Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ……36

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 5, 2019 8 Mins Read
29 Comments

“އެއީ ދެން މިއަދު އެކަނި އަންނަހިއްވީ!” ހަގީގަތަކީ ރައިހާނާގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ގަދަވާން ފެށުމާއެކު ލީމް މަތިން އޭނާ ހަނދާންނެތުނީއެވެ. އެދުވަހު އެންމެ ފަހަރަކުވެސް ލީމްއަށް ގުޅާނުކި ތާގައި މެސެޖެއްވެސް ކޮށްނުލައެވެ. ލީމްގެ މެސެޖެއް އައި ތޯ ފޯނުބަލާވެސް ނުލައެވެ. ރައިހާނާ ހަމްޒާއަށް ޖެއްސީ ކޮންކަހަލަ ސިހުރެއްކަމެއްވެސް ނޭންގެއެވެ. ރައިހާނާ ފެނުނީންސުރެ ރައިހާނާ ނޫން މީހަކާ މެދު އޭނާއަކަށް ނުވިސްނެއެވެ. ހުވަފެނުގައިވެސް ހޭލާ ހުންނައިރުވެސް ފެންނަނީ ރައިހާނާއެވެ. އެކަމާ ހަމްޒާ ގާތަށް ރުޅި އަންނަގޮތްވެސް ވެއްޖެއެވެ.
ޝިމަންއާ އެއްކޮށް ސަކަރާތްޖަހަން އުޅެފައި ރައިހާނާއާ ރީހާންއަށް ގެއަށް ދެވުނުއިރު ރޭގަނޑު ނުވައެއް ޖަހާފިއެވެ. ސަރްވާމެްގެއިން ކައިގެން އައުމުން ދެކުދިންވެސް އިތުރަށް މަޑުނުކޮށް އަވަހަށް ނިދަން އޮށޯތެވެ. ވަރުބަލިވެފައި ތިބިލެއް ބޮޑު ކަމުން އެނދުގައި ޖެހުމާއެކު ދެކުދިންނަށްވެސް ނިދުނެވެ.

ބެލްކަނީގެ ރެއިލިންގައި އަތް އަޅުވައިގެން އިން އިރު ހަމްޒާގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އެއް ފަހަރު ބޮލުގައި އަތް އަޅައިގެން ހުރެފައި އަނެއްފަހަރު ރެއިލިން ގަނޑުގައި ޖަހާލައިފާނެއެވެ. ކޮންމެސް ވަރަކަށް ވެހެމުން ދިޔަ ހިމަފޮދު ވާރެއިން ހަމްޒާ ތެމެމުން ދިޔައެވެ. ސިކުނޑީގެ ކަނަކުން ކުރީގެ ހަނދާންތައް އާކޮށްދެން އުޅޭހެން ހީވިއެވެ. އެކްސިޑެންޓްގެ ސަބަބުން އޭނާގެ ހަނދާންތައް ފިލައި ގޮސްފައި ހުރިކަން ހަމްޒާއަށް އެނގެއެވެ. އޭނާގެ ހަޔާތުގައި ރައިހަނާއަކީ މުހިއްމު މީހެއްކަން ސިކުނޑި ބުނެދޭން މަސަައްކަތް ކުރެއެވެ. އެކަމުގެ ސަބަބުން ހަމްޒާގެ ބޮލަށް ބާރު ކުރަމުން ދިޔައެވެ. އެންމެ ފަހުން ކެއް ނުކުރެވިގެން ހަމްޒާ ޝިމާންއަށް ގުޅިއެވެ. އަދި ވަރަށް އަވަހަށް ކޮފީއަކުން ދިމާވާން ބުންޏެވެ. އެކްސިޑެންގެ ސަބަބުން ހައަހަރު ދުވަހުގެ ހަނދާންތައް ނެތުނެއް ކަމަކު އޭނާ ކިޔެވި އެއްޗިހި ކޮންމެސް ވަރަކަށް އެނގެއެވެ. ޝިމާންގެ އެހީތެރި ކަމާއެކު ދެއަހަރު ދުވަހުން ވަޒީފާއަށް އަލުން އަނބުރާ ދެވޭ ވަރުވިއެވެ. ޝިމާންގެ އެހީތެރިކަން ނުލިބުނު ނަމަ އެހިސާބަށް އޭނާއަށް ނުދެވުނީހެވެ.
ވިއްސާރަ ރެއެއްްކަމަކު ހަމްޒާ ބުނުމުން ޝިމާން ކޮފީއަށް ދިޔައެވެ. ހަމްޒާގެ މޫނު މަތިން ފެންނަމުން ދިޔަ ހާސްކަމުން ބޮޑި ކަމެއް ވެއްޖެކަން ޝިމާންއަށް އެނގުނެވެ. ފިޔަވަޅުތައް އަވަސްކޮށްފައި ހަމްޒާ އިންތަނަށް ޝިމާން ދިޔައެވެ.
“ހޫ އިޒް ރައިހާނާ؟” ޝިމާންއަށް ނީށީންދެވިގެން އުޅެނިކޮށް ހަމްޒާ އެހިއެވެ. ޝިމާން ހައިރާންވި ނަމަވެސް މޫނު މަތިން އެކަމެއް ނުދައްކައެވެ. ހަމަޖެހޭ ގޮތް ދައްކަން ވެގެން ހިނިގަނޑެއް ޖަހާލިއެވެ. “ރީހާންގެ ދައްތަ. ސަރޫގެ ކަޒިންއެއް. އަންކޮގެ ބެސްޓް ފްރެންޑެއްނު” ހަމްޒާގެ މޫނަށް ފަރުވާތެރިކަމާއެކު ޝިމާން ބަލާލިއެވެ. “ހޫމް. މަށަށްވެސް އެނގެޔޭ ތިކަން. މަމިބުނީ މަގޭ ލައިފްގަ އެއީ ކާކުހޭ؟” ކުރިއަށްވުރެ ތަންކޮޅެއް ބާރަށް ހަމްޒާ އެހިއެވެ. “އެއީ ސްޓޫޑެންޓްެެއެއް” “ދެރަކަމެއް މަށަށްވެސް ތިކަން އެނގެޔޭ. މި ބުނަނީ ކީކޭކަން ކައޭއަށްވެސް އެނގޭ ދޯ.” ހަމްޒާ ރުޅި ގަދަވިއެވެ. ހަމްޒާއަށް ހުރިހާ އެއްޗެއް ކިޔާދޭންވީ ކަމެއް ނޫނީ ސިއްރު ކުރަންވީ ކަމެއް ޝިމާންއަކަށް ނޭންގުނެވެ. އޭނާގެ ބޯވެސް ހާސްވިއެވެ. ހަމްޒާ އެތައް ސުވާލެއް ކުރުމުންވެސް ޝިމާން ހިމޭންކަމާއެކު ޖަވާބެއް ނުދީ ހުއްޓެވެ.
އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބި ހުސްއަތާ ގެއަށް އަންނަން ޖެހުމުން ހަމްޒާ ބޮލިގެ ރިހުން އިތުރަށް ގަދަވިއެވެ. އެ ސުވާލު ތަކުގެ ޖަވާބު ދެވޭނީ ޝިމާންއަށް އެކަންޏެވެ. ކޮޓަރިއަށް ވަދެފައި ހަމްޒާ ބޮލުގައި ދެއަތް އަޅައިގެން އެނދުގައި އިށީނެވެ. ކުޑަވެސް ލުއެއްލިބޭތޯ ދެލޯ މަރާފައި ފުންކޮށް ނޭވައެއް ލިއެވެ.

