Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ވާނަން އުމުރަށް – 01 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
November 1, 2020 8 Mins Read
0 Comments

ކިޔުންތެރިންގެ ސަމާލުކަމަށް!

ވާނަން އުމުރަށް މި ވާހަކަ އަކީ އަޅުގަނޑު ‘އެސްފިޔަ ދިވެހި ވާހަކަ ސައިޓް’ ގައި ލިޔުނު އެންމެ ފުރަތަމަ ވާހަކައެވެ. އަދި މި ވާހަކައިގައިވާ ނުހަނު ގިނަ ކުށްތައް ފާހަގަ ކުރެވުމުން އަޅުގަނޑު ވަނީ އަނެއްކާ އަލުން މި ވާހަކަ މި ސައިޓްގައި ޝާޢިރުކުރަން ނިންމާފައެވެ. ކުދި އަދި އެއާއިއެކު ބޮޑެތި ބަދަލުތަކާ އެކުގައެވެ. މި ވާހަކަ ރެގިއުލާރކޮށް އަޕްލޯޑް ކުރެވިގެންދާނެ ވާހަކަ އިއުލާނުކޮށްލަމެވެ. އަދި އަޅުގަނޑުގެ ނުނިމި ހުރި ހުރިހާ ވާހަކައެއް އަލުން ކިޔުންތެރިންނަށް ކިޔާލަން ލިބޭނެވާހަކަ އަޅުގަނޑު މި ފުރުސަތުގައި ދަންނަވާލަމެވެ. އެހެނީ މި ވާހަކަ ‘ވާނަން އުމުރަށް’ އަލުން އަޕްލޯޑް ކުރުމަށްފަހު އަނެއްކާވެސް އަޅުގަނޑު ނުނިމި ހުރި ވާހަކަތަކުގެ ތެރެއިން އިތުރު ވާހަކައެއް އަޕްލޯޑްކުރަން ފަށާނަމެވެ. ‘ފުހެވިގެންނުދާނޭ’ ގެ ކިޔުންތެރިންނަށް އެ ވާހަކަވެސް ކިޔާލަން އަދި ލިބޭނެވާހަކަ ދަންނަވަމެވެ. ތިޔަ ކިޔުންތެރިންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ. ހޭވް އެ ބްލެސްޑް ޑޭ!

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
ލިޔުނީ: މަލްސާ މޫސާ (ލީޝް)

. . .

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއަށް އަލްވަދާއުކީ ވަގުތެވެ. ގޮނޑުދޮށަށް ރާލު ބީއްސާލާ އަޑު ރިތިކޮށް އިވެމުން ދިޔައެވެ. މި ހިތްގައިމު މާޙައުލުގެ ހަމަހިމޭންކަން ނައްތާލީ ގޮނޑުދޮށުގައި އިން ޒުވާނާގެ އަޑުންނެވެ. މޫދާ ކުރިމަތިލައިގެން ރުއްބުރިއެއްމަތީ އިށީނދެގެންއިން ޒުވާނާ ގިޑާގައި އަތް ހިންގާލިއެވެ. އެއީ އަސަރާއި ހިއްދައިކަމުން ދުރިވެގެންވި ރާގެކެވެ. އިރުކޮޅެއްފަހުން ގިޓާގެ ރާގާއި އެއްވަރަށް ހިތްދަތިކަމާއި ވޭނުންފުރިގެންވި ފިރިހެންވަންތަ އަޑުން ލަވަކިޔަން ފެށިއެވެ.

“އާހުން. ލޭ ކަރުނައިން ލޯ ތެމެނީ! ވާގޮތް މިހިތަށް ބުނެދެން ދަތިވޭ އާހުން. އާހުން. ” އެ ޒުވާނާ ލަވަކިޔަމުން ދިޔައިރު ކޮށްފައިވާ އަސަރު ލޮލުން ވެއްޓުނު ކަރުނަތިކިންވެސް އެނގޭހާއެވެ. އެއި އޭނާގެ ޙަޔާތުގައި ކަޅާއި ހުދުން ފަވާލެވުނު ހިތްދަތިކަމާއި ވޭނުންފުރިގެންވި ސަފުހާއެކެވެ.

“އާހުން. އާހުން. އޯ ވޭނީ އާހުން… ” އެއް ލަވަ ކިޔާ ނިންމާލުމަށްފަހު އަނެއްލަވަ ކިޔަން ފެށިއެވެ. އެ ޒުވާނާ ލަވަކިޔަމުންދިޔައިރު އަނދިރިވަމުންދާ ދުނިޔެވެސް ނުފެންނަފަދައެވެ.

