މާޒީ (ފަހުބައި)
ނައިލް މަޑުހިނގުމެއްގައި ގޮސް ޝާޔަން އޮތް އެނދު ކައިރީގައި މަޑުކޮށްލިއެވެ. ޝާޔަން ބަލި ގޮތަކަށް ދެލޯ ހުޅުވައިލަމުން ނައިލްއަށް ބަލައިލިއެވެ. ޝާޔަން އާދައިގެ މަތިން ނައިލްއަށް ހިނިތުންވެލިއެވެ. މި މަންޒަރު ފެނި ނައިލްއަށްވެސް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ. ޝާޔަން މަޑުމަޑުން އަތް އުފުލާލީ ނައިލްއާއި ދިމާއަށް އަތުގަ ހިފާށޭ ބުނާފަދައަކުންނެވެ. ޝާޔަންއަށް ބަލައިލަމުން ނައިލް އެއަތުގައި ހިފައިލަމުން އެނދުގައި އިށީންދެލިއެވެ. ނަމަވެސް ނައިލް އެއްވެސް އެއްޗެކޭ ނުބުނެ އިނީ އިސްޖަހައިލައިގެންނެވެ.
”ނައިލް…..”
ޝާޔަން އެންމެ ފަހުން ނައިލް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ގޮވައިލިއެވެ.
”ހޫމް…..”
ނައިލް ދިނީ ކުރު ޖަވާބެކެވެ. ނައިލް އިނީ ޝާޔަންއާއި ހަތަރު ކަޅި ހަމަ ކޮށްލަން ނުކެރިފައެވެ.
”ނައިލް ކީއްވެތަ ތިހެން ތިއިނީ؟….އަހަންނަށް އިނގޭ ނައިލް ތިއިނީ އަހަންނަށް މިހެންވީމަ ދެރަވެފަކަން…..އެކަމް އަހަރެން ނައިލް ކުށްވެރިއެއް ނުކުރަން…..މީ ނައިލްގެ ސަބަބުން ވީ ކަމެއް ނޫން…..”
ޝާޔަން މަޑުމަޑުން ބުނީ ނައިލްއަށް ވިސްނައިދޭ ފަދަ ރާގެއްގައެވެ.
”އަމް ސޯ ސޮރީ ޝާޔަން….އާރަވްގެ ފަރާތުންވެސް އަހަރެން މާފަށް އެދެން……”
”ނައިލް މާފަށް އެދޭކަށް ނުޖެހޭނެ…..މިކަންވެސް މާޒީއާ އެކުވެގެން އެދިޔައީ……އިތުރަށް އެވާހަކަތައް ހަދާން ކުރުމުގެ އެއްވެސް ބޭނުމެއް ނެތް………..”
ޝާޔަންގެ ވާހަކަ އަޑު އިވި ނައިލްއަށް ހިނިތުންވެލަމުން ޝާޔަންއާއި ދިމާއަށް ބަލާލެވުނެވެ. ޝާޔަންވެސް އޮތީ ނައިލްއާއި ދިމާއަށް ބަލަހައްޓައިގެނެވެ. ނައިލްވެސް ދެން އިތުރަށް އެވާހަކަތައް ދައްކާކަށް ގަސްތެއް ނުކުރިއެވެ. ޝާޔަންވެސް އެދެއްކީ މުޅިން ރަގަނޅު ވާހަކައެކެވެ. ޝާޔަންގެ ވިސްނުންހުރި ގޮތް އިނގި ނައިލް ވަރަށް ހިތްހަމަޖެހުނެވެ. އެގޮތުގައި އެކަކުވެސް އެއްޗެކޭ ނުބުނެ ހޭދަވެގެންދިޔައެވެ.
”ހެހެެހެ….މާވަރަކަށް ތިބަލަނީ ކީއްވެ؟…..އަހަންނަކީ ފިރިހެން ކުއްޖަކަށް ވިއަސް ލަދު ގަނެއޭ…….”
ޝާޔަން ކަޅިވެސް ޖަހައިނުލާ ބަލަން އޮތުމުން ނައިލް ބުނެލީ އެއްބުމަ އަރުވައިލަމުން ލާނެތް ރާގެއްގައެވެ.