ޝިވަން ނިންދަވާފައި ސަރްވާ އަންނަން ދެކަށް ޝިމާން އޮތެވެ. އެނދުގައި އޮށޯވެގެން ނިއްކުރިމަތީ އަތް ބާއްވައިގެން އޮތް ގޮތުން އޭނާ އޮތީ ބޮޑު ވިސްނުމެއްގައި ކަން އެނގެއެވެ. “ކޮން ވިސްނުމަކަށް ގެއްލިފަ؟” ސަރްވާ އައިސް އެނދުގައި އިށޯވެލިއެވެ. ޝިމާން ސަރްވާ ގާތަށް ޖެހިލައި ސަރްވާ ގައިގައި ބައްދާލާފައި ސަރްވާގެ ނިއްކުރީގައި ބޮސްދިނެވެ. “ހަމްޒާ ރައިއަކީ ކާކުތޯ އެހީ” ޝިމާން އެބުނީ ކީކޭކަން އެނގުމާއެކު ސަރްވާއަަށް ހިނިތުންވެވުނެވެ. ހަމްޒާގެ ހަނދާންތައް އެނބުރި އައިސިނަމަ ރައިހާނާގެ ހަޔާތަށް އުފާވެރިކަން އެނބުރި އަންނާނެއެވެ.

ގިނަ ގަޑިތައް އޮތުމުން ރައިހާނާ އުޅުނީ ވަރަށް ބުރަކޮށެވެ. ޖެހިޖެހިގެން ތިން ގަޑި ނަގަން ޖެހުމުން ރައިހާނާ ހުރީ ވަރުބަލިވެފައެވެ. ހުސްގަޑިއެއް ލިބުމާއެކު ރައިހާނާ ކެންޓީނަށް ދިޔައީ ބަނޑުހައިވެފައި ހުރުމުންނެވެ. ދެތިން ހެދިކާއާ ކޮފީ ތަށްޓެއް ހިފައިގެން ރައިހާނާ ހުސްކޮށް ހުރި މޭޒެއްގައި އިށީނެވެ. “ރައި؟” އޭނާ އިށީންތާ ދެތިން މިނެޓްްވެސް ނުވަނީސް ނުހަނު ގާތުން ޒިވާންގެ އަޑު އިވުނެވެ. ރައިހަނާ މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ބޯ ޖަހާލިއެވެ. “އޯކޭތަ އިށީނަސް؟” ރައިހާނާ ކުރިމަތީ ހުސްގޮނޑިއަށް އިޝާރަތް ކުރަމުން ޒިވާން އަހާލިއެވެ. ރައިހާނަ ބޮލުން އާއެކޭ ބުނުމުން ޒިވާން އިށީނެވެ. ޒިވާން ރައިހާނާއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ރައިހާނާ ޖަވާބުދެމުން ދިޔައީ ބޮލުންނެވެ. ޒިވާންގެ ސަބަބުން ރައިހާނާ އިނީ އުނދަގޫވެފައެވެ.

