Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރާ…( 12 ވަނަބައި)

layaaly Level 1100 Comments10 Stories
June 15, 2019 6 Mins Read
56 Comments

ފަތިހު ފަތިސް ނަމާދުކޮށްލައިގެން ޒިހާދު އިނީ ސިޓިންރޫމް ސޯފާގައި ހޫނު ކޮފީ ތައްޓެއް ބޯށެވެ.އިރުކޮޅެއް ނުވެ ޒަވީން ކޮޓަރިން ނުތެވެ. ޒަވީން ހުރީ ފަތިހު ޖޮގިންނަށް ދާން ރެޑީވެގެންނެވެ.ލާފައި ހުރި ކޮނޑުކެނޑި ޖޯޒީއާއި ފަލަމަސްގަނޑާ ހަމަޔަށް އަރާ ސޯޓުލާފައި  އޭގެއިތުރުން އަރާފައި ހުރި ޓެނިސް ބޫޓުން ވެސް ޒަވީން ކަސްރަތަށް ދާން ތައްޔާރުވެގެން ހުރިކަން ފެންނަ ކޮންމެ މީހަކަށްވެސް އިނގޭނެވެ.ޒަވީން ހިނގައި ގަތީ ގެއިން ނިކުންނާށެވެ.އެހެންނަސް ގެއިން ބޭރަށް އަޅަން އުނުނު ފިޔަވަޅަށް މަޑުޖެހިލަން ޖެހުނީ ޒިހާދު އޭނަ ދިމާލަށް ގޮވާލި އަޑު އިވުމުންނެވެ.ޒަވީން ހިތްނުތަނަވަސް ވިޔަސް ހަމަޖެހިލަމުން ޒިހާދު ވީފަޅިއަށް އެނބުރިލިއެވެ.”ދަރިފުޅާ ޒަވީން ބައްޕައާއި އަދިވެސް ރުޅީތަ؟ބައްޕަ މިތާ އިންއިރުވެސް ގޮވާ ނުލާއެއްނުން ތި ދަނީވެސް.އިހަށް ކުޑައިރުކޮޅަކަށް އާދެބަލަ ބައްޕައާއި ވާހަކަ ދައްކާލަން”ޒިހާދު ލޯތްބާއެކު ޒަވީން ގާތު އެހެން ބުނެލިއެވެ.ޒަވީން ނޫނެކޭ ބުނާކަށް ބޭނުމެއް ނޫނެވެ.ކޮޑައިރުޅެއް ލަސްވިޔަސް އޭނައަށް ޖޮގިންއަށް ދެވިދާނެވެ.ޒަވީން ގޮސް ޒިހާދު ގާތު އިށީނެވެ.”ބައްޕަ އެބައޮތް ވާހަކައެއް ބުނަންވެފަ. ދަރިފުޅު ޖޮގިންނަށްދާން ލަސްވެފަދޯ ތިހުރީ”ޒިހާދު އެހިއެވެ.”ނޫން. ބައްޕާ.ކީކޭތަ އަޅުގަނޑު ގާތު ބުނަން ބޭނުންވަނީ”ޒަވީން އެހިއެވެ.”ބައްޕަ މިހާރު ދަރިފުޅުގެ ކައިވެނި ހަމަޖައްސާފިން.މިއަދު ރޭގަނޑު ދަރިފުޅު ކައިވެނި ހަމަޖައްސާފައި އޮތް ކުއްޖާ އަންނާނެ.ބައްޕަގެ އެދުމަކީ ދަރިފުޅު ބައްޕައަށްޓަކައިވެސް މިކައިވެންޏަށް އެބަސްވުން.ބައްޕަވެސް އެދެނީ ދަރިފުޅަށް ރަނގަޅު އަންބެއް ލިބުމަށް.ދަރިފުޅު މިކަމާ އެއްބަސްތަ؟”ޒިހާދު ބުނެލިއެވެ.ޒަވީން އެކަމާއި ކިތަންމެ ދެކޮޅުހަދަން ބޭނުންވިއެއްކަމަކު އެކަމާއި ދެކޮޅުހަދާނެހާ ހިތްވަރެއް ނުލިބުނެވެ.”ދަރިފުޅު މިކަމާ އެއްބަސްތަ؟”ޒަވީން ފަރާތުން ޖަވާބެއް ނައުމުން އަނެއްކާވެސް ޒިހާދު އެހިއެވެ.”ލައްބަ. އަޅުގަނޑު ތިކަމާ އެއްބަސް”ފަނޑު ހިނިތުން ވުމަކާއި އެކު ޒަވީން ބުނެލިއެވެ.”ބައްޕަ މިއަދު ވަރަށް އުފާވެއްޖެ ބައްޕަ ބަސް ޤަބޫލު ކުރީމަ.އަދި މިހާރު ދަރިފުޅު އެކަމާއި ކިތަންމެ ދެކޮޅުވީ ކަމުގައި ވިޔަސް ކޮންމެވެސް ދުވަހަކުން ދަރިފުޅުގެ ހިތަށް އަރާނޭ ބައްޕަގެ ހޮވުން ވަރަށް ފުރިހަމައޭ”ޒަވީން ގައިގަ ބައްދާލަމުން ޒިހާދު ބުނެލިއެވެ.”ބައްޕާ..އަޅުގަނޑަށް މާފުކުރޭ. ކުރިން އަޅުގަނޑަށް ބައްޕައާއި މެދު ކަންތަށް ކުރެވުނީ ރަނގަޅަކަށް ނޫން.”ޒަވީން ބުނެލިއެވެ.”މިހާރު އެއީ ބައްޕަ ހަނދާން ކުރަން ބޭނުންވާ ދުވަސްތަކެއް ނޫން.އެހެންނޫނަސް ދަރިފުޅަށް ބައްޕަ މާކުރިންވެސް މާފުކޮށްފައިވާނި.މިރޭ އަށްގަޑިބައި ވާން ވާއިރަށް ރެޑިވެގެން ހުންނާތި އިނގޭ”ޒިހާދު ބުނެލިއެވެ.”ލައްބަ ބައްޕާ. ބައްޕާ….. އަޅުގަނޑު ބައްޕަގެ އޮފީހަށް ވަޒީފާއަށް ނިކުންނަންތޯ”ޒަވީން އެހިއެވެ.”އެކަމް މިހާރަކު ވަޒީފާއަށް ނިކުންނާނެ ކަމެއްނެތް. ދަރިފުޅުގެ ކައިވެނި ހަފްތާއެއް ތެރޭގައި ކުރެވޭނެ. ކައިވެނިކޮށް ހަމަޔަކަށް އެޅުނީމަ ވަޒީފާއަށް ނިކުތުމަކުން ބައްޕަގެ އެއްވެސް މައްސަލައެއް ނެތް”ޒިހާދު ދެއްކިވާހަކަ ޒަވީންއަށް ޤަބޫލުކުރަން ދަތިވިއެވެ. އެހާއަވަހަށް އޭނަގެ ކައިވެނި ހަމަޖެހިފަ އޮތްކަމެއް ފަހަރުގައިވެސް ޒަވީންގެ ހިތަކަށް ނާރައެވެ.”ދަރިފުޅު ޖޮގިންނަށް ދިޔަސް އެންމެ ރަނގަޅު”ޒިހާދު ބުނެލިއެވެ.ޒަވީން ހީލާފައި ޖޮގިންނަށް ދިޔުމަށްޓަކައި ގެއިން ނިކުތެވެ.ޒަވީން އަކީ ފަތިހު ޖޮގިންނަށް ޤަވައިދުން ގޮސް އުޅޭ މަދު ޒުވާނުންގެ ތެރެއިން ހިމެނޭ ޒުވާނެކެވެ.