“ނުވާނަމޭ ބަދަލެއް ހުވާ ޔާރާ… ވާނަމޭ އުމުރަށް އެކީ ޖާނާ… ނޭދެމޭ ދުރުވާކަށެއް ލޯބިވާ… ނުވާނަމޭ ބަދަލެއް ހުވާ ޔާރާ… އަދުވަޔާ ދެވި، ދުރަށް އޮޔާ ދެވި، ބެހިގެން ރަށަކަށް ނަފްސު އިޔާ ދެވި… އަދު ކަލާފެނި، ހަނދުމަށް ފެނި، ހަނދުމަ ވީމަ ކަލާ ހަނދު ކަފާ ނެގި… މޮޅެތިބަސްތަކުން މީރުވަސްތަކުން މުޅި މި ދިރިއުޅުމުގަ ވަނީ ތި ހަނދާންވަނީ… ލޯބި އަސްލަކު، ނުވެކަން ގަސްދަކު، ހުރެދުރުގަ އުފަލުގަ މަލާ ވަނީ… ހުންނަން ނެތިން ފަހު ތި މަންޒަރު ބަލާކަށް… ހުންނަން ނެތިން އިންތިޒާރެއް ކުރާކަށް، ގާތުގަ ހުރެފަ ތިދޭ އަނިޔާއިން ފަނާވާން. އުޅޭން ބޭނުމަސް… ކިހިނެއް އުޅޭނީ؟ ބާރުގަ ދަތި އަލިފާނުގަ ވޭނީ… އިތުބާރު ނުކުރެވި ލޯބީގެ ބާރުކެނޑި… މި ހަޔާތަށް ގެނުވީ ގަދަ ވަޔާ ކެރި… ލޯބިން މިގޮތަށް ވާނަން އުމުރަށް… އުޅުމަށް ދުވަސްތަކެއް ގުނުމަށް… ނޭދެން ގާތުން ދުތުން ދުރުވާން މިއަޅާ ވާން އެދެމޭ ގާތުގަ ތިޔަމާ!… ” އެ ޒުވާނާ ލަވަކިޔާ ނިންމާލުމަށްފަހު ލޯ ހުޅުވާލަމުން އެއްވެސް އަސަރެއް ނެތްގޮތަށް އުޑަށް ބަލާލިއެވެ.

“އިއްބާން؟ ” އުޑަށް ބަލަހައްޓައިގެން އިން ޒުވާނާ ދިޔައީ ސިއްސައިގެންނެވެ.

“އިއްބާން؟ ” ދެވަނަ ފަހަރަށްވެސް އެމީހާ ގޮވާލިއެވެ.

އެވަގުތު އެ ޒުވާނާ ވާއަތުގެ ނުފުށުން ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. އަދި މޫނުމަތިން ފެންނަންހުރި ޝުޢޫރުތައް ނުހަނު ކުޅަދާނަ ކަމާއިއެކު ފޮރުވާލިއެވެ.
“އިއްބާން. މިތާ ކީއްތިކުރަނީ؟ އަހަރެން މިހާރު އިއްބާން ހޯދާހޯދާ ވަރުބަލިވެއްޖެ. އަދި އެވެސް ގިޓާ ހިފައިގެން؟ ” ނާއިލްއަށް އިއްބާންގެ އަތުގައި އޮތް ގިޓާ ފެނުމުން އަހާލީ އެއްބުމަ ހިއްލާލާމުންނެވެ. މިއީ އޭނާއަށް އިއްބާންގެ ފަރާތުން ވަރަށް މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ.

“އޯވްހް، ސޮރީ ބްރޯ. ކޮންއިރަކު މާލެ ދަނީ؟ އަހަރެމެން ޖެހޭނނެ މި މަހު ހައެއްގެ ކުރިން މާލެ ދާން މާދަން ނޫން އަނެއްދުހު ދަމާ؟. ” ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އިއްބާން ނާއިލްގެ ސުވާލަށް ޖަވާބުދިނުމެއްނެތި އެހެން ވާހަކައެއް ފެށިއެވެ. އަދި މަޢުޟޫ ބަދަލުކޮށްލެވޭތޯ އުޅެގަތެވެ. އެކަން ވަރަށްވެސް ފަސޭހައިން އިއްބާން ކާމިޔާބުކުރިއެވެ. ނާއިލް އެކަމާއި އެއްބަސްވަމުން އިއްބާން އިށީނދެއިން ރުއްބުރިމަތީގައި އިށީންނަމުން އެކަމާއި އެއްބަސްވިއެވެ. އެތަން އަނދިރިވުމުން އެމީހުން ގޮނޑުދޮށުން އެރުމަށް ހިނގައިގަތެވެ.

***
ވަގުތަކީ ހަވީރުގެ ވަގުތެވެ. އައިލީން އާއި ލީޝާ ހިނގަމުންދިޔައިރު އެދެމީހުންގެ މިސްރާބުހުރީ ގޮނޑުދޮށާއި ދިމާލަށެވެ. މަގުގެ ދެފަރާތުގައި ފުދޭވަރަކަށް ގަސް ހެދިފައިވެއެވެ. އެއްވެސް ރަޙުމެއްނެތި އައިލީންއާއި ލީޝާގެ ފައިދަށުގައި ހިކިފަތްތައް ޗިސްޗިސްވާ އަޑު އިވޭއިރު ނުލާހިކު ހިތްގައިމެވެ. ގަސްތަކުގެ ފަތްތަކުން ފުރޭނިގެން އަންނަ އިރުގެ ރަން ދޯދިތައް އެ ޒުވާން ދެ އަންހެންކުދިންގެ މޫނަށް އެޅިފައިވާއިރު ބަޔާންކޮށްދޭން ދަތިހާ ރީތިވެފައި ފުރިހަމައެވެ.

ހިކިފަތްތަކެއް ޗިސްޗިސްވާ އަޑަށް ރުއްބުރިއެއްމަތީގައި އިށިންދެގެންއިން ނާއިލް އާއި އިއްބާންއަށް އެއްފަހަރާހެން ފަހަތް ބަލާލެވުނެވެ. އެވަގުތު އިއްބާންގެ ދެލޯބޮޑުވެގެން ދިޔައިރު ބޭއިޙުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެ ހިނދު ލީޝާ އާއި އައިލީންއަށްވެސް އިއްބާން އާއި ނާއިލްއަށް ބަލާލެވުނެވެ. އައިލީންގެ ނަޒަރު އިއްބާންއަށް ހުއްޓުމާއިއެކު ބަލަހައްޓައިގެން ހުރެވުނެވެ.

އޭނާގެ ހަޔާތުން މިފަދަ ރީތިކަމެއް ނުފެނެއެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އަތްޔެވެ. ބައިމަތިފުޅާ ރީތި ހށިގަނޑެކެވެ. ކަޅުކަންގަދަ އިސްތަށިގަނޑުވަނީ ސްޓައިލްކޮށްލެވިފައެވެ. ބޮޑު އެހާމެ އަސަރުގަދަ ލޮލެކެވެ. ފުލް ލިޕްސް އެކެވެ. އައިލީން އެންމެ ހައިރާންކުރުވި އެއްކަމަކީ އެ ޒުވާނާގެ ލޮލުގެ ކަޅި ނޫކުލައިގައި ހުރުމުންނެވެ. ‘ އައިސް ބްލޫ، އޯވޝަން ބްލޫ، ލޯޔަލް ބްލޫ…’ އައލީންއަށް އެ އަސަރުން ފުރިގެންވި ކަޅިއަށް ދޭނެ ނަމެއް ނޭނގުނެވެ.

އެއީ ހަމަ އެ ސޫރައެވެ. އެ ދޮންކަމާއި ކަޅު ރޭގަނޑެއްފަދަ ރާލުބާނި އިސްތަށިގަނޑެވެ. އެ ބޮޑު ލޮލާއި މައްޗަށް ލެނބިފައިވާ ބޯ އެސްފިޔަތަކެވެ. ބައްޓަން ރީތި ނޭފަތާއި ގަދަ ފިޔާތޮށި ކުލައިގެ ތުންފަތެވެ. ހިތިފަތު ބުމައެވެ. އިއްބާންއަށް ފެނުނު ގޮތުގައި ތަފާތަކީ އެ އަންހެންކުއްޖާގެ އަޅިފެހިކުލައިގެ ވިދުމެއްލިބިފައިވާ ކަޅިއެވެ. އަދި އެ މަޢުސޫމުކަމާއި ޝާޢިރަކަށްވެސް ބަޔާން ނުކުރެވޭނެފަދަ ރީތިކަމެވެ.

އައިލީން އާއި އިއްބާންގެ ހަތަރުކަޅި ހަމަވި ވަގުތު އައިލީން އިއްބާންއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
ކުއްލިއަކަށް މާޒީގެ ސަފުހާތަށް އިއްބާންގެ ލޯކުރިމަތިން ފެނިލިކަހަލައެވެ. އޭނާ ރުއިރުއިމެވެ. ކުރި އިންތިޒާރެވެ. ހެދުނު ގޯސްތަކެވެ. އެ ހަނދާންތައް އާވުމާއިއެކު އިއްބާންގެ ހާލު ގޯސްވިފަދައެވެ. ދެ އަތް މުއްކަވާލެވުނުއިރު ދަތްތައް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑި ވިކާލެވުނެވެ. އަދި ކަޅުކަންގަދަ ބުމަ ގޮށްޖަހާލުމަށްފަހު އައިލީން އާއި ދިމާލަށް ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ. އަދި މަޑުކުރުމެއްނެތި ބާރު ހިނގުމެއްގައި އެތަނުން ދާން ހިނގައިގަތެވެ.

“އިއްބާން. އޭތް މަޑުކޮށްބަލަ… ” ނާއިލް ގޮވާލިއެވެ. އަދި އިއްބާންގެ ފަހަތުން ދިއުމަށް އަވަހަށް ހިނގައިގަތެވެ.

އައިލީން ގައިން ހީބިހިނަގައިގެން ދިޔައީ އެ ޒުވާނާ އޭނާއާއި ދިމާލަށް ބަލާލި ރުޅިވެރި ނަޒަރުންނެވެ. އައިލީން ހައިރާން ވިއެވެ. އެ ޒުވާނާ އޭނާދެކެ ރުޅިއަންނަން ޖެހޭވަރުކަމެއް އޭނާއެއް ނުކުރެއެވެ. އެހާ ރިތި ހިނިތުންވުމެއް ދިނުމުންވެސް އޭނާއާއި ދިމާލަށް ރުޅިވެރި ނަޒަރެއް ދިނުމަށްފަހު ދިޔައީއެވެ. އައިލީންއަށް ނުވިސްނުނީ ނުވެސް ދަންނަ ޒުވާނަކު އެހެން ހެދުމުން އޭނާ ދެރަވި ސަބަބެވެ.

