Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ހިތް އެދޭ… ( ފަހުބައި )

Emm Level 3100 Comments10 Stories100 Login
June 1, 2019 One Min Read
43 Comments

” އާލިއާ… މިހާރު ތި ދަނީ މާ މައްޗަށް… އަހަރެން އުޅޭ ގޮތާ ނޫޅޭ ގޮތް އާލިއާއަށް އިނގެނީ ކިހިނެއް… އާލިއާ އެހެން އުޅޭތީ ކަން ނޭނގެ ދޯ… އަމިއްލަ ބޮލުން ފިލުވަން ވެގެން އަހަރެންގެ ބޮލަށް ތި ޖެހީ… ގޯހެއް ނޫން… ” ކޮޓަރީގެ ދޮރުން ނިކުމެ ނިކުމެ ހުރި އާލިއާގެ އަތުގައި ހިފާ އޭނާގެ ގަޔާ ދިމާލަށް އަތު ހުރި ބާރެއްލާފައި ދަމާލަމުން ދަތްކުނޑި ވިކާލައިގެން ހުރެ ރުހާން ބުނެލީ މަލާމާތުގެ ރާގަކަށެވެ. ރުހާންގެ ވާހަކަ ހުރި ގޮތުން އާލިއާއަށް ރޮވުނެވެ. ރުހާންއަށް އަދި އޭނާއަށްވެސް އެކަން ކުރެވުނީ އިޚްތިޔާރުން ބޭރުގައި ކަން އާލިއާއަށް އިނގެއެވެ. ނަމަވެސް އެކަން ގަބޫލުކުރަން ބޭނުންނުވީ އެވެ. ރުހާން ބުނިހެން އޭނާ މަސައްކަތް ކުރީ އޭނާގެ ބޮލުން އެކަން ފިލުވާލާށެވެ. ” ދޫކުރޭ ގައިން… ” އާލިއާ އޭނާ ރޮނީކަން ނޭނގުނަށްޓަކައި އަމުރުވެރި ރާގަކަށް ބުނެލިއެވެ. ނަމަވެސް ތުރުތުރު އެޅުމުގެ ސަބަބުން އާލިއާ ރޮނީކަން އަޑު އިވޭ ކޮންމެ މީހަކަށް ޔަގީންވާހާ ވެއެވެ. ރުހާންގެ އަތް ނައްޓުވާލުމަށް އާލިއާ ފޫނެތް ފަޔަކަށް ފެން ފުރަން ފެށިއެވެ. ރުޅިއައިސްފައި ރުހާންގެ މޭގައި ތަޅައިގަތީ އަތް ވާޅުވާ ގޮތް ވުމުންނެވެ. ” ދޫކޮށްލާށޭ… ” ރުހާންގެ މޭގައި އަޅާ ކޮއްޕާލަން މަސައްކަތް ކުރަމުން އާލިއާ ބުނެލީ ރުހާންއަށް ލޯ އަޅާލަމުންނެވެ. ނަމަވެސް ރުހާން އެންމެ ތަންފުކެއްވެސް ގުޑައި ނުލިއެވެ.

އެހެން ހުރެފައި ރުހާން ކުއްލިއަކަށް އާލިއާގެ ގައިން ދޫކޮށްލަމުން ފަހަތަށް ޖެހިލިއެވެ. އަމިއްލަ ނަފްސު ބެލެންސުކުރެވޭ ތޯ އާލިއާ ދެއަތް ކުރިއަށް ދަމާލި ނަމަވެސް ބެލެންސު ކަޓައިގެން ދިއުމުން އާލިއާ ދިޔައީ އަނގަ ވަތަށް ތަޅުގަނޑު މައްޗަށް ވެއްޓޭށެވެ. ވެއްޓެން ދިޔަ ވަގުތު އާލިއާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ. ރުހާން އަށް އަވަސް ހަރަކާތަކާއެކު ހިފާލެވުނީ އާލިއާ ލައިގެން ހުރި ޓީޝާޓުގެ ފަހަތުން ކަރުވަޅާ ދިމާލުގައެވެ. އާލިއާ އޮތީ އެލިފައެވެ.

ކަރަށް ބާރުވެގެން ދިއުމާއެކު އާލިއާއަށް ލޯ ހުޅުވާލެވުނެވެ. ވެއްޓުނު ހެން ހީވި ނަމަވެސް ތަދު އިހްސާސް ނުވުމުން އޭނާ ހައިރާންވިއެވެ. މަޑުމަޑުން އިސް އުފުލާ ބަލާލެވުމައެކު ޓީޝާޓުގައި ހިފަހައްޓައިގެން ހުރި ރުހާން ފެނުނެވެ. ދެބުމަ ގޮށް ޖަހާލަމުން ތަޅުންގަނޑު މަތީ ދެއަތް ޖައްސާލާފައި ކޮޅަށް ތެދުވިއެވެ. އަދި ބަހެއް ނުބުނެ ހިނގައިގަތީ އެޕާޓްމެންޓުގެ ދޮރާ ދިމާލަށެވެ. ދަމުން ސޯފާ މަތީގައި އޮތް އޭނާގެ ބެކްޕެކް ނެގިއެވެ.

ހިނގަ ހިނގާ ހުރި އާލިއާއަށް ހުއްޓެން މަޖުބޫރުކުރުވީ އޭނާގެ ހަށިގަނޑުގައި ވަށާލާފައި އޮތް ބާރުގަދަ ދެއަތެވެ. ” ސޮރީ… ” ރުހާން އާލިއާގެ ކަންފަތް ދޮށުގައި ބުނެލުމާއެކު އާލިއާ ތެޅި ފޮޅެގަތީ ދުރަށް ދާށެވެ. ރުހާންވެސް އާލިއާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަށް ގަދަ ދެއްކުމަކާ ނުލާ ދޫކޮށްލިއެވެ. ” ސޮރީ… އައިމް ރިއަލީ ވެރީ ސޮރީ… ” ރުހާން އާލިއާގެ ކުރިމައްޗަށް އަރާ ކަންފަތުގެ ފޫޅުގައި ހިފައިގެން ހުރެ ކަކޫ ކުޑަކޮށް ލަންބާލަމުން ތިރިވެލިއެވެ. އާލިއާގެ ކޯތާފަތް މަތީ ހިކިފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އާލިއާ އެއްފަރާތަކަށް ޖެހިލީ އޭނައަށް ހެވުނުތަން ރުހާންއަށް ދައްކަން ބޭނުން ނުވާތީއެވެ.

