Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…37

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 11, 2019 9 Mins Read
16 Comments

ސްކޫލަށް ދެދުވަހު ހަމްޒާ ސަލާން ބުންޏެވެ. އެދެދުވަހު ރައިހަނާގެ މޫނު ނުފެނުމުން ހަމްޒާގެ ހިތް އާދަޔާ ޚިލާފަށް ވަނީ ނުތަނަވަސްވެފައެވެ. އެދެދުވަހު އަންޖަލް އޭނާގެ ހާލު ބަލަން އަންނައިރު ރައިހާނާ އާދޭތޯ ހިތާހިތުން ދުޢާ ކޮށްލެވެއެވެ.
ހަވީރުގެ ވަގުތެވެ. ގޭގައި އޮންނަން ޖެހުމުން ހަމްޒާ އޮތީ ފޫހިވެފައެވެ. ލިއާވެސް އެގަޑީ މިރާޝްއާ އެކީ ވީ ބޭރަށް ގޮހެވެ. އެނދުގައި އޮށޯވެލައިގެން ފޯނާ ކުޅެން ހަމްޒާ އޮތެވެ. “ޕިސްޕިސް. ރެސްޓް ކުރަން ބުނީމަ ފޯނާދޯ ކުޅެނީ” ހަމްޒާ ކޮޓަރިއަށް ވަދެގެން އައި އަންޖަލް ދިޔަ ގޮތަށް ގޮސް އޭނާގެ ފޯނު އަތުލިއެވެ. ހަމާޒާ ރުޅިއައި ކަމަށް ހެދެމުން ތަންކޮޅެއް ބާރަށް އަންޖަލްއަށް ގޮވާލިއެވެ. “ނުލިބޭނެ ފޯނެއް. މިއައީ ވަރަށް ބޮޑު ވާހަކައެެއް ދައްކާށޭ” ސައިޑް ޓޭބަލް މަތީ ފޯނު ބާއްވަމުން އަންޖަލް ހަމަޖެހިލައިގެން ހަމްޒާގެ އެނދުގައި އިށީނެވެ. ހަމްޒާވެސް ކަންނަެއް ގޮތަކަށް ތެދުވެފައި އެނދުގެ ފަޑީގައި ލެގިލިއެވެ. އަންޖަލް ދެއްކި ވާހަކަ އަޑު އަހާފައި ހަމްޒާގެ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަންޖަލް ދެއްކި ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން ބޯވެސް ޖެހިއެވެ.

ވޭތުވެ ދިޔަ ދެދުވަހު ޒިވާންއާ ރައިހަނާ ވަނީ ގާތް އެކުވެރިންނަށް ވެފައެވެ. މާޒީ ހަނދާންނައްތާލާފައި އާފެށުމަކުން ދެޒުވާނުންވެސް ފެށިއެވެ. ހަމްޒާގެ ހާލު ކިތަންމެ އެގެން ބޭނުންވިއަސް އަންޖަލް ގާތުވެސް އަހާލާކަށެއް ނުކެރެއެވެ. ހަމްޒާ ހޮސްޕިޓަލްގައި އޮތް ދުވަހު ގުޅާފައި ހަމްޒާގެ ހާލު ބުނިފަހުން އަންޖަލް އެއް ފަހަރުވެސް ހަމްޒާގެ ނަންވެސް އޭނާ ގާތު ނުގަނެއެވެ. އެހެންވެ ހަމްޒާގެ ހާލު އަހަން ރައިހާނާ ޖެހިލުންވަނީއެވެ. ސްކޫލް ދެތިން ޓީޗަރެއްގެ ފަރާތުން ހަމްޒާ އެއްކީހެން ރަނގަޅު ކަމަށް ބުނި އަޑު އޭނާ އެހިއެވެ.

ހަމްޒާގެ ފަރާތުން ކުރީގެ ހަނދާންތައް އާވިކަމުގެ އެއްވެސް ނިޝާނެއް ނުފެންނާތީ ލީމް ހިތްހަމަޖެހުނެވެ. އެހެނަސް އަދިވެސް އެހިތުގައިވި ބިރުވެރިކަން ފިލައި ނުދެއެވެ. ލީމްއަށް ނޭންގުނު ކަމަކީ ހަމްޒާ ގަސްތުގައި އެ ގޮތަށް ހެދިގެން އުޅުނީކަމެވެ. އަންޖަލްއާ ސުނައިނާ ފިޔަވާ އިތުރު އެކަކަށްވެސް ހަމްޒާގެ ހަނދާންތައް އާވިކަމެއް ނޭންގެއެވެ.

ފަތިހު ފަތިހާ ހަމްޒާ ހޭލައިގެން ސްކޫލަށް ދާން ތައްޔާރުވިއެވެ. އަޅި ކުލައިގެ އަތް ދިގު ގަމީހަކާ ކަޅު ކުލައިގެ ސްކިނީ ފަޓުލޫނުގައި ހަމްޒާ ފެންނަލެއް ނުހަނު ރީއްޗެވެ. ގަމީހުގެ އަތުކުރި އަތުހުޅަށް ވަުރެ ތަންކޮޅެއް މައްޗަށް އޮޅާފައި އޮތުމުން އަތުގެ ނާރުތައް ރީތިކޮށް ފެންނަން ހުއްޓެވެ.
“ހޮއެހޮއެ. މިއަދު މަގޭ ކޮއްކޮ ހާދަ ހޭންސަމްއޭ” ހަމްޒާއަށް ކޮފީތަށި ދިއްކޮށްލަމުން ސުނައިނާ ހަމްޒާއަށް ތައުރީފުކޮށްލިއެވެ. ލުއި ގޮތަކަށް ހިނިތުންވެފައި ހަމްޒާ ކޮފީ ތަށިއެއްކޮށް ބޯލިއެވެ.

