ވިންދޭ ލޯބި ތީ އެދޭ 57
ހަރަކާތެއް ގެންނަން ނޭނގިފައި ނާއިލްއަށް ބަލަހައްޓާއިގެން ހުރި އަޝްރާއަށް ސިހުންގެނުވީ އޭނަގެ ހަށިގަނޑުގައި ނާއިލް ނުހަނު ބާރަށް ބައްދާލުމުންނެވެ. އެވަގުތު އަޝްރާއަށް ހީވީ އޭނަގެ ނޭވާވެސް އެތެރޭގައި ތާށިވީހެންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައިރު ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. ވާނުވާ ނޭނގި ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އަޝްރާއަށް ދެ މިނިޓު ވީއިރުވެސް އެހެން ހުރެވުނެވެ. ” ނާއިލް… ކީއް… ކީއްތަތިކުރަނީ…” ވާނުވާ ރޭކާލި އަޝްރާ އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ނާއިލްގެ މޭގައި އަތްއަޅާ ކޮށްޕާލާ ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމާއެކު ވާހަކަ ދެެއްކިއެވެ. ހައިރާންކަމާއި ސިހުމާއެކު ނާއިލްއަށް އަޝްރާގެ މޫނަށް ބަލައިލެވުނެވެ. ހިތުގެ ހާލު އަޝްރާގެ ކުރިމަތީގައި ހާމަކުރަން އެހާ ގާތްވެފައި ވަނިކޮށް އެފަދަ އަމަލެއް އަޝްރާގެ ފަރާތުން ފެނުމުން އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ބުނަންވީ އެއްޗެެއް ނުވިސްނިފައެވެ. ”އަހަރެންނަށް އެހެން ކަންތައް ކުރެވުނީމަ ބަދަލު ހިފަނީދޯ… އަހަރެން އޭރު ބުނީމެއްނު ނާއިލް ގާތު މާބޮޑަށް އެކްސައިޓްވެފަ ހުރީމައޭ އެހެން ކަންތައް ކުރެވުނީ… ” މިފަހަރުވެސް އަޝްރާ ވާހަކަ ދެއްކީ ނުރުހުމާއެކުގައެވެ. ” އަހަރެން ހީކުރީ އަޝްރާ ގުޑްނައިޓް ހަގެއް ބޭނުންވެގެން އައީ ކަމަށް… ” މޫނު މަތީގެ އަސަރުތައް ފޮރުވާލަން މަސައްކަތްކުރަމުން ނާއިލް ބުނެލިއެވެ. ” އަހަރެން ބޭނުމެއް ނޫން ގުޑް ނައިޓެއް ހަގެއް… އަހަރެން މިއައީ ނާއިލްގެ ފޯނު ހިފައިގެން ދެވުނީމަ ފޯނު ދޭންވެގެން… އިނގިއްޖެތަ… ” ނާއިލްގެ އަތަށް ފޯނު ލައިދެމުން ނުރުހުންތެެރިކަމާއެކު އެހެން ބުނުމަށްފަހު އަޝްރާ އޭނަގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. ނާއިލް ހައިރާންވެފައި އަޝްރާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. އޭނަގެ ލޯ ކުރިމަތިން އަޝްރާ ގެއްލުމުން ނާއިލް އޭނަގެ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.
” ކޮންކަހަލަ ކުއްޖެއްތަ އެއީ އަޅެ… އެއްފަހަރު އައިސް ބައްދާލަފާނެ… ދެވަނަ ފަހަރަށް ރުޅި އައިއްސާނެ… އެއްފަހަރު އެދެލޮލުން ލޯބި ފެނުނިއްޔާ ދެވަނަ ސިކުންތުގަ ހީވާނީ އެދެލޮލުން ފެންނަން ހުރި ރުޅިން އަހަރެން ފިއްސާލަފާނެހެން… އައި ކާންޓް ބިލީވް އިޓް… ވިސްނަންވީ ކޯންޗެއް ކަމެއް ނޭނގެ… މިހުރިހާ ދުވަސްވީއިރުވެސް އަޝްރާގެ މިޒާޖު އަހަންނަށް ދަސްނުވަނީ ކަންނޭނގެ… އާހް… ޝީ އީޒް ޓޯޓަލީ ޑިފަރެންޓް… ” ކޮޓަރިއަށް ވަދެ ނާއިލް އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ކުދި ކިޔަމުން ދިޔައެވެ. އަޝްރާ އޭނަގެ ހަށިގަނޑުގައި ބައްދާލުމަށްފަހު އެމޫނުން ފެނިގެން ދިޔަ އަސަރުތަކުން ނާއިލްއަށް އަޝްރާގެ ހިތްވެސް އޭނައަށް އެދޭކަން ގަބޫލުކުރެވުނެވެ. އެހެންކަމުން އޭނާ ނިންމައިގެން ހުރީ ދެން ލިބޭ ފުރުސަތެއްގައި އޭނަގެ ހިތް އަޝްރާގެ ކުރިމަތީގައި ހުޅުވާލުމަށެވެ. އެހެނަސް ކަންތައް ހިނގާދިޔަ ގޮތުން އޭނަގެ ޚިޔާލު ބަދަލުވީއެވެ. އަޝްރާގެ ފަރާތުން ފެނުނު އަމަލުތަކުން އޭނަގެ ހިތް ދެވަނަ ވިސްނުމަކަށް ދިޔުމަށް މަޖުބޫރު ކުރުވައިފިއެވެ. ފުން ނޭވައެއް ދޫކޮށްލާ ނާއިލް އޭނަގެ ކޮޓަރިން ބޭރަށް ނިކުމެވެން ހުންނަ ބެލްކަންޏަށް ނުކުތެވެ. އެމާހައުލުން އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ބެލްކަނީގައި ހުރި ޕޮޓްތަކުގައ އިންދާފައިވި މާ ގަސްތަކުގައި ފޮޅިފައިވި މާމެލާމެލިން މުޅި ތަން އެއްވަސް ކުރުވާފާވާއިރު ޖެހެމުންދިޔަ ވައި ރޯޅިތަކުން ހިތަށް ހަށިގަނޑަށް އަރާމު އިހުސާސެއް ކުރުވައެވެ. ފަނަރަ ވަރަކަށް މިނިޓު އެހިތްގައިމު މާހައުލުގައި ހޭދަކޮށްލުމަށްފަހު ނާއިލް ކޮޓަރި ތެރެއަށް ވަނީ ނިދާލުމުގެ ބޭނުމުގައެވެ.