އަނެއްކާވެސް ރުހާން އާލިއާގެ ކުރިމައްޗަށް އަރާ ކުރިން ކަންތައް ކުރި ފަދައިން ކަންތައް ކުރިއެވެ. ” ސޮރީ… އޭ… އޭރު ރުޅިއައިސްގެން ބުނެވުނު އެއްޗެއް އެއީ… ” ރުހާން ތިރީ ތުންފަތް ކުރިއަށް ނެރެލަމުން ދެރަވެފައި ހުރި ގޮތް ދައްކާލިއެވެ. އާލިއާއަކަށް އިތުރަކަށް ނުހިފެހެއްޓުނެވެ. ހީހީ ގޮސް ލޮލުން ފެން އަންނަ ވަރަށް ހެވުނެވެ.

އާލިއާގެ މޫނަށް ފޫހި ކަމެއް ނެތި ބަލަން ހުރުމަށްފަހު ރުހާން އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދިނީ ގަޑިން ވީ އިރެއް ބަލާލުމަށެވެ. އޭރު ބާރަ ޖަހަން އިނީ ދެމިނެޓެވެ. ” ކޮބާ… ތި ވަރަށް ހީހީ ފަ މިރޭ ނިދީގަ އޮވެގެން ރޯ ވަރުން މަށަށްވެސް ޖެހޭނީ ނުނިދާ އިންނަން ތޯއްޗެއް… ” އާލިއާއާ ދިމާކޮށްލުމުގެ ގޮތުން ރުހާން ބުނެލިއެވެ. ނަމަވެސް އާލިއާ އިނީ ރައްދު ދެވޭ ކަހަލަ ހާލަތަކު ނޫނެވެ. މާ ނޭވާ ލެވި ލެވި އިން އިރު ހީވަނީ ދުވާ ރޭހެއް ނިންމާފައި އައިސް އިން މީހެއް ހެންނެވެ. ” ބާރަ ޖެހީ އެއޮއް… ” ރުހާން އެހެން ބުނެލުމަށްފަހު ގޮސް ޖައްސާލީ ސޯފާގައެވެ. އާލިއާވެސް އިތުރު އެއްޗެއް ބުނުމެއްނެތި ހިނގައިގަތީ ނިދަން އޮށޯންނާށެވެ. އާލިއާ ގޮސް ކޮޓަރިއަށް ވަންނަން ދެން ބަލަން ހުރުމަށްފަހު ރުހާން ސޯފާގައި ރީތިކޮށް ހަށިގަނޑު ދަމާލިއެވެ.

އެނދުގައި އޮށޯތް އާލިއާގެ ސިކުނޑިގައި މިރޭގެ ޚިޔާލުތައް ވަށާލިއެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް އެއީ މުޅި ހަޔާތުގައި ވެސް އޭނާއަށް އައި އެންމެ އުފާވެރި ވަގުތުކޮޅަށް ވެއްޖެއެވެ. ހިތަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ދުވަހަކުވެސް އިހްސާސްކޮށްފައި ނުވާފަދަ އެތައް އިހްސާސެއް މިރޭ އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ. ނިދިވެސް ލޮލާ ރުޅި ހަދާލާފައިވާ ރެއެކެވެ. އަތުގައި އޮތް ބާލީހުގައި ބައްދާލައިގެން އޮވެ ދެފަރާތަށް ފުރޮޅެމުން ދިޔަ އިރު އެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. އިރު އިރުކޮޅުން ލުއި ހީލުމެއްގެ އަޑާއެކު ބާލީހުގައި މޫނު ފޮރުވާލާ މަންޒަރުވެސް ފެނުނެވެ. އެ ސަކަރާތުގައި އޮވެ ނިދުނު އިރެއްވެސް އާލިއާއަކަށް ނޭނގުނެވެ.

އާ ދުވަހަކަށް އިރު މަރުހަބާ ކިޔަމުން ދުނިޔެއާ ބައްދަލުކޮށްލީ ބާއްޖަވެރި ހެނދުނަކަށް އެދެމުންނެވެ. އުޑު މަތި އިރުގެ ރަން ދޯދިތަކުން އުޖާލާވެފައި ވާއިރު ހިތަށް ލިބިދެނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ކުޑަދޮރުން ފުރޭނިގެން އައިސް ލޮލަށް އިރުގެ ރަން ދޯދިތައް އެޅުމާއެކު އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވާލަމުން ރުހާން ތެދުވިއެވެ. މޫނުމަތީގައި އަތް ހާކާލަމުން ސޯފާއިން ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

ކޮޓަރިއަށް ވަތް ރުހާންއަށް ހައިރާންކަމެއް ގެނުވީ އެނދުމަތި ހުސްކޮށް އޮތުމުންނެވެ. އާލިއާވީ ފާހާނައިގަ ހެން ހީވާތީ ވާޑްރޯބް އިން ޓީޝާޓެއް ނަގައިގެން ދާން ހިނގައިގަތް ވަގުތު ފާހާނައިގެ ދޮރު ހުޅުވުނު އަޑަށް ފަސް އެނބުރި ބަލާލިއެވެ. އޭރު އާލިއާ ފާހަނައިން ނިކުންނަނީއެވެ. ” މޯރނިން… ” ހިނިތުންވެލަމުން އާލިއާ ބުނެލިއެވެ. ރުހާންވެސް އެއަށް ރައްދު ދިނުމަށްފަހު ހިނގައިގަތީ ފާހާނައާ ދިމާލަށެވެ. ” އަމް ކޮފީ ހެދޭ ގޮތަށް ތަ ހުންނަނީ… ” އަހަން ނުކެރިފައި ހުރެ ނަމަވެސް އާލިއާ އަހާލިއެވެ. ” ޔާ… ކައްކާ ބައިގަ ހުންނާނެ އެއްޗިހި… އާދޭ ދައްކާނަން… ” ރުހާން އާލިއާ ކައިރީ ބުނެލުމަށްފަހު ހިނގައިގަތީ ކައްކާ ބަޔާ ދިމާލަށެވެ. އާލިއާއަށް އެއްޗިހި ހުންނަތަން ދައްކާފައި އޭނާ ދިޔައީ ތާޒާވެލުމަށް ކޮޓަރިއަށެވެ.

