“ގޮސް އޭނަ ގައިގައި ބައްދަބަލަ…” ހައިޒަލް ނައިނާގެ އަތް ހަށިގަނޑާއި ވަކިކޮށްލަމުން ބުނެލި ބަހުން ނައިނާގެ މޫނުގައި އެތިފަހަރެއްޖެހިފަދައެވެ.
“ހައި…” ނައިނާ މަޑުމަޑުން ކިޔާލިއިރު ހައިޒަލް ފަސްއެނބުރި ބަލާލުމާއިއެކު ނައިނާގެ ލޮލަށް ބޮޑިވަމުންއައި ކަރުނަތައް ފެނި ހިތް ކަފަކޮޅެއްހާ މަޑުވެގެން އަންނާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނަގެ ރުޅިގަނޑު ނައިނާއަށް ބޭލުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެރީތި ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފުހެލަދޭން އަތްއުފުލާލައިފައިވެސް ހައިޒަލް އަތްމުށްކަވާލަމުން އަތް ތިރިކޮށްލިއެވެ. ހައިޒަލް ވަގުތުން ނައިނާއަށް ފަސްދިންއިރު ސިކުނޑީގައި ނިއުޅިގެންދިޔަ ހިތި ހަޤީގަތާއިއެކު ހިނދުކޮޅަކަށް ހައިޒަލްގެ ލޯމެރިގެންދިޔައެވެ. އެއާއިއެކު މުށަށް ބާރުވެގެންދިޔައިރު ދެލޯ ހުޅުވާލީ ސިކުނޑި ނުތަނަވަސްކުރަމުންދިޔަ ހާސްކަމާއިއެކު އޭނަގެ އެންމެ ފަހު ނިންމުން ނިންމަމުންނެވެ.
“ހައި ތީހީކުރާހާ ކަހަލަކަމެއް ނޫނޭ… ޓްރަސްޓް މީ ހައި…” ނައިނާގެ ހައިޒަލްގެ އަތުގައި ހިފާލުމާއިއެކު ހައިޒަލް އަތްފޮޅުވާލަމުން ނައިނާއާއި ދިމާލަށް ބަލާލީ ރަކިކޮށްލާފަދަ ނަޒަރަކުންނެވެ.
“ދެން ކޮންކަހަލަކަމެއް… އަންހެނަކާއި ފިރިހެނަކާއި އަނދިރީގައި ތިބެގެން ކުރާނޭ މާރަނގަޅު ކަމެއް އޮވޭތަ؟” ހައިޒަލްގެ ޖުމްލައާއިއެކު ނައިނާ ދެލޯބޮޑުކޮށްލަމުން ބަލާލިގޮތުން ހައިޒަލްގެ ހިތަށްވެސް އުނދަގޫވިއެވެ. އޭނަގެ އަމިއްލަ ނަފްސަށް ނުކުރާ އިތުބާރު ނައިނާއަށް ކުރާއިރު އެފަދަ އިލްޒާމެއް ނައިނާގެ ބޮލުގައި އެޅުވުމަކީ ހައިޒަލް ކުރަން ބޭނުންވާކަމެއްނޫނެވެ. ނަމަވެސް ހާލަތު އޭނައަށް މަޖުބޫރުކުރީއެވެ. ޝައްކާއި ވަސްވާހުން ނަމަވެސް ނައިނާގެ ހިތުގައި އޭނަގެ މައްޗަށް ފޫހިކަން އުފައްދަން ހައިޒަލް ބޭނުމެވެ. އެހެންނޫންނަމަ އޭނަ ދުރަށްދިޔުމަކީ ނައިނާއަށް ކެތްނުވާފަދަ ހިތާމަައަކަށް ވެގެންގޮސްފާނެއެވެ.
“ހައި… އަހަރެން…” ނައިނާ ވާހަކަދައްކަން އުޅުމާއިއެކު ހައިޒަލް ރުޅިވެރި ނަޒަރަކުން ބަލާލަމުން ނައިނާގެ ވާހަކަ މެދުކަނޑާލިއެވެ.
“އިތުރުވާހަކަދައްކަން ހަދާނެކަމެެއްނެތް… އަހަންނަށް ނައިނާ ވަރަށް ރަނގަޅަށް ދަސްވެއްޖެ… އަހަރެން ނެތް ގަނޑިތަކުގައި އެޓްވާންޓޭޗް ނަގާއިރު އެހެން ކެހިވެރި ލޯބިވެރިޔަކާއި ތަފާތެއްނެތް… އަހަރެން ކުރި އިތުބާރުގެ ފައިދާ ތިފަދަގޮތަކަށް ނަގާނޭކަމަށް ދުވަހަކު ހީނުކުރަން…” ހައިޒަލް ކިތަންމެ ރުޅިއައިސްފައި ވާހަކަދެއްކިނަމަވެސް އެއަޑުން ރިހުމާއި ވޭނީ އަސަރުތައް ފާޅުވިއެވެ.
“އަހަރެމެންގެ ދެމެދުގައި އޮތް ހުރިހާ ގުޅުމެއް މިރޭގެ ފަހުން ކެނޑިގެންމިދިޔައީ… އިޓްސް އޯވާ… ގުޑް ބައި ނައިނާ…” ހައިޒަލްގެ ލޮލަށް ގިނަވާންފެށި ކަރުނަތަކާއިއެކު ވަގުތުން ނައިނާއަށް ފަސްދިންއިރު ފުންނޭވާއެއްލަމުން ކަރުނަތަށް ދިރުވާލިއެވެ. އޭނަގެ ހިތްވެސް މޭގެ ތެރޭގައި އޮވެގެން ރޮނީއެވެ. އެ ޖުމްލަތަކާއިއެކު ނައިނާގެ ހިތެކޭ އެއްފަދައިން އޭނަގެ ހިތްވެސް ކުދިކުދިވެ އެތިކޮޅުތަކަކަށްވެގެން ހިނގައްޖެއެވެ.
އޭރު އެ ޖުމްލަތަކުން ލިބުނު ޝޮކްގެ ބޮޑުކަމުން ނައިނާ ހުއްޓުންއަރާފައި ހުރިއިރު އޮމާންކޯތާފަތްމަތީ ރޮނގަކަށް ކަރުނަތިކިތައް ދެމެމުންދިޔައެވެ. އެތަށްހާސް ކަރުނަ ތިކިތަކަކާއި އެކުވެގެން އެރީތި ލޮލުން ފެންނަމުންދިޔަ ވޭނީ އަސަރުން ހިލަހިތްތައްވެސް ފޫއަޅުވާލާނެއެވެ. ހައިޒަލްގެ ހިތަށް ކިތަންމެ އުނދަގޫވިޔަސް އެ މަންޒަރު ނުފެންނަކަމަށް ހެދުނެވެ.
“ތިހެން ބުނެފައި އަހަރެން ދޫކޮށްލައިފައި ދެވޭނެކަމަށް ހައިއަށް ހީވަނީތަ؟ ތިއީ ހައި އަހަންނާއި ދުރުވާން ދައްކާ ބަހަނާ… ހައި ޗޭންޖްވީވަރު އަހަންނަށް އިހުސާސްކުރެވޭ… ކީއްވެ ހައި… އެއްރެއިން ހައިޒަލްއަށް ތިހާ ބޮޑު ބަދަލެއް އައީ ކީއްވެ؟” ހައިޒަލް ނައިނާއާއި ދުރަށް ހިނގައިގަތުމާއިއެކު ނައިނާ ބާރު ހިނގުމެއްގޮސް ހައިޒަލްއާއި އަރާހަމަކުރަމުން ހައިޒަލްގެ އަތުގައި ހިފަހެއްޓިއެވެ. އޭރު ހުއްޓުމެއްނެތި ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ނައިނާގެ ކޯތާފަތް ތެމެމުންދިޔަގޮތުން ހައިޒަލްގެ ހިތުގައިވެސް ރިއްސާލިއެވެ. ހިނދުކޮޅެއްވާންދެން ނައިނާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ހިތަށް އެތަށް އެއްޗެއް އަރާ ފޭބިއެވެ. އަމިއްލަ ހިތްހަލާކުކޮށްލުމަށްފަހު ނައިނާގެ ލޯބި ދެއަތުން ކަފުންކުރަން އޭނައަށް މަޖުބޫރުވީވަރު ނައިނާއަށް އިނގޭނެނަމައޭ ހިތަށް އެރިއެވެ. ބައްޕަ ރާއްވަވަމުންދާ ކުޅިބައި އެއްދަރަޖައަށް ކުރިއަށް ޖެހިލިއިރު ނައިނާގެ ފުރާނައަށް ހުށަހެޅިގެންދާތަން ބަލަން އޭނާއަށް ކެތްވާނީ ކިހިނެތްހެއްޔެވެ؟ އޭނައާއިއެކު ނައިނާ އުޅޭހާ ދުވަހަކު ނައިނާއަށް އުފަލެއް ނުލިބޭނެކަން ޔަގީންވާއިރު އޭނައަށް ނައިނާއާއި ގާތުގައި ހުރެވޭނީ ކިހިނެތްހެއްޔެވެ؟ އޭނަގެ ލޯތްބަކީ ނައިނާއަށް ހުރި ނުރައްކަލެކެވެ.
