Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ސަތާރަވަނަބައި)

InaaSh Level 210 Stories100 Comments
May 23, 2019 3 Mins Read
18 Comments

”ޝާޔަން އައި ލަވް ޔޫ…..”
ނައިލްގެ ބަސްތައް އަޑުއިވި ޝާޔަންއަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައެވެ. ޝާޔަންގެ އެރީތި ހިނިތުންވުންފެނި ނައިލްއަށް އާ ހިތްވަރެއް ލިބިގެންދިޔަފަދައެވެ. ނައިލްއަށް ވެސް ހިނިތުންވެލެވުނުވެ. ކުޑައިރުޅެއް ހޭދަވެގެން ދިޔައީ އެކަކުވެސް އިތުރު އެއްވެސް އެއްޗެކޭ ނުބުނެއެވެ.
”ނައިލް……އެކަމް……އަހަރެން……އަހަންނަށް ވުރެ ނައިލްއާ މާ އެކަށީގެންވާ ކުދިން ތިބޭނެ އެއްނު…..އަހަރެން މީ ކާކު…..އަހަންނަށް ކުޑަ މިނުން ނޭންގޭ ނައިލް ހުންނަ ސިފައެއް ވެސް….އެވަރުވެސް ނޭންގޭ މީހެއް އަހަރެންމީ……އަހަރެން……”
ޝާޔަންއަށް ވާހަކަ ފުރިހަމަ ނުކުރެވުނީ ނައިލް ޝާޔަންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ”ޝޫޝް” އޭ ބުނީމައެވެ. ޝާޔަން ލާން އުޅުނު ނޭވާވެސް ކަރުތެރޭގައި ތާށިވިފަދައެވެ.
”އެހެން ކިތައްމެ ކުދިންނެއް ތިއްބަސް……އަހަރެން ލޯބިވަނީ ޝާޔަން ދެކެ އޭ……އެހެންވީމަ އަހަންނާ އެންމެ އެކަށީގެންވާ ކުއްޖަކީ ޝާޔަންއެއްނޫންތަ؟…..ދެން ތިބުނީ އަހަރެން ހުންނަ ސިފައިގެ ވާހަކަ ދޯ….ހެހެހެ…..އިންޝާ ﷲ ވަރަށް އަވަހަށް ޝާޔަންގެ އޮޕަރޭޝަނަށްފަހު ޝާޔަންއަށް އަހަރެން ހުންނަ ގޮތެއްވެސް އިނގިގެންދާނެ……”
ނައިލްގެ ވާހަކަ އަޑުއިވި ޝާޔަން އިތުރަށް ލަދުގަތުން ނޫންކަމެއްނުވިއެވެ.
”ސޯ ވިލް ޔޫބީ މައި ގާރލްފްރެންޑް؟…..”
ޝާޔަން އިސްޖަހައިލައިގެން ހުރެ މަޑުމަޑުން ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ނައިލްއަށް ޝާޔަންގެ ގައި ބައްދާލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ކުޑަ އިރުކޮޅަކު އެހެން ހުރުމަށްފަހު ޝާޔަން ގައިން ދޫކޮށްލަމުން ނައިލް މަޑުމަޑުން ޝާޔަންގެ ނިތުގައި ބޮސްދިނެވެ. ޝާޔަންއަށް ލިބުނު ކުއްލި ހައިރާންކަމާއި އެކު ދެލޯމަރާލެވުނު އިރު ހިތްހީވަނީ މޭކަށިގަނޑު ފަޅާލައިފައި ނިކުމެދާނެހެންނެވެ.
”ތެންކިޔޫ ސޯމަޗް……މީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް…..އައި ލަވް ޔޫ ސޯ މަޗް….”
ނައިލް ޝާޔަންގެ އަތުގައި ހިފާލަމުން ބުނެލީ ނިކަން ލޯބިންނެވެ. ޝާޔަންއަށް ހިނިތުންވުން ފިޔަވާ އިތުރުކަމެއް ކުރާކަށް ނޭންގުނެވެ.
”އުހުމް…..އުހޫމް…..”
ނައިލް ސިހިފައި ފަހަތް ބަލާލީ ރަޝާ ދާދި ކައިރިން ކަރުކެހެލިއަޑަށެވެ.
”ދެން އިހަށް ރޮމާންސް ނުކޮށް ވިވަގުތަށް ހުއްޓާލާ…..މީ މަގުމަތި ވީއްޔަ އެހެންނޫނަސް…..ސާބަސް އިނގޭ ޅިޔަންބެއަށް…..”
”ކީކޭ؟….ޅިޔަންބެއޭ؟…”