ރުހާން ރީތިވެގެން އައި އިރު އާލިއާ ހުރި އޭނާއަށްވެސް ކޮފީ ހަދައިދީފައެވެ. ” ތޭންކްސް… ” ރުހާން ކޮފީތަށި ނަގާ ތުންފަތުގައި ޖައްސާލަމުން ބުނެލިއެވެ. އާލިއާ ބަދަލުކޮށްލީ ހިނިތުންވުމެކެވެ. ” ވާހް… އާލިއާ ހާދަ މޮޅޭ ދޯ… މިހާ މީރު ކޮފީއެއް އަދި ނުބޮން… ” ރުހާން ފުރަތަމަ ކޯވަރާއެކުވެސް އާލިއާގެ ކޮފީއަށް ތައުރީފްކޮށްލިއެވެ. އާލިއާ ހީލިއެވެ. ” ގެއަށް ދޯ ދެން ދާނީ… އާލިއާގެ މަންމަ ގުޅައިފި ދެންމެ… ” ރުހާން އާލިއާއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. ރުހާންއާ އޭނައާގެ ރާސްތާ ބަދަލުވާ ވަގުތު ޖެހެނީކަން އިނގުމާއެކު އާލިއާއަށް އިރުކޮޅަކު ހުއްޓުން އަރާފައި އިނދެވުނެވެ. ” އޮހް… ޔާ… ” ނަމަވެސް ނިކަން އަވަހަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލާ ހަމަޖެހެން މަސައްކަތްކުރަމުން އާލިއާ ބުނެލިއެވެ.

ކޮފީ ބޮއެ ނިމިގެން އާލިއާ ރުހާންއާ އެކު ގެއިން ނުކުތެވެ. ނިކުމެގެން ރުހާން ކަޅުކަލައިގެ ޕްރައިވެޓް ކާރަކާ ދިމާލަށް ދާން ފެށުމުން އާލިއާއަށް ގޮވާލެވުނެވެ. ރުހާން ފަހަތަށް އެނބުރި ބަލާލާފައި އަތުގައި އޮތް ތަޅުދަނޑި ކާރުގެ ތަޅުވަޅަށް ކޮއްޕާލުމަށްފަހު ކާރުގެ ދޮރު ހުޅުވާލިއެވެ. އަދި އާލިއާއަށް އެރުމަށް އިޝާރާތްކުރިއެވެ. އާލިއާ ހިތު ތެރޭގައި އުފަންވެފައިވާ ސުވާލުތައް ފަހުން ކުރަން ނިންމައިގެން ހުރެ ކާރަށް އެރިއެވެ. ” ވަރަށް ހައިރާންވެފަ ދޯ ތީނީ… މީ އަހަރެންގެ އަމިއްލަ ކާރެއް… ރޭގަ ފްރެންޑެއް ބުނީމަ އޭނައަށް ދީފަ ހިތަށް އެރީ އަންނާނީ ބަހުގަ އޭ… ” އާލިއާ ކާރަށް އަރާ ހަމަޖެހިލުމާއެކު ރުހާން އާލިއާގެ ހިތު ތެރޭގައި އެނބުރެމުން ދިޔަ ސުވާލަށް ޖަވާބުދިނެވެ.

ސިނަމާލެ ބުރިޖު މަތިން ކާރު ދުއްވާފަ ދިޔައިރު އާލިއާ އިނީ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ދެމެދުގައި ވާ ހަމަހިމޭންކަމުން ދެހިތަށްވެސް އުނދަގޫވަމުން ދިޔަ ނަމަވެސް އެ ހިމޭންކަމަށް ނިމުމެއް ގެންނަން އިސްނަގާނެ މީހަކު ނުވިއެވެ. ދެމީހުންވެސް ތިބީ އަނެކާ ފަށާނެ ނަމައޭ ހިތާއެވެ. ޚިޔާލުގެ ކަނޑެއްގައި ފީނަމުން ދިޔަ އާލިއާގެ ހުރިހާ ޚިޔާލެއްގެ ކޮޅުހެން އައިސް ގުޅިފައިވީ ރުހާންއާ އެވެ. ރުހާންއާ ދޭތެރޭ އޭނާ ދެކެން ފަށާފައިވި ގޮތް ބަދަލުވެފައިވީ އިރު އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗިހިން މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވާތަން ފެނެއެވެ. ރުހާން އަކީ އޭނަގެ ހުވަފެންތައް އެމީހަކަށްޓަކައި ތައްޔާރުކޮށްފައިވާ އެހިތުގެ ރާޖާއޭ ހިތް ބުނަމުން ދިއުމުން އާލިއާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާއަށް ވުރެ މާ ކުރިން އެހެން މީހަކު ވަނީ އެހިތް މިލްކުކޮށްފައެވެ. އެހެންނޫނަސް އޭނާވެސް އެ ތައްޔާރުވަނީ ކައިވެންޏެއް ކުރާށެވެ. ކިތަންމެ ބޭނުންވިޔަސް އެއީ ހާސިލްވުމެއް ނެތް އުއްމީދެއް ކަން އާލިއާއަށް ޔަގީންވެއެވެ. ހިތުގެ ތެރޭގައި އުފެދެމުން އައި ހައިޖާނުގަނޑަށް ނިމުމެއް ގެނައުމަށް ނުކުޅެދިފައި ވަނިކޮށް ކާރު އައިސް މަޑުކޮށްލީ އޭނާ އުޅޭ ގޭގެ ކުރިމައްޗަށެވެ. ސިސހިފައި ރުހާންގެ މޫނަށް ބަލާލެވުނީ ގަބޫލުކުރަން ބޭނުންނުވެފައެވެ. ނަމަވެސް ގަބޫލުކުރަން ބޭނުންނުވިޔަސް މިއީ ދެމީހުންގެ މިސްރާބު ބަދަލުވާ ވަގުތުކަން އާލިއާއަށް އިނގެއެވެ. އެ ހުރިހާ ޚިޔާލެއް އޭނާގެ ބޯ ކަމުން ދިޔައީތީ އޭނާއަށް ބަހެއްވެސް ނުބުނެ ކާރުން ފައިބައިގެން ހިނގައިގަނެވުނެވެ. ފަހު ފަހަރަށް ރުހާންއަށް ޝުކުރު އަދާކުރަން ހަނދާންވީވެސް ރުހާން އައިސް އޭނާގެ ކުރި ބެއްދުމުންނެވެ. ” ސޮރީ އިނގޭ… ވަރަށް ބޮޑަށް ތޭންކްސް… ” ރުހާން އެއްޗެއް ބުނުމުގެ ކުރިން ބުނެލުމަށްފަހު އާލިއާ ހިނގައިގަތީ އޭނާގެ ގެއާ ދިމާލަށެވެ. ރުހާންވެސް އިތުރު އެއްޗެއް ބުނުމެއްބެތި އިސްތަށިގަނޑަށް އަތް މަހާލަމުން އެނބުރި މިސްރާބު ޖެހީ ކާރާ ދިމާލަށެވެ.