“ތެދަށް ބުނަންވީތަ؟ އަހަރެން ނައިނާ މަތިން ފޫހިވީ… އައިމް ފެޑް އަޕް އޮފް ޔޫ… ސޯ ޕްލީޒް އަހަންނަށް އިރިޓޭޓް ނުކޮށް ދުރުގައި ހުރޭ… ވީއަރ ޑަން.. ” ހައިޒަލްގެ އަތުގައި ހިފަހައްޓާލެވިފައިވާ އަތްގަދަކަމުން ކަހަލަގޮތަކަށް ވަކިކޮށްލުމަށްފަހު ހައިޒަލް ދުރަށް ހިނގައިގަތެވެ. އޭރު ލޮލަށް ގިނަވެގަތް ކަރުނަތައް ހުއްޓުމެއްނެތި ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ދަތްތަކަށް ބާރުކޮށްލައިގެން ކަރުނަތައް ހުއްޓުވަން ކެނޑިނޭޅި މަސައްކަތްކުރިނަމަވެސް ލޮލަށް ގިނަވަމުންދިޔަ ކަރުނަތަކަކަށް ހުއްޓުމެއް އައިކީ ނޫނެވެ. މުށްކަވާލެވިފައި އަތްތިލަ އަނގަމަތީ ޖައްސާލައިގެން ހުރެ އަޑުބޭރުވެނުދިނުމަށް މަސައްކަތްކުރި ނަމަވެސް ހިތަށް ކެތްކުރެވެނީކީ ނޫނެވެ. ނައިނާގެ ލޯބިން ހިނިތުންވިއިރު މިއަދު ރޯން މަޖުބޫރުވެއްޖެއެވެ.
ހައިޒަލް ގޮސް ނިވާވުމާއިއެކު ނައިނާއަށް މާބްލްމައްޗަށް ތިރިވެވުނީ ކޮއްޅަށް ހުންނަން ދަތިވެގެންނެވެ. އޭރު ލޮލުން އޮހެމުންދިޔަ ކަރުނަތަކާއިއެކު ނައިނާގެ ތުންފަތް ފޫދުއްވާލައިފައި މަޑު ގިސްލުމުގެ އަޑު ބޭރުވިއެވެ.
ހައިޒަލް ތަބަކާއި ނިވާވެހުރެ އެ މަންޒަރު ދެކެން ހުރިއިރު ހިތް ވިރިގެންދިޔަހެން ހީވިއެވެ. ތާޒާ ކަރުނަތައް ލޮލަށް ގިނަވެގެން އައިރު ތުންފަތުގައި ބާރަށް ދަތްއަޅާލަމުން ކަރުނަތަށް ބާރުގެ ދަށަށް ގެނައެވެ.
“ނައިނާ… އައިމް ސޯ ސޮރީ… އަހަރެންގެ ލޯތްބަކީ ނައިނާގެ ފުރާނައަށް ހުރި ނުރައްކަލެއްކަން އިނގޭނެނަމަ… އަހަންނަށް މަޖުބޫރުވީވަރު އިނގޭނަމަ… މިހާރު ހިތް ހަލާކުވިޔަސް ޔޫ ވިލް ބީ ޑުއިން މަޗް ބެޓަރ ވިތްއައުޓް މީ… އަހަންނަށް ނައިނާއަށް އެއްވެސް އުފަލެއް ހޯދައެއްނުދެވޭނެ… އަހަންނަށް މައާފުކުރޭ…” ހައިޒަލް ވޭނީގޮތަކަށް ލޯމަރާލަމުން ތަނބުގައި ނިއްކުރިޖައްސާލިއެވެ. އޭނަގެ ވަކިވުމަށްފަހު ނައިނާއަށް އެއްވެސް އުފަލެއް ލިބިދާނެހެއްޔެވެ؟ އެ މޫނުމަތިން އުފާވެރިކަމާއި އުއްމީދުގެ ދޯދިފަށެއްވެސް ދެން ފެނިދާނޭ ހެއްޔެވެ؟ އުމުރަށް ނައިނާއަށް އެއަތުތެރޭ ރައްކާތެރިކަންދީ އުމުރަށް އެކީ އުޅޭނަންކަމަށް ވައުދުވެފައި އެ ވައުދުތައް އުވާލަން މިޖެހުނީ ކޮންފަދަ ހިތިގޮތަކަށް ހެއްޔެވެ؟
*** *** *** *** *** ***
ހެނދުނުއްސުރެ ނައިނާ ކުރިމައްޗަށް ނާރާ ފިލައިގެން ކަހަލަގޮތަކަށް އުޅުމުގައި ހައިޒަލް ކާމިޔާބުހޯދިއެވެ. ދުރުދުރުން ނައިނާގެ މޫނު ދެކިލައިގެން ހައިޒަލްގެ ނުކިޔަމަންތެރި ހިތަށް ތަސައްލީއެއް ހޯދިއިރު ނައިނާގެ މިލާމޮޅިވެފައިވާ މޫނު ފެނުމުން ކިތަންމެ ވަރަކަށްވެސް ހިތުގައިވެސް ރިހުނެވެ. ނަމަވެސް ނައިނާގެ ރައްކާތެރިކަމަށްޓަކައި އޭނަ ހިލައަށްވުރެ ހިތްހަރުކުރަން ޖެހިފައިވާއިރު ހައިޒަލް ކެތްތެރިވިއެވެ. ބައްޕަގެ ގޮތްދޫނުކުރެއްވުމުގެ ސަބަބުން ނައިނާއަށް ކުޑަވެސް އަނިޔާއެއް ލިބިއްޖެނަމަ އޭނައަށް ދުވަހަކު އަމިއްލަ ނަފްސަށް މައާފުނުކުރެވޭނެއެވެ.
ހައިޒަލް ބްރޭކްގަނޑީގައި މިކްޔާލްއާއި އެކީގައި ބޭރުގައި އުޅެލައިފައި އައިސް ކެބިންއަށް ވަތްއިރު ނައިނާ އިނީ ސޯފާގައެވެ. ހައިޒަލްގެ ފިޔަވަޅުތަކުގެ އަޑުއިވިފައި އިސްއުފުލާ ބަލާލިއިރު އެ ލޮލުން މިވަގުތުވެސް ތާޒާކަމާއިއެކު ދެމެމުންދިޔަ ކަރުނަތައް ފެނި ހައިޒަލްގެ ހިތަށް ތަދުވެގެންދިޔައެވެ. ނޭފަތާއި ލޯ ރަތްވެފައިވާގޮތުން ނައިނާ ވަރަކަށް ރޮއެފައިހުރިކަން ހާމަވެއެވެ. ހައިޒަލް ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ނައިނާ އެއަތުގެ ތެރެއަށް ގެނެސް އެ ކަރުނަތައް ފުހެލަދެން ހިތް އެދުނުއިރު ހައިޒަލް ބޭރުފުށުން ދެއްކީ އެހެން ކުލަވަރެކެވެ.
“ވަޓް ދަ ހެލް އާރޔޫ ޑުއިން ހިޔަރ…” ހައިޒަލްގެ އަޑުގައި އެކުލެވިގެންދިޔަ ރުޅިވެރިކަމާއިއެކު ހަރުކަށިގޮތަކަށް ބުނެލިގޮތުން ނައިނާގެ ހިތަށް ތަދުވިއެވެ. އެންމެ ރެެއެއްގެ ތެރޭ ހައިޒަލްއާއި ނައިނާގެ ގުޅުން އިހުހުރިގޮތަށް ރުޖޫއުވެގެން ގޮސްފިކަން ޔަގީންވީއިރު އެކަމުން ނައިނާގެ ހިތަށް ވޭނެއް ލިބުނެވެ.
“ހައި ވީ ނީޑް ޓު ޓޯރކް…” ނައިނާ ސޯފާއިން ތެދުވެގެން އައިސް ހައިޒަލްގެ އަތުގައި ހިފާލަން އުޅުމާއިއެކު ހައިޒަލް އަތްދުރަށްލައިފިއެވެ. ނައިނާގެ މައްޗަށް މިހާރު އެ ހައްގު ނެތްކަން ހިމޭންކަމާއިއެކު ހައިޒަލް އަންގަދިނީއެވެ.
“އަހަރެމެން ދެމީހުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ… އަހަރެން ނުބުނަންތަ އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގުޅުން ނިމުނީއޭ…” ހައިޒަލްގެ ކަޅުކަންގަދަ ބުމަ ކައިރިކޮށްލަމުން ނައިނާއަށް ބަލާލީ ފޫހިވެފައި ހުރިފަދަ ނަޒަރަކުންނެވެ. ބޭރުފުށުން ހަރުކަށިކަމާއި ރުޅިވެރިކަން ދައްކާލައިގެން ހުރިއިރުވެސް ހިތްވަނީ ފިނިވެފައެވެ.
