ނާއިންސާފް 15
ގަޑިއަށް ބަލަހައްޓައިގެން ވަގުތު ނުގުނިއެއްކަމަކު އަހަރެން ހުރީ އަށްގަޑި ބައިނުވެގެން ލަސްވެފައެވެ. މިހާރު އީން ނުފެނި އަހަރެންނަށް ނޭވާވެސް ނުލެވެނީއެވެ. ކުރާނީ ކީތްހެވެ. އެމަންޖެ މަށަށް ހަދާފަ ހުރީ ވަރުގަދަ ސިހުރެކެވެ.
އަހަރެން އެދުނުގޮތަށް އަށެއްޖެހިއިރު، އަޔާޒް އަހަރެން ބަލައި އައެވެ. އޭނައަށް ގުޅަންޖެހުނީ، މިނިވަން ދުވަސްކަމުން، ލައިސެންސް ނެތި ސައިކަލު ދުއްވާލައިފިއްޔާ، ގަޑިއަށް ނުދެވިދާނެކަމުގެ ބިރަށެވެ. ހިތް ތެޅޭލެއް ބާރު ކަމުން އެކްސިޑެންޓުވެސް ވެދާނެ ނޫންހެވެ.
ދުވަސްތަކަކަށްފަހު، ސްކަލްސިކްސް އަށް ވަދެވުމުން ބަޔާންކުރަންދަތި އިހުސާސްތަކެއް ވިއެވެ. ކުޑައިރުގެ ހަނދާންތައް ސިކުނޑިތެރޭ އެނބުރެންފެށިއެވެ.
މީގެ ދެއަހަރު ކުރިއެކޭވެސް އެއްގޮތަށް ފުރަތަމަ ފްލޯރ، ކެފޭއެއްކަމުން، ފުދޭވަރަކަށް ހަމަ ހިމޭނެވެ. ދެވަނަ ފްލޯރވެސް އާންމު ޙާލަތާއި ޚިލާފަށް ވަރަށް ހަމަހިމޭނެވެ. ދުވަހުގެ ގޮތުންކަންނޭންގެއެވެ. ނަމަވެސް ދެތިން ގްރޫޕް، އެކި ލަވަ ޕްރެކްޓިސް ކުރަން ތިއްބެވެ. ތިންވަނަ ފްލޯއިން އަލްވާއާއި ދިމާވިއެވެ. އެއީ އެތަނުގެ ހުރިހާ ކޮމްޕިޔުޓަރ މަސައްކަތެއް ބަލަހައްޓާ މީހާއެވެ. އަހަރެންގެ ގާތް އެކުވެރިއެއްވެސްމެއެވެ. އިތުރު މަސައްކަތެއް ކުރިއަށް ނުދާތީ، އެތަނުގައި ރޮކް މިޔުސިކެއް ޖަހާފައި ހުރުމުން އަހަރެން ވަރަށް ގަޔާވިއެވެ.
ސްކަލް ސިކްސް އަކީ، މީގެ ފަސް އަހަރު ކުރިން އަހަރެމެން އުފެއްދި ބޭންޑެކެވެ. ހަތް ފްލޯރގެ އެ ގެއަކީ އަހަރެންނާއި ލުވެއިޒް އަދި، އީހާން ގަތް ތަނެކެވެ. މަޖަލަކަށް ފެށި މަސައްކަތް، ލުވެއިޒް، ސްކޫލް ނިމުމާއިއެކު، ބިސްނަސްއަކަށް ބަދަލުކުރިއެވެ. ވަރަށް ރަނގަޅަށް ކަންކަން ދަނިކޮށް، ލުވެއިޒް ބިސްނަސް ކަންކަމުގައި ބިޒީވެ، ދިޔައީއެވެ. އަދި އަހަރެންވެސް އޯލެވެލް ހެދިއިރު، އެތަނުން ވަކިވީއެވެ. އެހެންކަމުން މިހާރު އެތަނުގެ ހުރިހާ ކަމެއް ބަލަހައްޓަނީ އީހާންއެވެ.
އަހަރެން ދިޔައީ ޓެރަސްއަށެވެ. އަހަރެން އެދުނުގޮތަށް އެތަނުގައި ޑިނަރ ޓޭބަލްއެއް ތައްޔާރުކޮށްފައި ހުއްޓެވެ. އަހަރެން ގޮސް މަޑުކޮށްލީ ރެއިލިން ކައިރީގައެވެ. ހަތް ފްލޯ ނަމަވެސް، ފްލޯތައް ހަދާފައި ހުރީ ފުދޭވަރަކަށް އުސްކޮށްކަމުން، ވައިޖެހެމުން ދިޔައެވެ. ހިތް ފަސޭހަވަރަކަށެވެ.