ހަމްޒާ ކެންޓީނަށް ވަތްއިރު އެއް މޭޒެއްދޮށުގައި ތިބި ރައިނާއާ ޒިވާން ފެނި ދެބުމަ ގޮށް ޖެހުނެވެ. ޒިވާންއާ ރައިހަނާ އެކީ ފެނުމުން ނުސާފުކޮށް މަންޒަރެއް ހަމްޒާއަށް ސިފަވިއެވެ. ދެއަތްމުށްކެވިފައި ބާރަށް ހަމްޒާއަށް އެދިމާއަށް ހިނގައިގަނެވުނެވެ. “ޒިވާން ބުނީމެއްނު ރައިހާނާއާ ދުރުން އުޅޭށޭ. ކީއްވެތަ އެއް ފަހަރު ބުނީމަ އަޑުނީވެނީ؟” ހަމްޒާ ދިޔަ ގޮތަށް ގޮސް ޒިވާން ގަމީހުގެ ގިރުވާނުގައި ހިފައި ނެގިއެވެ. ކެންޓީނުގައި ތިބި ދެތިން މީހުންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ހަމްޒާގެ އެއަމަލު ފެނިފައި ރައިހާނާ ދެލޯ ބޮޑުވިއެވެ. ހަމްޒާގެ ލޮލުން އަލިފާންކަނި ބުރައެވެ. ދެންމެ ދެންމެ ޒިވާން ގައިގައި ތަޅައިގެންފާނެހެން ހީވިއެވެ. ރައިހާނާ ގޮނޑިން ތެދުވެފައި ހަމްޒާގެ އަތް ޒިވާންގެ ގަމީހުން ނެއްޓިއެވެ. ޒިވާންވެސް ދެލޯ ބޮޑުކޮށްފައި ހަމްޒާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
ކުރެވުނު ކަންތައް ހަމްޒާއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ޒިވާންއާ ދިމާއަށް އެހެން ބުނެވުނީ ކީއްވެ ކަމެއް ޚުދު ހަމްޒާއަކަށްވެސް ނޭންގުނެވެ. “ޒިވާން އައި އޭމް ސޮރީ. ނޭންގެ ކިހިނެއްވީ ކަމެއް. ހަމަ އަސްލަށްވެސް. ވަރަށް ބޮޑަށް ސޮރީ” ބޮލުގައި އަތުން ހިފަހައްޓާލަމުން ހަމްޒާ އެތަނުން ނުކުންނަން ހިނގައިގަތެވެ. ދެންމެ ވީ ކަމެއްގެ ސަބަބުން ހަމްޒާ ބޮލުގެ ރިހުން އިތުރަށްވީ ގަދައެވެ. ޒިވާންއާ ދިމާއަށް އެހެން ބުނެވެންވީ ސަބަބެއް އެއްވެސް ގޮތަކަށް ހަމްޒާއަކަށް ނުވިސްނުނެވެ.
ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފައިބައިފާނެތީ ރައިހާނާއަށް ދެލޯ މަރާލެވުނެވެ. ގޮނޑީގައި އިށީންދެފައި އެހެން މީހުންނަށް ނުފެންނާނެހެން ބޮޑުވައި އިނގިކިން ކަރުނަ ފުހެލިއެވެ. “ރައި އާ ޔޫ އޯކޭ؟” ޒިވާންވެސް ކަން ބޮޑުވެފައި ހުރެ އަހާލިއެވެ. “އައި އޭމް ފައިން ޒިވާން” ހަމަޖެހޭން މަސައްކަތް ކުރަމުން ރައިހާނާ ބުންޏެވެ. ހަމްޒާގެ ފަރާތުން ދެންމެ ފެނިގެން ދިޔަ އަމަލުން ހިނދުކޮޅަކަށް ނަމަވެސް ރައިހާނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް ހަމްޒާ މާފަށް އެދުނު ގޮތުން ލިބުނު ކުޑަ ހިތްހަމަ ޖެހުންވެސް ގެއްލިގެން ދިޔައެވެ.

ކެންޓީނުން ބޭރަށް ނުކުމެފައި ޒިވާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ބޭނުންވީ ގޮތަށް ކަންތައް ވުމުން ހިތްހަމަޖެހުނެވެ. ދެންމެ ވީ ކަންތައް ލިޔެލާފައި ކޮންމެސް މީހަކަށް މެސެޖް ކުރިއެވެ. އޭރުވެސް އޭނާގެ ތުންފަތްމަތީގައި ރީރި ހިނިތުންވުމެއް ހުއްޓެވެ.

އަންޖަލްގެ ފޯނަށް އައި މެސެޖް ކިޔާލާފައި ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. “އޭއިއޭއި. ތަނެއްގަ ރޯވީތަ؟” އަންޖަލް ހަޅޭއްލަވައި ގަތުމުން ކައިރީގައި ހުރި ރީހާން އެހިއެވެ. އަންޖަލް ޖަވާބެއް ނުދީ ރީހަންގެ ކަރުގައި ބައްދާލިއެވެ. ރީހާން މޫނަށް ވައްތަރެއް ޖައްސާލާފައި ވީ ކިހިނެއްތޯ އެހިއެވެ. “މައި ޕްލޭން ވޯކްްޑް” އަންޖަލް އެހެން ބުނުމުން އެއީ ކޮންކަމެއްކަން ރީހަންއަށް އެނގުނެވެ. ރީހާންއަށްވެސް ވަގުތުން ހެވުނެވެ. “ޔޫ އާ ޖީނިއަސް އޭންޖަލް” އަންޖަލްގެ ކޮލަށް ރީހާން ބޮސްދިނެވެ. ވަގުތުން އަންޖަލްގެ މޫނު އެކީ ރަތްވެގެން ދިޔައެވެ.

ލީމް ދެތިން ފަަހަރު ގުޅުމުންވެސް ހަމްޒާ ޖަވާބެއް ނުދިނެވެ. ހަމްޒާ އޭނާއާ ދުރުވެެއްޖެކަން އެނގުމާއެކު ލޮލުން ކަރުނަ ހިލުނެވެ. ނޭފަތް ދަމަމުން ސުނައިނާއަށް ގުޅާލިއެވެ.
“ހަމްޒާ ހޯދަނީ ކީއްކުރަން؟ ލީމްއަށް އެނގޭތޯ ހަމްޒާ ލީމްއާ ގުޅެން އަހަރެން ގަބޫލު ނޫންކަން. ހަމްޒާއަށް އިތުރު ގެއްލުމެއް ވާންނޭދޭތީކަން ގަބޫލު ވެގެން މި ހުންނަނީ. ހަމްޒާ އަމިއްލައަށް ލީމްއާ ދުރުވާ ދުވަހަކީ އެންމެ އުފާވާނެ ދުވަސް. ލީމް މަތިން ބައިން ޖެހިގެން ހަމްޒާއަށް ގުޅާނެކަމެއް ނެތް. ދެންވެސް އަމިއްލަ ކުށް ގަބޫލުކޮށްގެން ހަމްޒާގެ ހަޔާތުން ދުރަށް ދާންވީ!” ލީމް ހަމްޒާ ކޮަބައިތޯ ސުވާލު ކުރުމުން ސުނައިނާ އޭނާއާ ދިމާއަށް އެއްޗިހި ކިޔާފައި ލީމްއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. ވީ ދެރައާ އައި ރުޅިން އަތުގެ ކޮޅަށް ފޯނު ނަގާ ހޫރާލެވުނެވެ.

