Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަސްލާން 3

Jinni Level 410 Stories100 Login100 Comments500 Login
June 14, 2019 3 Mins Read
8 Comments

“އަސްލާން…” ލޯ ހުޅުވައިލިއިރު ކުރިމަތީ އަސްލާންއެއް ނެތެވެ.

*******************************

“ޕޮއް!” ފަހަތުން އިވުނު އަސްލާންގެ އަޑަށް ސިހިފައި އަހަންނަށް ފުންމައިގެން އެނދުން ތެދުވެ ފަހަތަށް ބަލައިލެވުނެވެ. އެނދުމަތީ އުޑުފައިން އަރާ އިން އަސްލާން، އަހަންނަށް ވީ ގޮތް ފެނިފައި ކާމިޔާބީން ހޭންފެށިއެވެ.

“ކިރިޔާއޭ ހިތް ނުހުއްޓުނީ.” އަސްލާންއާއި ޖެހިގެން އިށީންނަމުން އަހަރެން ބުނީމެވެ.

“ހިތް ނުހުއްޓެއްޗޭ.” އަސްލާން ބުންޏެވެ. “ކިހިނެތްވީ އަތަށް؟” ބެންޑޭޖު އޮޅާފައިވީ އަހަރެންގެ އަތް ފެނި އަސްލާން ކަންބޮޑުވެފައި އެއްސެވެ. އަހަރެން ކެއްސައިލިއަސް ބަލިވީކަމަށް އޭނާ ކަންބޮޑުވެއެވެ.

“ހަނދާނެއް ނެތް ވީ ގޮތެއް. މާ ބޮޑު ކަމެއް ނުވޭ.” އަހަރެން ދޮގެއް ނަހަދަމެވެ. އެ ވަރު ކަމަކީ އަހަންނަށް ބޮޑު ކަމެއް ނޫނެވެ. އަހަންނަށް ބޮޑު ކަމަކަށް ވާނީ އަސްލާންއަށް ކަމެއް ވެއްޖިއްޔާއެވެ. އަދި އަމުދުން އަހަރެންގެ އަތުން އަނިޔާއެއް ލިބޭކަށް ނޭދެމެވެ. އަސްލާންގެ ކަރަށް ނަޒަރު ހިންގައިލެވުމާއިއެކު އަހަރެންގެ މިޒާޖު ހަރާބުވީ އެ ހިޔާލުންނެވެ. ނިޝާނެއް ނެތެވެ. ނަމަވެސް ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

“މިރޭވެސް ބޭރަށް ދާނަންތަ؟” އަހަރެން މާޔޫސްވެފައި އިންކަން އެނގި އަސްލާން އެއްސެވެ. ވިސްނީ ކޮން ކަމަކާއިކަންވެސް އޭނާއަށް ފަސޭހައިން އެނގެއެވެ. އަބަދުވެސް އަހަރެން ބުނުމަކާއި ނުލައި އޭނާއަށް އަހަރެންގެ ވިސްނުންތައް އެނގެއެވެ.

“މިރޭވެސް ދެވޭނެތަ؟” ދެރަވާ ހިޔާލުތައް އެއްފަރާތްކޮށްލާފައި އަހަރެން އެހީމެވެ.

“އާނ. ކޮންތާކަށް ދާން ބޭނުމީ؟” އަސްލާން ބޯ ޖަހައިލިއެވެ.

“އަސްލާންގެ ގެއަށް.” އަހަރެން ވަރަށް ވިސްނައިލާފައި ބުނީމެވެ. މައްސަލައެއް ނެތޭ ކިޔާފައި އަސްލާން ތެދުވެ އަހަރެންގެ އަތުގައި ހިފައި ގެންގޮސް އޭނާގެ މެޔާއިލައި ބޮނޑިކޮށްލިއެވެ.

އަސްލާން އަހަންނާއި ދުރަށްޖެހިލިއިރު އަހަރެމެންނަށް ތިބެވުނީ ގެއެއްގެ ކުރިމަތީގައެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ ދެ ބުރި ގެއެކެވެ. އެތެރެއަށް އައުމަށް އަތުން އިށާރާތްކުރުމުން އަސްލާންގެ ފަހަތުން ދިޔައީމެވެ.