“ހައި… ޕްލީޒް… ކޮބާ އަހަންނަށް ކުރެވުނު ކުށަކީ… މިހެން ހައި ކަންތައް ކުރަންޖެހޭ ސަބަބަކީ ކޮބާ؟ އަހަރެންް ވީލޯބީގެ އަހަރެމެންގެ ގުޅުން ހައިގެ ނަޒަރުގައި އެއްވެސް އެއްޗަކަށްނުވަނީތަ؟” ނައިނާ މަޑުމަޑުން ހައިޒަލްއާއި ގާތަށް ޖެހެން ފެށިއިރު އެލޮލަށް ނަޒަރުހުއްޓާލެވުނީ އެލޮލުން ނައިނާގެ މައްޗަށް ލޯބީގެ މިންވަރެެއްވެސް ފެނިދާނޭކަމަށް އުއްމީދުކުރެވުނެވެ. ނަމަވެސް އެ ފިނި ނަޒަރުގައި ލޯތްބާއި އޯގާތެރިކަމެއް ނެތެވެ. ހީވަނީ ފޫހިވެފައި ހުރިހެންނެވެ.
“މޮޔަވެގެންތަ ނައިނާ ތިއުޅެނީ… ކީއްވެތަ ފަހަތުން ފިލަން ނޭނގިގެން ތިއުޅެނީ… ބުނެފީމެއްނު އަަހަރެމެންގެ ދެމެދުގައި އެއްވެސް ގުޅުމެއްނެތޭ… ހީކޮށްލާ އަހަންނަކީ ނައިނާއަށް ހިނދުކޮޅަކަށް ފެނިލި ހުވަފެނެކޭ… ހަނދާންނައްތާލާ އަހަރެންމަތިން… އަަހަރެންނާއި އެކީ ހޭދަކުރި ދުވަސްތައް ހިތުންފުހެލާ…” ހައިޒަލް ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ބުނެލިއިރު ހިތަށް ކެތްވަނީކީނޫނެވެ. ލޮލަށް ގިނަވަމުން އައި ކަރުނަތައް އެސްފިޔަތައް ފޫދުއްވާލައިފައި ކޮންމެވަގުތުވެސް ތިރިއަށްދެމިގަތްފާނެހެން ހީވިއެވެ.
“އަހަރެމެން އެކީގައި ހޭދަކުރިވަގުތަކަކީ ހައިއަށް އަގުހުރި ވަގުތުތަކަކަށް ނުވިޔަސް އަހަރެން ހިތުން ދުވަހަކު އެ ހަނދާންތައް ނުފުހެވޭނެ… އަހަރެންގެ ހިތުގައި ހައިޒަލްގެ މައްޗަށް ވިންދު ޖަހާހާ ހިނދަކު ހަނދާންނައްތާލެވިދާނެތަ؟ އަހަރެން ލޯބިވާވަރު ހައިއަށް ނޭނގެނީތަ؟ ޕްލީޒް އަހަރެން އިމްތިހާނުކުރޭ… ހައިއާއި ނުލާ އަހަރެން މޮޔަވެދާނެ…” ނައިނާ ލޮލަށް ގިނަވެގަތްކަރުނަތަކާއި ހައިޒަލް ފަސްދިނުމާއިއެކު ހައިޒަލްގެ ބުރަކަށީގައި މޫނު އަޅާލިއެވެ.
“ހައި ޕްލީޒް… ޑޯންޓް ޑޫ ދިސް ޓު މީ…” ނައިނާގެ އަޑު ކުރެހިގެންދިޔައިރު މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ހައިޒަލް އިރުކޮޅެއްވަންދެން ގަނޑުވެފައި ހުރެފައިވެސް ނައިނާއާއި ދުރަށް ޖެހިލިއެވެ.
“މިހުރިހާ ދުވަހުވެސް އަހަންނާއި ނުލާ އުޅުނީއެއްނު… އަހަންނަކީ ނައިނާއަށް އިއްޔެ މެންދުރު ފެނުނު މީހަކަށްވާއިރު ތިވަރުވާންޖެހޭ ސަބަބެއް ނޭނގެ…” ހައިޒަލް ލޮލަށް ކަރުނަތައް ގިނަވާންފެށުމާއިއެކު އަތްމުށްކަވާލަމުން ކޮލުކަށިގަނޑަށް ވާންކޮށްލިއެވެ.
“ހައި…” ނައިނާ ލޮލަށް ކަރުނަތައް ބޮޑިވެގަތްއިރު ހިތާމައިގެ ތަސްވީރަކާއި ތަފާތެއްނެތެވެ. އެދެލޮލުގައިވީ ދިރުން އެންމެ ރެއަކުން ކެނޑިގެން ހިނގައްޖެއެވެ. ހައިޒަލް ނައިނާގެ އަތުގައި ހިފަހައްޓާލީ ތަދުވާހާ ބާރަށެވެ.
“ހަޤީގަތުގައި އަހަންނަށް ކުޑަދުވަސްކޮޅަކަށް އޮޅުނީ އަހަންނަކީ ކާކުކަން… ނައިނާއަށް އެންމެ ފުރަތަމަ ފެނުނު އަހަރެންގެ ސިފައަކީ ހަގީގަތް… ނެތް ސިިފައެެއް ދައްކައިގެން އަހަންނަށް ވަރަށް ގިނަދުވަހު އުޅެވިއްޖެ… އަހަރެމެންގެ ދެމެދުގައި ހިނގައިދިޔަ ކަންތައްތަކަކީ ނައިނާއަށް އާކަމަކަށްވިޔަސް އެއީ އަހަރެން އެކަން ކުރިން ފުރަތަމަ ފަހަރެއްނޫން… އަދި އެއީ އެއްވެސް މާނައެއްގައި ކުރިކަމެއްނޫން…” ހައިޒަލް ވާހަކަދެއްކީ މަލާމާތުގެ ފާޑަކަށެވެ. އަމިއްލަ ނަފްސުވެސް އެއީ ދޮގެއްކަމަށް ތަކުރާރުކޮށް ބުނަމުންދިޔައިރު ހައިޒަލްއަށްވަނީ އެގޮތަށް ކަންތައްކުރަން މަޖުބޫރުވެފައެވެ. އޭނަގެ ސަބަބުން ނައިނާއެއް ގެއްލުމެއް ލިބިގެންނުވާނެއެވެ.
ހައިޒަލްގެ ޖުމްލަތަކުން ނައިނާ ގަނޑުވެގެންދިޔައިރު ހިތް މުށުތެރެއަށްލާ ފިސްކޮށްލީހެން ހީވިއެވެ. އޭނައަށް ހައިޒަލް ދިން ލޯތްބަކީ އޭނައަށް ދައްކާލި ދަޅައެއްހެއްޔެވެ؟ އެއީ ހައިޒަލް އޭނައަށް ދައްކާލި ކުލަނެތް ހުވަފެން ހެއްޔެވެ؟ ނައިނާއަށް ގަބޫލެއްނުކުރެވުނެވެ. ނައިނާގެ ލޮލަށް ކަރުނަތައް ބޮޑިވެގަތް އިރު ފުހެލަންވެސް ނުކުޅެދުނެވެ. އެހާ އަނިޔާވެރި ރަހުމްކުޑަ ބަސްތަކެއް ހައިޒަލްގެ ފަރާތުން އަޑުއަހަންޖެހިދާނެކަމަށް ނައިނާ ހިޔެއްނުކުރެއެވެ. ހައިޒަލް އޭނައަށް ދިން ލޯތްބަކީ އޭނަގެ މުޅި ދިރިއުޅުމަށް ނިވާއަޅާނޭ ހަނދާނަކަށް ހެދުމަށްފަހު ހައިޒަލް މިހެން ވަކިވެދާނެކަމަށް ނައިނާ ހިޔެއްވެސް ނުކުރެއެވެ.
ހިނދުކޮޅަކަށް ދެޒުވާނުންގެ ކަރުނަވީ ނަޒަރު ސީދާވީއިރު ދެޒުވާނުން މޫނުންވެސް ފެނުނީ އެކަކު އަނެކަކުދެކެ ލޯބިވާވަރެވެ. އެކަކުއަނެކަކަށް އެދޭވަރެވެ. ހައިޒަލް ބޭރުފުށުން ދައްކާ ހަރުކަށިކަމާއިއެކު ނައިނާދެކެ ވާލޯބި އެދެލޮލުންވެސް ހާމައަށެވެ. ނަމަވެސް ހާލަތު މަޖުބޫރުކުރިގޮތުން ސިއްރުކުރަން މަޖުބޫރުވީއެވެ.
ހިނދުކޮޅެއްފަހުން ނައިނާ ހައިޒަލްގެ މޭގައި ބޯއަޅާލުމަށްފަހު ރޯންފެށިއިރު ހައިޒަލްއަށް އުނދަގޫގޮތަކަށް ލޯމަރާލެވުނެއެވެ. އެއާއިއެކު ނައިނާ ހަށިގަނޑާއި ދުރުކުރަން ބޭނުންނުވެފައި ހުރެވެސް ނައިނާގެ ދެއަތުގައި ހިފާ ދުރުކޮއްލައިފިއެވެ. ނައިނާގެ ކަރުނަތަކުން ހައިޒަލްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއިރު ނައިނާގެ އަތުގައި ހިފާ ހިފާ ކެބިންއިން ބޭރަށް ލީގޮތަށް ބާރަށް ދޮރުޖެހިއެވެ. ހަށިގަނޑުން ވަރުދޫވެގެން ކަހަލަގޮތަކަށް ދޮރަށް ހަށިގަނޑު ދޫކޮށްލިއިރު ލޮލު ތެރޭ ހަނގުރާމަ ކުރަމުންދިޔަ ކަރުނަތަށް ލިބުނު ކާމިޔާބާއިއެކު ކޯތާފަތްމައްޗަށް ފައިބައިގަތީ ހައިޒަލް އިތުރަށް ބަލިކަށިކޮށްލަމުންނެވެ.
