Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 16

Monsta Level 310 Stories100 Comments100 Login
June 19, 2019 6 Mins Read
14 Comments

ހެނދުނު ހޭލި އިރުވެސް ބޮލުގައި ރިއްސަމުން ދިޔައެވެ. އެހެންނަމަވެސް، އަހަރެން ރީތިވެލައިގެން ބޭރަށް ނިކުތީމެވެ. ރީތިވުމޭ މި މާނަކުރީ ފެންވެރި ކަމަށެވެ. ނަމަކަށް އަތުން ބޯވެސް ރީތިކޮށްލީމެވެ. ދެން އަހަރެން ދިޔައީ މަންމަ ގެއަށެވެ.

“ހާދަ ގޮތަކަށް؟ ބަލީތަ؟”

“ހްމްމްމް…… ސްކޫލަށް ގުޅާފަ މާދަމާ ބުނޭ މަ ބައްޔޭ. އުނހުނ، ކޮންމެހެން ބޮޑު ދޮގުތަކެއް ހަދާނެ ކަމެއް ނެތް.. ބުނޭ މި އަންނަ ހަފްތާ ސްކޫލަކަށް މަ ނުދާނެޔޭ….” އަހަރެން މަންމަގެ ޖަވާބަކަށް ބެލުމެއްނެތި ކޮޓަރިއަށް ވަދެ ދޮރުޖަހާ ތަޅުލީމެވެ.

މަންމަ ޓަކި ޖަހަޖަހާ ހުއްޓެވެ. ދަބަހަށް އަންނައުނު ކޮޅެއް ލައިގެން އަހަރެން ނިކުތީމެވެ. ދާށެވެ.

މި މާލެ އަހަރެންދެކެ ފޫހިވަނީއެވެ. ހާސްވާން ވަކި ލިމިޓެއް އޮންނަނީއެއް ނޫނެވެ. އެއް ޤައުމުން އަނެއް ޤައުމަށް އުދުހި އުޅުން އިރު، މި ގޮތަށް ބޯހާހެއް ނުވެއެވެ. ހަމަ މި މާލެ އަހަރެންނަށް ރަހުމް ކުޑައީއެވެ.

“ކޮންތާކަށް ތި ދަނީ؟؟ ކިހިނެއް ވެގެންތަ ތި އުޅެނީ.. މޮކް ޓެސްޓަށް ދެ ހަފްތާޔަށް ވީއޭ.. ކީއްވެ ސްކޫލަށް ނުދަނީ.”

“މި ބުނީނު ނުދާނަމޭ.. މިއަންނަ ހަފްތާ އަންނާނަން.. ފަހަރެއްގަ” އަހަރެންނަށް ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. މަންމަ އެހާ ހައިރާންވީ އެހެންވެއެވެ. ކުރިން، ދުވަހަކުވެސް މަންމައާ އެ ގޮތަށް އަހަރެން ވާހަކަދައްކާފައި ނޯންނާނެތީއެވެ. އެހެންކަމުން އަހަރެން އިތުރަށް ބުނީ ތަންކޮޅެއް މަޑުންނެވެ.

“މިދަނީ ރިސޯޓަށް”

……….

ނިދުމާއި ކެއުމުގައި ހަފްތާއެއް ވޭތުވީ ނުހަނު އަވަހަށެވެ. ނަމަވެސް، އަހަރެންނަށް ޚިޔާލުތަކާއި ދުރުނުވެވުނެވެ. އީންގެ ޚިޔާލުތަކެވެ. އެލީނާ ކުރިކަމެއް ކުރީ ކީއްވެކަން ނޭންގެނީސް އަހަރެންނަށް ހަމަ ޖެހި ނުލެވޭނެއެވެ.

