މާޒީ (ވިހިވަނަބައި)
އާރަވްގެ އެމެސެޖު ފެނި ނައިލްއަތުން ފޯނު ދޫވެގެން ތިރިއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނައިލް އަދިވެސް އެއްފަހަރު އެމެސެޖް ކިޔާލިއެވެ. ނައިލްގެ ހާސްކަން ހައްތަހާ މިވީ އިތުރެވެ. ނަމަވެސް ނައިލް އެމެސެޖްގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނާކަށް ބޭނުމެއް ނޫނެވެ. ޝާޔަން އެބުރިއަންނަ ދުވަހުން އާރަވް ކުރަން އުޅޭކަމެއްވެސް އިނގިދާނެއޭ ނައިލްގެ ހިތައްއެރިއެވެ. ޝާޔަން އެބުރި އަންނަދުވަހު އާރަވް ޝާޔަންއާއި ކައިރިވިޔަވެސް ނުދޭން ނައިލް އަޒްމް ކަޑައެޅިއެވެ. އޭގެ އަނެއްދުވަހު ޝާޔަން ފުރައިގެން ދިޔައީއެވެ. އެހެންކަމުން ރަޝާވެސް ފެހިވިނަ ގެއަށް ދުވަސްކޮޅަކަށް ބަދަލުވިއެވެ. އެމެސެޖައްފަހު އާރަވްގެ އެހެން މެސެޖެއް ނައިލްއަކަށް ނާދެއެވެ. ނައިލް އެނަންބަރަށް ގުޅިއިރުގައި އެއީ މިހާރު ހިދުމަތް ކަޑާލައިފައިވާ ނަންބަރެކެވެ. ހަވީރުގެ ވަގުތެވެ. ނާއިރާއާއި ރަޝާތިބީ އަތިރިމަތީގައެވެ. ރަޝާއެގެއަށް އައުމުން ނާއިރާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ރަޝާގެ ސަބަބުން ނާއިރާ ފޫހިވެގެން އެއްވެސް ވަގުތެއްގައި ހުންނާކަށް ނުޖެހެއެވެ.
”ރަޝާ ދޮންބެގެ ގާރލް ފްރެންޑެއް ނުހުރޭތަ؟….”
އެންމެފަހުން ނާއިރާއަށް ނީންދެވިގެން ރަޝާގާތުގައި އަހައިލައިފިއެވެ. ނާއިރާއާއި ދިމާއަށް ރަޝާ ބަލައިލީ ހެވިފައި އިދެއެވެ.
”ހެހެ….އެ ކީއްކުރަން ބަލާ އެއްޗެއް؟…ނީ ދޮންބެ އާ ލައިކް ވަނީ ދޯ؟….”
ރަޝާ އިނީ ނާއިރާއާއި ދިމާއަށް ލާނެތް ނަޒަރަކުން ބަލާށެވެ.
”ހެހެ…..ދެން ސަކަރާތް ނުޖަހާ ބުނަބާ….”
”އަހަންނަށް އިނގިފައެއް ނެތް ދޮންބެގެ ގާރލްއެއް ހުންނަ ކަމެއް…..އެކަމް މިހާރު ހީވޭ ދޮންބެ ގާރލްއެއް ނަގަން އުޅޭހެން…..”
ރަޝާ މާނަފުން ނަޒަރަކުން ނާއިރާއަށް ބަލާލަމުން ބުނެލިއެވެ.
”ހެހެ…..އަހަންނަން ދޯ މިހާރު ތި ބަސް ތި އަމާޒު ކުރީ…..އަހަންނެއް ނޫޅެއް އެއްވެސް ކަމެއް ސިއްރު ކުރާކަށް…..ވަގުތު އައިސް ޖެހުނީމަ ރަޝްއަށް ވެސް ހުރިހާ ވާހަކައެއް ކިޔާދޭނަން…..”