*** *** *** *** *** ***
ވިންޓަރ ބްރީޒްގެ ނޯކަރުން އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައީ މިރޭގެ އާއިލީ ރޭގަނޑު ކެއުމަށް ސުފުރާ ތައްޔާރުކުރުމުގައެވެ. މޭޒުމަތީ ތަށިތައް ފާޑުވެރިކަމާއިއެކު އެތުރެމުންދިޔައިރު ކާކޮޓަރިތެރޭ ހިފާލައިފައިވަނީ ތަށިތަށްޓާއި ސަމުސާތަށް ތެޅޭ އަޑެވެ. މަޑުމަޑުުން ރޭގަނޑުގެ ކެއުން ސުފުރާމައްޗަށް އަރުވަމުން އައިރު ކާއެއްޗެހީގެ ބަނޑުފުރޭހާ މީރުވަހުން މުޅިތަން އެއްފަސްވިއެވެ. ނޯކަރުންގެ ހަރަކާތްތަށް ދެކެން ރިހާނާ ހުރިއިރު ދޭތެރެއަކުން ހަރުކަށިގޮތަކަށް ނޯކަރުންނާއި ވާހަކަދައްކަމުން މަސައްކަތަށް ފަރުވާތެރިވާން އަމުރުކޮށްލައެވެ. ރިހާނާ ހިތްހަމަޖެހޭވަރުވުމުން ކާކޮޓަރިން ނިކުމެލިއިރުގެ މެދުގައި އެލުވާފައިވާ ޗާންދަލިޔާއާއި ބިތްތަކުގައި ހަރުކޮށްފައިވާ ލެންޓަންތަކުގެ ހިތްގައިމު ރަން އަލިން އެތަންވަނީ އުޖާލާވެފައެވެ. ނޯކަރުން އޭރު މޭޒުމަތީ އަތުރާލެވިފައި އުއްބައްތިތަށް ދިއްލާލާ ބޮޑެތި ވާސްތަކުގައި ތާޒާ މާތަކަށް ދާންދެން ޖަހައިލައިފިއެވެ.
އަށެއްޖެހިތަނާ އިޝާރުގެ އާއިލާ ދުރުވިއިރު އެކުވެރިޔާގެ އިސްތިޤުބާލުގައި އަލްހާން ގޭޓްކައިރީ މަޑުކޮށްލައިގެން ހުންނެވިއެވެ. އިޝާރުމެން ކާރުން ފޭބެއްވިއިރު ކެރީގެ ފުރަތަމަ ހަމަލާ އަމާޒުވެގެންދިޔައިރު ކުޑަކޮށް ތެމިލައިގެން ތިބެ ލިވިންރޫމްއަށް ވެންނެވިއެވެ. ސުފުރާ ތައްޔާރުކުރެވިފައިވުމާއިއެކު އަލްހާންގެ އެދިލެއްވުމަށް އެންމެން މިސްރާބުޖެހީ ޑައިނިންރޫމްއާއި ދިމާލަށެވެ. ނޯކަރުން ގޮނޑިތައް ދަމާލަދިނުމާއިއެކު އެންމެން ގޮނޑިތަކުގައި ހަމަޖެހިލިއިރު ފަރުދާ ކަހާލެވިފައިވާ ކުޑަދޮރުތަކުން ވާރޭ ވެހެމުންދިޔަ މަންޒަރު ފެންނަމުންދިޔައީ ހުވަފެނީ ގޮތަކަށެވެ. ވާރޭތިކިތަކުން ބަރުވަމުންއައި ގޮފިތައް ލެބިގެން އައިސް ދޭތެރެއަކުން ކުޑަދޮރުތަކުގައި ކޭއްތިގަންނަނީ ބިރުވެރިގޮތަކަށެވެ.
ބިއްލޫރި ކާމޭޒުގެ ވަށައިގެން އެތުރިލައިގެން ތިބެ އެންމެން އިންތިޒާރުކުރަމުންދިޔައީ ހައިޒަލްއަށެވެ. އޭރު އަލްހާން އެއްފަރާތެއްގައި ހައިޒަލްއަށް ގުޅުއްވައިގެން ހުންނެވިއިރު އެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރު ސިއްރެއްނުވިއެވެ. އެތައްއިރެއްވެގެންދިޔައިރުވެސް ހައިޒަލްގެ ހަބަރެއްނުވިއިރު ހިނދެއް ހިނދަކަށް ރިހާނާގެ ރުޅިގަނޑު ގަދަވަމުންދިޔައިރުވެސް ކެތްތެރިވެލައިގެން އިނީ އިޝާރުމެންގެ ހިތުގައި ޝައްކު އުފެދޭފަދަކަމަކަށް ތަންދޭން ބޭނުންނުވާތީއެވެ.
*** *** *** *** *** ***
ބާރުވައިރޯޅިތަކާއި އެކު ވާރޭގެ ތިކިތައް ފަޒާގެ ތެރޭގައި މިސްރާބެއްނެތި އެކިދިމާލަށް ވިހުރެމުންދިޔައެވެ. ގަދަވަމުން އައި ވައިރޯޅިތަކުގެ އަމަލުތަކުގައި ރަހުމެެއްނުވެއެވެ. ވާރޭ ތިކިތަކަށް ހަމަލާދެމުން ގަސްތަކާއި ގޯނާކުރަމުންދިޔަގޮތުން ގަސްތައްވެސް މުލުން ލުހެލަން އުޅޭހެން ހީވެއެވެ.
ހައިޒަލް ސްޓެޗޫއެއްހެން ހުއްޓުން އަރާފައި ކާރުގެ ތެރޭގައި އިންއިރު އެ ލޮލުން މިވަގުތުވެސް ތާޒާ ކަރުނަތައް ތިރިއަށް ދެމުންދެއެވެ. ތަރުތީބެއްނެތް ފަން އިސްތަށިގަނޑު ވައިގެ ހަމަލާތަކާއިއެކު ވިހުރެމުންދިޔައީ ހައިޒަލް ހިތާމައިގެ ތަސްވީރަކަށް ހަދާލަމުންނެވެ. ކާރުގެ ވިންޑްސްކްރީން ތިރިކޮށްލެވިފައިވުމާއިއެކު ވިއްސައިގެން އަންނަ ފެންތިކިތައް މޫނުގައި ވިދަމުންދިޔައީ ކަރުނައިގެ ބައިވެރިއަކަށްވަމުން ހައިޒަލްގެ ހިތާމައިގެ ހިއްސާއަކަށްވަމުންނެވެ. އެދެލޮލުން ހުރިހާ ހިތާމައަކާއި ވޭނެއް މިވަގުތުވަނީ ހާމައަށެވެ. ހިތާމައަކާއި ރިހުން އެކުވެގެން އެލޮލުގެ ވޭނީ އަސަރުތައް ދެގުނަވެފައިވާގޮތުން ދެކޭމީހެއްގެ ހިތަށް އަސަރުނުކޮށެއް ނުދާނެއެވެ.
ކަރުނުން ފުރެމުންދިޔަ ލޮލުން ޑައިމެންޑްވޭލީއާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު ހައިޒަލްގެ ޚިޔާލުތަކުގައި ވަނީ ހަމައެކަނި ނައިނާއެވެ. ނައިނާއާއި ދިމާވި ފުރަތަމަދުވަހުން ފެށިގެން މިވީހާތަނަށް އެކީގައި އުޅުނު ދުވަސްތަކެވެ.
ހިނދެއްހިނދަކަށް ވާރޭ ބޯކުރަމުން ވައިޕަރއަށް ކުޅަދާނަނުވާވަރަށް ފެންތިކިތައް ފައިބަމުންދިޔައިރު ވެހެމުންދިޔަ ވާރެއާއިއެކު ނައިނާއާއި އެންމެ ފުރަތަމަ ބައްދަލުވީދުވަހުގެ ހަނދާންތައް ކަށިތަކެއް ފަދައިން ހެރުނެވެ. އެއާއިއެކު ވާރޭތެރޭގައި ނައިނާ ތެމިލައިގެން ހުރި ދުވަހުގެ ތަސްވީރު ފަނޑުގޮތަކަށް ލޯމައްޗަށް ސިފަވެލިއިރު ހައިޒަލްއަށް ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލެވުނެވެ. އެ ހަނދާނުން މިއަދު ހިތަށް ލިބުނު ވޭނުން ހައިޒަލް ހިތަށް ލިބުނު ވޭނުގެ ބޮޑުކަމުން މޭގައި ފިރުމާލެވުނުއިރު ލޯމަރާލިއެވެ. އޭރު ޖެހިގެން ހުރި ސީޓްގައި އޮތް ފޯނު ހުއްޓުމެއްނެތި ރިންގްވަމުންދިޔައިރު ހައިޒަލް އެއަޑު ނީވޭފަދައެވެ. ނޫނީ ގަސްތުގައި އެފޯން ކޯލަށް ޖަވާބުދޭން ބޭނުންނުވީއެވެ.
