Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރާ…( 8 ވަނަބައި)

layaaly Level 1100 Comments10 Stories
May 25, 2019 6 Mins Read
23 Comments

***********************************
މެންދުރު ނަމާދުކޮށް ނިއްމާގެން ކާހަދާގެން ފަޒީލް އާއި ޒިހާދު ދެމީހުން އެކީގައި ދިޔައީ އަތިރިމަތީގައި ހިރުނދު ގަސްތަކާއި ދިމާލުގަ ހުރި ހޮޅުވަށްޓަށެއެވެ. ފަޒީލް އާއި ޒިހާދު ދެމީހުން އެކިވާހަކަތައް ހިއްސާކުރުމުން ގެންދިޔައެވެ.މިހާރު އެދެމެދުގަ ވަނީ ވަރަށް ވަރުގަދަ އެކުވެރިކަމުގެ ގުޅުމެއް އުފެދިފައެވެ.”ފަޒީލް.. އައިރާ އަކީ ވެސް މިހާރު ބޮޑުވެފަ ހުރި ކުއްޖެއްނުން. އޭނަ ވަޒީފާއަކަށް ނުފޮނުވަންތަ؟. މިޒަމާނަކީ އެއްޗިތި ނުލަހިކު އަގުބޮޑެތި ޒަމާނެއް.” ޒިހާދު އައިރާ ވާހަކަ ދުރުދުރުން ފެށިއެވެ.”ދެތިންތަނަކަށް ސިޓީ ލާފިން މިހާރު. އެކަމަކުވެސް ނުލިބުނޭ. ކީއްކުރާނީ.” ދެރަވެލާފަ ފަޒީލް ބުނެލިއެވެ.”އާން. މިޒަމާނަކީ ފަސޭހައިން ވަޒީފާއެއް އަތުޖެހޭނެ ޒަމާނެއް ނޫންވިއްޔަ.މިހާރު އައިރާއަކީ ޒުވާން އަންހެންކުއްޖެއްނުން އޭނަ ވެސް ބޭނުންވާނެ ރަނގަޅު ވަޒީފާއެއް. އައިރާ ކިޔަވަން ކޮންމެވެސް ތާކަށް ފޮނުވާ ޙިޔާލެއް ފަޒީލްއެއް ނުކުރަންތަ؟”ޒިހާދު ބުނެލިއެވެ.”ކިހިނެތް ފޮނުވާނި. މިހާރުވެސް މިއުޅެނީ ކިރިޔާ ފުއްދާލާގެން.”އިސްޖަހާލައިގެން ހުރެ ފަޒީލް ބުނެލިއެވެ.”ފަޒީލް ތިކަމާ ޙާސްނުވޭ.އަހަރެންނަށް ފަޒީލް ތިކޮށްދިން ހެޔޮކަމުގެ ބަދަލުގަ އަހަރެން އައިރާއަށް ކިޔެވުމުގެ ފުރުސަތު ހޯދާދީފާނަން. އެވަރުގެ ތަނަވަސްކަން އިރާދަކުރެއްވީތީ އަހަރެން ކިބާގަ އެބަހުރި. މިކަމާ ފަޒީލް ރުހި ޤަބޫލުތަ؟” ޒިހާދު އެހިއެވެ.ފަޒީލް އެކަމާ އުފާވިއެވެ.އަދި އެސިކުންތުގަ އެމޫނުމަތިން ފެނުނު އުފާވެރިކަމުގެ ކުލަވަރު އޮއްސިގެންދިޔައެވެ.”ފަޒީލް ޤަބޫލެއް ނޫންތަ؟” ފަޒީލް ފަރާތުން ޖަވަބެއް ނައުމުން އަނެއްކާވެސް ޒިހާދު އެއްސެއެވެ.”ނޫން ޤަބޫލުނުވަނީކީ ނޫން.އަހަރެން ބޭނުމެއްނޫން އަހަރެންގެ ލޯމަތިން ދުރަށް އައިރާ ފޮނުވާކަށެއް. އަހަރެން އައިރާއަށް އިތުބާރުނުކުރާތީކީއެއް ނޫން.އަހަންނަށް އިނގޭ ދުވަހަކުވެސް އައިރާ އަހަރެމެން ދެރަވާނެ އަދި ލަދުގަންނާނެ ފަދަ ކަމެއްނުކުރާނެކަން.އެވަރު ޔަޤިންކަން އަހަރެން ދީފާނަން. އެއީ މިހާ ހިސާބަށް އައިރާ ބޮޑުވެގެން އައިރުވެސް މީހެއްގެ ފަރާތުން އަދި ނޯންނާނެ އައިރަ ގޯސް ކަމެއްކޮއްގެން ޝަކުވާއެއްހާ ހިސާބުވެސް ކޮއްފައެއް.އެހެންނަމަވެސް އަހަންނަށް އައިރާ ވަށާގެން މިވާ މީހުންނަކަށް އިތުބާރެއް ނުކުރެވޭނެ. މިހާރުވެސް އަހަރެންގެ ދަރިފުޅަށް ކަޅިއަޅަ ހުންނަ ފިރެހެނުން ވަކި މަދެއްނޫން. އަދި އައިރާއާއި ޖައްސާލާގެން ތިބޭ ބަޔަކުވެސް މަދެއް ނޫން. އެދަރި އަހަރެމެންގެ ލޯމަތިން ފޮނުވާލާފަ އެދަރިއަށް ކަމެއްވެއްޖެއްޔާ ދުވަހަކުވެސް އަހަރެންގެ ނަފްސަކަށް މަޢާފެއް ނުކުރެވޭނެ. އައިރާ އަހަރެން ކުރިމަތީގަ ހުންނަކަމަށް ވަނީނަމަ އަހަރެންގެ މިހިތަށް ހިތަހަމަޖެހިލާގެން އުޅެވޭނީ” ފަޒީލް ބުނެލިއެވެ.”ފަޒީލްގެ ނިންމުން ގޯހެކޭ މަށެއް ނުބުނާނަން. އަހަރެން އެބައޮތް ފަޒީލްގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ. ފަޒީލް ރުޅިއައިސްދާނެތީ މިވާހަކަ ދައްކަން ވަރަށް ފަސްޖެހޭ. އަހަރެން މިވާހަކަ ބުނެގެން އަހަރެން ދެކެ ފަޒީލް ރުޅިނާއްނާތި އިނގޭ.” ޒިހާދު ވަރަށް ކަންބޮޑުވެފަ ހުރެ ބުނެލިއެވެ. “ހޫމް… ރުޅިއެއް ނާންނާނަން.” ސުވާލު ނަޒަރުން ޒިހާދު ދިމާލަށް ބަލާލަމުން ފަޒީލް ބުނެލިއެވެ.” އަހަރެން ހުންނާނެ ފިރެހެން ދަރިއެއް. މިހާރު އޭނަގެ އުމުރުން 22 އަހަރު ވެއްޖެ. އަހަރެން އޭނަގާތު ބުނިން އަހަރެން ބޭނުންވާ އަންހެން ކުއްޖަކާއޭ އޭނަ ކައިވެނި ހަމަޖައްސާނި. އެހެން ކިޔާފަ އޭނަ ޖަވާބެއް ނުދެވި އުޅެނިކޮއް ފުރީ. ކަންދިމާވި ގޮތުން މިރަށަށް މި އާދެވުނީ. ފަހަރެއްގަ މިހެން މިވީ އަހަރެންގެ ނަސީބު ރަނގަޅުކަމުން ކަމެއް އަދި ނޫންކަމެއް އަހަންނަށް ބުނާކަށް ނޭންގެ. ފުރަތަމަ ދުވަހުވެސް އަހަންނަށް އައިރާ ފެނި އެހުންނަ ރިވެތި އަޙުލާގާ ގެވެހިކަމުން އަހަރެންގެ މިހިތަށް އެރީ ޒަވީންއަށް އުފާވެރި ދިރިއުޅުމެއް ލިބޭނީ އައިރާފަދަ ކިޔަމަންތެރި ކުއްޖެއްގެ ފަރާތުން. އައިރާ ލިބޭނީ ވަރަށް ނަސީބުގަދަ ފިރެހެނަކަށް. ފަޒީލް މިކަމާ ރުހެންޏާ އަހަރެންގެ ދަރިފުޅާ ކައިވެނި ހަމަޖައްސަންވީ. މިކަމާ ނުޤަބޫލިއްޔާ އަހަރެން މީ ފަޒީލްގާތު ނުދައްކާ ވާހަކައެއް ގޮތުގަ ބަލާ އިނގޭ” ފަޒީލް ދޭނެ ޖަވާބެއް ނޭނގޭތީ ޒިހާދު އެވާހަކަތައް ބުނީ ވަރަށް ހާސްވެ ހުރެއެވެ. ފަޒީލްގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ޒިހާދު ކަންބޮޑުވިއެވެ. އަދި އެވާހަކަ ދެއްކުނީތީ މޮޔަ ހިތަށްއެރިއެވެ.”ފަޒީލް އަހަންނަށް މާފު…” ޒިހަދު ވާހަކަ ހުއްޓާލުމަށް ފަޒީލް އިޝާތްކުރުމުން ޒިހާދު އެވާހަކަ ހުއްޓާލިއެވެ. “ޒިހާދުވެސް ދޯ. މާފަށް އެދޭ ވަރުގެ ކަމެއް ޒިހާދު ކުރީކީއެއް ނޫނެނުން.ހެހެހެހެ…މަށެއް ރުޅިއެއް ނާދޭ.މަވެސް މިހުންނަނީ އައިރާ ރަނގަޅު މީހާކައި ކައިވެނި ހަމަޖައްސަން ވިއޭ ހިތާ.އަހަންނަށް ވެސް އިނގޭމީ އައިރާގެ ޒުވާން އުމުރުކަން.ގިންފަހަރު ގިނަ އަންހެންުދިން ޒުވާންދުވަސްވަރު މަގުއޮޅިގެން ދަނީ. ޒިހާދު އެދުނު ކަންތައް ގޯހެއްނޫން. އެކަމް އަހަރެން އެކަނި ތިހާ ބޮޑު ނިއްމުމެއް ނުނިއްމޭނެދޯ. މިކަމުގަ އިޔާޝަ އަދި އައިރާގެ މަޝްވަރާއެއް ބޭނުންވާނެ.”ފަޒީލް ބުނެލިއެވެ.”ހޫމް…އެންމެ ރަނގަޅު. ފަޒީލް ވެސް ބޭނުމޭނުން އައިރާއަށް ކިޔަވާގެން ރަނގަޅު ވަޒީފާއެއް ލިބެން. އަހަރެން ދަރިފުޅާ އިނދެގެންވެސް ތިކަންވެދާނެ. އޭރުން ފަޒީލް ވެސް ނުޖެހޭނޭނުން އައިރާއަށް ކަމެއްވެދާނެތީ ބިރުން އުޅޭކަށް އައިރާގެ ކަންކަމާ ޒިންމާ އުފުލާނެ މީހަކުވެސް ވީނުން.” ޒިހާދު ވަރަށް ހެވިލާފަ އިނދެ ބުނެލިއެވެ. “އާންދޯ.. ތިބުނީވެސް ތެދެކޭ.އަހަރެން ތިކަމާ ހިތުން ރުހުމުން ޤަބޫލު. ދެން އެހެންމީހުންގެ ޙިޔާލެއް ހޯދާފަ ޒިހާދު ގާތު ބުނާނަން” ފަޒީލް ބުނެލިއެވެ.”ފަޒީލް އައިރާ މިކަމާ ޤަބޫލުވެދާނެތަ؟”ޒިހާދު އޭނަ ހިތުގަ ފޮރުވާގެން އޮތް ސުވާލު ކުރިއެވެ.”ހެހެހެ…އައިރާ އެއީ އަހަރެމެން ކުރަންބުނާ ކަންތަކުގަ ދުވަހަކުވެސް ދެބަސްވެފައެއް އަދި ނޯންނާނެ.އަހަރެމެން އެދޭ ކޮންމެ އެދުމެއް ފުރިހަމަކުރަން އައިރާ ހުންނާނި ހަމަ ތައްޔާތަށް. ދެންވެސް އައިރާ ދެބަސްވާންވި އެއްވެސް ސަބަބެއް ނޯންނާނެ.”ފަޒީލް އެހެން ބުނެލިއިރު އެއަޑުގަ ވަނީ ޔަޤީންކަމެއެވެ. ޒިހާދުގެ ހިތް އުފަލުން ނަށާލިއެވެ. “އޭތް ހިނގާ ގެއަށްދާން ވާހާކައަަކާ ޖެހިގެން މިހާރު އެހުރި ޢޞުރުވަނީ. އިރުކޮޅެއް ނުވެ ޢަޞުރު ވަގުތުވާނެ. މަ ޖެހޭނެ އަދި ފައިޒީން ގޮވައިގެން މިސްކިތަށްވެސް ދާން. ހިނގާ އަވަހަށް ދާން” ފަޒީލް ދާން ހިނގާ ގަންނަމުން ބުނެލިއެވެ.. ފަޒީލް އާއި އެއްވަރަށް ޒިހާދުވެސް ހިނގާގަތެއެވެ.