ގެއަށް ގޮސް ތާޒާވެލައިގެން މިންހާ ނިދަން ތައްޔާރުވެލިއެވެ. އެނދުގައި އޮށޯވެ ހަމަޖެހިލިތަނާ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުގައިވި އިއާންގެ ނަން ފެނުމާއެކު މިންހާގެ ތުންފަތުގައިވި ހިނިތުންވުން ވަގުތުން ފުންވެގެން ދިޔައެވެ. ލަސްކުރުމެއްނެތި މިންހާ ފޯނު ނަގައި ވާހަކަ ދައްކަން ފެށިއެވެ. ދެމީހުން ފޯނު ބޭއްވީ އެތައް އިރަކު ވާހަކަ ދެއްކުމަށްފަހުއެވެ. އެކަކު އަނެކަކާ އެތައް ވަޢުދެއް ވެފައެވެ. ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައިވެސް އެކަކު އަނެކަކާ އެކުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. ހިތުގައިވި ޖަޒުބާތުތައް އެކަކު އަނެކަކާ ހިއްސާކުރެވި ލޯބިވެރިންގެ ގޮތުގައި ދެމީހުން ގުޅިގެން ދިޔުމުގެ ސަބަބުން ދެހިތަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ. އެތައް ދުވަހެއްގެ އުއްމީދު ހާސިލްވުމުން އުފާނުވާނީ ކާކު ހެއްޔެވެ؟ މިރޭ ދެމީހުން އެކުގައި ހޭދަކުރި އެކި އެކި ފޮނި ހަނދާންތަކުން ސިކުނޑި ވަށާލާފައިވާއިރު އެފަދަ ވަގުތުކޮޅަކަށް ދެމީހުނަށްވެސް އުއްމީދުކުރެވެމުން ދިޔައެވެ. ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައިރުވެސް ދެމީހުންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އަޝްރާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެެއް ނުވެއެވެ. ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކުން ނިދި ވަނީ އޭނަ އާއި ދުރުވެފައެވެ. އެންމެ ފަހުން އޭނައަށް ނާއިލް އާއިމެދު ކަންތައް ކުރެވުނު ގޮތުން އެހިތަށް އުނދަގޫ ކަމެެއް އިހުސާސްކުރެވެއެވެ. އޭރު އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް އޭނައަށް ރުޅި އިސްކުރެވުނީއެވެ. އޭނަގެ އެއަމަލުން ނާއިލްގެ މޫނު މައްޗަށް ވެރިވި ކުލަވަރު ހިތަށް އެރުމާއެކު އޭނަގެ މޭގައި ރިއްސާލިއެވެ. ނާއިލްގެ މޫނުގައިވި އެޖާދުވީ އަސަރުތައް އޭނާ ދުރައްލާ ކޮށްޕާލުމާއެކު މުޅިން ފިލައިގެން ދިޔައެވެ. އެވަގުތު އެހެން ނުހެދުނުނަމައޭ އެތައް ފަހަރަކު މިހާރު ހިތަށް އެރިއެވެ. އެކި އެކި ޚިޔާލުތަކުން އޭނައަށް އުނދަގޫ ކުރަމުން ދިޔައިރު އަޝްރާއަށް ނިދުނީ އެރޭ ބާރަވެސް ޖެހިފަހުންނެވެ.