ރޭގަނޑު އަށްގަޑި ބައި ވާން ވާއިރަށް އައިރާ އުޅުނީ ޒިހާދު ބުނި ގަޑިއަށް ރޭޑީވެގެން ހުންނާށެވެ.ޒިހާދު އޭނައަށް ދޭން އުޅެނީ ކޮން ސަޕުރައިޒެއް ބާއޭ އައިރާ ހިތަށް އެތަށްފަހަރަކު އަރާފައިބިއެވެ.އަޅިކުލައިގެ ކަކުލާއާއި ހަމަޔަށް އަންނަ ގަމީސް ހެދުމުގައި އައިރާފެންނަލެއް ވަކިން ރީތިހެން ހީވެއެވެ.ބޮލުގައި ކުރީމް ކުލައެއްގެ ޝޯލް ރީތިގޮތަކަށް އަޅާފައި ވުމުން އެދޮންމޫނު ކުރިއަށް ވުރެން ދޮންކަމަށް ދައްކައެވެ. އައިރާއަކީ އެއްއިރެއްގައި ވެސް މޭކަޕުކުރަން ފޯރި ހުންނަ ކުއްޖަކަށް ނުވާތީ އެހެން ދުވަހެކޭ އެއްފަދައިން އެމޫނުމަތީގައި އެއްވެސް މޭކަޕެއް ނެތެވެ. އެހެންނަސް ޤުދުރަތުން ދެއްވާފައިވާ ރީތިކަން މޭކަޕަކާއި ނުލާވެސް ފުރިހަމައެވެ.އައިރާގެ ދިގު އެސްފިތަކާއި ކަޅުކަންގަދަ ކަޅި ރަވައިގެ ސަބަބުން އެލޮލަކަށް މަސްކަރާއެއް އަދި އައިލައިނެއް ބޭނުން ނުކުރިޔަސް ފުދެއެވެ. ފިންފެންމަލުގެ ކުލެއެކުލެވޭ ތުނި ތުންފަތް އަބަަދުވެސް ފެންނަން ހުންނަ އޮފްކަން ހުއްޓެވެ.އެ ތުނި ތުންފަތަށް ލިޕްސްޓިކެއްގެ އެހީއާއި ނުލާވެސް ފުދެއެވެ.އައިރާއަކީ ދޮންކޮށް ހުންނަ ކުއްޖަކަށް ވުމުން އެދެކޮލަށް މަޑުފިޔާތޮށިކުލައެއް ވެރިވެފަ ހުއްޓެވެ.”ދަރިފުޅާ އައިރާ މިހާރު ޒިހާދުބެ ވެސް އަތުވެއްޖެ ދަރިފުޅު ބަލާ. ނުނިމޭތަ؟” ކޮޓަރީގައި ޓަކިދެމުން އިޔާޝާ އެހިއެވެ.”ނިމިފައެއްނުން މިހުރީ” ކޮޓާރި ދޮރު ހުޅުވާލާފައި އިޔާޝާކުރިމަތީގައި ހުއްޓިލަމުން އައިރާ ބުނެލިއެވެ.”ވަރަށް ރީތި އިނގޭ”އިޔާޝާ އައިރާ ގާތު ބުނެލިއެވެ.ބަދަލުގައި އައިރާ ހީލިއެވެ.”އައިރާ ހިނގާ ދާން”ޒިހާދު ބުނެލިއެވެ.އައިރާ ޒިހާދު ފަހަތުން ދިޔައެވެ. ޒިހާދު އެދުނީ ކުރިމަތީ އޮތްކާރަށް އަރާށެވެ. އެއްވެސް ދެކޮޅުހެދުމެއް ނެތި އައިރާ ކާރަށް އަރާ ހަމަޖެހިލުމުން ޒިހާދު ކާރު ދުއްވާލިއެވެ.

ޒިހާދު ކާރުގޮސް މަޑުކޮށްލީ 5 ބުރިއަށް ނަގާފައި ވަރުގަދަ ގޭޓެއްލާފައި ހުރި އިމާރާތެއްގެ ކުރިމަށްޗަށެވެ.އެއީ ފުދޭވަރެއްގެ ބޮޑު ގެއެކެވެ.އެގެ ބޭރު  ފެންނަފެނުމަށްވެސް އެއީ ޒަމާނީ ފެންވަރުގެ ގެއެއްކަން އިނގެއެވެ.ޒިހާދު އައިރާ ގާތު އެދުނީ އޭނަގެ ފަހަތުން އައުމަށެވެ. އައިރާ ދެކޮޅުހެދުމެއްނެތި  ޒިހާދުގެ ފަހަތުން ދިޔައެވެ.އައިރާގެ ހިތުގައި އެއްތަށް ސުވާލުތަކެއް އުފަދުނެވެ. “މިއީ ކޮންގެއެއްބާ؟ މިތަނަށް އަހަރެން މިގެނެއީ ކީއްކުރަންބާ؟”  މިސުވާލުގެ ޖަވާބު ކިތަންމެ އައިރާ ބޭނުންވިޔަސް އިސްވެ ޒިހާދުގާތު އަހާކަށް އައިރާއަކަށް ނުކެރުނެވެ.