ރައިހާނާއަށް އެންމެ ފުރަތަމަވެސް އެރުނީ ހަމްޒާ ކުރިމައްޗަށެވެ. ހަމްޒާގެ ސީރިއަސްކަން ފެނި ރައިހާނާއަށް ހިންދިރުވާލެވުނެވެ. މޫނު މައްޗަށް އަރާފައި ހުރި ކުލަވަރުން ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭހެންނެވެ. “މިއަދު ތިންވަނަ ގަޑި ފްރީއެއްނު. އެގަޑީގަ އެލްޓީސް ރޫމަށް” އެވަރަށް ބުނެފައި ހަމްޒާ ހޯލާ ދިމާއަށް ހިނގައިގަތެވެ. ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލުމަށްފަހު ރައިހާނާ ސްޓާފްރޫމަށް ދާން މިސްރާބް ޖެހިއެވެ.
ރައިހާނާގެ މޫނަށްއައި ބަދަލުން ހަމްޒާއަށް ހުނުން ކޮންޓްރޯލް ކުރެވުނީ ކިރިޔާއެވެ. ހޯލްއަށް ވަންނަމުން އޭނާއަށް ހެވުނެވެ. ރައިހާނާ މިހާރު އޭނާދެކެ ޖެހިލުން ވާކަން އެނގުމުން ހަމްޒާއަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ތިންވަނަ ގަޑި ޖެހުމާއެކު ރައިހާނާ އެލްޓީސް ރޫމަށް ދިޔައެވެ. ޓަކިޖަހާފައި ހުއްދަލިބުމުން އޭނާ ވަންއިރު ހަމްޒާ ފަރުވާތެރިކަމާއެކު ކޮންމެސް އެއްޗެއް ހަދަން އިނެވެ. ރައިހާނާ ވަނުމާއެކު އަތުގެެ އިޝާރާތުން އޭނާ ގާތަށް ދިއުމަށް އެދުނެވެ. ރައިހާނާގެ އަތްފައި ފިނިވެ ތުރުތުރު އަޅަމުން ދިޔައެވެ. ކުރިއަށް ފިޔަވަޅުވެސް އެޅެނީ އެހާ ލަހުންނެވެ. ހިތުގެ ތެރޭގައި ހީވަނީ ތޫފާނެއް އުފެދިގެން އުޅޭހެންނެވެ.
ހަމްޒާ ގާތު ގޮސް ހުއްޓިލުމާއެކު ފަހަތުގައި އިން ގޮނޑު އޭނާ ގާތަށް ޖައްސާލުމަށްފަހު އިށީންނަން އެދުނެވެ. “މިވިސްނަނީ ޢީދު ނިންމާފަ އަންނަ ދެވަނަ ވީކްގަ ހިސްޓްރީ ކުއިޒް މުބާރާތެއް އާޓްސް ކުދިންނަށް ބާއްވަން. ސާރ ބޭނުމީ ރައިހާނާ އޭތި ކޯޑިނޭޓް ކުރަން. އާޓްސް ކުދިންނަށް އެކަހަކަ ކަންކަން ވަރަށް ނުބޭއްވޭ ދެޓްސް ވައި” ރައިހާނާ ބޯޖަހާލިއެވެ. “ސާރ. މީ ކުއިޒްއަކަށް ވުރެ ބޮޑަށް ހިނގާ ސްޓޭޖް ޑްރާމާ ކަހަލަ އެއްޗެއް ބާއްވަން. ކޮންމެ ކްލާހަކަށްވެސް ދޭނީ އަހަރުތަކެއް. އަހަރުތަކުގެ ތެރޭގަ ހިނގާފަ ހުރި ކޮންމެސް އެއް ހިސްޓޮރިކް ކަމެއް އެކުދިން ކުޅެން ޖެހޭނީ. ދިސް އިޒް ސަމްތިން އައި ވޯންޓެޑް ޓު ޑޫ ވެން އައި ވޯޒް އަ ސްޓޫޑެންޓް.” އާދަޔާ ޚިލާފު ޖޯޝަކާ ފޯރިއެއްގައި ރައިހާނާ ބުނެލިއެވެ. “ނައިސް. އެކަމް ތީތި ޖެހޭނީ އެސް އެމް ޓީއާ މީޓްކޮށްފަ އެމީހުންގެ ބަހެއް ހޯދާފަ ފައިނަލް ކުރަން. މިއަދު އޮންނަ އެސްއެމްޓީ މީޓިގަ ޑިސްކަސް ކޮށްލާފަ އޭތި އޯކޭ ވެއްޖެޔާމުން މާދަމާ ބުނެލާނަން. ދެން އެންމެ ރަނގަޅު ދިޔަސް” ރައިހާނާ ހިނިތުންވެލުމަށްފަހު ނުކުމެގެން ދިޔައެވެ. ރައިހާނާ ނުކުންނަން ދެކަށްކަޅިވެސް ޖަހާނުލައި ހަމްޒާއަށް ބެލުނެވެ. އާދައިގެ ކަޅު ހެދުމަކާ ކަޅު ކުލައިގެ ޝޯލެއް އަޅައިގެން ހުރުމުން ރައިހާނާ ނުހަނު ފުރިހަމައެވެ. އެއްވެސް މޭކަޕަކާ ނުލާވެސް އެރީތިކަން އިންތިހާއެވެ. ފިރިހިނުންގެ ހިއްތަށް ކަތިލާފަދަ ވިދުމެއް އެދެލޮލުގައި ވެއެވެ.

ޒިވާންއާ ރައިހާނާ ކެންޓީނުގައި ތިބިއިރު ކޮންމެ މީހެއްގެ ލޯވެސް އަމާޒުވެފައި ހުރީ އެދެ ޒުވާނުންނަށެވެ. ބައެއް މީހުން އަނގަ ނަގައިގެން ބަލަން ތިބިއިރު އަނެއްބައި މީހުން އެކަކު އަނެކަކު ކަންފަތް ދޮށުގައި ސިއްރުން ކޮންމެސް އެއްޗެއް ބުނެލައެވެ. އެއިން ކަމަކަށް އަޅާވެސް ނުލައި ޒިވާންއާ ރައިހާނާ ތިއްބެވެ. ޒިވާން ބުނެލާ އެއްޗަކުން ރައިހާނާ ހިނިގަނޑެއް ޖަހާލައެވެ. އެދެމީހުން އުޅޭ ގޮތުން ހީވަނީ ދެލޯބިވެރިންހެންނެވެ. ބައެއް އަންހެން ކުދިން ހަސަދައިގެ ބެލުމަކުން ރައިހާނާއަށް ބަލަމުން ދިޔައެވެ.

ކެންޓީން ތެރެއަށް ވަން ހަމްޒާއަށް ހިނިތުންވެފައި ޒިވާންއާ ވާހަކަދައްކަން އިން ރައިހާނާ ފެނި ހުއްޓުން އެރިއެވެ. ރައިހާނާ މޫނު މަތިން އެހެންޏާ ނުފެންނަ ވިދުމެއް މިއަދު އެމޫނުން ފެނެއެވެ. ދެލޯ ހަނިކޮށްފައި ހީލާ ގޮތުން ރައިހާނާގެ ރީތިކަން އިތުރަށް ފުރިހަމަ ވެގެން ދެއެވެ. ޒިވާންއާ މެދު ހަމްޒާ ހަސަދަވެރިވިއެވެ. ޒިވާންގެ ބަދަލުގައި އެމަގާމުގައި ހުންނަން ޖެހޭނެ މީހަކީ އޭނާކަމަށް ހިތް ބުންޏެވެ. ޒިވާންއާ ރައިހާނާ ނުފެންނަ ކަމަށް ހެދެމުން ހަމްޒާ ގޮސް އެހެން ދެޓީޗަރުން ތިބި މޭޒެއްގައި އިށީނެވެ. އެހެނަސް ހަމްޒާގެ ކަޅި ދޭތެރެއަކުން ރައިހާނާއަށް ހުއްޓެއެވެ.

