ނާއިންސާފް 1
އެތައް އިރެއްގެ އިންތިޒާރީ އަކަށް ފަހު ކުއްޖަކު އައިސް ދޮރު ހުޅުވިއިރު ދަންވަރު އެއްގަޑި ބައިވެދާނެއެވެ. ވަދެގެން އައީ ލޫޅާފަތި، ދޮން އަންހެން ކުއްޖެކެވެ. ހުދު ހެދުމުގައި ހުރި އިރު އިސްތަށިގަނޑު އޮތީ ރީތިކޮށް ހުޅިއެއް ޖަހާފައެވެ. ބަލާބެލުމަށް ފަންސަވީސް އަހަރަށް ވުރެ ދޮށްޓެއް ނުވާނެއެވެ. ހަމަ ގައިމުވެސް ދިވެއްސެއް ނޫނެވެ.
“ކަލޭމެންނަށް ހީވަނީ މަ މީ މިތާ ބަހައްޓަން ގެނައި އަސީރެކޭތަ؟ ބަލަ މަ ކުރަން ހުރި ކަންތައް މަދުވެގެނެއް ނޫޅެމޭ. ކިހާ ދެރަކަމެއްތަ؟ މަ ދާން ޖެހޭކަން ދަނެބަލަ…” އޭނަ އަހަރެންނާއި ދިމާއަށް ބަލައިލުމާއި އެކު އަހަރެން ޝަކުވާ ކުރަން ފެށީމެވެ. އަޅެ ދެން އެ ވަރު ބޮޑެއް ނޫންހެއްޔެވެ؟ މަ އެތާ އެކަނި އޮންނަތާ ހަތް ގަޑި އިރު ވަނީއެވެ.
“ޓޯލްޑް ޔޫ.. ޑޮކް ވަކި އެއްޗެކޭ ނުބުނަނީސް ނު ފޮނުވޭނެ. ދެންވެސް މަޑުން އޮތީމައެއްނު…” “އޮވެވޭނީ އޮވެވޭ ކަހަލަ ތަންތަނުގައެއްނު. ހޫނުކަމުން އަވަނެއް ވަރު.. މީރު އެއްޗެއް ހުރީކީ ނޫން” ފަހަތުން އައި ދިވެހި ނަރުސްކުއްޖާގެ ވާހަކަ މެދު ކަނޑާލަމުން އަހަރެން އޭސީ އަށާއި ކައިރީގައި ހުރި މިނީ ބަރ އަށް އިށާރާތް ކޮށް ބުނީމެވެ. އޭގައި ކުޑަމިނުން ކޯކު ފުޅިއެއް އޮތް ނަމަވެސް ކީތްހެއްޔެވެ؟
“ބްރޯ، ކީތް ކުރީ؟؟” އަހަރެންނާއި ދިމާއަށް އަންނަމުން ލާނެއް ހިނިތުންވުމަކާއި އެކު ލުވެއިޒް ބުންޏެވެ. އިތުރަށް މަޑު ކުރުމެއް ނެތި ނަރުސްކުދިން ދިޔައެވެ. ބަލި ގަބޫލު ކުރީ ތޯއްޗެކެވެ.
“އެހެހެ… ކަމެއް ނުވޭ… ކާރު ދުއްވާލީ” އަހަރެން ލުވެއިޒް އާއި ދިމާއަށް އެނބުރެމުން ފަޑީގައި ލެނގިލީމެވެ.
“މަ ދެކުނީމޭ ކާރު. ސާބަހޭ ކައެއަށް. އަދި އިހައްދުހު ސަތާރަ ފުރުނީ. މިހާރުވެސް ދެވަނަ ކާރު ތި ފުނޑާލީ.” ނަސޭހަތް ދޭ ރާގަކަށް އެހެނަސް ދިމާ ކުރުމަށް ލުވެއިޒް ބުނެލިއެވެ. އަދި މީނަވެސް ކާއެއްޗެއް ގެނައި ނަމަ ކީތްހެއްޔެވެ؟
“އޭރުންނެއްނު އާ އެއްޗެއް ގަނެވޭނީ. މިފަހަރު ބޭނުމީ ފެރާރީ އެއް.”
