މާޒީ (އެކާވީސްވަނަބައި)
ނައިލް ވާހަކަ ދެއްކިއަޑުއިވި ޝާޔަންއަށް ބަލާލެވުނީ ދެލޯބޮޑުކޮށްލަމުންނެވެ. ޝާޔަން އަތުން ވަގުތުން މާބޮޑި ދޫވެގެން ތިރިއަށް ވެއްޓުނު އިރުގައި ފަހަތަށް ދެތިން ފިޔަވަޅު އަޅައިލެވުނެވެ. އެއިވިގެން ދިޔައީ ނައިލްގެ އަޑެއްނޫނެވެ. ޝާޔަންއަށް ހަމަ ގައިމުވެސް ނައިލްގެ އަޑެއް ނޯޅޭނެއެވެ. ޝާޔަންއަށް ދެންމެ އެ އިވުނު އަޑަކީ މީގެ ކުރިން އިވިފައިވާ އަޑެއްހެން ހެންވެސް ހީވިއެވެ. އެހެންކަމުން ސިކުނޑިއަށް ބާރުލަމުން ވިސްނާލީ އެއަޑާއި މެދުގައެވެ. އެއީ ކާކުގެ އަޑެއްކަން ޝާޔަންއަށް އިނގުނު ހިނދު ދެލޯބޮޑު ކޮށްލެވުނެވެ.
”އާރަވް….”
ޝާޔަންއަށް ބުނެވުނެވެ. އާރަވް ނުލަފާ ގޮތަކަށް ހީލަމުން ޝާޔަންއަށް ބަލާލިއެވެ.
”ޔެސް އާރަވް…..މޮޅު އިނގޭ……މާ ބިރުން ތިހިރީ ކީއްވެތަ؟…އަހަރެން ނޫޅެމޭ ޝާޔަން ކާލާކަށް……ކޮބާ ނައިލް؟…ނައިލް ގާތުގަ ޝާޔަން އަންނަ ދުވަސް އެއި ހިތުން ނުފިލާވަރުގެ ދުވަހަކަށް ހަދާލާނަމޭ ބުނީމަވެސް ޝާޔަން އެކަނި ތަންތަނަށް ފޮނުވީތަ؟…. ނައިލް ހާދަ ފަރުވާކުޑައޭ ދޯ…..ހެހެހެ…..”
އާރާވްގެ ވާހަކަ ކުރިއަށް ދިޔަވަރަކަށް ޝާޔަން ގަނެފައިހުރި ބިރު އިތުރުވުން ނޫންކަމެއް ނުވިއެވެ. ޝާޔަންގެ ހިތް ތެޅެމުންދިޔައީ އެހާމެ ބާރަށެވެ. އެއީ ރޭގަނޑުގެ ވަގުތު ކަމުން އެދިމާއިން އެއްވެސް މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. މިކަމާ ޝާޔަންއަދި މާ ބިރުގަންނަށްފެށިއެވެ. އަދި ނުވީތާކަށް ޝާޔަންގެ އަތުގައި ފޯނެއްގެ ހިސާބުވެސް ނެތެވެ. ޝާޔަންއަށް އިތުރަށް ހަދާނެގޮތެއް ނޭންގުނެވެ.
”ސޯ ޝާޔަންއަށް މިހާރު އިނގޭ ދޯ ނައިލްއެއީ ކިހާވަރެއްގެ މީހެއްކަން…..ނައިލް އެހެރީ މީހަކު މަރާލާފަ…..ހީ ކިލްޑް ތާރާ…..އަހަރެން ނައިލްއަށް ދުވަހަކުވެސް މާފެއް ނުކުރާނަން…..ދުވަހަކުވެސް ނުކުރާނަން…..ނައިލްއަށް ވެސް މިއަދު އިހްސާސް ކުރެވިގެންދާނެ ތިމާ ލޯބިވާ މީހަކު ތިމާ ލޯ ކުރިމަތީގައި ގެއްލިގެން ދިޔުމުން ވާ ގޮތް……”
އާރަވްގެ ވާހަކަ ކުރިއަށް ދިޔަވަރަކަށް ވާހަކައިގެ ރާގު ރުޅިވެރިކަމަށް ބަދަލުވަމުން ދިޔައެވެ. މިހާރު އާރަވްގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އާރަވް މަޑުމަޑުން ޝާޔަންއާއި ދިމާއަށް އަންނަން ހިނގާގަތެވެ. ޝާޔަން ގަތް ބިރުން ފަސްއެބުރި ދުއްވައިގަތެވެ. ޝާޔަން ގަނެފައި ހުރި ބިރުން ފައިވެސް ތުރުތުރުއަޅަމުން ދިޔައެވެ. ޝާޔަންއަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. ކުށްލިއަކަށް އާރަވް ޝާޔަންގެ އަތުގައި ހިފާ ދަމާލިއެވެ. ޝާޔަން ގޮސް ޖެހުނީ އާރަވްގެ ގައިގައެވެ. ޝާޔަންއަށް އާރަވް ބަލަހައްޓައިގެން ހުރީ ރުޅިވެރި ނަޒަރަކުންނެވެ. ޝާޔަން ގަދަ ހަދަމުން ދިޔައީ އާރަވްގެ ކިބައިން ސަލާމަތް ވޭތޯއެވެ. ނަމަވެސް މިކަމުން އާރަވްގެ ރުޅި އިތުރުވުން ނޫންކަމެއް ނުވިއެވެ.