*****************************************
ފަލަމަސްގަނޑުގެ ބޮޑުބައެއް ހާމައަށް ފެންނަންހުރިއަންހެން ކުއްޖާ ހުރީ ޖިންސުފޮތީގެ ކުރު ސޯޓެއްލާފައި އޭގެ އިތުރުން ލާފައިވަނީ މަޑު ރީންދޫ ކުރު ޓޮޕްކޮޅު ކުރިމަތިން ބެގީޖަހާފަ ފަހަތައް ދޫކޮއްލާފައެވެ.ލާފަ ހުރި ހެދުމުގެ ކޮނޑު ހުރީ ދެކޮނޑު ބޭލިފަ ހުރުމުން އެއަންހެންކުއްޖާގެ ކޮޑު އޮތީ ހާމަޔަށް ފެންނާށެއެވެ. އެއަންހެންކުއްޖާ ހުރީ ޕޭމެންޓްމަތީގަ ފޯނާއި ކުޅެލަކުޅެލައެވެ.އަރާފައިވާ އުސް ކަށި ފާވަނުގެ ސަބަބުން އިހުނަށް ވުރެން ދިގުކަމަށް ދައްކައެވެ. އެއަންހެންކުއްޖާގެ ކުދި ރާޅުބާނީ އިސްތަށިގަނޑު އޮތީ ގަދަ މުށިކުލައަކުން ޑައި ކުރެވިފައިވާއިރު ކިރިޔާ ކޮނޑަހަމަޔަށް އަންނަވަރަށް ކޮށާލާފައެވެ. މޫނުމަތީ ދަގަޔަށް ފައުންޑޭށަން އުނގުޅަފަ ގަދަޔަށް މޫނުމަތީގަ ފުށް ޖަހާލާފަ ހުރުމުގެ ސަބަބުން ހީވަނީ ގޮދަންފުއް ބާދިއްޔަކަށް ބޯކޮއްޕާލާގެން އައިސްހުރިހެންނެއެވެ. ލޮލުގައި މަސްކަރާއަޅާލަފަ ވާއިރު ލޮލުގެ ބޮނޑިމަތީ ހުރީ މަޑުރީންދޫ ކުލައިގެ މޭކަޕެއް ޖައްސާފައެވެ. އެއަންހެންކުއްޖާގެ ތުންފަތުގަވަނީ ގަދަގަދަ ރަރްކުލައެއް ޖައްސާފައެވެ.ދުރުން ފެންނަމީހަކަށް ފެންނާނި ދިއްލިފަ އިން ރަތްބޮއްކެއްގެ ސިފައިގައެވެ. އެހާވެސް އެތުންފަތުގައި އެވާ ކުލަ ހުރީ ގަދަކޮށެއެވެ. ހިމަކޮއްފައިވާ ބުމަގައި ވަނީ އައިބްރޯ ލައިނާރ އަކުނަ ފަވާލެވިފައެވެ. މޫނުމަތީ ކޮއްފައިވާ ގަދަ މޭކަޕުގެ ސަބަބުން ދޮންކޮށް ފެނުނު ކަމުގައި ވީނަމަވެސް އެއަންހެންކުއްޖާގެ އަތާއި ފަޔަށް ބަލާލާފަ ވެސް އެއީ ކިރިޔާ ދޮންކުލައެއް ލިބިފަ ހުރި މީހެއްކަން އިނގޭނެއެވެ. މަގުންދާ މީހުންގެ ތޫނު ނަޒަރު ހުއްޓުނެއް ކަމަކު އެއަންހެންކުއްޖާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ޙާއްސަކޮއް މަގުންދާ ބައެއް ފިރެހެނުން އެއަނަހެންކުއްޖާގެ ހަށިގަނޑަށް ބަލަމުން ދިޔައީ ދަހިވެތި ނަޒަރުންނެއެވެ. އަންހެންކުއްޖާގެ އަތުގަ އޮތް ފޯނު ދޭތެރެއަކުން ކަންފަތުގަ ޖައްސާލަފަ ދުރުކޮއްލައެވެ.ހީވަގޮތުން އެއަންހެންކުއްޖާ ގުޅިޔަސް އެމިހަކު ފޯނު ނުނަގަނީއެވެ. އެއަންހެންކުއްޖާ ހުރީ މޫނު ކުނިކޮއްލާގެންނެއެވެ.
ކުދައިރުކޮޅެއްގެ ފަހުން ސައިކަލުގައި އައި ޒުވަނާ މަޑުކޮއްލީ އެއަންހެން ކުއްޖާގެ ކުރިމަތީގައެވެ.އަދި އަންހެންކުއްޖާ ދިމާލަށް ބަލާލަމުން ވަރަށް ރުޅިއައިސް ހުރެ އެއަންހެންކުއްޖާގެ ނަމުން ގޮވާލިއެވެ.”ނިޝާ” އެއަންހެންކުއްޖާ އެ ޒުވާނާއާއި ދިމާލަށް ބަލާލަމުން ތުންފިއްތާލިއެވެ.”އާދެވިއްޖެ ދޯ. ބަލަ މަމިތާ ހުންނަތާ މިހާރު 20 ވަރަކަށް މިނެޓް މިވަނީ. ނޭންގެނީތަ އަވަހަށް އަންނަންވެސް” ނިޝާ ބުނެލިއެވެ.”ޓްރެފިކްގަ ޖެހިގެންނޭ ލަސްވީ. އަޅެ ނިޝް ބަލާބަލަ މީހުން ނިޝް ދިމާލަށް ބަލާވަރު. ތިނޫންހެދުމެއް ނިޝް އަކަށް ލާން ނޭންގުނުތަ؟. ދާންވީނުން އެހެން ހެދުމަކަށް ޗޭންޖުކޮއްލާގެން އަންނަން. އަހަރެން މިތާ ބޭރުގަ މަޑުކޮއްލާފާނަން”ޒަވީން ބުނެލިއެވެ. ގިނަމީހުން އެދެމީހުންނަށް ބަލާވަރުން ޒަވީން ހުރީ ލަދުގަންނަ ގޮތްވެފައެވެ. “ސަބަސް ޒަވީންއަށް ކީއްވީތަ މީހުން ބެލިޔަސް. ލޯހުރީމަ ބަލާނޭނުން. މޮޔަތަ؟” މަލާމާތު ފާޑަށް ނިޝާ ބުނެލިއެވެ.”ނިޝް ހާދަވަރަކަށް މޭކަޕުކޮއްފަ. އަހަންނަށް މާރީތި އަންހެންކުދިން މޭކަޕް ނުކޮށް ހުންނަށްޏާ. އައި ލަވް ނެޗްރަލް ބިޔުޓީ.” ޒަވީން ބުނެލިއެވެ.” ޒަވީންނަށް ކޮންކަމެއްތަ؟ އަހަރެން އުޅޭނި އަހަރެން ބޭނުންވާ ގޮތަށް. ސޯ ކީޕް ކުއައިޓް” ޒަވީންގެ ސައިކަލު ފަހަތަށް އަރަމުން ނިޝާ ބުނެލިއެވެ.ޒަވީން އިތުރުއެއްޗެކޭ ބުނުމެއްނެތި ސައިކަލު ދުއްވާލިއެވެ. ނިޝާ ދުވަހަކުވެސް ޒަވީންޢައި އެއްކޮޅަށް އެއްޗެކޭ ނުބުނާނެކަން ޒަވީންއަށް އިނގޭތީ ނިޝާ ދިމާލަށް އެއްޗެކޭ ނުބުނީއެވެ.މާލޭގެ މަގުތަކުން ދުއވަމުންދިޔަ ޒަވީންއަށް ގިނަ އަންހެންކުދިންގެ ލޯތައް ހުއްޓިފައިވާތަން ނިޝާއަށް ފެނުމުން އެކަމާ ފޮނިވެލިއެވެ. އަދި ކުރިއަށްވުރެން ޒަވީންއާއި ގާތްވެލާފަ އެހަށިގަނޑުގަ ތަތްވެލިއެވެ.ނިޝާގެ މި ޢަމަލުން ޒަވީންއަށް އުނދަގޫވާންފެށުމުން ބުނެލިއެވެ.”ނިޝް މީހުން ވަރަށް ބަލާއެބަ. ރީތިކޮށް އިނެބަލަ ގައިގަ ތަތްނުވެ” ނިޝާ ތުން އަނބުރާލާފަ ޒަވީންގެ ހަށިގަނޑާ ދުރަށްޖެހިލިއެވެ.