ބެލްކަނީގެ ރެއިލިން ކައިރި ހުއްޓިލައިގެން ހުރި އަލޫފްގެ މޫނު މަތީގައިވީ މާޔޫސްކަމެވެ. ސިނގިރޭޓަކަށްފަހު ސިނގިރޭޓެެއް ބޮމުން ދިޔައިރު އެއިން އޭނަގެ ސިއްޙަތަށް ގެއްލުމެއްވެދާނެ ކަމާމެދު އެއްވެސް ވަރަކަށް ވިސްނާނުލައެވެ. އޭނައަށް ވަށާއިގެން އިހުސާސްވަނީ އެކަނިވެރިކަމެވެ. އޭނަގެ މުޅި ދިރިއުޅުމަށް ވަނީ އެތައް ބަދަލުތަކެެއް ގެނުވާފައެވެ. ނަފްސުގެ ހަމަޖެހުން ގެއްލި ދިރިއުޅުން މަތިން ފޫހިވާން ފަށައިފިއެވެ. މާޒީގައި އުޅެވުނު ގޮތުގެ ސަބަބުން އެތައް ގުޅުމެއް ވަނީ ހީނަރުވެގެން ގޮސްފައެވެ. އީލާފް އާއި އޭނަގެ ގުޅުން ހީނަރުވެފާވާއިރު ޝަމްހާ އާއި އޭނަ އާއި ދެމެދުވެސް އެއްވެސް ގުޅުމެއް ނޯވެއެވެ. އޭނާ ކުރީގެ އުފާވެރި ދިރިއުޅުން ބޭނުމެވެ. އެންމެންގެ މަޢާފު ބޭނުމެވެ. ޚާއްސަކޮށް މިންހާގެ މަޢާފު ލިބުން އޭނައަށް ވަރަށް މުހިއްމެވެ. އޭނައަށް ހަގީގީ ހަމަޖެހުން ލިބޭނީ އޭރުންނެވެ. ރޭގަނޑުގެ ވަގުތުތައް އަލޫފް ގިނައިން ހޭދަކުރަނީ އެހެންނެވެ. ސިނގިރޭޓަކީ އޭނަގެ ގާތް އެކުވެރިއެއްފަދައެވެ. މިރޭވެސް އޭނާ ނިދަން ކޮޓަރިއަށް ވަނީ ދަންވަރު ދޭއްވެސް ޖެހިފަހުންނެވެ.
އައު ދުވަހަކަށް ދުނިޔެއަށް މަރުހަބާ ކިޔާ އިރުގެ ރަން ދޯދިތަކުން ދުނިޔެ އަލިކުރަމުން ދިޔައިރު އުޑު މަތީގައި ވަނީ އަޖައިބެއް ކަހަލަ ކުލަވަރެކެވެ. މަޑު އޮރެންޖު ކުލައަކުން އުޑުމަތި ފަވާާލެވިފައިވީއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. ބަގީޗާ ތެރޭގައި ހުރި ބެންޗުތަކުން ބެންޗެއްގައި އިށީންދެލައިގެން އިނދެ ކޮފީ ބޮމުންދިޔަ ޝަމްހާ އިނީ ޚިޔާލަކަށް ގޮސް ގެއްލިފައެވެ. އޭނަގެ ޚިޔާލުތައް ގުޅިފައިވަނީ އަލޫފްއާއެވެ. އަދިވެސް އޭނަގެ ހިތާއި ސިކުނޑީގައި ރަސްކަންކުރަމުން ދަނީ އަލޫފްއެވެ. އެންމެ ހިތް އެދޭ ބައިވެރިޔާގެ އެހާ ގާތުގައި މަސައްކަތްކުރާއިރުވެސް އަލޫފްގެ ފަރާތުން އޭނަ އާއިމެދު ބަހައްޓާ ދުރުކަމުން ޝަމްހާގެ ހިތަށް ވަރަށް އަސަރުކުރެއެވެ. އެހެނަސް އެނޫން ގޮތެއް މިއަދަކު ނެތެވެ. އޭނަގެ ހަޔާތަށް މިހެން މެދުވެރިވީވެސް ޚުދު އޭނައަށް އެޅުނު ކަތި ފިޔަވަޅަކުންނެވެ. ހިތްދަތިކަމާއި އެކަނިވެރިކަމުގައި ދުވަސްތައް ވޭތުކުރަންޖެހުނު ނަމަވެސް ދެން އެފަދަ ކަތި ފިޔަވަޅެއް ނޭޅުމަށް ޝަމްހާ އަމިއްލަ ނަފްސަށް އެތައް ފަހަރަކު ވަޢުދުވިއެވެ. އޭނަގެ ފަރާތުން އެހެން މީހަކަށް ހިތްދަތިކަމެއް ލިބޭކަށް ފަހަރެއްގައިވެސް އޭނައަކަށް ނޭދެވޭނެއެވެ. ޚިޔާލުތަކަށް ގޮސް ގެއްލިފައި އިން ޝަމްހާ ސިހުނީ އޭނަގެ މަންމަ ގޮވާލުމުންނެވެ. ލަސްނުކޮށް ކޮފީ މަގު ހުސްކޮށްލުމަށްފަހު ޝަމްހާ ގޮސް ގެއަށްވަނެވެ.
