Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 37

Saraa Level 910 Stories100 Comments100 Login500 Comments500 Login
June 10, 2019 6 Mins Read
39 Comments

މޫސުމް ގޯސް ރެއަކަށްވާތީ މަގުތައް އޮތީ ފުދޭވަރަކަށް ހިމޭންކޮށެވެ. ނައިނާ މަގުތައް ކަޑައްތުކުރަމުން ގޮސް އަނދިރިގޯޅިގަނޑަކަށް ވަނުމާއިއެކު ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ފަސްއެނބުރި ބަލާލިއެވެ. ހުސްކޮށްވާ ގޯޅިތެރެއަށް ނަޒަރެއް ހިންގާލަމުން ނައިނާގެ ފިޔަވަޅުތައް އިތުރަށް ބާރުކޮށްލިއެވެ. ގޯޅީ ނިމޭ ހިސާބަށް ދެވުނުތަނާ އައިނައިތަނެއް ނޭނގި ފަހަތުން އައި މީހަކު ނައިނާގެ ހަށިގަނޑުގައި މީހަކު ހިފަހެއްޓިއެވެ. ނައިނާވަގުތުން ގަދަހަދާލުމާއިއެކު އެ މީހަކު ނައިނާއަށް ގުޑުނުލެވޭނެފަދައިން ނައިނާގެ ހަށިގަނޑު އެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެއާއިއެކު ނައިނާ އަނގަމަތީ ރުމާލެއް އަޅާލަމުން ނޭވާ ނުލޭވޭނޭ ފަދައިން ނައިނާގެ އަނގަމަތީ ހިފަހައްޓާލިއެވެ. ރުމާލުން އެރި ކޯލާރވާޓަރުގެ ގަދަވަސް ހިނދުރީގައި ހިފާލިއިރު ނައިނާ ބޯ ބުރާންތިވާގޮތްވިއެވެ. ނޭވާ ހާސްވާންފެށިއިރު ސަލާމަތްވާންވެގެން ނައިނާ ތެޅިގަތެވެ. އިސާހިތަކު ނައިނާގެ ލޯމެރިގެންދިޔައިރު ހަބަރުހުސްވެގެން އެ ހަށިގަނޑު އެ މީހާގެ އަތްމައްޗަށް ދެމުނެވެ.

*** *** *** *** *** ***

ރޭގަނޑު އަނދިރިކަމުގައި ދުރުން ފެންނަމުންދިޔަ އިމާރާތްތަކުގެ އަލިކަމަށް ނަޒަރު ހުއްޓާލައިގެން ހައިޒަލް އިނީ ކެބިންތެރޭގައެވެ. ކެބިންގެ މޭޒުމަތީގައި އެއްފައި ވިއްދާލައިގެން އިންއިރު އެ މޫނުމަތިން ފެންނަނީ ކަމަކާއި ވިސްނަމުންދާ ފަދަ ކުލަވަރެވެ. އެހެން އިނދެފައި ދޭތެރެއަކުން ނައިނާގެ ކެބިންއާއި ދިމާލަށް ބަލާލަނީ އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ނުފޯރުވިގެންހެންހީވެއެވެ.

މޭޒުގެ މަތީގައި ބާއްވާލެވިފައިވާ ފޯން ވައިބްރޭޓްވާންފެށުމާއިއެކު ހައިޒަލް ފޯނާއި ދިމާލަށް ބަލާލިއިރު ނުދަންނަ ނަންބަރަކުން ގުޅަމުންދިޔަތަން ފެނިފައި ކުޑަކޮށް ބުމަކައިރިވާގޮތްވިއެވެ. ދެފަހަރަކު ފޯން ރިންގްވުމާއިއެކު ހައިޒަލް ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ކާކު…” ހައިޒަލް ވާހަކަދެއްކީ އަމުރުވެރި ރާގަކަށެވެ.

“ނޭނގުނުތަ… ނޭނގުނީމަ ދެރަވެއްޖެ… އަހަރެންގެ ކުޑަ އިންޓްރޯއެއް ދިނީމަ އިނގޭނޭކަމަށް ހީކުރީ…” އެއަޑުގައިވީ ނުރައްކާތެރިކަމާއިއެކު ކުރީރޭ ނުދަންނަ ޒުވާނާގެ ފަރާތުން އިވުނު ވާހަކަތައް ސިކުނޑީގައި ބުރުޖަހާލިއިރު ހައިޒަލްގެ ހަށިގަނޑުން ހީބިހިނަގައިގެންދިޔައެވެ.

“އަފްލާހް…” އެ ނަން ހައިޒަލްގެ ދުލުން ބޭރުވީ ހައިޒަލްއަށް ނުވެސް އިނގިއެވެ. އެއާއިއެކު އަފްލާހްގެ ބާރު ހުނުމުގެ އަޑުއިވުނެވެ.

“ކަލޭގެ ޖޫލިއެޓް އެބައިން އަހަރެންގެ ބެލުމުގެ ދަށުގައި… ޔަގީންކޮށްލަން ބޭނުންތަ؟” އަފްލާހް ފޯނުގައި ހުރެފައި ނައިނާގެ އިސތަށިގަނޑުގައި ހިފާ ދަމައިގަތުމާއި ނައިނާ ހަޅޭލަވައިގަތް އަޑުއިވިފައި ހައިޒަލްއަށް ވީގޮތްވެސް ނޭނގުނެވެ. ވަގުތުން މޭޒުމަތިން ތެދުވެވުނުއިރު ކަންބޮޑުވުމުގެ އަސަރުތައް މޫނުމައްޗަށް ވެރިވެގަނެެއްޖެއެވެ.

“ނައިނާ މަރާލުމުގެ ކުރިން ރޯމިޔޯއަށްދައްކާލަންވާނެއެއްނު… ބްލޫސް ވެރީ ވަން އައިލެންޑްގައި ކަލޭގެ ޖޫލިއެޓް އެބަ އޭނަގެ ރޯމިޔޯއަށް އިންތިޒާރުކުރޭ…” އަފްލާހްގެ އަޑުގައިވީ މަލާމަތުގެ އަސަރުން ހައިޒަލްގެ ލޭކެކިގެންދިޔައެވެ.

