Skip to content
އެސްފިޔަ

ލޯތްބެއްގެ ފެށުން 2

ޕީޗްކުލައިގެ މެކްސީއެއް ގައި ޝިފާ ހުރިއިރު ވަރަށް ހިތްގައިމެވެ. ބޮލުގެ އިސްތަށިގަނޑު ރީތިގޮތަކަށް ހަދާލުމަށްފަހު ، ލިޕްސްޓިކް ޖައްސާލިއެވެ.

” ކަމަނާ ވާންއުޅޭ ފިރިކަލުންނަށް ފެނިގެން ހުރިތަނަށް ފެއިންޓް ނުވިއްޔާ ރަނގަޅު. ފޮނިކަމުން މަށާދިމާލަށް ބަލާލާނެކަމެއްވެސް ނޭނގެ. ދިވެހިބަސް ނުވެސް އިނގޭނެ މިހާރަކު” ނަތާ ވާހަކަ ދައްކަމުން ޝިފާގެ ކުރިމައްޗަށް އެރިއެވެ. އަދި ދެންމެ ބޭބެއަށް ގުޅާލުމުން އެއާޕޯޓުން އެމީހުން ގޮވައިގެން އަންނަވާހަކަ ބުނެލިއެވެ. ޝިފާގެ އަތުގައި ހިފައިގެން ސިޓިންގ ރޫމަށް ނުކުތީ ޝިފާގެ ހާސްކަން ކަނޑުވާލުމުގެ ބޭނުމުގައެވެ.

ޝިފާ ހުރީ ވަރަށް ހާސްވެފައެވެ. ދިރިއުޅުމުގައި އާކަމެއް ތަޖުރިބާ ކުރަން ޖެހުމުން ކޮންމެ މީހަކުވެސް ހާސްވާނެއެވެ. އަތުގެ އިނގިލިތަކާ ކުޅެމުން ދިޔަގޮތުން ޝިފާ ހުރީ ވަރަށް ހާސްވެފައިކަން ނަތާއަށް އެނގުނެވެ. ޝިފާގެ ހާސްކަން ފިލުވުމަށް ވަރަށް ވާހަކަދެކެވުނެވެ. ދެމީހުން ސިހިގެން ދިޔައީ ބެލް ޖަހާލި އަޑަށެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު ދެމީހުން އެކުގައި ހިނގައިގަތީ ދޮރު ހުޅުވުމަށެވެ.

ދޮރުހުޅުވާލުމާއިއެކު ބައްޕަގެ ފަހަތުން އެންމެން އެތެރެއަށް ވަނެވެ. ޝިފާ ގައިގާ ކޮންމެ މީހަކު ބައްދާލަނީ ވަރަށް އުފަލުންނެވެ. ޒައިކްގެ މަންމަ ، އަދި ބައްޕަ ދުރަށް ޖެހިލުމުން ކުރިއަށް ބަލާލިއިރު ހުރީ ޒައިކް ކަމަށް ޝިފާ ނިންމީ އަމިއްލައަށެވެ. ކައިރިއަށް ޖެހެންފެށުމުން ނޭވާހާސްވެ، އަތްފައި ފިނިވާންފެށިއެވެ. ކައިރިއަށް އައިސް ބައްދާލުމުން ނޭވާ ހިނގުން ހުއްޓުނު ކަހަލައެވެ. ހޫނުނޭވާ ކަންފަތާ ހަމައަށް ފޯރާކަން އިޙްސާސްވީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. މީ ވާންއުޅޭ ފިރިމީހާ ޒައިކް ނޫންކަން ބުނެލަމުން އެޒުވާނާ ދުރަށް ޖެހުނެވެ. އަލުން ނޭވާ ލަމުން ހަމަޖެހެލެވުނެވެ.