“އިއްބާން ” އައިލީންއަށް އެނަން ދެ ތިން ފަހަރު ކިޔާލެވުނެވެ.

“އޭތް! ލީން..” ލީޝާ ގޮވާލުމުންވެސް އައިލީންއަށް އަޑު ނީވޭކަހަލައެވެ. އައިލީންގެ ލޯކުރިމަތީގައި އަތް ހިންގާލުމުންވެސް އައިލީންއަށް އޭނާގެ ހިޔާލީ ދުނިޔެއިން ނުކުމެވޭގޮތެއް ނުވިއެވެ. އިރުކޮޅަކު އެހެން ފުރެފައި ބޯ ހޫރާލަމުން ފުންނޭވާއެއްލާފައި ލީޝާ އައިލީންގެ ކޮނޑުގައި ހިފާ ކުޑަކޮށް ކޮއްޕާލިއެވެ. އެވަގުތު ތެޅެގަންނަމުން އައިލީން ލީޝާ އާއި ދިމާލަށް ބަލާލިއެވެ.

“ލީން. ކޮން ހިޔާލެއްގަ؟ ” ރަނގަޅަށް އެނގިހުރެވެސް ލީޝާ ސުވާލުކޮށްލިއިރު އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމުގެ އަސަރުވިއެވެ.

“އެހް. މީ..މި ހިޔާލެއްގައެއް ނޫން. ” އައިލީން ލީޝާއަށް އޮޅުވާލެވޭތޯ މަސައްކަތްކުރީ ދުރުބަލާލަމުންނެވެ.

“އެހެ. އިއްބާންގެ ހިޔާލުގަ ދޯ. ” ލީޝާ އައިލީންއާ ދިމާކޮށްލިއެވެ. ލީޝާ އެހެން ބުނުމާއެކުހެން އައިލީންގެ މޫނު އެއްކޮށް ރަތްވިތަން ލީޝާ ދުއްޓެވެ. އަދި ލުއިކޮށް ހީނލުމަށްފަހު ކުރިއަށް ހިނގައިގަތީ ދުވަހާ ބެހޭގޮތުން ވާހަކަދައްކަމުންނެވެ.

***
ކުރިއަށް ހިނގަމުންދިޔަ އިއްބާންގެ މޫނުމަތިން ކުރިން ފެންނަން ހުރި ރުޅިވެރިކަމުގެ އަސަރެއް ނެތެވެ. އެ އަންހެންކުއްޖާ ފެނުނު ފުރަތަމަ ނަޒަރުންވެސް މާބޮޑަށް އޭނާގެ މާޒީ ހަނދާންވީއެވެ. އެއީ އޭނާގެ ހިތުގެ ރާނީވެސް އޭނާ ދުތްގޮތެވެ. ނަމަވެސް، އެވަގުތު އޭނާއަށް ރުޅި އިސްކުރެވުނީ އޭނާ ރުއިރުއިމާއި ހިތާމައިގެ ފުން ކަންޑަށް އޭނާ ވައްޓާލާފައި އެ ބޭވަފާތެރި އަންހެންކުއްޖާ ދިޔަގޮތް ހަނދާންވުމުންނެވެ. އޭނާގެ ހިރުގައި ލެވިފައިވާ އެ ޒަޙަމް ފަސޭހަނުވަނިސް އެ ނުދަންނަ އަންހެންކުއްޖާގެ ސަބަބުން ތާޒާވެއްޖެއެވެ. އެ ރުޅިވެރިކަމުގެ މައްޗަށް ކުރިހޯދީ ވޭނާއި ހިއްދަތިކަމެވެ. އިއްބާން ކިތަންމެ ރުޅިވެރި ނަޒަރަކުން އެ ނުދަންނަ އަންހެންކުއްޖާއަށް ބެލިނަމަވެސް، އެ ހިތް ދިޔައީ ރޮމުންނެވެ. ނަމަވެސް އިއްބާން މަސައްކަތްކުރަމުން ދިޔައީ އެންމެ ކަރުނަތިއްކެއްވެސް އޭގެ މަޤާމުން އޭނާގެ ނުޤަބޫލުގައި ފޭބިއްޔަނުދިނުމަށެވެ. އަދި އެކަން އިއްބާން ކާމިޔާބުވެސް ކުރިއެވެ. ފުން ނޭވާއެއް ލުމަށްފަހު ދިގު އެސްފިޔަތަށް ތިރިކޮށްލަމުން ދެލޯ މަރާލިއެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު އެ އަސަރުން ފުރިގެންވި ދެލޯ ހުޅުވާލީ ހިނިތުންވަމުންނެވެ. ނަމަވެސް، އެ ހިނިތުންވުން ލޮލާއި ހަމައަކަށް ނުފޯރިއެވެ. އެ އަސަރުގަދަ ނޫކުލައިގެ ދެލޮލަށް ބަލާލި ކޮންމެ މީހަކަށްވެސް އެ ދެލޮލުގައިވީ ވޭނީ ހިއްދަތިކަމާއި ކެކުޅުން ފެނުނީހެވެ.