ސިޓިން ރޫމުން ބޭރު ބަލައިލި އަޝްރާއަށް ބޭރުގައި ހަދާފައި ހުރި ހަޓުދަށުގައި ނާއިލް އިންތަން ފެނުނެވެ. އޭނާ އަވަސް ހިނގުމެއްގައި ގޮސް ކާކޮޓަރިއަށް ވަދެ ދެކޮފީ ތައްޔާރު ކޮށްލިއެވެ. އޭރު ބަދިގޭގައި ޒާހިޔާ ސައި ތައްޔާރުކުރުމުގައި އުޅެއެވެ. ކޮފީ ތައްޔާރުކޮށްގެން އަޝްރާ ކާކޮޓަރިން ނިކުމެ ބޭރަށް ދިޔުމަށް މިސްރާބުޖެހިއެވެ. ތަންކޮޅަކަށް ގޮސް ޒަހާގެ އަޑު އިވުުމުން އުސްއުފުލާލި އަޝްރާއަށް ހިނިތުންވުމެއްގައި ތިބެ ވާހަކަ ދައްކަމުންދިޔަ ނާއިލް އާއި ޒަހާ ފެނުނެވެ. ދެމީހުން މޭޒު ކައިރި އިށީންދެލައިގެން ތިބިއިރު އާވި އަރައަރާ ހުރި ދެކޮފީ މަގު މޭޒު މަތީގައި ހުއްޓެެވެ. އެމަންޒަރު ފެނި އަޝްރާއަށް ހިފަހައްޓާއިގެން ހުރި ޓްރޭއަށް ބާރުކޮށްލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ފަސްއެނބުރި ދާން ހިނގައިގަންތަނާ ޒަހާ އޭނައަށް ގޮވާލި އަޑު އިވުނެވެ. ޒަހާ އާއި ނާއިލް އެމީހުނާއި ބައިވެރިވުމަށް ތަކުރާރުކޮށް ބުނުމާއެކު އަޝްރާ އެދެމީހުން ގާތަށް ދިއުމަށް ހިނގައިގަތެވެ. ” އަޝްރާ… ދެކޮފީއިންތަ ވަނީ… ހެހެހެ… ” އަޝްރާ ގެނައި ޓްރޭގައި ދެމަގު ކޮފީ ހުރުމާއެކު ޒަހާއަށް އަހާލެވުނެވެ. ” ނޫން… އެއީ.. އަސްލު ނާއިލްއަށާ ގެނައީ… ޒަހާ ނާއިލްއަށް ކޮފީ ހެދިކަމެއް ނޭނގެ ކުރިންނެއް… ކާކޮޓަރިއަކަށްވެސް ނާންނަމެއްނު… ” ނާއިލްގެ މޫނަށް އެއްފަހަރު ނަޒަރު ހުއްޓާލުށްފަހު ކުޑަކޮށް އިސްޖަހައިލައިގެން އިނދެ އަޝްރާ ބުނެލިއެވެ. ” އޯހް… އަހަރެން ކޮފީ ހަދައިގެން ނިކުންތަނާ ކަންނޭނގެ އަޝްރާއަށް ތިދެވުނީ… ނާއިލް މެސެޖުކޮށްލާފަ މިނިކުންނަނީއޭ ބުނީމަ އަހަރެން ކޮފީ ރެޑީކޮށްލީ…” ހިނިތުންވެލައިގެން އިނދެ ޒަހާ ވާހަކަ ދެއްކިއެވެ. ” ހުމްމް… ވަރަށް ވަރަށް މީރު ޒަހާގެ ކޮފީ… އަޝްރާ… ޔޫ ޝުޑް ޓޭސްޓް އިޓް… ” ޒަހާ އާއި އަޝްރާއަށް ބަލައިލަމުން ނާއިލް ވާހަކަ ދެއްކިއެވެ. ” ޝުއަރ… ” ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން ދަތްތަކަށް ބާރުލާފާ އަޝްރާ ބުނެލިއެވެ. އަޝްރާގެ މޫނު މައްޗަށް ވެރިވި ކުލަވަރުން ނާއިލްއަށް ހިނިގަނޑު ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. އެވަގުތު އެގޭގެ ދޮރު ހުޅުވާލުމަށްފަހު އަރުޝަދު ވަނެވެ. ”އަރުޝަދު… އާދޭ އާދޭ… ރަނގަޅު ވަގުތެއްގަ ތިޔައީ… ޖޮއިން އަސް… ” އަޝްރާގެ ކައިރީގައި އިން ގޮނޑިއަށް އިޝާރާތްކުރަމުން ނާއިލް އެހެން ބުނުނާއެކު އަރުޝަދުވެސް އައިސް އެމީހުނާ ބައިވެރިވިއެވެ. އަޝްރާ އޭނާ ނާއިލްއަށް ތައްޔާރު ކުރ ކޮފީ މަގު އަރުޝަދަށް ދިއްކޮށްލިއެވެ. ހިނިތުންވެލަމުން އަރުޝަދު ކޮފީ މަގުގައި ހިފާ އެތިފޮދެއް ބޯލިއެވެ. ” ވަރަށް މީރު… ކާކު ތައްޔާރުކުރި ކޮފީއެއް… ” ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަރުޝަދު ބުނެލިއެވެ. ”އަހަރެން… ކޮންމެ ދުވަހަކުވެސް އާދޭ.. އޭރުން އަރުޝަދަށް ލިބޭނެ ކޮފީ… ” ކާމިޔާބީގެ ހިނިތުންވުމެެއް ނާއިލްއަށް ހަދިޔާކުރަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ނާއިލްއަށް ރައްދުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އަވަސް އަވަހަށް ވާހަކަ އޮޅުވާލިއެވެ.