“ނައިނާއަށް ކުޑަ އަނިޔާއެއްދިނަސް އަހަރެން އަތުން ކަލޭ މަރުވާނެ…” ހައިޒަލްގެ ދަތްތަކަށް ބާރުވެގެންދިޔައިރު އެ ލޮލުން ފެނިލި ކުލަވަރުން ހިތްވަރުގަދަ ހިތްތައްވެސް ސިހިގެންދާނެއެވެ.

“ހާސްނުވޭ… އޭނައަށް ކުރާ އަނިޔާއެއް ކުރާނީ ކަލޭ ކުރިމަތީ.. އޭރުންނެއްނު ރޯމިޔޯ އެންޑް ޖޫލިއެޓްއަށްވާނީ….” އަފްލާހްގެ އެންމެ ފަހު ޖުމްލައާއިއެކު ނުލަފާ ހިނިގަނޑެއް ޖަހާލަމުން ފޯނު ކަނޑާލިއެވެ. އޭރު ހައިޒަލް އަތްވެސް ބިރުންގޮސް ފިނިވަމުންދިޔައިރު ހިތްތެޅެމުންދިޔަލެއް ބާރުކަމުން ދިރޭރަހަފޮދަކާއި ތަފާތެއްނެތެވެ. ވަގުތުން ކެބިންއިން ނިކުތްގޮތަށް ގްރައުންޑް ފްލޯރއަށް ދާން މިސްރާބުޖެހިއިރު ހައިޒަލް ހުރީ ވަގުތު ހިނގާލެއްވެސް އަވަސްވެފައެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތުކޮޅަކާއިއެކު ނައިނާއަށް ކޮންމެފަދަ ނުރައްކަލެއްވެސް ކުރިމަތިވެދާނެއެވެ.

*** *** *** *** *** ***

ކަނޑުން އަންނަމުންދިޔަ ތެތްފިނިރޯޅިތައް ހަށިގަނޑުގައި ބޮސްދީފައި ދުރަށްދާއިރު ހަށިގަނޑުގައި ގަނޑުފެން އަޅާލެވޭހެން ހީވެއެވެ. ރޭގަނޑުގެ އަނދިރިކަމުގައި ކަނޑުވެސް ފެންނަނީ އަނދިރި ސާލެއްފަދައިންނެވެ. ހޮޅިލާނަގަމުން އައި ރާޅުތައް ރުޅިވެރިކަމާއިއެކު މުގުރަމުންދިޔައަޑު މާހައުލު ހިމޭންކަން ނަގާލަމުންނެވެ. ވެހެމުންދިޔަ ހިމަފޮދުވާރޭގެ ތިކިތައް ކަނޑުގެ ސަތަަހައަށް ބޮސްދީފައި ފެންގަނޑު ތެރެއަށް އަރަޤުވެގެންދަނީ ފުންމިންނޭނގޭ ކަނޑުގެ ނުރައްކާތެރިކަން އަންގައިދެމުންހެން ހީވެއެވެ.

ތެތްފިނިރޯޅިތައް ނައިނާގެ ފަންއިސްތަށިގަނޑާއި ސަމާސާކުރަމުން ހަށިގަނޑަށް ބޮސްދެމުންދިޔައިރު ފިނިން ގޮސް ނައިނާގެ ތުންފަތާއި ދަތްދޮޅިއަށްދާންދެން ތުރުތުރުއަޅަމުންދިޔައެވެ. ހިމަފޮދުވާރޭގެ ތިކިތައް ހުރަހެއްނެތި ހަށިގަނޑާއި އަމާޒުވަމުންދިޔައިރު ގަނޑުފެނުގެ ތޫނު ހަށިތަކުން ހަންގަނޑު ފޫދުއްވަމުން ދާހެން ހީވެއެވެ. އެއޮމާން މޫނުމަތީ މަލެއްގެ މިސާލުގައި ފެންތިކިތައް ވިދަމުންދިޔައިރު ބޮޑުކޮށް ލެވިފައިވާ މުށި ކަޅީގެ ތެރެއިން ފެންނަމުންދިޔަ ސިހުމުގެ ކުލަވަރުން މައުސޫމްކަން ދެގުނަވެފައިވެއެވެ. ރަށުގެ ގޮނޑުދޮށުން ފެށިގެން މޫދުގެ އެންމެ ފުންހިސާބަށް ދެމިގެންވާ ހަނި ފާލަމުގެ ކޮޅުގައި ނައިނާ ގޮނޑިއަކާއިލައި އައްސާފައި އިންއިރު ދެފަރާތުން ރާޅުތައް ބިންދަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް އެ ހަލަބޮލި ރާޅުތަކުގެ އަމާޒަކަށް ނައިނާ ވެދާނެހެން ހީވެއެވެ. ބާރަށް އަތްއަޅާކޮއްޕާލިޔަސް އެ އަނދިރިކަމުގައި ކަނޑުގެ ރާޅުތަކުގެ ތެރޭ ނައިނާގެ ހަށިގަނޑު ގެނބިގެންހިނގައިދާނެއެވެ.