“އިއްބާން. ” އިއްބާންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން، ނާއިލް ގޮވާލީ ނުހަނު މަޑުމައިތިރިކަމާއި އެކުގައެވެ. އިއްބާން އޭނާ ގާތުގައި ބުނަން ބޭނުން ނުވާނަމަ އޭނާއެއް ނާހާނެއެވެ. އޭނާއަކީ އިއްބާންގެ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް، އޭނާވެސް ވަކި ލިމިޓެއް ބާއްވައެވެ.

 

“ނާއިލް. ހިނގާ ގެއަށް ދަމާ. މިޔަދު އަންގާރަ ، ފްރައިޑޭގަ އަހަރެމެން މާލެ ދާނީ. އޯކޭތަ؟ ” ނާއިލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އިއްބާން އެހެން ބުނިއިރު ދެންމެ ކަމެއް ވީހެންވެސް ހީނުވެއެވެ. ނާއިލް ކުޑަކޮށް ހައިރާންވި ނަމަވެސް، އެކަމާ އަޅައެއް ނުލައެވެ.

 

“އޯކޭ، ހަމަ ދާންވީ. ” އެކުއެކީގައި ހިނގައިގަންނަމުން ނާއިލް ބުންނެވެ. އިއްބާން ކުޑަ ހުނުމަކުް ފުއްދާލީއެވެ. ގެސްޓް ހައުސް އާއި ހަމައަށް ދެވެންދެންވެސް އެދެމެދުގައިވީ ހިމޭންކަމެވެ.

***

މެންދުރުގެ ހޫނުކަންގަދަ ވަގުތުގައި ސްކޫލު ޝެޝަން ނިންމާފައި ގެއަށް ވަތް އައިލީން ބޭނުންވީ ތާޒާވެލުމަށެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް އަވަސް ފިޔަވަޅުތަކެއް ނަގަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

 

ދެ ފަންގިފިލާއަށް ނަގާފައިވާ ގެ ފަރުމާ ކުރެވިފައިވަނީ ވައިލެޓް ކުލައިންނެވެ. އައިލީން އޭނާގެ ކޮޓަރީ ދޮރު ހުޅުވާލުމަށް ފަހު ކޮޓަރިއަށް ވަންނަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

 

ގަދަ ފިޔާތޮށި ކުލައާއި އަޅިކުލައިން ފަރުމާކުރެވިފައިވާ އެ ކޮޓަރި ނުލާހިކު ހިތްގައިމެވެ. ކިންގް ސައިޒް އެނދު ކޮޓަރީގެ މެދުގައި ބަހައްޓާލެވިފައިވާއިރު ކަޅު އަލަމާރިއެއް ވާއަތް ފަޅީގެ ކަނުގައި އިނެވެ.  އެނދުމަތީގައި އަޅި ކުލައިގެ ބްލޭންކެޓްއެއް ބާއްވާލެވިފައިވާއިރު ގަދަ ދިޔާތޮށި ކުލައިގެ ބާލީސްތައް ތަރުރީބުކަމާއިއެކު ބަހައްޓާލާފައިހުއްޓެވެ.  ކިޔަވުމަށް ޙާއްސަ ކުރެވިފައިވާ މޭޒުމަތީގައި ފޮތްތައް ތަރުތީބުން ބަހައްޓާލެވިފައިވެއެވެ. އެކަކަށް އިށީންދެވޭނެހެން ހުރި ދެ ސޯފާ ވަނީ ބިއްލޫރި މޭޒުކައިރީގައި ބަހައްޓާލެވިފައެވެ.

 

ތާޒާ ވެލައިގެން ނުކުތް އައިލީން އަވަސްވެގަތީ މެންދުރު ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމުމާއިއެކުހެން އިސްކަންދިނީ ފިލާވަޅުތައް ނިންމުމަށެވެ. އެއީ އޭނާގެ އާދައެވެ. ގެއަށް އަންނަ ގޮތަށް އެންމެ ފުރަތަމަ އައިސް ކުރާ ކަމަކީ ފިލާވަޅުތަށް ނިންމައި ފޮތް ކިޔުމެވެ. އެހެން ވުމުގެ ސަބަބުން ގްރޭޑް ބާރަ އާއި ހަމައަށްވެސް އައިލީން ޙާސިލްކުރަމުން އައީ މައިންބަފައިން ފަޙްރުވެރިވާފަދަ ރަންވަނަތަކެކެވެ.

 

ނުހަނު ފަރުވާތެރިކަމާއެކު އައިލީން ފިލާވަޅުރަށް ހަދާ ނިންމާލުމަށްފަހު މާދަމާގެ ތާވަލަށް ސްކޫލްގެ ފޮތްތައް ދަބަހަށް އަޅާ ނިންމާލިތަނާހެން ބަންގީގެ އަޑު ކަންފަތުގައި ގުގުމާލުމުން އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމުމުން ވެފައިވާ ވަރުބަލިން އެނދުގައި ޖައްސާލުމާއެކުގައި އައިލީންގެ ބޯ އެސްދިޔަތައް ބަރުވެ ނިދީގެ ފުންކަނޑަށް ގެނބިގެންދިޔައެވެ.