*** *** *** *** *** ***
ވެހެމުންދިޔަ ވާރޭ ތުނިކޮށްލިވަގުތު ހައިޒަލް ކުޑަކޮށް ތެމިލައިގެން ހުރެ ފެންޑާއަށް އެރިއެވެ. އޭރު ބާރުވައިރޯޅިތަކާއި އެކު އަންނަ ހިމަފޮދުވާރޭގެ ތިކިތައް ފެންޑާގެ ފައްތަރުތައްމަތީ ވިދަމުންދިޔައީ މުތްތަކެއްފަދައިންނެވެ. ފެންޑާގައި ދިއްލާލެވިފައިވާ ބޮކީގެ ގަދަ އަލިކަން ބަގީޗާތެރެއަށް ފެތުރިފައިވާ އޮތުމުން ވާރެއާ ތެމެމުންދިޔަ ގަސްތައް ފެންނަނީ ފެންނަނީ ނުހަނު ހުވަފެނީ ގޮތަކަށެވެ. ރޭގަނޑަށް ފޮޅޭ ދެތަނޑިމާ މަލުގެ ގަދަވަސް މުޅި އެހިސާބުގައި ހިފާލައިފައިވެއެވެ.
ހައިޒަލް ދިގު ލިވިންރޫމް ހުރަސްކޮށްލުމަށްފަހު ޑައިނިންރޫމްއަށް ވަނުމާއިއެކު އެންމެންގެ ނަޒަރުތައް ހުއްޓުނެވެ. އެންމެން ތިބީ ހައިޒަލްގެ އިންތިޒާރުގައިހެން ހީވިއެވެ. އަލްހާންގެ މޫނުމައްޗަށް އަރުވާލެވިފައިވާ ރޫތައް ވަގުތުން ފިލައިގެންދިޔައިރު ރިހާނާގެ މޫނުމަތިވެސް ކުޑަކޮށް އަލިވެލައިފިއެވެ.
އަލްހާން ހައިޒަލްއަށް ބައްލަވާލައްވަމުން ކުޑަކޮށް ހިނިތުންވެލެއްވިނަމަވެސް އެ ލޮލުގައިވީ ހިތްހަމަޖެހިނުލެއްވުމުގެ އަސަރުތައް ހައިޒަލްއަކަށް ސިއްރެއްނުވިއެވެ.
“ސޮރީ އަންކަލް… އަޅުގަނޑު މާބޮޑަށްވެސް ލަސްވެއްޖެ…” ހައިޒަލް މޭޒުގެ ކުރިމައްޗަށްވާގޮތަށް ހުއްޓެމުން ލަސްވީތީ އިޝާރުގެ ކިބައިން މައާފަށް އެދުނެވެ.
“އެހާވަރުގެ ކަމެއްނޫނޭ… ވިއްސާރަވެސް ރެއެއްނު…” އިޝާރު ކުޑަކޮށް ހިނިތުންވެލައްވައިފިއެވެ.
“އަލްހާން އަހަރެމެންގެ ހައިޒަލް ހާދަ ބަދަލުވެއްޖެއޭ… މިއީ އޭރު އަހަރެމެންނަށް ފެނުނު ކުއްޖާތަ؟ ބޮޑުވަމުން އައިސް ބައްޕަގެ ހުރިހާ ސިފައެއް މިލްކުކޮށްފި…” އިޝާރު ހައިޒަލްއާއި ވާހަކަދެއްކެވީ ގާތްގޮތަކަށެވެ. އެ ޖުމްލައާއިއެކު ރިހާނާ އަލްހާންގެ މޫނަށް ބަލާލީ ތަފާތު ނަަޒަރަކުންނެވެ.
“ބައްޕަގެ ސިފަތައް ރަމްޒުކޮށްދޭން ޖެހޭނީ ފިރިހެން ދަރިންނެއްނު… އަހަރެންގެ ދަރިންނަކީ މަންމައިންގެ ކޮޕީކަން ޝަލީންއަށް ބަލާލުމުންވެސް އިނގެއެއްނޫންތަ؟ ޝަލީއަކީ އިޔާނާގެ ޒުވާން އިރުގެ ތަސްވީރެއްހެން ހިޔެއްނުވޭތަ؟ މިހާ ރީތި ކުއްޖަކު އަހަރެންގެ ހައިޒަލްއަށް ހަދިޔާކުރީތީ ޝުކުރުވާނެ ގޮތެއްވެސް އަހަންނަކަށް ނޭނގެ…” އަލްހާން އިޝާރުގެ ވާހަކައިގައި ބައިވެރިވެލައްވަމުން ޝަލީންއަށް ތައުރީފުކޮށްލެއްވިއެވެ. ރަތްކުލައިގެ ބެބުޅުން ގަދަ ހެދުމުގައި ޝަލީން ފެނިފައި ތައުރީފުނުކުރާނޭ ހިތެއްނުވާނެއެވެ. އެ ރީތި މޫނުގައި ވި ހިނިތުންވުމާއިއެކު އުފާވެރިކަން ދެއްކުމުގައި ޝަލީން ކާމިޔާބު ހޯދައިފައިވެއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ޝަލީން ފޮރުވަމުންދާ ހިތާމަތައް އިހުސާސްކުރެވެނީ ހަމައެކަނި އިޔާނާއަށެވެ.
“މާބީރައްޓެހިވެފައި ނީނދެބަލަ ޝަލީ… މީހަމަ އަމިއްލަ ގެއޭ ހީކޮށްލާ… ކައިވެންޏާއި މިހާ ކައިރިވަމުން އަންނައިރު ގިނަގިނައިން މިގެއަށް އަންނަންވާނެ އިނގޭ…” ރިހާނާ ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިނދެ ޝަލީން ވާހަކަދެއްކިއިރު ހައިޒަލްގެ އަތްމުށްކެވޭގޮތްވިއެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުންދިޔައިރު ސުފުރާދޮށުގައި ދެކެވެމުންދިޔައީ ހައިޒަލްއާއި ޝަލީންގެ ކައިވެނީގެ ވާހަކައެވެ. އެވާހަކަތަކުން ހައިޒަލްއަށް ކިތަންމެ އުނދަގޫވިޔަސް ކެތްތެރިވެލައިގެން އިނީ މޫނުމަތިން އެއްވެސް ޝުއޫރެއް ދައްކާލުމެއްނެތިއެވެ. ޝަލީންވެސް ހިމޭންވެފައި އިންއިރު އެތެރެހަށި ހަފުސްވަމުންދަނީހެން ހީވިއެވެ. އޭނަގެ ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވެގެންދަނީއެވެ.
ޝަލީންއާއި ހައިޒަލް މަދުމަދުން ބައްޕަމެންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަތަކާއި ބައިވެރިވިނަމަވެސް ގިނަ ވަގުތު ތިބެވުނީ ހިމޭންވެފައެވެ. މިއީ ދެޒުވާނުންގެ ރުހުމަކާއިނުލާ ކުރެވެން އުޅޭ ކައިވެންޏަކަށް ވާއިރު ބަސްކިޔުމުގެ ބޭނުމެއްވެސް ނެތެވެ. ބައްޕަމެން ބޭނުންގޮތަކަށް މިކަން ނިމިގެންދިޔަ ދޭށެވެ.