”ހެހެ…….ދެން ނައިލްއާ ދިމާއަށް ބަލާލީ އާ އެއީ އެވަރުގެ ކަމެއްތަ؟….އެހެން ނޫނަސް އަދި ކިރިޔާ ދޯ ނައިލްއަށް ބަލާލަން ފުރުސަތެއް މިލިބުނީ ވެސް…..ނައިލްއަށް މިހާރު އަހަންނާއި ދިމާއަށް ހިތްފުރޭވަރަށް ބެލިފަ ހުންނާނީ…….”
ޝާޔަންގެ ޖަވާބުން ނައިލްގެ މޫނުމަތިގައި ވީ ހިނިތުންވުން ފުންވެގެން ދިޔައެވެ. ނައިލް ނިކަން ހިތްގައިމު ހިނިތުންވުމެއް ޝާޔަންއަށް ހަދިޔާ ކުރި އިރުގައި ޝާޔަންވެސް އޮތީ ހިނިތުންވެލައިގެނެވެ.
”އައި ލަވް ޔޫ ނައިލް……”
ނައިލް ހައިރާންވެފައި ޝާޔަންއަށް ބަލައިލީ އެއީ ޝާޔަން އެހެން ބުނި ފުރަތަމަ ފަހަރު ކަމަށއ ވާތީއެވެ.
”ނައިލް ހިނގާދެން މެރީކުރަން……އަހަރެން ދެން ބޭނުމެއްނޫން ނައިލްއާ ވަކިން އުޅޭކަށް…..އަބަދުވެސް އެކުގަ އުޅެން ބޭނުމީ…..”
ނައިލް އަނެއްކާވެސް ހައިރާންވެފައި ޝާޔަންއާއި ދިމާއަށް ބަލައިލިއެވެ.
”އަސްތާ……އޮޕަރޭޝަންއަށްފަހު މަގެ ގާރލްއަށް ކިހިނެއްވެފަތަ މިއޮތީ އަނެއްކާ…..ހާދަ އަނގަ ވެސް ގަދަވެއްޖެ އޭ…..މެރީ ކުރަން އަހާނީ ބޯއީ ކުއްޖާއެއް ނޫންތަ؟……ހެހެހެ……އަދި އެކަމަށް ދުވަސް އެބައޮތެއްނު……ކެއްކުރޭ……..އިންޝާ ﷲ އަދި އެދުވަސް ވެސް އަންނާނެ……..”
ނައިލް މަޑުމަޑުން ގުދުވަމުން ޝާޔަންގެ ކޯތާފަތުގައި މަޑުމަޑުން ބޮސްދެމުން ބުނެލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. ޝާޔަންއާއި ވާހަކަ ދައްކަން އިނދެފައި ނައިލް ދިޔައީ ވަރަށް ހިތްހަމަ ޖެހި އުފާވެފައި ހުރެއެވެ. ޝާޔަންގެ ހާލު ރަގަނޅުވަމުން އަންނާތީވެ ދެދުވަސްތެރޭގައި ޝާޔަން ގެއަށް ދޫކޮށްލިއެވެ. ޝާޔަން ގެއަށް ދޫކޮށްލިދުވަހެވެ. ޝާއިން ނައިލް ގޮވައިގެން ކޮފީއަކަށް ދިޔައީ ބޮޑު ވާހަކަ އެއް ދައްކަންވެގެނެވެ. ނައިލް އިނީ ޝާއިން ދައްކަން އުޅޭ ވާހަކަ ބަލަން ބޭނުންވެގެން ކެއްމަދުވެފައެވެ.
”ދެން ބުނަބާ…….އަޑުއަހާށޭ މިއިނީ…….”