“ތިން މިލިއަން…. ސާބަހޭ ޒިން. ތިވަރު ތަންކޮޅެއް ބޮޑު. ތި ހުވަފެން ބަލަން ފުރަތަމަ މި ތަނުން ނިކުންނަންށޭ ވީ.”
“އާން ބްރޯ، މި މީހުން މަ ރީތި ކަމުން މަ ނުދޫކުރަންވެގެން ގަދަ ހަދަނީ. ކިހާ ދެރަ ކަމެއްތަ؟ މި މީހުންނަށް ހީވަނީ މަގޭ އަތުގަ ވަގުތު ގިނަވެފަ އެބަހުއްޓޭ މި ތަނުގަ އޮންނަން. ޖޫރިމަނާ ގޮތަށް މީގެން ފަސޭހަޔަކުން ނުވެސް ބެޗުނޭ.” އެނދަށް ވެއްޓި ގަންނަމުން އަހަރެން ބުނީމެވެ. އިންޓަރނަލް ބްލީޑިންގެ ފުރުސަތު ބޮޑޭ ޑޮކްޓަރު ބުނި ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. ހުރިހާ ޝުކުރެއް މަ ސަކަރާތްޖެހި ބަޔަލޮޖީ ކްލާސްތަކަށެވެ.
“މަޑުކުރެވޭކަށް ނެތޭ މިވަގުތު. މީޓް މީ ވަންސް ޔޫ ގެޓް ޑިސްޗާރޖްޑް އިނގޭ. ޔޫ ހޭވް މިސްޑްއަ ލޮޓް.” އެއްޗެއް ހަނދާން ވެގެން ދާ ފަދައަކުން ލުވެއިޒް ދޮރާ ދިމާއަށް ދިޔައެވެ. އަނެއްކާވެސް އަހަރެން އެކަނި ވީއެވެ.
………………..
ވެއިޓްރެސް ހެދުމުގައި ހުރި ސޯޅަ އަހަރުގެ އަންހެން ކުއްޖާ އަހަރެން ކައިރީ މަޑުކޮށްލިއެވެ.
“ހައި ޝީން” އެއީ އަހަރެންނާއި އެކު ސްކޫލް ގައި ކިޔެވި ކުއްޖެކެވެ. ދިހައެއް ނިންމުމަށް ފަހު ޝީނާ އިޙްތިޔާރު ކުރީ މަސައްކަތެވެ. ތެދުތެދަށް ބުނާ ނަމަ އަހަރެންވެސް ދެކުނީ އެ ހުވަފެނެވެ. އެހެނަސް، މަންމަ ދިރި ހުރި ހާ ހިނދު އެއީ ވުން އެކަށީގެންވާ ވެސް ކަމެއް ނޫނެވެ. މަ ނުކިޔަވަން ހިތަށް އަރުވާލިކަން އެނގުނު ނަމަވެސް މަންމަ މަށަށް ސަންދޯއް ހަދައިދޭނެއެވެ.
“މާޒް، ހާދަ ދުވަހެއް ކޮށްލާފަ؟ ކައި ކައިރިއަށް ޖައްސާލާފަ ދޯ؟” މެނޫ ދިއްކޮށްލަމުން އަހަރެންނާއި ދިމާއަށް ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވުމަކުން ފުއްދާލީމެވެ. “ބްލެކްއެއް”
މަ ކެފޭއަށް ދިޔައީ ހަމައެކަނި ލުވެއިޒް އެތަނަށް އަންނަން ބުނުމުންނެވެ. ނަމަވެސް، ނުވަ ގަޑި ބަޔަށް ގަޑި ކީ މީހާ، ދިހައެއް ޖެހި އިރުވެސް އާދެވުނު ކަމަކަށް ނުވިއެވެ. ތަން ބަންދުކުރާ ގަޑި ޖެހުމުން ދެން އަހަރެން މިސްރާބު ޖެހީ އަތިރި އާއި ދިމާއަށެވެ. ދާނެ އެހެން ތަނެއް ނެތީމައެވެ.