ޒިިހާދު ކުރިމަތީގައި ހުރި ވަރުގަދަ ގޭޓެއްލާފި ހުރި އެގެއަށް ވަދުނެވެ. ފަހަތުން އައިރާވެސް ވަދުނެވެ.މަލޭގެ އެހެނިހެން ގެތަކާއި އެގެ ތަފާތެވެ. ގޭޓޫތެރެއިން ވަދެގެން އައިރާގެ ކަޅިއުކަމުން ގެންދިޔައެވެ.ގޭޓު ކުރިމައްޗަށް ވާގޮތަށް އެއުސްއިމާރާތް ފެންނަން ހުރިކަމުގައިވިޔަސް ގޭޓުތެރެއިން ވަދުމުން ފެންނަނީ ތަފާތުކޮށެވެ.އިމާރާތުގެ ބިއްދޮށުގައި ވަނީ މަލުގެ ބަގީޗާއެކެވެ.އެކިވައްތަރުގެ މާމެލާމެލީގެ މަޑުމީރުވަހުން  މުޅި ތަންވަނީ އެއްވަސްކޮށްދީފައެވެ. ހަނދުވަރުގެ ރިހިއަލި މުޅިތަނަށް ވެރިވެފަ އޮތުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.މާބަގީޗާގެ ހުސްބިން ފަޅުފިލުވާލާދީފައިވަނީ ވިންގަސްތަކުންނެވެ.  ގެއިން ބަގީޗާއަށް ދެވެން އޮތްމަގާއި ގެއިން ގޭޓާޓުން ނިކުންނަން ހަދާފައި އޮތްމަގުގައި ވަނީ ގާޖަހާފައެވެ.މާ ބަގީޗާ ކުރިމަރީގައި ހުރި ބޮޑު ޖަނބުރޯލު ގަސްދޮށުގައި އިށީނުމަށްޓަކައިވަނީ ބޮޑު އުނދޯއްޔެއް އެލުވާފައެވެ. ޒިހާދުގެ ފަހަތުން ގޮސް އައިރާ އެއުސް އިމާރާރުގެ ލިފަޓަށް އެރިއެވެ.ޒިހާދު 5ވަނަ ފަންގިފިލާއަށް ދިޔުމަށްޓަކައި ލިފްޓުގެ ފިތަށް އޮށްބާލިއެވެ.

ކުޑަހިނދުކޮޅެއްގެތެގައި ލިފްޓު 5 ވަނަފަންގިފިލާއަށް އެރުމުން ހުޅުވުނެވެ. އައިރާއާއި ޒިޙާދު އެއްކޮށް ލިފްތެރެއިން ނިކުތެވެ. އެހެނިހެން ގޭގެގައި ފޮލޯރއެއްގައި އެޕާރޓުމެންޓުތަކަށް ބައިކުރެވިފައި ވިނަމަވެސް މިގޭގައި ހުރީ އެހެންނެއްނޫނެވެ. އަރަންހުރި ސިޑިއާއި ލިފްޓުކިރިމަށްޗަށް ވަނީ ބޮޑު އެއްޕަރޓުމެންޓެކެވެ.ޒިހާދުގޮސް ކުރިމަތިން ފެންނަންހުރި ބޮޑުދޮރުކުރިމަތީ ހުއްޓިލާފައި ބެލްޖެހިއެވެ.އިރުކޮޅެއްނުވަނީސް އެދޮރު ޒަވާ ހުޅުވާލިއެވެ.އަދި ބޭރުގައިތިބި މީހުން ވަނުމަށްޓަކައި ތަންދެއްކިއެވެ.އައިރާ އަދިވެސްހުރީ ވާނުވާއެއް ނޭންގިފައެވެ.”ދަރިފުޅާ ޒަވާދޭބަލަ އައިރާދައްތަ ގޮވައިގެން. ބައްޕަ އެބަ އަންނަން” ޒިހާދު ބުނެލިއެވެ.ޒަވާގޮސް އައިރާގެ އަތުގައި ހިފިއެވެ. އަދި އޭނައާއެކު އައުމަށް ބުނެލިއެވެ. އައިރާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ޒަމާނީފެންވަރަށް ހަދާފައިވާ އެބޮޑު ސިޓިންރޫން އެހާމެ ފުރިހަމައެވެ.ސިޓިންރޫންގައި އަގުބޮޑެތި ސޯފާތަށް ބަހަށްޓާފައިވާއިރު ޒަމާނީފެންވަރު ބޮޑުފަތި ޓީވީ ވަނީ ޓީވީ ރެކުމަތީ ބައިދާފައެވެ. ޓީވީ ރެކްގައި ހުރި  ކަބަޑުތަށް ފަޅުފިލުވާލަ ދީފައިވަނީ ޕުލާސްޓިކް މާވާސްތަކުންނާއި އެގޭމީހުން ހޯދާފައި ހުރި ކާމިޔާބީތައް ރަމްޒުކޮށްދޭ އެވޯރޑްތަކާއި ޓްރޮފީތަކުގެ އިތުރުން ލިބިފައި ހުރި ޝިލްޑްތަކުންނެވެ. ސިޓިންރޫމުގެ ބޮޑެތި ފާރުތަށް ފަޅުފިލުވާދިނުމަށްޓަކައި ގުދުރަތުން ފެންނަމުންދާ ރީތި މަންޒަރުތަކުގެ ފޮޓޯފުރޭމްތަށް ހަރުކޮށްފައިވެއެވެ.ސިޓިްރޫމްގެ ކަނެއްގައި ބޮޑުމަސްޓޭންކެއް ބަހަށްޓާފައިވެއެވެ. ސިޓިންރޫމްތެރެއިން ބެލްކަންޏަށް ނިކުމެވެން ބިއްލޫރި ކެހޭދޮރުގައިވަނީ ދޮރުފޮތިގަނޑުން ނިވާކޮށްފައވެ.ސިޓިންރޫމްގެ ފާރުތަކުގައިވަނީ މަޑު ދަނބު ކުލައެއް ލާފައެވެ. ސިޓިންރޫމްގެ ހުރިހާ ފަރުނީޗަރެއްވެސް ވަނީ ސިޓިންރޫމްގެ ފާރުތަކާއި ގުޅޭނެހެން ގަދަ ދަނބުލައެއްގައެވެ.ސިޓިންރޫމުން ބެލްކަންޏަށް ނިކުނަން ހުރި ދޮރު ނިވާކުރަން ދަމާފައިވާ ފޮތިގަނޑު ހުރީ ގަދައާއި މަޑު ދަނބުކުލައާއި ދެބައިން ޒީނަތްރި ޒީނަތްތެރިކުރެވިފައެވެ.ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ މުއްސަނދިކަމެވެ.އައިރާ އަށް ވެފަހުރި ގޮތް ފެނުމުން ޒަވާއަށް ހެވުނެވެ.”ހެހެހެ ދެން ތިވަރަށް ނުބެލިޔަސް ދުވަސްކޮޅަކުން މިގޭ ޕްރިސަސްއަކަށް އައިރާ ދައްތަވާނޭނުން”ޒަވާ ބުނެލިއެވެ.”މީ ޒަވާމެންގެ ގެތަ؟”އައިރާ ސުވާލުކުރިއެވެ.”ހޫމް. ހިނގާބަލަ ޒަވާއެކު” ޒަވާ އެހެންބުނެފައި އައިރާ ގޮވައިގެން ކާބަޔަށް ދިޔައެވެ.ބަދިގެއާއި ކާބައިވެސް ހުންނަނީ އެއްކޮށެވެ.އައިރާ އެންމެހައިރާންވީ ކާމޭޒުމަތީ އަތުރާފައި ހުރި އެކިވައްތަރުގެ ކެއުންތަށް ފެނިފައެވެ.”ޒަވާ..މީކޮންކަމެއް؟”އައިރާ ސުވާލުކުރިއެވެ.”މީއީދޯ.. އައިރާދައްތަ މިފެމިލާއަށް ދުވަސްކޮޅަކުން ޖޮއިންކުރާމެއްނުން އެހެންވެ ވެލްކަމް ކިޔަންޖެހޭނޭނުން” ޒަވާ ބުނެލިއެވެ.”މިތާ ގޮނޑީގަ ޖައްސާލަބަލަ”ޒަވާ ބުނެލިއެވެ.އައިރާ އެތާ ގޮނޑިއެއްގައި އިށީނެވެ. ޖެހިގެން ޒަވާވެސް އިށީނެވެ.