 

***

“ދަރިފުޅާ އައިލީން؟ ބައްޕަ އާއި ދޮންބެ އެބައިން ފަރިފުޅު ނައިސްގެން. ދަރިފުޅާ!؟ ” ސައިރާ އައިލީންގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން ދިޔައީ އައިލީން ހަވީރު ސައިބޯން ނައިސްގެންނެވެ.

 

“އެބަ އަންނަން މަންމާ. ” އައިލީން ނިދިއަޑަކުން އެހެން ބުނުމުން ހިނިތުންވެލާފައި ދެފަރާތަށް ބޯހަލުވާލަމުން ސައިރާ އެންމެ ރަނގަޅޭ ބުނެފައި ގޮސްފިއެވެ.

 

އަވަސް ގޮތަކަށް ތާޒާ ވެލުމަށްފަހު އައިލީން ކާކޮޓަރިއަށް ހިނގައިގަތެވެ. ނަމަވެސް މަންމަމެން ކާކޮޓަރީގައި ނެތުމުން އައިލީން މިސްރާބުޖެހީ ޓެރަހަށް ދިއުމަށެވެ. ޓެރަހަށް ދިޔައިރު އެންމެން އެތަނުގައި ތިބުމުން ހިނިތުންވުމެއް ހަދިޔާކޮށްލަމުން އައިލީން ކޮފީ ޖޯޑު ހިފައިގެން ސޯފާގައި އިށީނެވެ.

 

ބޮޑު ޓެރަހެކެވެ. މޭޒަކާއި ސޯފާއެއް ކަނެއްގައި ބަހައްޓާފައިވާއިރު އެތަން ވަނީ ހިޔާކުރެވިފައެވެ. ޓެރަސްގެ ވާއަތްފަޅީގައި އެކި ވައްތަރުގެ މާތައް ފޮޅިފައިވާއިރު ބަލާލަމުން ނުގަނު ހިތްގައިމެވެ. މި ހިތްގައިމު ހަވީރުގެ ވަގުތު ‘ވައިލެޓްލޭން’ ގެ މެންބަރުން ދިޔައީ ހަވީރު ސަޔަށް އިންސާފުކުރަމުންނެވެ.

 

“ހެއި ލިލް ސިސް. ހާދަ ވަރުބަލި ވެފަ؟ މިޔަދު ސްކޫލް މާ ބުރައީތަ؟ ” އަޔާންއަށް އައިލީން ފެނުމާއެކު ކޮއްކޮއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އަހާލިއެވެ.

 

“ހެއި ދޮންބޭ. ނޫނޭ ސްކޫލް ބުރައެއް ނޫން. ކުޑަކޮށް ވަރުބަލިވެފަ. ” އަޔާންއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އައިލީން ބުންޏެވެ.

 

“ދަރިފުޅާ އައިލީން. ބައްޕަ އާއި މަންމަވެސް އުންމީދުކުރަން މި އަހަރުވެސް ދަރިފުޅު ބައްޕަމެން އުންމީދުކުރާފަދަ ނަތީޖާއެއް ހޯދާނެކަމަށް. ” ލޯބިވާ އަންހެންދަރިފުޅަށް ބަލާލަމުން ޝާހިދު ބުންޏެވެ.

“ލައްބަ ބައްޕާ، އިންޝާ ﷲ. އަޅުގަނޑު މަސައްކަތް ކުރާނަން. ”

 

“ދަރިފުޅާ. ބައްޕަ އެބަ ވިސްނަން ދަރިފުޅު މެލޭޝިޔާއަށް ފޮނުވަން. ދަރިފުޅު ބުނީމެއްނު ކުރިއަށް ދާން ބޭނުންވަނީ އާރކިޓެކްޗަރިނގ ގެ ދާއިރާއިންނޭ. އެ ތަނުން ކިޔަވަން ޖެހޭނީ ދެ އަހަރުވަންދެން. ދަރިފުޅުގެ ކިޔެވުން ނިމެން ދެން އިނީ ހަފްތާއެއް. ބާރަ ކިޔަވާ ނިމުނީމަ ދަރިފުޅު ބޭނުމިއްޔާ ވީހާވެސް އަވަހަށް މެލޭއަށް ފުރޭނެ. ހުންނާނެ މަންމަގެ ވަރަށް ގާތް އެކުވެރިއެއް އެކޮޅުގަ. އޭނާގެ ފިރިހެން ދަރިފުޅުވެސް ކުރިއަށް ދާން ބޭނުންވަނީ ތި ދާއިރާއިން. އެހެންވީމާ ދެމީހުންނަށްވެސް އެއް ތަނަކުން ކިޔެވޭނެނެއްނު؟ ދަރިފުޅު އެއްބަސްވާހާ އަވަހަކަށް ބައްޕަ ކަންތައްތަށް ހަމަޖައްސާލަދޭނަން. ” ޝާހިދު އެހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު އައިލީން އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ކޮފީތަށި މޭޒުމަތީގައި ބައިންދަމުން ބައްޕަގެ ގައިގައި ބައްދައިގަނެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

 

***

ފަތިހުގެ ހިތްގައިމު ވަގުތެވެ. އައިލީން ދިޔައީ ސްކޫލަށް ދާން ތައްޔާރުވަމުންވެ.