ރައިހާނާ ގެއަށް ދިޔައިރު ރީހާން ގޭގައި ނޫޅެއެވެ. އެއްޗިހި ބަދަކުކޮށްގެން ރައިހާނާ ބަދިގެެއަށް ވަނީ ރީހާން އަންނަން ވާއިރަށް ކާއެއްޗެއް ތައްޔާރު ކުރާށެވެ. ތަރުކާރި ބަތްކޮޅަކާ ލައިގެން ކާން ސެލެޑް ކޮޅެއް ހަދާފައި ރައިހާނާ ފެން ވަރަން ދިޔައެވެ.

ރައިހާނާ ރީތި ވެގެން ނުކުތް އިރު ސޯފާގައި އިށީންދެގެން ފޯނާ ކުޅެން އަންޖަލް އިނެވެ. “ހޫހޫ. މިހާރު އަހަންނަށް އަންގާވެސް ނުލާ ދޯ އަންނަނީ. ދެން ހެޔޮ އިނގޭ.” ރައިހާނާ ތުން ދަމާލަމުން އަންޖަލް ގާތު އިށީނެވެ. “މަ ހީކުރި ނިދާފަ ކަމަށް އޮއްނާނީ އެހެންވެ ނުގުޅީ” ރައިހާނާ ދެން ހެވޭ ކިޔާ އަންޖަލްގެ އަތުގައި ދެތިން ބޮނޑި އަޅާލިއެވެ. ފަސްވަރަކަށް މިނެޓް ތެރޭ ރީހާން ވެސް ނުކުތެވެ.
ކާން ހަދަން ރައިހާނާއަށް އަންޖަލް އެހީވެ ދިނެވެ. ދެކުދިން މޭޒު މައްޗަށް އެއްޗިހި ނެގުމަށްފަހު ކާން އިށީނެވެ. ރިހާން ހިނިއައިސްފައި އެދެމީހުން ކުރާކަންތައް ބަލަން ތިއްބެވެ.

ލިއާ ރޯވަރުން ހަމްޒާ ލިއާ ގޮވައިގެން ޕާކަށް ދާން ނުކުތެވެ. ހަމްޒާ ގެއިން ނުކިތުމާއެކު ސުނައިނާ އަންޖަލްއަަށް މެސެޖް ކޮށްފައި ހަމްޒާ ލިއާ ގޮވައިގެން ރަސްރަންޏަށް ދާން ނުކުތްވާހަކަ ބުންޏެވެ.

ފޯނަށް އައި މެސެޖް ކިޔާލުމަށްފަހު އަންޖަލް ހިނިތުންވެލިއެވެ. މެންދުރު އައި ގޮތަށް އޭނާ އަދި ހުރީ ގެއަށް ނުގޮހެވެ. “އޭ ރައި ހިނގާބަ ރަސްރަންޏަށް ޖައްސާލާން އަހަރުން ދެމީހުން އެކަނި ރީހާން ނުލާ” ހީވީ އަންޖަލް ނުބުނެގެން ހުރި ހެންނެވެ. ކޮޓަރިއަށް ގޮސް ކުޑަ ގޮތަކަށް ރީތި ވެލައިގެން ނުކުތެވެ. ދަމުން އަންޖަލް ކޮންމެވެސް މީހަކަށް އެމީހުން ރަސްރަންޏަށް ދާ ކަން މެސެޖަކުން އަންގާލިއެވެ.
ލިއާ ދުވެ ދުވެފައި އުޅުނުއިރު ހަމްޒާ އެމަންޒަރުތައް ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ލިއާއާ އެއްކޮށް ވަގުތު ހޭދަކުރާއިރު އޭނާގެ ހުރިހާ ނުތަނަވަސްކަމެއްވެސް ފިލާދެއެވެ.