ރަޝާވެސް ދެން އިތުރަށް އެވާހަކައެއް ނުދައްކައެވެ. ދުވަސްތައް ހަލުވިކަމާއި އެކު ފާއިތުވަމުން ދިޔައެވެ. ޝާޔަންގެ އޮޕަރޭޝަންވެސް ހަމަ ޖެހިފައިވާ ދުވަސްއައިސް ޖެހުނީއެވެ. ޝާޔަން ހުރީ މިކަމާ ހުރެ ހިތްބިރު ގަންނަ ގޮތްވެފައެވެ. އެހެންކަމުން އޮޕަރޭޝަންގެ ކުރިން ނައިލްއާއި ފޯނުން ވާހަކަ ދެއްކީ ހިތް ހަމަ ޖައްސާލުމަށްޓަކައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ނައިލްގެ ވާހަކަ ތަކުން ޝާޔަން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ. އޮޕަރޭޝަން ކުރިއަށް ދިޔައިރުގައި ނައިލްވެސް ހުރީ އެހާމެ ހާސްވެފައެވެ. އިރުއިރުކޮޅުން ޝާއިންއަށް ގުޅާ ވާނުވާ ބަލަމުން ދިޔައީ އެހެންވެއެވެ. އޮޕަރޭޝަނަށްފަހު ޝާޔަންގެ ލޮލަށް ފެންނާނެ ކަމުގެ ޑޮކްޓަރ ދިނީ ފަސްދޮޅަސް ޕަސެންޓެވެ. އާއިލާއެންމެން ވެސް ދުއާ ކުރަމުން ދިޔައީ ޝާޔަންއަށް ޝިފާދެއްވާތޯއެވެ. އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރ ބުނުމުން އެންމެން ވެސް ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ނަމަވެސް ޝާޔަންގެ ފެނުން އަބުރާ އަންނާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެކަމަށް ޑޮކްޓަރ ބުނުއްވިއެވެ. ހަފްތާއެއް ހާދުވަސް ފަހުން ވެސް ނުވަތަ އެއަށް ވުރެ ލަހުންވެސް ލޮލުގެ ފެނުންވެސް އައިސް ފާނެކަމަށް ޑޮކްޓަރ ބުނުއްވިއެވެ. އެހާދުވަހުންވެސް ފެނުން ނައިސްފިނަމަ ދެން އިތުރަށް ކުރެވޭނެ ކަމެއްނެތް ކަމަށްވެސް ޑޮކްޓަރ ބުނުއްވިއެވެ. އާއިލާ އެންމެންވެސް އެކަން ގަބޫލުކުރި ނަމަވެސް އެންމެންގެވެސް ދުއާއަކީ ޝާޔަންއަށް އަވަސް ޝިފާއެއް ދެއްވުމެވެ. ޝާޔަން ލޮލުގެ ބޭސްގަޑު ނަގާ ވަގުތު އައިސް ޖެހުމުން ޝާޔަންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ބޭސްގަނޑު ނެގުމަށްފަހު ޑޮކްޓަރ ބުނުމުން ޝާޔަން މަޑުމަޑުން ދެލޯހުޅުވާލިއެވެ. ނަމަވެސް އަދިރިކަން ފިޔަވާ އެއްވެސް އެއްޗެއް ނުފެނެއެވެ. ޝާޔަން މާޔޫސްވިނަމަ ވެސް އެކަމެއް މޫނުމަތިން ފާޅުވިޔަކަ ނުދިނެވެ. ދުވަސްތައް ހަލުވިކާއިއެކު ފާއިތުވަމުން ގޮސް ހަފްތާއެއް ފާއިތުވެގެން ހިނގަށްޖެއެވެ. މިހާރު ޝާޔަންއަށް ފުސްކޮށް ތަންތަން ފެންނަމުން ދިޔައެވެ. އާއިލާ އެންމެންވެސް ތިބީ މިކަމާ ވަރަށް އުފާވެފައެވެ. ދެހަފްތާ ފާއިތުވެގެން ދިޔައިރުގައި ޝާޔަންގެ ފެނުން އެއްކޮށް އަބުރާއައިސްފިއެވެ. ނަމަވެސް ރަށަށް އަބުރާ ދެވޭނެ ކަމަށް ޑޮކްޓަރ ބުނުއްވީ އަދި ދެހަފްތާއެއްހާ ދުވަހު މަޑުކޮށްލައިފައި ކަމަށެވެ. ޝާޔަން އިނީ ރަށަށް ނުދެވިގެން ލަސްވެފައެވެ. އަނެއްކޮޅުން ނައިލްވެސް ހުރީ ޝާޔަންގެ އިންތިޒާރުގައެވެ. މިވީހާ ދުވަސްތަކުގެ ތެރޭގައި އާރަވްގެ އެއްވެސް ހަބަރެއް ނުވިނަމަވެސް އާރަވް އެންމެ ފަހުން ކުރި މެސެޖް ނައިލްގެ ހަދާނަކުން ނުފިލައެވެ.
”ދެން ހަމަ ނައިލްގެ ފޮޓޯއެއްވެސް ބަލާނުލާނަންތަ؟….”
ކުޑަދޮރުން ބޭރުބަލަން އިން ޝާޔަންއާއި ދިމާއަށް ޝާއިން ބުނެލިއެވެ.
