ވާނަން އުމުރަށް – 1 –
އިރު އޭގެ ވާޖިބުއަދާކުރުމަށް ފަހު ދުނިޔެއަށް އަލްވަދާއުކީ ވަގުތެވެ. ގޮނޑުދޮށަށް ރާޅު ބީއްސާލާ އަޑު ރީތިކޮށް އިވެމުން ދިޔައެވެ. މި ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ނައްތާލީ ގޮނޑުދޮށުގައި އިން ޒުވާނާގެ އަޑުންނެވެ. މޫދާ ކުރިމަތިލައިގެން ރުއްބުރިއެއްމަތީ އިށީނދެގެން އިން ޒުވާނާ ގިޓާގައި އަތް ހިންގާލިއެވެ espanolviagra.net. އެއީ އަސަރާއި ހިއްދަތިކަމުން ފުރިގެންވި ރާގެކެވެ. އިރުކޮޅެއް ފަހުން ގިޓާގެ ރާގާއި އެއްވަރަށްް އެ ފިރިހެންވަންތަ އަޑުން ހިއްދަތިކަމާއި ވޭނުން ފުރިގެންވި އަޑުން ލަވަކިޔަން ފެށިއެވެ.
“އާހުން..ލޭ ކަރުނައިން ލޯ ތެމެނީ..ވާގޮތް މިހިތަށް ބުނެދެން ދަތިވޭ އާހުން..އާހުން..” އެ ޒުވާނާ ލަވަކިޔަމުންދިޔައިރު ކޮއްފައިވާ އަސަރު ލޮލުންވެއްޓުނު ކަރުނަތިކިންވެސް އެންގޭނެއެވެ. އެއީ އޭނާގެ ޙަޔާތުގައި ކަޅާއި ހުދުން ފަވާލެވުނު ހިއްދަތިކަމާއި ވޭނުން ފުރިގެންވި ޟަފްޙާއެކެވެ.
“އާހުނަ..އާހުން..ހޯ ވޭނީ އާހުން…” އެ ލަވަކިޔާ ނިންމާލުމަށްފަހު އަނެށް ލަވަކިޔަން ފެށިއެވެ. އޭނާ ލަވަކިޔަމުން ދިޔައިރު އަނދިރި ވަމުންދާ ދުނިޔެވެސް ނުފެންނަ ފަދައެވެ.
“ނުވާނަމޭ ބަދަލެއް ހުވާ ޔާރާ..ވާނަމޭ އުމުރަށް އެކީ ޖާނާ..ނޭދެމޭ ދުރުވާކަށެއް ލޯބިވާ..ނުވާނަމޭ ބަދަލެއް ހުވާ ޔާރާ…އަދުވަޔާ ދެވި..ދުރަށް އޮޔާ ދެވި ..ބެހިގެން ރަށަކަށް ނަފްސު އޮޔާ ދެވި..އަދު ކަލާފެނި..ހަނދު މަށަށް ފެނި..ހަނދުމަ ވީމަ ކަލާ ހަނދު ކަފާނެގި…މޮޅެތިބަސްތަކުން މީރު ވަސްތަކުން މުޅިމި ދިރިއުޅުމުގަ ތި ހަނދާންވަނި..ލޯބި އަސްލަކު ..ނުވެކަން ގަސްތަކު..ހުރެދުރުގަ އުފަލުގަ ތި މަލާވަނި..ހުންނަން ނެތިން ފަހު ތި މަންޒަރު ބަލާކަށް..ހުންނަން ނެތިން އިންތިޒާރެއް ކުރާކަށް..ގާތުގަ ހުރެފަ ތިދޭ އަނިޔާއިން ފަނާވާން..ފަހަތުގަ ނެތިން އިތުރު ޟަފްޙާ ގުނާކަން..އުޅެން ބޭނުމަސް .. ކިހިނެއް އުޅޭނީ ބާރުގަ ދަތި އަލިފާނުގަ ވޭނީ..އިތުބާރު ނުކުރެވި ލޯބިގެ ބާރު ކެނޑި..މިހަޔާތަށް ގެނުވީ ގަދަ ވަޔާކެރި..ލޯބިން މިގޮތަށް ވާނަން އުމުރަށް..އުޅުމަށް ދުވާސް ތަކެއް ގުނުމަށް.. ނޭދެން ގާތުން ދުރުވާން މިއަޅާ ވާން އެދެމޭ ގާތުގަ ތިޔަމާ…”
އެ ޒުވާނާ ލަވަކިޔާ ނިންމާލުމަށް ފަހު ލޯ ހުޅުވާލިއެވެ . އަދި އެއްވެސް އަސަރެއް ނެތްގޮތަކަށް އުޑަށް ބަލާލިއެވެ.