ރައިހާނާއާ އަންޖަލް އައިސް ކޯން ގަނެގެން ގޮސް ރަސްރަންޏަށް ވަނެވެ. އުނދޯލި ހުސްކޮށް ހުއްޓާ ފެނުމުން ދެކުޑަކުދިންހެން އުނދޯއްޔާ ދިމާއަށް ދުއްވައިގަތެވެ. ނުބަލާ ދުވަން ހަދައިގެން ފަހަތަށް އައި މީހެއް ގައިގައި ޖެހިފައި ރައިހާނާ އަތުއިން އައިސް ކޯން ވެއްޓުނެވެ. އޭގެ އެއްބައި އެމީހާ ލައިގެން އިން ހުދު ކުލައިގެ ގަމީހުގައިވެސް އުނގުޅުނެވެ. އަދި އޭނާ އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓި ތެޅުނެވެ. ރައިހާނާ ދުލުގައި ދަތް އަޅާލަމުން ލޯ މަރާލިއެވެ. ލަދުން ގޮސް އެނާ ހުރީ ހަލާކުވާން ކައިރިވެފައެވެ. “ކިހާ ދެރަކަމެއް. ބަލައިލައިގެން ދޯ އުޅެން ޖެހޭނީ” ހަމްޒާގެ އަޑު ޖެހުމާއެކު ރައިހާނާއަށް ދެލޯ ހުޅިވާލެވުނެވެ. ހަމްޒާ ގަމީހަށް ބަލަަހައްޓައިގެން ރުޅި އައިސްފައި ހުރި ގޮތުން ރައިހާނާއަށް ހިނދިރުވާލެވުނެވެ. މާފަށް އެދެން އުޅުމުންވެސް އޭނާގެ އަނގައިން އަޑެއް ނުނިކުތެވެ. ހަދާނެ ގޮތް ހުސްވެފައި ރައިހާނާ އަންޖަލްއަށް ބަލާލިއެވެ. އޭރު އަނގަމަތީ އަތް އަޅައިގެން އިނދެ އަންޖަލް ގަދައަށް ހެމުން ދިޔައެވެ. ރައިހާނާ އަންޖަލްއާ ދިމާއަށް ވައްތަރެއް ޖައްސާލިއެވެ. ހުރި ތަނުން އެންމެ ފިޔަވަޅެއް އަޅަންވެސް ރައިހާނާ ނުކުޅެދުނެވެ. “ރައި ދައްތާ” ހެވިދިލިފައި ހުރެ ލިއާ ރައިހާނާއަށް ގޮވާލިއެވެ. ރައިހާނާ ފެނުމުން ހަމްޒާއަށް ސަމާލުކަން ނުދީ ލިއާ ގޮސް ރައިހާނާ ގަައިގައި ބައްދާލިއެވެ. ރައިހާނާ ހިނިތުންވެލަމުން ލިއާ އުރާލިއެވެ. އަދި ލިއާގެ ކޮލަށް ދޮނެއް ދިނެވެ.
ހަމްޒާ ކިތަންމެ ރުޅި ގަދަވީ ނަމަވެސް ލިއާ އިނުމުން އިތުރަށް އެއްޗެކޭ ނުބުންޏެވެ. ދަތްކުނޑި ވިކާލާފައި ބިންމަތީގައި އޮތް ފޯނު ނަގައިގެން ފާޚާނައަށް ދިޔައެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ލީމްގެ ލޮލުން އަލިފާން ކަނި ބުރައެވެ. އެ ނަޒަރުން ރައިހާނާ ފިއްސާލާފާނެހެން ހީވިއެވެ. އަތުގައި އޮތް ފޯނަށް ބާރުކުރެވުނެވެ. “ނޯ ވަން ކޭން ސެޕަރޭޓް ޓްރޫ ލަވާރސް” ލީމް ފަހަތުގައި ހުއްޓުނު ޒިވާން ބުނެލިއެވެ. ލީމްގެ ރުޅި އިތުރަށް ގަދަވީ އެއީ ހަމްޒާ އަށާ ރައިހާނާއަށް ބުނި އެއްޗެކަށް ވީމައެވެ. “ރައިޓް. މަށަކީ ހަމްޒާގެ ފަސްޓް ލަވް. އެހެންވީމަ އެކަކަށްވެސް މަށާ ހަމްޒާއެއް ދުރެއް ނުކުރެވޭނެ. އެކަން ކުރަން މަސައްކަތްވެސް ނުކުރިއްޔާ ރަނގަޅުވާނީ. މަށަށް ހީވަނީ ޒިވާންއަށްވެސް ރަނގަޅުވާނީ އެކަން ކުރަން ނޫޅުނިއްޔާހެން. މަށަށް ހަމްޒާ ލިބުނީމަ ޒިވާންއަށް ރައިހާނާ ލިބުމުގެ ފުރުސަތު ބޮޑުވާނެ” ޒިވާން ލުއިކޮށް ހީލިއެވެ. ލީމް އިތުރު ވާހަކައެއް ނުދައްކާ ފަރިކޮށް ހިނގާފައި އެތަނުން ދިޔައެވެ.
“ހެއި ލިއާ” ލީމް ގޮސް ރައިހާނާ ގާތު ހުއްޓިފައި ލިއާއަށް ގޮވާލިއެވެ. ލީމް ގޮވާލީމަ އަޑު އިވުނު ކަމަށްވެސް ލިއާ ނުހެދިއެވެ. ލީމްގެ ރުޅި އިތުރަށް ގަދަވިއެވެ. ލީމްގެ މޫނަށް އެރި ކުލަވަރު ފެނި އަންޖަލްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.
ހަމްޒާއަށް ލީމް އެތަނުން ފެނުމުން ނިއްކުރީގައި ޖަހާލެވުނެވެ. ލީމްއަށް ނުފެނި އެތަނުން ފިލަން ބޭނުންވިއެވެ. ލީމްއާ ކުރިމަތި ލާކަށް އެއްގޮތަކަށްވެސް ހަމްޒާ ބޭނުމެއްނޫނެވެ. ލީމް ވާހަކަ ދައްކަނީ ރައިހާނާއާ ހެން ހީވުމާއެކު މޫނުގައި އަތް އުނގުޅާލެވުނެވެ.
“ބޭބް” ލީމް ހަމްޒާ އަތު މުލަށްދަނޑީގައި އޮޅުލައިގަތެވެ. ހަމްޒާއަށް ބަލާލެވުނީ ރައިހާނާއަށެވެ. ލީމް އެގޮތަށް އޭނާގެ އަތުގައި ހިފުމުން ރައިހާނާ ހިތަށް އަރާފާނެ އެއްޗަކާ މެދު ވިސްނުމުން ޚުދު ހަމްޒާވެސް ހައިރާންވިއެވެ. ރައިހާނާ ހެވިފައި ލިއާ ވާހަކަ ދައްކަން އިނުމުން ހަމްޒާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ލިއާ ގޮވައިގެން ރައިހާނާ ތަންކޮޅެއް ދުރަށް ދިޔައެވެ. ލީމްއާ ހަމްޒާ އެކުގައި ފެނުމުން ހިތުގައި ޖެހުނެވެ.
އުނދޯލީގައި އިން އަންޖަލް ލޮލުން ޒިވާންއަށް އިޝާރަތްކޮށްލިއެވެ. ޒިވާން ބޯޖަހާލުމަށްފަހު ރައިހާނާ ގާތަށް ދިއައެވެ. އޭރު ޒިވާންގެ މޫނުމަތީގައިި ލާނެއް ހިނިތުންވުމެއް ހުއްޓެވެ.
ޒިވާން ދިޔަ ގޮތަށް ގޮސް ރައިހާނާގެ އުނަގަނޑުގައި އޭނާގެ ދެއަތް ވަށާލިއެވެ. ސިހިފައި ރައިހާނާއަށް ތެޅެ ގަނެވުނެވެ. ޒިވާންއާ ދުރަށް ޖެހެން ކުރި މަސައްކަތްވީ ބޭކާރެވެ. މިތަން ފެނުނު ހަމްޒާގެ ލޭކެކިގަތެވެ. ފާޑެއްގެ ރުޅިގަނޑެއް އެރުމާއެކު ލީމްގެ އަތް ފޮޅާލިއެވެ.
ހަމްޒާގެ ބޮލަށް ތޫނުތަދެއް އަރައިގެން ދިއުމާއެކު ބޮލުގައި ބާރަކަށް ހިފަހެއްޓުނެވެ. އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ނުކުތުމާއެކު ޕާކުގަ ތިބި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އުނދޯލީގައި އިން އަންޖަލްއަށްވެސް ފުންމައިގެން ތެދުވެ ދުއްވައިގަނެވުނެވެ. ހަމްޒާގެ ހަޅޭކުގެ އަޑު އިވުމުން ލިއާވެސް ބާރަށް ރޯންފެށިއެވެ. ރައިހާނާ ކަރުގައި ބައްދައިގެން އެކުއްޖާ ރޮމުން ދިޔަ ގޮތުން ރައިހާނާގެ ހިތަށްވެސް ތަދުވިއެވެ. ހަމްޒާ ގާތަށް ނުހަނު ދާން ބޭނުންވިއަސް އެވަގުތު ރައިހާނާއަށް މުހިންމުވީ ލިއާ މަސަލަސް ކުރުމެވެ.
ހަމްޒާއަށް ވަމުން ދިޔަ ގޮތްފެނި އަންޖަލްއަށް ރޮވެން ފެށުނެވެ. އަވަހަށް ސުނައިނާއަށް ގުޅާލިއެވެ. ރޮމުން ރޮމުން ވެގެން އުޅޭ ގޮތް ސުނައިނާއަށް ކިޔާދިނުމުން ސުނައިނާ ބުނީ އެމްބިއުލެންސަށް ގުޅާށެވެ. އަންޖަލް ނިކަން އަވަހަަށް އެމްބިއުލާންސަށް ގުޅާލިއެވެ.