” އާލިއާ… ކޮބާ ދަރިފުޅު ތިއައީ ދޯ… ކޮބާތަ ރުހާން… ” ޝާޒްލީއަށް އޮފީހަށް ދާން ލިފްޓުން ނިކުމެވުނު އިރު އާލިއާ ލިފްޓު ކުރިމަތީގައި ކަމުން އަހާލެވުނެވެ. އޭރު ޝާޒްލީގެ ލޮލުގައި އެނބުރި ކާރާ ދިމާލަށް ދިޔަ ރުހާންވެސް އަޅައިގެންފިއެވެ. ” އަނހަ… އެތެރެއަށްވެސް ވަދެ ނުލާ ދަނީތަ… އާދޭ ސައިބޮއެގެން ދާން… ” ރުހާން ފަސް އެނބުރި ބަލާލުމާއެކު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޝާޒްލީ ބުނެލިއެވެ. ” އުނހު އަ އަ… ” ރުހާންގެ އަނގައިން ބަސް ހުސްވި ކަހަލައެވެ. ” މަންމާ… ރުހާން އެދަނީ އޭނަގެ ގާރލްފްރެންޑް ކައިރި އަށޭ ދޯ… ” އާލިއާ އެއްގޮތަކަށްވެސް ރުހާންއާ ޝާޒްލީގެ ގުޅުން ބަދަހި ވާކަށް ބޭނުމެއް ނޫނެވެ. ” ތެދެއް؟؟؟ ” ޝާޒްލީ ރުހާންއާ ސުވާލުކޮށްލިއެވެ. އާލިއާއަށް އަވަސް ނަޒަރެއް އެއްލުމާއެކު ރުހާން ބޯ ޖަހާލިއެވެ. ” އޯކޭ… ތިހެން ވީރު ހަވީރު އަންނަންވާނެ އިނގޭ… ނޫނެކޭ ނުބުނާތި… ” ޝާޒްލީ ބުނެލުމާއެކު ރުހާން ބޯ ޖަހާލާފައި ހިނގައިގަތެވެ. ” ދަރިފުޅާ… މިރޭ އެމީހުން އަންނާނެ… ތައްޔާރުވާތި އިނގޭ… ” އާލިއާގެ ބޮލުގައި ފިރުމާލަމުން ޝާޒްލީ ބުނެލިއެވެ. އަދި ހިނގައިގަތީ ނިކުންނަ ގޭޓާ ދިމާލަށެވެ. ޝާޒްލީ އަންނަނީ ކޮންބައެއްކަން ނުބުނި ނަމަވެސް އާލިއާއަށް އެއީ އީވާންމެން ކަން އިނގެއެވެ. މޫނު ހަދާލަމުން ގޮސް ލިފްޓަށް އެރީ ދެން ވާނީ ކިހިނެއް ބާއޭ ހިތަށް އަރާ ހާލުގައެވެ.

ސިއްސައިގެން ގޮސްފައި ނިދާފައި އޮތް އާލިއާއަށް ތެދުވެވުނީ މީހެއްގެ އަތުގެ ބީހުން އިހްސާސްވެގެންނެވެ. އެސްފިޔަތައް ތަޅުވާޅުމަށްފަހު ދެލޯ ހުޅުވާލަމުން އާލިއާ ބަލާލިއިރު އޭނާގެ މަގަތުގައި އިނދެ ޝާޒްލީ އޭނާއަށް ގޮވަމުން ދިޔައެވެ. ” ދަރިފުޅާ… ދެން ތެދުވަން އުޅޭ… މިހާރު ރުހާންވެސް އަންނަން އުޅޭނެ… ” އާލިއާ ފުންމައިގެން ތެދުވެ ފޯނުން ގަޑި ބަލާލިއިރު ހަތަރެއް ޖަހަން ފަނަރަ މިނެޓަށް ވެފައި ހުއްޓެވެ. އަވަސް އަރުވާލާފައި ހަރުގަނޑުގައި އިން ރަތްކުލައިގެ ތުވާޅި ހިފައިގެން ހިނގައިގަތީ ފެންވަރާށެވެ.

