Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 44

Saraa Level 910 Stories100 Comments100 Login500 Comments500 Login
June 24, 2019 4 Mins Read
48 Comments

ޝަލީން ފަރި ހިނގުމެއްގައި އައިސް ކާރަށް އެރިއިރު ހައިޒަލް ކާރުދުއްވާލައިފިއެވެ. އޭރު ތަންކޮޅެއް ދުރުގައި ޕާރކްކުރެވިފައިވާ ކާރުގެ ވިންޑްސްްކްރީން ތިރިކޮށްލައިގެން މަޔާން އިންއިރު އެ މޫނުމައްޗަށް ވެރިވެފައިވަނީ ތަފާތުކުލައެކެވެ. ހަނިކޮށްލެވިފައިވާ ދެލޮލުން ރުޅިއާއި ނަފްރަތު ނޫން އެއްޗެއް ނުފެނެއެވެ. މަޔާން އިރުކޮޅެއްވާންދެން ހައިޒަލްގެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ކާރު ދުރަށް ދުއްވައިލައިފިއެވެ.

*** *** *** *** *** ***

މަޔާންގެ އަމިއްލަ ނަފްސު މައިތިރިނުކުރެވިފައި އިނދެ ސަރަކައިގެ ހިފާލެވިފައިިވާ އަތަށް ބާރުކުރަމުން ގައި ހުރި ބާރުލައިފައި ސަރަކަ އަނބުރަމުންދިޔައިރު ސަރަކަވެސް ވަކިކޮށްލަން އުޅޭހެން ހީވެއެވެ. ދޭތެރެއިން ހަޅޭލަވައިގަންނަމުން ސަރަކައަށް ބާރު އެތިފަހަރެއް ބާލާގޮތުން ރުޅިން ގޮސް މޮޔަވެފައިވާހެން ހީވެއެވެ. އެ ރީތި މޫނު ފިއްސަމުންދާ ރުޅިވެރިކަމާއި ދެބުމަ ކައިރިކޮށްލެވިފައިވާއިރު ރުޅިންގޮސް ލޮލަށްވެސް ލޭ ކުލަ އަރާފައިވެއެވެ. ދަތްތަކަށް ތަދުވާހާ ބާރަށް ދަތްކުނޑިވިކައިލައިގެން އިންއިރު މިވަގުތުވެސް އެ ލޮލުގެ ތެރޭ ހާސްކަރުނަތިކިތައް ވިދަމުންދިޔައެވެ.

މަޔާން ދުނިޔެދެކެ ފޫހިވެއްޖެއެވެ. ވަކިން ހާއްސަކޮށް ލޯބި އެއީ އޭނަ ނަފްރަތުކުރާ ލަފްޒަކަށް ވެގެން ހިނގައްޖެއެވެ. ޝަލީން ކަންތައްކުރިގޮތަށްފަހު ދުނިޔެއާއިމެދު އޭނަ ދެކެމުންދިޔަ ގޮތް މުޅިން ބަދަލުވެގެން ހިނގައްޖެއެވެ. ލޯތްބަކީ ހަގީގަތުގައިވެސް ލައްވާފައިވާ އިހުސާސްއެއްނަމަ އެތައް ފަހަރަކު ލޯބިވާކަމަށް ބުނެފައި ޝަލީން އެހެން މީހެއްގެ ހައްޤަކަށްނުވީހެވެ. އޭނަ ފުރާނައަތްމައްޗަށް ލައިގެން އުޅުމަށްފަހު ސަލާމަތްވެގެން އެނބުރިއައީ މިފަދަ މަންޒަރެއް އޭނައަށް ފެނިދާނެކަމަށް އުއްމީދުކޮށްގެންނޫނެވެ. އެންމެފަހުވަގުތާއި ޖެހެންދެން ޝަލީން އޭނައަށް އިންތިޒާރުކުރާނެކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް ޝަލީންއަކީ ބޭވަފާތެރި ނުލަފާ ކުއްޖެއްކަން އަމިއްލަ އަންގައިދީފިއެވެ.