މިރޭ އެލީނާ، ގަޑިއަށް އައިސްފާނެ ހެއްޔެވެ. ނައިސްފިއްޔާ އަހަރެން ލުވެއިޒް ކަތިލާނަމެވެ. ކުޑައިރު، ކޮންމެ ރެއަކު ދަންވަންދެން، ޝާނާއަށް ފާރަލާން، ލުވެއިޒްއާއި އެއްކޮށް ދިޔަކަމުގެ ބަދަލެއްގެ ގޮތުންވެސް ލުވެއިޒް މިކަން ކޮށްދޭންޖެހޭނެއެވެ.
“އިޝްރާ…” ސިޑިއާއި ދިމާއިން އަޑު އައެވެ. މާ ގިނައިރެއް ނުވެ އީންގެ ރީތި ސޫރަ ފެނުނެވެ. ކަކުލާއި ހިސާބަށް ހުރި ކަޅުކުކުލައިގެ ހެދުން އީންއާ ނުހަނު ގުޅެއެވެ. އަޅެ އީން އާނއެކޭ ބުނާނީ ކޮން ދުވަހަކުން ހެއްޔެވެ. ބޭނުމަސް، އީން ފަހަތުން ދުވުމުގެ ކުޅިވަރު ކުޅޭކަން އަހަރެންގެ މުޅި ހަޔާތް ހުސްކޮށެއް ނުލެވޭނެއެވެ.
“އިޝްރާ؟” އަހަރެން އީން ކައިރިއަށް ހިނގައިގަންނަމުން އެހީމެވެ. އެލީނާ، ލިބުނު ސިހުމާއި އެކު ފިޔަވަޅެއް ފަހަތަށް ނެގިއެވެ. މިހާރު އީން އަހަރެން ދެކެ ބިރުވެސް ގަންނަނީހެވެ. އުޅެވޭ ގޮތް ތާހިރު ކަމުން ވާނީވެސް އެހެންނޫންހެވެ.
“މަ މީ ހަންޑިއެއް ނޫނޭ”
“މާޒިން، މިތާ ކީތްކުރަނީ؟ ކޮބާ އިޝްރާ؟” ވާނުވާގައި ހުރެފައި އެލީނާއަހާލިއެވެ.
“ކޮން އިޝްރާއެއްތަ؟” އަހަރެން ރެއިލިންއަށް ލެނގިލަމުން ބުނެލީމެވެ. އެލީނާ ފޯނުނަގައި ކޮންމެވެސް އެއްޗެއް ބެލުމަށްފަހު، ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އަދި ފޯނު ސްކްރީން ދައްކާލިއެވެ.
އޭގައި އޮތީ އިޝްރާ ކިޔާ ކުއްޖަކު ފޮނުވާފައި އޮތް މެސެޖެކެވެ. އޮތީ ސްކަލް ސިކްސް ޓެރަސްއަށް އަށްގަޑިބަޔަށް އަންނާށޭއެވެ. ފޮނުވާފައި އިން އިމޯޖީއިން އެއީ ލުވެއިޒް ކަމެއްކަން އަހަރެން ޔަގީންކުރީމެވެ. ލުވެއިޒް އަކީވެސް އަދި އާދައިގެ މީހެއް ނޫނެވެ. ޔަގީނުންވިއްޔާ، އީންގެ އެކުވެރިއެއް ބްލެކްމެއިލް ކޮށްލީއެވެ.
“އާހްހް އެއްކަލަ އަޝް..އިޝް….އަޝްރާ ދޯ… ދެން، އަސްލު ވާގޮތަކީ، ޒިން ބުނީމަ އީން ނޫން ހުރިހާ ގަރލް ކުދިންވެސް ކޮންމެ ކަމެއްވެސް ކޮށްދޭނެ. ދެން ގެޓުވޭ… ޒިން މީ ވަރަށް ނޯޓީ މީހެކޭ… ހަމަ އީން ނުފެންނަތާ ގިނަ ދުވަސް ވީމަ، ޑިނަރއަކަށް ތިހިރީ އާދެވިފަ…” އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ. އީން އަހަރެންނާއި ދިމާއަށް ލޯއަޅާލިއެވެ. ގިނަ ދުވަހޯއެވެ. މެންދުރުވެސް އަހަރެމެން އެއް ފުރާޅެއްދަށުގަ އެއްކޮޓަރިޔަކު ތިބީމުއެވެ.