ލޯންޗުން ފޭބުމަށްފަހު އަހަރެން ވަށައިގެން ބަލައިލީމެވެ. މާލެއެވެ. އަހަރެންގެ ހުރިހާ އުދާހަކާއި ގުޅިފައިވި ބިމެވެ. ގެއަށްވުރެ ދުރު ނަމަވެސް، އަހަރެން ހިނގައިގަތީ، ހޮޓެލްއަށް ދާށެވެ. އަހަރެން އިޚުތިޔާރު ކުރީވެސް ދުރު މަގެކެވެ. އެލީނާމެންގެ ގޭކައިރިން ދާން ބޭނުންނުވާތީއެވެ. މިއޮށް ތުރާލެއް ފަދަ އެލީނާއެކެވެ.

އަހަރެން ބޯ ދިއްކޮށްލީ ޖިހާން އުޅޭ ހޮޓެލްއިން މާ އަޑު ގަދަ ވާތީވެ. ދަންވަރުގެ އެ ގަޑީގައި އެތަން ހުޅުވާފައި ހުރުމުން ހައިރާންވެ ހުރެއެވެ.

“ތަންކޮޅެއް ބަލައިގެން އުޅެބަލަ… މިނޫންތާކު ހުންނާކަށް ކައެއަކަށްވެސް ނޭންގުނު ތަ؟” އެއީ ޖިހާން ނޫން އެހެން މީހެއް ނޫނެވެ. ދެން އެތާ ހުރީ އަޔާޒްއެވެ. ޖިހާން ރުޅިއައީ، ބާރަށް ހިނގާފައި އައި ވަގުތު އަޔާޒް އެތާ ހުރުމުން އޭނަގެ ގައިގައި ޖެހުމުންނެވެ. އަޑު ގަދަވީ، ޖިހާން ބަންލާފާ ދޮރުޖެހި އަޑުކަމަށް ބެލީމެވެ.

އައި ރުޅީގައި ކަންނޭންގެއެވެ. ޖިހާން ވަރަށް ބާރަށް އަޔާޒް ކޮއްޕާލިއެވެ.

“މާޒިން؟؟” ފަހަތުން އިވުނީ ޒަރީރް ސަރ ގެ އަޑެވެ. އަހަރެން ފަހަތް ބަލައިލީމެވެ. ޒަރީރް ސަރ ކައިރީ އަފްޒަލްވެސް ހުއްޓެވެ.

“އަޑު ގަދަ ވާތީ ބަލައިލީ..” އަހަރެން ރީތިކޮށް ބުނީމެވެ.

“ކަލެއެއް ނޫންތަ ބަލައިގެން އުޅެންވީ؟ މަ މިތާ ހުރިއްޔާ ކަލެއަށް ކީއްތަ؟” އަޔާޒް ބުނެލި އަޑު އިވުނެވެ.

ކަންތައް ހިނގަމުން ދިޔަ ގޮތް ފެނިފައި ބާރަށް އަފްޒަލް އާއި ޒަރީރް ސަރ އެމީހުން ކައިރިއަށް ދޔައެވެ. އެތެރެއިން ރުކާން އައީވެސް އެ ވަގުތެވެ. އަހަރެންވެސް މަޑުމަޑުން އެތެރެއަށް ދާން ހިނގައިގަތީމެވެ.

“ކަލޭމެން ތަންކޮޅެއް ރަނގަޅަށް ބިހޭވިއަރ ދަސްކޮށްބަލަ.” އަފްޒަލް އަޔާޒްއާއި ދިމާއަށް ބުނެލިއެވެ. އަޔާޒްގެ ގްރޫޕް އެހެން މީހުންނަށްވެސް ނިސްބަތްކޮށެވެ. އެތާ ނެތަސް، އަފްޒަލް މާ ރަނގަޅަށްވެސް އެމީހުން ދަންނަނީއެވެ.

“މީހުންގެ ގައިގަ އަތްލަންޏާ ޕޮލިހަށް ގެންގޮސްފާނަން.. އަދި އަތްލީވެސް ޔނީފޯރމްގައި ހުރި ޕޮލިސްއެއްގެ ގައިގަ..” ޒަރީރް ސަރ ވެސް ރުޅިވެރި ކަމާއި އެކު އަޔާޒް އާއި ދިމާއަށް ބުނެލިއެވެ. އެއީ މީގެ ކުރިން، ޒަރީރް ސަރ ގެ ފަރާތުން އަހަރެންނަށް ފެނިފައި ނުވާ ފަޅިއެކެވެ.