އަންޖަލްއާ ލީމް ހަމްޒާ ގޮވައިގެން ހޮސްޕިޓަލްއަށް ދިއުމުން ރައިހަނާ ލިއާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. ޒިވާން ޓެކްސީއެއްގައި ރައިހާނާ ގެއަށް ލައިދިނެވެ. ރޮއެ ރޮއެ ވަރުބަލިވެގެން ލިއާއަށް އޮތީ ނިދިފައެވެ. ކޮޓަރީގައި ލިއާ ބާއްވާފައި ރައިހާނާ ނުކުތްއިރު ޒިވާން ސޯފާގައި އިށީނެވެ. ރައިހާނާ ކޮފީއެއް ހަދައިގެން ގެންގޮސް ޒިވާންއަށް ދިނެވެ. “ތޭންކްސް” ޒިވާން ކޮފީ ޖޯޑުގައި ހިފިއެވެ. ޒިވާން އަނގައިން ބުނުމެއް ނެތި ކޮފީ ބޮމުން ދިޔައެވެ. ރައިހާނާ އިރު އިރުކޮޅާ ފޯނު ބަލާލެވެނީ އަންޖަލް ނޫނީ ރީހާން ގުލާހެން ހީވާތީއެވެ. ހަމްޒާގެ ހާލެއް އެނގެން އޭނާ ހުރީ ބޭނުންވެފައެވެ.

އަވަސް ފަރުވާދޭ ކޮޓަރިއަށް ހަމްޒާ ވެއްދިއިރު އޮތީ ހޭނެތިފައެެވެ. ދެތިން ޑޮކްޓަރުން އެއްފަހަރާ އެތެރެއަށްވަދެ ހަމްޒާ ބެލިއެވެ. ރީހާން ކޮނޑުގައި ބޯއަޅައިގެން އަންޖަލް އޮތެވެ. އަމިއްލަ ނަފްސުކުށްވެރި ކުރެވުނެވެ. ސުނައިނާއާ މިރާޝްވެސް ކަންބޮޑުވެފައި ތިއްބެވެ. ލީމް ދެކޮޅަށް ހިނގާލަ ހިނގާލައި ހުރިއިރު ހިތުގައި ވަނީ ބިރުވެރި ކަމެއް އުފެދިފައެވެ. ހަމްޒާގެ ހަނދާންތައް އެނބުރި އަތުވެދާނެތީއެވެ. އެހެންވެއްޖެނަމަ މުޅި އުމުރަށް އޭނާއަށް ހަމްޒާ ގެއްލުނީއެވެ. އެހެން ހިތަށް އެރުމާއެކު މެއިން ނަގައިގަތް ދިލައާއެކު ލީމްއަށް މޭގައި ހިފާ ބާރުކޮށްލެވުނެވެ.