އާލިއާ ފާހާނައަށް ވަނުމުން އެކޮޓަރިން ނިކުމެގެން ދާން އުޅުނު ޝާޒްލީގެ އަތުން ޖެހިފައި އާލިއާގެ ބެކްޕެކް ވެއްޓި އޭގައި ހުރި އެއްޗިހިތައް ވެރުނެވެ. ގުދުވެގެން އޮވެ އެއަށް އެއްޗިހިތައް އަޅާފައި ހިންދެމިލި ޝާޒްލީގެ ލޮލުގައި ބޮނޑި ބޮނޑިކޮށްލާފައި އޮތް ކަރުދާސްގަނޑެއް އަޅައިގަތެވެ. އެ ކަރުދާސްގަނޑު ނަގާ ނިއުޅުވާލުމާއެކު ޝާޒްލީގެ ކުރިމަތީ އާލިއާގެ ހިތް ހުޅުވުނު ފަދައެވެ. އާލިއާގެ ޑައިރީން ކަނޑާލި ގަނޑުގައި އޮތް އެއްޗިހި ކިޔާ ނިމުނުއިރު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އާލިއާގެ ބަހެއް އަހާނުލާ ނިންމުނީ ކިހާ ބޮޑު ނިންމުމެއް ކަން އިހްސާސްކުރެވުނެވެ. އަދި އެކަމުން އާލިއާގެ ދިރިއުޅުމަށް ކުރާނެ އަސަރުތައް ވިސްނުނެވެ.

ބެލް ޖެހި އަޑަށް ޝާޒްލީގެ ޚިޔާލީ ވާފަށްތައް ކަނޑާލަމުން ހިނގައިގަތީ ދޮރު ހުޅުވުމަށެވެ. ދޮރު ހުޅުވިއިރު ދޮރު މަތީގައި ހުރީ ރުހާންއެވެ. ރުހާންއަށް އިށީންނަން ތަން ދައްކާފައި ޝާޒްލީ ގޮސް އިށީނީ ރުހާންގެ ކުރިމައްޗަށްވާ ގޮތަށެވެ. ” ކޮބާ ގާރލްފްރެންޑް… އޭނަ ނުގެނައީ ކީއްވެ… ” ޝާޒްލީ އަހާލީ ހިތްހެޔޮ ގޮތަކަށެވެ. ” ގާރލްފްރެންްޑް؟؟؟ ” ސުވާލުގެ ރާގަކަށް އަހާލެވުނު ރުހާންއަށް މިއެހެނީ ކީކޭކަން ރެއަކާލީ މާ ފަހުންނެވެ. ” އާނނ… ” ޝާޒްލީ ހައިރާންވެފައި ހުރެ އަހާލިއެވެ. ” ހާނ… ގާރލްފްރެންޑް ދޯ… އޭނަ… އޭނަ… ” ރުހާންގެ ދުލަކަށް ބަހެއް ނައެވެ. ” އަސްލު އަހަރެންގެ ގާރލްފްރެންޑްއެއް ނުހުރޭ… ” އިސްޖަހާލަމުން ރުހާން ތެދު ބުނެލިއެވެ. ” އާލިއާ އަހަރެންނާ ދޭތެރޭ ދެކޭ ގޮތް ބަދަލުކުރަން އަހަރެން ބުނި އެއްޗެއް އެއީ… ” ” ރުހާން އާލިއާއާ މެދު ދެކެނީ ކިހިނެއް… ” ޝާޒްލީގެ ސުވާލުން ރުހާންއަށް ހައިރާން ކަމެއް ލިބުނެވެ. ހީވީ އޭނަގެ ހިތް ދަސްކޮށްގެން ހުރެ އަހާލި ސުވާލެއް ހެންނެވެ. މޫނުމައްޗަށް ވެރިވި ކުލަވަރު ހިނިތުންވުމެއްގެ ފަހަތުގައި ފަރުދާކޮށްލަމުން ރުހާން ބުނާނެ އެއްޗަކާ މެދު ވިސްނާލިއެވެ. ” ދޮގު ނަހަދައްޗޭ… ” ޝާޒްލީ ދެލޯ ހަނިކޮށްލަމުން ބުނެލިއެވެ. ” އަޅުގަނޑު އާލިއާއާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް އަޅުގަނޑަކާ އާލިއާއަކަށް ނުގުޅެވޭނެ… ” ހިތި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރަމުން ރުހާން ބުނެލިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި އަތުން ބީވެގެން ދާތަން ބަލަން އެކަކަށްވެސް ކުޅަދާނަ ވާބެ ހެއްޔެވެ؟ ނަމަވެސް ރުހާންއަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ. ފުރަތަމަ ލޯއްބަށް ހަގީގީ ދިރުމެއް ނުލިބެނީސް އުމުރަށް ހިތު ތެރޭގައި ކަފުންކޮށްލާށެވެ. އެކަމުން ހިތުގައި އަޅާ ވޭނަކީ އެކަން ތަހައްމަލް ކޮށްފައި ހުރި މީހަކަށް ނޫނީ ނޭނގޭނެ އިހްސާސްތަކެކެވެ. ލޯބީގެ ފޮނިކަން އިހްސާސް ނުކުރެވެނީސް އޭގެ ހިތިކަން ތަހައްމަލުކުރަން ޖެހުމުން މުޅި މީހާ ވަނީ ބަލިކަށިވެފައެވެ. ދިރިއުޅުމުގެ އުއްމީދު ގެއްލިފައެވެ.

” އެއީ ކީއްވެ… ” ޝާޒްލީ އަހާލީ ޖަވާބު އެނގި ހުރެމެ އެވެ. ” އާލިއާ އުޅެނީ… ” ރުހާންއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝާޒްލީ ވާހަކަ ދައްކަން ފެށިއެވެ. ” އުޅެނީ އެއްނު… އަދި ނުކުރެއެއްނު… އެހެންވީމަ ތިހާ އަވަހަށް އުއްމީދު ގެއްލުވާލުމުގެ ބޭނުމަކީ ކޮބާ… ” ރުހާން އިނީ ޝާޒްލީގެ ބަސްތަކުގެ މުރާދު ނޭނގިފައެވެ.