އެރޭ ގެއަކަށް ވަދެވުނީ ވަރަށް ޒަމާން ފަހުންނެވެ. އެސައިލަމްއަށް ދިޔަފަހުން ހާލަކުން ފަހަރަކު ހިތްހަމަޖައްސަަން ބޭރަށް ނެރޭ ނަމަވެސް ގެއަކަށް ނުވަންނަމެވެ.

ގޭތެރެއަށް ވަދެގެންދިޔައިރު އަހަންނަށް ނުފެނަންތާ ދުވަސްތަކެއް ވެފައިވާ އެއްޗެހި ފެނުނެވެ. އެކި ކުލަކުލައި ފަރުނީޗަރެވެ. ފާރުތަކުގައިވެސް ހުރީ ރީތި ކުލަތަކެވެ. ފާރުގައި ހުރި ތަފާތު ކުރެހުންތަކަށް ހާއްސަ ޝައުގެއް ދެވުނެވެ. ރޫބީގެ އޮފީހުގައި އިންނަ ހުދާއި ކަޅުގެ ކުރެހުން ފިޔަވައި އިތުރު ކުރެހުމެއް ހަނދާނަކުނެތެވެ.

“ގޭގަ ނޫޅޭތަ އެހެން މީހަކު؟” އަހަރެން އެހީމެވެ.

“އާނ. މަންމަޔާ ބައްޕަޔާ އާންމުކޮށް ގެއަށް އަންނާނީ އިރުއެރީމަ.” އަސްލާން ޖަވާބުދިނެވެ.

ދެވަނަ ބުރިއަށް އަރައިގެން އެންމެ އެތެރެ ދޮރުން އަސްލާން ފަހަތުން ވަނީމެވެ. އެއީ އޭނާގެ ކޮޓަރިއެވެ. ވަރަށް ރީތިވާނެކަމަށް ހީކޮށް ހިތްއަވަސްވެފައި ބަލައިލިއިރު ހަނދުވަރުގެ އަލީގައި، ކުނިގޮނޑާއި އެންމެ ގާތް ތަނަކަށް އޭރު އަހަންނަށް ފެނުނީ އެ ކޮޓަރިއެވެ. ހޮޅިބުރި ދިއްލާފައި އެނދުމަތީ ގުޅައަކަށް ހުރި އަންނައުނުތައް އަރިމައްޗަކަށް ކަހާލައިފައި އިށީންނަން ބުންޏެވެ. ކުނިގޮނޑެއްހެން އޮތަސް އަހަންނަށް އަހަރެންގެ ކޮޓަރިއަށްވުރެ އެ ކޮޓަރި ކަމުދިޔައެވެ. އަހަރެންގެ ކޮޓަރިއަށްވުރެ އެ ކޮޓަރި، މީހަކު ދިރިއުޅޭ ތަނެއްހެން ހީވާތީއެވެ.

“ކީއްތިކުރަނީ؟” ބޯނެ އެއްޗެއް ބަލައި ނުކުތް އަސްލާން، ދެ ކޯކު ދަޅު ހިފައިގެން ވަތްއިރު މުޅި ތާންގައި އުކާފައި ހުރި ހެދުންތައް ފަތްޖަހާތަން ފެނި، ކުޑަކޮށް ލަދުގަތްފައި އެއްސެވެ. އަހަރެން އެއްޗެކޭ ނުބުނެ މަސައްކަތް ކުރިއަށް ގެންދިޔުމުން އަސްލާން ކޯކު ދަޅު ތުމުގައި ޖަހައިގެން ސޯފާއަށް ވެޑުވިފައި އިނެވެ. ވާހަކައެއް ނުދައްކާ އެހާ ގިނައިރު އޭނާ އިނީ އަލަށް ކަންނޭންގެއެވެ.