“އައެމް ޔަމާން، ހިޒް ބްރަދަރް” ޒައިކް އަންނާނީ ކައިވެނި ކުރަން އޮންނަ ދުވަހަށް ކަމަށް ބުނެލިއެވެ. ޙާލިދު އާއި ރޫބީ ސޯފާގައި ޖައްސާލީ ޝިފާ މެދަށްލައިގެނެވެ. ޝިފާއަށް ލިބިފަހުރި ތަރުބިއްޔަތާމެދު ދެމީހުންވެސް އުފާކުރިއެވެ. މިކަހަލަ ކުއްޖަކު ޒައިކްގެ ދިރިއުޅުމަށް އައިސްގެން ނޫނީ އެދަރިފުޅުގެ އުޅުން ރަނގަޅު ނުވާނެކަން ދެމަފިރިންވެސް ގަބޫލުކުރިއެވެ.

ދެއާއިލާއިން ވާހަކަ ދެއްކުމަށްފަހު ނިންމީ ރާއްޖޭގައި ކުލަގަދަކޮށް ޕާޓީބޭއްވުމަށެވެ. ދެއާއިލާއިންވެސް އާއިލީ ގުޅުން ބަދަހިކުރުމުގެ ގޮތުންނެވެ. ރޫބީ އިރުއިރުކޮޅުން ޝިފާއަތުގަ ފިރުމާލަމުން ހިނިތުންވެލައެވެ. މިކަހަލަ ޅީދަރިއަކަށް މަރުޙަބާ ކިޔަން ބޭނުންވެފަ ހުންނަތާ ކޮންދުވަހެއްހެއްޔެވެ. އޭނަގެ ޒައިކް ހަމައަކަށް އެޅޭނީ މިކަހަލަ ރަނގަޅު އަންހެން ކުއްޖަކު ޒައިކްގެ ހިތާ ހަމައަށް ވާސިލްވެވިގެނެވެ.

“ދަރިފުޅާ މަންމަ ކިޔައްޗޭ، ތިކަހަލަ ލޯބި ކުއްޖަކު ނުފެނިގެން ހުންނަތާ ކިހާދުވަހެއް މިވީ. ޒައިކް ގެ ދިރިއުޅުމަށް ދަރިފުޅު ހެޔޮބަދަލު ތަކެއް ގެނެސްދޭނެކަމަށް މަންމަ ވަރަށް އުންމީދު ކުރަން. ވަރަށް ކެއްތެރިކަމާއެކު ޒައިކް ގެ ހިތާހަމައަށް ވާސިލް ވެވޭނީ. ބައެއްފަހަރު ވަރަށް ބޯހަރުވާނެ. ބުނާއެއްޗެއް ގަބޫލުވެސް ނުކުރާނެ ” ރޫބީގެ ވާހަކަތަކުން ޝިފާ ބޭނުންވި މައުލޫމާތެއް އަދިވެސް ނުލިބުނެވެ. ކައިވެންޏަށް ޒައިކް މިދަތުރުގައި ބައިވެރިނުވީ ކީއްވެބާ؟ އެހެންވިޔަސް މިދިރިއުޅުން ރަނގަޅު ކުރަން ކުރެވެން އޮތް މަސައްކަތެއް ޝިފާ ކުރުމަށް އަޒުމް ކަނޑައެޅިއެވެ. ބައްޕަ ލަދުގަންނަވަރު ކަމެއް ކުރުމަކަށް ހިތަކު ނެތެވެ. އަދި ޒައިކްގެ މަންމަ ގެ ލޯއްބާ އަޅާލުން ލިބުމުން ވަރަށް އުފާވިއެވެ. އަމިއްލަ މަންމަ މަތިންހަނދާންވަނީ މިކަހަލަ ހާއްސަ ވަގުތު ތަކުގައެވެ. ޒައިކްގެ ހިތް ކާމިޔާބު ކުރާނެކަމަށް ބުނަމުން ރޫބީ ގައިގާ ބައްދާލީ މަންމައެއްގެ ލޯބި ލިބުމުން އުފަލުން ރޮވޭ ހާލުގައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އެއްމަސް ދުވަސްހަމަވާން ކައިރިވަނީއެވެ. އެންމެން މާލެ ބަދަލުވީ ކައިވެނީގެ ކަންކަން ތައްޔާރުކުރުމަށެވެ. ކައިވެނި ކުރެވޭ ދުވަސްކައިރިވީވަރަކަށް ޝިފާދިޔައީ ހާސްވަމުންނެވެ. އަދިވެސް ޒައިކުއެއް ނާދެއެވެ. މިކައިވެނި ނުވެދާނެތީ އެންމެ ބިރުގަންނަނީ ބައްޕަ ކުރަމުންދިޔަ އުންމީދެއް ފެނަށް ވެދާނެތީއެވެ. ޒައިކް އަކީ ކޮންކަހަލަ މިޒާޖެއްގެ، ކިހިނެއް ހުންނަ މީހެއްކަމެއްވެސް ނޭނގެއެވެ. އެކަކު ކައިރީވެސް ފޮޓޮއެއް ދައްކާލުމަށް ބުނާކަށް ނުކެރެއެވެ.