”މީހެކޭ……މީހެކޭ…….އަހަރެން…….”
ޝާޔަންއަށް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ މޫނުމަށްޗަށް އަރައިގެން ދިޔަ ހަމަލައިގެ ސަބަބުންނެވެ. ޝާޔަން ބިންމަށްޗަށް ވެއްޓުނީ މިފަދަ ކަމަކަށް ނުވިސްނައި ހުރީމައެވެ. އާރަވްއާއި ދިމާއަށް ޝާޔަން ބަލާލީ ބިރުން އިނދެއެވެ. އެހެންނޫނަސް ބާރު ހުރި ބޮޑު ފިރިހެނެެއްގެ ކުރިމަތީގައި އަންހެނަކަށް ވަކި ކުރެވޭނީ ކީއްހެއްޔެވެ؟
”އަނގަމަޑުން ލައިގެން އިނދޭ…..އަހަރެންގާތަށް އިތުރަށް ރުޅި ނާރުވާ….ނޫނީ ނައިލް އަންނަން ވާ އިރަށް ނޭންގެ ޝާޔަންއަށް ވާނެ ގޮތެއްވެސް……ޑޫ ނޮޓް ޓެސްޓް މައި ޕޭޝެންސް ސްވީޓްހާޓް……”
ޝާޔަންގެ އަތުގައި ހިފައި ބިންމަތީގައި ދަމަމުން ކަހަލަގެ ގޮތަކަށް އާރަވް ޝާޔަން ގެންދިޔައީ އެއްވެސް ރަހްމެއް ހަމްދަރުދިއެއްނެތިއެވެ. ޝާޔަން ގަދަ ހަދަމުން ގެންދިޔަނަމަވެސް އާރަވްގެ ކިބައިން ސަލާމަތެއްނުވެވުނެވެ.
”ރަޝް ކޮބާ ދޮންތަ ރެޑީވެއްޖެތަ؟….”
ނުވައެއް ޖަހަން ފަސްމިނެޓަށް ވުމުން ރަޝާގެ ފޯނަށް ގުޅި ނައިލް އަހައިލީ ހިނިތުންވެލަމުންނެވެ.
”ކީކޭ…..ދެން ކޮން ސަކަރާތެއް ނައިލް ތި ޖަހަނީ މިހާރު…..ނައިލްއާއެކީގަ ދޮންތަ ދިޔަތާ މިހާރު ތިރީހަކަށް މިނެޓްވެސް ވެދާނެ…….”
ރަޝާ ހީކުރީ ނައިލް ސަމާސާ ކުރަނީ ކަމަށެވެ.
”ކީކޭ؟….ޝާޔަން ނެތްތަ ގެއަކު؟……ޝާޔަން އެކަނިތަ ދިޔައީ؟…..”
ރަޝާގެ ވާހަކަ އަޑުއިވި ނައިލް ހާސްވާންފެށީ އާރަވް އެންމެ ފަހުންކުރި މެސެޖްމަތިން ހަދާންވެފައެވެ.
”ނައިލްއާ އެކީގައެއް ނޫންތަ ދޮންތަ ދިޔައީއެއް؟….ދެން ސަކަރާތް ނުޖަހަބަލަ ނައިލް…..ދޮންތަ ވީ ނައިލްއާ އެކީގަ އެއްނު ގޮސް….”