“ޒިން އިޝްއަށް ކީތްކުރީ؟” އެހުރި ގޮތަށް ހުރެ އަހާލިއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ. މި އެލީނާ އަށް އަހަރެން ނޫން އެންމެންވެސް މުހިންމުވާނެއެވެ.
“ދެން އީން ތިހާ ނުބައިކޮށް ވިސްނާކަށް ނުވާނޭ… ޒިން އެއްވެސް މީހަކަށްއެއްވެސް ކަމެއް ނުކުރަމޭ” އަހަރެން އީންގެ އަތުގައި ހިފައިގެން ގޮސް މޭޒުކައިރީ ހުއްޓލީމެވެ.
އީން ދެކޮޅު ނުހަދާ އިށީނުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ހަމައެކަނި ކާއެއްޗަކަށް ނޯ އޭ ނުބުނަންވެގެން މި އިށީނީ.” އީން ވާހަކަދެއްކުމުން އަހަރެން ހީލީމެވެ. މިރޭޓުން ދަންޏާ އީން ބޮޑު ފުއްޕާ ހަމަކަށް ބަދަލުވާން މާ ގިނަ ދުވަހެއް ނުނަގާނެއެވެ. އެކަމަކު އަހަރެންގެ މީހަކަށް ވުމަށް ފަހު އެހެނެއް ނުވާނެއެވެ.
‘އަޅެ ހާދަ ދެރައޭ، ޒިން ހީކުރީ އީންވެސް ދެން ޒިންދެކެ ލޯބިވާތީކަމަށް” ތެދު އެނގިހުރެ އަހަރެން ދޮގު ހަދާލީމެވެ. ދެން ބައެއްފަހަރު ބަސްނާހާވެސް އުޅެލަން ޖެހޭނެއެވެ. އެހެންނޫންނަމަ ބަސްނޭހުން ކިޔާ ބަހެއް ދިވެހި ރަދީފުގައި ނެތީހެވެ.
އީން އެއްޗެކޭ ނުބުނުމުން އަނެއްކާވެސް އަހަރެން ވާހަކަދެއްކީމެވެ.
“މިހާރު ތިންވަނަ ފަހަރަށޭމި އެހެނީ… ދެން ބުނޭ ޔެސްއޭ” އަހަރެން ސީރިޔަސް ކަމާއިއެކު ބަލައިލީމެވެ. އެލީނާގެ މޫޑް ވަގުތުން ބަދަލުވިއެވެ. އިރުކޮޅަކު ހުރެފައި އީން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ.
“ސޮރީ… ނޯ” އެލީނާ ބޭނުންވަނީ އަހަރެންނަށް ހަރޓްއެޓޭކެއް ޖެހެންހެއްޔެވެ؟ ކިތަންމެ ޗިލް މީހަކަސް، އެވަގުތު ކޮޅު، ތެދަށް ބުނަންޏާ ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. އަހަރެންވެސް މިކުޅިވަރު ކުޅެންވެއްޖެއެވެ.
“މާޒިން… އަމިއްލައަށްވެސް ވިސްނަބަލަ… މަ ކިހިނެއްތަ މާޒިންއާއެއްކޮށް އުޅޭނީ.. އެއްކޮޅުން ޔޫ ލަވް އެލީޒާ، އެން އެލީޒާ ވެސް މާޒިންދެކެ ލޯބިވޭ… ޔާ، ދޮންތަޔާ މަށާ ދޭތެރޭ ބައިވަރު މައްސަލަ ހުންނާނެ.. އެކަމަކުވެސް، ދޮންތަގެ ފަސްޓް ކްރަޝްއާއެއްކޮށް އެލީނާއެއް ނޫޅޭނަން…” އެލީނާގެ ކޮންމެ ލަފްޒެއްވެސް އަހަރެންގެ ހިތް ކަފާ ކުދިކުރަމުން ދިޔައީ އެއްވެސް ރަހުމެއް ނެތިއެވެ. ރަހުމްކުޑަ އަންހެނެކެވެ.