“ތީ އެއްވެސް އިންސާފެއް ނޫން.. ފުރަތަމަ އަޔާޒް ކޮއްޕާލީވެސް ޖިހާން..” އަހަރެން އެހެން ބުނެލުމުން އެންމެން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ.

“މާޒިން…” ރުކާން އަހަރެންނަށް ގޮވާލީ ވަރަށް ނުރުހިފައެވެ. ޖިހާން ހުއްޓާ އަޔާޒް ހިމާޔަތް ކުރުމުން ކަންނޭންގެއެވެ.

“މާޒިން ބެހޭނީ މާޒިން އާ ބެހެވޭ ކަންކަމާ..” ޖިހާން އަހަރެންނާއި ދިމާއަށް ރުޅިވެރި ކަމާއިއެކު ބުންޏެވެ.

“މަ މަގޭ އެކުވެރިއަކަށް ގޮތެއްވާތަން ބަލާކަށް ނުހުންނާނަން.. އެން ޖިހާންވެސް ބެހޭނީ ބެހެވޭ ވަރުގެ މީހުންނާ.. ލެޓްސް ގޯ ޔަޒް” އަހަރެން ޖިހާން އާއި ދިމާއަށް ބުނަމުން، އަޔާޒް ގޮވައިގެން ނުކުންނަން ދިޔައީމެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުންޏެވެ. ބުނާނެ އެއްޗެއް ނެތީ ކަންނޭންގެއެވެ.

“ވަރަށް ބޮޑަށް ތޭންކްސް…” އަޔާޒް ބުނެލިއެވެ. “އަސްލު އެމީހުން އެކަހަލަ ކަންކަމާވެސް ބައެއް ފަހަރު ދޫނުކޮށް އަދަބުދޭނެ.”

އަހަރެމެން ދިޔައީ ބީޗް ސަރަހައްދަށެވެ. އިރާކޮޅުގެ އެ ގަޑީގައި އެތަން ފުދޭވަރަކަށް ހަމަ ހިމޭނެވެ.

“ޝުއަރ” އަހަރެންވެސް އަޔާޒްއަށް ހިނިތުންވެލީމެވެ.

“އިނގޭ ޖިހާންއަކީ މާޒިންގެ ވަރަށް ގާތް އެކުވެރިއެއްކަން.. އެކަމަކު މަ ދިފާޢުކުރީމަ ވަރަށްއުފާވެއްޖެ.. އައިލް ޕޭ ޔޫ  ފޯރ އިޓް.”

“ހެހެ ނޫން ދެޓްސް އޯކޭ… ޖިހާންއަކީ މިހާރު މަގޭ އެކުވެރިއެއް ނޫނޭ……”

ޖުމުލަ ނުނިންމެނީސް އަހަރެންނަށް އިހުސާސް ވީ ކަރަށް އެރި ތޫނު ތަދެކެވެ. އަހަރެންނަށް އަޔާޒް އާއި ދިމާއަށް ބަލާލެވުނެވެ. އޭނަގެ އަތުގައި އޮތް އިންޖެކްޝަން އަހަރެންނަށް ފެނުނެވެ. ތެންކިއޫ އޭ ބުނެފައި އަޔާޒް އެ ކުރީ ކީތްހެއްޔެވެ. އިތުރަށް ވިސްނާކަށްވެސް އަހަރެންނަކަށް ވަގުތެއް ނުލިބުނެވެ. މުޅި ތަން އަނދިރިވިއެވެ.

……………..

އަހަރެންނަށް ލޯ ހުޅުވާލެވުނު އިރު އޮވެވުނީ އެނދެއްގައެވެ. ކައިރީގައި ހުރީ އަޔާޒް އާއި ލޫޅާފަތި ދޮން އަންހެން ކުއްޖެކެވެ. އޭގެ އިތުރުން ދެން އެތާ ހުރީ ދެބައި އުމުރުގެ  ފިރިހެނެކެވެ.