ކުޑައިރުކޮޅެއްގެ ތެެރޭގަ ޒަވީން ގޮސް މަޑުކޮއްލީ ބޮޑު ރެސްޓޯރެންޓެއްގެ ކުރިމައްޗަށެއެވެ. ޒަވީން ސައިކަލު ޕާރކު ކުރުމަށްފަހު  ނިޝާ ގޮވައިގެން ކުރިމަތީގަ ހުރި ރެސްޓޯރެންޓަށް ވަނެވެ.އެއީ އަބަދުވެސް ކޮންމެވެސް ރެސްޓޯރެންޓަކަށް ގޮސް ދެމީހުން އެކީ ކައިހެދުމަކީ އެދެމީހުންގެ އާދައެކެއެވެ. ޒަވީން ގޮސް އިށީނީ ރެސްޓޯރެންތެރޭ ކަނެއްނެއްގަ ހުރި މޭޒުދޮށުގައެވެ. ވެއިޓަރ އެތަނަށް އައުމުން ޒަވީން ގެންނަންވީ އެއްޗިތި އޯޑަރުކޮއްލިއެވެ. ވެއިޓަރުމީހާ ހިތްހެޔޮ ހިނިތުންވުމެއް ޒަވީންއަށް ހަދިޔާކޮއްލާފަ އެތަނުން ދިޔައެވެ.