ހުރިހާ އެއްޗެއް ފަތްޖަހައި ނިމުމުން އަސްލާން އަހަންނަށް ކޯކުދަޅު ދިއްކުރިއެވެ. ދަޅުގައި ހިފާފައި އަހަންނަށް ބަލައިލެވުނީ އެއްފަހަރު ދަޅުގެ މަތިގަނޑަށް، އަނެއް ފަހަރު އަސްލާންގެ އަތުގައި ކަނޑާފައި އިން ދަޅަށެވެ. އަހަރެންގެ ދަޅުގެ ކަނޑާ އެތިކޮޅުގައި ކޮއްޓާ ކޮއްޓާވެސް ހުޅުވަން ހަދާނެ ގޮތެއް ނޭންގުނެވެ. އަސްލާން ދަޅު އަތުލާފައި ވަރަށް ފަސޭހައިން ކަނޑާލައިފިއެވެ. ބަަލަން އިން އަހަންނަށް އަނގަ ވަށްކޮށްލެވުނީ އާކަމެއް ދަސްވީމައެވެ. އަސްލާންއަށް ކުޑަކޮށް ހެވުނެވެ.

“ލުއާ މި ކޮޓަރީގަ އިނީމަ ވަރަށް އެހެންކަހަލަ.” އަސްލާން ބުންޏެވެ.

“އެހެންކަހަލަ؟” އަހަންނަކަށް އަސްލާން ބުނި އެއްޗެއް ނުވިސްނުނެވެ.

“އަޅާނުލާ… ކީއްވެއޯ މި ގެއަށް އަންނަހިތްވީ؟” އަސްލާން އެއްސެވެ.

“އަސްލާން އުޅޭ ތަނެއް ބަލައިލާ ހިތުން.” އަހަރެން ބުނީމެވެ. އެއާއިކެކު އަނެއްކާވެސް ހިމޭންވެއްޖެއެވެ. ހިސާބަކަށް ލަދުގަނެފައި ދުރު ބަލަހައްޓައިގެން އިނުމުން އެ ބުނި އެހެންކަހަލައެއް ކުޑަކޮށް ވިސްނި އަހަންނަށް ހީލެވުނެވެ. ގެއަކަށް ވަދެވުނީތީ އަހަރެންވެސް އިނީ އެބުނި އެހެންކަހަލައެއް ވެފަކަންނޭންގެއެވެ. މިހާ ހިމޭންވާނެކަން އިނގުނުނަމަ ހެދުންތައް ފަތްނުޖެހީމުސް އޭ ހިތަށްއެރިއެވެ.

“މީ އަސްލު ކޮން ތަނެއް؟ އަސްލާންއަކީ އަހަރެން ކަހަލަ އިންސާނެއް ނޫނެއްނު. މީ އެހެން ދުނިޔެއެއްތަ؟” އަހަރެން މައުލޫއެއް ފެށީމެވެ.

“އާނ މީ އެހެން ދުނިޔެއެއް. ބޭރުން މީހަކަށް އާދެވޭނީ މިތަނުގެ މީހަކާއިއެކީ އެކަނި.” އަސްލާން އަހަންނާއި ދިމާއަށް ބަލައިލާފައި ކިޔައިދިނެވެ.

“އެހެންވިއްޔާ އަސްލާންއަށް ޖާދޫ ހެދޭތަ؟ ގޮވާއިރަށް ވަގުތުން އާދެވެނީ ޖާދޫއިންނެއްނު.” އަހަރެން ވަރަށް ޝައުގުވެރިވިއެވެ.

“ކޮން ޖާދޫއެއް ހަދަންވީ؟ ލުއާ ބޭނުން ކަމެއް ކޮށްދޭނަން.” އަސްލާން ބުންޏެވެ. އެއީ އޭގެ ކުރިން އޭނާ ދުވަހަކުވެސް ބުނެފައިވާ އެއްޗެއް ނޫނެވެ. އަހަރެންވެސް އަސްލާންގެ ކިބައިން އެފަދަ އެއްވެސް ކަމަކަށް ނޭދެމެވެ. ބޭނުން އިރަކު އައިސް ގާތުގައި ހުންނަކަމުން އަހަންނަށް ފުދުނެވެ. އޭނާގެ ވާހަކަތަކުގެ އިތުރުން ކަމެއް އުންމީދެއްވެސް ނުކުރަމެވެ. އެހެންކަމުން، ކުއްލިއަކަށް އެދޭނެ ކަމެއް ވިސްނަން އުނދަގޫވިއެވެ.