ޝާޔަންއަށް އަވަސް އަވަހަށް އަހައިލެވުނެވެ.
”ހެހެ….ސާބަހޭ ދޮންތައަށް…..ދެން އިންޝާﷲ ފިއުޗާރގަ އެއީ އަހަރެންގެ ޅިޔަންބެ އެއްނު ދޯ….”
ނައިލްއަށް ހީގަނެވުނީ ރަޝާގެ ވާހަކައަޑުއަހާފައެވެ.
”ދެން އަވަހަށް ފެމެލީ މީހުން ގަބޫލުތޯ ބަލާ ތި ރިލޭޝަން މާދުރަށް ނުދަނީސް…އެހެންނޫނީ ފަހުން ދެރަވަން ޖެހިދާނެ……”
ރަޝާހީވަނީ ނަސޭހަތްދޭން ފެށިއިރު ދުރުވިސްނޭ އުމުރުން ދުވަސްވެފައި ހުރި މީހެއް ހެންނެވެ.
”ހެހެ…..މާދަން އަހާނަން…..ޝާޔަން ދެންދޭ އިނގޭ……ގުޑް ނައިޓް….”
ރަޝާއާއި ޝާޔަންގެއަށް ވަދެގެން ދިއުމުން ނައިލް ޖީބަށް އަތްޖަހައިލަމުން ގެއަށް ދިއުމަށްޓަކައި ހިނގާގަތީ ވަރަށް ހިތްހަމަ ޖެހިފައި ހުރެއެވެ.
”ކޮންކަމަކަށް ގެއްލިފަ؟….އާން އެހެންޔާ މިއޮށްވަރަށް ގޮވާއިރުވެސް ހަބަރެއް ނުވޭ ވީއްޔަ؟…”
ސައިކަލުގައި އައި ޝާއިން ގޮވާގޮވާ ވެސް ނައިލްގެ ހަބަރެއް ނުވުމުން ބަރުގޮން އަޅާލިއެވެ. ނައިލް ފަސްއެބުރި ބަލާލި އިރުގައި ޝާއިން އައިސް ނައިލް ކައިރީގައި މަޑުކުރަނީއެވެ. ނައިލް ބޭނުންވީ ވަގުތުން ޝާއިންއަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ. އެހެންކަމުން ޝާއިންއާއި އެކީގަ ސައިކަލުގައި ކެފޭއަކަށް ދިޔައީ ހަމަޖެހިލައިގެން އެވާހަކަ ކިޔާދިނުމުގެ ބޭނުމުގައެވެ. ޝާއިން ހިތްހަމަ ނުޖެހި ދާނެތީވެ ނައިލް ކޮންމެވެސް ވަރަކަށް ކަންބޮޑު ވިނަމަވެސް ނައިލް ޝާއިންއަށް އެވާހަކަ ކިޔާދޭންބޭނުމެވެ. ކޮފީޖޯޑުއަތަށް ނަގައިގެން އިން ނައިލް ވިސްނަމުން ދިޔައީ އެވާހަކަ ފަށާނެ ހިސާބަކާއި މެދުގައެވެ.
”ސާބަސް ނައިލް…..ކޮންކަމަކާތަ މާ ވަރަކަށް ތި ވިސްނަނީ؟….ބުނެލައިގެން އުލެބަލަ ނިކަން…..އޭރުނެއްނު އަހަންނަން ވެސް ތިވެގެން އުލޭގޮތެއް އިނގޭނީ؟…”
ޝާއިންއަށް އެންމެ ފަހުން ނީންދެވިގެން ބުނެލިއެވެ
”ހެހެ….އާން އެވާހަކަ ކިޔާދޭށޭ މިއުޅެނީ……ތި ނިކަން ކެއްތެރި ވެބަލަ…..”
ނައިލް ކޮފީތަށި ތިރީގައި ބަހައްޓަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. ނައިލް ވާހަކަފެށީ އެންމެ ފުރަތަމަ އެރަށަށް އައި ހިސާބުންނެވެ. ނައިލް އެންމެ ފުރަތަމަ ޝާޔަންއާއި ދިމާވި ހިސާބުން ފެށިގެން މިހާތަނަށް ދިމާވި ހުރިހާ ވާހަކައެއް ޝާއިންއަށް ކިޔާދިނީ އަވަސް ވެފައި ވާހިތަކާއި އެކުގައެވެ. އެންމެ ފަހުން މިރޭ ހިނގާދިޔަ ހުރިހާކަމެއް ކިޔާދީ ނިންމާލަމުން ނައިލް އިސްޖަހާލީ ޝާއިން ބުނާނެ އެއްޗެއް ނޭންގޭތިއެވެ.
”ނައިލް ތި ވިސްނަނި އަހަރެން ބުނާނެ އެއްޗަކާއި މެދުގަ ވީއްޔާ….އަހަރެން ބުނެލަން އޮތީ…..އަހަރެން ވަރަށް އުފާވެއްޖެ ޝާޔަންއަށް ނައިލްފަދަ ރަގަނޅު ކުއްޖެއް ލިބުނީތިވެ…..ޝާއިން ހިތްހަމަ ޖެހިގެން އުފަލުން އުޅޭހާ ހިދަކު އަހަރެންގެ އެއްވެސް މައްސަލައެއް ނެތް….އަހަންނަށް ހަމަ ޔަގީން ބައްޕަމެންވެސް މިކަމަށް ގަބޫލު ވާނެކަން…..”