މަޔާން މާލެއައުމާއިއެކު އަޑުއިވުނު ހިތިހަބަރުން ލިބުނު ޝޮކްގެ ބޮޑުކަމުން ލޮލުން ކަރުނަ އައުން މަނާކުރިޔަސް އެވަގުތު ހިތްކުދިކުދިވެގެންދިޔައީހެން ހީވިއެވެ. އެކަނިވުމާއިއެކު އޭނަ ކިތަންމެވަރަކަށްވެސް ކަރުނަ އޮއްސިއެވެ. ފަހުން އޭނަގެ ނަފްސުވެސް ހިމޭންވެގެންދިޔައިރު އޭނަގެ ރުޅިގަނޑު ހިލިގަތީ އޭނަވެސް ހައިރާންވާ ދަރަޖައަށެވެ. ޝަލީންދެކެވީ ލޯބީގެ މައްޗަށް ނަފްރަތުގެ ހޫނުކަން ގަދަވެގެން ދިޔައިރު ޝަލީންއަށްޓަކައި ކަރުނަ ނުއޮހުރުވަން އޭނަ އަމިއްލަ ނަފްސަށްވެސް ވައުދުވިއެވެ. ޝައިތާނީ ބައި ހިލިގަނެގެން ދިޔައިރު އޭނަގެ ނުލަފާކަން ޝަލީންއަށް ދައްކާލާ ރޮއްވާލަން ސިކުނޑި އެތަށް ފަހަރަކު އިންޒާރުކުރިއެވެ. އޭނަ ބަލިކަށިކަމުގެ ފައިދާ ނަގައިގެން ޝައިތާނާ އޭނަ ދަލުގައި ޖައްސަން ކަނޑަނޭޅި މަސައްކަތްކުރަނީއެވެ. މަޔާން ކާރު ޕާރކްކޮށްލިގޮތަކަށް ހުންގާނުމަތީގައި އަތް ބޭއްވައިގެން އެތަށް އިރަކު ވިސްނުމެއްގެ ތެރޭގައި އިނެވެ.

*** *** *** *** *** ***

މެންދުރުފަހު އޮތް މީޓިން ނިމިގެން ހައިޒަލް ކެބިންއަށް އައިރު ޝަލީން އިނީ ކެބިންގައެވެ. ސޯފާގައި އިނދެފައި ހައިޒަލް ދޮރުހުޅުވާލުމާއިއެކު އިސްއުފުލާ ބަލާލިއިރު ހައިޒަލް ބުމަކުޑަކޮށް ގޮށްޖެހޭގޮތްވިއެވެ.  ނަމަވެސް ބޭރުފުށުން ރުޅިވެރިކަން ނުދައްކާ ހައިޒަލް ކެތްތެރިވެލިއެވެ. އޭނަގެ އިހުސާސްތައް ފާޅުކުރުމުގެ މިނިވަންކަން އޭނައަށް ލިބިފައި އެބައޮތް ހެއްޔެވެ؟

“މިއަދު ހަވީރު މިޑޯވިއުއަށް އަންނަން މަންމަ ބުނުއްވީމަ.. ހައިޒަލްއާއިއެކީ ދާންވެގެން…” ހައިޒަލް ބަލަހައްޓައިގެން ހުރި ނަޒަރުންނާއި އެ ހިމޭންކަމުން އުނދަގޫވެގެން ޝަލީން ވާހަކަދެއްކިއެވެ. ހައިޒަލްގެ މިމަޑުމައިތިރިކަންފެނި އޭނަަައަށް ކިތަންމެ ވަރަކަށްވެސް ކުށްވެރިކަމުގެ އިހުސާސްތައް ކުރެވެއެވެ. ގަދަކަމުން ހައިޒަލްގެ ދިރިއުޅުމަށް ވެރިވެގަނެގެން އުޅޭފަދަ އިހުސާސްއެއްކުރެވެއެވެ. މަންމަމެންނަށް ޓަކައި ދެމަފިރިންހެން އުޅެން އޭނަ މަސައްކަތްކުރާއިރު ހައިޒަލްގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެއްބާރުލުމެއްް ލިބޭނެނަމައެވެ.

“ދަރިފުޅާ.. އައްމާރު ބުނި ބައެއް ލިޔެކިޔުންތައް ހައިޒަލްއަށް ފޮނުވި ވާހަކަ… ސޮއެކޮށްލާފައި ބައްޕައަށް ފޮނުވާލައްޗޭ… އަހަނ… ޝަލީ ދަރިފުޅުވެސް އެބައުޅެެންތަ؟” އަލްހާން ވާހަކަދައްކަވަމުން އައިސް ކެބިންއަށް ވެންނެވިއިރު ޝަލީން ފެނުމާއިއެކު އެ މޫނުމަތި އަލިވެގެންދިޔައެވެ.