ކޮފީ ބޮއެގެން ނިމިގެން އެންމެންވެސް ދިޔައީ އޮފީހަށް ދާން ތައްޔާރުވާށެވެ. ޒަހާވެސް މަސައްކަތް ކުރަނީ އަމިއްލަ ފަރާތެއްގެ އޮފީހެއްގައި ކަމުން އޭނަވެސް ތައްޔާރުވާން ކޮޓަރި ދާން ދިޔައެވެ. ” އަޝްރާ… މިގަމީސް އިސްތިރިކޮށްލަދީބަލަ ވަރަށް އަވަހަށް… ” ކޮޓަރިއަށް ދާން ހިނގައިގަން އަޝްރާ އާއި ނާއިލް ވާހަކަ ދެއްކިއެވެ. އޭރު ނާއިލް ހުރީ އޭނަގެ ކޮޓަރީގެ ދޮރު ހުޅުވައިގެން ގަމީސް ހިފައިގެންނެވެ. ” މިފަހަރު ކީއްވެ އަހަރެން… ޒަހާ އެހެރީނު… ޒަހާ އަހަންނަށްވުރެ މާރީތިކޮށް އިސްތިރިކޮށްލަދޭނެ… ކޮފީ ބުއީވެސް ޒަހާ ތައްޔާރު ކުރީމައެއްނު… އެހެންވީމަ ގަމީސްވެސް ލާންވާނީ ޒަހާ އިސްތިރިކުރީމަ… ” މިހެން ބުނެ އަޝްރާ ނާއިލްގެ ކޮޓަރި ހުރަސްކޮށް ދާން ހިނގައިގަތެވެ. ” ޒަހާ… މިގަމީސް އިސްތިރިކޮށްލަދީފާނަންތަ… ” އެވަގުތު ނާއިލްގެ ކޮޓަރި ދޮރު މައްޗަށް އެރި ޒަހާ ފެނި ނާއިލް ބުނެލިއެވެ. އަޝްރާގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. ” އިޓްސް އޯކޭ ޒަހާ… އަހަރެން އިސްތިރިކޮށްލާނަން… ވަރަށް ލަސްވެފައެއްނު ތިހުރީވެސްދޯ… ” ޒަހާ ގަމީހުގަ ހިފުމުގެ ކުރިން އަޝްރާ ގޮސް ނާއިލްގެ އަތުން ގަމީސް އަތުލަމުން އެހެން ބުނެ އިސްތިރިކުރަން އަވަސްވެގަތެވެ. ޒަހާ އޯކޭއޭ ބުނެ ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ނާއިލް އެއްމިޔަކަނުން ހީލައިގެން ހުރެ އަޝްރާއަށް ބަލަން ހުރުމަށްފަހު ފެންވަރާލުމަށް ކޮޓަރިއަށް ވަނެވެ.
ގަމީސް އިސްތިރިކޮށް ނިންމާލުމަށްފަހު އަޝްރާ ގޮސް މަޑުމަޑުން ނާއިލް ކޮޓަރި ދޮރު ހުޅުވާލިއެވެ. ކޮޓަރި ތެރެއެއް ވަށާއިގެން ނަޒަރު ހުއްޓާލުމަށްފަހު ސިއްރު ސިއްރުން މަޑު ފިޔަވަޅުތަކެއްގައި އަޝްރާ އެތެރެއަށް ވަނެވެ. ފާޚާނާއިގެ ބޮކި ދިއްލާފާ ހުރުމުން ނާއިލް އުޅެނީ ފާޚާނާގައި ކަން އޭނައަށް ޔަގީންވިއެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އަލަމާރީގެ ދޮރުފަތް ހުޅުވާ ގަމީސް އަލަމާރިއަށް ލިއެވެ. އަލަމާރީގެ ދޮރުފަތް ލައްޕާލުމަށްފަހު ފަސްއެނބުރުނު އަޝްރާގެ އަޑުން ތޫލި އަޑެއް އިވިގެން ދިޔައީ ޖެހޭ ނުޖެހޭހާ ކައިރީގައި ހުރި ނާއިލް ފެނިފައެވެ. އެވަގުތު ނާއިލް އަވަސް ހަރަކާތަކާއެކު އަޝްރާގެ އަނގަ މަތީގައި އަތް އެޅިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ވަގުތު ބަސްމޮށުންތެރިކަމާއި ނުލާ އެކަކު އަނެކަކާ އެތައް ވާހަކައެއް ހިއްސާކުރިއެވެ. ނާއިލްގެ ތޫނު ނަޒަރުން އަޝްރާގެ ގައިގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައިރު މުޅި މީހާއެކީ ފިނިވެގެން ދިޔައެވެ. ހަމައެކަނި ކަޅު ކުލައިގެ ޒަމާނީ ފަޓުލޫނެެއްގައި ހުރިއިރު ނާއިލްގެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. ދާދި ދެންމެއަކު ފެންވަރައިގެން އައުމުގެ ސަބަބުން ނާއިލްގެ ހަށިގަނޑުން ދުވަމުންދިޔަ ޝަވަރ ޖެލް ވަހުން ސިކުނޑި ތާޒާކުރުވިއެވެ. ބޮލުގެ އިސްތަށިކޮޅު