”ހޫމް…..ހަމަ އިންޝާﷲ ގޮސް ފޭސްޓޫފޭސްކޮށް ބަލާނީ…..ހެހެ…..ދޮންބެ ބަލާބަ ކިހާރީތި ރެއިންބޯއެއް އޭނީ…..އައި މިސްޑް އޯލްއޮފް ދިސް ބިއުޓީ އެރައުންޑް މީ…..އެކަމް އަލްހަމްދްލިﷲ މިހާރު އަހަންނަށްވެސް މިރީތިކަން އެބަ ފެނޭ……”
ޝާޔަންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ޝާޔަންގެ ބުރަކަށީގައި ފިރުމާލަމުން ޝާއިން ހިތްވަރު ލައިދިން އިރުގައި ޝާއިންވެސް އިނީ ހަމަ އެހާމެ އުފާވެފައެވެ. ލޯބިވާ ކޮއްކޮގެ ފެނުން އަބުރާ ދެއްވީތީ އެވަގުތު ވެސް ޝާއިން މާތްﷲ އަށް ހަމްދް ކުރިއެވެ.
”މާ ވަރަކަށް ރެޑީ ތިވަނީ ޝާޔަން އަންނާތީ ދޯ……ޝާޔަންއަށް ދޮންބެ ފެންނަން އުޅޭ ފަސްޓް ޓައިމް ވީއްޔަ ދޯ……ވެއަރ ވައިޓް……ވައިޓް ގަމީސް ދޮންބެއާ އެންމެ ގުޅެނީ….އަހަރެންގެ ބަހެއް އަހަންޔާ ވައިޓް ގަމީހެއްލާ….”
ނައިލް ތައްޔާރުވާން ހުރިތަން ފެނި ނާއިރާއަށް އަނގަމަޑުން ލައިގެނެއް ނީންދެވުނެވެ.
”އޯކޭ ޑްރާމާ ކުއީން……އެކަމް ދޮންބެ ނޫޅެން އިނގޭ ޝާޔަން ރިސީވް ކުރަން ދާކަށް…..ޝާޔަން ބޭނުމީ ދޮންބެ އާ ފަހުން މީޓް ކުރަން…..އެލޯން……ސޯ ވީއާރ ގޮއިންފޯ އަ ޑޭޓް ޓުނައިޓް…..އެހެންވީމަ ޑޭޓަށް ދާއިރު ކޮންމެހެން ވެސް އަލްވެއަރ ވައިޓް….އެބަ ޖެހޭ ވިއްޔަ ފަސްޓް ސައިޓްއިން ޝާޔަން ހިތްކިޔާވަރު ކޮށްލަން….ހެހެހެ…”
ނައިލް ނާއިރާއަށް އެއްލޯމަރައިލަމުން ބުނެލިއެވެ.
”ހަހަ….ވެރީ ފަނީ……އެހެންވީމަ ދޮންބެ ހުރޭ ނީމެން އެންމެން މިދަނީ އެމީހުން ރިސީވް ކުރަންދާން……ސީޔޫ ލޭޓަރ……”
”ވެއިޓް…..ނީ ތިލައިގެންތަ ދާންތިދަނީ؟….”
ނައިލް ހައިރާންވީ ނާއިރާ ލައިގެންހުރި ގަޔަށްދޫ ކަކުލާހަމައަށް އަންނަ ކުރުތާއާއި ސްކިނީ ފެނިފައެވެ. އެއީ ނާއިރާ އެހެންނާ ލައި އުޅޭ އެއްޗެއްސެއް ނޫން ކަމުން ނައިލްއަށް އަހާނުލާ ނުހުރެވުނެވެ.
”ޔަޕް…..ކޮބާ މީގަ މައްސަލައަކީ؟….ހަޑިތަ؟….އެހެންނޫނަސް އަހަރެން މިއުޅެނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ބުރުގާ އަޅަން…..ދެން ލާނީ ހުސް ދޫ އެއްޗިސް…..”
”ނީ އާރ ޔޫ އޯކޭ…..އަނެއްކާ ބަލީތަ؟….”
ނައިލް އަވަސް ފިޔަވަޅު ތަކެއްގައި އައިސް ނާއިރާގެ ނިތުގައާއި ކަރުގައި އަތްޖައްސާލަމުން ބުނެލީ ހައިރާންވެފައި ހުރެއެވެ.
”ދެން ދޮންބޭ…..އަމް ސީރިއަސް…..”