“ހައިޒަލްއާއިއެކު މަންމަ ގާތަށް ދާންވެގެން…” ޝަލީން އިނގިލިތަކާއި ކުޅެން އިނދެފައި އިސްއުފުލާލުމެއްނެތި އަލްހާންއަށް ޖަވާބުދިނެވެ.

“ދަރިފުޅު އައިކަން ރަނގަޅޭ… ބައްޕަ އެބައޮތޭ ޝަލީއާއި ވާހަކައެއް ދައްކާލަންވެފައި…” އަލްހާން ސޯފާގައި އިށީންނަވާފައި މޭޒުމަތީ ބައިންދާލެވިފައިވާ ޓެލެފޯން ނަންގަވާ ކޮންމެވެސް މީހަކަށް ގުޅުއްވިއެވެ.

“ހަލޯ… ޒިޔާންތަ؟ ނައިނާއާއި ޝެނާ ހައިޒަލްގެ ކެބިންއަށް ފޮނުވާލަބަލަ…” އަލްހާން ވާހަކަދެއްކިއަޑުއަހާފައި ހައިޒަލްއަށް އަލްހާންއާއި ދިމާލަށް ބަލާލެވުނީ ބައްޕަ ނައިނާ ކެބިންއަށް ގެންނަންޖެހޭ ސަބަބެއް ނަގައިނުގެވިފައި ހުރެއެވެ.

“ޝަލީ ބައްޕަ ހިތަށް އަރަނީ ޝަލީއަށް ބޮޑީގާރޑްއެއް ހަމަޖެއްސުން ކިހިނެތްވާނެހޭ…” އަލްހާން ޝަލީންއާއި ވާހަކަދެއްކެވިއެވެ.

“ކީއްކުރާ ބޮޑީގާރޑްއެއްތޯ؟” ޝަލީން ކުޑަކޮށް ހާސްވާގޮތްވިއެވެ. އަލްހާންގެ ވިސްނެވުމުގެ ސަބަބުން އޭނާގެ މިނިވަންކަމަށް ބުރޫއަޅަން އުޅެނީ ހެއްޔެވެ؟ ޝަލީންގެ ހިދުމަތުގައި މީހުން ތިބުމަކީ ޝަލީން ގަޔާވާކަމެއްނޫނެވެ. މުއްސަނދިވިޔަސް އޭނަ ލޯބިކުރަނީ ދެއްކުންތެރިކަމެއް ނެތް ސާދާ ދިރިއުޅުމަކަށެވެ.

“ހާސްނުވޭ.. ބައްޕަ ނޫޅެމޭ ސައުވީސް ގަނޑިއިރު ޝަލީއާއިއެކީ ބޮޑީގާރޑްއެއް ބަހައްޓާކަން… ހައިޒަލްއާއި އެކީ ހަފްލާތަކަށް ދާއިރު ޝަލީއާއިއެކީ ހުންނަ ކުއްޖަކު ހަމަޖައްސަން މިއުޅެނީ… ޝަލީ ބޭނުންވާ ކުއްޖެއްނު ނަގަންވާނީ…” ޝަލީންގެ މޫނަށް ވެރިވަމުންއައި ކުލަވަރު ދިރާސާކުރައްވަމުން އަލްހާން ވާހަކަދެއްކެވިއެވެ. އޭރު ބައްޕަގެ ވާހަކަތަކުގެ މިސްރާބު ބަހައްޓަވަމުންދިޔަގޮތުން ހައިޒަލްގެ ބޮލުގައި ރިއްސާލިއެވެ.

އެވަގުތު ޝެނާއާއިއެކު ނައިނާ ކެބިންއަށް ވަދެގެން އައިރު އަލްހާން ފެނިގެން އަލްހާންގެ ކުރިމައްޗަށް ހުއްޓެމުން ހިނިތުންވުމެއް ހަދިޔާކުރިއެވެ. އޭރު ޝަލީންގެ މޫނު ފެންވަރުވާލައިފައިވީ ކުލަތަކާއިއެކު ނައިނާ އެތަނުން ފެނުމުން ހައިރާންވެފައި އިންހެން ހީވިއެވެ.