“މަ އެލީޒާއާ އެއްވެސް ގުޅުމެއް ނުބާއްވަމެއްނު”
“ބަޓް ސްޓިލް… މާޒިން ކައިރީ މިހާރުވެސް ކިތައްފަހަރު ބުނެވިއްޖެ.. ދެން އިތުރަށް ނާހާތި ސާފުކޮށް މިބުނަނީ، މަށަކީ މާޒިން ހީކުރާހާ މައުސޫމް މީހެއް ނޫން…. އިވިއްޖެތަ؟ މާޒިންގެ ދިރިއުޅުންތެރެއަށް މަ ވައްދަން ވެއްޖިއްޔާމު، މާޒިންގެ ދިރިއުޅުން ހަލާކުވާނީ.. މާޒިންއަށްވެސް ރަނގަޅުވާނީ މައެ މަތިން ހަނދާން ނައްތާލިއްޔާ… މަ މީ ކިހާވަރެއްގެ ކާކުކަން އިނގޭ ދުވަހަކުން، މާޒިން މަށާއި ވައި ނޭޅެވުން ނަމައޭ ހިތަށް އަރާނެ. އެން މާ ގިނަދުވަހެއް ނުވެ އެ ވެސް އެންމެންނަށް އިނގޭނެ.” އެލީނާ ވާހަކަ ދެއްކިއިރު އަހަރެންނަށް އިނދެވުނީ ގަނޑުވެފައެވެ. މި އަދި ކޮންކަހަލަ އީންއެއް ހެއްޔެވެ.
އެލީނާ ކުރި ކުށެއް އަހަރެންނަށް ދުހުކު ފެނުނީކީ ނޫނެވެ. މާޒީގައި ވެފަ އޮތް ކަމެއް އޮންނާނީ މާޒީގަނޫންހެއްޔެވެ. އީން ސާފު ބަހުން ނުބުނަންޏާ އަހަރެންނަށް އިނގޭނީ ކޯޗެއްހެއްޔެވެ. ޔަގީންވާ ކަމަކީ، ހަމަ ގައިމުވެސް، ލުވެއިޒް، އީން ގޯސްކަމެއް ކުރިޔަ ނުދޭނެކަމެވެ.
އީން ކޮށްޅަށް ތެދުވެ ހިނގައިގަތުމުން އަހަރެން އީން ގެ އަތުގައި ހިފާފައި ފާރާއި ދިމާއަށް ދަމާލީމެވެ. އަހަރެންނާއި ފާރާއި ދެމެދު ހައްޔަރުވެފައި ހުރި އިރު، އީންގެ ވިންދުގެ އަޑު ރީތިކޮށް އަހަރެންނަށް އިވެމުން ދިޔައެވެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އެ ރުޅިވެރިމުގެ ފަހަތުގައި ވި ހިތާމަތަށް އީންއަށް، އަހަރެންނަކަށް ނުފޮރުވޭނެއެވެ. ނޫނީ އެއީ އަހަރެންނަށް ފެންނަ ގޮތްބާއެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު އީން އަހަރެންގެ މޭގައި އަޅާފައި ފަހަތަށް ކޮއްޕާލިއެވެ. މާބޮޑު އަސަރެއް ނުކުރިނަމަވެސް، އަހަރެން އަމިއްލައަށް ފަހަތަށް ޖެހިލީމެވެ. ކިތަންމެ ބޭނުމަސް އީން ބޭނުންނުވާ ކައިރިމިނެއްގާ އަހަރެންނަކަށް ވެސް ނުުހުރެވޭނެތާއެވެ.
“އީން އެންމެ ފަހަރަކުވެސް މަށަށް ސަބަބު ކިޔައިދީބަލަ… އޭރުން އީން ބޭނުން ގޮތެއް މަ ހަދައިދޭނަން.. ދުވަހަކު އީން ނުފެންނަ ހިސާބުގަ އުޅޭށޭ ބުންޏަސް. ޕްލީސް…” އީން އަހަރެންދެކެ ލޯބި ނުވާން، އަހަރެންގެ ނެތީ ކޮން ސިފައެއްހެއްޔެވެ. އަހަރެން ކާލިންއަށް ވުރެ ހަޑީހެއްޔެވެ. ތިޔާގިކަން ނެތީ ހެއްޔެވެ. ނޫނީ ދުވާލު ދެދަޅަޔަށް ފުލުސް އޮފީހަށް ނުގެންދާތީ، އަހަރެން ކަމުނުދަނީ ހެއްޔެވެ.