އިރުކޮޅެއްނުވަނީސް ޒިހާދުއައެކު ޒުވާން ފިރެހެނެއް އެތަނަށް އައެވެ.އެޒުވާނާ ކުރިމަތީ ތިބި މީހުންނަށް ބަލާވެސްނުލައިގޮސް މޭޒުދޮށުގައި އިށީނެވެ. އެޒުވާނާއާއި ޖެހިގެން ޒިހާދުވެސް އިށީނެވެ.ކަންދިމާކުރިގޮތުން އެޒުވާނާއަށް އިށީނެވުނީ އައިރާ ކުރިމަށްޗަށްވާ ގޮތަށެވެ.”އަވަހަށް ކާން ފަށަން އުޅޭ” ޒިހާދު ބުނެލިއެވެ. އައިރާވެސް ތައްޓަކަށް ކާއެތިކޮޅެއް އަޅައި ކާން އުޅުނެވެ.”ތިއްތިބެދައްތާ ހާދަ މަދުންނޭ ތިކަނީ”ޒަވާ އެހެންބުނެލި އަޑަށް ޒަވީން ވަޤުތުން ކޮށިއެރިއެވެ.”ދަރިފުޅާ ތިބަލައިގެން ކާބަލަ”ޒިހާދު ބުނެލިއެވެ. ކޮށިއެރުން މަތަވުމުން ޒަވީން އިސްއުފުލާފައި ކުރިމަތީއިން އަންހެންކުއްޖާ ދިމާލަށް ބަލާލިއެވެ.އައިރާއަށް ވެސް ޒަވީންދިމާލަށް ބަލާލެވުނީ ހަމަ އެއްވަޤުތެއްގައެވެ. ޒަވީންގެ ތޫނު ވިދުންގަދަ ދެލޯ އައިރާއަށް އަމާޒުވެފައި ހުރުމުން އައިރާގެ ހިތަށް ގޮއްތަކެއްވެގެން ދިޔައެވެ.އަދި އެރީތި މޫނަށް ޖަންބުކުލަ ފައްދާލިއެވެ.އިތުރަށް އެތޫނު ލޮލަށް ބަލަން އުނދަގޫވުމުން އެދިގު އެސްފިޔަތަށް ތަޅުވާލާފައި އިސްޖެހިއެވެ.އައިރާއަށްވީ ގޮތް ފެނުމުން ޒަވީންއަށް ހެވުނެވެ. ޒަވީން ހޭތަން ފެނުމުން ޒިހާދު ޒަވާދިމާލަށް ބަލާލިއެވެ. ޒަވާ ދެކޮނޑުއަރުވާލީ އެކަން ނޭންގޭ ބުނުމުގެ ގޮތުންނެވެ.ދެން ހޭދެވިގެންދިޔައީ ހަމަހިމޭންކަމުގެ ވަޤުތުކޮޅެކެވެ.އެންމެންވެސް ހަމަހިމޭންކަން މަތީ ކަމުން ނިންމާލިއެވެ.”ދަރިފުޅާ އައިރާ ދެކުދިން ދޭބަލަ ޓެރެހަށް ވާހަކަދައްކާލަން”ޒަވީންއަށް އިޝަރަތްކުރަމުން ޒިހާދު ބުނެލިއެވެ. ޒަވީން އައިރާ ދިމާލަށް ބަލާިއެވެ. އައިރާ ހުރީ ވާނުވާ ނޭންގިފައެވެ. އެއްފަހަރު ޒިހާދު މޫނަށް އަނެއްފަހަރު ޒަވާ މޫނަށް ބަލާލައެވެ. “އައިރާ ދޭބަލަ ޒަވީން އެކީ ޓެރެހަށް ވާހަކަ ދައްކާލާފައި އަންނަން.” ޒިހާދު އަނެއްކާވެސް ބުނެލިއެވެ. ޒަވީންއަކަށް ވެސް އެކަމާ ދެކޮޅު ހަދަން ނުކެރުމުން އާއިކޭ ބުނެލިއެވެ.ޒަވީންގެ ފަހަތުން އަންނަން އައިރާއަށް އިޝާރާތް ކުރުމުން އައިރާ އެއްވެސް އެއްޗެކޭ ބުނުމެއްނެތި ތެޅިތެޅި އޮތް ހިތަކާއެކު ޒަވީންގެ ފަހަތުން ޓެރެހަށް ދިޔައެވެ.