“މީ ޝެނާ ދެން މީ ނައިނާ…. ކޮމްޕެނީގައި މަސައްކަތްކުރަމުންދާ ދެ ބޮޑީގާރޑުން… ޝެނާއަކީ މަންމަގެ ބޮޑީގާރޑް… ޝަލީ ބޭނުމިއްޔާ ޝެނާވެސް ނޫނީ އެހެން ކުއްޖަކުވެސް ނެގިދާނެ އިނގޭ…” އަލްހާން ގާތްގޮތަކަށް ޝަލީންއާއި ވާހަކަދައްކަމުން ހިނިތުންވެލެއްވިއެވެ.

“ނައިނާއަށް އުނދަގޫނުވަންޏާ ނައިނާ ނެގުން ކިހިނެތްވާނެތޯ… މަމްގެ ބޮޑީގާރޑްއަށްވީމަ ޝެނާ ބިޒީވާނެއެއްނު…” ޝަލީން ނައިނާގެ މޫނަށް ބަލަހައްޓައިގެން އިނދެ ވާހަކަދެއްކިއެވެ.

“އުނދަގޫވާންވީ ކީއްވެތޯ މޭމް… މޭމްްއަށް ހިދުމަތްކޮށްދޭން ލިބުމަކީ އަޅުގަނޑަށް ލިބޭނޭ އުފަލެއް…” ނައިނާ ވާހަކަދެއްކިއިރު ހައިޒަލްގެ ހިތްހަމަނުޖެހުމުގެ ނަޒަރު ނައިނާގެ މޫނަށް ހުއްޓުނުއިރު ނައިނާ ނޭނގޭކަމަށް ހެދިއެވެ.

“އެހެންވީމަ ޝަލީއާއި ނައިނާއާއި ވަކިން ވާހަކަދައްކާލާ… އުއްމީދުކުރަން އެންމެ ފުރިހަމައަށް ނައިނާ މަސައްކަތް ކުރާނޭކަމަށް…” އަލްހާންގެ ނަޒަރު ނައިނާއަށް ދަތުރުކުރެއްވިއެވެ.

އަލްހާން ކެބިންއިން ދުރުވުމާއިއެކު ޝަލީން މާބޮޑު އުފަލެއް ލިބުނު ފަދައަކުން ގޮސް ނައިނާގެ ގައިގައި ހިފައިގަތެވެ.

“ނައި ނުބުނަމެއްނު ބްލޫސްގައި ވޯރކް ކުރާވާހަކައެއް… ތެންކް ގޯޑް ނައިއަށްވީކަން… އެހެން މީހެއްނަމަ ހާދަ އަންކޮމްފޯރޓަބަލްވީހޭ…” ޝަލީން ހުރިހާ ދަތްތަކެއް ދައްކާލަމުން ހިނިތުންވެލިއިރު ނައިނާވެސް ޝަލީންއާއި ބައިވެރިވީ ހިތުގައިވާ އުދާސްކަން މޫނުމަތިން ވަންހަނާކުރަމުންނެވެ.

އޭރު ހައިޒަލްއަށް ނައިނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ވޭނީ ނަޒަރަކުންނެވެ. ނައިނާ ދުނިޔޭގެ އެންމެ އުފާވެރިކުއްޖާއަށް ވެގެން ހީހީ ހުރިނަމަވެސް ނައިނާގެ ހިތަށް އުނދަގޫވާނޭވަރު އޭނާއަށް އަންދާޒާކުރެވެއެވެ. ތިމާ ލޯބިވާމީހާ އެހެން މީހަކާއިއެކު ދެކެން ކެތްވާނީ ކޮންއަންހެންކުއްޖަކަށް ހެއްޔެވެ؟ ޝަލީންއާއި އޭނާގެ މަންޒަރުތައް ފެނުންވާނީ ނައިނާގެ ހިތުގައި ޅިޔަ އަޅާލުންފަދަކަމަކަށެވެ. ހީވާގޮތުން އޭނައާއި ނައިނާ ދުރުކޮށްގެން ބައްޕަގެ ހިތަށް އަދިވެސް ހިތްހަމަޖެހުމެއް ލިބިނުލައްވަނީއެވެ. ނައިނާގެ ފެންވަރު އަންގައިދޭން ބައްޕަ ބޭނުންވެލައްވަނީ ކަންނޭނގެއެވެ. ޝަލީންއަށް ނޭނގި ނައިނާ މަޅިއަށް މަހާލިއިރު މިފަހަރު އޭނައަށް ބައްޕަ ކުށްވެރިކުރޭކަށް ނުވެސްނެތެވެ.