*** *** *** *** *** ***
މޫނުމައްޗަށް އެރި އެތިފަހަރުގެ ބާރުކަމުން ހައިޒަލްގެ ލޮލުން ތަރިބުރާލިހެން ހީވިއެވެ. ކޮއްޅަށް ހުންނަ ދަތިވެގެންދިޔައިރު ސޯފާގެ އަތްގަނޑުގައި ހިފާ ބާރުކޮށްލެވުނީ ތަދުވާހާ ބާރަށެވެ. ޖެހިޖެހިގެން ކަހަލަގޮތަކަށް ދެވަނަ އެތިފަހަރާއި ތިންވަނަ އެތިފަހަރުވެސް މޫނަށް އަރައިގެންދިޔައިރުވެސް ހަރަކާތެއްކޮށްލުމެއްވެސް ނެތި ހައިޒަލް ހިމޭނުން ހުރީއެވެ. އެހަމަލާތަކުން ދިފާއުވުމުގެ ވިސްނުމެއްވެސް ހައިޒަލްގެ ނެތެވެ. ނައިނާއާއި ވަކިވީވަގުތު އެ ހިތަށް އިހުސާސްކުރެވުނު ތަދު އެ އެތިފަހަރުތަކުން އިހުސާސްކުރެވުނު ތަދާއި އަޅާވެސް ނުކިޔޭނެއެވެ. އޭނަގެ ހިތްހަލާކުވެގެންދިޔައިރު ހަށިގަނޑުގައި އިތުރަށް އަޅާނޭ ވޭނެއް އޮންނާނޭ ހެއްޔެވެ؟
“ބައްޕައަށް ކާމިޔާބުވެއްޖެ… އަޅުގަނޑު ނައިނާ ދޫކޮށްލައިފިން… އެކަމަކު ނައިނާ އަޅުގަނޑުގެ ހަޔާތުގައި ނެތަސް އަޅުގަނޑު ދުވަހަކު ދެވަނަ ފަރާތަކާއި ކައިވެންޏެއް ނުކުރާނަން… އަޅުގަނޑުގެ ހަޔާތަށް ނައިނާ ނޫން ފަރާތެއް ދުވަހަކު ނުގެންނާނަން…” ހައިޒަލް އިސްޖަހާލައިގެން ހުރެ ވާހަކަދެއްކިއެވެ. އޭރު އެލޮލުގައި ކަރުނަތައް ވިދަމުންދިޔައިރު އަޑުވީ ކުރެހިފައެވެ. އިސްއުފުލާލަމުން އަލްހާންގެ މޫނަށް ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. މިއީ އެންމެ ފުރަތަމަ ދުވަހުއްސުރެ އޭނައަށް އިންތިހާ ލޯބިދީގެން ގެންގުޅެއްވި އޭނަގެ ލޮބުވެތި ބައްޕަ ހެއްޔެވެ؟ އޭނަދެކެ އިންތިހާއަށް ލޯބިވެލައްވާ ބައްޕަ މިހާ ބޮޑަށް ބަދަލުވެލެއްވީ ކީއްވެގެންހެއްޔެވެ؟ ދުނިޔޭގެ އެދުން ސިކުނޑީގެ މައްޗަށް ވެރިވެގަނެ ބައްޕަގެ އަމަލްތައް މިފަދަ ދަރަޖައަކަށް ވެއްޓުންޖެހުނު ސަބަބަކީ ކޮބާހެއްޔެވެ؟
އަލްހާން އިރުކޮޅެއްވަންދެން ރުޅިންފޯވެފައިވީ ނަޒަރަކުން ހައިޒަލްގެ މޫނަށް ބަލަހައްޓަވައިގެން ހުންނަވާފައި ދުރަށް ހިނގައިގަތެވެ. އޭރު ރިހާނާވެސް ސިޑިކައިރީ ހައިޒަލްއަށް ކަޅިއަޅައިލައިގެން ހުރެފައި ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރަންފަށައިފިއެވެ.
އެއާއިއެކު ހައިޒަލް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މޫނުޖައްސާލިއެވެ. ހައިޒަލްގެ ލޮލުން ފޭބިކަރުނަތަކުން ބިއްލޫރިގަނޑު ފެވިގެންދިޔައެވެ. އޭރު ބޭރުގައިވީ ތޫފާންވެސް ތަފާތު ކުލައެއް އިހުތިޔާރުކޮށްފިއެވެ. ދޭތެރެއަކުން ވިދުވަރުގެ އަލިން މުޅި އުޑުމަތި އަލިވެގެންދާއިރު ޖަހާލާ ގުގުރީގެ ބާރު އަޑުން ބިމުން ފައިކެޑިގެންދާވަރުވެއެވެ. ނަމަވެސް ހައިޒަލްގެ ހިތުގައި އުފެދެމުންދިޔަ ތޫފާން ބޭރުގައިވީ ތޫފާނަށްވުރެ އެތަށްގުނައެއް ވަރުގަދައެވެ.
*** *** *** *** *** ***
ހެނދުނު އިރުއަރައިގެން އައިރު ރޭގައި ކުރި ވިއްސާރައިގެ އެއްވެސް އަސަރެއް ދުނިޔެމަތިން ފެންނާކަށް ނެތެވެ. ކަޅުވިލާތައް އުޑުމަތިން ކެހިގެންދިޔައިރު އިރުގެ ހޫނުކަން ބިމަށް ފޯރުވަން ފަށައިފިއެވެ. އެ ހޫނުން ފިނިވެފައިވާ ޖައްވު ހޫނުކުރަމުން ތެތްހިފައިފައިވާ ބިންގަނޑު ފިއްސަންފެށިއެވެ.
މެންދުރުގެ ވަގުތުވަމުން އައިރު ސްޓަޑީގައި އިޝާރު އިންނެވީ ލޯރފާރމްގެ ފައިލްތަކެއް ބެއްލެވުމުގައެވެ. ކުޑަދޮރާއި ޖެހިގެންހުރި ސޯފާތަކުގައި އިންނެވިއިރު ކުރިމަތީގައި ފައިލްތަށް ބަރިބަރިއަށް ޖަހާލެވިފައިވެއެވެ. އިޝާރު ފައިލްއަށް ނަޒަރުހުއްޓާވައިލައްވައިގެން އިންނަވާފައި ފިޔަވަޅުތަކާއިއެކު އިސްއުފުލާ ބައްލަވާލެއްވިއިރު މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފާޅުވެގެންދިޔައެވެ. އެއާއިއެކު ދެފަހަރަކު ލޯ ހަރަކާތްކޮށްލީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައި އިނދެއެވެ.
ސޯފާގެ ކައިރީ ދެޖީބަށް އަތްޖަހާލައިގެން ހުރީ ޝަޔަމްއެވެ. ގޮށްޖެހިފައިވާ ބުމައާއިއެކު ހަނިކޮށްލެވިފައިވާ ދެލޮލުން އިޝާރުއާއި ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން ކަމަކާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިހުރިހެން ހީވިއެވެ.
“ހަތަރު އަހަރުވަންދެން ގޮތުގައި ހިފަހައްޓާފައި ކުރި ވައުދު އުވާލަންޖެހުނީ ކީއްވެބާ؟” އިޝާރުގެ މޫނުމަތިން ފެނިލެއްވި ކުލަވަރާއިއެކު ވާހަކަދެއްކެވިގޮތުންވެސް ޝަޔަމްއަށް މަރުހަބާ ނުކިޔާކަން ހާމަވިއެވެ. ޝަލީންގެ ކައިވެނި ހަމަޖެހުމާއިއެކު ޝަޔަމް ދައްކާލުމުން އިޝާރުގެ ބޮލުގައި ނޭނގޭފަދަ ގޮތަކަށް ރިއްސާލިއެވެ.
“އެވައުދު އެއްވެސް އެއްޗަކަށް ނުހަދާ އުވާލަން ޖެހުނީ ކޮއްކޮއަށްޓަކައި… ޝަލީއަށްވުރެ އަހަންނަށް މިދުނިޔެއިން މުހިންމުކަމެއް ނުވާނެ… ޝަލީގެ އުފަލަށްޓަކައި ކޮންމެކަމެއްވެސް ކުރަން އަހަރެން މިހުރީ….” ޝަޔަމްގެ ލޮލުން ފެނުނީ މީގެ ކުރިންވެސް އިޝާރުއަށް ފެނުނު ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ އިހުސާސްތަކެވެ. މިޑޯވިއުގައި ފައިވެސް ނާޅަން ހުވާކޮށްފައި ދިޔަފަހުން ހަތަރުއަހަރުވީއިރުވެސް ބައްޕައާއިމެދު ހިތުގައިވީ ފިނި އިހުސާސްތަކަށް ބަދަލެއް ނާންނަކަން އެ ނަޒަރުންވެސް އަންގައިދިނެވެ. ހަތަރުއަހަރުވަންދެން އަމިއްލަ ނަފްސަށް ވީވައުދު ދެމެހެއްޓުމުގައި ޝަޔަމް ކާމިޔާބުކުރުމަށްފަހު އެނބުރިއައިރު އިޝާރުއަށް އިހުސާސްކުރެވުނީ އެދެމެދުގައި އެންމެ ކުރިންސުރެވީ ދުރުކަމެވެ.
“ހައިޒަލްއާއި ޝަލީންގެ ކައިވެނި ހުއްޓުވަން ނިންމައިގެން އައިނަމަ އަހަރެން ޝަޔަމްއަކަށް މަރުހަބާއެއް ނުކިޔާނަން… އަދި އެ ފުރުސަތެއްވެސް ނުދޭނަން… އަހަރެން ކުރާކަމެއް މިކުރަނީ ޝަލީންއަށް ރަނގަޅަކަށް….” އިޝާރުގެ އަޑުގައި އެކުލެވިގެންދިޔަ ރުޅިވެރިކަމާއިއެކު ޝަޔަމްއާއި ދިމާލަށް ބައްލަވާލެއްވީ އިންޒާރުގެ ނަޒަރަކުންނެވެ. ޝަޔަމްގެ ހަރަކާތްތައް ދެކެން އޭނަ ހިމޭނުން ނުހުންނާނޭކަން އަންގައިދިނީއެވެ.