ނައިލްއާއި ދިމާއަށް ކަޅިއަޅައިލަމުން ނާއިރާ ބުނެލަމުން ދާން ހިނގާގަތެވެ. ނައިލްވެސް ދެފަރާތަށް ބޯހޫރާލަމުން ދިޔައީ ފާހާނައަށެވެ. އެއާޕޯޓުން ނިކުމެގެން އައި ޝާޔަން ފެނިފައި ރަޝާ ދުވެފައިގޮސް ބައްދާލީ ވެފައި ހުރި އުފަލެއްގެ ބޮޑުކަމުންނެވެ. ޝާއިންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ނާއިރާއެވެ. އެހެންކަމުން ވަގުތުން ފޯނުނަގާ ނާއިރާއަށް މެސެއްޖެއް ކޮށްލިއެވެ. ފޯނަށް މެސެޖެއް އައުމުން ނާއިރާ ބަލާލިއިރުގައި ޝާއިންގެ މެސެޖެއްކަމުން އަވަށް އެހުޅުވާބަލާލިއެވެ.
”ލުކިން ސޯ ބިއުޓިފުލް ލަވް……”
ޝާއިންގެ އެ މެސެޖް ފެނި ނާއިރާގެ މޫނުމަތީގައި ދުވެލީ ރީތި ހިނިތުންވުމެކެވެ. ދެއާއިލާ އެކީގައި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު އެމީހެއް އެމީހެއްގެ ގެއަށް ދިޔައީ ހިތްހަމަ ޖެހިފައިތިބެއެވެ. ޝާޔަން ރެޑީވަމުން ދިޔައީ ނައިލްއާއި ބައްދަލުކުރަން ދިއުމަށްޓަކައެވެ. ޝާޔަން އަތުގައި އަދި ފޯނެއް ނެތުމުން ނައިލްއަށް ގުޅާ ހަދަނީ ރަޝާގެ ފޯނުންނެވެ. ޝާޔަން މަޑުނޫކުލައެއްގެ ދޫ އަބާޔާއެއް ލުމަށްފަހު އެއާ އެއްކޮށް ގަދަ ނުކުލައެއްގެ ޝޮއުލްއެއް އަޅައިލިއެވެ. އެއްވެސް މޭކަޕްއެއް ނުކުރާ ކުއްޖާ މިރޭ ތުންފަތުގައި މަޑުމަޑު ލިޕްގްލޯސްއެއް ހާކައިލިއެވެ.
”މާޝަﷲ……މިރޭ ޅިޔަންބެ ހޭނެތޭނެ……”
ރަޝާއައިސް ޝާޔަންގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
”ހެހެ….ހޭނެތުނިއްޔާ މާ ސަކަރާތެއްނު……”
”އެނީވޭ ނައިލް ޓެކްސްޓެޑް ފްރޮމް އަ ޑިފަރެންޓް ނަންބާރ……އަށްގަޑި ބައިގަ އަންނާށޯ…..ކާރެއް އަންނާނެއޯ ދޮންތަ ބަލާ…..ބީ ރެޑީ އޯ….”’
ނައިލް އެންމެފަހުން ކޮށްފައި އިން މެސެޖް ކިޔާލަމުން ރަޝާ އައިސް އެނދުގައި އިށީނެވެ.
”އެހެންތަ؟….ކުރިން އެކަމް ނުވައެކޭ ނޫންތަ ބުނީއެއް؟…”
ޝާޔަން ކުޑަކޮށް ހައިރާންވެފައި އަހައިލިއެވެ.
”ހެހެހެ….ވެދާނެ އެއްނު އެވަރުވެސް ލަހީ ކަމަށް….މެބީ ހީ ޖަސްޓް ކާންޓް ވެއިޓް ޓޫ ސީޔޫ….”