ހައިޒަލް ނައިނާދެކެ ހިތްހަމަނުޖެހޭގޮތްވިއެވެ. އެހެން މީހުންނަށްޓަކައި ހިތުގެ ހާލަތު ފޮރުވައިގެން ހުރެ ކޮންމެ ފަހަރަކު ގުރުބާންވާން ނައިނާ ޖެހޭ ހެއްޔެވެ؟ އެހާ ހިތްވަރުގަދަ ކުއްޖަކަށް ނައިނާވީ ކީއްވެ ހެއްޔެވެ؟ އެ ހިތްވަރުގަދަކަމުގެ ސަބަބުން ނައިނާގެ ހިތްހަލާކުވުން ނޫންކަމެއް ނުވާނެއެވެ.

“ދާކަށް ނުވޭ..” ޖީބަށް އަތްޖަހާލައިގެން ހައިޒަލް ޝަލީންއާއި ދިމާލަށް ހިނގައިގަންނަމުން ވާހަކަދެއްކިއެވެ. އެއާއިއެކު ނައިނާއާއި ދުރުވެލަމުން ޝަލީން ހައިޒަލްއާއި ދިމާލަށް ބަލާލިއެވެ. މިހުރިހާއިރު ހައިޒަލް އެތާ ހުރިކަން އޭނަ ހަނދާންވެސް ނެތްފަދައެވެ.

“އޯވް… ނައި ދަނީއްޔޭ އަދި ފަހުން މީޓްވާންވާނެދޯ…” ޝަލީން ހައިޒަލްއާއިއެކު ކެބިންއިން ނިކުންނަން ދަމުން އަތްހޫރާލިއެވެ. ޝަލީންއާއި ހައިޒަލް ކެބިންއަށް ނިކުމެގޮސް ނިވާވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ނައިނާއަށް ކެބިންގެ ދޮރަށް ލެގިލިއެވެ. މަޑުމަޑުން ކޯތާފަތް ތެމިގެންދިޔައިރު ނައިނާ ކޯތާފަތުގައި އިނގިލިތައް ޖައްސާލިއެވެ. ހައިޒަލްއަށްޓަކައި ކަރުނަ އޮހުރުވާ ނުރޯން ހުވާކޮށްގެން ހުއްޓަސް އެ ކަރުނަތައް ހުއްޓުވާނޭގޮތެއް ނައިނާއަކަށް ނޭނގެއެވެ. އޭނަގެ ހަށިގަނޑު އޭނަގެ އަމުރުތަކަށް ކިޔަމަންތެރިއެއްނުވެއެވެ. އަމިއްލަ ހިތުގެ މައްޗަށް އޭނަގެ ބާރުފޯރާނަމަ ހައިޒަލްއަކީ ޝަލީންގެ ހައްގެއްކަން އިނގުނު ހިސާބުން އޭނަގެ ހިތުން ހައިޒަލްގެ ލޯބި ފުހެލީއެވެ.

*** *** *** *** *** ***

އިރާދަމުގެ ވަގުތު ފާއިތުވެގެންދިޔައިރު ކަނޑުނޫކުލައިގެ އުޑުމަތި އޮތްގޮތުން ދުވާލުގެ މަންޒަރެއް ލޮލަށް ފެންނަފަދައެވެ. ތަރިތަކުގެ ވިދުމެއްގެ އަސަރުވެސް ފެންނަ ނެތްއިރު މުޅި ފަޒާ އަމިއްލަ ކޮށްލައިގެން ހަނދު މެދު އުޑުގައި އިނެވެ. ހުދުކުލައިގެ ކަފަކަފަ ބޮޑެތި ވިލާކޮޅުތައް އުޑުމަތީ ދައުރުކުރަމުންދިޔައިރު ހަނދުވެސް ހިނިތުންވެލައިގެން އިނދެ ވިލާތަކުގެ ތެރެއިން ފެނި ގެއްލެމުން ފީކޯއި ކުޅެމުންދިޔައެވެ.

ރޭގަނޑުގެ ވަގުުތު ހައިޒަލް ބްލޫސްގެ އިމާރާތަށް ވަދެގެން އައިރު ހުދުކުލައިގެ ޓީޝާޓާއި އައިސްބްލޫ ސްކިނީގައި ހައިޒަލް ފެންނަލެއް ކިތަންމެހާވެސް ފުރިހަމައެވެ. ދެ ޖީބަށް އަތްޖަހާލައިގެން ހައިޒަލް ބްރިޖްމަތިން ހިނގާފައި ކުރިއަށް ދިޔައެވެ. އޭރުވެސް ވަށައިގެން ނަޒަރު ހިންގަމުންދިޔަގޮތުން ކޮންމެ މީހަކު ހޯދަނީހެން ހީވެއެވެ. އެ ވަގުތު ޝެނާގެ ކެބިންއިން ނައިނާ ނިކުމެގެން އައިތަން ފެނުމާއި ހައިޒަލް ދުމެއްޖަހާފައި ދިޔަގޮތަށްގޮސް ނައިނާ ގޮވައިގެން އެންމެ ގާތަށް ހުރި ރޫމްއަށް ވަނެވެ.

