. Can u change it..?? ?
kihineh hadi vaahaka thibuny cover