އައިރާ ގޮސް ހުއްޓިލީ މާބަގީޗާ ރީތިކޮށް ފެންނަ ހިސާބެއްގައެވެ.ހަނދުވަރުގެ ފަނޑުއަލި ތަނަށްވެރިވެފަ އޮތުމުން މާބަގީޗާގައި ހައްދާފައިވާ އެކިވައްތަރުގެ މާތަކުގެ ކުލަތަށް ލޮލަށް ވަކިވެއެވެ.އައިރާއާއި ދާދި ގާތުގައި ޒަވީން ހުއްޓިލިއެވެ.އަދި ރަނގަޅަށް އައިރާގެ ފައިންފެށިގެން ބޮލާހަމަޔަށް ބަލާލިއެވެ. ފުރަތަމަ ފަހަރަށްވެސް އައިރާ ހެދުން އަޅާފައި ވާގޮތް ޒަވީންއަށް ކަމުދިޔައެވެ.ޒަވީން ވެސް ބޭރަށް ނަޒަރު ހުއްޓާލިއެވެ.އެގޮތަށް 20 މިނެޓް ހޭދަވެދެން ދިޔައީ އެކަކު އަނެއްކަކު އެއްޗެކޭ ބުނުމެއް ނެތިއެވެ.އެހަމަހިމޭންކަން ދެމީހުންގެ ހިތަށްވެސް އުނދަގޫކުރަމުން ދިޔައެވެ.އައިރާ އިސްއުފުލާފައި ޒަވީން ދިމާލަށް ބަލާލިއެވެ. އަދިވެސް ޒަވީން ހުރީ ބޭރަށް ނަޒަރު ހުއްޓާލާގެންނެވެ. ޒަވީންގެ މުށިކުލައިގެ ދެލޯ އިހުނަށްވުރެން ވިދުން ގަދަވެފައި ރީއްޗެވެ.ޖެހިލާ މަޑު ފިނި ރޯޅިތަށް ޒަވީންގެ ފަންއިސްތަށިގަނޑުފައި ގޯނާކުރަމުން ދާ މަންޒަރު ބަލަން އައިރާއާށް ބޭއިޙުތިޔާރުގައި ހުރެވުނެވެ.ޒަވީންގެ ކޮންމެ މަންޒަރެއްވެސް އައިރާގެ ހިތުގައި ރައްކާކުރެވެމުން ދިޔައެވެ. ޒަވީން ގާތު ހުރެވުމުން އައިރާއަށް މީގެ ކުރިން ނުވާކަހަލަ އިޙުސާސެއް ކުރެވެން ފެށިއެވެ. އެއްލިކަޅިއަކުން ޒަވީން ދިމާލަށް ބަލަހށްޓާއިގެން ހުރި އައިރާ ފެނުމުން ޒަވީންގެ ހިތަށް ގޮތްތަކެއްވެގެން ދިޔައެވެ. އެހެންޏާ ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން ނުވާކަހަލަ އިހުސާސެއް ވާންފެށިއެވެ.އެއްވެސް މޭކަޕެއްގެ އަސަރެއް ނުވާ އައިރާގެ މޫނު އޮމާވެފައި ރީއްޗެވެ. ޓެރެހުގައި ދިއްލާފއި ހުރި ބޮކީގެ ފަނޑު އަލިގެ އިތރުން ހަނދުވަރުގެ ރިހި އަލި އެމޫނަށް އެޅިފައި ވުމުން އިހުނަށްވުރެން އެމޫނު ދޮންކަމަށް ދައްކައެވެ. ދިގު އެސްފިޔަތަކުގެ ހިމާޔަތް ހޯދަމުންދާ އެބޮޑު ލޮލުގެ ކަޅުދެލިކޮޅެއްފަދަ ކަޅުކަޅި ކަނޑެއްހައި ފުނެވެ. އެރީތި ލޮލުގެ ތެރެއަށް  ގެއްލިފައި ޒަވީންއަށް ހުރެވުނެވެ.”ބިއުޓިފުލް” ބޭއިޙުތިޔާރުގައި ޒަވީންގެ ދުލުން އެބަސް ބޭރުވިއެވެ. ޒަވީންގެ ދުލުން ބޭރުވެގެން ދިޔަ ބަސް އައިރާގެ  ކަންފަތަށް ފޯރުވުމާއެކު ވަޤުތުން އެމޫނު ރަތްވެގެން ދިޔައެވެ.އެހެންކަމުން ޒަވީންގެ މޫނުން ނަޒަރު ވަކިކޮށްލާފައި އަނެއްކާވެސް ބޭރަށް ނަޒަރު ހުއްޓާލިއެވެ. ޒަވީންއާށް ހަމަބިމަށް އާދެވުނީ ދެނެވު. ބުނެވުނު ބަސް ހިތަށް އެރުމުން ރަކިވާގޮތްވިއެވެ. އައިރާ ހީކުރާނީ ކީކޭކަން ނޭންގޭތީ ކަންބޮޑުވިއެވެ.”އައި މީން އިޓްސް އަ ބިއުޓިފުލް ނައިޓްއެކޭ. ސޯ ބިއުޓިފުލްދޯ” ޒަވީން ބުނެލިއެވެ.”ޔެސް.” ޒަވީން ދިމާލަށް ބަލާލާފި ޑިން ޕަލް ހިނިތުންވުމެއް ހަިޔާކޮށްލަމުން އައިރާ ބުނެލިއެވެ.ހުސްވެސް ރީތި ސިފަތަށް މިލްކު ކޮށްފައި ހުރި ކުއްޖެކޭ ޒަވީންގެ ހިތަށްއެރިއެވެ.އައިރާގެ ކޮންމެ އާދައެއްވެސް ޒަވީން އަށް ކަަމުދިޔައެވެ. ޒަވީންއަށް ކުރެވުނުހާ ވެސް ކަމަކީ އައިރާގެ ރީތި މޫނަށް ބަލަހަށްޓާގެން ހުރެވުނީއެވެ.”އަމް..އަމް. އައި އޭމް ޒަވީން. ތީ އައިރާ ދޯ” ދައްކާނި ވާހަކައެއް ނޭންގޭތީ ޒަވީން ބުނެލިއެވެ.”ޔެސް” އައިރާގެ ޖަވާބު ވަރަށް ކުރެވެ.”ދެން..މިބުނީ އައިރާގެ އޭޖް ކިހާވަރެއްތަ؟”ޒަވީން އެހިއެވެ.”ޒަވީންގެ ބައްޕަ ނުބުނޭތަ؟” އައިރާ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.”ނުބުނާތީއޭނުން މިއެހީ” ޒަވީން އެއްބުމަ އަރުވާލަމުން ބުނެލިއެވެ.”އެހެން. އަހަރެން ހީކުރީ އަހަންނަށް ޒަވީން ނޭންގުނަސް ޒަވީންއަށް އަހަރެން އިނގޭނެ ކަމަށް. އެހެންވޭނުން އެހާ ފަސޭހައިން އެއްބަސްވާނީވެސް” އައިރާ ބުނެލިއެވެ. “ތިބުނީ ކިހިނެތް” ޒަވީން އެހިއެވެ.” އެއްޗެކޭ ނޫން. ޒަވީން އޭޖް ބުނެބަލަ” އައިރާ އެހިއެވެ.”އަހަރެންދޯ ފުރަތަމަ ސުވާލުކުރީ އެހެންވީމަ އައިރާ ފުރަތަމަ ޖަވާބު ދޭން ޖެހޭނި” ޒަވީން އަމުރުވެރި ރާގަކަށް ބުނެލިއެވެ.”ދެން އެކަމަކު ނުބުނިއްޔޯ” އައިރާވެސް ހުރީ ގޮތްދޫ ކުރާކަހަލަ ގޮތަކަށް ނޫނެވެ.”އޯކޭ. ތިކަމަކާއި އެއްވެސް ޝައުގެއް ނެތް” ޒަވީން ދެލޯ ހަނިކޮށްލާފައި އެހެން ބުނެލި ގޮތުން އައިރާއަށް މަޖާވިއެވެ.”އެކަމެއް ނޭންގެ އެހިއިރަކު.އަހާނީ ކޮންމެވެސް ކަމެއް ވީމައެއް ނުން” އައިރާ ބުނެލިއެވެ.”ބަހުސްއަކަށް ދާންދޯ ބޭނުމީ.އަހަރެން ހީކުރީ ވަރަށް މަޑުން ހުންނަ މީހެއްކަމަށް ތީ އެކަމް މިހާރު އިނގިއްޖެ.”ޒަވީން ބުނެލިއެވެ.”ކާކު ޒަވީން ގާތު ބުނީ އަހަރެންމީ މަޑުން ހުންނަ މީހެކޭ” އައިރާ ބުނެލިއެވެ.”ޔުއާރ ކުއައިޓް އިންޓްރެސްޓިން” ޒަވީންއަށް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭންގުމުން ބުނެލިއެވެ.”ރުޅިއައީތަ؟ އެއިޓީން އެއީ އޭޖްއަކީ” ޒަވީން ރުޅިއައިހެން ހީވުމުން އައިރާ އަވަހަށް ބުނެލިއެވެ.”ކީކޭ.. އަދި އެންމެ 18 އަހަރު. އަސްލު އަހަރެން ހީކުރީ 20 އަހަރު ވެދާނެކަމަށް. 18 އަހަރުގަ މީހަކާއި އިންނަން ތިއެއްބަސްވީ.ޤަބޫލެއްވެސް ނުކުރެވޭ.އަނެއްކާ އައިރގެ ލޮލަށް އަހަރެން ނުފެންނަނީސް އިންނަން އެއްބަސްވެދާނެކަމަށް އަހަރެން ހިޔެއްވެސް ނުކުރަން.ގައިމުވެސް ނުފެނިއެއް ލޯތްބެއް ނުވެވޭނެ އިތުބާރެއް ނުކުރެވޭނެ.އަޅެ އައިރާ ބުނެބަލަ އަހަންނާއި އިންނަން ތިއެއްބަސްވީ ކޮންކަމެއް އައިރާ ބޭނުންވެގެން؟” ޒަވީން ދުލުން ބޭރުވެގެން ދިޔަ ކޮންމެ ލަފްޒެއްވެސް ދިޔައީ އައިރާގެ ހިތް ޒަޙަމްކޮށްލާފައެވެ. ލޮލޮން ކަރުނަ ނުފޭބިކަމުގައި ވިޔަސް އައިރާގެ ހިތަށް ވަރަށް ތަދުވެއްޖެއެވެ.”ބައެއްފަހަރު ޖެހޭނެ އެހެން މީހުންގެ އުފަލަށްޓަކައިވެސް ކުރަންބޭނުން ނުވާ ކަންތައްވެސް ކުރަން.” ފަނޑު ހިނިތުންވުމަކާއި އެކު އައިރާ ބުނެލި ގޮތުން ޒަވީންގެ ހިތުގައި ރިއްސާލިއެވެ. އޭނަ ބުނެވުނު ބަސް އަނބުރާ ގެނެވޭނެ ނަމައޭ އެވަޤުތު ޒަވީންގެ ހިތަށް އެރިއެވެ.”މިހާރު ވާހަކަށް ދައްކަން ގިނައިރު މިތާ ހުރެވިއްޖެއްނުން.އަހަރެން ގޮސްލަނީ” އައިރާ އެހެން ބުނެފައި ދާން ހިނގައިގަތް ތަނާ ޒަވީން އައިރާގެ އަތްތިލާގައި ހިފާ މަޑުކުރުވިއެވެ.”ވެއިޓް އައިރާ.އައިރާ އެކަނި ތިރިއަށް ދިޔާމަ ބައްޕަމެން ހީކުރާނި ކީކޭ.ދެމީހުން އެއްކޮށް ދިޔާމަ ރަނގަޅުވާނި” ޒަވީން ބުނެލިއެވެ.”އެންމެ ރަނގަޅު ޒަވީން ބޭނުން ގޮތެއް” އައިރާ ބުނެލިއެވެ.”އައިރާ” ޒަވީން ގޮވާލިއެވ. “ހޫމް.” ޒަވީން ދިމާލަށް ބަލާލަމުން އައިރާ ބުނެލިއެވެ.”ވަރަށް ބޮޑަށް ސޮރީ. އެހެން ބުނި އެއްޗެއް ނޫން އެއީ.” ޒަވީން ބުނެލިއެވެ.”އެ އޯކޭވާނެ. އެހެން މީހެއް ނަމަވެސް ބުނާނެ އެހެން.” އައިރާ ބުނެލިއެވެ.”ސޮރީ އިނގޭ.އައިރާއަށް އިނގޭތަ އަހަރެންގެ އޭޖް” ޒަވީން ބުނެލިއެވެ.”ބުނީމައެއްނުން އިނގޭނީ” އައިރާ ބުނެލިއެވެ.”ހޫމް.. 22 އޭޖައަކީ. ހަތަރު އަހަރުގެ ތަފާތެއްދޯ މިއުޅެނީ. ހިނގާ ދާން” ޒަވީން ބުނެލިއެވެ.އައިރާ އެއްވެސް އެއްޗެކޭ ނުބުނިއެވެ.