“ހައިޒަލް މޮޔަވެގެންތަ ތިއުޅެނީ…” ފާރާއި ހައިޒަލްއާއި ދެމެދު ނައިނާ ފިތެމުންދިޔައިރު ނައިނާ ހައިޒަލްގެ މޭގައި އަތްއަޅާދުރުކުރަން މަސައްކަތްކުރިއެވެ.

“ކީއްކުރަން ޝަލީންގެ ބޮޑީގާރޑްއަކަށްވީ… ކީއްކުރަން އެއްބަސްވީ… މީހަކު ހައްދާހާ ގޮތެއް ނައިނާ ހެދެން ޖެހޭތަ؟” ހައިޒަލްގެ ރުޅި ހަމައިން ނެއްޓިވަގުތުކޮޅު ނައިނާގެ ކޮނޑުގައި ހިފާ ބާރަކަށް ތަޅުވައިގަތެވެ.

“އަހަރެން މީ މިކޮމްޕެނީގެ ސީއީއޯތަ؟ އަހަރެން ބޭނުންވާހާގޮތަކަށް ކަންތައްވާން… ބޭނުންވީމަ ދެކޮޅު ހަދާފައި ބޭނުންވީމާ އެއްްބަސްވުމުގެ ފުރުސަތު އަހަންނަށް އެބައޮތްތަ؟” ނައިނާ ވާހަކަދެއްކީ ދަތްތަކަށް ބާރުކޮށްލައިގެން ހުރެއެވެ.

“އެ ފޮޒިޝަން ދޫކޮށްލާ… މިތާ ތެރޭ ނައިނާ ކުރަންޖެހޭ ކަންތައް މަދެއްނުވާނެ…” ހައިޒަލް ނައިނާއާއި ކުޑަކޮށް ދުުރުވެލަމުން ދުރަށް ބަލާލަމުން ތުންފަތުގައި ދަތްއަޅާލިއެވެ.

“ސިސް އެދެފިނަމަ އަހަރެން ދެކޮޅުހަދާނެކަމެއް ނޯންނާނެ… އެހެންނޫނަސް އަހަރެން ސިސްގެ  ބޮޑީގާރޑްއަކަށްވީމަ ހައިޒަލް ތިހާ ކަންބޮޑުވާންޖެހޭ ސަބަބަކީ ކޮބައިތަ؟” ނައިނާ ރުޅިވެރިކަމާއިއެކު ވާހަކަދެއްކިއިރު އެ ރީތި ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ.

“ޑޭމިޓް… އަހަންނަށް އުނދަގޫވެޔޭ…” ހައިޒަލް ރުޅިވެރިކަމާއިއެކު ފެށި ޖުމްލަ ނިންމާނޭ ފުރުސަތެއް ނައިނާ ނުދިނެވެ.

“އަހަރެން ފެންނާނެއަތީތަ؟ ހާސްނުވޭ… އަހަރެން ނޫޅެން ހައިޒަލްގެ އެޓެންޝަން ހޯދާކަށް… ޔޫ ހޭޓް …” ނައިނާގެ ޖުމްލަ ފުރިހަމަކުރާނެ ފުރުސަތެއް ހައިޒަލް ދިނުމެއްނެތި ދެތުންފަތުން އެޖުމްލަ މެދުކަނޑާލިއެވެ. އެވަގުތު ނައިނާގެ ދެލޯބޮޑުކޮށްލެވުނުއިރު ހައިޒަލް ދުރުކުރަން ގަދަހަދާފައިވެސް އެންމެ ފަހުން ހައިޒަލްގެ ކޮންމެ އަމަލެއްގައި ބައިވެރިވުނީ ކީއްވެކަމެއް ނޭނގުނެވެ. ދެޒުވާނުންގެ ނޭވާކޮޅަށް ދިޔައިރު ނައިނާ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. އެވަގުތު ނައިނާގެ ލޯމައްޗަށް ޝަލީން ސިފަވެގެންދިޔައިރު ވީގޮތެއްވެސް ނޭނގުނެވެ. ހައިޒަލްގެ މޭގާ އަތްއަޅާ ދުރަށް ކޮއްޕާލިއިރު ނައިނާގެ އަތުގެ ހޫނު ހަމަލާ ހައިޒަލްގެ ކޯތާފަތް މައްޗަށް އަރައިގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ކުށަކާ ނުލާ 7