“ޝަލީއަށް ރަނގަޅަށް… ދަރިންގެ ދިރިއުޅުމަށް ނުފޫޒްފޯރުވައިގެން ބައްޕަ އުޅުއްވާއިރު އެކަމުން ދަރިންނަށް ލިބެނީ އުފަލާއި ހަމަޖެހުންކަމަށް ބައްޕައަށް ހީވެލައްވަނީތަ؟” ޝަޔަމް ޝަކުވާގެ ނަޒަރަކުން އިޝާރުގެ މޫނަށް ބަލާލަމުން ލުއިގޮތަކަށް ހީލީ އަމިއްލަ ނަފްސަށް މަލާމާތްކޮށްލަމުންނެވެ.
“ޝަޔަމް…. ޝަޔަމްއަށް މިއަދު ތިހާ ހިސާބަށް އާދެވިފައި ތިހިރީ ލައިޝާގެ ސަބަބުންނެއްނޫންތަ؟ އެ ފަގީރުކުއްޖާއާއި ކައިވެނިކުރެވެނުނަމަ ތި ދިރިއުޅުމާއި ތަނަވަސްކަން ލިބުނިސްތަ؟ އެ ފަގީރު ކުއްޖާއާއިއެކީ ތި އުފާތައް ހޯދުނިސްތަ…” ޝަޔަމްގެ ޖުމްލަތަކުން އިޝާރުގެ ރުޅިކޮންޓްރޯލް ނުކުރެއްވޭގޮތްވީއިރު އަޑުހަރުކޮށް ވާހަކަދެއްކެވިއެވެ. އެއާއިއެކު ޝަޔަމްގެ ދަތްތަކަށް ބާރުކޮށްލެވުނީ ބައްޕަ އިޒާއާއި މުހާތަބުކުރިގޮތުން ހިތްހަމަނުޖެހުނުވަރުންނެވެ.
“ބައްޕާ ހެޔޮނުވާނެ… ބައްޕަގެ ސަބަބުން ދުނިޔޭގައިވެސް އިޒާއަށް އުފަލެއް ހަމަޖެހުމެއް ލިބުނީކީ ނޫން… ވީއިރު އޭނަ ހަމަޖެހިލައިގެން ކައްވަޅުގައި އޮތަ ދީ… އިޒާގެ ވާހަކަ އަބަދާއި އަބަދު ދައްކަވާއިރު އިޒާގެ ފަހަތުން އުޅުނު މީހަކީ އަހަރެން… އިޒާ މިއަދު ދުނިޔޭގައި ހުރިނަމަ އަހަރެން ހުރީހީ މާ އުފަލުގައި… މިއަށްވުރެ އުހުގައި… ސަބަބަކީ ހަޤީޤީ ތަނަވަސްކަމަކީ ހިތުގެ ހަމަޖެހުން ކަމުގައި ވާތީ….” ޝަޔަމްގެ އަތްމުށްކެވެމުންދިޔައިރު އަމިއްލަ ނަފްސު މައިތިރިކުރަން އުނދަގޫވަމުން ދިޔައެވެ. އެތަށްދުވަހެއްފަހުން އިޒާގެ ނަން އިވިފައި އެ ހަނދާންތައް ހިތުގައި އާވެގަތީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ. ވެލިގެދާނުގައި އިޒާ ވަޅުލެވިގެންދިޔަފަހުން އެތަށް އަހަރެއްވީއިރުވެސް އޭނަގެ ހިތުގައިވާ އިޒާގެ ހަނދާންތަކަށް ފަނޑުކަމެއް އައިކީނޫނެވެ. އެ ހަނދާންތައް ހިތުގައި ވަކި ހިއްޕާލައިފައިވާ ގޮތުން އިއްޔެވީކަމެެއްހެން ހީވެއެވެ. ލެއިން ތަތްތެޅިފައިވާ އޮވެ އިޒާ އެންމެ ފަހުނޭވާ އޭނަގެ އަތުތެރެއަށް ދޫކޮށްލި ވަގުތުކޮޅު އޭނައަށް އިހުސާސް ކުރެވުނު ވޭނާއި ރިހުން ދުވަހަކު ހިތާއި ވަކިނުވާނެއެވެ. އަދިވެސް އެ މަންޒަރު އޭނަގެ ރޭގަނޑުގެ ނިންޖަށް ހުރަސްއަޅައެވެ.
“ބުނަން… ޝަޔަމް ދިޔަމަގުން ޝަލީން ގެންދަން ނުހަދާތި…” ޝަޔަމް ވާހަކަތަކުން ޝަޔަމްގެ މަޤްޞަދު ފަހުމްވެގެންދިޔައިރު އިޝާރު ރުޅިންގޯސް ފޯވާގޮތްވިއެވެ.
“އަޅުގަނޑަށް އުފާހޯދައިދިނުމުގެ މަޤްޞަދުގައި ބައްޕަކުރެއްވިިކަމަކުން އަހަންނާއި ލައިޝާއަށްވެސް އުފަލެއް ލިބުނީކީ ނޫން… އެފަދައިން ޝަލީންއާއިމެދު ކަންތައްވުމަކަށް އަހަންނަކަށް ދުލެއް ނުކޮށްލެވޭނެ… ހައިޒަލްއަށް ކައިވެނިކޮށްގެން ޝަލީއަށް އުފަލެއް ލިބުމަކީ ނުވާނޭކަމެއް… ޔަގީނުންވިއްޔާ އަލްހާން އަންކަލްމެންވެސް ހައިޒަލް މަޖުބޫރުކުރުވައިގެން ކުރުވާކަމަކަށް މިކަން ވާނީ…” ޝަޔަމްގެ ހިތް އަލްހާންގެ މައްޗަށްވެސް ހިތް ބުރަވާގޮތްވިއެވެ. ތަޞައްރަފު ފުރިފައި ތިބޭ ދަރިންގެ ކަންތައް ނިންމުމަށް ބައްޕައިން ބާރުއަޅާތީ ހިތުގައި ފޫހިކަން އުފެދުނެވެ.
“ބައްޕާ އާދޭސްކުރަން… އަޅުގަނޑު މިހިރީ ބައްޕަ އެދިލައްވާގޮތަށް މުޅިއުމުރަށްވެސް ލައިޝާއާއިއެކީ އުޅެން… ބަދަލުގައި ޝަލީ ބޭނުން ފިޔަވަޅެއް ނެގުމުގެ ފުރުސަތެއްދީ… މަޔާންއަކީ ޝަލީންއާއި އެކަށީގެންވާ ޒުވާނެއް….” ޝަޔަމްގެ ޖުމްލައާއިއެކު އިޝާރު އަތުން ޖައްސަވާ މޭޒުމަތީގައިވާހާ ފައިލްއެއް ބުރުއްސުވާލެއްވިއިރު ޝަޔަމްވެސް ސިހުނެވެ.
“ނުވާނެ ތިކަމެއް… އަހަރެންގެ ދުޝްމިނާއި އަހަރެންގެ ދަރިއަކު ދުވަހަކު ހަވާލުނުކުރާނަން… ތި ވާހަކަ އިތުރަށް ދެއްކިޔަސް އަހަރެންގެ ނިންމުން ބަދަލެއްނުވާނެ…” އިޝާރުގެ ބޯހަރުކަމާއިއެކު ޝަޔަމްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ.
“ގޮތުގައި ހިފަހައްޓަވައިގެން ބައްޕަ ހުންނަވާ… ޝަލީންއަށްޓަކައި ކުރެވެން އޮތް ހުރިހާކަމެއް އަހަރެން ކުރާނަން…” ބައްޕަގެ ގޮތްދޫނުކުރެއްވުމާއިއެކު ރީތިގޮތުގައި މިކަން ނުނިންމޭނެކަން ޔަގީންވެފައި ޝަޔަމް ރުޅިގަދަވާގޮތްވިއެވެ. ދުވަހަކު ބައްޕައާއި ވާހަކަނުދައްކާހާ އަޑުހަރުކޮށް ވާހަކަދެއްކިއިރު އިރުކޮޅެެއްވަންދެން ހިތްހަމަނުޖެހުމުގެ ނަޒަރަކުން ބައްޕަގެ މޫނަށް ބަލަން ހުރެފައި ޝަޔަމް ސްޓަޑީއިން ނިކުންނަން ހިނގައިގަތެވެ.
މަޑު ފިޔަވަޅުތަކެއްގައި މިޑޯވިއުއިން ނިކުމެގެންދިޔައިރު މާޒީވި ދުވަހެއް ޝަޔަމްގެ ލޯމައްޗަށް ސިފަވިއެވެ. އެދުވަހުވެސް ބައްޕަގެ ކުރިމަތީ ޝަޔަމް އާދޭސްކުރިއެވެ. އަމިއްލަ ދިރިއުޅުމުގެ ހުންގާން އޭނަގެ އަތްމައްޗަށް ދޫކޮށްލާން އެދުނެވެ. އެދުވަހުވެސް އިޝާރު ދެކޮޅުހެއްދެވިއިރު ޝަޔަމް ގޮތުގައި ހިފަހައްޓައިގެން ގެއިން ނިކުމެގެންދިޔައީ އާއިލާއާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލުމަށްފަހުއެވެ. އާއިލާއާއި ނުލާވެސް އިޒާއާއިއެކީ ދިރިއުޅެވިދާނެކަމަށް ޝަޔަމް ޤަބޫލުކުރިއެވެ. ނަމަވެސް ކަންތައްވެގެންދިޔައީ ޝަަަޔަމް ހީވެސްނުކުރާފަދަ ގޮތަކަށެވެ. އަމިއްލަ އުންމީދުތައް ހާސިލްކުރުމަށް ޝަޔަމް އަތުކުރިއޮޅާލިވަގުތު ނެގި ބޮޑު ރާޅުގައި އޭނާގެ މުޅި ދިރިއުޅުން ހަފުސްވެގެންދިޔައީއެވެ. އިޒާއާއިއެކީ އޭނަގެ އުންމީދުތައްވެސް ވެލީގެ ދާނުގައި އަބަދަށްޓަކައި ވަޅުލެވިގެންދިޔައީއެވެ.