ފާލަމުގެ މެދަކާއި ހިސާބުގައި އަފްލާހް މަޑުކޮށްލައިގެން ހުރިއިރު ކޮންމެވެސް ކަމަކާއި އިންތިޒާރުކުރަމުން ދިޔަހެން ހީވެއެވެ. ލޮނުގަނޑު ކަފަމުން ވެރީ ވަން އައިލެންޑްގެ ފަޅުތެރެއަށް ވަދެގެން އައި ލާންޗް ފެނިފައި ފަތަހައިގެ ހިނިތުންވުމެއް އަފްލާހްގެ ތުންފަތްމައްޗަށް ވެރިވިއެވެ. ލާންޗް ރަނގަޅަށް ރަށާއި ކައިރިނުކުރެވެނީސް ހައިޒަލް ލާންޗްއިން ފުންމާލިއެވެ. ހަލަބޮލިވެފައިވާ ރާޅުތަކުގެ ހަމަލާއިން ހައިޒަލް ތެމިފޯވެގެންދިޔައިރު ރާޅުތަކުގެ ހަމަލާތަކުން ރެކެމުންކަހަލަގޮތަކަށް އެއްގަމަށް އެރިއެވެ. އެއާއިއެކު އެންމެ ބާރު ދުވުމުގައި ރަށުގެ ކޮޅުގައިވާ ފާލަމާއި ދިމާލަށް މިސްރާބުޖެހިއެވެ.

ފާލަމުގެ ފަތިތައް ގުޑާހާ ބާރަށް ހައިޒަލް ފާލަމަށް އަރައިގެން އައިގޮތަށް ހިފީ އަފްލާހްގެ ކަރުގައެވެ.

“ކޫލް ޑައުން ބްރޯ… ހިތްވަރު ދައްކަން އުޅޭވަރަކަށް އަނިޔާވާނީ ކަލޭގެ ޖޫލިއެޓަށް…” އަފްލާހްގެ އަޑުގައިވީ ނުރައްކާތެރިކަމާއިއެކު ހައިޒަލް ވަގުތުން އަފްލާހްގެ ކަރުން ދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު ގޮނޑިއަކާއިލައި އައްސާފައިވާ ނައިނާ ފެނުމުން ހައިޒަލްގެ ހިތް ފަޅިވެގެންދިޔަހެން ހީވިއެވެ. ލޮލުން ފެނިލި ވޭނާއިއެކު އަތްމުށްކެވިގެންދިޔައިރު ހައިޒަލް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން ޖީބަށް އަތްޖަހާލައިފިއެވެ. ނައިނާ އެފަދަ ހާލެއްގައި އިންތަން ފެނުމުން އަފްލާހްގެ ފުރާނަ ނަގާލާވަރަށް ރުޅިގަދަވީނަމަވެސް ހައިޒަލް ކެތްތެރިވެލިއެވެ.

“ނައިނާ ދޫކޮށްލާ އެއީ އަހަންނާއި އެއްވެސް ގުޅުމެއް އޮތް ފަރާތެއްނޫން…” ހައިޒަލް އަފްލާހްގެ މޫނަށް ނަޒަރު ހުއްޓާލިއިރު އެ މޫނުމަތީގައިވީ ކުލަވަރު ދެނެގަންނަން އަފްލާހްވެސް ނުކުޅެދުނެވެ. އޭރު ކަރުނުން ފުރެމުންދިޔަ ލޮލުން ނައިނާ ބަލާލިގޮތުން ހައިޒަލްގެ ހިތަށް ގޮތެއްވީއިރު އަވަހަށް ދުރުބަލައިލައިފިއެވެ. ނައިނާ ހިތަށް ލިބިފައިވާ ސިހުމެއްގެ ބޮޑުކަމުން އެއްވެސް ކަމެއް ނަގައިނުގަނެވޭފަދަ ހާލެއްގައި އިންއިރުވެސް އެ ޖުމްލަތައް ސިކުނޑީގައި ޖެހިގަތީ އެތަށް ހާސް ޓަނެއްގެ ބުރަދަނާއިއެކުގައެވެ.

“ކަނޑުހުރަސްކޮށްފައި އައީ ގުޅުމެއް ނެތީމަތަ؟” އަފްލާހް މަލާމާތްކޮށްލިއެވެ.

“ކަލޭ ބޭނުންވަނީ ކޮންކަމެއް؟” ހައިޒަލްގެ ދަތްތަކަށް ބާރުވެގެންދިޔައިރު ސުވާލުކޮށްލީ މަޑުމަޑުންނެވެ. އެދެމެދުގައި ދެކެވޭ ވާހަކަ ނައިނާއަށް އަޑުއިއްވަން ބޭނުންނުވެފައިހުރެއެވެ. ހައިޒަލް އެ ސުވާލުކޮށްލިއިރު މިއީ އަލްހާންގެ އަމަލެއްކަން ޔަގީނާއި ގާތަށް ހީވިއެވެ.

“ތި ސުވާލު ގޮސް ކަލޭގެ ބައްޕައާއި ކޮށްލިއްޔާ މާ ރަނގަޅުވާނެ….” އަފްލާހްވެސް އެދެެމެދުގައި ދެކެވޭ ވާހަަކަަތައް ނައިނާއަށް އަޑުއިއްވާކަށް ނޫޅުނެވެ.

ނައިނާ ކަންފަތް ހުޅުވާލައިގެން އިންނަމަވެސް ވައިގެ އަޑުގެ ބާރުކަމާއިއެކު ހައިޒަލްއާއި އަފްލާހް ވާހަކަދައްކަމުން ދިޔަލެއް މަޑުކަމުން އެދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް އޮޅުމެއްނުފިލިއެވެ. ދޭތެރެއަކުން ހައިޒަލް ބާރަށް އެއްޗެކޭ ބުނެލާގޮތުން އެދެމެދުގައި އަރާރުންވުމެއް ހިނގަނީހެން ހީވެއެވެ. ދޭތެރެއަކުން ހައިޒަލް ދަތްތަކަށް ބާރުކޮށްލަމުން ދަތްކުޑިވިކާލާއިރު އަތްމުށްކެވިގެންދާގޮތުން އަފްލާހްގެވާހަކަތަކުން ހައިޒަލް ރުޅިގަދަވަމުންދަނީކަން ނައިނާއަށް ނަގައިގަނެވުނެވެ.