Next

އައިރީން 2

Next
June 25, 2019

އައިރީން 2

Previews
June 24, 2019

ކުށަކާ ނުލާ 7

48 Comments!

  1. Nnjrnfbf says:
    June 24, 2019 at 8:18 pm

    Haadha kurey dhw mihaaru genaedhey baithah
    But vvvv reethi story
    Dhen genna bayeh dhigukohlahchehy thankolheh

    1. dhiraa wish says:
      June 25, 2019 at 12:07 pm

      thankss dear… baeh ep thah hurey dhira beynun nuviyas kurukuran jehey.. fahun up kuri dhe ep ge nimun in gothun ehen vefa e inee… dhen oih part dhigu kohlaanan ingey

  2. dhiraa wish says:
    June 24, 2019 at 8:20 pm

    here is 44th part?????✨✨????????? hope all the readers would like this part too… feel free to share readers view… i will be happy to read ur commnts??????thnks for the support…. next part will be uploaded on wednesday insha allah??????✨??✨✨✨??

    1. Shau says:
      June 24, 2019 at 8:59 pm

      Alhey vrh rythi… dhn kihineh baa vaany? ??Anyways vhk hama great.. ❤️❤️? Keep it up dhiraa! ❤️❤️❤️??

    2. dhiraa wish says:
      June 25, 2019 at 12:05 pm

      thankss dear.. hingaa dho vaagotheh balamaa… thankss for your suppport it means a lot

  3. Shau says:
    June 24, 2019 at 8:25 pm

    mi first dhw… ❤️ ❤️ kiyaalafa comment kohllanan ??

    1. dhiraa wish says:
      June 26, 2019 at 8:40 pm

      k

  4. Kiyunytheriyaa says:
    June 24, 2019 at 8:28 pm

    So romantic alheyyy.. varah nalla ngey

    1. dhiraa wish says:
      June 25, 2019 at 12:05 pm

      thankss dear…

  5. 123 says:
    June 24, 2019 at 8:36 pm

    Varah salhi vaahaka eh

    1. dhiraa wish says:
      June 25, 2019 at 12:07 pm

      thankss dear

  6. Nax says:
    June 24, 2019 at 8:38 pm

    Alheyyy kiyaa hithun indhaa e nimunee, Dhiraa…. love ur story❤

    1. dhiraa wish says:
      June 25, 2019 at 12:09 pm

      thankss dear… keep waiting

  7. Moba says:
    June 24, 2019 at 8:56 pm

    Dhe folhuvai

    1. dhiraa wish says:
      June 25, 2019 at 12:10 pm

      alhe hama dhefolhu vaih tha inee??

  8. jiji says:
    June 24, 2019 at 8:56 pm

    Dhiraa wish❤❤❤..Alhe haadha molhey sis Ma Sha Allah?????????????????….Mi bai vv furihama..just outta of words??????…Every time yuh are making ma curious..hhehe..lysm dear

    1. dhiraa wish says:
      June 25, 2019 at 12:11 pm

      thankss dear… im so happy to see your comments on every part….

  9. Nahu says:
    June 24, 2019 at 9:21 pm

    Mi vaahaka varah salhi….
    Love it ??

    1. dhiraa wish says:
      June 25, 2019 at 12:12 pm

      thankss dear..

  10. Xyz says:
    June 24, 2019 at 9:26 pm

    Varah reethi – cant wait for the next part.

    1. dhiraa wish says:
      June 25, 2019 at 12:12 pm

      thanksss dear.. keep waiting

  11. Kk says:
    June 24, 2019 at 10:04 pm

    Wow v furihama.. Than kolheh kuruvima.. Kiyaa hithun indhaa nimunii

    1. dhiraa wish says:
      June 25, 2019 at 12:13 pm

      thankss dear.. then ahna part eh dhigu kohlaanan ingey

  12. Aisha says:
    June 24, 2019 at 10:12 pm

    Haadha kurey ..ekm hama vaahaka varah reethi

    1. dhiraa wish says:
      June 25, 2019 at 12:14 pm

      thankss dear… dhen ahna part eh dhigu kohlaanan ingey

  13. Hai says:
    June 24, 2019 at 10:13 pm

    Haadha romantic ey dho varah loabi mi bai ves ??