ނައިލް އެންމެ ފަހުން ނީންދެވިގެން އަހައިލިއެވެ. ޝާއިން ކުޑަކޮށް ބޯ ކަހައިލަމުން ނާއިރާއާއި މެދު ޝާއިން ދެކޭގޮތް ހާމަ ކުރީ ނައިލްގެ ބަހެއް އެކަމުގައި ބޭނުންވާތިއެވެ. ނައިލްގެ ނުގަބޫލުގައި އެއްވެސް ކަމެއް ކުރާކަށް ޝާއިންއެއް ބޭނުމެއް ނޫނެވެ. ޝާއިންގެ ވާހަކަ އަޑުއިވި ނައިލް ވަރަށް ހިތްހަމަޖެހުނެވެ. ނައިލް ހެޔޮ ހިތުން ޝާއިންއާއި ނާއިރާގެ އެ ގުޅުމަށް އުފާކުރިއެވެ. ނައިލްގެ އާބަސް ލިބުމުން ޝާއިންވެސް ވަރަށް އުފާވިއެވެ. ދެން އަދި ނާއިރާގެ ޖަވާބަކަށްފަހު ޝާއިން ނިންމީ އާއިލާ އެންމެނަށް އެވާހަކަ އަންގާށެވެ. އާއިލާ އެންމެންވެސް އެ ގުޅުމަށް ގަބޫލުވާނެކަން ޝާއިންއަށް އިނގެއެވެ.
ނާއިރާ ރެޑީވަމުން ދިޔައީ ޝާއިން އަށްގަޑިބަޔަށް ރެޑީވެގެން ހުންނަށް މެސެޖެއް ކޮށްފައި އޮތީމައެވެ. ނާއިރާ ރީތިވާން ހުރި އިރުގައިވެސް މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. އަދި އަނގައިން މަޑު ރާގެއް ލައްވަމުން ދިޔައިރުގައި އުފާވެފައި ހުރިވަރު ހާމަ ވާނެކަން ގައިމެވެ. އަށްގަނޑިބައިވަން ފަސްމިނެޓަށް ވީއިރުގައި ނާއިރާ ހުރީ ގޭ ދޮރުމަތީގައެވެ. ޝާއިން ސައިކަލުގައި އައިސް މަޑުކޮށްލަމުން ނާއިރާއަށް ބަލާލިއެވެ. ނާއިރާފެނި ޝާއިން ހައިރާންވިވަރުން ކުޑަކޮށް އަނގަވެސް ހުޅުވުނެވެ.
”މާޝަ ﷲ…..ސޯ …….ބިއުޓިފުލް…..”
ނާއިރާ ހުރީ ގަޔަށް ވަރަށް ދޫ ހެދުމެއްލައިގެން އެއާ ގުޅޭ ކުލައެއްގެ ޝޮއުލްއެއް އަޅައިގެނެވެ. ޝޮއުލް އަޅައިފައި ހުރުމުން ނާއިރާ ހީވަނީ އަރަބި ކުއްޖެއްހެނެވެ. ބުރުގާ އެޅުމުން ނާއިރާއާއި ވަރަށް ވެސް ގުޅެއެވެ. ޝާއިން އިނީ އިތުރަށް ބުނާނެ އެއްޗެއްވެސް ނެންގިފައެވެ. ޝާއިން އިތުރު އެއްޗެކޭ ނުބުނެ ކަޅިވެސް ޖަހައިނުލާ ބަލަން އިނުމުން ނާއިރާ ހިނިތުންވެލަމުން ގޮސް ޝާއިންގެ ސައިކަލު ފަހަތުގައި އިށީނެވެ. ނާއިރާ އިށީންނުމުން ޝާއިން ސައިކަލު ދުއްވާލިއެވެ. ނާއިރާވެސް އިތުރުއެއްޗެކޭ ނުބުނެ އިނީ ދާންވީ މަންޒިލަށް ދެވެންދެނެވެ. ޝާއިން ގޮސް ސައިކަލު މަޑުކޮށްލީ އަތިރިމަށްޗާއި ވީ ދިމާއަށެވެ. ނާއިރާ ސައިކަލުން ފައިބަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. އަތިރިމަށްޗަށް ނިކުމެވެން އޮތް މަގުގެ ދެފަރާތުގައި ލައިޓް ދިއްލައިފައި ހުއްޓެވެ. ޝާއިންއަށް ބަލައިލަމުން ނާއިރާ ކުރިއަށް ހިނގައިގަތީ ހިނިތުންވެލައިގެން ހުރެއެވެ. އެމަގު ނިމޭހިސާބު ދޮންވެލި ގަނޑުމަތީގައި ރަތްފިނިފެންމަލުގެ ފިޔައިން ހިތެއް ހަދާފައި ވީ އިރުގައި ވެލިގަނޑުގެ އެކި ދިމަދިމާއިން އެކި ތަންތާގައި ކުދި ލައިޓްތައް ބަހައްޓައިލައިފައި ހުއްޓެވެ. ނާއިރާ ފަހަތް ބަލާލިއިރުގައި ޝާއިން އައިސް މަޑުކޮށްލަނީއެވެ. ޝާއިން އައިސް ހިނިތުންވެލަމުން އެއްކަކޫ މަށްޗަށް ތިރިވެފައި ޖީބުން ނެގީ ކުޑަ ފޮށްޓެކެވެ. ނާއިރާ ޝާއިންއަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރުގައި ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ.