ބައިގަޑިއިރު ފަހުން ޑޮކްޓަރު ނިކުމެފައި ހަމްޒާ މިހާރު ރަނގަޅުކަމަށް ބުންޏެވެ. އާއިލާގެ ކޮންމެސް އެއް މެންބަރަކަށް ބައްދަލުކުރަން ވަދެވޭނެ ކަމަށް ބުންޏެވެ. ލީމްއަށް ނަޒަރެއް ދިނުމަށްފަހު ސުނައިނާ އެތެރެއަށް ވަނެވެ.
އެއް ކަނަކަށް ނަޒަރު ހުއްޓައިގެން ހަމްޒާ އޮތްއިރު އެ މޫނު މަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. ސުނައިނާ ދެތިން ފަހަރު ގޮވާލުމުންވެސް އަޅައެއްް ނުލިއެވެ. “ދޮންތައަށް އެނގިހުރެ ކީއްވެ ނުބުނީ؟” ހަމްޒާ ދައްކަނީ ކޮންވާހަކައެއްކަން ނޭންގުމުން ސުނައިނާ ކޮންވާހަކައެއްހޭ ތިދައްކަނީ ބުނާ ފަދައަކުން ހަމްޒާއަށް ނަޒަރެއް ދިނެވެ. “އެއީ އެމީހާކަން އެނގިހުުރެ ދޮންތަ ކީއްވެހޭ ނުބުނީ؟” ހަމްޒާ ތަންކޮޅެއް ބާރަށް ބުންޏެވެ. ދެލޯ ބޮޑުކޮށް އަނގަމަތީ އަތް އަޅާލެވުނީ ހަމްޒާ ކުރި ސުވާލު ދޭހަވުމުންނެވެ. އުފާވެރި ކަމުގެ ކަރުނަ އޭނާގެ ލޮލުން ނީރާލިއެވެ. “ހަމްޒާ ހަނދާން އެބަހުރިތަ؟” ސުނައިނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހާލިއެވެ. ހަމްޒާ ބޯ ޖަހާލިއެވެ. “ދޮންތާ ހުރިހާ ކަމެއް ހަނދާން ވެއްޖެ. އެމީހާ ގަނޑުގެ ސަބަބުން އަހަންނަށް ބޮޑު ކުށެއް ކުރެވިއްޖެ.” ދެލޯ ފެންކަޅިވެފައިވާ ހާލު ހަމްޒާ ބޯ ޖަހާލިއެވެ. ސުނައިނާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ހަމްޒާ ގާތު މަޑުކުރާށޭ ބުންޏެވެ.
ސުނައިނާ ނުކުމެފަައި އަންޖަލްއަށް ގޮވިއެވެ. އަތުގެ އިޝާރާތުން އަންޖަލް ގާތު އެތެރެއަށް ވަނުމަށް ބުންޏެވެ. ދެލޮލުން ކަރުނަ ފުހެލަމުން އަންޖަލް އެތެރެއަށް ވަނެވެ. އޭރު މުޅި ކުއްޖާ ތުރުުތުރު އަޅަމުން ދިޔައެވެ.
އެތެެެެރެއަށް ވަން އަންޖަލް ފެނުމުން ހަމްޒާއަށް އިސްޖަހާލެވުނެވެ. ކުރެވުނު ކަންތަކާ މެދު އޭނާ ލަދުގަތެވެ. ކުށްވެރިކަން އިހްސާސްވުމާއެކު އަންޖަލްއާ ހަތަރު ކަޅި ހަމަކުރަންވެސް ހަމްޒާ ޖެހިލުންވިއެވެ. “އަންކޮ އައި އޭމް ސޯ ސޮރީ. މަށާ ހެދި” ހަމްޒާގެ ހަނދާންތައް އެނބުރި އައިއްސިކަން އެނގުމާއެކު އަންޖަލްގެ ތުންފަތް މައްޗަށް ފުޅާ ހިނުތުންވުމެއް ވެރިވިއެވެ. ދުވެލާފައި ގޮސް ހަމްޒާ ގައިގައި ބައްދާލިއެވެ. “ޔޫ ޑޯންޓް ހޭވް ޓު ބީ ސޮރީ. އިޓްސް ނޮޓް ޔުއަރ ފޯލްޓް. ވަރަށް އުފާވެއްޖެ ދޮންބެގެ ހަނދާންތައް ލިބުނީމަ” އަންޖަލް ދޮންބެއޭ ބުނުމުން ބުނެދޭން ނޭންގޭ އުފާވެރިކަމެއް ހަމްޒާއަށް ލިބުނެވެ. “ރައިހާނާ؟” “ރައިވީ ގޭގަ. ލިއާއްކޮ ގޮވައިގެން” އަންޖަލް ހިނިތުންވުމަކާ އެކީ ބުނެލިއެވެ. ދުވަހަކު އުފާނުވާހާ ބޮޑަށް އޭނާ މިއަދު އެވަނީ އުފާވެފައެވެ. “އަންކޮ ޑޫ މީ އަ ފޭވާ” ހަމްޒާ އަންޖަލްގެ ކަންފަތް ދޮށުގައި ސިއްރުން ކޮންމެސް އެއްޗެކޭ ބުނެލިއެވެ. އަންޖަލް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. އެއަށްފަހު ހަމްޒާއަށް އެއްލޯ މަރާލިއެވެ. ދުވަމުން ކަހަލަ ގޮތަކަށް އެތަނުން ނުކުމެފައި އެންމެނާ ދުރަށް ސުނައިނާ ގެންގޮސްފައި ހަމްޒާ ބުނި ވާހަކަ ބުނެލިއެވެ. ސުނައިމާވެސް އެކަމާ އެއްބަސްވިއެވެ.
ލީމް މިރާޝް އަަދި ރީހާން ވާނުވާ ނޭންގިފައި ތިއްބެވެ. އަންޖަލްއާ ސުނައިނާގެ މޫނު މަތިން ހާސްކަން ފިލާ ދިއުމުން ހަމްޒާގެ ހާލު ރަނގަޅު ވެއްޖެކަން ތިން މީހުންނަށްވެސް އެނގުނެވެ. ލީމްއަށް ހިތާހިތުން ދުޢާ ކުރެވުނީ ހަމްޒާގެ ހަނދާންތައް އަނބުރާ ނުލިބޭތޯއެވެ.

ޒިވާން ކިޔާދިން ވާހަކަ އަޑުއަހާފައި ރައިހާނާ އިނީ ހައިރާންވި ވަރުން އަނގަވެސް ލައްޕާލަން ނޭންގިފައެވެ. “ރައި މެއްސެއް ވަދެދާނެ އަނގަޔަށް” ޒިވާން މަޖާވެލައިފައި ބުނުމުން ރައިހާނާ އަވަހަށް އަނގަ ލައްޕާލިއެވެ. ޒިވާން ބުނި ގޮތުން ރައިހާނާ ރަކިވިއެވެ. “އައި އޭމް ސޯ ސޮރީ. އަހަންނެކޭ އެއް ގޮތަށް ޒިވާން ސަފާރ ކުރަން ޖެހުމުން.” ރައިހާނާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ރީހާން ގުޅުމުން ރައިހާނާ އަވަހަށް ފޯނުނެގިއެވެ. ހަމްޒާގެ ހާލު ރަނގަޅުކަމަށް ބުނުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ރީހާން ފޯނު ކަނޑާލުމުން ހަމްޒާ ރަނގަޅު ކަމަށް ޒިވާން ގާތު ރައިހާނާ ބުންޏެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަފާތެރި މަވީމޭ ލޯބިން… 5