ވެއިޓަރުމީހާ ދިޔުމުން ޒަވީން ނިޝާ ދިމާލަށް ބަލާލިއެވެ. ނިޝާ ހުރީ ފުސްމޫނު ހަދާލައިގެން އޭނަދިމާލަށް ބަލަހައްޓައިގެންނެއެވެ.”ނިޝް މިހާރު ތިއިނީ ކިހިނެތްވެފަ؟” ޒަވީން އެހިއެވެ.”ނޭންގެ މަށަކަށް.” ތުންއަނބުރާލަމުން ނިޝާ ބުނެލިއެވެ. “ތިހެން މޫނު ހަދާގެން ހުއްޓަސް މަށަކަށް ނޭންގޭނެ. ބުނީމަދޯ އިގޭނި” ފުރަތަމަފަހަރަށް ނިޝާ ދިމާލަށް ޒަވީން ބާރަށް އެއްޗެކޭ ބުނެލިއެވެ.”ވާވް.ވާވް. އަޅެ އަރެމެން ދެމީހުން މިއުޅެނީ ރައްޓެހިވެގެންތަ؟” އަތްޖަހަމުން ނިޝާ ބުނެލިއެވެ.”ޝައްކުވަނީތަ؟ ރައްޓެހިވެގެން ނޫޅޭނަމަ މިއަދު ނިޝާ ބަދަލުގަ މިތާއިންނާނި އެހެން ކުއްޖެއް”ހިތްހަމަނުޖެހި ހުރެ ޒަވީން ބުނެލިއެވެ. އެހެންފަޙަރުތަކާއި ޙިލާފަށް މިފަހަރު ޒަވީން ހުރީ ނިޝާ އެންމެތަންފުކެއްވެސް ދޫކުރާ ގޮތަކަށް ނޫނެއެވެ.”އާން އަހަންނަށް ޝައްކު. ޒަވީން ގަޔާ އަހަރެން ކިރިޔާ ގާތަވެލިޔަސް ޒަވީންއަށް އުނދަގޫވޭ. އެހެންވެގެންނޭނުން ކޮންމެފަހަރަކު އަހަރެން ދުރުކޮއްލަނީވެސް” ނިޝާ ބުނެލިއެވެެ.”އަހަރެން އެފާޑަށް އުޅެން ބޭނުން ނުވާތީ. މިހާރު ބައްޕަ އަހަރެންންގެ ކައިވެނި މީހަކާއި ހަމަޖައްސަން އެބައުޅޭ. ނީޝް އަހަރެން ބޭނުމެއް ނޫން އެކައިވެންޏެއް ކުރާކަށް. ހިނގާބަ އެކައިވެނި ނުކުރެވެނީސް ދެމީހުން އިންނަން” ޒަވީން ބުނެލިއެވެ.”ހައްހައްހާ… ތީ ބޮޑު ފިނޑިއެއްނުން. މަށެއް ނޫޅެން ތީނައަކާ އަދި އިންނާކަށެއް. ތީ ބޮޑު ފިނޑިއެއްނުން. ދެން ބައްޕަދައްކާ މީހަކާއި އިނެބަލަ. އެބުނާ މީހަކައި އިނަސް އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅެވިދާނޭނުން” ހިނގަނޑެއް ޖަހަމުން ނިޝާ ބުނެލިއެވެ.”އެހެންތަ ހީކުރީ. މަ އޭނަ އާއި ކައިވެނި ކުރާނަމޭ ބުނެފިއްޔާ” މަލާމާތުގެ ރާގަކަށް ޒަވީން ބުނެލިއެވެ.”ހައްހައްހާ.. ތީނަ އެކަން ކޮއްފާނެ ކަމާމެދު ޝައްކު. ތިމީހާއަކަށް އެއްކަމެއް ކުރާކަށްވެސް ނުކެރެވޭނެ. އެއަށްވުރެން މާ ފިނޑި މީހެއްތީ. ތީނަ ހިކުރީދޯ ތީނަ ކައިވެންޏެއް ކުރާ ވާހަކަ ބުނީމަ މަ ބިރުދަންނާނެކަމަށް އެހެން ހީވާނަމަ އެއީ ކުއްހީއެއް” ހެމުން ނިޝާ ބުނެލިއިރު އެރާގުގަ ވެސް ވަނީ މަލާމާތެއެވެ. ޒަވީން ލޭ ކެކިގަތެއެވެ.ނަމަވެސް ހިމޭންވީ މީހުންގެ ކުރިމަތީގަ އޭނަގެ އަބުރަށް ހުތުރުއަރުވަން ބޭނުން ނުވާތީއެވެ.”އަދި އެއްވާހަކަ އަހަރެން މާދަން ރާއްޓެމެންނާ އެކު ރިސޯރޓަށް ދާން މިއުޅެނީ. ދެހަފްތާ އެކޮޅުގަ ހުރެފަ މިކޮޅަށް އާދެވޭނީ. އަސްލު މިވާހަކަ ޒިވީން ގާތު ބުނާކަށް އަހަންނަކަށް މުހިއްމެއް ނޫން. ދެން އެކަމަކު ބުނެލީ” ނިޝާ ބުނެލިއެވެ.”ނުދެވޭނެ ނިޝާއަކަށް.ނިޝާ ގޮއްސިއްޔާ މި ރިލޭޝަން މި ހިސާބުން ނިމުނީ” ޒަވީން ބުނެލިއެވެ.” އޯހް… ޒަވީން ހީކުރީ ޒަވީން އަހަރެން ދޫކޮއްލީމަ ދެން އަހަންނަށް މީހުން ނުވާނެކަމަށްތަ؟ ތިއަށްވުރެން މާ ފައްކާ މީހުން ވެސް އަހަންނަށް ވެދާނެ. ޒަވީން އަކަށް އަހަންނެއް ނުހުއްޓުވޭނެ. ބަލަން ހުންނާތި އަހަރެން ދާންވެސް ދާނަން. ޒަވީންއަށް އެއްކަމެއްވެސް ނުކުރެވޭނެ. ސޯ ބާއ. އަހަރެން މިތަނަށް މިއައީ މިވާހަކަ ބުނަންވެގެން. ސޯ އައި އޭމް ގޮއިން ނައު” ނިޝާ އެހެން ބުނެފަ ގޮނޑިން ތެދުވިއެވެ. “ނިޝާ… މިހާހިސާބުން މި ރިލޭޝަން މި ނިމުނީ. ޔުއާރް ނޮޓް މައި ޖީއެފް އެނީމޯރ.” ޝަހާދެތް އިނގިލި ނިޝާ ދިމާލަށް ދިކޮއްލާގެން ޒަވީން  އެހެން  ބުނިއިރު ޒަވީން ތޫނު ދެލޮލުގައިވާ ވިދުވަރު އިހުނަށްވުރެން ގަދަވެފަ އައިސްފަހުރި ގަދަ ރުޅީގެ ސަބަބުން ހީވަނީ ނިޝާ އެ ތޫނު ދެލޮލުން ފިއްސާލަފާނެހެންނެއެެވެ. ރުޅިއައިސްފާލެއް ބޮޑުކަމުން ޒަވީންގެ މޫނަށް ވަނީ ރަތް ކުލަފެތުރިފައެވެ.ނިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޒަވީން ކިތަންމެ ރުޅިއަޔަސް ހާދަ ރީއްޗޭ އެވަޤުތު ނިޝާ ހިތަށްއެރިއެވެ.”ޔޭ… ސޭމް ހިޔާރ” ނިޝާ ދެކޮނޑު އަރުވާލާފަ އެހެން ބުނެލިއެވެ. އަދި އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރުމެއްނެތި އެތަނުން ނިކުމެގެން ދިޔައެވެ.