”ވިލް ޔޫ މެރީ މީ؟…..”
ޝާއިން އެކުޑަ ފޮށިން ނެގިއަނގޮޓި ނާއިރާއާއި ދިމާއަށް ދިއްކޮށްލަމުން ބުނެލިއެވެ. ނާއިރާ އަވަސް އަވަހަށް ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ޝާއިން ވީ އުފަލުން ހިނިތުންވެލަމުން އެއަނގޮޓި ނާއިރާގެ އަތުގައި އެޅުވިއެވެ. އަދި ތެދުވެ ނާއިރާގެ އުނަގަނޑުގައި ހިފާމަށްޗަށް އުފުލާލަމުން ކުޑަކޮށް އެބުރިލިއެވެ.
”އަމް ސޯ ސޯ ހެޕީ……އައި ލަވް ޔޫ…….”
ނާއިރާ ތިރީގައި ބެހެއްޓުމަށްފަހު ނާއިރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޝާއިން ބުނެލިއެވެ. ނާއިރާ ލަދުން އިސްޖަހައިލަމުން ޝާއިންގެ ގައި ދެއަތުން ވަށައިލަމުން ކުޑަކޮށް ބައްދާލިއެވެ. ޝާއިންވެސް ނާއިރާގެ އުނަގަނޑުގައި ދެއަތް ވަށައިލިއެވެ.
އޭގެ އަނެއްދުވަހުގައި ޝާއިން އެންމެ ފުރަތަމަވެސް ރިޔާޒްމެނަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރިޔާޒްއާއި ޝާޒިޔާ ޝާއިންގެ މިހަބަރުން ވަރަށް އުފާވިއެވެ. ރިޔާޒް ވަގުތުން އަނިލްއަށް ގުޅާ މިހަބަރު ދިނެވެ. ދެއާއިލާ އިންވެސް މި ކައިވެންޔަށް ގަބޫލު ވުން ވެގެން ދިޔައީ ޝާއިންއާއި ނާއިރާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ދެދުވަސް ތެރޭގައި ޝާޔަންގެ ހާަލުވެސް ދުވަހެއް ދުވަހަކަށް ރަގަނޅުވަމުން އާދެއެވެ. ނަމަވެސް އާރަވްގެ ހާލު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނާތީވެ އާރަވްގެ އާއިލާއިން ނިންމީ އާރަވް ގޮވައިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްދާށެވެ. އަނެއްކޮޅުން ޕޮލިހުން ކުރި ތަހުގީގުން އިނގުނު ގޮތުގައި ހަމަލާދޭން ބޭނުންކުރި ވަޅިން އާރަވްގެ އިނގިލީގެ ނިޝާން ފިޔަވައި އެހެން މީހެއްގެ ނިޝާނެއް ފެނިފައެއްނުވެއެވެ. އަދި ނައިލްއާއި ޝާޔަންގެ ބަޔާނުންވެސް ކުށްވެރިއަކީ އާރަވްކަމަށް ޕޮލިހުން ނިންމި ނަމަވެސް އާރަވްގެ ބަލިހާލަތު ހުރިގޮތުން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވި ހުއްޓާލީއެވެ. ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައެވެ. ދެއާއިލާއިންވެސް ނިންމީ ނައިލް އާއި ޝާޔަން އަދި ޝާއިން އަދި ނާއިރާގެ ކައިވެނި ވެސް އެއްދުވަހެއްގައި ކުރާށެވެ. ވަރަށް ފޯރީގައި ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދިޔައިރުގައި ދެއާއިލާއަށް ވެސް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެންމެފަހުން ކައިވެނީގެ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. އެދުވަހަށް ފެހިވިނަގެ ރީތިކޮށްލައިފައި އޮތްގޮތް ވަރަށްވެސް ފުރިހަމައެވެ. ކައިވެނި ޕާޓީ އޮތީ އެދުވަހު ހަވީރު އެގެއާވީ ދިމާ އަތިރިމަތީގައެވެ. ޝާޔަންއާއި ނާއިރާ ތައްޔާރުވީ އެއްތަނެއްގައި ތިބެއެވެ.