“އުފާވެރި ދުވަސް ތަކަކަށް އެދެން ޝިފް. އެޓްލީސްޓް ފްރެންޑެއް ގޮތުގަ ދެކޭނެކަމަށް ހީކުރަން. ޝިފްގެ ތުންފަތުން އުފާވެރިކަން ފެންނަން އަބަދުވެސް ބޭނުންވަނީ. އެހީއެއް ބޭނުން ކޮންމެވަގުތަކު އެންމެ ކައިރީގަ ހުންނާނަން. ޕްރޮމިސް ” ރީޙާންގެ ބަސްތަކުން ދެރަވެސްވިއެވެ. އެހެނަސް ހިނިތުންވެލަމުން ސަލާންކޮށްލީމެވެ. ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް ބުނެލީ އެކުވެރިކަން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެމުންނެވެ. ކުރިމައްޗަށް ހުއްޓުނު ނަތާ ބަލާލީ އެއްލޯ މަރާލަމުންނެވެ. މާލޭގައި ގެ ހުރުމުން އެންމެން އުޅުނީ ޝިފާމެންގޭގައެވެ. ދިހަފްލޯއަށް ހަދާފައި ހުންނަ ގޭން މަތީ ދެފްލޯ އަބަދުވެސް ބައްޕަ ބަހައްޓަނީ ކުއްޔަށް ނުދީއެވެ.

ރީޙާން ގެ ޖޮބް މާލޭން ހަމަޖެހުމުން ލަންކާއިން ބަދަލްވީތާ އަދި މިވީ ހަފްތާއެކެވެ. ކޮންމެދުވަހަކުވެސް ނަތާ އާއިއެކު އަންނަނީ ކައިވެނީގެ އެކި ކަންކަން ތައްޔާރު ކޮށްދިނުމަށެވެ. ހިތުގައި ވާ އެއްޗެއް އިނގޭއިރުވެސް އެކަމަށް ކޮށްދެވޭނެ އިތުރު ކަމެއް ނެތެވެ. މީ ޝިފާގެ ތަގުދީރުގައި ލިޔެވިފައިވާ ގޮތްކަމަށް ނިންމިއެވެ. އަދި ކުރިއަށް ކަންތައް ވާނެގޮތަކާމެދު ފިކުރު ކުރެވެނީ ނުދަންނަ މީހަކާއެކު ހަޔާތުގެ ދުވަސްތައް ގުނަން ޖެހުމުންނެވެ.

“ނަތާ އޭނަ ނާންނަނީތަ. އެކަކުވެސް އެވާހަކައެއް ނުދައްކާ. ޔަމާންވެސް އެހާ ގާތްކޮށް އުޅޭއިރު ޒައިކްގެ ވާހަކައެއް ނުދައްކާ. އަނެއްކާ މިހިތައް އަރަނީ ނުހިނގެނިބާއޭ. ނޫނީ ވާހަކަ ނުދެއް.. ” ޝިފާގެ ވާހަކަ މިހިސާބަށް ދިޔަތަނާ ސިހުނީ ނަތާ ބޮނޑިއެއް އަޅާލީމައެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ބުނެ ލޯއަޅާލިއެވެ. އެހެނަސް ނަތާވެސް ވަނީ ސުވާލުއުފެދިފައެވެ. މިއަދު ހަވީރު ކައިވެނިކުރެވެން ހަމަޖެހިފައި އޮތްނަމަވެސް އަދިވެސް ޒައިކް އެއް ނާދެއެވެ. ދެމީހުންގެ ވާހަކަ ތަކުން ކައިވެނި ކޮށް ޕާޓީ ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގޭގައިކަން އެނގުނެވެ.