އިރުކޮޅެއްފަހުން ދެޒުވާނުން ނައިނާއާއި ދިމާލަށް ހިނގައިގަތްއިރު އަފްލާހްގެ ލޮލުން ފެނުނު މަކަރުވެރި ކުލަވަރުން ނައިނާގެ ނޭވާހުއްޓުނެވެ. ފަރުދާގެ ފަރާތުގައި ނުބައިކުޅިބައެއް އަފްލާހް ރާވަމުންދާކަން ޔަގީންވެފައި ނައިނާގެ ހިތް ބާރުބާރަށް ތެޅިގަތެވެ.

ނައިނާއަށް ނުރައްކާތެރިކަމުން ފުރިގެންވީ ނަޒަރެއްދެމުން ނައިނާ ބަދެލައިފައިވާ ވާތަށް އަފްލާހް މޮހާލަދިނެވެ. އެއާއިއެކު ނައިނާ ހައިޒަލްއާއި ދިމާލަށް ދުއްވައިގަތުމާއިއެކު އަފްލާހްކޮށްލިކަމަކުން ހައިޒަލްގެ ދެލޯބޮޑުވެގެންދިޔައިރު ފާޑަކަށް ހަޅޭލަވައިގަނެވުނެވެ. ހަލަބޮލިވެފައިވާ ރާޅުތަކުގެ ތެރޭގައި ނައިނާގެ ހަށިގަނޑު ޖެހުނުއިރު “ހައި”އޭ ކިޔާފައި އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. ރާޅުތައް ބޯމަތިން ބިންދަމުންދިޔަގޮތުން ނައިނާގެ އަތާއި ފަޔަށް ހަރަކާތެއް ގެންނަން ނުކުޅެދުނުއިރު ބާރު އޮއެގައި ނައިިނާ ކަނޑާއި ދިމާލަށް ދަމައިގަތެވެ. އޭރު ހޮޅިލައިފައި ބިންދަމުންދިޔަ ބިޔަ ރާޅުތަކާއިއެކު ނޭވާ ނުލެވިގެން ނައިނާ ތެޅިފޮޅެމުންދިޔައިރު އަނގަޔާއި ނޭފަތަށް ވަންނަމުންދިޔަ ލޮނުތަކާއިއެކު ނޭވާ ހާސްވަމުންދިޔައިރު  ހައިޒަލްއަށް ގޮވާލިއަޑު ހައިޒަލްގެ ހިނދުރީގެ ތެރޭ ހިފާލިއެވެ. އެއަޑުއިވިފައި ހައިޒަލްގެ ހަށިގަނޑުގައިވީ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެންދިޔައިރު އިރުކޮޅަކު ހުއްޓުން އަރާފައި ހުރެފައި ވިދުވަރެއްހާ ބާރުމިނުގައި ގޮސް މޫދަށް ފުންމާލިއެވެ. ރުޅިވެރިކަމާއިއެކު ނަގަމުންދިޔަ ރާޅުތަކާއި ހަނގުރާމަކުރަމުން ނައިނާއާއި ދިމާލަށް ފަތައިގަތްއިރު ދުވަހަކު ނުލިބޭފަދަ ބާރެއް ހަށިގަނޑެއް ހަށިގަނޑަށް ލިބިފައިވީހެން ހީވިއެވެ. ބުރަކަށީގައިވާ ޒަޚަމުން ނަގަމުން ދިޔަ ޒަވި ދިލަވެސް ހައިޒަލްއަށް އެވަގުތު އިހުސާސް ނުކުރެވޭފަދައެވެ. ރުޅިވެރިކަމާއިއެކު ބިންދަމުންދިޔަ ބިޔަ ރާޅުތަކުން ސަލާމަތްވެގެން ހައިޒަލްއަށް ކިރިޔާ ނައިނާގެ ގައިގައި ހިފާލެވުނުކަމެވެ. ނައިނާގެ ހަރަކާތްތަށް ހުއްޓި އަޑިއަށްދާންފެށީއެެވެ. ކުޑަވަގުތުކޮޅެއް ލަސްވިނަމަވެސް ހައިޒަލްގެ ލޯމަތިން ނައިނާ ގެއްލިގެން ދިޔައީހެވެ.

ހައިޒަލް ނައިނާ އުފުލާލައިގެން އައިސް އެއްގަމަށް އަރަމުން ދޮންވެލިގަނޑުމަތީ ނައިނާ ބާއްވާލިއެވެ. އެދޮންމޫނު ކަފަކޮޅެއްހާ ހުދުވެފައިވާއިރު ތުންފަތުގެ ކުލަވެސް ކެނޑިފައިވެއެވެ. ދޮންވެލިގަނޑުމަތީ ހަރަކާތްތެއްނެތި އޮތް ގޮތުން ބުދަކާއި ތަފާތެއްނެތެވެ. ހައިޒަލް ނައިނާއަށް ސީޕީއާރ ދިނުމާއިއެކު ވަރުދެރަގޮތަކަށް ކެއްސާލަމުން ލޯހުޅުވާލިއިރު ދެޒުވާނުންގެ ނަޒަރު ސީދާވީގޮތުން ހައިޒަލްގެ ހިތަށްވެސް ނޭނގޭފަދަގޮތެއްވެގެންދިޔައިރު ނައިނާއާއި ދުރުވެލައިފިއެވެ. އޭރު ނައިނާވެސް ކެއްސަމުން ކެއްސަމުން ތެދުވެ ދެފައި ގެނެސް މޭޔާލައި ބޮޑިކޮށްލައިފިއެވެ. އެ މޫނުމަތީގައިވީ ބިރުވެރިކަމުގެ ކުލަވަރާއިއެކު އަދިވެސް ޝޮކެއްގައި އިންހެން ހީވެއެވެ. ހައިޒަލް އޭނަގެ ސޫޓް ނައިނާގެ ގައިގައި ވަށާލަމުން އެ މޫނަށް ބަލާލިއެވެ.