ކުޑަކޮށް ހިނގާލުމަށް ފަހު ހިލަތައް މަތީ ޖައްސާލީމެވެ. ކުރާނެ ފިކުރެއް ހާ ހިސާބު ހިތަށް ނައި ތާނގާ، ފޯނުން ކުރެވޭނެ ކަމެއްވެސް އޮތީކީ ނޫނެވެ. އެކްސިޑެންޓަށް ފަހު އެއަރްޕްލޭން މޫޑް އޮފް ނުކުރަމެވެ. އަންނަމުން ދިޔަ ކޯލް ތަކާއި މެސެޖްތަކުން ބޮލަށް ނުކުޅަދާނަ ވެގެންނެވެ. ތާކު ހެއްދެވި ފޮނި މާޒިން، އެކްސިޑެންޓެއް ވެއްޖޭ މީހަކު ބުނެފިއްޔާ މިތުރަކަސް ހަތުރަކަސް މެސެޖުކުރާނެތާއެވެ.
އަދި މިބުނެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. މަންމަ އާއި މިޝްކާއެވެ. މިޝް ސްކޫލް އޮތުމުން ހޮސްޕިޓަލަށް ނާދެވުނީއެވެ. އެވެސް ހަތް ނަސީބުން އެއްނަސީބެވެ. މަންމަވެސް، މަ، ދޫކޮށްލުމުން ދާނަމޭ ބުނުމުން ނައީއެވެ. ޙަޤީގަތުގައި މަ ނައުމަށް އާދޭސް ކުރި ވަރުންނެވެ. ނަމަވެސް، ހެނދުނު ދޫކޮށްލި މީހާ، ނިދާ ހޭލައިގެން އެމީހުން ކައިރިއަށް ނުދެވޭނެ ކަމީ، މިވީ ސަތާރަ އަހަރު، މަންމައަށް މަ ދަސްނުވާ ކަމުގެ ހެއްކެވެ.
އެއަރްޕްލޭން މޫޑު އޮފް ކޮށްލުމަށް ފަހު ފުން ކަނޑުން ނަގަމުންދިޔަ ރާޅުތަކަށް ބަލަހައްޓައިގެން އިންދާ ކައިރާގެ މެސެޖެއް ލިބުނެވެ. މެސެޖް ކިޔާލުމަށް ފަހު އަހަރެން ފޯނު ނިއްވާލީމެވެ. އިތުރަށް އެ މައުލޫއަށް ބަޙުޘްކުރަން ހިތް ނޭދޭތީއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތީމައާއި ވެސް އެކުއެވެ. އެ މެސެޖުގައި ލިޔެފައި އޮތީ ތިން ލަފްޒެވެ.
“އިޓް އިސް ޓްރޫ.”
*
އެއްވެސް އުޅަނދަކަށް ބެލުމެއްނެތި ބާރު ބާރަށް ސައިކަލު ދުއްވަމުން ދިޔަ އިރު ބާރު ސްޕީޑްގައި އަންނަމުން ދިޔަ ސައިކަލުތައް ދިޔައީ ގަޔާއި ޖެހޭ ނުޖެހޭ ހިސާބުންނެވެ. ހޮސްޕިޓަލުން ދޫކޮށްލިތާ ފަސް ގަޑިއިރު ރަނގަޅަށް ނުވަނީސް އެނބުރި އެނދުމަތި ވާންޖެހިދާނެ ކަމުގެ ބިރު އޮތް ނަމަވެސް ފަރުވާލެއް ނެތެވެ. އެޔަށް ވުރެ ބޮޑަށް އަހަރެންގެ ސިކުނޑި ވަނީ ޚިޔާލު ތަކެއްގެ ތެރޭ ހައްޔަރުވެފައެވެ.
ހެލިކޮޕްޓަރ ވެއްޓި، ބައްޕަ ނިޔާވީއްސުރެ އަހަރެން އައީ ބައްޕަގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މާ ރަނގަޅަށް ކުރިއަށް ނުދިޔަ ނަމަވެސް އެކަމަށް މަސައްކަތް ކުރަމުންނެވެ. “ސްޕައި” އޭ ބުނުމުން ނަމުގައި އެއީ ވަރަށް މަޖާ ކަމެކޭ ހީވެދާނެއެވެ. އެއީ މުޅިން ދޮގު ހީއެއްވެސް ނޫނެވެ. ނަމަވެސް، ހަމަ ޔަގީނުންވެސް، އޯ ލެވެލް ގައި ކިޔެވި އަށް މާއްދާ އެއްކޮށްވެސް މިއަށް ވުރެ ހާސްބައި ފަސޭހައެވެ.