ރަޝާގެ ވާހަކަ އަޑުއިވި ނައިލްއަށް ވަގުތުން ފޯނު ކަޑާލެވުނެވެ. ރަޝާ އެކަން މާ ބޮޑުކަމަކަށް ނެހެދީ ނައިލް ސަމާސާއެއް ކޮށްލީ ކަމަށް ހީކޮށްފައެވެ. ނައިލް ހާސްވި ވަރުން އަރައިގެން އިން ސައިކަލު ވެސް ދުއްވާލެވުނީ ވަރަށް ބާރަށެވެ. ނަމަވެސް ނައިލްއަށް ޝާޔަން ހޯދަން ދާންވީ ވަކި ދިމާއެއް ނޭންގުނެވެ. ނައިލް ސައިކަލުގެ ދުވެލި މަޑުކޮށްލީ ޖީބުގައި އޮތްފޯނު ރިންގުވާއަޑަށެވެ. ނައިލް ފޯނުނަގާ ބަލާލިއިރުގައި ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނައިލް އެންމެ ވަގުތު ކޮޅެއްވެސް ބޭކާރު ކޮށްނުލާ ފޯނުނެގީ އެއީ އާރަވްއަށް ވެދާނެތީއެވެ. ވީވެސް ނައިލް ހީކުރިގޮތަށެވެ.
”ޝާޔަން ކޮބާ؟….”
ނައިލް އަވަސް އަވަހަށް އަހައިލީ ހާސްވެފައި އިނދެއެވެ.
”ހެހެހެ…..ކާމް ޑައުން ނައިލް…..ޝާޔަން މިހިރީއޭ….އެހާ ހާސްނުވެބަލަ…އެނީވޭ އަހަރެން މިބުނާ ތަނަކަށް ހަމަ މިހާރު އާދޭ…..ނޫނީ ދެން ފެންނަ މަންޒަރު މާ ރީއްޗެއްނުވާނެ…..ހެހެހެ….”
ނައިލް އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ފޯނު ކަންފަތު ޖަހައިގެން އިނދެ ސައިކަލު ދުއްވާލީ އާރަވް ކިޔާދެމުން ދިޔަ މަންޒިލަށް ދިއުމަށްޓަކައެވެ. ނައިލްގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ނައިލްއަށް ހިތާހިތުން ޝާޔަންއަށް ކަމެއް ނުވޭތޯ ދުއާ ކޮށްލެވުނު އަދަދަދެއް ވެސް ނޭންގެއެވެ. ނައިލް ހާސްވެފައި އިންވަރުން ސައިކަލު ދުއްވަމުން ދެވުނީވެސް ވަރަށް ބާރަށެވެ. ކުޑަވަގުތު ކޮޅެއްގެ ދަތުރަކަށްފަހު ނައިލްއަށް ދާންވީ މަންޒިލަށް ދެވުމުން ސައިކަލު ޕާކް ކޮށްލުމަށްފަހު ނައިލް އަސްވެގަތީ ޝާޔަން ހޯދާށެވެ. އަވަސް ވެފައި ވާ ހިތަކާއިއެކު އެކި ދިމަދިމާއަށް ނަޒަރު ހިންގަންފެށީ ޝާޔަން ފެނޭތޯއެވެ.
”އާރަވް……ޝާޔަން……”
ނައިލް ހާސްވެފައި ހުރެ އަޑުގެ ކޮޅަށް ގޮވަންފެށިއެވެ.
”ސީރިއަސްލީ ނައިލް…..ކަންފަތަށް ތަދުވެއޭ އެބަ…..ތިވަރަށް ހަޅޭނުލެވިއަސް ވެދާނެ ދޯ….”
އާރަވްގެ އަޑަށް ނައިލް ބަލާލިއިރު އާރަވް ހުރީ ޝާޔަންގެ އަތުގެ މުލަށްދަޑީގައި ހިފަހައްޓައިލައިގެންނެވެ. ނައިލްއަށް އަވަސް އަވަހަށް އެދިމާއަށް ހިނގާގަނެވުނެވެ. ނައިލްއަށް ފުރަތަމަވެސް ބަލާލެވުނީ ޝާޔަންއާއި ދިމާއަށެވެ. ޝާޔަން އަނގަކައިރީ ލެއި ހުރި އިރުގައި ލައިގެން ހުރި ހެދުމުގައިވެސް ހުރީ ހުސް ވެއްޔާއި ހިރަފުހެވެ. ޝާޔަން ބިރުގަނެފައި ވާވަރު މޫނަށް ބަލާލުމުންވެސް ހާމަވެގެން ދިޔައެވެ. ޝާޔަން ސީދާ ނައިލްއާއި ދިމާއަށް ބަލަން ހުރި އިރުގައި އެދެލޯ ވަނީ ފެންކަޅިވެފައެވެ.