“އާރޔޫ އޯކޭ…” ހައިޒަލްގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރާއިއެކުވެސް ނައިނާއަށް އިހުސާސްވީ ދުރުކަމެވެ. ނައިނާ މަޑުމަޑުން ބޯޖަހާލިއިރު ލޮލަށް ކަރުނަތައް ގިނަވެފައިވެއެވެ. އެ ކަރުނަތައް ދެކެން ކެތްނުވެގެން ހައިޒަލް ތެދުވެ ދުރަށް ހިނގައިގަތެވެ. ދުރަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކީ ހައިޒަލްގެ ހިތަށް ތަދުވަމުންދިޔައިރު އެނބުރިގޮސް ނައިނާ އެއަތުގެ ތެރެއަށް ގެންނަން އިންތިހާއަށް  ބޭނުންވިއެވެ. އެއަތުގެ ތެރޭ ނައިނާ ފޮރުވާލާ މުޅި އުމުރަށް ހިމާޔަތް ދޭނަމޭ ބުނަން ބޭނުންވިއެވެ. އެ ހާލަށް ނައިނާ ދޫކޮށްލައިފައި ދިޔުމަށް ހިތް ދެކޮޅު ހެދިޔަސް މިއަދު ހައިޒަލްއަށް މަޖުބޫރެވެ. އޭނަ އަޅާ އެންމެ ކަތި ފިޔަވަޅަކުންވެސް ނައިނާގެ ހަށިގަނޑާއި ފުރާނަ ވަކިވެދާނެއެވެ. އަމިއްލަ ބޭނުންފުއްދަން ނައިނާ ހަތިޔާރަކަށް ހަދައިގެން ބައްޕަ ހުންނެވިއިރު އޭނަައަށް އެކަމާއި ދެކޮޅަށް ތެދުވެވޭނެހާ ހިތްވަރު ދެނެއް ނުކުރެވޭނެއެވެ. ނައިނާ މިލްކުކުރުމަށްވުރެ އޭނާއަށް ނައިނާގެ ސަލާމަތުން ހުރުން މާމުހިއްމު އިރު އަމިއްލަ އެދުމަށްޓަކައި ނައިނާ ދުވަހަކު އެފަދަ އަނދަވަޅަކަށް ވައްޓައެއް ނުލާނެއެވެ.

“ހައިޒަލް…” ނައިނާގެ އަޑުއިވުމާއިއެކު ހައިޒަލްގެ ފިޔަވަޅުތައް ހުއްޓުނުއިރު ފަސްއެނބުރި ބަލައެއް ނުލިއެވެ. ނައިނާއާއި ނަޒަރު ދިމާވާގޮތުން އޭނާގެ ހިތްވަރުދޫވެ ހިތް ބަދަލުވެދާނެއަތީ ހައިޒަލްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވެއެވެ.

“އަހަރެންދެކެ ފޫހިވާއިރު ކީއްވެ އަހަރެން މަރުވާން ދޫނުކޮށްލީ… ހައިޒަލް ބޭނުންވީ އިތުރަށް ކަނިނުވާ އުންމީދެއްދީގެން އަހަރެން މާޔޫސްކުރުވަންތަ؟ ކީއްވެ އަހަރެން ސަލާމަތްކުރީ؟ މަރުވާން ދޫކޮށްލިނަމަ…” ނައިނާގެ ލޮލުން ކަރުނަތައް އޮހިގަތްއިރު ގިސްލުމުގެ އަޑު އެ ތުންފަތް ފޫއްދުވާލައިފައި އިވުނެވެ. ނައިނާއަށް ނޭނގުނީ އެ ޖުމްލަތަކުން ހައިޒަލްގެ ހިތަށްކުރި ނުބައި އަސަރެވެ.

“ނައިނާގެ މަގާމުގައި ކޮންމެ ކުއްޖަކު ހުރިނަމަވެސް އަހަރެން ސަލާމަތްކުރާނަން….” ހައިޒަލް ތުންފަތުގައި ދަތްއަޅާލަމުން އޭނަގެ ހިތާމަތައް ވަންހަނާކުރިއެވެ. އޭނަގެ ހިތަށް ދުވަހަކު އެހާ ބޮޑު ލޮޅުމެއް ނާރާނެއެވެ. އެންމެ ފަހުވަގުތުކޮޅު އޭނައަށް ނައިނާގެ ގައިގައި ހިފަހައްޓާލެވުނީ ކިރިޔާކަން ހަނދާންވިޔަސް ހަށިގަނޑު ފިނިވެގެންދެއެވެ.

“ހައި ކީއްވެ ތިހާ ބަދަލުވީ…” ނައިނާގެ ލޮލުން އޮހިގަތް ކަރުނަތަކާއިއެކު އެއަޑު ކުރެހިގެންދިޔައެވެ. އޭނަގެ ހިތްވެސް ފިސްފިސްވެގެންދަނީއެވެ. މިއީ ހައިޒަލްގެ ފަރާތުން އޭނަ ދުވަހަކު ދެކެން ބޭނުންވި ސިފައެއް ނޫނެވެ.

“ހައި ލޯބިނުވެއޭ ބުންޏަސް އަހަރެންނަކަށް ގަބޫލެއްނުކުރެވޭ… މިރޭ މިހިނގިކަންތައް… ބުނެބަލަ… މީހަކު ހައިއަށް ބްލެކްމެއިލްކުރަނީތަ؟” ނައިނާ މަޑުމަޑުން ތެދުވަމުން ހައިޒަލްއާއި ދިމާލަށް ފިޔަވަޅުތައް ނަގަންފެށިއެވެ. އޭރު ހައިޒަލް ނައިނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ތަފާތު ނަޒަރަކުންނެވެ. އެ ސުވާލާއިއެކު ހައިޒަލްގެ ހިތުގެ އުނދަގޫކަމެއް ހިނގާލިކަން އެ މޫނުންވެސްވީ ހާމައަށެވެ. ނައިނާގެ ފުރާނައިން އޭނައަށް ބިރުދައްކަނީ އަމިއްލަ ބައްޕަކަމަށް އޭނަ ބުނާނީ ކޮންދުލަކުން ހެއްޔެވެ؟