*** *** *** *** *** ***
ރަތްވިލާލަމުންދިޔަ އުޑުމަތި ބަނަ ވިލާތަކުން ބޯވަމުންދިޔައިރު ކަޅުކުލައިގެ ވިލާތަކުގެ ތެރެއިން ރަތްވިލާކޮޅުތައް ބޯދިއްކޮށްލައިގެން ތިބެ އިރުއޮއްސުނުކަން އިއުލާންކުރަމުންދިޔައެވެ. ވައިރޯޅިތައްވެސް ގަދަވެފައިވާއިރު ގަސްތައް ލެބިގެންތިބިގޮތުން ވައިރޯޅިތަކުގެ ހަމަލާތަކަށް ކެތްނުކުރެވިގެން ބަލިގަބޫލުކޮށްގެން ތިބިހެން ހީވިއެވެ. ޑިއުޓީ ނިންމާލުމަށްފަހު ނައިނާ ގެއަށްދާން ނިކުތްއިރު ކަޅު ސާލެއް ފަތުރަމުން ދިޔަ އުޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ކެރީގެ ފުރަތަމަ ހަމަލާ އަމާޒުވާކަމުގެ ނިޝާންތައް ބަނަވަމުންދާ އުޑާ ހަލަބޮލިވެފައިވާ މާހައުލުން އަންގައިދިންއިރު ނައިނާގެ ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. އޭރު ހިނދެއް ހިނދަކަށް އަނދިރިކަން ފުންވަމުންދިޔަގޮތުން ނައިނާ ހުރީވެސް ޖެހިލުންވާގޮތްވެފައެވެ.
މޫސުމް ގޯސް ރެއަކަށްވާތީ މަގުތައް އޮތީ ފުދޭވަރަކަށް ހިމޭންކޮށެވެ. ނައިނާ މަގުތައް ކަޑައްތުކުރަމުން ގޮސް އަނދިރިގޯޅިގަނޑަކަށް ވަނުމާއިއެކު ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ފަސްއެނބުރި ބަލާލިއެވެ. ހުސްކޮށްވާ ގޯޅިތެރެއަށް ނަޒަރެއް ހިންގާލަމުން ނައިނާގެ ފިޔަވަޅުތައް އިތުރަށް ބާރުކޮށްލިއެވެ. ގޯޅީ ނިމޭ ހިސާބަށް ދެވުނުތަނާ އައިނައިތަނެއް ނޭނގި ފަހަތުން އައި މީހަކު ނައިނާގެ ހަށިގަނޑުގައި ހިފަހެއްޓިއެވެ. ނައިނާވަގުތުން ގަދަހަދާލުމާއިއެކު އެ މީހަކު ނައިނާއަށް ގުޑުނުލެވޭނެފަދައިން ނައިނާގެ ހަށިގަނޑު އެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެއާއިއެކު ނައިނާ އަނގަމަތީ ރުމާލެއް އަޅާލަމުން ނޭވާ ނުލޭވޭނޭ ފަދައިން ނައިނާގެ އަނގަމަތީ އަތްވަށާލިއެވެ. ރުމާލުން އެރި ކޯލާވާރޓަރުގެ ގަދަވަސް ހިނދުރީގައި ހިފާލިއިރު ނައިނާ ބޯ ބުރާންތިވާގޮތްވިއެވެ. ނޭވާ ހާސްވާން ފެށިއިރު ސަލާމަތްވާންވެގެން ނައިނާ ތެޅިގަތެވެ. އިސާހިތަކު ނައިނާގެ ލޯމެރިގެންދިޔައިރު ހަބަރުހުސްވެގެން އެ ހަށިގަނޑު އެމީހާގެ އަތްމައްޗަށް ދެމުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.






hii readers… miothy 36 th vana bai… mi bai varah dhiguvaane..ummeedh kuran readers ah kamudheyne kamah… next part on monday night… keep waiting… and feel free to comments. your point of view means a lot to me
Varah reethi..maashaa allah♥♥
thnkx
Yey jiji first dhw..will comment after reading..assu dhiraa ehn bunyma balailan mi engunyvec..heheh???????
hehehe
Alhe haizal nd nai vakinukurey dhiraa…btw mi Part vv Rythi ingey…Sifakohdhyfa hurileh v furihama..Yuh are so talented..
N I’m so curious to knw wats gonna be happen next..Luw yuh sis???????????????????????
thnks. haizal hisaabah vure bwwhareenu… vedaane haizal dadge bwwhsru kan vx…. naina aa rahtehivumaa rulhi vun eii haizal aih mathee oi kameh… lets c dww haizal hadaa ehcheh
Hehehe.story nice ingey.Girls don’t understand boys feelings dhw. I don’t know why. boy fahaathanah Kiriya kamehvaairah ves shakuvaa kurun ehaa gina. Eieee kevetho kihinei vany kameh tho ves balaalan nolheyne. Furathama ves shakuvaakuraanii. Hehe I don’t know why girls doing like this ekamah Suvalu kuriima rulhi annan v. Majalah echekey buniiyas srsvaane.kankamaa bodhaahaakaane mii gina girls ge type.they think they are cute if they behave like this. But I don’t think this is true.but I hate this. Aslu loabivaameehunaai firehen kujaku girl dhookohlaani girl akah rangalhakah boy aai Hedi girl ah gehlumeh vaan neydheythi. But the tell playboys ey. I don’t know how to slove girls problem in a smooth way. Hehe life is like this. I like this story. But sometimes I hate Naina type
hehehhee dw adi visneyne girls ah vx…. there are playboys too ehnveema vedaane ehnu trust nukureveneekamah vx.. as boys there are playgirls also
Curiously waiting 4 the nxt prt
❤❤❤❤❤❤
tnkx
Varah salhi..♥♥
thnkx
thnkx
Varah reethi mi part vs
thnkx
Kiyaalaafa comment eh kohlaanan
k
O .So heart touching.When next???
thnkx.. insha allah mondayga
Wow v salhi…waiting for the next prt
thnkx
Varah reethi mi part ves and shaleen ge mayaan ge hilameh ves vaanama nai kidnap kury alhan men kahneyge or it might be that haizal vagah naina aa marry kuran vegen kamah eh ulheny ehenvihjihya varah reethi vaane and alhan ge kanthah ves bodu vaane anyways hama varah reethi dhiraa u r the best keep it up????
thnkx
Vv reethi mi part vas ❤️❤️❤️ can’t wait to see what happens next part ???
thnkx.. lets c dw
Woww..mi part vx ham vrh vrh salhi..thi hama emme best n emme molhu author..whn is next part.. waiting ???
thnkx
Story varah rythi…mi episode Dhigu v ma varah ufaavi.. Heheh.. Best keep it up
thnkx
Haizal aa naina vaki nukurahchey plzz
lets c dw
Alhey dhiraa sis heyonuvaane dhw thihn hadhaakah…. Laalu ah rovihje…. Alhey no no no…. Alhaan my foot….. V foohivehje eyna dheke? dhn migothah dhanyaa kiyan vx hiydhathi…. ??? btw story hama out standing….. Sifakuranthah awww luv it ??????????
thankss laalu… dhira ves varah dheravey mihen hadhan… hinghaa dho dhen vaagotheh balamaa
pulees next part ves v dhigu koh genes dhehchey stry v v v habeys .keep up the gud work .v interesting.
thnkx malu
Aslu hizal firihwnakah nuvey… bappa egothah kanthah kuranya hizal ahves bappa aai dhekolhah kanthah kureven jeheyne… islaam dheena dhekolhu kanthah kura iru huhtuveves jeheyne…
haizal ah adi visneyne
What about naina….Haizal ahen kantheh nukohfinama naina gefuraana dhaane anyway story v.Salhi
dww..thnkx
Aslu alhaan report kohlaifihyaa eyna mihaaru ragalhahves bedheyne.. ekm dhari aku ehen hadhaakah beynumeh nuvaane dho bahpa akah…adhi amudhun hai ge huri hama ekani meehakee alhaan… rihana ee namehga huri meeheh.. btw story varah reethi… plxxx e dhe couples gulhuvahjjey konmeves gotheh hadhaafa
hehehehe thnkx…. lets c dw
Dhiraa adhi up nuvanee dho
insha allah mirey upkohlaanan
mi vaahakaige furathama baige link eh bunedheebala
https://www.esfiya.com/62901/ you can read through this link… and if you want to read up to ep 40 click my name under the cover pic… sorry for the late reply