“ފައިނަލީ..” އަހަރެން ލޯ ހުޅުވާލުމާއި އެކު އެ އަންހެން ކުއްޖާ ބުނެލިއެވެ. އަހަރެން މަޑުމަޑުން ތެދުވެ ވަށައިގެން ބަލައިލީމެވެ. އަދި ސުވާލުގެ ނަޒަރަކުން އަޔާޒްއަށް ބަލައިލީމެވެ. ފެންވަރު ރަނގަޅު، ރީތި ކޮޓަރިއެކެވެ. އަނެއްކާ ޔޫހާ ގޮތަށް މި މީހުން މި އުޅެނީ އަހަރެންވެސް ވިއްކާލަން ހެއްޔެވެ.

“މުޙައްމަދު މާޒިން ޒިހާން..” އެ ދެބައި ޢުމުރުގެ މީހާ ވާހަކަ ދެއްކި އަޑަށް އަހަރެން އެމީހާއަށް ބަލައިލީމެވެ. އޭނަ ހުރީ ސޫޓްލައިފައެވެ. ފެންނަ ފެނުމަށް މަހުޖަނެކެވެ.

“ވެލްކަމް ޓު އެމްއެސްއޭ” އެ މީހާ ރީތި ހިނިތުންވުމެއް ދިނެވެ. އެމްއެސްއޭ އަކި ކޯޗެއް ހެއްޔެވެ. އަލްޖެބްރާ ސުވާލެއް ހެއްޔެވެ.

“ކޯޗެއް އެއީ… މަލްޓިޕްލިކޭޝަން، ސަބްޓްރެކްޝަން، އެޑިޝަން؟ ބޮޑްމަސް ކުޑަކޮށް ބަދަލު ވީތަ؟ އަނެއްކާ އަނެއްކަންތަކެއްނު…” އަހަރެން ބުނީމެވެ.

“އާހްހހް. މާޒިން ތިހިރީ ކިޔަވާ ކިޔަވާ ކިޔަވާ މޮޔަވެފަ..” އަޔާޒް ބުންޏެވެ.

‘އޮޅިގެންވެސް ތި ބުނެވުނީ ރަނގަޅަށް” އަހަރެން އެނބުރި އަޔާޒްއަށް ބަލައިލަމުން ބުނެލީމެވެ.

“ދިސް އިޒް މަލްޑިވިއަން ސީކްރެޓް އެޖެންސީ..” ދެންވެސް ވާހަކަ ދެއްކީ ދެބައި ޢުމުރުގެ މީހާއެވެ. މީ އަނެއްކާ ދުނިޔޭގައި ހެއްދެވި ތަނެއްހެއްޔެވެ. ހަމަ ގައިމުވެސް މި ތަނެއްގެ މައުލޫމާތު އަދި އަހަރެންނަކަށް ލިބިފައެއް ނުވެއެވެ.

“އަހަރެންނަކީ އައިމަން.. އެމްވީޒީރޯޓޫ ޖީތްރީ ޒީރޯވަން… ގްރޫޕް ތްރީގެ ލީޑަރ…. އެމްވީޒީރޯޓޫ ޖީތްރީ ޓްވެންޓީނައިން، ބުނާގޮތުން މާޒިން މީގެ ކުރިން ވަނީ އަމިއްލަ ސީކްރެޓް އެޖެންސީއެއްގަ މަސައްކަތް ކޮށްފަ.. އަދި ސާދަ ޖޫން ދެހާސްނަވާރައިގަ، އަށެއް ޖޫންގަފަޔަށް ލިބުނު ޒަޚަމާއި ގުޅިގެން، ވަނީ އެތަނުން ވަކިކޮށްފަ..”