ބޮލަށް ތަންކޮޅެއް ލުއި ވެއްޖެހެން ހީވުމުން އަހަރެން ހުއްޓާލީމެވެ. އަދި މަޑުމަޑުން ދުއްވާފައި ގޮސް ގެސްޓް ހައުސްގެ ކުރި މަތީގައި މަޑުކޮށްލީމެވެ. ދެ އަހަރުގެ ޓްރެއިނިން ނިންމާލުމަށް ފަހު އަހަރެން މަސައްކަތް ފެށިތާ ހަ މަސްދުވަސް ފާއިތުވި އިރުވެސް، އެފަދަ ކޭސްއެއް އަހަރެންނާ ކުރިމަތި ނުވެއެވެ.
ދެދުވަސް ކުރިން، ޖިހާން އަހަރެންނަށް ގުޅާފައި ރާއްޖެ އަންނަން އެދުނީ، ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ސަތާރަ އަހަރުގެ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތުގައި އަހަރެންގެ އެހީ ބޭނުން ކަމަށް ފެނިގެންނެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް އަހަރެން އެނބުރި އައީ، މަސައްކަތަށް ނޫނެކޭ ބުނަން ބޭނުން ނުވީމައެވެ.
“ޖޭ….” ގޮށް މުއްކަވާފައި ދޮރުގައި ޖަހަމުން އަހަރެން އަޑުގެ ނެތްކޮޅަށް ގޮވާލީމެވެ. އެންމެ ގަދަ ނިދީގައި އޮތަސް ހޭލެވޭނެ ވަރަށެވެ. ޖެހިގެން އޮތް ކޮޓަރީގައި ތިބި މީހުންވެސް ހޭލާނެކަން ކަށަވަރެވެ.
“ކިހާ ދެރަކަމެއްތަ މާޒިން؟ އައިތާ ދެދުވަސް ވީ. މި ނޫން ގަޑިއެއް ހަމަ ނުލިބުނީތަ އަންނަން؟ އާނ ދެން ޒިން އަށް ހެޔޮ ވާނެތާ… އެކަމަކު އިނގެން ވާނެ ދޯ، ޒިން ފޭކު ކައި އެއް ގެންގުޅުނަކަސް އެހެންމީހުން ސީރިއަސް ބިޓުން ގެންގުޅޭކަން.” އެތެރެއަށް ވަންނަން ޖާގަ ދެމުން ޖިހާން ފައްޗަކަށް އަމުނާލިއެވެ.
“އަނެއްކާ ޝިއު ގޮވައިގެން އޮއްވަތަ މި އާދެވުނީ؟ އޯހް ނޯ.. މަހީކުރި ވަރަށް ވުރެ މަތީގައޭ އުޅެނީ..” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަހަރެން ދިމާކޮށްލީމެވެ. މަ ސިންގަލް ވީމަ ދިމާކުރެވެންޏާ، ހަމަ ޖިހާން ޓޭކެން ވީމަ ވެސް ދިމާކުރެވޭނެއެވެ.
އަހަރެން އިށީންދެ ހަމަޖެހިލުމުން ޖިހާން ދޮރު ތަޅުލުމަށް ފަހު، ކަބަޑުތެރެއިން ބޮޑު ފައިލެއް ހިފައިގެން އައިސް އަހަރެން ކައިރީ އިށީނެވެ. ނުބުންޏަސް އެއީ ކޭސް އާއިބެހޭ ގޮތުން އަދި އެނގިފައިވާ މުހިންމު މައުލޫމާތުކަން އެނގުނެވެ.