ކުރިއެކޭވެސް އެއްފަދައިން ރުޅިވެރިކަމާއި އެކު އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އެއަށްފަހު، ފޯނު ނަގައި ޕާސްވޯޑާއި ފިންގަރޕްރިންޓް ޑިސޭބަލް ކޮށްލުމަށް ފަހު އަހަރެންގެ އަތަށް އެ ޖެހިއެވެ.
“މާޒިން މި ބަލާ… ހުރިއްޔާ ހުރި އެއްޗެއް ބަލާ… އޭގެ ފަހުން އަދި އެއްފަހަރު އަހާބަ.. އައިލް ސޭ ޔެސް…” އިތުރަށް މަޑު ކުރުމެއް ނެތި އެލީނާ ދާން ހިނގައިގަތެވެ. އަހަރެންނަށް ރެއިލިންގައި ބުރަކަށި ޖައްސާލައިގެން ހުރެވުނީއެވެ. އެލީނާގެ މާޒީގައި ވީ ކިހިނެއް ހެއްޔެވެ؟ އެލީނާއަށް އަހަރެން މަޢާފް ނުކުރާނެ ވަރުގެކަމެއް ކުރެވޭނެ ހެއްޔެވެ؟
………..
ހޮޓެލްއަށް ދިޔަ ގޮތަށް އަހަރެން އެނދަށް ވެއްޓިގަތީމެވެ. ލޮއިތްބަކީ މިހާ ހިތި އެއްޗެއްހެއްޔެވެ؟ އަހަރެންގެ ވަށައިގެން އުޅޭ އެއްވެސް މީހަކު އެހެނެއް ނުބުނެއެވެ. ލުވެއިޒް އާއި ޝާނާގެ ގުޅުމަށް ހަތްއަހަރު ވާން ކައިރިވެފައި ވީއިރު ދުވަހަކު ޑިޕްރެސްވެފައި ހުއްޓާ އަހަރެން ނުދެކެމެވެ. ޝަޔާން އާއި ރައުހާ އެއްކޮށް އުޅޭތާވެސް އެތައްދުވަހެކެވެ. ޖިހާންވެސް ޝިއުނާއާ އެއްކޮށް އެ އުޅެނީއެވެ. ރުކާންއާ ކައިރީންވެސްމެއެވެ. ދެން އަހަރެންނަށް މިހެން ވަނީ ކީއްވެ ހެއްޔެވެ؟
އެތަށް އިރަކު އޮވެފައި އަހަރެން މަޑުމަޑުން އެލީނާގެ ފޯނު ނަގާ ބަލައިލީ، މެސެޖެއް އައި އަޑު އިވުނީމައެވެ. އެއިރު ދަންވަރު އެއްގަޑި ބައިވަނީއެވެ. ހިލްޓެއަކީ ކާކުހެއްޔެވެ؟ ނެތް ހިތްވަރުވެސް ދެން ކޮށްލާފަ، އަހަރެން މެސެޖު ކިޔާލީމެވެ.
“ތިން މިލިއަންއިން ފުދޭނީ… ހަފްތާއެއް ތެރޭ އެ ނުލިބިއްޖިއްޔާ ކައެއަށް ވާނެގޮތް ރަނގަޅަށް އިނގިފަ އޮންނާނީ” ހިލްޓެ އަކީ ކާކުހެއްޔެވެ. އެލީނާ އެމީހަކަށް އެހާ ބައިވަރު ރުފިޔާ ދޭންޖެހެނީ ކީއްވެހެއްޔެވެ.
އެނގެން ބޭނުންވި ވަރުން، އަހަރެން ފޯނު ހުޅުވާލާ، މެސެޖުތައް ހުޅުވާލީމެވެ. ހައިރާންވީ، އެލީޒާއާއި ލުވެއިޒް ނޫނީ، މިއިން ޒަމާނަކުވެސް، އަހަރެން ދަންނަ މީހަކާ ވާހަކަދައްކާފަ ނެތުމުންނެވެ.