ތެތްކޮށް ހުރިއިރު ނިއްކުރި މައްޗަށް ވެއްޓިފައިވި އިސްތަށިކޮޅުތަކުން އެފިރިހެންވަންތަ މޫނަށް ފެންތިކި ތަޅަމުން ދިޔައިރު ބަލާ ފޫހިނުވާހާ ހިތްގައިމެވެ. ނާއިލްއަށް ބެލެމުން ދިޔައީ އަޝްރާގެ ބޮޑު ދެލޮލަށެވެ. އެރީތި ދެލޮލާއި އެސްފިޔަތަކުގެ ފުރިހަމަކަމުން އެދެލޮލުގެ ޖާދުލުގައި ނުޖެހި އެއްވެސް މީހަކު ނުދާނެކަން ގައިމެވެ. ނާއިލް އޭނަގެ އަތް އަޝްރާގެ އަނގަމަތިން ނަގައި އެތުނި ތުންފަތަށް ނަޒަރު ހުއްޓާލިއެވެ. މަޑުމަޑުން ނާއިލްއަށް އަޝްރާ އާއި ގާތަށް ޖެހިލެވުނެވެ. ނާއިލްގެ ހޫނު ނޭވާ އޭނަގެ މޫނަށް އެޅުމުގެ ސަބަބުން އަޝްރާއަށް ދެލޯ މަރާލެވުނެވެ. އަޝްރާގެ އެހަރަކާތުން ނާއިލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ހިނދެއް ހިނދަކަށް ނާއިލްގެ މޫނު ކައިރިވަމުން ދިޔައިރު އަޝްރާގެ ހިތުގެ ތެޅުން ބާރުވެ ނޭވާ އަވަސްވެގެން ދިޔައެވެ. އެވަގުތު ފޯނެއްގައި ހުރެ ޒަހާ ވާހަކަ ދައްކަމުން ދިޔަ އަޑަށް ދެމީހުނަށް ސިހިފާ ދުރުވެލެވުނެވެ. އަޝްރާއަށް ސިހިފައި ނާއިލްގެ ދެލޮލަށް ބަލައިލެވުނެވެ. ނާއިލްގެ ލޮލުންވެސް ސިހުން ފެނިގެން ދިޔައެވެ. އަޝްރާ އަވަސް ހިނގުމެއްގައި ކޮޓަރިނއ ނިކުމެ އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އޭރުވެސް ހިތުގެ ތެޅުމަކަށް ބަދަލެެއްނާދެއެވެ.
އިއާން މިންހާގެ އިންތިޒާރުގައި ކާރުގައި މަޑުކޮށްލައިގެން އިނެވެ. މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނުކުން މިންހާ ފެނި އިއާންގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ކަޅު ކުލައިގެ އަބާޔާއަކާއެކު މަޑު ޕީޗްކުލައެއްގެ ޝޯލްގައި މިންހާ ފެންނައިރު ނުހަނު ހިތްގައިމެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ. ރީތި ހިނިތުންވުމެއް ތުންފަތުގައިވީއިރު އެހިނިތުންވުމުން އިއާންގެ ހިތާ ކުޅެލައެވެ. ކަޅު ކުލައިގެ އަތްދިގު ދަބަސް އެއް އަތުގައި އަޅުވާލާފައިވާއިރު އަނެއް އަތުގައި ހުދު ކުލައިގެ ޑޮކްޓަރސް ކޯޓު އޮތެވެ. ފަރި ހިނގުމެއްގައި އައިސް މިންހާ ކާރަށް އެރިއިރުވެސް އިއާންއަށް ބަލަހައްޓާއިގެން އިނދެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.








me first dhw?
Congratulations on being first iffa ???…
Hehe..me second dhw..kiyaafa comment eh kuraanan InSha Allah????
Waiting for your comment jiji ???❤️❤️❤️…
Salaam dear readers ❤️❤️❤️???… Here is the next part ???… Hope all will like this part too ???… Thankyou sooooooooo much for the support n love ❤️❤️❤️?????????… Next part In Sha Allah Wednesday night ga ???… Last part ge comment thakah reply kohlaanan In Sha Allah maadhama ge vaguthehga time vaavarakun ???… Love you all ❤️❤️❤️?????????…
Me thired .. varah dhuvass kohlaafa comment eh kohkevihjje… kiyaalaafa comment eh kohlaanan..