ވަރުގެ ކޮޅަށް ނަލަހެދިލައިގެން ލީމް ގެއިން ނުކުތީ ހަމްޒާއާ ބައްދަލުކުރަން ދާށެވެ. މަޑުފެހިކުލައިގެ ގަމީސް ޓޮަޕަކާއެކު ކަޅު ޖިންސަކާ ކަޅު ޝޯލެއް އަޅައިގެން ހުރިއިރު ސިފަ ގެއްލޭ ވަރަށް މޭކަޕްކޮށްފައެވެ. އަރައިގެން ހުރި ބޫޓުގެ ކަށީގެ އަޑު މުޅި ހިސާބުގައި ގުގުމައިފައި ހުއްޓެވެ. “ލީމް ވެއިޓް” ލީމްގެ ހިނގުން ހުއްޓުނީ ފަހަތުން ޒިވާންގެ އަޑުއިވުމުންނެވެ. ހިތަށް ގޮތެއްވިނަމަވެސް ލީމް އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. މޫނަށް ހަރުކަށިކަން ގެންނަމުން ލީމް ޒިވާންއާ ކުރިމަތިލިއެވެ. “ވަޓް ޑޫ ޔޫ ވޯންޓް ޒިވާން؟” ދަތްކުނޑިވިކާލަމުން ލީމް އެހިއެވެ. “އައި ވޯންޓް ޔޫ” ރިހުން އެކުލެވޭ އަޑަކުން ޒިވާން ބުނިގޮތުން ލީމްގެ ހިތަށް އަސަރުކުރިއެވެ. ޒިވާން މޫނުގައިވި އަސަރަކުން ލީމްއަށް ރޮވިދާނެހެން ހީވިއެވެ. ޒިވާންއާ ހަތަރުކަޅި ބައްދަލުވީ ހިނދު ޒިވާންގެ ތޫނު ނަޒަރު ލީމް ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރިއެވެ. ހިނދުކޮޅަކަށް ލީމްގެ ހިތް އޭގެ މަގާމު ދޫކޮށްފައި ދިޔައެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ރައްދުގައި އެންމެ ބަހެއްވެސް ބުނެނުލައި ލީމް ހިނގައިގަތެވެ. ލީމް ދިޔަ ދިމާއަށް ބަލަން ހުރި ޒިވާންގެ މޫނު މަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ލީމްގެ ހިތުގައި އޭނާއަށް އިހްސާސްވާކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ބާރު ހިނގުމެއްގައި ލީމްއަށް ހަމްޒާމެން ގެއަށް ދެވުނުއިރު މުލިމީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ބާރަށް ހިނގުމުގެ ސަބަބުން މައިނޭވާލެވެމުން ދިޔައެވެ. ޒިވާން ހަމަ ރަނގަޅަށްވެސް އޭނާގެ އިހްސާސްތަކާ ކުޅެލައިފިއެވެ. ލޮލުގައި ބޮނޑިވަމުން ދިޔަ ކަރުނަތައް ފައިބައިފާނެތީ ދެލޯ މަރާތަގުޅިކޮށްލިއެވެ. ޕާކުކޮށްފައި އޮތް ކާރެއްގައި ހިފަހައްޓައިގެން ލީމް އޮތެވެ.
ފަހަތުން ކޮނޑުގައި މީހަކު އަތް ޖަހާލުމާއެކު ސިހިފައި ލީމްއަށް އެނބުރެވުނެވެ. “ލީމް އާ ޔޫ އޯކޭ؟” ކަންބޮޑުވެފައި ހުރި ހަމްޒާ ފެނުމުން ލީމްއަށް ބޯޖަހާލެވުނެވެ. މީހާ ހަމައަކަށް އެޅެމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރިވިއެވެ. “ހަމްޒާ ކޮން ވާހަކައެއް ދައްކަން މީޓް ކުރަން ބުނީ؟” ލީމް މަސައްކަތް ކުރީ އެއްވެސް ކަމެއް ނުވާކަން ދައްކާށެވެ. ހަމްޒާވެސް އިތުރު ސުވާލެއް ނުކޮށް ލީމް ގޮވައިގެން ގޭ ކުރިމަތީއިން ރެސްޓޯރަންޓަށް ވަނެވެ.

ލެޕްޓޮޕުން ފިލްމެއް ބަލަން އިން ރައިހާނާގެ މޫނުވަނީ ރަތްވެފައެވެ. ދޭތެރެއަކުން ނޭފަތްދަމާ ގޮތުން ރޮނީކަން އެނގެއެވެ. ރައިހާނާ އިނީ ސިޓިން ރޫމް ސޯފާއަށް ދެފައި ނަގައިގެން އުނގުގައި ލެޕް ޓޮޕް ބަހައްޓައިގެންނެވެ. ސޯފާ ތިރީ ބިންމަތީގައި ތެލުލިބަނބުކެޔޮ ތަށްޓެއް އިނެވެ.
ކޮޓަރީގައި އޮތް ރީހާން ބޭރަށް ނުކުތީ ރައިހާނާ ރޯހެން ހީވެގެންނެވެ. ކަންބޮޑުވެގެން ނުކުމެ ބަލާލިއިރު ފިލްމް ބަލަން އިން ރައިހާނާ ފެނުމުން ރީހާންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
“ސާބަސް އެނގޭ ދޮންތިއަށް. ކޯއްޗެއް ބަލާފަތަ ތި ރޮނީ؟” ފުރަތަމަ ފަހަރު ރީހާން ގޮވިއިރު ހެޑްސެޓް އަޅައިގެން އިނުމުން ރައިހާނާއަކަށް އަޑެއްްނީވުނެވެ. ރީހާން ފިލްމް ޕޯސްކޮށްފައި ރައިހާނާ ކަންފަތުން ހެޑްސެޓް ނައްޓާލިއެވެ. “ދެން ރީއްކޯ. އެންމެ ސަޅި ތަންކޮޅޭއެއީ” ރައިހާނާ ރީހާންގައިގައި ބޮނޑިއެއް އަޅާލިއެވެ. “ސީރިއަސްލީ ދޮންތީ. މިބަލާފަ ތި ރޮނީ!! ހަހަހަހަ” ރައިހާނާ ބަލަން އިނީ ސީރީޒްއެއް ކަމަށްވާ ގުޑްޑޮކްޓާރކަން އެނގުމުން ރީހާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެބަލާފައި ރައިހާނާ ރޯންޖެހުނު އެއްވެސް ސަބަބައެއް އޭނާއަކަށް ނޭންގުނެވެ. “ހެވޭ މަލާމަތް ނުކުރިއަސް. ރީއްކޮވެސް މި ބަލަން އާދެބަ އޭރުން އިނގިދާނެ ތިވަރަށް ހެވޭނެތޯ. ޕުއާރ ޝޯން” ރައިހާނާ ތުން ދަމައިގެން އިނދެ ފައްޗަކަށް އަމުނާލިއެވެ. ރަައިހާނާއަކީ ބޮޑު މޮޔައެކޭ ކިޔާ ރީހާން މަލާމަތްކުރިއެވެ. ރައިހާނާވެސް ދެރަނުވާންވެގެން އެކިއެއްޗިހި ކިއެވެ. ދެކުދިން ނިދަން ދިޔައީ ޝައުފާއާ ރުހާމްއަށް ގުޅައިގެން ވާހަކަ ދައްކާފައެވެ.