“އިއްބާން”
އުޑަށް ބަލަހައްޓައިގެން އިން ޒުވާނާ ދިޔައީ ސިއްސައިގެންނެވެ.
“އިއްބާން”ދެވަނަ ފަހަރަށް ވެސް އެމީހަކު ގޮވާލިއެވެ.
އެވަގުތު އެ ޒުވާނާ ވާއަތުގެ ނުފުށުން ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. އަދި މޫނުމަތިން ފެންނަންހުރި ޝުޢޫރުތައް ނުހަނު ކުޅަދާނަ ކަމާއެކު ފޮރުވާލިއެވެ .
“އިއްބާން..މިތާ ކީއްތިކުރަނީ..ހޯދާ ހޯދާ ވަރިބަލި ވެއްޖެ …އަދިއެވެސް ގިޓާ ހިފައިގެން..” ނާއިލް އަށް އިއްބާން އަތުއޮތް ގޮޓާ ފެނުމުން ހައިރާން ކަމާއެކު އަހާލިއެވެ. މީ އޭނާއަށް އިއްބާން ގެ ފާރާތުން ވަރަށް މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ.
“އޯވހް..ގިޓާ ހިފައިގެން މިތަނަށް އައީ މިތަން ރީރިކަމުން…ސޮރީ ބްރޯ..އެން ކޮންއިރަކު މާލެ ދަނީ …އޮފީހަށް ދާން ޖެހޭނެ 6 ގަ .. މިޔަދުމީ 2..އެހެނަވީމާ 4 ގަ މާލެ ދަމާ..” އިއްބާން ހިނިތުންވެލާފައި ބުނެލިއެވެ. އަދި އަވަހަށް މައުޟޫ ބަދަލު ކޮއްލެވޭތޯ އުޅެގަތެވެ. އެކަން ވަރަށްވެސް ފަސޭހައިން އިއްބާން ކާމިޔާބުކުރިއެވެ. ނާއިލް އައިސް އިއްބާން އިން ރުއްބުރިމަތީ އިށީނދެ އެކަމާ އެއްބަސްވިއެވެ. އެތަން އަނދިރިވުމުން އެމީހުން ގޮނޑުދޮށުން އެރުމަށް ހިނގައިގަތެވެ.
ވަގުތަކީ ހަވީރުގެ ވަގުތެވެ . އައިލީން އާ ލީޝާ ހިނގަމުންދިޔައިރު ދެމީހުންގެ މިސްރާބުހުރީ ގޮނޑުދޮށާދިމާލަށެވެ. މަގުގެ ދެފަރާތުގައި ފުދޭވަރަކަށް ގަސް ހެދިފައި ވެއެވެ. އެއްވެސް ރަހުމެއްނެތި ލީޝާ އާ އައިލީންގެ ފައިދަށުގައި ހިކިފަތްތަށް ފިސްފިސްވާ އަޑުއިވޭއިރު ނުލާހިކު ހިތްގައިމެވެ. އަދި ގަސްތަކުގެ ފަތްތަކުން ފުރޭނިގެން އަންނަ އިރުގެ ދޯދިތަތް އެ ޒުވާން ދެ އަންހެން ކުދިންގެ މޫނަށް އެޅިފައިވާއިރު ބަޔާން ކޮއްދޭން ދަތިހާ ރީތިވެފައި ފުރިހަމައެވެ.
ހިކިފަތްތަކެއް ޗިސްވާ އަޑަށް ރުއްބުރިއެއްމަތީ އިށީނދެގެން އިން ދެ ޒުވާނުން އެއްފަހަރާހެން ފަހަތަށް ބަލާލިއެވެ. އެވަގުތު އިއްބާންގެ ދެލޯބޮޑުވިއެވެ. އަދި ބޭއިޙްތިޔާރުގައި ކޮޅާށް ތެދުވެވުނެވެ. ނާއިލްއަށް ވެސް އިއްބާން އަށް ވީގޮތްފެނި ކޮޅަށް ތެދުވެވުނެވެ. އެވަގުތު ލީޝާ އާ އައިލީން އެސް އިއްބާންމެންންށް ބަލާލިއެވެ. އައިލީން އަށް އިއްބާން ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ.