ޝާއިންގެ ވާހަކަ ތަކުން ނައިލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަފަދައެވެ. ނައިލްއާއި ޝާއިން ގެއަށް ދިޔައި އެތަށް ވާހަކަ ދެއްކުމަށްފަހުގައެވެ. ނައިލް ނިންމީ އަނެއްދުވަހު ބައްޕަމެނަށްވެސް އެވާހަކަތައް ކިޔާދޭށެވެ. ނަމަވެސް ނައިލް ގެއަށް ދިޔަގޮތަށް އެންމެ ފުރަތަމަވެސް ނާއިރާގެ ކޮޓަރިއަށް ގޮސް އެވާހަކަ ބުނެލީ ނާއިރާ އުފާވާނެ ވަރު އިނގޭތީއެވެ. ވީވެސް ނައިލް ހީކުރިގޮތަށެވެ.
”އޯ އެމް ޖީ…..އަމް ސޯ ސޯ ހެޕީ ފޯ ޔޫ ގާއިސް……”
ނާއިރާ ގާތުގައިވެސް ކުޑައިރުޅެއް ހޭދަކޮށްލުމަށްފަހު ކޮޓަރިއަށް ގޮސް ނިދަން އޮށޯތީ ވެފައިވާ ވަރުބަށްޔެއްގެ ސަބަބުންނެވެ. ޝާޔަންގެ ހިޔާލުތަކުގައި އޮތް ނައިލްއަށް ނިދޭކަށް މާގިނައިރު ތަކެއް ނުނެގިއެވެ. އަނެއްދުވަހުގެ ހެދުނު ސައިބޯން އިދެފައި ނައިލް ބައްޕަމެނަށް އެވާހަކަ ކިޔާދިނީ ބައްޕަމެން ބުނާނީ ކީކޭ ކަން ނޭންގޭ ހާލުގައެވެ. ނައިލްގެ ވާހަކަ އަޑުއިވި އަނިލްއާއި ނިޝާވެސް ވަރަށް އުފާވިއެވެ. އަދި އަނިލް ވަގުތުން ރިޔާޒްއަށް ގުޅާ ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރިޔާޒްއާއި ޝާޒިޔާވެސް ނައިލްއާއި ޝާޔަންގެ ގުޅުމަށް މަރުހަބާ ކިޔުން ވެގެން ދިޔައީ ނައިލްގެ ބޮލުން ބޮޑު ބުރައެއް ލުއިވެގެން ދިޔަ ކަމަކަށެވެ. ނައިލް ސައިބޮއިގެން އަތިރިމަށްޗަށް ދިޔައީ ޝާޔަން އެތަނުގައި އިންނާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ނައިލް ހީކުރިގޮތާއި ހިލާފަށް ޝާޔަންއެއް އެތަނުގައި ނެތެވެ. ނައިލް ރާޅުޖަހާފަށުގައި މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރުގައި މުނުމަތީގައި ރީތި ހިނިތުންވުމެއް ވިއެވެ. ދުވަސްތަކަކަށް ފަހު ނައިލްގެ ދިރިއުޅުމަށްވެސް އުފާވެރިކަންއައީއެވެ. ނައިލްއަށް ދުއާ ކޮށްލެވުނީ މި އުފާވެރިކަން ގިނަ ދުވަހަށް ދެމިގެން ދޭތޯއެވެ. ނައިލްގެ ފޯނަށް މެސެޖެއްއައީ އެގޮތަށް ހުއްޓައެވެ.
”ހާދަ ހިތްހަމަ ޖެހިފައޭ ދޯ…..ޑޯންޓް ބީ ސޯ ހެޕީ ނައިލް……”
އެ މެސެޖަށް ފަހު އަނެއްކާވެސް އެހެން މެސެޖެއްއައެވެ. ނައިލް އެ މެސެޖް ހުޅުވާލަމުން އެކިޔާލީ އަވަސްވެފައި ވާ ހިތަކާއި އެކުގައެވެ.
”ލުކް ބިހައިންޑް…….”
ނައިލް ފަސްއެބުރި ބަލާލިއިރުގައި ފެނުނު މަންޒަރަކުން ފޯނުވެސް އަތުން ދޫވެގެން ބިންމަށްޗަށް ވެއްޓުނު އިރު މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ ކުލަވަރެވެ.
”އާ…..އާރަވް…..”
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