”މާޝާﷲ……ދަރިފުޅުމެން ހާދަ ރީއްޗޭ މިއަދު……”
އެ ކޮޓަރިއަށް ވަތް އަނިލްއާއި ރިޔާޒް އެކުއެކީގައި ކަހަލަގެ ގޮތަކަށް ބުންޔެވެ. އެމީހުންގެ ފަހަތުން ވަތް ޝާޒިޔާއާއި ނިޝާވެސް ނާއިރާއާއި ޝާޔަން ފެނިފައި ބުނެވުނީ ހަމަ އެހެންނެވެ.
”މިއަދު ދޮންބެ އާ ދޮންތަބޭ ސިސްމެން ފެނިފަ ޔަގީނުންވެސް ހޭނެތޭނެ……..”
އެތާގައި ހުރި ރަޝާވެސް ސަމާސާ ރާގެއްގައި ބުނެލިއެވެ. އެތާގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޝާޔަންއާއި ނާއިރާވެސް ތިބީ މަންމަމެން އުޅޭ ގޮތްފެނި ހިނިތުންވެލައިގެންނެވެ. ކައިވެނީގެ ވަގުތު އައިސް ޖެހުމުން ނާއިރާއާއި ޝާޔަން ތިރިއަށް ދިޔައި އެކުއެކީގައެވެ. އޭރު ނައިލްއާއި ޝާއިން ތިބީ ރެޑީވެގެން އެމީހުންގެ އިންތިޒާރުގައެވެ. ސިޑިން ފައިބައިގެންއައި ޝާޔަން އާއި ނާއިރާ ފެނި ނައިލް އަދި ޝާއިން ވެސް ހުރީ އެސްފިޔަ ޖަހައިލަންވެސް ނޭންގިފައެވެ. ވާނީވެސް އެހެންތާއެވެ. ޝާޔަންއާއި ނާއިރާ ކައިވެނި ހެދުމުގައި ތައްޔާރުވެފައި ވާލެއް ވަރަށްވެސް ފުރިހަމައެވެ. ދުވަހަކުވެސް މޭކަޕްއެއް ނުކުރާ ޝާޔަން ކޮށްފައިވާ މޭކަޕުން ހީވަނީ މުޅިން އެހެން ކުއްޖެއް ހެނެވެ. ނައިލްއަށް ހިތާ ހިތުން ”މާޝާﷲ” އޭ ބުނެވުނު އަދަދެއްވެސް ނޭންގުނެވެ. ޝާއިންއަށްވެސް ވީހަމަ ނައިލްއަށް ވީ ވަރެވެ. ނާއިރާގެ ރީތިކަން ފެނިފައި ”މާޝަﷲ” އޭ ބުނެނުލާ ޝާއިންއަށް ވެސް ނުހުރެވުނެވެ. ޝާޔަންއާއި ނާއިރާ އިސްޖަހައިލައިގެން އައިސް ނައިލް އަދި ޝާއިންގެ ކައިރީގައި މަޑުކޮށްލިއެވެ.
”ވާވް……މިއަދު މަގެ ވާން އުޅޭ ވައިފީ ހާދަ ރީއްޗޭ……ފެނިފަ ހުރެވުނީ ނޭވާލާންވެސް ނޭންގިފަ…….އެހާ ވެސް ރީތި……މިރޭ އަދި ނޭންގެ އަހަންނަށް ވާނެ ގޮތެއްވެސް…….”