އޭނާގެ ހަޔާތުންވެސް މިފަދަ ރީތިކަމެއް ނުފެނެއެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އަތްޔެވެ. ބާމަތިފުޅާ ރީތި ހަށގަނޑެކެވެ.
ކަޅުކަންގަދަ އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ސްޓައިލްކުރެވިފައެވެ. ބޮޑު އެހާމެ އަސަރުގަދަ ލޮލެކެވެ. ފުލް ލިޕްސް އެކެވެ. އަދި އައިލީން އެންމެ ހައިރާންވީ އެ ޒުވާނާގެ ލޮލުގެ ކަޅި ނޫކުލައިގައި ހުރީމައެވެ. “އައިސް ބްލޫ ، އޯވޝަން ބްލޫ ، ލޯޔަލް ބްލޫ “އައިލީން އަށް އެލޮލުގެ ކަޅިއަށް ދޭނެ ނަމެއް ނޭންގުނެވެ.
އެއީ ހަމަ އެސޫރައެވެ. އެ ދޮންކަމާއި ކަޅު ރޭގަނޑެއްފަދަ ރާޅުބާނި އިސްތަށިގަނޑެވެ. އެބޮޑު ލޮލާ މައްޗަށް ލެނބިފައިވާ ބޯ އެސްފިޔަތަކެވެ. ބައްޓަން ރީތި ނޭފަތަކާއި ގަދަ ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ހިތިފަތު ބުމައެކެވެ. އިއްބާން އަށް ފެނުނުގޮތުގައި ތަފާތަކީ އެ އަޅިފެހިކުލައިގެ ވިދުމެއްލިބިފައިވާ ކަޅިއެވެ. އަދި އެ މައުސޫމް ކަމާއި ގުނާއަދަދު ނުކުރެވޭ ރީތިކަމެވެ.
އައިލީން އާ އިއްބާން ގެ ހަތަރުކަޅި ހަމަވިވަގުތު އައިލީން އިއްބާން އަށް ރީތި ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ .
ކުއްލިޔަކަށް އިއްބާން އޭނާގެ މާޒީމަތިން ހަނދާންވިއެވެ. އޭނާ ރުއިރުއިމެވެ. އެ ލޯތްބައްޓަކައި ހެދުނު ގޯސްތަކެވެ. އެ ހަނދާން އާވުމާއެކު އިއްބާން ގެ ތަބީއަތު ގޯސްވިފަދައެވެ. ދެ އަތް މުއްކަވާލެވުނެވެ. ދަތްތައް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑި ވިކާލެވުނެވެ. އަދި އެ ކަޅުކަންގަދަ ބުމަ ގޮއްޖަހާލުމަށްފަހު އައިލީން އާދިމާލަށް ބަލާލީ ލޯ ހަނިކޮއްލަމުންނެވެ. އަދި ބާރު ހިނގުމެއްގައި އެތަނުން ދިއުމަށް ހިނގައިގަތެވެ.
“އިއްބާން..އޭތް މަޑުކޮއްބަލަ..” ނާއިލް ގޮވާލިއެވެ. އަދި އަވަސް ހިނގުމެއްގައި އެތަނުން ދިއުމަށް ހިނގައިގަތެވެ.
އައިލީން ގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެ ޒިވާނާ ބަލާލި ނުރައްކާތެރި ނަޒަރުން ނެވެ. އައިލީން ހައިރާންވެސް ވިއެވެ. އެ ޒުވާނާ އޭނާދެކެ ރުޅިއަންނަން ޖެހޭވަރުކަމެއް އޭނާއެއް ނުކުރެއެވެ. އެހާ ރީތި ހިނިތުންވުމެއް ދިނީމަވެސް އޭނާއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލުމައް ފަހު އެދިޔައީއެވެ. އައިލީން އަށް ނުވިސްނުނު ތަންކޮޅަކީ ނުވެސް ދަންނަ ޒުވާނަކު އެހާ ރުޅިވެރި ނަޒަރަކުން ބަލާލާފިއި ދިއުމުން އޭނާ ދެރަވާން ޖެހުނު ސަބަބެވެ.