“ނައިނާ ބޭނުންކޮށްގެން އަހަންނަށް ބިރުދައްކާވަރުގެ ގުޅުމެއް އަހަރެމެން ދެމެދަކު ނޯންނާނެ…” ހައިޒަލް އަޑުގައިވީ ދުރުކަމުން އެދެމެދުގައި ހުރަސްވެގެންދިިޔަ ފާރުގެ ބޯކަން ނައިނާއަށް އިހުސާސްކުރެވުނެވެ. އެ ފާރު އޭނަ ފޫއްދުވާލާނީ ކިހިނެތް ހެއްޔެވެ؟

ނައިނާ ދެއަތް މެޔާލާ ބޮޑިކޮށްލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން އެދެމެދުގައިވީ ދުރުމިން އިތުރަށް ކުޑަކުރަންފެށިއެވެ. އެވަގުތު ހައިޒަލްގެ ހުދުގަމީސް ލެއިން ފޯވަމުންދިޔަ ތަން ފެނި ނައިނާގެ އަތް ގެންގޮސް ހައިޒަލްގެ ކޮނޑުގައި ޖައްސާލިއެވެ.

“ހައި… މި ތަން… ކީއްވެ…” ނައިނާ ދެލޯބޮޑުކޮށްލައިގެން ހުރިއިރު ކިޔާނޭ އެއްޗެއްވެސް ނޭނގުނެވެ.

“އެއީ ނައިނާއާއި ބެހޭކަމެއް ނޫން…” ހައިޒަލް ނައިނާގެ އަތްދުރުކޮށްލަމުންދުރަށް ފިޔަވަޅެއް އަޅާލިއެވެ.

“ހައި…” އެއަޑުގައިވީ ހަރުކަށިކަމުން ނައިނާގެ ހިތަށް އަސަރުކުރިއެވެ. މަޑުމަޑުން ހައިޒަލްގެ އަތުގައި ހިފާލެވުނުއިރު ހައިޒަލް އެއަތްތިލަ ނައްޓުވާލަމުން ދުރަށް ހިނގައިގަތެވެ. އެއަމަލުންވެސް ނައިނާއާއި ވާހަކަދެއްކެމުގެ އެއްވެސް ޝައުގުވެރިކަމެއްނެތްކަން ހައިޒަލް އަންގައިދިންއިރު ނައިނާ ފާޑަކަށް ހިމޭންވިއެވެ.

ހައިޒަލް ގުޅައިގެން ލާންޗް އައުމާއި ހަމަޔަށްވެސް އެދެމެދުގައި އިތުރު ވާހަކައެއް ނުދެކެވުނެވެ. ދެޒުވާނުން ދުރުގައިތިބިއިރު ދޭތެރެއަކުން ނަޒަރު ބައްދަލުކުރެވެނީ ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވެފައި ތިބެއެވެ. ނަމަވެސް ދުލުގެ ކުރިއަށް އެ ބަސްތައް ގެނައުމުގެ ހިތްވަރު އެކަކަށްވެސް ނުކުރެވުނެވެ.

*** *** *** *** *** ***

މޭޒުމަތީގައި ތަރުތީބުކަމާއިއެކު އަތުރާލެވިފައިވާ ފައިލްތައް ބިންމައްޗަށް ފައިބައިގެން ބާރު އަޑާއިއެކު ފުޅާ ކުޑަދޮރު ކައިރީ ދޮރާއި ފަސްދީގެންހުރި އަލްހާން ފަސްއެނބުރި ބަލާލެއްވިއެވެ. ފުޅާ މޭޒުގައި ދެއަތުން ހިފަހައްޓައިލައިގެން ގުދަށް އޮތް ހައިޒަލްގެ ނަޒަރު އަލްހާނާއި ސީދާވެފައިވާއިރު އެ މޫނުމަތިން ފެނިލި ކުލަވަރުން އަަލްހާން ކަންބޮޑުވެލެއްވުމުގެ ބަދަލުގައި އެ މޫނުމަތިން ފެނިލެއްވީ ކާމިޔާބީގެ ކުލަވަރެވެ. ތުންފަތަށް ވެރިވެގެންދިޔައީ ފަހަތައިގެ ހިނިތުންވުމެކެވެ.

“ބައްޕާ… އާދޭސްކުރަން… ހެޔޮނުވާނެ ނައިނާ ދޫކޮށްލާ… ތިދޭ އަނިޔާއެއް އަހަންނަށްދީ… ނައިނާގެ އެއްވެސް ކުށެއްނެތް…” ހައިޒަލް ރުޅިންގޮސް އަމިއްލަ ނަފްސު މައިތިރި ނުކުރެވޭގޮތްވި ނަމަވެސް  ކެތްތެރިވެލައިގެން ހުރެ ވާހަކަދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ. ނައިނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާއިރު އޭނަ ރުޅި އިސްކޮށްފިނަމަ ކަންތައް ގޯހުން ގޯހަށް ހިނގައިދާނެއެވެ. އެހެން ކަންތައްވެެގެންދާކަށް ހައިޒަލްއަކަށް ދުލެއްނުކުރެވޭނެއެވެ. އޭނަ މިހިރީ ނައިނާގެ ފުރާނައަށްޓަކައި ބައްޕަގެ ފައިދޮށަށް ވެއްޓި ސަލާމްޖަހަން ޖެހުނަސް އެކަންކުރަންވެސް ތައްޔާރަށެވެ.