ނައިލް މަޑުމަޑުން ޝާޔަންގެ ކަންފަތް ދޮށުގައި ބުނެލި ވާހަކައިން ޝާޔަން އަދި ބޮޑަށް އިސްޖަހައިލީ ގަތް ލަދުންނެވެ. ގިނަ އިރުތަކެއްނުވެ ދެކައިވެނިވެސް ކުރެވިގެން ދިޔައީ އެންމެންގެ މޫނުމަށްޗަށް ވެސް ހިނިތުންވުން ގެނުވާފައެވެ. ކައިވެނި ޕާޓީވެސް ވަރަށް ފޯރީގައި ކުރިއަށްގޮސް ނިމުނީ މަގްރިބް ނަމާދުގެ ވަގުތާއި ވަރަށް ކައިރިވީފަހުންނެވެ. ހަމަ އެރޭގައި ނާއިރާއާއި ޝާއިން ހަނީމޫނަށް ފުރިއިރުގައި ނައިލް އާއި ޝާޔަން ފުރުމަށް ހަމަ ޖެހިފައި އޮތީ އަނެއްދުވަހުގެ ހެދުނުގައެވެ. ނައިލް ކޮޓަރިއަށް ޝާޔަން އަދި ފެނުނީ އަލަށް ކަމުން އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންދިޔައެވެ. ނައިލް އައިސް ކޮޓަރިއަށް ވަނީ ޝާޔަންއެހެން ހުއްޓައެވެ. ނައިލް އައިސް ފަހަތުން ޝާޔަންގައި ބައްދާލަމުން ޝާޔަންގެ ކޮޑުގައި ދަތްދޮޅި އަޅުވައިލިއެވެ.
”އައި ލަވް ޔޫ ޝާޔަން……މާޒީގަ ވެދިޔަ ކަންތައްތައް ހަދާން ނައްތާލައިފައި އާ ފެށުމަކުން ފެށިފަ މިއޮތީ…..އިންޝާ ﷲ އާރަވްގެ އެއްވެސް އުނދަގުލެއް ދެން ނުވާނެ…..”
”ނައިލްދެން ތިވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްނެތް……އެކަން މާޒީއާ އެކުވެ ގޮއްސި……”
ޝާޔަން ނައިލްއާއި ދިމާއަށް އެބުރިލަމުން ބުނެލިއެވެ.
”އަހަރެންގެ ވައިފީ ބުނި ގޮތެއް…….ލެޓްސް ޕްލޭން އަވަރ ފިއުޗާރ……”
ޝާޔަން އަތްދަނޑި މަށްޗަށް އުފުލައިލަމުން ނައިލްގޮސް އެނދުގައި ބާއްވަމުން ބުނެލީ އިޝްގީރާގެއްގައެވެ. ޝާޔަން ލަދުން އިސްޖަހައިލި އިރުގައި މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.
(ނިމުނީ)
26 Comments!
Comments are closed.



Yay me first dhw?? Reethi vrh mi story
Jazakillah khairan ?
Vehicle ves Reethi mi part…. ❤️❤️
Jazakillah khairan ?
Nice story ??
I like this story a lot
Very interesting ???
Waiting for a new story from u ?????
Your talant is amazing keep up the great work ??????????
Jazakillah khairan ? thank you so much for your feedback.. ?
Varah reethi
Jazakillah khairan ?
Ahsalamu alaikum all… so here comes to an end to this story too.. thank you so much to all readers who read this story.. ?
V nice mi story… keep up the good work inaash ?
Jazakillah khairan ?
Alhey vahaka nihmaaly tha thi? Hadha awahakah… ? anw story hama varah reethi igay ❤
Lahba nimuny e… jazakillah khairan ?
Masha allah nice story…. ?
Jazakillah khairan ?
Va alaikumuh salaam.. Yayyyy.. Happy end.. R u planning on writing a new story in the near future?
Yes i am planing to write a new one.. but i dont know how long it will take ??
I see
Kan higaadhiyagoiy Aaraw ah egifa vaahaka ninmaali nama….Naail ge kuseh neiy kan , hama bunely
Arav ekan gaboolu nukury ehnu.. hehe.. dhan mifaharu wahaka nimuny mihen ?
Esoru moyavefa hurivarun aslu dhuvahakuves kan hingigoih gaboolu nukuraane.. Eyna lolun fenun kan kamaa eynage loabivaage basthah eyna ah maa trust kureveyne
mashaa allah v reethi vaahaka ☺?????❤
Jazakillah khairan ?
Ma Sha Allah???….Mi mulhi mi story vec v rythi..v kiyaa hithun kiyaa nihmaaly mi…InaaSh dear I was curiously waiting fr your next story…keep goingg???❤❤❤❤?????
***I am
Jazakillah khairan ?