ހަމްޒާއާ ބައްދަލު ކުރަން ގޮސްފައި ގެއަށް އައި ލީމްގެ މޫނު މަތީގައިވަނީ ހިނިތުންވުމެކެވެ. ހިތްއެދޭ ގޮތަށްކަންތައް ވާން އުޅޭކަމުގެ ފެހި ސިގްނަލް ހަމްޒާގެ ފަރާތުން އޭނާއަށް ލިބިއްޖެއެވެ. އޭނާ ބޭނުންވަނީ ޒިވާންގެ އުނދަގޫ މާ ބޮޑު ނުވަނީސް ހަމްޒާގެ މީހަކަށްވާށެވެ. މާގިނަ ދުވަސް ވާން ހަދައިފިނަމަ ޒިވާން އޭނާގެ ހިތް އަނބުރާލަފާނެކަމުގެ ބިރުބޮޑެވެ. އެހެން ވާކަށް ލީމް ބޭނުމެއްނޫނެވެ.

ހަމްޒާފެ އެދުމުގެ މަތިން ރައިހާނާ ދެވަނަ ގަޑި ނިންމާފައި ހަމްޒާއާ ބައްދަލު ކުރަން އެލްޓީސް ރޫމްއަށް ދިޔައެވެ. ހަމްޒާގެ އިތުރުން ސެޝަން އިންޗާޖްވެސް އެވަގުތު އެތަނުގައި ހުއްޓެވެ. އަދަބުވެރިކަމާއެކު ރައިހާނާ ސަލާން ގޮވާފައި ހަމްޒާ ބުނި ތަނުގައި ގޮސް އިށީނެވެ. ބައްދަލުވުން ނިމުނުއިރު ރައިހާނާ މޫނު މަތިން ފެނުނީ އުފާވެރިކަމެވެ. އޭނާ ހުށަހެޅި ހުށަހެޅުން ސްކޫލްގެ އިސްފަރާތްތަކުން ވަނީ ގަބޫލުކޮށްފައެވެ. ހަމްޒާގެ ދަށުން އެހަރަކާތް ހިންގުމުގެ ފުރިހަމަ ބާރު ސްކޫލްގެ އިސްވެރިން ރައިހާނާއަށް ދިނެވެ. ރައިހާނާގެ ލޮބުވެތި ހިނިތުންވުމަށް ގެއްލިފައި ހަމްޒާއަށް އިނދެވުނެވެ. އެހިނިތުންވުން ދުށުމަށް އޭނާގެ އެދެމުންދާތާ ކޮންދުވަހެއް ހެއްޔެވެ. އޭނާގެ ހަނދާންތައް ފުހެވިގެން ދިޔަސް އެހިތުގައިވި އިހްސާސްތައް ބަދަލެއްނުވެއެވެ. އެކަމުގެ ހެއްކަކީ ލީމްއާއެއްކޮށް އުޅުނުއިރު އޭނާ އެދޭފަދަ ހިތްހަމެޖެހުން ނުބިލިބުމެވެ. އަދި ވޭތުވެ ދިޔަ ފަސްއަހަރު އަބަދުވެސް ހުސްކަމެއް އޭނާއަށް އިހްސާސްވަމުން ދިޔަކަމެވެ. ރައިހާނާ އޭނާއާ ވާހަކަ ދައްކާކަންވެސް އެނގުނީ ދެތިން ފަހަރު ގޮވާލުމުންނެވެ. ރައިހާނާ މޫނަށް އަރާފައި ހުރި ޖަންބުކުލައިން އޭނާ ބެލި ވަރުން ރައިހާނާ ލަދުގަތީކަން އެނގުނެވެ. “ސާރ އަޅުގަނޑު ބުނީ ބްރޭކަށް ދިއުމުގެ ކުރިން ކުދިންނަށް މިކަންތައް އަންގާފަ އެކުދިންނަށް ރެޑީވާން ޓައިމް ދިނިއްޔާމުން ކިހިނެއްތޯ ވާނީ؟ އަޅުގަނޑު ހުންނާނެ ބައެއް ހިސްޓޮރިކަލް އިވެންޓްސްތައް ނަގާފަ. މިފަހަރު އަޅުގަނޑު ބޭނުމީ ދިވެހި ތާރިޚުގައި ހިނގާފަ ހުރި ކަންތައްތައް އެކުދިން ލައްވާ ކުޅުވަން. މިއޮތީ އަޅުގަނޑު ނަގާފަ ހުރި ބައެއް ހާދިސާތައް” ހަމްޒާ ރައިހާނާގެ މަސައްކަތާ މެދު ފަޚުރުވެރިވިއެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އެކަން ކުރަން އާބަސްދިނީ ރައިހާނާގެ ކުޅަދާނަކަމާމެދު އޭނާ ޝައްކު ނުކުރާތީއެވެ. ދަރިވަރެއްގެ ގޮތުގައި އަދި މިހާރު ޓީޗަރެއްގެ ގޮތުގައިވެސް ރައިހާނާ އެދަނީ އެސްކޫލަށް ކުރިއެރުން ގެނެސްދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ނިކްހާތް އަންޖަލް އަދި ރައިހާނާ ހުކުރު ދުވަހު ހަވީރު ދިޔައީ ނިކްހާތްގެ ކައިވެނި ހެދުން ހޯދާށެވެ. އަންޖަލްއަކީ އެފަދަ ކަންކަން ކުރާ މީހުން ބަލާ ހޯދާ ކުއްޖަކަށް ވުމުން އަންޖަލް ނިކްހާތް ގޮވައިގެން ދިޔައީ ރާއްޖޭގައި ފާހަގަ ކޮށްލެވޭ ފަދަ ޑިޒައިނަރެއް ކައިރިއަށެވެ.
ދިހަބުރިއަށް ނަގާފައި އިންގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި ކުޑަ އޮފީހެއް ކަހަލަ ތަނަކަށް އަންޖަލް ނިކްހާތްއާ ރައިހާނާ ގޮވައިގެން ވަނެވެ. އޭރު ރިސެޕްޝަން ގޮތަށް ހަދާފައި ހުންނަ ތަނެއްގައި އެކުދިންނަށްވުރެ ތަންކޮޅެއް ދޮށީ ކުއްޖަކު ހުއްޓެވެ. އެއީ ކޮންމެސް ތާކުން ރައިހާނާއަށް ފެނިފައި ހުރި ކުއްޖެއްކަން އެނގުނެވެ. “ގާލްސް ދިސް އިޒް ނަވްޔާ” އަންޖަލް ނަވްޔާއޭ ބުނުމުން ރައިހާނާއަށް އެއީ ކާކުކަން އެނގުނެވެ. ރާއްޖޭގެ މަޝްހޫރް ފުޓުބޯޅަ ކުޅުންތެރިޔާ މާއިޒްގެ އަންހެނުންނެވެ. ނަވްޔާއާއި އިޝްމާ އަދި އިސްރާއެކީ ގުޅިގެން ޕާޓީތައް ޕްލޭންކޮށްދިނުމާ މޭކަޕް ކުރުމުގެ އިތުރަށް ހެދުން ޑިޒައިންކޮށް ދިނުމަށް ކުޑަ އޮފީހެއްވަނީ ހަދާފައެވެ. އެތިން ކުދިންގެ ބުރަ މަސައްކަތަުންވަނީ އެތަން ވަރަށް ބޮޑަށް ކުރިއަރުވާފައެވެ. މާނީ އަދިވެސް ދިރިއުޅެމުން ދަނީ އާރާޝްއާ އެއްކޮށް ސްޕެއިންގައި އުޅުނެއް ކަމަކު މާނީގެ އެހީވެސް ލިބެއެވެ. އެކުދިން ބޭނުންވާ ފަދަ މޭކަޕް ސާމާނުތަކާ ފޮތި ފަދަ އެއްޗިހި ފޮނުވަނީ މާނީއެވެ. އަންޖަލްއަށް އެކުދިންގެ ވިޔަފާރި ފެނުނީ އިންސްޓަގްރާމުންނެވެ. އައުމުގެ ދެދުވަސްކުރިން އަންޖަލް ނަވްޔާމެންނަށް މެސެޖް ކުރިއެވެ. ނަވްޔާމެން ކުންފުނީގެ ނަމަކީ “ނި.އި.އި.މް”އެވެ. އެއީ އެހަތަރު ކުދިންގެ ނަން އެއްކޮށްލާފައި ހެދި ނަމަކެވެ.
ނިކްހާތް ބޭނުންވީ ގޮ ތަށް ހެދުން ޑިޒައިން ކުރަން ނަވްޔާމެންނާ ހަވާލުކުރެވުނެވެ. ވިޝާހްއާ މަޝްވަރާ ކުރުމަށްފަހު ކައިވެނީގެ ހުރިހާ ކަމެއް ކުރަން އެކުދިންނާ ހަވާލު ކުރިއެވެ. ނަވްޔާމެން މަސައްކަތް ކޮށްދޭލެއް އަގުހެޔޮވެފައި ކޮލެޓީވެސް ރަނގަޅެވެ. ނަވްޔާއާއެކީ ހޭދަވީ ކުޑަވަގުތުކޮޅު ތެރޭ އެކުދިންގެ ގާތް އެކުވެރިޔަކަށް ނަވްޔާވިއެވެ. އިޝްމާއާ އިސްރާއާވެސް ދިމާވިއެވެ. ނަވްޔާއެކޭ އެއްފަދައިން އެދެކުދިންނާވެސް ނުހަނު އަވަހަށް އެކުވެރިވިއެވެ.