 

“ދަރިފުޅާ! ” ސައިރާ ގޮވާލިއެވެ.

 

“ލައްބަ މަންމާ، މި ދަނީއޭ. ” ކޮނޑުގައި ދަބަސް އަޅުވާލާފައި އަދި އެއްފަހަރު އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ކޮޓަރިން ނިކުންނަން މިސްރާބުޖަހަމުން އައިލީން ބުންޏެވެ. ސިޑިން ފައިބަމުން ކާކޮޓަރިއާ ދިމާލަށް މިސްރާބުޖެހި އައިލީން ފުން ނޭވާއެއް ދޫކޮށްލިއެވެ.

 

“އަން ދަރިފުޅާ. މިއަދު މީ ބުރާސްފަތި ދުވަހެއްނު. މި ކިރުތަށި ހުސްކޮށްގެން ދާންވާނީ. ” ކާކޮޓަރިއަށް ވަތް އައިލީން ކިރުތަށި ފެނުމާއިއެކު މޫނަށް ހަދާލިގޮތް ފެނިފައި ސައިރާ ބުންޏެވެ.

 

“ލައްބަ މަންމާ. ”

 

“ގުޑް މޯރނިންގ. ” އައިލީންއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަޔާން ބުންޏެވެ. ކަޅުކަންގަދަ އިސްތަށިގަނޑަކާއި ބައިމަތި ފުޅާ ހަށިގަނޑެކެވެ. ބޯ އެސްފިޔަތަކުގެ ހިޔަނި އެޅިފައިވާ އެ ދެ ލޮލުގެ ރީތިކަން އިންތިހާއެވެ. ކަޅުދެލިކޮޅެއްފަދަ ކަޅީގައި ތޫނު ވިދުމެއް ވާފަދައެވެ.

 

“މޯރނިންގ. މިޔަދު އަޅުގަނޑު ސްކޫލަށް ދާނީ ދޮންބެ އާއެކު ސައިކުގަ. ދޮންބެ ލީން ޑްރޮޕް ކޮއްލާފަ އޮފީހަށް ދާނީ. އޯކޭތަ؟ ” ހީނލަމުން އައިލީން އެއްސެވެ. އެންމެ ރަނގަޅޭ ބުނެލަމުން އަޔާން އެއްބަސްވިއެވެ.

***

ސްކޫލުން ހެއަށް އައިސް ވަތް އައިލީން ހުރީ ވަރުބަލިވެފައެވެ. ކޮޓަރިއަށް ވަދެ ތާޒާ ވެލައިގެން މެންދުރު ނަމާދުކުރުމަށްފަހު ތިނެއްޖަހާއިރަށް ފޯނު އެލާމަށް ލުމަށްފަހު އެނދުގައި އޮށޯތީ ނިދާލުމުގެ މަޤުސަދުގައެވެ. އޮށޯތްކަމެއް ނޭނގެ ނިދީގެ ފުން އާލަމަށް އައިލީން ގެނބިގެން ދިޔައެވެ.

 

***

ފޯނު އެލާމް ވަމުންދިޔަ އަޑަށް އައިލީން ލޯހުޅުވާލާފައި މަޑުމަޑުން އެސްފިޔަތައް ޖަހާލިއެވެ. އިރުކޮޅަކު އެހެން އޮވުމަށްފަހު ތެދުވެ ތާޒާވެލައިގެން ފިލާވަޅުތައް ހަދަން ފެށިއެވެ. ގަޑިއިރެއް ހާއިރު ފަހުން ނިމުމާއިއެކުހެން ވުޟޫކޮށްލައިގެން އަސުރު ނަމާދަށް އެރިއެވެ.

 

ނަމާދުކޮށް ނިމުމުން އައިލީން ފޯނު ހިފައިގެން އެކޮޓަރީ ބެލްކަންޏަށް ނުކުތެވެ. ބޭރު ބަލާލުމަށްފަހު ސޯފާ ގައި އިށީންނަމުން ފޯނު ހުޅުވާލުމަށްފަހު ވައިފައި ޖައްސާލިއެވެ. ވައިފައި ޖެއްސިކަމެއް ނޭނގި ފުލުފުލުގައި މެސެޖުތަށް އަންނަން ފެށިއެވެ. ދެފަރާތަށް ބޯ ހަލުވާލަމުން ވައިބާރ ބަލާލިއިރު އެއީ ކްލާސް އަންހެންކުދިންގެ ގްރޫޕްއިން އައި މެސެޖް ތަކެވެ. އޭގައި އޮތީ މިޔަދު ހަވީރު ހުރިހާ އެންމެން އައިލީންމެންގޭ ކައިރިއަށް ދިއުމަށެވެ. އެއީ ސްކޫލް ކިޔެވުން މި ހަފްތާތެރޭގައި ނިމޭތީވެ ގެޓްޓުގެދާރ އެއް ބޭއްވުމަށެވެ. ކުލާސް ކުދިން ތަކުގެ ތެރެއިން އަތިރިމައްޗާއި އެންމެ ކައިރީ އައިލީންމެން ގެ ކަމުން އެންމެން އެއްބަސް ވެފައިހުއްޓެވެ. އައިލީންވެސް އެންމެ ރަނގަޅު ކަމަށް ބުނެފައި މަންމަގެ ހުއްދަ ހޯދުމަށްފަހު އަވަސްވެގަތީ ތައްޔާރުވުމަށެވެ.