    1. dhiraa wish says:
      June 25, 2019 at 12:15 pm

      thanks dear… alhe rom eh nuvaane ehnu moonu mathee aih dhamaafa jeheema eh… hehe…

  14. Vkook says:
    June 24, 2019 at 10:14 pm

    Foohi mihaaru?

    1. dhiraa wish says:
      June 25, 2019 at 12:18 pm

      dhira ah ves ingey mihaaru vaahaka kuriah dhaaa gothun baeh kudhin foohi vaane kan… hurihaa readers ves beynun vaanee main leads ge gothuga ulhey couples thah gulhen dho… ekm v kook foohivanee keehvethrr… naina and haizal dhuru kureematha?

    2. HAIZAL says:
      June 26, 2019 at 8:58 am

      story ga haadhisaa eh ufedhen jeyne dhw abadhu main couple vex ehkohshen noolheyne life ga adigadan tah anaane kan readers ah visnen vaane aneh kolhun dhiraa ge first dhigu vaahaka kuda koh mistakes ulheyne dhw at least she uploads the stroy gina liyun therin readers ge hiyy thalhuvaaalaafa up eh nukure …
      but dhiraa this is the best mashakah dhigu dhamaaheneh hiyyeh nuvey v nice

  15. Nishy says:
    June 24, 2019 at 11:33 pm

    Abadhu abadhu ekahcheh huriha part thakuga

    1. dhiraa wish says:
      June 25, 2019 at 12:19 pm

      ekahjeh tha mileyevenee.. dhiraa akah hiyehnuvey… kuree part aai mi part maa ehgotheee dho… wait for a big turn on next ep

  16. Nanna says:
    June 24, 2019 at 11:34 pm

    Dhigu dhamman ulheyhen heevany

    1. dhiraa wish says:
      June 25, 2019 at 12:23 pm

      dear… dhira hama plan kohfa huri eps thah ekani laigen mi liyanee… twists ves gehnanmun… ehves gothakah e kahjeh repeat eh nukuran dhigu dhanman vegeney kiyaafa

  17. Kiuntheriyaa says:
    June 25, 2019 at 12:17 am

    Mihaaru dhen kudakoh thafaathu kohlan feney abadhu hus ehgotheh vaathee

    1. dhiraa wish says:
      June 25, 2019 at 12:25 pm

      dear next part ah balaanan twist eh geneveytho.. keep waiting varah gina twists thakaa neyvaaa hifahahtaalan jehey thankolhu kolhu kuriah othee

  18. Xxx says:
    June 25, 2019 at 12:24 am

    Just wow?

    1. dhiraa wish says:
      June 25, 2019 at 12:25 pm

      thankss dear

  19. In@ says:
    June 25, 2019 at 7:34 am

    U made Me think of something I never wanted to remember about… ? ? ? ?

    1. dhiraa wish says:
      June 25, 2019 at 12:26 pm

      sorry dear

  20. Azker says:
    June 25, 2019 at 7:59 am

    ???So heart touching…. Masha Allah v. Furihama… Big fan of u♥️♥️♥️

    1. dhiraa wish says:
      June 25, 2019 at 12:27 pm

      thankss dear… it means a lot to me…

  21. Sha?? says:
    June 25, 2019 at 10:22 am

    Wow??? Varah Varah reethi??
    Waiting for the next part?

    1. dhiraa wish says:
      June 25, 2019 at 12:27 pm

      thankss dear… keep waiting for wednesday night

  22. Fan of dhiraa ❤️ says:
    June 25, 2019 at 5:58 pm

    Ok..i will keep waiting dear..varah varah reethi vaahaka…im a big fan of dhiraa❤️❤️❤️❤️

    1. dhiraa wish says:
      June 26, 2019 at 8:39 pm

      thnks…. happy to hear abt such a fan of me

  23. Fan of dhiraa ❤️ says:
    June 25, 2019 at 6:00 pm

    Okk..i will keep waiting.
    ..varah varah reethi vaahaka…i am a big fan of dhiraa ❤️

    1. dhiraa wish says:
      June 26, 2019 at 8:41 pm

      thnks

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 45←


All Right Reserved!