” ހިނގާބަލަ ދައްތަ ކައިރީ އަހާލަން . މަށަށް ކެރިދާނެ އަހަން ” ނަތާ ވަރަށް ފޯރިގަ ވާހަކަ ދެއްކިއެވެ. ނަތާގެ ވާހަކައަށް ތާޢީދުކޮށް ދެމީހުން ހިނގައިގަތީ ދިހަވަނަ ފްލޯއަށް ދިއުމަށެވެ. ލިފްޓުން ނުކުމެ ދޮރު ހުޅުވާލިއިރު ޒައިކްގެ މައިންބަފައިން ދައްކާ ވާހަކަ އަޑުއިވެއެވެ.

” ޒައިކް ފޯނު ނިއްވާލަފައޭ އޮތީ ރޫބީ. މިއަދު ހަވީރު ކައިވެނީގެ ހުރިހާކަމެއް ކުރަން އޮތީ ތައްޔާރުވެފަ. ހުރިހާ ރައްޓެހިންނަށާ،ދެފަރާތުގެ އާއިލާގެ ހުރިހާ އެއްމެނަށް ދައުވަތުވެސް ދީފިން. އަހަންނާ އިލްހާމްގެ ދުވަސްވީ ރަޙްމަތް ތެރިކަމާ ގާތްކަން ކެނޑޭކަން ބޭނުމެއް ނޫން ޒައިކްގެ ސަބަބުން. އަދި ޝިފާ އަށް މީގެން އެއްވެސް ކަމެއް އިނގޭކަން ބޭނުމެއް ނޫން. މީހަކަށް ލިބޭނެ އެންމެ ރަނގަޅު ދަރި ޝިފާއަކީ. އަހަރެން ބޭނުމެއް ނޫން ޝިފާ ދެރަވާކަށް. ޒައިކްގެ ދިރިއުޅުމަށް ޝިފާ އަތުވެއްޖެނަމަ ކިތަންމެ ތަނެއް ރަނގަޅުވާނެ. އެކުއްޖާފުޅުގެ އެހުންނަ މަޑުމައިތިރިކަމާ، ހިނިތުންވުމަކީ ކޮންމެ މީހަކުވެސް ލޯބިން ފިދާވާނެ ކަންކަން. ޔަމާންކަހަލަ ދަރިއެއް އަހަންނަށް ނުލިބުމަކީ އަހަރެން ބަދުނަސީބުކަން. ޒައިކް އަށް ކޮންކަމެއް ނުކޮށްދީގެން އަހަރެމެން ބުނާ އަޑުނާހަނީ ” ޙާލިދުގެ ވާހަކަ ތަކުން ޝިފާއާއި ، ނަތާ ޙައިރާންވެގެން ބަލާލިއެވެ. ނަތާގެ އަނގަމަތީ އަތް އަޅާލީ ވާހަކަ ނުދެއްކުމަށް ބުނެއެވެ.