Next

ނާއިންސާފް 6

Next
June 6, 2019

ނާއިންސާފް 6

Previews
June 5, 2019

ވަފާތެރި މަވީމޭ ލޯބިން… 5

29 Comments!

  1. jiji says:
    June 5, 2019 at 10:33 pm

    I was waiting fr this..btw me first dhw…will comment After reading ingey dear ?❤

  2. Kiyara says:
    June 5, 2019 at 10:37 pm

    Salam. Eid Mubarak. Vvvvvv bodah sorry buni dhuvahah vureh lahun up kurevumun. Male’ ga noolhumuge sababun vaahaka avahah up nukurevuny. Kury part thakuge comments thakah reply kuraane time ves nuvy ehenve. Comment kuri hurihaa kudhinnah jazakumullah khairan. Next part next Tuesday ga In Sha Allah.

    1. Maasha says:
      June 9, 2019 at 12:58 am

      Do you even try to upload in the day you say you’ll try to upload ?

    2. Maasha says:
      June 9, 2019 at 12:59 am

      On*

  3. Shau says:
    June 5, 2019 at 10:37 pm

    wow vrh salhi mi part vs…. keep it up kiyaa????

  4. ??? says:
    June 5, 2019 at 10:39 pm

    Mihaaru varubali vehjje vaahaka ah inthizaaru kohkoh??

  5. ??? says:
    June 5, 2019 at 10:57 pm

    Kiyaa mibaii haadha kurey ehasdhuvass fahun nerunu iruves ??ek muvess mibaii varah reethi ooh hamza hadhainn v yeyyy rai thalhu vaalann dw thiulhenii hamza????

    1. ??? says:
      June 5, 2019 at 10:58 pm

      Kiyaa mibaii haadha kurey eahaa dhuvass fahun nerunu iruves ??ek muvess mibaii varah reethi ooh hamza hadhainn v yeyyy rai thalhu vaalann dw thiulhenii hamza????

  6. Shua says:
    June 5, 2019 at 11:16 pm

    Vrh reethi mi part vx❤ craving 4 next part

  7. Bts lover says:
    June 5, 2019 at 11:20 pm

    Wow?????????????
    Fabulous work ??????????????
    Keep it up dear ??????
    Ly?????????

  8. Dhonthee says:
    June 5, 2019 at 11:28 pm

    Thank you kiyara????Maa ginadhuvahaku madukuraakau nujehunu dhoa????anyways mi part ves varau reethi ingey?????and hamza ge handhaanthau libuneema vvv ufaavejje????Take great care kiyara???????????love you so much???????????????❤❤❤❤❤❤

  9. jiji says:
    June 5, 2019 at 11:36 pm

    Mi part vec v v v rythi…just fab..kiyaa!!
    Yuh nd ifoo ar the best writers in esfiya ingey adhi jiji ah..Curiously waiting fr the next part..luw yuh?♥

  10. Bodu fooseh says:
    June 6, 2019 at 12:54 am

    Aharemennah hevey lasviyas
    Thi thankolheh dhigukoh up kohbadho
    Meehaku kiyaahih vaanee ves eynun nennu

  11. Ibsha says:
    June 6, 2019 at 12:57 am

    Varah reethi

  12. Aharun says:
    June 6, 2019 at 4:24 am

    Masha allah
    Mi part ves varah reethi
    Dhen oih part ves mihaa reethi vaane kamah unmeedh kuran
    Waiting for the next part
    Avahah up kurahchey

  13. Aiminath says:
    June 6, 2019 at 9:55 am

    Best story ever. keep up the good work. can’t wait read the next part..

  14. Laalu says:
    June 6, 2019 at 11:13 am

    Brilliant ????? luv it finally hamxa ko uskiy yaadhaas vaapas aagayaa… Luv ya

  15. azker says:
    June 6, 2019 at 2:54 pm

    Yessss…finally the golden moment came….I’m glad everything is back to normal……love it♥️♥️♥️♥️♥️

  16. jiji says:
    June 6, 2019 at 3:19 pm

    Laalu ah Hindi vec ingey thr..hehe…bohoath bohoath ahchaahey… @laalu,????

  17. ...................... says:
    June 6, 2019 at 4:08 pm

    Vvvvvvvvvvvvv habeys vhk…. Alhe avahah up kohbala.. Kiyaa vvvvvvvv reethi vhk..

  18. laalu says:
    June 6, 2019 at 7:24 pm

    yer laalu ah vx ingey hindhi jiji ah vx ingey dhw….naseebehnu dhivehi, English fiyavaa ithuru language eh ingey kan…..???

    1. jiji says:
      June 6, 2019 at 7:35 pm

      Yaa dhw…I knw ey chan chin chun language vec…hehe..??????

  19. Laalu says:
    June 6, 2019 at 10:14 pm

    Glad to knw that???

    1. jiji says:
      June 7, 2019 at 12:40 am

      Hehe I was just kidding ey…Laalu dhn hama nagaany kohme ehcheh serious koh…hihihi?????

  20. Leem dheke foohivaa kuhjaa says:
    June 7, 2019 at 9:06 am

    1 week dhey vaahaka akah. Ehaaves kuru

  21. ??? says:
    June 10, 2019 at 11:29 am

    Dhenn alhe vaahaka nereba avahah

  22. Mona says:
    June 10, 2019 at 1:58 pm

    Maadhama miothy vaahaka up kuran buni dhuvas..eagerly waiting for writer….but not for the new episode of story but for the regular sorry msg from the writer….

  23. Shaa07 says:
    June 21, 2019 at 8:29 am

    Next Monday game dhw 40 up kuranee story was obiness

  24. Shambbx says:
    July 25, 2019 at 5:59 pm

    Dhw laalu

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…37←


All Right Reserved!