ހަޔާތުގެ ދުވަސް ތައް އުފަލާއި ހިންހަމަޖެހިގެން ވޭތުކުރަމުން ދިޔައީ ދެން އަންނަން އޮތް އެއްވެސް ކަމަކައް ފަރުވަލެއް ނެތިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 8 އަހަރެވެ. އަހަން ނަކީ އަހަރެންގެ މައިން ބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބަލާ ބޮޑު ކުރަމުން އައީ ދުނިޔޭގައި ވާހާ އުފާތަކެއް ހޯދައި ދެމުންނެވެ.
މި ކުޑަ އާއިލާ އައް އުފާވެރި ކަމުގެ ނިމުން އައީ އަހަރެންގެ މަންމަ އަހަންނާއި އަހަރެންގެ ބައްޕަ ދޫކޮއް މި ދުނިޔެއައް އަލްވާދާއު ކިޔުމުންނެވެ. ބައްޕަ އާއި މަންމަ ގެ ލޯބީގެ ގުޅުމައް ނިމުން އައީއެވެ. ކުރީގައި ކަސޯޓީ ކުޅެމުން އައި މި ދެ ލޯބި ވެރިން ގެ މި ހިއްގައިމު ލޯބީގެ ވާހަކައައް ނިމުން އައީ އަހަންނާއި އަހަރެންގެ ބައްޕަ ގެ ހަޔާތް އެއްކޮއް ބަދަލުވެގެންނެވެ.
ކުރިން ސެކޫލުގައި ރަގަނޅު ނަތީޖާ ތަކެއް ހޯދަމުން އައި އަހަރެން، އެހާދިސާއައް ފަހު ކިޔެވުމާ ދުރުވެ، ބައްޕަ އާއި ވާހަކަ ދައްކާ އުޅުން ވެސް މަދުވެގެން ދިޔައެވެ. އެތަކެއް ބަޔެއް ގެ ނަސޭހަތައް ފަހު ވެސް އަހަންނައް އެއް ވެސް ކުރި އެރުމެއް ނައުމުން ސުކޫލުން މިކަން އަހަރެންގެ ބައްޕަ އައް އަންގާ އަޅަންޖެހޭ ފިޔަވަޅު އަހަންނައް އެޅިއެވެ.
މަންމަ ނިޔާވިއެއް ކަމަކު މަންމަ ނެތް ކަމުގެ އިހުސާސް ބައްޕަ އަހަންނައް ވިޔަކައެއް ނުދެއެވެ. ނަމަވެސް ބައްޕަ އަކީ އޮފީހެއްގެ މުވައްޒަފަކައް ވުމުން ގޭގައި އަހަރެން އެކަނި އުޅެންޖެހޭތީ، ގޭމީހުންގެ އެދުމުގެ މަތިން ބައްޕަ ދެވަނަ ކައިވެންޏެއް ޒުލްފައްތަ އާކުރީ އަހަން ނައް މަންމަ އެއްގެ ލޯބި ދޭނެ ކަމުގެ ފޮނި ހުވަފެނުގައެވެ. ނަމަވެސް ކަންތައް ވީ އެޔާ އިދި ކޮޅަށެވެ.
ބައްޕަ ގެ ކުރިމަތީ މުރާލި، މާތާހިރު، އަހަންނައް އަޅާލާ މީހަކައް ވެގެން އުޅެފައި ބައްޕަ ގޭގައި ނޫޅޭ ގަޑި ތަކުގައި މީހާގެ އަސްލު ސިފަ އަހަންނައް ދައްކާލުމުން ވެސް އަހަންނައް އިގިގެން ދިޔައީ މަ ދެން ލައިގަތީ އަނެއްކާ އަނެއް ހަކަންތައްކަމެވެ.
ޒުލްފައްތަ އަކީ ކަންނެއް ކަމުން އެފަދަ ދެވަނައެއްނެތް މިސާލެކެވެ. އަޅުކަން ތަކަކީ ޒުލްފައްތަ ހަގީގަތުގައި ކޮއް އުޅޭ ކަންކަމެއް ނޫނެވެ. ބައްޕަ ގެ ކުރި މަތީ ބައްޕަ އައް ދެއްކެން ކޮއްލަ ފާނެއެވެ. އެނޫން ގޮތަކައް ނުކުރާނެއެވެ. ހެދުނުގެ ސައި ފިޔަވާ އެހެން ގަޑިޔަކައް ކާން ހަދާ ކެއްކުމަކީ ޒުލްފައްތަ ކުރާ ކަންކަމެއް ނޫނެވެ. ބޭކާރު ހަރަދު އެއީ ޒުލްފައްތަ އެންމެ ކުރާ ހިއްވާ ކަންތަކެވެ. ލާރި އޭ ބުނެފިއްޔާ ހުންނަނީ ކޮންމެ ފަދަ ކަމެއް ކުރަން ވެސް ތައްޔާރައްށެވެ. ލާރިއެއް ދޭނަމޭ ބުނެފި މީހަކާ ޒުލްފައްތަ ވާހަކަ ދައްކާނީ ހުރިހާ ދަތް ތަކެއް އަވީލައިގެން ހުރެއެވެ. އެހާ ދަހިވެއްޗެވެ. އެހެން މީހުން ފޫހިވާ އެތަކެއް ސިފައެއް ޒުލްފައްތަ ގެ ކިބައިގައި ހުރެއެވެ.