އިރުކޮޅެއްފަހުން ވެއިޓަރު އައީ އޯޑަރުކުރިއެއްޗިތި ހިފައިގެންނެއެވެ.”ޒަވީން ޖީބުން ވޮލެޓްނަގާފަ ފައްސަތޭކަ ނޫޓެއް އެވެއިޓަރުގެ އަތަށް ދިއްކޮއްލަމުން ބުނެލިއެވެ.” އޯޑަރުކުރި އެއްޗިއްސަށް މި ލާރި ކަނޑާ” އަދި އެތަނުން ދާން ހިގާގަތެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ވެއިޓަރު މީހާ ގޮވާލުމުންނެއެވެ. “މިހުރީ ފުޑް ނިމިފަ. ވޭސްނުކުރަނީ ފުޑް.މިތާ މަޑުކުރަނީ….ބާކީ ރުފިޔާ ގެންނަ ގޮތް ހުންނަނަނަ ދެން” ވެއިޓަރުމީހާ ކޮށަމުން އޭމީހާއަށް އިނގޭގޮތަށް ދިވެހިން ބުނެލިއެވެ.”މަށެއް ބޭނުމެއް ނޫން ބާކީއެއް. ތިމީހައަށް ބާކީ”ވެއިޓަރުމީހާ އެއްޗެއް ބުނުމުގެ ކުރިން ޒަވީން އެތަނުން ނިކުމެގެން ދިޔައެވެ.