މެސެޖުތައް ކިޔުމުގެ ބަދަލުގައި، އަހަރެން ދެން ހުޅުވާލީ ވައިބަރއެވެ. އަހަރެންނަށް ވީގޮތް ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ. ޕްރޮފައިލް ފޮޓޯއާއި އެކު ހުރުމުން، އެތަނުން ގިނަ މީހުން އަހަރެންނަށް އިނގުނެވެ. އިނގެނީ ކިހިނަކުން ތޯއޭހެވެ؟ ހުސްވެސް އިންވެސްޓިގޭޓް ކުރިއިރު އެކިއެކި މައްސަލުތަކުގައި ޙުކުމް ކުރެވިފައި ތިބި މީހުން ވީމައެވެ. އެލީނާއާ މިމީހުންނާ އޮންނަނީ ކޮން ގުޅުމެއްހެއްޔެވެ.
އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެންނަށް އަސަރު ކުރީ ކާލިންގެ ކޮންވަސޭޝަން ޕިންކޮށްފައި އިނުމުންނެވެ. އީން އަބަދު ރޮނީ ކާލިން މަރުވީމަހެއްޔެވެ؟ ނޫނީ ކާލިން މަރުވީ……
އަހަރެން ކޮންވަސޭޝަން ކިޔުމުގެ ބަދަލުގައި ދެން ހުޅުވާލީ ފޯންއެވެ. ނަސީބަކުން ގުޅާފައި ހުރީ ހަމައެކަނި ކްލާސް ކުދިންނާއި އާއިލާ މީހުންނެވެ.
ނޫނެކެވެ. ތިރީގައި ހުރީ ހުސްވެސް ކާލިންގެ ކޯލެވެ. ގިނައިން ހުރީ މިސްކޯލް ނަމަވެސް، އެންމެ ފަހު ދިހަވަރަކަށް ކޯލް ގުޅާފައި އިނީވެސް އީން އަމިއްލައަށެވެ.
ޤަބޫލުކުރަން ދަތިވެފައި ހުރެ ދެން އަހަރެން ފޮޓޯތައް ހުޅުވާލީމެވެ. ކާލިންގެ ފޮޓޯ ނެތް ނަމަވެސް، އޭނަ މަރުވެފަ އޮތް ފޮޓޯތައް އޭގައި ބައިވަރެވެ. އެ މައްސަލަ ތަހުޤީގް ކުރުމުގައި، ހުދު އަހަރެން ވެސް، އުޅުނީމެވެ. އަލީނާއާއި ގުޅޭ އެއްވެސް ކަމެއް އެ މައްސަލައިން އެނގިފައެއްނެތެވެ.
އަހަރެން ދެން މެސެޖުތައް ކިޔަންފެށީމެވެ. ކާލިން ނޫން އެންމެންވެސް، މައިގަނޑު ގޮތެއްގައި ދައްކާފައި ހުރީ ރުފިޔާގެ ވާހަކައެވެ. ކާލިންގެ ކޮންވަސޭޝަންގައި ހުރީ، ކާލިންގެ “އައި ލަވް ޔޫ” އާއި “މިސް ޔޫ” އާއި ހުސްވެސް އެކަހަލަ މެސެޖެވެ. ދެންވެސް އަހަރެން ހައިރާންވީ، އީންގެ ޖަވާބަކަށް ހުސްވެސް، މެސެޖު ނުކުރާށޭ ހުރީމައެވެ.
ކުރިއަށްވުރެ ބޮޑަށް އަހަރެންގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ޖަވާބުގެ ބަދަލުގައި ހުސްވެސް އިތުރުވީ ސުވާލެވެ. އެ ހާސްކަމުގައި އުޅެނިކޮށް އަހަރެންނަށް އެންމެ ފަހުން ނިދުނީއެވެ.
……….
ހެނދުނު ހޭލި އިރުވެސް ބޮލުގައި ރިއްސަމުން ދިޔައެވެ. އެހެންނަމަވެސް، އަހަރެން ރީތިވެލައިގެން ބޭރަށް ނިކުތީމެވެ. ރީތިވުމޭ މި މާނަކުރީ ފެންވެރި ކަމަށެވެ. ނަމަކަށް އަތުން ބޯވެސް ރީތިކޮށްލީމެވެ. ދެން އަހަރެން ދިޔައީ މަންމަ ގެއަށެވެ.