ރަޝާ އެއްލޯމަރައިލަމުން ބުނެލިގޮތުން ޝާޔަން ކައިރިއަށް ވަރަށް ހިނިއައެވެ. ނައިލް ބުނިފަދައިން އަށްގަނޑިބައި ވީ އިރުގައި ކާރެއްއައިސް އެގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ޝާޔަންއެއަށް އަރައި ހަމަޖެހިލުމުން ކާރު އޭގެ މަންޒިލަށް ދިއުމަށްޓަކައި ދުއްވައިލިއެވެ. ޝާޔަންގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ކުޑަ ވަގުތުކޮޅެއްގެ ދަތުރަކަށްފަހު ކާރު ގޮސް އޭގެ މަންޒިލުގައި މަޑުކޮށްލުމުން ޝާޔަން އެއިން ފޭބީ އަވަސްވެފައިވާ ހިތަކާއި އެކުގައެވެ. ކުރިމަތިން ފެންނަން އޮތް ފާލަމަށް ޝާޔަން ބަލާލީ ހައިރާންވެފައި ހުރެއެވެ. ފާލަމުގެ ދެފަރާތުގައި ޗައިނީސް ލޭންޓާންސް ބަހައްޓައިފައި ހުރި އިރުގައި އެ ދިއްލައިފައި ހުރުމުން ބަލާލަން ވަރަށްވެސް ރީއްޗެވެ. ފާލަންމަތީގައި ފިނިފެންމާ ފިޔަ އަޅާފައި ހުއްޓެވެ. ޝާޔަން މަޑުމަޑުން ފާލަމަށް އެރި އިރުގައި ފާލަމުގެ އެންމެ ކޮޅުގައި މީހަކު ފުރަގަސްދީގެން ހުއްޓިގެން ހުއްޓެވެ. އެމީހާ އަތުގައި ރަތް ފިނިފެންމާ ބޮޑިއެއް އޮތް އިރުގައި އެތާގެ ތިރީގައި ކުނައެއް އަޅާފައި އޮތެވެ. އެކުނާ މަތީގައި އެކި ވައްތަރުގެ ކާއެއްޗެހި ބަހައްޓާލައިފައި ހުއްޓެވެ. ސާދަ ވިލޭރޭގެ ހަނދުގެ އަލިކަން އޮތުމުން އަދި އެސަރަހައްދު އަދި މާ ރީތި ކަމަށް ދައްކައެވެ. ޝާޔަންއަށް މިހާރު ގޮސް އެހުރެވުނީ އެމީހާގެ ސީދާ ފަހަތުގައެވެ.
”ނައިލް….”
ޝާޔަން އަވަސް ވެފައިވާ ހިތަކާއިއެކު ގޮވައިލިއިރު އަޑުގައިވެސް މަޑު ތުރުތުރެއްވިއެވެ. ޝާޔަންގެ ކުރިމަތީގައި ހުރި މީހާ ފަސްއެބުރި ބަލާލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. ޝާޔަންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭންގި ހުރެވުނީ ބަލަހައްޓައިގެނެވެ. ނައިލް ހަމަ އެހުރިގޮތަށް ޝާޔަންއަށް ބަލަން ހުރެފައި އަތުގައި އޮތް މާބޮޑި ދިއްކޮށްލިއެވެ.
”ހޭ ލަވް……މިރޭ ވަރަށް ރީތި އިނގޭ….”
ނައިލް ވާހަކަ ދެއްކިއަޑުއިވި ޝާޔަންއަށް ބަލާލެވުނީ ދެލޯބޮޑުކޮށްލަމުންނެވެ. ޝާޔަން އަތުން ވަގުތުން މާބޮޑި ދޫވެގެން ތިރިއަށް ވެއްޓުނު އިރުގައި ފަހަތަށް ދެތިން ފިޔަވަޅު އަޅައިލެވުނެވެ.
”ނުނިމޭ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Aarav.. ????? 200% yageen aarav aee.. Anyway story Vrh reethi maa sha Allah..
Jazakillah khairan ?
Masha Allah story v reethi ekam shayan maraa nulahchey ?
Jazakillah khairan ?
E aarav gandu varah foohi dhen shaayanves jeheytha nudhanna number akun msg kuraairah ebunaa thaakah dhaan kaakutho yageen nukoh vaahaka varah reethi & waiting for the next part
Jazakillah khairan ?
Waiting for next part
Insha allah will upload soon ?
I think that’s Aarav hn…Alhe dhn kihineh baa dhw vaany…I’m so curious?????????❤❤❤???…Nd Btw shaayan ge lolah fehna goiy vehje dhw..InaaSh darlinn????????????❤❤❤..Keep it up…Plc avahah up kohdheeba ingey story…Just can’t wait .. hehe..luw yuh sis ??????❤❤❤??????
Jazakillah khairan ?
Shaayan ah dhera gotheh nuhadhachey… Vhk v reethi… I am waiting for the next prt..
Jazakillah khairan ?
Wow varah reethi
Jazakillah khairan ?
Ma hithah eri gadi badhalvyma nubekey. Ekam vaahaka varah reethi
Jazakillah khairan ?
Mi part ves Vrh Reethi……..Masha Allah…… Keep it up dear…..❤️❤️❤️????????????Waiting for next part dear❤️❤️❤️❤️????????????????
Jazakillah khairan ?
Alhey. Varah nice ? waiting for the next part ?
Vv reethi mi part vas waiting can’t wait to see what happens next ??❤️
Where is next part?..pls upload soon ingey.???