********************************

ރޭގަނޑު ކައި އެންމެންނިމުން އެހެންދުވަހޭ އެއްގޮތަށް އައިރާ ހުރީ ހަޑިވެފަ ހުރި ތަށިތައް ދޮންނާށެއެވެ. އެންމެން ކައި ނިމުމުން ފައިޒީން އާއި ޒިހާޒު ވެސް ވީ ކޮޓަރިއަށް ގޮހެއެވެ.އިޔާޝަ އުޅުނީ މޭޒުމަތި ސާފުކޮށް ކާއެއްޗިތި ހޫނުކުރާށެއެވެ.”އިޔާޝާ” ފަޒީލް ގޮވާލިއެވެ.”ހޫމް… ކީއްވީ؟” އިޔާޝާ އެހިއެވެ.”އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ.” ފަޒީލް މަޑުމަޑުން އިޔާޝާ ކަންފަތްދޮށުގަ ބުނެލިއެވެ.”މަންމާ.. ތަށިތަށް ދޮވެ ނިއްމާލި މި. ދެން ކީއްކޮއްދޭންވީ” އައިރާ އެހިއެވެ.”ދެން ދަރިފުޅު ދޭބަލަ ކޮޓަރިއަށް. މިހާރު މި ނިމުނީނުން. މަންމަ ދާނަން އިރުކޮޅަކުން ބައްޕައާއި ވާހަކަ ދައްކާލަން ހުރެފަ”އިޔާޝާ ބުނެލިއެވެ. އައިރާ  އާއިކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި އޭނަގެ ކޮޓަރިއަށް ދާން ހިނގައިގަތެއެވެ.”ހޫމް..ފަޒީލް ކޮންވެނި ބޮޑު ވާހަކައެއްތަ؟” އިޔާޝާ ސުވާލު ކޮއްލިއެވެ.” ހިނގާބަލަ މިތާ ޖޯލިފަތިގަ ޖައްސާލަން. ހަމަޖެހިލާގެން ދައްކާކަހަލަ ވާހަކައެކޭ” ފަޒީލް ބުނެލިއެވެ.އިޔާޝާ އެއްޗިތި ހޫނުވުމުން އުދުން ނިއްވާލިއެވެ. އަދި އަތްދުވެލިއެވެ.”ހިނގާ ޖޯއްޔަށް” ފަޒީލް ދިމާލަށް ބަލާލަމުން އިޔާޝާ ބުނެލިއެވެ. ފަޒީލް އާއި އިޔާޝާ ދެމީހުން ގޮސް ޖޯލީގަ ޖައްސާލިއެވެ.”ކޮބާތަ ތި ބުނަން އުޅޭ ބޮޑު ވާހަކަ؟” އަނެއްކާވެސް އިޔާޝާ އެހިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaaly

Level 1100 Comments10 Stories

I love to write story.([email protected]) this is my gmail ID.