ނަވްޔާމެން އޮފީހުން ދެން އަންޖަލް ރައިހާނާއާ ނިކްހާތް ގޮވައިގެން ދިޔައީ ސުނައިނާމެން ގެއަށެވެ. ރައިހާނާ ފެނުމުން ދުވެފައި ލިއާ އައިސް ރައިހާނާ ގައިގައި ބައްދާލިއެވެ. ސަރްވާއާ ޝިމާންވެސް ޝިވަން ގޮވައިގެން އެގޭގައި ތިއްބެވެ. ސިޓިންރޫމްއަށް އަޅާލެވިފައި ހުރި ކުޅޭ އެއްޗިހިތަކުތެރޭ ހަމްޒާ އިށީންދެގެން ހުއްޓެވެ. ޝިވަން މަޖާވެފައި ހަމްޒާއެކީ ކުޅުންހުއްޓެވެ. ހަމްޒާވެސް ކުޑަކުއްޖެއް ފަދައިން ޝިވަންއާ އެކީކުޅުމުގައި ބައިވެރިވެގެން ހުއްޓެވެ.
ރައިހާނާ އަތުގައި ހިފައިދަމަމުން ލިއާ ގޮސް ހަމްޒާ ގާތު ރައިހާނާ ބޭންދިއެވެ. ޝިވަންއާ ލިއާ ކުޅޭ ކުޅޭ ތަށްޓަށް ސައި ހަދާފައި ހަމްޒާއާ ރައިހާނާއަށް ދިނެވެ. “ލިއާގެ ފޭވަރިޓް ދެކުދިންނަށް ދޭ ސްޕެޝަލް ޓީ” ލޯބިކޮށް ހީލަމުން ލިއާ ހަމްޒާއާ ރައިހާނާއަށް ޖޯޑު ދިއްކޮށްލިއެވެ. ރައިހާނާއަށް އޯއޭ ބުނެވުނީ ލިއާ އިންލެން ލޯބިކަމުންނެވެ. “ޔޫ އާ ސޯ ކިއުޓް ލިއާބޭބީ މާޝާﷲ” ޖޯޑު ބަހައްޓާފައި ރައިހާނާ ލިއާ ގެނެސް އޭނާ ގަޔާލާ ބޮނޑިކޮށްލިއެވެ. ލިއާ އިންނަލެއް ލޯބިކަމުން އެކުއްޖާ މޮޑެލާހިތްވެސް ރައިހާނާ ވެއެވެ. ރައިހާނާ ލިއާއާ ލޯބިކޮށްލުމުން ޝިވަން ގޮސް ހަމްޒާ އުނގުތެރެއަށް އެރުނެވެ.
ކުޑަކުއްޖެއް ފަދައިން ލިއާއާ ޝިވަންއާއެކީ ކުޅެނުން ދިޔައިރު ރައިހާނާގެ މޫނު މަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. ރައިހާނާ ގެނެސް އޭނާގެ މޭތެރޭގައި ފޮރުވާލަން ހަމްޒާ ބޭނުންވިއެވެ. ދެން ދުވަހަކުވެސް ދޫނުކުރާނަމޭ ބުނެ އަބަދުގެ އަބަދަށް އޭނާގެ ދެއަތު ތެރޭގައި ރައިހާނާ ގައިދުކުރަން ބޭނުންވިއެވެ.
އެގެއަށް އަސްލު އައި ސަބަބު އަންޖަލް ހާމަކުރީ އެންމެން ސައިބޯން ތިބިގަޑީގައެވެ. ބޮޑު ޢީދު ޗުއްޓީއަށް އެހުރިހާ އެންމެން ރައިހާނާމެން ރަށަށްދާން ރޭވުމެވެ. އޭރަށް ވިޝާހްއާ ނިކްހާތްގެ ކައިވެނިވެސް އޮންނާނީ ނިމިފައެވެ. އެދެކުދިން ހަނީމޫން ހަދަން އެރަށް ދާން ރަނގަޅުވާނޭ ބުނުމާއެކު ނިކްހާތް ލަދުން އިސްޖަހާލިއެވެ. ސުނައިނާއާ މިރާޝްވެސް ތިބީ ލިއާ ގޮވައިގެން އެރަށަށް ދާހިތުންނެވެ. އެރަށުގެ ރީތިވާހަކަ އެތައް ފަހަރަކު އެދެމީހުންވަނީ އަޑު އަހާފައެވެ. “އަޅޭ ރައި ވަރަށް ބިޒީ ވާނެ” ކުއްލިއަކަށް ސްކޫލްގައި އޭނާ ހިންގަން އޮތް ހަރަކާތް މަތިން ހަނދާންވުމާއެކު ދެރަވެލާފައި ރައިހާނާ ބުންޏެވެ. ތުންކޮޅު ދަމާލާފައި ހުރިގޮތުން ހީވަނީ ކުޑަކުއްޖެއްހެންނެވެ. ރައިހާނާ އިން ގޮތް ފެނި ހަމްޒާއަށް ނުހީ ނުހުރެވުނެވެ. “ލޮލް ހަމަ ހީވަނީ ބޭބީއެއްހެން” ރައިހާނާ ރުޅިއަރުވާލުމުގެ ނިޔަތުގައި ހަމްޒާ ބުންޏެވެ. ރައިހާނާ ހަމްޒާއާ ދިމާއަށް ލޯއަޅާލަމުން ތުން އަނބުރާލިއެވެ. ” ޗިލް ގާލް. ޢީދު ބްރޭކް އަންނަން އަދި ލައްކަ ގިނަ ދުވަސް އެބައޮތް އޭރަށް ވާއިރަށް ހުރިހާ ކަމެއް ރެޑީ ކުރާނީ މަވެސް ހެލްޕްވެދޭނަން. އޭރަށް އޯކޭއެއްނު. މަވެސް ބޭނުމޭ ޝިމާންގެ ސަސުރާލްމެން ރަށަށް ޖައްސާލާން” ރައިހާނާއަށް އެއްލޯ މަރާލަމުން ހަމްޒާ ބުންޏެވެ. ރައިހާނާއަށް ފާޑަކަށް ހަމްޒާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެތައް ދުވަހަކަށްފަހު ހަމްޒާގެ އެގާތްކަން ލިބުމުން ހިތަށް އުފާވެރިކަމެއް ލިބުނެވެ.