”ޝާޔަން އަމް ސޯ ސޮރީ…..”
ނައިލްގެ ސަބަބަން ފަހަރެއްގައި ވެސް ޝާޔަންއަށް ގެއްލުމެއް ވާކަށް ނައިލްއެއް ނޭދެއެވެ.
”އާރަވް ހަދާ ގޮތެއް އަހަންނަށް ހަދާބަލަ…..ޝާޔަން ދޫކޮށްލާ….މިކަމުގަ ޝާޔަންގެ އެއްވެސް ކުށެއް ނެތެއްނު…..މި ދޭތެރެއަށް ޝާޔަން ވެއްދުމުގެ ބޭނުމެއް ކޮބާ؟…”
ނައިލް އަދިވެސް ބެލީ އާރަވްއަށް ވިސްނައިދެވޭތޯއެވެ.
”ހެހެހެ….މިހާރު މާލަސް ވެއްޖެ…..ޝާޔަންއަށް މިހުރިހާ ކަމެއްމިވީ ހަމަ ނައިލްގެ ސަބަބުން….ނައިލްގެ މާޒީގެ ހިޔަނި ޝާޔަންގެ ދިރިއުޅުމަށް އެޅިފަ މި އޮތީ…..އަހަރެންގެ ކިބައިން ދެން ޝާޔަން އެކަކަށް ވެސް ސަލާމަތެއް ނުކުރެވޭނެ…..އެކަކަށް ވެސް ނުކުރެވޭނެ…..ނައިލްއަށް ވެސް ނުކުރެވޭނެ……”
އާރަވް ހީވަނީ މޮޔައެއް ހެންނެވެ. ކުށްލިއަކަށް އާރަވް ޖީބުންނެގީ ވަޅިއެކެވެ. މި މަންޒަރު ފެނި ނައިލްއަށް އާރަވްއާއި ދިމާއަށް ދުއްވައިގެނެވުނެވެ. ނަމަވެސް އޭރު މާލަސް ވެއްޖެއެވެ. އާރަވް އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްނުލާ ބަލާކަށް ނުހުރެ ޝާޔަންގެ ބަނޑަށް ވަޅި ހަރައިލިއެވެ. އަދި ހަމަ އެހާމެ އަވަހަށް ވަޅި ދަމާވެސް ގަތެވެ. ޝާޔަންއަށް ލިބުނު ކުށްލި ސިހުމާއި ވީ ތަދުން ބާރަށް މަންމާއޭ ކިޔާފައި ހަޅޭއްލަވައި ގަނެވުނެވެ. ނައިލް އެހިސާބަށް ފޯރި އިރުގައި ޝާޔަންގެ ހަށިގަނޑު ބިންމަށްޗަށް ވެއްޓެނީއެވެ. ނައިލް އަވަސް އަވަހަށް ޝާޔަންގެ ބޯ ނައިލްގެ އުނގުގައި ބާއްވައިލަމުން ހާސްވެފައި ބަލާލެވުނީ ޝާޔަންގެ ބަނޑަށެވެ. އޭރު ޝާޔަން ލައިގެންހުރި ހެދުން ލެއިން ކަޅިވަމުން ދިޔައެވެ. ނައިލް ދެއަތުން ޝާޔަންގެ ބަނޑުގައި ބާރަށް އަތްއެޅީ ލެއި މަނާވޭތޯއެވެ. ނަމަވެސް އެއިން އެއްވެސް ފައިދާއެއް ނުކުރިއެވެ. ނައިލް ބަލާކަށް ނުހުރެ ލައިގެން އިން ގަމީސް ބާލަމުން ޝާޔަންގެ ބަނޑުގައި ޖައްސާ ބާރުކޮށްލަމުން ހިފަހައްޓައިލިއެވެ. ނައިލްގެ ލޮލުން ކަރުނަ އަންނަމުން ދިޔައީ ޝާޔަންގެ ހާލު ފެނިފައެވެ.