Other Articles

Previous

އިންތިޒާރުގައި ހުންނާނަމޭ ލޯބިން. [ކިޔުންތެރިންގެ ސަމާލު ކަމށް]

Next

ބުނެދޭށޭ ރުހެމޭ 32

Next
May 25, 2019

ބުނެދޭށޭ ރުހެމޭ 32

Previews
May 25, 2019

އިންތިޒާރުގައި ހުންނާނަމޭ ލޯބިން. [ކިޔުންތެރިންގެ ސަމާލު ކަމށް]

23 Comments!

  1. jiji says:
    May 25, 2019 at 10:46 am

    Me first dhw…will commment after readinggg???????❤❤????

    1. jiji says:
      May 25, 2019 at 11:00 am

      Woah????…layaa darlinn..yuh r so so much talented ingey…Vv rythi mi part vec…Nd cover pic vec vv hiyygaimu ingey????..Plc next part avahah upkohdhyba… Can’t wait to read.hehe..Luw yuh????

    2. layaaly says:
      May 25, 2019 at 10:06 pm

      yeh ur first. THANK U SOOOOO MUCH

  2. Ib@ says:
    May 25, 2019 at 11:34 am

    Wow vvv reethi.you have talent to write stories.cover pic ves vvv salhi.darling story Hama vvv furihamyah hurihaa part eh ves ?genes deny.when next part ??luv yah layaaly darling gd luck♥️♥️♥️♥️♥️???☺️☺️

    1. layaaly says:
      May 25, 2019 at 10:06 pm

      THANK U SOOOOO MUCH

  3. Ibsha says:
    May 25, 2019 at 1:37 pm

    Varah reethi

    1. layaaly says:
      May 25, 2019 at 10:05 pm

      THANKS

  4. Lilly Aish says:
    May 25, 2019 at 2:49 pm

    Wow so superb ????I’m loss of my words. Love this story just I love it ❤❤❤❤❤❤❤❤❤

    1. layaaly says:
      May 25, 2019 at 10:05 pm

      THANK U SOOO MUCH.

  5. chaya says:
    May 25, 2019 at 2:57 pm

    when is the next part?
    nice

    1. layaaly says:
      May 25, 2019 at 10:04 pm

      liyevunu emeh avahakah up kuraanan. thanks

  6. Kiuntheriyaa says:
    May 25, 2019 at 9:06 pm

    Thi girl friend ehtha heevanee hama hetiloreh hen???

    1. layaaly says:
      May 25, 2019 at 10:04 pm

      nope adhi bf eh nunagan kiyavaaathy. u no baeh meehun mihala majaa kanthah kuraathan fennathy i ekanthah image kohfa liyanunii.

  7. Mal? says:
    May 25, 2019 at 9:59 pm

    V reethi ?

    1. layaaly says:
      May 25, 2019 at 10:00 pm

      THANK YOU

  8. Dhonthee says:
    May 26, 2019 at 10:02 am

    Yes
    Layaaly ge mi vaahaka heekurivarahvureves dhonthi au varah reethi
    Its amazing hama
    Vvvvv beautiful
    Kuriah huri parts thah ves varah reethi vaanekamau ummeedhukuran
    Furathama faharu kanneynge mee dhonthi au comment kurevey
    Ehnnoonas we are friends ennu mihaaru
    I am your big fan layaaly

    1. layaaly says:
      May 26, 2019 at 1:01 pm

      Thanks dhonaa. yeh we are friends ingey. i have many dhonthee so i call u dhonaa ingey.

  9. Kitty says:
    May 26, 2019 at 9:19 pm

    Masha allah vvvvv reethi mi part ves…???? Hurihaa part eh vx aslu kiyaifin but comment nuveveny bxi kamun sorry ingey but all the parts are fab… Madhu madhun hunna mistakes thah feney.. But mihaaru eves rangalhu vamun dhany.. Keep it up my dear.. Much love ??????????

    1. layaaly says:
      May 26, 2019 at 11:19 pm

      THANKS SOOO MUCH. alsu first v ma mistake varah gina vaane dhw.

    2. Kitty says:
      May 27, 2019 at 1:11 am

      Yes but dear ge ehaa eh noon.. Ur very good.. Just keep on going like that always ???

  10. Luc!f3r says:
    May 26, 2019 at 9:22 pm

    Nishaa aa faizeen ge characters eh neynge.. But dammmnn.. Zavaa looks like yoona?.. Airaa looks Kim so-hyun.. Nice..
    This is episode has fewer mistakes.. Most of those can be avoided if u read it before posting..
    Waiting for next episode..

    1. layaaly says:
      May 26, 2019 at 11:21 pm

      yeh. THANKS. adhi fahun annah baithakuga dhen huri characterge baithah annani. adhi vaahakaige medhah adhi kiyaa e aranii. THANK U SOOOO much

  11. Dhonthee says:
    May 26, 2019 at 11:35 pm

    Layaalyyyyyyyyyyy
    Dhonthi au dhonaa keema dhonthi varah dhera vaane???????

Comments are closed.

Next Episodeއައިރާ…( 9 ވަނަބައި)←


All Right Reserved!