އައިމަން މައުލޫމާތުތައް ކިޔާލި އިރު އަހަރެންނަށް ހުރެވުނު ތަންވެސް ނޭންގުނެވެ. މިމީހުންނަށް މިހުރިހާ އެއްޗެއް އިނގުނީ ކިހިނެއްހެއްޔެވެ. އަހަރެން އެތަނުން ވަކި ކުރި ތާރީޚް ހުދު އަހަރެންވެސް ހަނދާނެއް ނެތެވެ. ދެން މި ކިޔާ ޖީތްރީ ކޮންމެސް އެއްޗެހި ތަކަކީ ރޮބެޓެއް ހެއްޔެވެ. މިއުޅެވެނީ ފިސިކްސް ނޫނީ ހިސާބު ފޮތް އެތެރޭގަ ނޫންކަމާއި މެދުވެސް އަހަރެންނަށް ޝައްކެވެ.

“ކިހިނެއް ތިޔެއް އެނގުނީ”

“ސޮރީ، އެކަމަކު އެމްވީޒީރޯޓޫ ޖީތްރީ ޓްވެންޓީނައިން މާޒިންއާ ބެހޭ ގޮތުން ކުޑަކޮށް ސްޕައި ކޮށްލި..” ދެންވެސް ވާހަކަ ދެއްކީ އައިމަންއެވެ. އަޅެ ދެން ކިހާ ދެރަކަމެއް ހެއްޔެވެ. ފާޑެއްގެ ޖީތްރީއެމްޓޫޒީރޯއަކޯއެވެ.

“ކޮން އެމްވީޖީތްރީއެއްތަ؟” ނުހުރެވިގެން އަހަރެން އެހީމެވެ. ކުޅަދާނަ ވާވަރަށް ބޮލަށް ތުރާވީއެވެ.

“އެމްވީޒީރޯޓޫ ޖީތްރީ ޓްވެންޓީނައިން، ދެޓްސް މީ” އަޔާޒް ބުނެލިއެވެ.

“މަ ހީކުރީ ތީ އަޔާޒް ކަމަށް….”

“އެމްއެސްއޭގެ ކޮންމެ މީހެއް އަތުގަވެސް އޮންނާނެ ކޯޑް ނަމެއް. އަހަރެމެން މިތަނުގަ ބޭނުން ކުރާނީ އެ ނަން.. ބައްޕަ ދޭ ނަން، އެއީ އަހަރެމެން ބޭނުން ކުރާނެ ނަމެއް ނޫން.” އަންހެން ކުއްޖާ ބުނެލިއެވެ. އަނެއްކާ މީނައަށް ކިޔަނީ އޭ ސްކްއެއަރޑް ޕްލަސް ބީ ސްކެއަރޑް އީކުއަލް އެޗް ސްކެއަރްޑް ނޫންބާއެވެ.

އަހަރެންނަށް ކޮންމެވެސް ވަރަކަށް ސާފުވިއެވެ. ނަމަވެސް އަދިވެސް މި އުޅެވެނީ ހުވަފެނެއްގައި ނޫންކަން އަދިވެސް އަހަރެންނަށް ޝައްކެވެ.

“މާޒިން މިތަނަށް ޖޮއިން ކުރަން ބޭނުންތަ؟ މީ އެންމެންނަށް ލިބޭނެ ފުރުސަތެއް ނޫން. މާޒިންގެ ގައިގަ ހުނަރު ހުރީމަ މި ގެނައީވެސް” އަޔާޒް ބުންޏެވެ. މިތަނަކަށް ޖޮއިން ކުރެވޭނީ މިތަނާއި ބެހޭ މައުލޫމާތެއް އެނގިގެނެއް ނޫންހެއްޔެވެ.

“މީ ކޮންތަނެއް ކިހިނެއް ވާންވީ ތަނެއް ކަމެސް މަށަކަށް ނޭންގެ..”

“މީ ދިވެހި ރާއްޖޭގެ ސްޕައި އެޖެންސީ އޭ….” އަންހެން ކުއްޖާ ބުނެލިއެވެ. އަހަރެންގެ ބޮލަށް އެ ކިޔާ އެއްޗެއް ނުވަދެގެން ބޮލަށް އުނދަގޫވީ ކަންނޭންގެއެވެ. އެކަމަކު އެ ވަރަށް ބުނެގެން އިނގޭނީ ކޯންޗެއް ކަމަށްހެވެ.