ސުނައިނާ އެދުމުން ތިން އަންހެން ކުދިން ގެއަށްލައިދޭން ހަމްޒާ ކާރުގައި ދިޔައެވެ. ރައިހާނާއަށްވުރެ ކުރިން ނިކްހާތްެއާ އަންޖަލް ގޮސް ފަހަތު ސީޓަށް އެރިއެވެ. އެހެންވެ ރައިހާނާ ޖެހުނީ ހަމްޒާއާއެކީ ކުރިއަށް އަރާށެވެ. އެންމެ ފުރަތަމަ ހަމްޒާ ގެއަށް ލާދިނީ ނިކްހާތްއެވެ. އެއަށްފަހު އަންޖަލްއެވެ. އަންޖަލް ގޮސް ގެއަށް ވަނުމުން ހަމްޒާ ކާރު ދުއްވާލިއެވެ. ހަމްޒާއާއެކީ އެކަނިވުމުން ރައިހާނާގެ އަތްފައި ފިނިވިއެވެ. ފިނިވެގެން ގޮސް މީހާ ތުރުތުރު އަޅަން ފެށުމުން އިނގިލިތަކާ ކުޅުނެވެ. ދޭތެރެއަކުން ހަމްޒާ ވަށްކަޅިން ރައިހާނާއަށް ބަލާލައެވެ. މާލޭގެ ބޭރުމަގުން ލާފައި ހަމްޒާ ދުއްވިއެވެ. އޭނާ ހުރީ ރައިހާނާ އަނގައިން ބުނޭތޯއެވެ. އަންޖަލް ކާރުގައި އިން އިރު ހުއްޓާ ނުލައި އަނގަތަޅަމުން ދިޔައެވެ.
“ކިހިނެއްތަ ހާލު؟” އެދެމެދުގައިވީ ހަމަހިމޭންކަމުން އުނދަގޫވެގެން އެންމެ ފަހުން ހަމްޒާ އަހާލިއެވެ. ރައިހާނާ ފާޑަކަށް ބަލަން އިނދެފައި ރަނގަޅޭ ބުންޏެވެ. އަދި ހަމްޒާ މިހާރު ކިހިނެއްތޯ އެހިއެވެ. “ވަރަށް ރަނގަޅު. މްމް ޔޫ ޑޯންޓް ހޭވް ޓު ބީ ފޯމަލް. ހަމްޒާ ކިއަސް އޯކޭވާނެ. އަހަރުން މިހާރު މީ ފްރެންޑްސް އެއްނު” ރައިހާނާ ހަނދާންވީ މީގެ ކުރިން ހަމްޒާ އެހެން ބުނި ދުވަސްމަތިންނެވެ. އެދުވަސްތައް ހަނދާންވުމާއެކު ރައިހާނާއަށް ހިނިތުންވެވުނެވެ. އެހިނިތުންވުމުގައި އެތައްހާސް ވޭނާ ހިތްދަތިކަންވެއެވެ. ދައްކާނެ އިތުރު ވާހަކައެއް ނޭންގުމުން ހަމްޒާ ރޭޑިއޯ ޖައްސާލިއެވެ.
ފުހެލީ ތިބާ މިނަން ތިޔަ ހިތުން މަށާ މިހާރު ވަކިވީހޭ،
ބުނާށެ ލޯބިނުވަނީހޭ، ބުނާށެ ލޯބި ނުވަނީހޭ،
ފުހެލީ ތިބާ މިނަން ތިޔަ ހިތުން މަށާ މިހާރު ވަކިވީހޭ،
ބުނާށެ ލޯބިނުވަނީހޭ ، ބުނާށެ ލޯބި ނުވަނީހޭ.
ރައިހާނާއަށް ހީވީ އޭނާގެ ހިތުގައިވި އެއްޗެއް ލަވަކިޔުންތެރިޔާ ލަވައިގެ ސިފައިގައި ކިޔާލިހެންނެވެ. މެއަށް ބާރުވާން ފެށުމާއެކު ދެލޯމަރާ ތަގުޅިކޮށްލެވުނެވެ. މޭގައި ބާރަށް ހިފަހައްޓައިގެން އިނދެ ހަމްޒާއަށް ނުފެންނަ ގޮތަށް މޫނު އަނބުރާލިއެވެ.
ހަމްޒާ އަވަހަށް ރޭޑިއޯ ނިއްވާލީ އެލަވައިން ރައިހާނާއަށް އުނދަގޫވީކަން އެނގުމުންނެވެ. ކިތަންމެ ބޭނުންވިއަސް އަދިއަކު ހަގީގަތް ހާމަކުރެވޭކަށް ހަމްޒާއަކަށް ނެތެވެ.
“އައި އޭމް ސޯ ސޮރީ ބިއުޓިފުލް”. ރައިހާނާ ކާރުން ފައިބައިގެން ގެއާ ދިމާއަށް ދުއްވައިގަތުމުން ހަމްޒާއަށް ބުނެވުނެވެ.
ރައިހާނާ ދުވެފައި ގޮސް ގެއަަށްވަންއިރު އޭނާއަށް ހުރީ ރޮވިފައެވެ. ރީހާންެއަށް ފެނުމުގެ ކުރިން އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ބައިގަޑިއެއްހާއިރު ދޮރުގައި ލެގިގެން ރޯންއިނދެފައި ހިތްފުރޭވަރުވުމުން ފާޚާނައަށްވަދެ މޫނު ދޮވެލިއެވެ. އޭރުވެސް ރައިހާނާ ބޯތެރޭގައި އެނބުރެމުން ދިޔައީ އެލަވައެވެ. އެލަވަ މަތިން ހަނދާން ނައްތާލަންވެގެން ރައިހަނާ ލެޕް ހިފައިގެން އެެނދައްއަރާ ސީރީޒް ބަލަން ފެށިއެވެ. މޫޑު ރަނގަޅުވޭތޯ ފްރެންޑްސް އަޅުވާލިއެވެ. ފްރެންޑްސްގެ ދެތިން އެޕިސޯޑް ބަލާ ނިމުނުއިރު ރައިހަނާ އިނީ ހީހީ ވަރުބަލިވެފައެވެ. ބާރަ ޖެހުމުން ލެޕް ބާއްވާފައި ނިދަން އޮށޯތެވެ.