aira
Previous

އައިރާ……. (7 ވަނަބައި)

Next

މިވާ ވަރު ބުނެދޭ ހިތްވޭ 2 ވަނަ ބައި

Next
May 23, 2019

މިވާ ވަރު ބުނެދޭ ހިތްވޭ 2 ވަނަ ބައި

Previews
May 23, 2019

އައިރާ……. (7 ވަނަބައި)

aira

18 Comments!

  1. Sidu says:
    May 23, 2019 at 5:56 am

    Dhen vaanee Kihineh baa

    1. InaaSh says:
      May 23, 2019 at 5:04 pm

      Lets see ?

  2. jiji says:
    May 23, 2019 at 10:51 am

    Oh my…I’m sooo curious…mi part salhi inge v….whn next…avahah up kohdhyba ingey??❤??

    1. InaaSh says:
      May 23, 2019 at 5:05 pm

      Jazakillah khairan ? insha allah soon up kohlaanan ?

  3. Reader? says:
    May 23, 2019 at 11:19 am

    Finally thi arav akah wes aadhe wihje dho… ? lets see what happens next..so curious

    1. InaaSh says:
      May 23, 2019 at 5:05 pm

      Lets see ?

  4. ފާތުމަތު says:
    May 23, 2019 at 11:19 am

    Arav hadhaany kihineh baa? Anw mi part wes v reethi…but maa kury

    1. InaaSh says:
      May 23, 2019 at 5:05 pm

      Jazakillah khairan ?

  5. Amin says:
    May 23, 2019 at 11:21 am

    V reethi… waiting for next part ?

    1. InaaSh says:
      May 23, 2019 at 5:06 pm

      Jazakillah khairan ?

  6. Ibsha says:
    May 23, 2019 at 11:25 am

    Dhen adhi reethi vaany…wow varah reethi

    1. InaaSh says:
      May 23, 2019 at 5:06 pm

      Hehe jazakillah khairan ?

  7. inaak says:
    May 23, 2019 at 4:08 pm

    Alheyy Arav aey dhw.. kihineh baa hadhaany.. btw stry vvvvvv reethi ingey… Alhe nxt prt miahvure dhigu kollahchey ingey.. luvv ur stry..

    1. InaaSh says:
      May 23, 2019 at 5:06 pm

      Jazakillah khairan ? balaanan dhigu kohlaweytho ?

  8. Jee says:
    May 23, 2019 at 6:08 pm

    Wow. Varah nice. ??
    Maasha allah, you are so talented INAASH ??

    1. InaaSh says:
      May 24, 2019 at 11:07 pm

      Jazakillah khairan ??

  9. ℂ???ℕ ℂℝ?? says:
    May 24, 2019 at 1:41 pm

    Vvvv nice

    1. InaaSh says:
      May 24, 2019 at 11:07 pm

      Jazakillah khairan ?

Comments are closed.

Next Episodeމާޒީ (އަށާރަވަނަބައި)←


All Right Reserved!