“ކިހާ ވަރެއްގެ ކިހާ ބަޔަކު އުޅޭ ކީތްކުރާ ތަނެއްހޭ؟؟” އަހަރެން އަނެއްކާވެސް އެހީމެވެ. އަންހެން ތުއި އަޑެއް ނޫނަސް އަހަރެންވެސް އަޑު އެބަހުއްޓެވެ.

“އަހަރެމެންގެ މައިގަނޑު މަސައްކަތަކީ ހަމަ ސްޕައި ކުރުން. ވަކިން ޚާއްސަކޮށް ބާރުހުރި މީހުންގެ ކަންކަމާއި ކޮރަޕްޝަން. ދެން ހުރި މައުލޫމާތު މިތަނަށް ޖޮއިން ނުކުރާހާ ހިނދަކު ނެތް ދެވޭކަށް…” އައިމަން ކޮންމެވެސް ވަރަކަށް ސާފުކޮށްދިނެވެ.

“ދެން މަ ކީތްކުރަންވީ.. މިތަނަށް ވަންނަން؟؟”

“ފުރަތަމަ ކަމަކަށް މާޒިން މަސައްކަތް ކުރި އެޖެންސީގެ ހުރިހާ ވާހަކައެއް ކިޔައިދެންވީ.. ދެވަނަ ކަމަކަށް ޖެހޭނީ ޓްރެއިނިން ނިންމަން..”

“މިތަނުގެ އިންފޯ މަށަށް ނުލިބެންޏާ އެތަނުގެ އިންފޯވެސް ނުދެވޭނެ ދޯ” އަހަރެން ބުނީމެވެ. މިމީހުން ބުންޏަކަސް މީ އަދި އެއްވެސް ކަހަލަ ގޮތެއް ނޫނެވެ.

އައިމަން މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. އަދި ފާޑެއްގެ ކާޑެއް ދައކާލިއެވެ. އެއީ އަޑީ ކާޑަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު، ކަޅުކުލައާއި ރަތް ކުލައިގެ ކާޑެކެވެ. މާ ބޮޑު އެއްޗެއް ނޭންގުނު ނަމަވެސް އެއީ އިންޓަނޭޝަނަލް އެއްޗެއްކަން އެނގޭވަރުވިއެވެ. އެ ވާހަކަތައް ކިޔައިދޭން އަހަރެން ނިންމީ އެހެންވެއެވެ.

އަހަރެން އެތަނަށް ވަނީ، މީގެ ދެއަހަރު ކުރިން ބައްޕަ މަރުވިތާ މަހެއް ފަހުންނެވެ. އެތަނާއި ބެހޭ މައުލޫމާތު ދިނީ ޒަރީރްއެވެ. އަހަރެން ހުރީ އެތަނަށް ވަންނާކަށެއް ނޫނެވެ. ނަމަވެސް ޒަރީރް ގެ އާދޭސްތަކުން ވަންނަން ޖެހުނީއެވެ.

އެ ގްރޫޕްއަކީ ބައްޕަމެން ކުޑައިރު އުފެއްދި ގްރޫޕެކެވެ. ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ނިޔަތުގައެވެ. ކަންކަން އެނގުމުން، އެމީހުންގެ ގިނަ މީހުން ޕޮލިހުން ވަކިވީއެވެ. އަފްޒަލް އާއި ބައްޕައަކީ އޭގެން ބަޔެކެވެ. އެކި މީހުނަށް އެކި ގޮތްގޮތްވެ، އަހަރެން އެތަނާއި ގުޅުނު އިރު އުޅެނީ ޒަރީރް ސަރ އާއި އަފްޒަލްގެ އިތުރުން ޖިހާންއެވެ. ރުކާންވެސް އައީ މާ ފަހުންނެވެ.