ހަމްޒާ ބުނި ފަދައިން އޭނާ ދިޔައީ ރައިހާނާއަށް އެންމެ ފުރިހަމައަށް އެހީތެރިވަމުންނެވެ. ކުދިންނަށް އެއިވެންޓް ކުރިއަށް ދާނެ ގޮތާ ސްޓޭޖް ޑްރާމާ ހުށަހަޅާއިރު ބޮޑަށް ބަކަންވީ ކޮންކަންތައްތަކަކަށްކަންވެސް ކިޔާދިނެވެ. އެކްޓް ކުރަން އުނދަގޫ ކުދިންނަށް ރައިހާނާ އެކްޓް ކުރަންވެސް ދަސްކޮށްދިނެވެ. ރައިހާނާއާ ހަމްޒާގެ ގުޅުން ބަދަހިވިއެވެ. ހަމްޒާ ރައިހާނާއާ ކުރާ ސާމަސަތައް ގިނަވާން ފެށިއެވެ. ރައިހާނާގެ ހިތަށް އެކަމުން ތަސައްލީއެއް ލިބެމުން ދިޔައެވެ.

ވިޝާހްއާ ނިކްހާތް އެމީހުންގެ ކައިވެންޏަށް ތައްޔާރުވަމުން ދިޔައެވެ. ސްކޫލްގައި ބިޒީކަމުން ރައިހާނާއަށް އެހީތެރިވެ ނުދެވުނަސް އަންޖަލްއާ ރީހާން އެންމެ ފުރިހަމައަށް އެހީވަމުން ދިޔައެވެ.

ޒިވާން ލީމްގެ ފަހަތުން ހިނގުން ހުއްޓައެއްނުލައެވެ. އޭނާގެ ހިތަށް އަނިޔާ ނުދޭށޭ ކިޔާ އާދޭސްކުރިއެވެ. ރަސްރަނި ކައިރިން ލީމް ވެއްޓި އަތްބިންދައިގެން ދިޔަ ދުވަހުގެ ފަހުން އެދެމީހުންގެ މެދުގައި ރަހްމަތްތެރިކަން އުފެދި ލޮތްބައް ބަދަލުވިއެވެ. ޒިވާން ލީމްއަށް ލޯބި ހުށަހެޅިރޭ ވެގެން ދިޔައީ ހަމްޒާ އެކްސިޑެންޓްވިރެއަށެވެ. ދެވަނަ ފަހަރަށް ޒިވާންގެ ހިތްކުދި ކުދިވިރެއަށެވެ.