ޒަވީން އާއި އައިރާ އެކީ ތިރިއަށް ދިޔައެވެ. އޭރު ޒިހާދު އިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ. އައިރާ އާއި ޒަވީން އެކުގައި އައިތަން ފެނުމުން ޒިހާދު ހީލިއެވެ އަދި ޓީވީ ނިއްވާލާފައި އިށިނެއިން ސޯފާއިން ތެދުވިއެވެ.”ނިންމާލީދޯ” ޒިހާދު ހިނިތުވެފައި ބުނެލިއެވެ.”އާން.” ޒަވީންވެސް ރީތި ހިނިތުންވުމާއެކު ބުނެލިއެވެ.” ދެކުދިން އެކަކު އަނެއްކަކު ކަމުދޭތަ؟” ޒިހާދު ކޮށްލި ސުވާލުން ޒަވީން އާއި އައިރާ ދެމީހުން އެކީ އެކަކު އަނެއްކަކުގެ މޫނަށް ބަލާލިއެވެ. “އާން” ދެމީހުންނަށް އެކީ ބުނެވުނެވެ. ޒިހާދުއަށް ހެވުނެވެ.”ހޭއި ތިއްތިބެދައްތާ.ތިއްތިބެ ކީކޭތަ ބުނީ”ކޮޓަރިން ނިކުމެގެން އައި ޒަވާ އެހިއެވެ. އައިރާ ލަދުގަތުނެވެ.”އެއީ ސީކްރެޓެއް ޒަވާ ގާތު ނުބުނެވޭނެ ދޯ”އައިރާ ދިމާލަށް އެއްލޯ މަރާލާފައި ޒަވީން ބުނެލިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން އައިރާ ބޯޖަހާލިއެވެ.”ހިނގާ އައިރާ ގެއަށް ދާން. މިހާރު ލަސްވެއްޖެ ދޯ” ޒިހާދު ބުނެލިއެވެ.”ޒަވާ ދަނީ އިނގޭ” ޒަވާއާއި ސަލާން ކޮށްލާފައި އައިރާ ބުނެލިއެވެ.”އޯކޭ މާދަން ތިގެއަށް އަންނާނަނަ އިނގޭ” ޒަވާ ބުނެލިއެވެ. އައިރާ އާއިކޭ ބުނެލިއެވެ. އައިރާ ގޮވައިގެން ޒިހާދު ހިގައިގަތީ އައިރާ ގެއަށް ލާށެވެ.