އަހަރެންނަށް އެނގޭ ހުރިހާ މައުލޫމާތެއް ކިޔައިދިނުމުން، އަހަރެންގެ ޓްރެއިނިން ފެށޭނެ ދުވަހަކާއި ވަގުތެއް އަންގާލާނަމޭ ބުނެފައި އައިމަން ދިޔައެވެ. ކިހާ ގޮތެއް ފޮތެއް ނެތް މީހެއް ހެއްޔެވެ. ކިޑްނެޕްކޮށް ބަހައްޓާފައި ހަމަ އެ ދިޔައީ ނޫންހެއްޔެވެ.

“އޭ ބްރޯ، މަ ދެކެ ރުޅި އައިސްފަތަ؟” އަޔާޒް އައިސް އަހަރެން ކައިރީ ޖައްސާލިއެވެ. އިތުރު ޖޯކެއް ޖަހަން ހިތުގައި ނެތީތީ އަހަރެން ބޯ ހޫރާލީމެވެ.

“މީ ރިފާޝާ، މައި ޕަރޓްނާ..” އަޔާޒް ރިފާޝާ ތަޢާރަފް ކޮށްދިނެވެ. އެތާ އަހަރެމެން އިރުކޮޅަކު ތިބުމަށްފަހު، ނިކުތީމެވެ. އަހަރެމެންނަށް ތިބެވުނީ ސަފާރީއެއްގެ ތެރޭގައެވެ. ފަރުނީޗަރާއި އެއްޗެހި އެހާ ކޮލިޓީއީ އެހެންވެއެވެ. މާގިނައިރެއް ނުވެ، ކުޑަވަރެއްގެ ލޯންޗެއް އައިސް މަޑުކޮށްލިއެވެ.

އަޔާޒް އާއި ރިފާޝާއާއި އެކު އަހަރެން އެ ލޯންޗަށް އަރާ އިށީންދެ ހަމަޖެހިލީމެވެ. ދުއްވަން އިނީ ޒުވާންފުރައިގެ ފިރިހެންކުއްޖެކެވެ.

……………

އެކި ތަންތަނުގައި އެނބުރި އެނބުރިފައި އަހަރެން ގެއަށްދިޔައީ މެންދުރު ނަމާދު ކޮށްލައިގެންނެވެ. ސިއްރު ސިއްރުން، މީހަކަށް ނުފެންނާނެހެން، އެއްވެސް އަޑެއް ނުލައްވާ އަހަރެން ގޭތެރެއަށް ވަނީމެވެ. ނަސީބު ރަނގަޅުކަމުން، މަންމަ ގެއަކު ނޫޅެއެވެ. މިޝްކާ ވާނީ ސްކޫލްގައެވެ.

ފެންވަރާލައިގެން ނިކުމެ އަހަރެން ބަދިގެއަށް ދިޔައީ ކާނެ އެއްޗެއް ހޯދާށެވެ. އައިސްއަލަމާރިން ދެދަޅު ކޮފީއާއި ލުއި ކާނާކޮޅެއް ހިފައިގެން އަހަރެން ކޮޓަރިއާއި ދިމާއަށް ދިޔައީމެވެ.

“ދޮންބޭ؟” މިޝްކާގެ އަޑަށް އެނބުރި ބަލައިލީމެވެ. މިޝްކާ ސްކޫލުން އައީ ކޮން އިރަކު ހެއްޔެވެ.

“ކިރިޔާއެއްނު ހަރޓްއެޓޭކެއް ނުޖެހުނީ.. މިޝްވެސް ކުރާ ކަންކަން…” ސިހުނު ވަރުން ވެއްޓުނު ޗިޕްސް ދަޅު ނަގަމުން އަހަރެން ބުނީމެވެ.

“ހަރޓްއެޓޭކް ވެސް ޖެހޭނެއްނު…. އެއް ދުވަހު ރިސޯޓުގަ، އަނެއް ދަވަހު ދުބާއީގަ.. ގޭގަ މަޑުވަނީއެއް ނޫން… ކަނީ ވަކި ވަކި ވަރެއް ބަލާފައެއް ނޫން…. އަދި އެވެސް ފައިދާގެ ކަންފުޅެއްވެސް ނެތް އެއްޗެހި… ޖިމަކަށް ވެސް ދަނީކީ ނޫން.. ދެން އެންމެ ފަހުން ޖެހޭނީ ކޮރޮނޮރީ ހާރޓް ޑިސީސް..”