ނިކްހާތްގެ ވެޑިން ޑްރެސް ބަލާ ދިޔައީ ރައިހަނާއެވެ. ރައިހާނާ ދިޔައީ ރޭގަނޑު ސްކޫލު ނިންމާފައި ކަމުން ހަމްޒާ ރައިހާނާ ލައިދޭން ދިޔައެވެ. އެވަގުތު އެތަނުގައި ހުރީ ނަވްޔާގެ ބަދަލުގައި އިސްރާއެވެ. ހަމްޒާއާއި ރައިހާނާއެކީ ފެނުމުން އިސްރާ ހީކުރީ ކައިވެނިކުރާ ކުއްޖާއަކީ ރައިހާނާ ކަމަށެވެ. ހަމްޒާ ގާތު އިށީންނަން ބުނެފައި ރައިހާނާ ގޮވައިގެން ކުޑަ ކޮޓަރިއެއް ކަހަލަ ތަނަކަށް ވަނެވެ. ރައިހާނާ އެއިން ގޮތަށް ބައިންދާފައި ހުދުކުލައިގެ ބޮޑު ހެދުން ރައިހާނާ ގަޔަށް މަހާލިއެވެ. ރައިހަނާ އެއްޗެކޭ ބުނަން އުޅުމުން ވާހަކަ ދެއްކިޔަކަ ނުދިނެވެ. މޭޒުމަތީގައި ބާއްވާފައި އޮތް ހުދުކުލައިގެ ޝޯލް އެއްވެސް ޕިނެއް ބޭނުން ނުކޮށް ރީތިކޮށް އޮޅާލަ ދިނެވެ. ހެދުމާއެކީ އަރަންވީ ބޫޓަށް ރައިހަނާ އެރުވިއެވެ. ހެދުން މަތިން ލައިގެން އިންއިރު ރައިހާނާގެ ގަޔަަށް އެހެދުން ހެޔޮވަރެވެ. ނިކްހާތްއާ ރައިހާނާ ހަށިގަނޑުން ދާތި އެއްވަރެކެވެ. ރައިހާނާ އަތުގައި ހިފައިގެން ހެވިފައި އިނދެ އިސްރާ ބޭރަށް ނުކުތެވެ.
ރައިހާނާ ހެދުން ހިފައިގެން އަންނަންދެކަށް ފޯނާކުޅެން އިން ހަމްޒާ އިސްއުފުލާލީ މީހަކު ކަރުކެހެލިއަޑަށެވެ. އިސްއުފުލާ ބަލާލި ހަމްޒާއަށް ހުއްޓުން އެރީ ހުދުކުލައިގެ ކައިވެނި ހެދުމުގައި އިން ރައިހާނާ ފެނިފައެވެ. ފަސްބައި ފުޅާކޮށް އިން އެހެދުމުގައި ރައިހާނާ ހީވަނީ ރީތިކަން ހުސްކޮށްގެން އިން ޕަރީއެއް ހެންނެވެ. އިސްޖަހައިގެން އިން އިރު ރައިހާނާގެ ކޯތާފަތް ވަނީ ރަތްވެފައެވެ. ހަމްޒާ އަނގަހުޅުވުނު ގޮތަށް އަނގަ ލައްޕަންވެސް ހަނދާންނެތުނެވެ. އޭނާއާ ރައިހާނާގެ ކައިވެނި ކުރެވޭތަން ޚިޔާލަށް ގެނެވުމާއެކު ބޭއިޚްތިޔާރުގައި ހަމްޒާއަށް ހިނިތުންވެވުނެވެ.
އިސްރާ ހެވިފައި އެދެޒުވާނުންނަށް ބަލަން އިނެެވެ. ހިތާހިތުން ރައިހާނާއާ ހަމްޒާއަށް ތައުރީފް ކުރިއެވެ.
ރައިހާނާ އިނީ އިސްއުފުލައި ބަލާލަންވެސް ނުކެރިފައެވެ. ހަމްޒާގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ސީދާ އޭނާގެ މޫނަށްކަން އެނގޭތީވެ ލަދުން ގޮސް މުޅި ކުއްޖާވަނީ ރަތްެވެފައެވެ. އޭނާ ހުރީ ކޮން ސިފައެއްގައި ކަމެއްވެސް ނޭންގެއެވެ. އޭނާ ބޭނުންވީ ބިންފަޅާފައި އަޑިއަށްދާށެވެ. “ވާއު ޔޫ ލުކް…” ހަމްޒާއަށް ޖުމްލަ ފުރިހަމަ ކުރާނެ ގޮތެއް ނޭންގުނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ޝާޒްލީން-ޓުރެއިލާރ

Next

ހިތި ހަނދާން 10

Next
June 11, 2019

ހިތި ހަނދާން 10

Previews
June 10, 2019

ޝާޒްލީން-ޓުރެއިލާރ

16 Comments!

  1. Kiyara says:
    June 11, 2019 at 12:34 am

    Salam. Here’s 37th part of bunaashey loabi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Mistakes baivaru huredhaane liye ninmmi gothah check ves nukoh mi up kury. Mihaa lahun up kihdheveythyve hurihaa kiyuntheringe kibain maafah ehdhen. Monday ga up kureveytho masakkai kurin ekam beynunvaa varah nukiyevunyma lasvy. Mi part ah target kohffa in word limit aky 2000 words ah vure madhu nuvun. 2000 words ah vureh ginain liyan vegen lasvy.
    One more thing. Mi vaahakiga mihaaru “Rastha” ge characters ves ulheyne. Eii spin off liyumuge kurin e characters ge migaaruge haalathu kuda koh kiyuntherinnah kiyaadheyn vegen. Kuriah huri parts gaves “Rastha” ge characters fenigen hingaidhaane. Mi vaahaka ge baeh characters laigen Rastha 2 kuriah gendhan ves eba visnan. Pls let me know ur views about it.

    1. Dhonthee says:
      June 11, 2019 at 12:53 am

      Salhi vaane thi goiy….. Hurihaa characters leema vvv reethi vaane… This is my view Ingey….

    2. jiji says:
      June 11, 2019 at 5:49 am

      ???E goiy salhi vaane kiyaa..

    3. jiji says:
      June 11, 2019 at 5:52 am

      Ma Sha Allah..vv rythi mi part…kehtherikan kolhunlaafa huhta story thi up kohdhiny..nd mistakes eh nufenun ingey…kiyaa whn next..I’m so curious to read the story..luw yuh??????????☺☺☺??????????????

  2. Aisha says:
    June 11, 2019 at 12:39 am

    ❤️❤️❤️❤️

  3. #!/ says:
    June 11, 2019 at 12:39 am

    Yes ..me first dho…kiyaa laafa comment kohlaanah

  4. Dhonthee says:
    June 11, 2019 at 12:50 am

    Alhey kiyara??? mi vaahakaigaves maanee menge bai leetha???vv miss vey raasthaa vaahaka mathin???Anyways mi part ves vvv reethi ingey??????????And hamza aa rai aa gulhuvaa avahah…. I m waiting for that????And also for the next part, I m curiously waiting Ingey???

  5. Ibsha says:
    June 11, 2019 at 4:29 am

    Varah reethi

  6. SCARLET❤ says:
    June 11, 2019 at 6:32 am

    It’s amazing.. just wow.. hama speechless.. alhe haadha reehchey.. hamxa n raii gulhuvabala alhe… Heyo nuvaane.. I luvv ur stry kiyaa

  7. M@! says:
    June 11, 2019 at 11:48 am

    Mashaa allah mee varah shalhi vaahkaeh.

  8. Bodu fooseh says:
    June 11, 2019 at 3:45 pm

    Haasaru kiyaaraa
    Next part than kolheh avahah up kurevey thoa balaa
    So we will like you

  9. hana says:
    June 11, 2019 at 6:11 pm

    next part kon irakun

  10. hana says:
    June 11, 2019 at 6:11 pm

    varah reeethi mi part …….. masha allah

  11. Ihlly says:
    June 12, 2019 at 10:52 am

    Vvvvvv salhi mi mibaaves
    When next pert??
    Can’t wait kiyaahithun????

  12. faathi says:
    June 12, 2019 at 1:44 pm

    @ jiji ….. ruhumuge lolakah aibeh nufennaane,,,,, hehe

    1. jiji says:
      June 12, 2019 at 7:41 pm

      Hehe no…jiji ah mistakes eh aneh hn fehnan nethyma ehn buny…. @faathi
      ??

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..38←


All Right Reserved!