(ނުނިމޭ)

 

 

 

 

Share Article

Follow Me Written By

layaaly

Level 1100 Comments10 Stories

I love to write story.([email protected]) this is my gmail ID.

Other Articles

Previous

ވަކިވެދިޔަޔަސް

Next

އަސްލާން 4

Next
June 15, 2019

އަސްލާން 4

Previews
June 15, 2019

ވަކިވެދިޔަޔަސް

56 Comments!

  1. Ibsha says:
    June 15, 2019 at 10:10 pm

    Varah varah reethi

    1. layaaly says:
      June 16, 2019 at 7:17 pm

      thank u

  2. Bulbul says:
    June 15, 2019 at 10:27 pm

    Varah salhi
    Thankolheh dhigukoh Genes dheeba
    When is the next part?♥️✨

    1. layaaly says:
      June 16, 2019 at 7:18 pm

      thank u

  3. Luc!f3r says:
    June 16, 2019 at 4:00 am

    Zavaa egeyah dhaan e ulheny ehen kamegga??… I liked it.. But wished there was more to read.. Varah kiyaa hithun indha e nimuny??..

    1. layaaly says:
      June 16, 2019 at 7:18 pm

      hehehe. thanks

  4. drax says:
    June 16, 2019 at 5:40 am

    Finally
    Reethi mi part ves
    When is next part please little fast

    1. layaaly says:
      June 16, 2019 at 7:19 pm

      thanks

  5. Neee says:
    June 16, 2019 at 8:42 am

    Wow..just wow

    1. layaaly says:
      June 16, 2019 at 7:19 pm

      thanks

  6. ib@ says:
    June 16, 2019 at 9:20 am

    Wow wow vvv reethi.maa kury.when next part more loves from me dear

    1. layaaly says:
      June 16, 2019 at 7:20 pm

      thanks how r u

    2. ib@ says:
      June 16, 2019 at 7:59 pm

      Layay sis i am fine hiw are you???and gmail in meet veba sis

  7. aishath says:
    June 16, 2019 at 9:49 am

    when is the next part?

    1. layaaly says:
      June 16, 2019 at 7:21 pm

      i’m not sure ekam wed up kureveytho balan

  8. jiji says:
    June 16, 2019 at 1:40 pm

    Layaa…Mi part vec vv lwbi ingey❤❤❤..
    Whn next up kohlaany..nd yeah…Sis gmail use nukuranthr..Kurangna msg eh kohlaba I ah ingey..????????????

    1. Anonymous says:
      June 16, 2019 at 5:21 pm

      Haha jiji?????pls jiji eii i frnd eh but not ehaa close wkm rah ves ingey ige so alhugandhu ah enme rangalhy jiji konmehn alhuganduge friend s ahh maa close vaan noolhuniyya pls jiji pls pls pls aadheys kohfa mi buny jiji ge frnds aa rahtehikoh ulhey but layaa sis aa konmehen jiji heyoh frnd vaan noolhunas and layaa its not her real name pls layaa sis ah i ge vvvarah bodu edumeh mee jiji and eimmer yah thimaage self info share nukurun hamagaimuves eemaaa yah v foohivey eemaa dheke…eemaa alhuganduge hama ekani huri ehbafaa kohkoyah birudahkan ulhunee rah igeyey nan igeyey…eemaa yah alhugandu neygunas eemaa yah ingenheheyne eemaa birudahkan kamah ulhee kaakaah kan..dhn eemaa ehn kuhjakas e gotah kantah kuran massakaiy kohfiyaa polihah report kuraanan.ehgotakahves heenukuraati mee dogey kurn buni kameh ISA kuraan eemaa hadaankuraathi duniye eh noon hamekani oiy tanakee..Allah bahlavaa vidi gahnavaane

      Hurihaa beyfulhun ves hitah araane eemaa yey buneema kon eema eh hey

      Stry liyaa eimmer??understand

      Mee hama tedu ALLAH gandi huvaakuran ves faheh nujeheynan eynayh birudahkan ulhun kamuga eyna kuri msg ge screensot ebeh hurihaa mauloomaath rahkaakohfa hunnaawny

    2. layaaly says:
      June 16, 2019 at 7:21 pm

      thanks gmail use kuran

    3. layaaly says:
      June 16, 2019 at 7:22 pm

      thanks. gmail use kuran

    4. layaaly says:
      June 16, 2019 at 7:23 pm

      thanks gmail use kuramey u can talk

    5. layaaly says:
      June 16, 2019 at 7:24 pm

      jiji keeve talk nukuranii

    6. layaaly says:
      June 16, 2019 at 7:28 pm

      hey anonymous thee kon kuhjeh tha? i don’t know thimeehunge masala eh ingey. layaa varah hiyhama nujehey layaage stry ga mikahala comment thakah. thikudhun jehifa huri masala thikudhin nimaany ingey.