“ހާދަ ގޮތަކަށް؟ ބަލީތަ؟”
“ހްމްމްމް…… ސްކޫލަށް ގުޅާފަ މާދަމާ ބުނޭ މަ ބައްޔޭ. އުނހުނ، ކޮންމެހެން ބޮޑު ދޮގުތަކެއް ހަދާނެ ކަމެއް ނެތް.. ބުނޭ މި އަންނަ ހަފްތާ ސްކޫލަކަށް މަ ނުދާނެޔޭ….” އަހަރެން މަންމަގެ ޖަވާބަކަށް ބެލުމެއްނެތި ކޮޓަރިއަށް ވަދެ ދޮރުޖަހާ ތަޅުލީމެވެ.
މަންމަ ޓަކި ޖަހަޖަހާ ހުއްޓެވެ. އަޅާނުލާ، ދަބަހަށް އަންނައުނު ކޮޅެއް ލައިގެން އަހަރެން ނިކުތީމެވެ. ދާށެވެ.
މި މާލެ އަހަރެން ދެކެ ފޫހި ވަނީއެވެ. އިންވެސްޓިގޭޓް ކަންކަމުގައި ބޯ ހަލާކެވެ. އަދި އެންމެ ފަހުން އެތަނުން ކަނޑާވެސް ލައިފިއެވެ. އީންގެ ކަންކަމާ އަހަރެންގެ ބޯ ހާސްވާން ވަކި ލިމިޓެއް އޮތީކީ ނޫނެވެ. ހުސްވެސް މި ބިމުގައި ވީހާ ކަންކަމެވެ. އެއް ޤައުމުން އަނެއް ޤައުމަށް އުދުހި އުދުހި އުޅުނު އިރު މިއިން އެއްވެސް ކަމެއް ނުވެއެވެ. ހަމަ މި މާލެ އަހަރެންނަށް ރަހުމް ކުޑައީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




Me first.. varah reethi mi part es… next part ah waiting
Thankss. Insha Allah mirey up kohdheynan
He wont be able to go.. Right
Hehe. Varah madhu faharaku noony maaxin beynun kamehh kuraane. Lets see what happens
Waiting for next episode.. This is getting real interesting
Thanksss. Insha Allah mirey up kohdheynan
Oh sis mi part ves awesome ???
And my luvaiz was so hot actuall???????????
I love it
And een and maaz ??????
Hmm dhen thankss. Luveiz dhen thibunaahaa hotehh noon. Hehe lol ?
Interesting…… My dear…….. Lv yah ….. Waiting for next episode ????
Thankss. ???
Yo monstaa geah aissa comment eh kollanan ingey…. 9 40 vejje??
Hehe saabaheyy neko. Adhi evarun ves comment kohla dheefiehhnu. Really thanks ❤️❤️
monsta … V reethi mi vaahaka … when next… gud luck for the stry… ❤?❤?❤?❤❤??❤❤????
Thankss. Mirey next part Insha Allah
Monsta❤❤❤…Mi part vec haadha reehchey dhw alhe…Een alhe maaxin ge hiyypulhah thadu nukurahvaa???…hehe..
Yey mirey new part eh upvaane dhw….Will be waiting..luw yuh gurl?????????????????????????
Thankss jiji. Sorry kiyaalan nulibunyma
Monstaa dhoooniii…. kobaa tha next ephisode….?? neko inthizaaruge gadi thah gunaathaa kon ireh mihaaru?
Monsta vess hama mi kuranyy inthizaareyy. Reyga submit kohhfinn
Esfiya team next ephisode up kohdhevvabalaaasheyyyy
Aslu vs komment thah check koffa tha up kuraniii?
Normally process inna goihtha miee?
Donno ??
Alhe monsta sorry bunaakah nujeheyne ey..
Esfiya team next part avahah up kohdheebalaa mi story ge?
Thankss ingey jiji
Esfiya team story up kohdhevvaaaasheyyyyyyyyyyyyyyyy yyyyy yyyyy yyyyy!!! Come on we are like your customers TT miss buni gaimu should “always treat customer like a king ” dhen story up kohdhevvaaaasheyyyyyyy esfiya teaaaaaaaam!
Alhugandu fonuvaa mi kahala galhi ecchis publish kuraathiiey kurin vs ehii thi miihun aslah vs kiyaafa heyyyey comment publish kuraniiii…..ekamaku vaa mi kahala koosani ecchis publish kuraane tha miihaku …. do u seriously check the comments b4 publishing….vaahaka up kohdhevvaaasheyy
Saabahey neko
Ugh where is the story?
Haadha irekey mihaaru mi site belun adhadhehves neyge vaahaka up v tho balan???
Sorryy. Alhugandu submit kurinn varahh kurin