“އައިމިނަތް ޔޫހާ ނާއިޝް؟ އެންމެ ފަހުން ފެނުނީ ނަވާވީސް މޭ ދެހާސް ނަވާރަ، ދެގަޑި ބައި ހާއިރު….”މަތި މަތިން ފައިލް ބަލައިލުމަށް ފަހު އަހަރެން އެންމެ މުހިންމު މައުލޫމާތުތައް ބާރަށް ކިޔައިލީމެވެ. އަދި އެ އަންހެން ކުއްޖާގެ ފޮޓޯ އަތަށް ނަގާ ފަރުވާތެރި ކަމާއިއެކު ބަލައިލީމެވެ. ދިގު، އެހެނަސް ވަށް މޫނެކެވެ. އައި ލައިނަރ އާއި މަސްކަރާއިން އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ ފުން ދެލޮލާއި، ބައްޓަން ރީތި ތުންފަތެކެވެ. އިސްތަށިގަނޑު ކޮނޑާއި ހިސާބަށް ކޮށާލައިފާ ވީ އިރު، ކަޅުކަން ގަދައެވެ.
“ތީ އަށާވީސް މޭ، ނުވައެއް ޖެހާކަށް ހާއިރު، އިންސްޓަގްރާމް އަށް ލާފަ އިން ފޮޓޯއެއް… ވެލް، ދަ ލާސްޓް ވަން ޝީ ޓުކް. ހީވަނީ ޕަރޓީ އަށް ދާން ވެގެން ރެޑީވެފަ ނަގާފަ އިން ފޮޓޯއެއްހެން… އަދި އެއްވެސް ވަރަކަށް ތަޙުޤީގް އަސްލު ކުރިއަކަށް ނުދޭ” ޖިހާން އެ ބޮޑުފައިލް ކުރުގޮތަކަށް އަހަރެންނަށް ކިޔާލަދިނެވެ.
“ސޯ ތިބުނަނީ ޕޮލިސް އަދި ފެމިލީ އެކަންޏޭ އިންޓަވިއުވެސް ކުރީ؟ ހައު އިންއެފިޝިއެންޓް” އަހަރެން ބަހުގެ ހަމަލާއެއް ޖިހާން އާއި ދިމާއަށް ދޫކޮށްލީމެވެ. އަހަރެން ކައިރިން މޮޅު ނުވާނެކަން އެނގުމާއި، ޙަޤީގަތް ފެންނަން އޮތުމުން އިތުރަށް އެއްޗެކޭ ނުބުނެ ޖިހާން އަހަރެންނާ އެއްބައިވީއެވެ.
“ދެން ކިހިނެއް ވާންވީ؟” ޖިހާން އަހަރެންނާއި ދިމާއަށް ބަލާލަމުން އަހާލިއެވެ. މިކަމަކީ އަހަރެމެން ދެމީހުންނަށްވެސް މުޅިން އާ ކަމަކަށް ވެފައި، އިސް މީހަކީ އަހަރެން ކަމަށް ވުމުންނެވެ.
“މާދަން ހިނގާބަ ފެމިލީ ކައިރިއަށް ޖައްސާލަން” އަހަރެން ޚިޔާލެއް ދިނީމެވެ.
“އެކަމަކު ކީކޭ ބުނާނީ؟ އެމީހުންވެސް ކޮންމެ ކޮންމެ މީހަކަށް އިންފޯއެއް ނުދޭނެ ދޯ” ޖިހާން ބުނެލިއެވެ. އެހެން ފަހަރު ތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް މައްސަލަ ދިމާވާނީ މިކަމުގައެވެ. ހަމަ ގޮސް ބަޔަކު އަހާލާ އިރަށް މީހުން މައުލޫމާތެއް ނުދޭނެއެވެ. ހައްތަހާވެސް މަ ޢާންމު ރައްޔިތަކަށް ވީމައެވެ. މީގެ ކުރިން އަހަރެމެން އެކަން ހައްލުކުރީ، ބޭނުންވާ މައުލޫމާތުތައް ޖިހާން މެދުވެރިކޮށް ޕޮލިސް އިން ހޯދައިގެންނެވެ. ނަމަވެސް އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ.
“މިފަހަރު މަ ބުނާ ގޮތް ހަދާބަ… އަޅެ ވާ އެއްޗެއް ބަލައިލަން.” ފައިލުން ޖެހިގެން އޮތް ސަފުހާއަށް އެއްލަމުން އަހަރެން ބުނެލީމެވެ. އޭގެން ދޭހަ ކުރަންވީ ކޮންއެއްޗެއްކަން ނޭންގިގެން ޖިހާން ނިތް އަރުވާލިއެވެ.