“ކޮން ކޮރޮރޮރީއެއްތަ…. މިޝްއާ މިޝްގެ ބޭސްތަކާ…. ސާބަހޭ” އަހަރެން އަޅާނުލާ ކޮޓަރިއަށް ދާން ހިނގައިގަތީމެވެ.

“އެއީ ބޭހެއްވެސް ނޫނޭ…. މިޝްގެ ގަމާރު ދޮންބެގަނޑު” ބެލް ޖެހި އަޑަށް ދޮރު ހުޅުވަން ދަމުން މިޝްކާ ބުނެލިއެވެ. އަހަރެން ކޮޓަރި ދޮރު ހުޅުވާލާފައިވެސް ނެގި ފިޔަވަޅު ހުއްޓާލީމެވެ. އެތެރެއަށް ވަން އަންހެން ކުއްޖާފެނިފައެވެ. އެއީ އެލީނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އާނއެކެވެ. އެއްކަަލަ ކާލިން މަންޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ލޯތްބެއްގެ ފެށުން 3

Next

އަސްލާން 7

Next
June 19, 2019

އަސްލާން 7

Previews
June 19, 2019

ލޯތްބެއްގެ ފެށުން 3

14 Comments!

  1. jiji says:
    June 19, 2019 at 12:16 pm

    Eyy monstaru..mae first dhw mifaharu??..eyh kiyaafa comment eh kohlaanan ingey ❤❤❤

    1. Monsta says:
      June 19, 2019 at 2:39 pm

      Aww thanks

  2. Luc!f3r says:
    June 19, 2019 at 12:39 pm

    Interesting

    1. Monsta says:
      June 19, 2019 at 2:40 pm

      Thankss

  3. Drax says:
    June 19, 2019 at 2:02 pm

    Oh sis finally
    Mi part ves awesome ??
    And maax has studied a lot his favorite subjects are maths and physics right ??????????
    And mishka that character I like her ????

    1. Monsta says:
      June 19, 2019 at 2:44 pm

      Hehe. More like your favorite subjects draxx. Lol maax akii kiyavaa myhehh noon ingeyy. Dhn mishkaa hn medicine kiyavan ulhega our beloved engineer draxx. Lol. Dhen kukuriyyaa

  4. jiji says:
    June 19, 2019 at 2:04 pm

    Interesting…mi part vec v v v rythi ingey..v v kiyaa hithun indha nimuny …monsta whn next..avahah upkuraathI ingey…waiting??lysm???❤❤

    1. Monsta says:
      June 19, 2019 at 2:42 pm

      Thankss jiji. Mireyy submit kohlaanan Insha Allah

  5. Neko says:
    June 19, 2019 at 2:35 pm

    Finally… Kuri inthixaar ge nimun athu vejje ??

    1. Monsta says:
      June 19, 2019 at 2:41 pm

      Hehe. Shukrannnn. Thihaa bodahh inthizaar kuryma

  6. jiji says:
    June 19, 2019 at 4:03 pm

    Alhe monsta ge drax haadha lwbi Lha goiy gandeh hureyey dhw..hihi..lol???????

    1. Monsta says:
      June 19, 2019 at 10:19 pm

      yesss totally… but Drax monsta ahh vure bodu vaane…. hama Drax childish iyy lol

    2. jiji says:
      June 20, 2019 at 9:47 am

      Dhogu..huvaathey brw????….Yaa drax maa babish koh tlk kuraathy neyguny ey..nd yeah..hangouts use kohba..Nd if using gimme yur id If yuh want tlk me..ok ehnu ????

    3. Monsta says:
      June 20, 2019 at 5:21 pm

      Hehe yess. We have dholhu aharu difference dhw drax. Monsta, gmail id use eh nukurann ??

Comments are closed.

Next Episodeނާއިންސާފް 17←


All Right Reserved!