”ނޫން…..ޝާ…..ޝާޔަން…..”
ނައިލްއަށް ވާހަކަ ދެއްކުނީވެސް ވަރަށް އުދަނގުލުންނެވެ.
”ފައިނަލީ އަމް ފްރީ…..ހެހެ….ނައިލްއަށް މިހާރު އިހްސާސް ވާނެ އޭރު އަހަންނަށް އިހްސާސް ކުރެވުނީ ކިހިނެއްކަން…….ގުޑް ބައި ނައިލް…..”
އާރަވް ހީގަންނަމުން އަތުގައި އޮތްވަޅި ގައިހުރި ވަރެއްލައިފައި ބަނޑަށް ޖެހިއެވެ. ނައިލްއަށް އާރަވް އޭ ކިޔާފައި ހަޅޭލަވައިގަނެވުނެވެ. އާރަވް އޭރުގައިވެސް ހެމުންދިޔައިރު ހީވަނީ މޮޔައެއް ހެންނެވެ. އިސާހިތަކު އާރަވްގެ ހަށިގަނޑުންވެސް ވަރުދޫވޭ ބިންމަށްޗަށް ވެއްޓުނެވެ. ނައިލް ގޮތް ހުސްވެފައިވާ މީހެއް ފަދައިން އެއްފަހަރު ޝާޔަންއަށް އަނެއްފަހަރު އާރަވްއަށް ބަލާލިއެވެ. ނައިލްއަށް ހަދާނެ ގޮތެއް ނޭންގުނެވެ. އާރަވްއަށް އެހީވަންވެސް ނައިލް ބޭނުމެވެ. ނަމަވެސް ޝާޔަން ދޫކޮށްލައިފައި ދެވޭކަށްވެސްނެތެވެ.
”މީ…..މީހެކޭ…..”
އެތަނުން މީހެއްގެ ހިލަމެއް ނުވާ ތާންގައި ދުއްވާ އެއްޗެއްވެސް ދާ ތަނެއް ނުފެނެއެވެ. އޭރު އާރަވް އޮތް ދިމާވެސް ލެއިން ކަޅިވަމުން ދިޔައި ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ. މިހާރު އާރަވް އެއްވެސް ހަރަކާތެއް ކުރަމުންދާ ހެނެއް ހީއެއްނުވެއެވެ. ނައިލް ހާސްވެފައި ޝާޔަންއަށް ބަލާލި އިރު ނައިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝާޔަން ފުންނޭވާ ތަކެއް ލަމުން ދިޔައިރުގައި މުޅި މީހާ ތެޅެމުންދިޔައެވެ.
”ނުނިމޭ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.



Yey me first dhw..will comment after reading ingey??
Ma Sha Allah..vhk vvv rythi…
Inaash dear whn next..plc upload soon ingey..I’m so so curious..?????
Jazakillah khairan ? insha allah will upload soon
Nice inge
Jazakillah khairan ?
Too short ?
Sorry ?
Nice mi part ves
But please don’t let this butiful ship broke
Jazakillah khairan ?
Kihineh baa dhen vaany
Vaahaka varah reethi
Jazakillah khairan ?
Vaahaka Vrh Reethi dear… Koniraku next part up kohleyenee dear❤️❤️❤️❤️
Jazakillah khairan.. ? insha allah vyha wes awahakah kohlaanan
Vaahaka vara reethi alhe shaayan salaamai vaanetha?? Next part up kohlachey than kolhe avahah dear?❤️❤️
Jazakillah khairan ?
dear haadha kurey mi part… pls avahah next part up kohdhyba…
Sorry… and insha allah balaanan vyha wes awahakah up kohleweytho ?
Oo Vv reethi mi part vas waiting for next part ??
Jazakillah khairan ?
??????????shaayaan salaamaiy kohdy nooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo ooooooooooooo oooooooooooooooooooooooooooooooonnnnn pls shaayan salaaamaiy kohdhy inassh ma mi maruvany avas mirey next part genes deebal ma kiriya heart attack eh nunehuny hihdathivegn shaaaayan……mage loabi kohko am a moya
Are you dead yet.. Itx been 6 days???
Are you dead yet.. Itx been 6 days???
are you waiting for me to die? ? sorry for being late
why is it getting so late?
I am so sorry for being late ?