Mi Anaa …. ifooo kihinehtha… varah reethibmi part ves and kury parts ves .. busy kamun comment ehnukohleveny …… love you dear…
Hey Anaa ❤️❤️❤️???… I’m so happy to see ur comment ???… Haadha dhuvas fahunney dear ge comment eh mi libuny… V v v ufaavehje ingey ???… Thankyou sooooooooo much ❤️❤️❤️?????????… Alhamdhulillah ifoo hama v ragalhu ???… Hope your fine too ???… Much loves from me ❤️❤️❤️?????????…
Thanks ifoo sis. Masha Allah Varah reethi. Love you ???????❤️❤️❤️??????????❣️???
Shaa ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje story reethi v ma ???… Much loves from me ❤️❤️❤️?????????…
Me first dho? V reethi❤
This time not first… Try next time ingey… Thankyou soooooo much for the comment ❤️❤️❤️?????????…
Haadha kurey.. eh dhuvas fahunn up kuri iru vs kuda thankolheh unmydhukuran dhen inna part maadhan genesdheyne kamah
I tried my best… Bxy kamun mihaavarah liyevuny… ???… Thanks for the comment ❤️❤️❤️?????????… Next part In Sha Allah dhigu kohlaanan ???…
Masha Allah Varah reethi..
???????☺️☺️awesome
Good luck ????????????
Waiting curiously for the next part???
Nd when is the next part? ????
Anyway Ly ifoo???????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much Bts lover ❤️❤️❤️?????????… It means a lot for me ???… Next part In Sha Allah Wednesday night ga… Much more loves from me ❤️❤️❤️?????????…
Long part ekey bunee ekm haaaadha kurey ?
Jia ❤️❤️❤️… Sorry ???… I tried my best… Bt bxy kamun hama mihaavarah liyevuny… Next part In Sha Allah dhigu kohlaanan ???…
Mee 7th dhw Alheyy mi bai vess Varah reethi ??????Hehe waiting for nxt part love u ifoo sis
Jungkook ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Keep waiting ???… Much loves ???❤️❤️❤️??????…
Heyy …varahh reethi ingeyy storyy… dhen beynumii ashu n naail gulhen …varahh gulheyne dhe miihun ves…anyways hows u dear .. hope u are fine…much loves
Naukko ❤️❤️❤️… I’m fine ???… Hope your fine too ???… Thankyou sooooooooo much ❤️❤️❤️?????????… Keep waiting ???… Much more loves ???❤️❤️❤️??????…
Ifoo adhives naail nd ashraa gulhuvaakah noolhentha???? Mihaaru edhuvahakau inthizaaru kolla kolla dhonthi mi hunnanee?????Anyways this part is hama awesome ingey??????Ifoo you are really very talented in writing stories?????
Take care ifoooooo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤And i love you bodukoh
Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️????????? dhonthee … Keep waiting ???… Maa dhigu inthizaareh kuraakah nujeheyne dhen ???… Much more loves ???❤️❤️❤️??????…
Ifoo ashoo & naail aa dhekudhin evarah dhen nuthalhuvaa bunuvabala love you ey each other❤❤?? vaahaka varah reethi waiting for the next part??
Noor ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting ???… Maa dhigu inthizaareh kuraakah nujeheyne dhen ???… Much more loves ???❤️❤️❤️??????…
Please make naail and asraa a couple ????By the way this story oh I love it ❤ ❤ ❤ ❤ ❤ ❤
Lilly Aish ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting ???… Maa dhigu inthizaareh kuraakah nujeheyne dhen ???… Much more loves ???❤️❤️❤️??????…
Awwn mi part vas Vv reethi ?? waiting for nxt part ?
Mal ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…
Wow wow??….. vvvv rythi mipart ves?? …..alhe dhen naail aa ashraa aa gulhuva dhyba… kiyaa hithun invarun neyge nimun iruves hyvy maa kuruhen❤❤❤❤ ….. gud work dear ??????…….. next part wednesday ga up kohladhehchey….cant wait to read next part…..????
Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️????????? AMAAN … V v v ufaavehje ???… It means a lot for me ???… Keep waiting ???… In Sha Allah Wednesday night ga up kohdheynan ???… Much more loves ❤️❤️❤️?????????…
Wow vvvvv reethi mi part ves. Can’t wait for next part
Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️????????? … V v v ufaavehje ???… It means a lot for me ???… Much more loves ❤️❤️❤️?????????..
♥️♥️♥️♥️♥️♥️♥️♥️ Story is so nice heevany story thereyga ulhevey hen ?? waiting for the next epi ??
Awwwwnn ❤️❤️❤️???… Scarlet ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️????????? … V v v ufaavehje ???… Keep waiting… Much loves ❤️❤️❤️?????????…
?????masha allah ????v v v v v v v vv vreeethi ❤❤❤❤ v v v furihama ?????????? ??????????????? naail nd ashra vRah gulheyyy ????avahah dhemeehunn gulhuvaa ????? next part avahah up kohdhehcheyyy ??????????❤❤❤❤❤❤ LOVE U ?????????????