“އިއްބާން” އައިލީންއަށް އެނަން ދެތިންފަހަރު ކިޔާލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.








Alhe.. Vrh reethi ingey.. Ummeedhu kuran feshigen nimendhen gennaane kamah..
Thank you Afoo..Inshaa Allah nimendhen up koalaanan..ly?❤♥
I am 12 years old girl who loves to write dhivehi stories.
Salaam dear readers. Here is the first part of “WAANAN UMURAH” hope you will like this part.love you all ♥❤♥❤♥❤♥
❤varah reethi ❤
Thanks Ibsha..♥♥
masha allah varah reethi. when next?
Thanks Rai… liyevunu emme avahakah…keep waiting..ly♥❤♥❤
Thanks Rai..Insa Allah liyevunu emme avahakah..keep waiting ..❤♥❤♥
Story varahh reethi??sifakoffaa hurilehhvss varahh furihama???i love to read your storiess
Thanks Mãee..love you❤♥
Vvvvv reethi ingey❤️❤️❤️???❤️❤️❤️??? Mi story nimendhen story genesdhechchey ingey malkko???❣️❣️❣️❣️????????You r so talented and so great.. Keep up your great works ingey malkko…
Thank you dhonthee. .Insha Allah mi story Nimendhen genesdheynan..varah ufaavey dhontheege comment fennathee ..ly♥♥❤?❤♥♥
Malkko..vv salhi ingey feshun?❤❤???….sifakohlun adhi ginakohlahchey miah vure..Waiting fr the next part…Vv curious vefa mihury..hehe..keep going darla..luw yuhhh???????????????????????
Awesome ????❤️❤️❤️?
Thanks Reekko..❤♥❤♥
Thanks jiji..yes.. sifakurunthah adhi miah vure ginakoalaanan.. keep waiting.. Love you more and more…❤♥?♥❤
Woww teethi story eh..maashaa allah.??waiting 4 next part..
Thanks Star..Insha Allah liyevunu emme avahaka…keep waiting..♥❤♥❤♥
Vv reethi ??
Thanks..♥❤
Vaahaka Varah reethi ♥️ But I can’t believe a twelve year old writing mihaa bodu story eh. Your writing is very beautiful
Thanks scarlet ..keep waiting..♥❤♥
Vaanamey umurah huvaa yaaraa
Neydemey vakivaakasheh loabivaa
Nuvaanamey badaleh huvaa yaaraa
Nafsu oyaa gohi tiya dey ruhaaniyasey
Ne yden gaatun duruvaan mialhaa vaan edemey gaatu ga mialaa loabin ti gotah waanan umurah
Mee symbolic records ge lavaeh mi lava liyeba noony mi lava beynumiyya soundclouds ga search kohlaa symbolic recods jinaa sapey
Tooobti tu tu hub hub lors of love malko mal ko viber use kuranthr
Noon..viber use nukuran..?♥♥
Malko viber use kuranthr..???????❤miss u luv u anyways stry v reethi.and mee malko ge frnd stry eh aslu namuga ves comment kurin can u guess who am i
Noon.. viber use nukuran..thank you..Um..who are you..?♥❤♥
Damn.. nice.. waiting for next episode.. but r u gonna be uploading both stories simultaneously?
Yeah I’m planning to go on like this but can’t promise anything. Though I’ll do my best. Thank you ♥❤☺❤♥
??Vvvvv reethi mi part ves ingey…..? Mashaa Allah… Keep it up.. ??Waiting for the next part.. ?Good luck ingey..
Thanks zar@..?
????Dear kobaa next part
Thursday night ga up koaladheynan.. keep waiting jiji..?♥
Alhey haadha molhey. Masha Allah .vrh reethi story♥️♥️. I love it.
Thanks meera..?
Wait how old r u
12 years…?
Omg I read all the comments .and you r just only 12 years .mind blowing ? .you r so telented. Maasha Allah . Keep it up . I hope you will be successful in your future. And this is the first time I read a story of a little girl .keep it up girl .and by the vaahaka Vara reethi????❤️❤️❤️
Thanks Haako. .♥?♥
Vvvv reethi
Thanks sharoo..♥
Wow wow
Vrh reethi ❤️☺️
Thanks lykkko..
Varah reethi
Thanks lam?.
Seems like my story
oww