 

ތާޒާވެލައިގެން ފާޙާނައިން ނުކުންނަމުން އަޅިކުލައިގެ ރީތި ޑިޒައިން އަކަށް ފަހާލެވިފައިވާ އަތްދިގު ހެދުމެއް ލާފައި ކަޅުކުލައިގެ ސްކްނީ ޖީންސް އެއް ލިއެވެ. އެ ހެދުން ލާފައި ހުރުމުން އައިލީންގެ އަޅިފެހިކުލައިގެ ކަޅިގެ ވިދުވަރު ތޫނުވެފައިވާހެން ހީވެއެވެ. މޫނުގައި ލުއިކޮށް މޭކަޕުކޮށްލުމަށްފަހު އައިލީން އޭނާގެ ތުނި ތުންފަތް މަޑު ފިޔާތޮށިކުލައަކުން ފަވާލިއެވެ. ލޮލުގައި އައިލައިނަރ އަޅާލުމަށްފަހު އިސްތަށިގަނޑު ރީތި ގޮތަކަށް ހަދާލިއެވެ. ފޯނުން ގަޑި ބަލާލިއިރު ފަހެއްޖަހަން ފަސްމިނެޓަށްވީ އެވެ. އަވަސް ހިނގުމެއްގައި ސިޑިން ފައިބައިގެން އައި އައިލީން ފެނިފައި ސައިރާ ބުންޏެވެ.

 

“މާޝާ ﷲ، ދަރިފުޅު ވަރަށް ރިތި. އިރު އޮއްސުމުގެ ކުރިން އަންނައްޗޭ. ” ހިނިތުންވެލަމުން ސައިރާ ބުންޏެވެ.

 

“ލައްބަ” ކަޅުކުލައިގެ ބޫޓަކަށް އަރަމުން އައިލީން ބުންޏެވެ. އަދި ގޭ ދޮރުމަތީގައި މަޑުކޮށްލިއެވެ. ފަސްގަޑި ފަހެއް ވީއިރަށް އެންމެން ހަވަވުމުން އެންމެން ހިނގައިގަތީ އަތިރިމައްޗާއި ދިމާއަށެވެ. އެންމެން ސަކަރާތްޖަހަމުން ދިޔައެވެ.

 

އަތިރިމައްޗަށް ދެވުމާއިއެކުގެން ލީޝާ އައިލީން ކޮއްޕާލާފައި ދުއްވައިގަތެވެ. އައިލީންގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއިރު ‘ލީޝާ’ އޭ ކިޔާ ގޮވާލަމުން ލީޝާގެ ފަހަތުން ދުއްވައިގަތެވެ. ލީޝާ އާއި އަރާ ހަމަކުރުމަށްފަހު އައިލީން ލީޝާ ކޮއްޕާލުމަށްފަހު ދުއްވައިގަތީ ކުރީ ދުވަހުވެސް އެދެމީހުން ދިޔަ ދިމާލަށެވެ. އައިލީންގެ ފަހަތުން ލީޝާ ދުވަމުން ދިޔައީ އޭނާ އަތުލެވޭތޯއެވެ. ނަމަވެސް އައިލީން ކުރިއަށްވުރެވެސް ދުވުމުގެ ސްޕީޑު ބާރުކޮށްލިއެވެ. ފަހަތަށް ބަލަމުން ދުވަން ހަދައިގެން އައިލީން ކޮންމެސް މީހެއް ގައިގައި ލައިގަނެފައި ވެއްޓެން ދިޔައެވެ.

 

ބޭއިޙުތިޔާރުގައި ހަޅޭއްލަވައި ގަންނަމުން އައިލީންއަށް ދެލޯ މަރާ ބާރުކޮށްލެވުނީ ވެއްޓިއްޖިއްޔާ ވާނެ ތަދު ހިތަށް އެރުމުންނެވެ. ނަމަވެސް އައިލީން ހީކުރިގޮތާއި ޙިލާފަށް އޭނާގެ ހަށިގަނޑު ބިންމަތީގައި ޖެހުމުގެ ކުރިން ބާރުގަދަ އަތެއްގެ ތެރޭގައި އޮތްކަން އިޚުސާސް ކުރެވުނެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއެކު އައިލީން ސިހިގެން ދިޔައީ އެ އަސަރުގަދަ ނޫކުލައިގެ ލޯ އެހާ ކައިރިން ފެނުމުންނެވެ.

– ނުނިމޭ –

ވޯޑް ކައުންޓް: 1800+

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ހިތި ނިމުން 12

Next

ތިޔަ ލޯބި އަދު ލިބޭނެބާ 14

Next
November 2, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 14

Previews
November 1, 2020

ހިތި ނިމުން 12



All Right Reserved!