  9. Mal? says:
    June 16, 2019 at 2:54 pm

    Omg vvvvvv reethi mi part can’t wait to see what happens next

    1. layaaly says:
      June 16, 2019 at 7:29 pm

      thanks

  10. Anonymous says:
    June 16, 2019 at 5:06 pm

    Cc reethi I can’t wait to read the next part

    1. layaaly says:
      June 16, 2019 at 7:29 pm

      thanks

  11. hanaan says:
    June 16, 2019 at 5:11 pm

    This part is also reethi .Vara keya hethun endhaa nemunee ?❤️❤️❤️

    1. layaaly says:
      June 16, 2019 at 7:29 pm

      hehe thanks

  12. Anonymous says:
    June 16, 2019 at 8:15 pm

    Layaaly alhuganduge faraathun maaf kohdevun edhen.adhi v boadh srry jiji.eemaa alhugandu kokko…evaahaka baahvaa eemaa ge sbabun u ah trus nukurevuny eema aky jiji ge frnd akah veema jiji alhugandah maaf kohfaanthr

    1. layaaly says:
      June 16, 2019 at 9:20 pm

      dhoonyaa layaagaathu maafah edheykah nujeheyneynun dhw. it’s okk.layaa hithuga eves burakameh nei. i think jiji is a good girl i hope she will forgive u. don’t worry. i understand ekam bunelan beynun v public ga meehunaai jehey masala share nukuraashey ingey.

  13. jiji says:
    June 17, 2019 at 1:40 pm

    Anonymous…Jiji anonymous ah ma’af kohfin…Ekm mikahala kanthah nukurahchey…V dheravi thigothah vhk dhahkaafa huryma??..Don’t repeat that…kamakaa nulaa rulhi aumaky rangalhu kameh noon ingey..???nd layaa frnd eh gothuga jiji abadhuvec dhemi huhnaanan In Sha Allah..

  14. ❤️❤️ says:
    June 17, 2019 at 2:10 pm

    Zaveen plx stop them..and zaveen dheyba airaa geyah laan plxxxxx….

  15. jiji says:
    June 18, 2019 at 6:39 pm

    Layaaly..Gmail check kohlaba ingey..Check kohlaafa mail ah reply dheythi ingeyy?

  16. Maya says:
    June 18, 2019 at 8:45 pm

    Warah reethi mi part wes. When next part?

  17. Shanna says:
    June 19, 2019 at 7:16 pm

    When nxt part??

  18. Axee ? says:
    June 21, 2019 at 9:15 am

    Masha Allah varah reethi mi part vx????????? and avahah up koh dheeba plx ly ?????❤️??

  19. jiji says:
    June 21, 2019 at 3:56 pm

    Layaaly adhivec story liyany hn heevany…
    Upkohdheyne kahneyge nimunyma?

  20. Mal? says:
    June 23, 2019 at 9:46 pm

    Story Avaha up kodhiba pls???can’t wait

  21. haako says:
    June 24, 2019 at 12:09 am

    Alhey konerakutha next part nukunaanee .can’t wait to read what’s happening next . Ples make it fast ??????

  22. Ibsha says:
    June 24, 2019 at 11:24 pm

    Kba part 13

  23. Bulbul says:
    June 26, 2019 at 12:26 am

    Alhe kobaatha part 13 can’t wait ❤️
    Awas kohladheeba✨

  24. Ibsha says:
    June 26, 2019 at 4:24 am

    Haadha lahey upkurun

  25. Aish says:
    June 27, 2019 at 9:14 am

    Asluvs dhw.. avas koh leveykah neithr.. cant wait..?

  26. aalaa says:
    June 27, 2019 at 8:38 pm

    Aha hey kon iraku mi vaahaka up kuranee?… Mi vaahaka varah reethijey…. plx plx plx mi vaahaka up kohba avahah… mi vaahaka ah dheevaanaavaru kehnuvegeney mi ulenee………

  27. Dhe says:
    June 27, 2019 at 8:39 pm

    Anekkaa vx mianna aharu ge mi dhuvahun kanneynge next part kiyaaalan libeyny?

  28. jiji says:
    July 2, 2019 at 9:19 pm

    Guys..layaa ah aslu kuda kameh dhimaa vgn story lasvany e..She will upload it soon..
    let’s wait dhw adhivec?……

  29. Aish says:
    July 3, 2019 at 10:19 am

    Jiji alhe bunebaa eyna gaathu avas kohlabalaasheyy.. ?? varah kiyaahithun feshivaahaka eh mi..

  30. Meekkomee says:
    July 4, 2019 at 7:52 pm

    V reethi??? when is next part laayaa

  31. Luc!f3r says:
    July 14, 2019 at 2:34 am

    Still waiting.. Wud probably have to read previous parts again.. Mamio fakkaa baraboleh.. neih rangalhakah handhaaneh

  32. Aish says:
    July 16, 2019 at 11:22 pm

    Kobrthr.. alhr haadha laheyy dhw up.vaaleh..???

  33. Jun says:
    July 19, 2019 at 6:14 pm

    V reethi. Mi story. Love it. When the next part is comming. Cant wait any more.avahah up kodhehchey.???????????????????????

  34. chill says:
    July 24, 2019 at 4:05 pm

    layaa ge test duvaskolhu feshunyma up nukuranii…vara avaha up kolhadene kaney den

  35. Maya says:
    August 7, 2019 at 12:13 am

    Eheme fahun mi part up wefa iny june 15 ga , mihaaru mi august 7. Waahaka liyan ya ewaahaka eh medhu kandaa nulaa up kuran jeheyne , noony kiyun therin wes foohi waane , mihaa gina dhuwas v iru wes writer ge habareh wes nuwey , reechah dhn waahaka eh nuliyeweyne ey bunefa nimmaali nama wes readers wont wait . Warah dhera wey mihen medhu kandaa laathy

  36. noor says:
    August 17, 2019 at 5:24 am

    kon irakuntha mi vaahak up kohladheveynee varah beynun nimendhen kiyaalan vaahaka nugenesdhevey sababuves bunelaanama readers maayoos nuvaane

  37. S says:
    September 4, 2019 at 12:13 am

    Please.vaahaka up kohdhee bala..mihaaru kon dhuvahei…I mennah ingey kamei dhimaa vedhaane kan but Dhen hama next part in feshigen up kuran fashaa baga..please mi story vrh salhi ey…

  38. Aish says:
    September 20, 2019 at 6:44 pm

    Kobr thr adhivs up kuraakah noolheythr?? Please up kohbrr

Comments are closed.



All Right Reserved!