ބައްޕަ އާއި ކައިވެނި ކޮއްގެން އަހަރެންގެ ގެޔައް ބަދަލު ވިތާ ދެ ހަފްތާވެސް ނުވަނީސް އަވައްޓެރިންނާ މައްސަލަ ޖެހެން ފެށިއެވެ. އާއިލާ މީހުންނާ ވާހަކަ ނުދައްކާ އެމީހުން ނުފެންނަ ކަމައް ހަދަން ފެށިއެވެ. މި ކަހަލަ އެތަކެއް ބަދަލު ތަކެއް ޒުލްފައްތަގެ ކިބައިން ފެންނަން ފެށުމުން ބައްޕަ އައްވެސް މި ކަންކަން ޝައްކު ވާން ފެށިއެވެ. ނަމަވެސް ޒުލްފައްތަ އާއި ދިމާލައް އެކަތި ވެސް ނުބުނީ ކައިވެނި ކޮއްގެން އަދި މާގިނަ ދުވަސް ނުވާތީ އިތުރު މައްސަލަ ތަކެއް ނުއުފައްދަން ވެގެންނެވެ.
ދުވަސް ތައް މި ގޮތުގައި ފާއިތު ވަމުން ގޮސް ދެން އަހަރެންގެ ދިރިއެޅުމައް އައީ އަހަރެންގެ ހަޔާތުގެ އެންމެ ކަނުއަދިރި ވެގެން ދިޔަ ދުވަސް ތަކެވެ. ހީ ވެސް ނުކުރާ ކަހަލަ އަދިރި ވަޅުގަނޑަކައް އަހަރެން ވެއްޓި ގެން ދިޔަ އީއެވެ. ހިތާމަ އާއި އުދާސް ކަމަާ، އަނިޔާ އާއި ބިރުވެރިކަން އަހަރެން ގެ ދިރި އުޅުމުގައި ރަސްކަން ކުރަން ފެށީއެވެ.
ކުރިން ނޭން ގޭ އެތަކެއް ހަގީގަތެއް އަހަން ނައް އިންގިގެން ދިޔައީއެވެ. ބަނަ ވަމުން ދިޔަ އަހަރެންގެ ދިރިއެޅުމައް އަންނަން އޮތް ތޫފާނުގެ ވައި ޖެހެން ފެށީއެވެ. ހީވެސް ނުކުރާ ކަންތައް ތަކަކާ އަހަންނައް ކުރިމަތި ލާންޖެހުނީ ގިސްލާ ރޮއެ އާދޭސް ކުރަ މުންނެވެ. އެކަނި ވެރިކަން އަހަރެންގެ މުޅިދިރި އުޅުން ފޭރި ގަތު ނީއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.

Seems nice.. Waiting for next episode.. How often are you planning to upload?
Thanks… Kurevunu avahakah dhaanyy up kuramun… ????
Varah reethi
Thank you
Typing mistakes eba huri…… But mi part ves vvvv reethi ingey????❤️❤️❤️❤️vvvv loabi part Roy mee….. Reekko????I m curiously waiting for the next part ingey????keep up your great works???dhonthi will always support you❤️❤️❤️❤️and love you so much????❤️❤️❤️❤️
Oops…. Not part Roy… Part eiy
Thanks you… Keep waiting next time mistakes will be improved.. Lots of love from me ?❤️?
Kudhi mistakes ebahuri..Ekm mi part vec vv rythi ingey..I’m so curious…plc next part thankolheh dhigukohlahchey..waiting ❤❤?
Thank you jiji… Next time mistakes will be improved…. Keep waiting… Ly❤️??
Reekko main character he nan Kogan.Varah salhi . ?curiously waiting for the next?????
Keep waiting… ?❤️?
Vara reethi
Your are great story writer
Well done ???❤❤❤?
Thank you…. ❤️?
??????Reekko….kobaa next partt
Dear it’s in pending ??
Great