“ހަވާ އަރުވާތަން ބަލާހިތްވޭތަ؟” އަހަންނަށް ކަމެއް ނުވިސްނިގެން އުޅެންހެދުމުން އަސްލާން އެއްސެވެ.

“އެރުވޭނެތަ؟” ދެލޯ ބޮޑުވެފައި އަހަންނަށް އެހުނެވެ. އަސްލާން މާނަނެގީ އެއީ އޭނާގެ ސުވާލަށް އަހަރެން ބުނި އާނއެއްގެ ގޮތުގައެވެ. އަންނާށޭ ކިޔާފައި ކޮޓަރިން ނުކުތެވެ. އަހަރެން ފަހަތުން ދިޔައީމެވެ.

ގޭގެ ފުރަގަހުން ނުކުމެވުނީ ކުޑަވަރެއްގެ ބަގީޗާއަކަށެވެ. އަސްލާންގެ އަތްތިލަ ދިއްކޮށްލާފައި އަތުން ނެރުނު އައްޔެއް މައްޗަށް އެއްލުމުން ވަރަށް ބާރަށް ގޮސް މައްޗަށް އަރައި، އަޑުފައްގަނޑާއިއެކު ވައިގެ ތެރެއަށް މަލެއްހެން ފެޅުނީ ރަތްކުލައިންނެވެ. އެގޮތަށް އެކި ބައްޓަމުގައި، އެކި ކުލަތައް ދައްކައިދިންއިރު އަހަރެންގެ މޫނުމަތިން ހިނިތުންވުން ފިލުވައިނުލެވުނެވެ.

“ދެން ކީއްކޮށްދޭންވީ؟” އެންމެ ފަހުން އެރުވި އެންމެ ބޮޑު ހަވާގެ ކަނިތައް ގެއްލުމުން، އަސްލާން އަހަންނާއި ދިމާއަށް ބަލައިލާފައި އެއްސެވެ. އެ ވަގުތު ކުއްލިއަކަށް ހިތަށްއެރި އެތިން އަހަންނަށް އިސްޖަހައިލެވުނެވެ. މިފަހަރު އަމިއްލައަށް ކަމެއް ހުށައެޅުމަކާއިނުލައި އޭނާ ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެން އިސް އުފުލައި ސީދާ އަސްލާންގެ ލޮލަށް ބަލައިލީމެވެ.

“އަހަރެންގެ…ބަލި ރަނގަޅުކޮށްދެވޭނެތަ؟”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އަޖައިބު

Next

ނާއިންސާފް 13

Next
June 14, 2019

ނާއިންސާފް 13

Previews
June 14, 2019

އަޖައިބު

8 Comments!

  1. Ibsha says:
    June 14, 2019 at 7:28 am

    ?

    1. Jinni says:
      June 14, 2019 at 11:31 am

      Thnx

  2. jiji says:
    June 14, 2019 at 2:41 pm

    Mi part vec rythi ingey??..v salhi ehn kahala story eh…Vv lwbi…Dear next part dhigukohlahchey…Waiting fr the next..ly
    ??

    1. Jinni says:
      June 14, 2019 at 6:20 pm

      Thnx jiji nxt prt miahvure dhigu vaane ingey luv u more

  3. Nattu says:
    June 14, 2019 at 7:17 pm

    hama v reethi mi part vx daily up kohdhehcheyy v inzaaru kureveyy next part ah ly ans u r stories ??

    1. Jinni says:
      June 14, 2019 at 8:03 pm

      Thnx nattu mirey noony maadhan nxt bai up vaane iraadhakureviyya luv u 2

  4. drax says:
    June 14, 2019 at 8:50 pm

    I like this story awesome dear❤️???????? when is next part, curiously waiting
    Keep up the good work jinni???

    1. Jinni says:
      June 15, 2019 at 11:13 am

      Thnx drax Nxt prt iraadhakureviyya miadhu up vaane kamah mi balany Hope u’ll read this story till the end

Comments are closed.

Next Episodeއަސްލާން 4←


All Right Reserved!