“ނައިނާއަށް އަނިޔާ ލިބުމުގެ ސަބަބަކީ ހައިޒަލްގެ ތި ގޮތްދޫނުކުރުމާއި ބޯހަރުކަން… އަމިއްލަ ހުށިޔާރުކަން ދައްކަން ހަދައިގެން ހުރިހާ ދެރައެއް ލިބެނީ އެކުށެއް ނެތް އަންހެންކުއްޖާއަށް…” އަލްހާންގެ މޫނުމަތިން ފެނުނު ކުލަވަރުން އެކަނިވެސް ބަދަލު ހިފުމުގެ ރޫހުގައި ބައްޕަ ފަހަނައަޅާފައި އިންތައް މިންކޮށްލެވުނެވެ. އަމިއްލަ އެދުމަށްޓަކައި ބައްޕަ އެފަދަ ފެންވަރަކަށް ވެއްޓިގަންނަން ފަސް ނުޖެހޭނެކަން ހާމަވިއެވެ. އަމިއްލަ އެދުން ހާސިލްކުރަން އިންސާނެއްގެ ފުރާނައިން ބިރުދެއްކުމަކީ ބައްޕަ ޖެހިލުންވާވަރުގެ ކަމަކަށް ނުވިއެވެ.

“ނައިނާގެ ކުށަކީ ކޮބާ؟ ނައިނާދެކެ ލޯބިވީ އަހަރެން… އެ ލޯތްބަކީ ނައިނާއަށް ޒަހަރަކަށްވުރެ ހިތި އެއްޗަކަށް ވާނެތީ ނައިނާގެ ހިތްހަލާކުކޮށްލައިފަވެސް ދުރުކުރީ… އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ގުޅުން އަހަރެން ކަނޑައިލައިފިން… ވީއިރު ނައިނާ ހަތިޔާރެއްގެ ގޮތުގައި ބޭނުންނުކުރޭ…” ހައިޒަލްގެ އާދޭހުން ހިތަހިތެއްވެސް މަޑުކޮށްލާނެއެވެ. އެލޮލުން އޮހޮނު ވޭނީކަރުނަތައް ކޯތާފަތުގައި ބޮސްދޭންފެށިއިރު އެދެލޮލުން ނައިނާދެކެ ވާލޯބި ހާމަކޮށްދިނެވެ. ހައިޒަލްގެ ބޮޑާ ޝަހްސިއްޔަތު އެހެން މީހެއްގެ ކުރިމަތީ އާދޭސްކުރަން މަޖުބޫރުކުރީ އެ ތެދުވެރި ލޯތްބެވެ.

“ނައިނާގެ ކުށަކީ ހައިޒަލްދެކެ ލޯބިވީކަން… އަމިއްލަ ފެންވަރު އޮޅުނުކަން… އަހަރެން ފަހަރެއްގައިވެސް ހައިޒަލް އެފަދަ އަންހެންކުއްޖަކާއި ގުޅޭކަށް ގަބޫލެއްނުވާނަން… ހައިޒަލްގެ ގޮތްދޫނުކުރުމުގެ ސަބަބުން މިހެން މިވަނީ…. ފުރަތަމަވެސް ޝަލީންއާއި އިންނަން އެއްބަސްވިނަމަ….” އަލްހާންގެ ވާހަކަ ހުރިގޮތުންވެސް ގޮތްދޫކުރުމުގެ ހިޔާލު ނުގެންގުޅޭކަން ހައިޒަލްއަށް ވިސްނުނެވެ. ނުފޫޒާއި ބާރު ބޭނުންކޮށްގެން އޭނަ ގަނެލަން އަމިއްލަ ބައްޕަ ހުރީ ފައިވިއްދާލާފައެވެ.

“އަހަރެން މުޅި އުމުރަށް ނައިނާއާއި ދުރަށް ހިނގައިދާނަން… އަހަރެން މިކަމަށް ވައުދުވަން… ވީއިރު ނައިނާ ދޫކޮށްލާ… ނައިނާއަށް އަނިޔާއެއް ނުދީ… އާދޭސްކުރަން…” ހައިޒަލްގެ ލޯ މެރިގެންދިޔައިރު ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގެންދިޔައެވެ. ދިގު އެސްފިޔަތަށް ތެމިގެންދިޔައިރު ރީތި ލޯ ހުޅުވާލާނެހާ ހިތްވަރެއްވެސް ނުލިބުނެވެ.

“ނައިނާގެ ރައްކާތެރިކަން އޮތީ ހައިޒަލްގެ އަތްމަތީ…” އަލްހާން ބުނުއްވުމާއިއެކު ހައިޒަލްގެ ނަޒަރު އަލްހާންއާއި ސީދާވިއެވެ. ނައިނާގެ ސަލާމަތަށްޓަކައި އޭނަ ނުކުރާނޭކަމެއް އޮންނާނޭހެން ބައްޕައަށް ހީވެލައްވަނީ ހެއްޔެވެ؟

“ޝަލީންއާއި ކައިވެނިކުރަން އެއްބަސްވޭ…” އަލްހާންގެ ޖުމްލައާއިއެކު ހައިޒަލްގެ ދުނިޔެވެސް ހުއްޓުނުފަދައެވެ. ބުދެއްފަދައިން ހުއްޓުން އެރިއިރު ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ކުށަކާ ނުލާ 3

Next

ޝާޒްލީން-ޓުރެއިލާރ

Next
June 10, 2019

ޝާޒްލީން-ޓުރެއިލާރ

Previews
June 10, 2019

ކުށަކާ ނުލާ 3

39 Comments!

  1. bestie says:
    June 10, 2019 at 8:24 pm

    Alhey dhiraa ehn nuhadhabaa hai ah??mayaan kbaatha..alhe haadha interesting kohlaafa ey thi nihmaaly…kniraku next part… eagerly waiting for the next part… Masha Allah..as always the story is nice..keep it up dhiraa

    1. dhiraa wish says:
      June 10, 2019 at 8:31 pm

      dhira ah vure kurin comment kohlaafa dho miothy.. thankss dear… mayaan vee thaneh shalee ah neyngey iru dhira ah ves neyngeyne dho… alhe hai ah ehen hadhanveema dhira ves varah dheravey… ekm keehkuraanee dho… next part on wednesday night… keep waiting

  2. dhiraa wish says:
    June 10, 2019 at 8:27 pm

    heres the 37th part… hope you will all like it… feel free to comment… next part on wednesday night… enjoy reading,,, good night

  3. Sidu says:
    June 10, 2019 at 8:34 pm

    Varah reethi

    1. dhiraa wish says:
      June 11, 2019 at 2:03 pm

      thnkx

  4. Azuna says:
    June 10, 2019 at 8:59 pm

    Varah reethi.. ?❤?