އުސްފައިވާނެއްގެ ޓޮއް ޓޮއް އަޑަށް ރުހާންއަށާއި ޝާޒްލީއަށް ފަހަތަށް އެނބުރިލެވުނެވެ. އޭރު އާލިއާ އެދިމާލަށް އަންނަނީއެވެ. ލައިގެން ހުރީ ރަތްކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުން އާލިއާގެ ދޮން ހަންގަނޑާ ވަރަށް ގުޅެއެވެ. އަރައިގެން ހުރި ރަތްކުލައިގެ ހައިހީލްސްއިން އަސްކޮޅުން ދިގުކަމަށް ދައްކައެވެ. މޫނުމަތީގައި މާބޮޑު މޭކަޕެއްކޮށްފައި ނެތަސް އާލިއާ ވަރަށް ރީއްޗެވެ. ރުހާންއަށް ކަޅިޖަހައި ނުލާ އާލިއާއއާ ދިމާލަށް ބަލާލެވުނެވެ. އެ ތޫނު ނަޒަރުން އާލިއާއަށް ހުއްޓެން މަޖުބޫރުވިއެވެ. ގަދަ ރަތްކުލައިން ފަވާލެވިފައިވާ ތުންފަތުގައި ދަތްއަޅާލެވުނީ އެ ނަޒަރުން ހިތަށް ކުރާ އަސަރުންނެވެ. ކަޅުކުލައިގެ އަތްދިގު ޓީޝަކާއި ގަދަ ނޫކުލައިގެ ޖިންސެއްގައި ރުހާން މޮޑެލްއަކަށް ދޫނުކުރާނެއެވެ. އެކަކު އަނެކަކަށް ގެއްލިފައި ތިބި އިރު ބަސްމޮށުންތެރިކަމަކާއި ނުލާ ހިތުގެ ޒަރީއާއިން ދެހިތް މުއާމަލާތްކުރަމުން ދިޔައެވެ. އެތަނުގައި އިތުރު މީހަކު އިންކަންވެސް ރެއަކާނުލައެވެ.

ދެމީހުންގެ ދެމެދުގައި ބަދަލުކުރެވޭ ކޮންމެ ނަޒަރެއް ޝާޒްލީ ދިޔައީ ތަރުޖަމާ ކުރަމުންނެވެ. އެދެމެދުގައި ކޮންމެވެސް ގުޅުމެއް ވާކަމުގައި ގަބޫލުކުރެވުނެވެ. އެހެންނަމަ ފަސް މިނެޓު ވެދިޔައިރުވެސް އެގޮތުގައި އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ނުތިބޭނެއެވެ. އެ ގުޅުމަށް ލޯބި ނޫނީ ދޭނެ އިތުރު ނަމެއް ޝާޒްލީއަކަށް ނޭނގުނެވެ. ނުވެސް ދެވޭނެއެވެ.

ކަރުކެހިލަމުން މޫނުމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިކޮށްގެން އިން ޝާޒްލީ ފެނި ދެމީހުންނަށް ހަމަ ބިމަށް ފޭބުނު ކަހަލައެވެ. އާލިއާގެ ދޮން މޫނު އެކަށް ރަތްވެގެން ދިޔައިރު ރުހާންއަށްވެސް ލަދުން އިސްޖަހާލެވުނެވެ. ޝާޒްލީ އިން ތަނުން ތެދުވެލުމަށްފަހު އަތުގައި އޮތް ކަރުދާސްގަޑު ނިއުޅުވާލިއެވެ. އާލިއާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ތެޅިގަނެފައި ޝާޒްލީ އަތުން އެގަނޑު އަތުލުމަށް އުޅެގަތެވެ. ރުހާން ހުރީ ސުވާލު މާޚެއްގެ ތެރޭގައެވެ. އޭނާއަށް މިވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެހެންކަމުން ދެމައިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރީއެވެ. ” މަންމާ… ޕްލީޒް… ދީބަލަ ތީތި… ކޮންތާކުން ތީތި ފެނުނީ… ” ޝާޒްލީ އަތުން އެ ގަނޑު އަތުލުމަށް މަސައްކަތްކުރަމުން އާލިއާ ބުނެލިއެވެ. ” ދަރިފުޅާ… ” ޝާޒްލީ ގޮވާލުމާއެކު ޝާޒްލީއާ ދުރަށް ޖެހިލަމުން އާލިއާ މޫނުމަތީގައި ދެއަތް އެޅިއެވެ. ޝާޒްލީ އެ ގަނޑުގައި ލިޔެފައި އޮތް އެއްޗިހި ރުހާންއަށް އަޑު އިވޭ ވަރަށް ކިޔާލިއެވެ. އަދިވެސް ރުހާން ހުރީ ވާނުވާގައެވެ. ” ދަރިފުޅާ… މަންމައަށް މާފުކުރޭ… ދަރިފުޅު ގާތު އަހާލުމެއް ނެތި މިފަދަ ބޮޑު ނިންމުމެއް ނިންމީމަ… ދަރިފުޅު އެއްފަހަރުވެސް މަންމަ ކައިރީ މިހެން ބުނެލި ނަމަ މަންމަ މި ފަދަ ކަމެއް ނުކުރީމުސް… ނަސީބެއް މިގަނޑު މަންމައަސް ފެނުނުކަން އެހެންނޫން ނަމަ… ” ޝާޒްލީ އާލިއާގެ މޫނުގައި އަޅާފައި އޮތް ދުރުކޮށްލަމުން ބުނެލިއެވެ. ” ދަރިފުޅާ ރުހާންއާ ބަހުން ދިމާވުމަކީ ދަރިފުޅުގެ ތަގްދީރުގައި އޮތް ގޮތް… އަދި މިވެސް… ” ޝާޒްލީ އާލިއާގެ އަތް ރުހާޏްގެ އަތުގެ ތެރެއަށް ލަމުން ބުނެލިއެވެ. ” އެކަމަކު މަންމާ… ރުހާންގެ ދިރިއުޅުމަށް މާޚުރިން އެހެން ކުއްޖަކު އައިސްފި އޭ… ” ރުހާންގެ އަތާ އޭނަގެ އަތް ވަކިކޮށްލަމުން އާލިއާ އިސްޖަހާލިއެވެ. ” ރުހާންގެ ހަޔާތަކަސް އަދި އެއްވެސް ކުއްޖަކު ނާދޭ… ރުހާން އެހެން ބުނީ އާލިއާ އޭނަޔާ މެދު ދެކޭ ގޮތް ބަދަލުކުރަންވެގެން… ” ޝާޒްލީ ބުނެލުމާއެކު އާލިއާއަށް ރުހާންއަށް ބަލާލެވުނެވެ. ” ތެދެއް… އަހަރެންގެ ހަޔާތަކަށް އެއްވެސް އަންހެންކުއްޖަކު ނާދޭ… އަދި ނުވެސް އަންނާނެ… އަހަރެން މަރުވެދަން ދެންވެސް ތި ލޯބީގައި ދެމި ހުންނާނަން… ” ރުހާން ބުނެލީ ހިންދިރުވާލަމުންނެވެ. ” ދަރިފުޅާ… ދަރިފުޅު ހިތް އެދޭ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު މަންމަ ދީފިން… ” އާލިއާގެ ކޮނޑުގައި ފިރުމާލަމުން ޝާޒްލީ ބުނެލިއެވެ. އާލިއާގެ ދެލޯ ފެންކަޅިވީ އުފަލުންނެވެ. ” ތޭންކް ޔޫ ސޯ މަޗް މަމް… ތެންކް ޔޫ… ” ޝާޒްލީގެ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ. ޝާޒްލީ ކޮޓަރިއަށް ގޮސް ވަނީ ރުހާންގެ ގައިގަވެސް ބައްދާލާފައެވެ. ޝާޒްލީ ދިއުމާއެކު އާލިއާއަށް ރުހާންގެ ގައިގައި ބައްދާލެވުނެވެ. ” އައި ލަވް ޔޫ… ” އާލިއާއަށް ބޢއިކްތިޔާރުގައި ދުލުން ބޭރުކޮށްލެވުނެވެ. ” އައި ލަވް ޔޫ މޯރ… ” ރުހާން ރައްދު ދިނީ އާލިއާ އެމޭގެ ތެރޭގައި ފޮރުވާލަމުންނެވެ.

ދެހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. އުމުރަށް އެކީގައި އުޅުމަށް ހިތް އެދެމުން ދިޔައެވެ. ލޯބި ހާސިލްވުމުން ހިތަށް ލިބިފައިވީ އުފާވެރިކަމެވެ.

= ނިމުނީ =

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

މާޒީ (ވިހިވަނަބައި)

Next

ވިންދޭ ލޯބި ތީ އެދޭ 59

Next
June 1, 2019

ވިންދޭ ލޯބި ތީ އެދޭ 59

Previews
June 1, 2019

މާޒީ (ވިހިވަނަބައި)

43 Comments!

  1. jiji says:
    June 1, 2019 at 10:00 am

    Yey jiji first?.will comment After reading..
    ??❤❤❤

    1. Eiimerr says:
      June 1, 2019 at 5:07 pm

      K… Sure??

  2. kitty says:
    June 1, 2019 at 10:16 am

    Mee knmes ehn vaahaka ehge ending eh hama..

    1. Eiimerr says:
      June 1, 2019 at 5:06 pm

      ??? I don’t get it sis

    2. Cute Lips says:
      June 1, 2019 at 8:26 pm

      ehntha… thy kaaku.. meehun ge name steal kohgen nan beynun kuran…thi knms ge story name bunaga ehn viyyaa…thiyah vureh reethi koh vs buneveyne dw…. what i knw is ur not real kitty…….aslu kityy thiyah vureh reethi vaahaka dhahkaane… i knw my way is more bad… cux… mhiry v rulhi aissa.. meehun ge name use kohgen… ehn meehun dhera vaa gothah tlk kohffa huryma… so u better be careful next time ….

  3. jiji says:
    June 1, 2019 at 10:46 am

    Woah????????…Ma Sha Allah…Vvv rythi ingey nimun vec…bt E dhekudhin I mean ruhaan aa aaliya ge wedding baahvaafa nd after that baby eh libey goii hadhaafa nihmaali nama ithurah furihama vyc…Dhn oii story ah inthizaaru kuran ingey..Luw darla????????????

    1. Eiimerr says:
      June 1, 2019 at 5:08 pm

      Awwwn… Thank u so much ??? yh… Eid ga thanakah dhaan jehey thy nuliyeveybethy avahah ninmaaly… Next story in sha Allah next holiday eh ga… Keep waiting ingey Darla… ??? Luv u moreee .. ???

  4. Ib@ says:
    June 1, 2019 at 2:44 pm

    Wow vvvvv reethi.haadha avahah ninmeaaly.new story eh start kurany kon irakun.best of luck.keep it up.ly?????

    1. Eiimerr says:
      June 1, 2019 at 5:10 pm

      Awwwn… Thank u Darla… ???? Yh… Maa Avas dhw… next holiday ah wait kohla ingey… Love u moree… ????

  5. Mal? says:
    June 1, 2019 at 4:36 pm

    Omg mi part vas Vv reethi ????Mal hikuri mi vaahaka Varah dhiguvaanakama anyway mi story v reethi ? do u have instagram id..

    1. Eiimerr says:
      June 1, 2019 at 5:11 pm

      Hehe… Thanks sweetheart ??? kuru dhw… Next story dhigu kohlaanan in sha Allah… ???No… Sorry… I don’t ?use…☹️ Love yuh ???

    2. Mal? says:
      June 3, 2019 at 4:49 pm

      Eid mubaarak ???

    3. Eiimerr says:
      June 3, 2019 at 6:09 pm

      yh… EID MUBARAK to u too

  6. Yoohi says:
    June 1, 2019 at 5:13 pm

    Varah reethi vaahaka eh ingey. 13 aharuge kuhjakah balaafa you are so molu. Luv yuh ??❤

    1. Eiimerr says:
      June 1, 2019 at 5:44 pm

      awwwnn… thank u… <3 luv u moree… :* :* :*

  7. Kitty says:
    June 1, 2019 at 6:51 pm

    Masha allah vvvvv reethi mi part ves.. Sis ah hama rovijje mi kiyaalafa.. It’s really beautiful, touching… Anyways, dear ge ehn story eh kiyaalan libeyne kamah ummeedhu kuran… Will miss ur stories a lot.. Ly girl..Keep up the good work

    1. Eiimerr says:
      June 1, 2019 at 8:29 pm

      Awwwnn… ???? Thank u so much sissy… ??? In sha Allah next holiday eh ga new story eh fashaanan… luv yuh moree… ???