Awwwwnn ❤️❤️❤️???… Soooo colourful Comment ❤️❤️❤️???… I loved it ❤️❤️❤️… Thankyou sooooooooo much yaaanaa ❤️❤️❤️?????????… V v v ufaavehje ???… Abadhuvx wait kurevey yaaanaa ge colourful Comment akah ???… Keep waiting dear ???… Much more loves ❤️❤️❤️?????????…
Ma Sha Allah ..story is just fab…plc Ashra nd naail avahah couple akah hadhaaba ifoo..nd mi part ge sifakurun vv rythi ingey….Next part dhigukohlahchey darlinn..Luw yuh??????????????????????????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much jiji ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
haadha reehchey mi part ves!! You are one of my fav writers! I love you soooooo much!
Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Much more loves from me ❤️❤️❤️?????????…
Wow ????
You are awesome ????ifoo ?????
Keep it up ?????
Luv you?????????????
Can’t wait to read next part ?????????????
Awwwwnn ❤️❤️❤️???… Kim Seokjin ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Much more loves from me ❤️❤️❤️?????????…
Varah reethi mi part vs
You are awesome ????ifoo ?????
Keep it up ?????
Luv you?????????????
Can’t wait to read next part ??????
Masha Allah ??? v v v v v v v v furihama vefa rythi ingey mihaaru mi story ❤❤❤❤❤❤❤❤❤❤❤… I love it ????????????…. Ifooo ur a great n wonderful writer ?????????…. lysm ??????????
Naju ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ingey ???… Much more loves ❤️❤️❤️?????????…
Its here again finally..❤❤????..Wow..!!..This part also very intresting dear..❤❤????…This story is just awesome dear.❤❤????…Sifa kurun thah vex vrh reethi ingey…❤❤????…Actually the best story in the site for now dear..❤❤????…Nail and ash ge fight thah vrh salhi..❤❤????..Its so funny and intresting too..❤❤????…Now ash beynun vany kan neygey nail aa gulhen..❤❤????..Let see dhw what happens..❤❤????..Waiting for next part…❤❤????..You doing great job..❤❤????..Keep it up dear..Hope next part will be more intresting..❤❤????..Bring it long ingey ifoo…❤❤????..Much loves dear..❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
??woww
?✨Thisss part
❤️?can’t wait to read next part
Thankyou sooooooooo much @Ikleel ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ingey ???… Let’s see what happens ???… Much loves ❤️❤️❤️?????????…
Masha Allah ..
Awesome ????????????????
I have no words for you
OOOOMMMMGGGG
God bless you and love you loabi kuhjjjaawww?????
sry igey balikamun iyyrga comment nukurevuny waiting for the next part⏳⏳⏳⏳???????????
Ifoo negative comments vx annaane ..alhaa nulaathy keep going and doing your best as a writer ..???n ifoo thihaa bxy kon ulhemun vx mi part genesdhinythy v bodah thanks n mi part kureh noon Hama best..part that ma boadah dhigu v ma vx aslu Hadi vaane
.. mihaaru Hama best ..
My fav story writer n fav story ever inshallah…????
Awwwwnn ❤️❤️❤️???… Your so sweet dear ❤️❤️❤️???… Thankyou sooooooooo much girl ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Yeah… Both negative n positive comments are welcome hama ???… Thanks a lot dear for the support ❤️❤️❤️?????????… V v v ufaavey thikahala supportive reader eh libunyma ???… Sending more n more loves from me ❤️❤️❤️?????????…
??woww
?✨Thisss part
❤️?can’t wait to read next part
Thankyou soooooo much ❤️❤️❤️?????????… I have uploaded the next part ???…
Wow! this story is amazing ??
Manu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…
wow. my favourite story. cant read the next part.
Lillu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I have uploaded the next part ???…
As always story vv nice…btw ifoo aan minnu and naail ash gulhuvaafa emyhunge wedding ves onna hisaabah genesdhehchey…aslu first v rythi vees kanneynge aan and minnu eha nugulhuvaa aan ushaa aa ehkoh ulhegen minnu jealous kohlinama…
Aan ah ehen nuhedheynun ehaavarah loabi vanyaa …. ?❤❤
Someone ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens dhw ???… Yeah… Thi idea hama v ragalhu… ???… Kudakoh thafaathu kohlan vegen ebai nuhimeny… Much more loves ❤️❤️❤️?????????…
Hehhe… Yeah ???… He loves her soooo much ❤️❤️❤️???… Ehenve ehen kanthah kuran aan ah kihaa undhagoo vaane dhw ???…
Last night I have uploaded the next part ???… Now all of you can read it ???…
Koba vaaahaka
I am also waiting for the upload of next part..nuhyve ehaa avahah up vaane henneh
Waiting Waiting ?
I am also waiting for the upload of next part ?????
????????
Next part??
Waitinggg…..