    1. dhiraa wish says:
      June 11, 2019 at 2:06 pm

      thnkx

  5. Kalhu handi says:
    June 10, 2019 at 9:13 pm

    Varugadha bafaeh thee ???

    1. Zar@ says:
      June 11, 2019 at 10:12 am

      Dhw…..

    2. dhiraa wish says:
      June 11, 2019 at 2:07 pm

      keekey dhn bunaanee.. nuvisney bappa in vx ulhenee

  6. jiji says:
    June 10, 2019 at 10:20 pm

    Dhiraa alhe ehn nuhadaa hai ah???…
    Alhe I’m so curious mihaaru..Mi part vec vv rythi..Nd Wednesday ga dhw next…will be waiting ingey dhiraa ..luw yuh???❤❤❤❤????????

    1. dhiraa wish says:
      June 11, 2019 at 2:10 pm

      thnkx

  7. Hai says:
    June 10, 2019 at 11:56 pm

    Alheyyy Dhen ehme fahun haizal jeheynee shaleen aa marry kuran kahneyge ??anyways varah reethi keep it up dhiraa ??♥️

    1. dhiraa wish says:
      June 11, 2019 at 2:10 pm

      thnkx

  8. malu says:
    June 11, 2019 at 8:31 am

    dhn ehn nahadhaga dhiraa.. but v interesting.keep it up..

    1. dhiraa wish says:
      June 11, 2019 at 2:13 pm

      thnkx malu

  9. BTS ❤ says:
    June 11, 2019 at 9:34 am

    Alhe rovey eba mihaaru??? dhiraa..konme gotheh hadhaafa vs haizal aa shaleen marry nukuru vahcheyy… ? Plxxxxxx

    1. dhiraa wish says:
      June 12, 2019 at 8:41 am

      hehehhe.. haizalge kamehnu eii.. dhiraa ah buneveynee hai gaathu…

  10. Laalu says:
    June 11, 2019 at 9:45 am

    Dhiraa let me meet to Alhaan I just wanna kill that guy…. ??? alhey v curious kohfa thi ninmaaliy…. Eagerly Waiting for the next part….. Story v v nice… Kyp up the grt wrk dear…. Much love ? ? ? ? ? ? ? ?

    1. dhiraa wish says:
      June 12, 2019 at 9:00 am

      yeah u can meet him.. dhiraa appointment hama jahsaala deynan… should i give u a gun or a nife… u can kill him directly..

    2. Laalu says:
      June 13, 2019 at 9:51 am

      He hey… Sis ragalhuvaane nife eh dhinihyaa… Eyrunthaa aniyaakohfa maraaleveyniy….. Lol?????

    3. dhiraa wish says:
      June 13, 2019 at 2:51 pm

      laalu alhaan ah ehjeh visnai dheefa dho maraalan vaanee… ehenve dhira ves maa bodah alhaa nulaa mi huhnanee… ekm laalu ah huhdha dheefin eyna maraalan… hehehe

  11. Rai says:
    June 11, 2019 at 9:59 am

    varah reethi.

    1. dhiraa wish says:
      June 11, 2019 at 2:13 pm

      thnkx

  12. Shine says:
    June 11, 2019 at 1:38 pm

    Alhe ehn nuhadha bala e dhe kudhinnah…??mi part vx hama vrh habeys… waiting 4 Wednesday…??

    1. dhiraa wish says:
      June 12, 2019 at 9:01 am

      thnks

  13. AUOO says:
    June 11, 2019 at 2:13 pm

    Mi story varah loabi….curiously waiting for the next part ❤❤❤????

    1. dhiraa wish says:
      June 11, 2019 at 2:15 pm

      thnkx

  14. aishaa says:
    June 11, 2019 at 9:29 pm

    vvvvv reethi.ethah faharaku kiyaalaifin.

    1. dhiraa wish says:
      June 12, 2019 at 9:01 am

      thnkx

  15. Moba says:
    June 12, 2019 at 9:29 am

    Hizal ah haadha kamei nuveye..anhen kuje hen roan othyma loabi kaamiyaabu vey tha..huvaa thakaa ahudhu thah vefa balaaba naina ah kanthah kura goi…v foohi haizal ge character mihaaru..abadhu majubooru vegn goi husvefa

    1. Ilu says:
      June 12, 2019 at 10:50 am

      I agree Moba

    2. dhiraa wish says:
      June 12, 2019 at 12:30 pm

      Adhi haizal ge character ah varah gina twists ahnaane… abadhaku eynaves nuhunaane dho ehgothakah.. hingaa dho vaagotheh balamaa..

  16. Pretty girl says:
    June 12, 2019 at 4:10 pm

    Adhi ehen ulhenikoh
    Alhaanah kamehve nuvatha maruvaane nama huri hamaekani firihen dhareege kaivenyaa gabooluvaan nukerey findi bappaeh

    1. dhiraa wish says:
      June 13, 2019 at 12:18 am

      alhaange haters haadha gina eyy dho… ekm eyna maraalan vaanee ehjeh visnai dheefa ehnu.. alhaange visnun aslu sakaraathee ey dho

  17. Kokki says:
    June 12, 2019 at 9:37 pm

    whn up vaanee nxt part

    1. dhiraa wish says:
      June 13, 2019 at 12:19 am

      dear upkohlaifin

  18. shaff says:
    June 12, 2019 at 11:14 pm

    up vaany kon irakun tha dhn

    1. dhiraa wish says:
      June 13, 2019 at 12:19 am

      dear mihaaru story upvefa ihnaanee

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 38←


All Right Reserved!