    2. Kitty says:
      June 1, 2019 at 9:04 pm

      Ohh thats a great news.. Thanks.. Will wait for it?

  8. Cute Lips says:
    June 1, 2019 at 8:11 pm

    awwww.. so sweet… i love it…. woooaaaahh… aney dhn evaan ah v kihineh…..egolaa olhaa back ah dw…LOL… i was literally crying at the end,… when their love got joined… awww so cute..

    1. Eiimerr says:
      June 3, 2019 at 11:38 am

      Yh… Eevan ge beynumeh neiytha dhw… ??? Ehn v ma olhaa laafa backah thaa jahaany… ??? Awwwn… That’s so sweet of yuh! ??? Thank you so much rysh ☺️☺️☺️ luv yuh! ???♥️♥️♥️❤️❤️❤️??????

  9. jiji says:
    June 1, 2019 at 9:21 pm

    Kitty darlinn..Hws yuh dear..I hope yuh r fine as like me….I really missed yuh sisssy
    ?

  10. Zaa says:
    June 1, 2019 at 9:25 pm

    Hey eem….vvv loabi and it’s so heart touching….?????????but thankolheh dhigu kohlinama dhw!!!adhives hama mi story kiyaa hiyy vany…?????????waiting for u r next story….love u..??????????????

    1. Ib@ says:
      June 1, 2019 at 9:27 pm

      Hi zaa 7568829 mi number yah Viber in message kohfa buneba iba ge number deyshey and iba ge number libunyma Viber in msg kurahchey I’ll be waiting

    2. Eiimerr says:
      June 1, 2019 at 9:39 pm

      awwwwnn… thank u sis… 🙂 yh… thankolheh kury dhw… hehe… next story akah wait kohla ingey… 😡 next holiday eh annany kn irakun… dhn annaany bodu eid dhw… love u moree… :* <3

    3. Eiimerr says:
      June 1, 2019 at 9:41 pm

      alhey angry face eh vx gossi… dont mind it ingey

    4. Zaa says:
      June 1, 2019 at 10:01 pm

      Iba darla zaa akah nukereyne sis ge phn in msg kuraakah….plx understand ingey gurl….. Whn i get my phn insha allah we can talk…till dhn wait ngey….and eem iss ok love…angry face ves fonuveyne ehnu dhw!!!hahah..

  11. Cute Lips says:
    June 1, 2019 at 9:38 pm

    rysh kuri mash neih mihaaru.. mithaa in.. fahun bely iru neih… kobaa….eythi ery havayah tha alhe….

    1. Eiimerr says:
      June 1, 2019 at 9:52 pm

      ahaha… rysh kuri comment eh nudheken… uhun… ebain thankolheh mathyga…

  12. Mal malaaa says:
    June 2, 2019 at 2:18 am

    Love this story

    1. Eiimerr says:
      June 3, 2019 at 11:35 am

      Thanks dhoonya ??? Luv yuh! ???♥️♥️♥️

  13. Dhonthee says:
    June 2, 2019 at 10:39 am

    Maa lahun dhw mi comment kurevunee….But mi last part viyas mi bai ves varah reethi ingey..And EID MUBAARAK Eiimerr

    1. Eiimerr says:
      June 2, 2019 at 5:05 pm

      haha… that’s not a big deal… thank u so much… EID MUBARAK DHONTHEE N ALL!

  14. Eiiverr says:
    June 3, 2019 at 1:51 pm

    It’s obiness to the max?❤?just loved itt..and beynun kohffa huri words thah varah kamudhey…hope you write more stories like this and good luck babe. ..EID MUBAARAK dhoonyaa❤will hangout soon..love you infinity❤❤❤

    1. Eiimerr says:
      June 3, 2019 at 3:30 pm

      awwwwwwn… <3 thank u sweatie… yh… in sha allah… EID MUBARAK to u too darling… yh… hope to c u soon… love u moree… :* i'm really happy 🙂

  15. jiji says:
    June 3, 2019 at 2:32 pm

    Eiimerr darlinn kuru vhk eh namavec liyeha up kohbala…Am missing yur luwly storyc ehnve♥?♥?♥?♥???????

    1. Eiimerr says:
      June 3, 2019 at 3:37 pm

      awwwn… that’s so sweet of u darla… ok… darla bunyma will try ingey <3

    2. jiji says:
      June 3, 2019 at 3:39 pm

      ?❤?Darlinn thanks ingey

  16. azker says:
    June 5, 2019 at 6:01 pm

    ♥️♥️♥️♥️♥️♥️

    1. Eiimerr says:
      June 7, 2019 at 1:44 pm

      :*

  17. Anonymous says:
    June 8, 2019 at 3:41 pm

    Eemaa thy ash men rashu kuhje dhw i think i know u meet vevidaane thaa ash aa eeamaa thy alugadu mikiyaa alugandu rashukuhjeh viyaa eemaa ge hurihaa friends ah bunelan othy eemaa aky v badi kuhjeh

    Eyna yaa maa gaaiykihliyaa kiyevumah huraselheyne

    Eama miadhu 4:30 ga ash aa meet kuran dadu kairy indeynun 2 buri geyeh ethaa kairiyah aadehevidaanethr

    1. Anonymous says:
      June 8, 2019 at 7:22 pm

      Eemaa kyv naiy meet kuran 5 vanden hureen eemaa ge intizaaru ga

    2. jiji says:
      August 13, 2019 at 1:00 pm

      ..WTH…em aky badi eh noon ingey ..who said u to tlk like that bout her
      Idiot???…these typa peoples doesn’t have the spread of living..really angry???

  18. Anonymous says:
    June 10, 2019 at 7:33 pm

    Eema viber in msg me 9144128

Comments are closed.



All Right Reserved!