” ޑޭޑް. އޭނައަށް މިތަނަށް ނާސް ހުންނާކަށް ނުކެރޭނެ. މިކައިވެންޏާ އޭނަ ގަބޫލުވީ ކިހިނެއްކަން ޑޭޑް ހަނދާން ނައްތާނުލާތި. އެހެންވީމަ ކޮންމެހެންވެސް އަންނާނެ، އެހެންނޫނަސް އޭނައަކަށް މިތަން އަލެއް ނުވާނެ. ލާސްޓް އިޔާގަވެސް ޢޭނަ ފްރެންޑުންނާ އެކީ ރިސޯޓަށް އައިސް މާލޭގަވެސް މަޑުކުރި. އެހެންނޫނަސް ޝިފާ ފެންނައިރަށް އޭނަގެ އެމިޒާޖު ބަދަލުވެދާނެ. ކިތަންމެ ރުޅިގަދަވިޔަސް އަންހެން ކުއްޖަކަށް އަނިޔާވެރިވާކަށް ނުކެރޭނެ އޭނައަކަށް. ޑޭޑް ތިކަމާ ހާސްނުވޭ. އޭނަގެ އެންމެ ގާތް ފްރެންޑުން ނުލައެއް އެއްތާކަށްވެސް ނާންނާނެ. އެމީހުންނަށް ގުޅައިގެން ޙަބަރެއް ބަލާލާނަން” ޔަމާން ގެ ވާހަކަ ތަކުން ދެމަފިރިންވެސް ހަމަ ޖެހިފަވާހެން ހީވެއެވެ. މަޑުމަޑުން ދޮރު ލައްޕާލަމުން ދެމީހުން ލިފްޓަށް އެރީ ޙައިރާންވެގެނެވެ. ދެންމެ ދެކެވުނު ވާހަކަ ތަކުން ޝިފާއަށް ވަނީ ބުނަން ނޭނގޭ އިޙްސާސް ތަކެއް ކުރުވާފައެވެ.

އެތައް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެންމެ އުފާވީ އެ އެންމެންވެސް ޝިފާދެކެ ލޯބިވާކަން އިޙްސާސް ކުރެވުމުންނެވެ. އެހުރިހާ ކަމަކާ ވިސްނާލުމަށްފަހު ޒައިކް އާ ކެރިގެން ކުރިމަތިލާން އަޒުމް ކަނޑައެޅިއެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު ދެމީހުން އެނދުގައި އިށީންނަމުން ދެމީހުންނަށް ބަލާލިއެވެ. ވާހަކަ ދައްކަން އުޅެނިކޮށް ކޮޓަރި ދޮރު ހުޅުވާލިތަނަށް ބަލާލެވުނެވެ. ބައްޕަ ވަންތަން ފެނުމުން ދެމީހުންނަށް އެއްފަހަރާ ތެދުވެވުނެވެ. ބައްޕަގެ މޫނުމަތިން ފެނުނު ކުލަ ތަރުޖަމާ ކުރާކަށް އެކަކަށްވެސް ނޭނގުނެވެ. ވާހަކައެއް ބުނަން ބޭނުންވެފަ ހުރިކަން އެންގުނެވެ.

” ދަރިފުޅާ. ޒައިކް…..” ޒައިކް އަށް ކިހިނެއްވީހޭ އަހާލެވުނީ ދެމީހުންނަށް އެއްފަހަރާ އެހާ ބާރުމިނުގައެވެ. ބައްޕަ ބުނަން އުޅޭއެއްޗެއް ނޭނގިގެން ޝިފާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަނެއްކާ ޒައިކް ކައިވެންޏަށް ނައިސް ފިލީބާއެވެ.

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. Scorpion

    Story varahh reethi????next part miahh vure dhigu kollacheyy??????

    1. Belle
      Scorpion

      Thanks Scorpion, konme dhuvahaku sunday to thursday up kuraathy vaki varakah liyeveytho mi balany, anyways thanks a lot

  2. Dhonthee

    Oh belle❤️❤️❤️❤️❤️ vvvv reethi mi part ingey?????maaka Gina mistakes thakeiy ves neiy ingey ????curiously waiting for the next part of the story ?????????And love you so much ❤️❤️❤️❤️❤️?????????????????????????????

    1. Belle
      Dhonthee

      Thanks Dhonthee, love you so much

  3. jiji

    Ma Sha Allah..bellet haadha molhey dhw..
    Btw mi part vec v v rythi ingey …waiting fr the next?????

    1. Anonymous
      jiji

      Eiy bellet eh noon igey belet kiyas thjyahvure rangalhuvaane????…

    2. jiji
      jiji

      Oh..that’s ah typing mistake..I meant it as belle ey anonymous

    3. Belle
      jiji

      Thanks jiji, hehe ( bellet ), ingunu typing mistake eh kan , love you so much

    4. Belle
      jiji

      hehe Anonymous

Comments are closed.