“ބަލާ މިތިބަ ލޯބި ދެކުދިން.” ފުން ހިނިތުންވުމަކާއިއެކު އަހަރެން ދެ ކުދިންގެ ފޮޓޯ އަތަށް ނެގީމެވެ.
….
“ޒިން، ދިސް އިޒް ކްރޭޒީ.” ސައިކަލުގެ ކުރީގައި އިން ރުކާން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ބަދަލުގައި ލާނެއް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އިސްކަންދަރު ސްކޫލް ގޭޓާއި ދިމާއަށް ބަލަހައްޓައިގެން އަހަރެމެން އެތާ ތިބޭތާ އެއިރުވެސް ދޮޅު ގަޑިއިރު ވެދާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.




salaam readers. Hope you liked it. <3 I know there might be mistakes. Let me know them, so that I can improve for the next episode.
cant wait for ep 2
❤️❤️❤️
Wow just wow….v nice…and interesting….curiously waiting for the next…… Ummeedhu kuran nimendhen genesdheyne kamah…… Gud luck….mi kahala stories aslu v kiyaa hiyy vey….lots of love…. ? ? ? ? ?
Thankss. Vaahaka nimendhenn genesdheynan Insha Allah.
Masha allah vvv reethi mi part… Curiously waiting for the next part dear.. Avahah up kohla dhehchey ingey dear ????❤️❤️
Thanks. Insha Allah, mirey up kohdheynan.
Varah salhi… Masha Allah??
Thanksss buddyy. ❤️❤️
Ma Sha Allah
Feshun vvv rythi
Avahah upkohba next ep
Curiously waiting fr it ingey brw
??????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks. ??. Mirey up kohhdheynann Insha Allah
T
H
A
N
K
S
Baeh thannthanuga “aharen” ge badhaluga “ma” use kohfa hunnaatheee kudakoh odd gotheh hurey..ekam dialogue ga hunnanikoh salhi.. everything else hama fantabulous ??
BTW story varah nice..hama
varah varah..??avahah up kohdhehchey..
thankss… dhen huri episodes improve kuran masaiikaii kuraanan..
Nice story… Heekuran kuriyah oi bai vis reei vaane kamah?….. Waiting for the next part curiously?….
Thankss<3
Maa shaa Allah
Reethi*sorry
Varah reethi ma sha allah
Curiously waiting for the next part????
Shukrann
Well.. salhi start eh.. can’t wait for the next episode ☺️.. keep it up ?
Thankxxx
thankss.
really sorry up koh nudhevunyma 🙁 vyhaaves avahakah up kohdheynan Insha Allah
Nice story sis keep it up??????
HEY Drax bro… Thankss sis 😀 <3 😉
??Masha allah…..story gai beynu koffa huri basmagu v kamudheyy…?….v bodah story there ah vadhevey kahala gothah genesdhiifaa va kan faahaga kollan?? curiously waiting for the next ephisode…v v salhi feshun masha Allah…kuriah oyy bai thah vs mihaa interesting vaane kamah ummeedh kuran….keep up the good work like u always do….may Allah bless ur hard work ???? sorry for the late comment..ingijje dhw kaaku kan??
ummm…. dhigu comment liyaa kujjaatha… ahaha… Thanksna lot ingeyy 🙂 <3
Vrh lobi story…❤️❤️❤️☺️
Thankss Meera
Wow… Vvvvv vvvvv salhi… ?
Hehe. Thanksss.
“Varah bodahh thankss. Maahil nan varahh fakkaa. Stry ga fahun thihenn kiyaa myhaku ulheyne ingeyy. ???
Hi. V nice mi story. I’ve already read it up to epsoide 30. And Aslu buneveyny Hama v salhi ey. Good job monsta.mi kahala stories liyaa meehun aslu v intelligentvaane.❤❤❤❤❤❤curiously waiting for epsoide 31. Thiya kuraa hiyvarah hama Saabas.?????❤????
Thank you ????