އައިރާ (6…… ވަނަ ބައި)
*******************************************
އިރުގެ ގަދަ ހޫނާއި އަވި މަޑުވަމުން ގޮސް ހަވީރުގެ ފިންޏަށް އެޅެން ފެށިއެވެ.ގޭގައި އެކަކުވެސް ނެތްހެން ހީވުމުން ޒިހާދު ބޭރު ގޯތިތެރެއަށް އޭނަގެ ފޯނު އަތަށްލާގެން ނިކުތެއެވެ.އަތުގައޮތް ފޯނުއޮތީ ލާނޗް މައަޗަށް އެރީއްސުރެން ނިއްވާލާފަ ކަމުން ޒިހާދު އޭނަގެ ފޯނު އޮން ކުރިއެވެ.އެއާކު ޒަވާގެ އެތައް މެގެޖްތަކާއި މިސްކޯލުތައް އައިސްފައި ހުއްޓެއެވެ.މީގެ އިތުރުން އެހެންމީހުންގެ މިސްކޯލުތަކާއި މެސެޖްތައް އައިސްހުރިލެއް ވަކި މަދެއް ނޫނެއެވެ. ޒިހާދު ގޮސް ގޯތިތެރޭގަ ހުރި ޖޯއްޔެއްގައި ހަމަޖެހިލައިގެން އިށީންދިއެވެ.އަދި ފުންނޭވާއެއް ލިއެވެ.އަތުގައޮތް ފޯނަށް ބަލާލަމުން ނަންބަރަކަށް ޑައިލްކޮއްލިއެވެ.
*******************************************
ޒަވާ އިނީ އޭނަގެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެއެވެ. އެމޫނުމަވަނީ މާޔޫސްކަމެއެވެ.ދެވަނަ ސިކުންތުގައި ޒަވާ ގޮސް އެނދުމއްޗަށް ވެއްޓިގަތެއެވެ. އަދި އަތުގަ އޮތް ފޯނު އެނދުމައްޗައް އެއްލާލިއެވެ.ކުއްލިއަކަށް ފޯނު ރިގުވާން ފެށިއެވެ.ނަމަވެސް ޒަވާ އެއަކަށް އަޅާއެއް ނުލިއެވެ. މެދުކެނޑުމެއް ނެތި ފޯނު ރިންގުވާން ފެށުމުން އެންމެފަހުން ޒަވާގެ ބޮލަށް އުދަގޫވެގެން އެނދުމަތިން ތެދުވެގެން ގޮސް ގުޅަނީ ކާކުތޯ ބެލުމެއްނެތި ފޯނު ނަގާ ކަންފަތުގަ ޖައްސާލަމުން ބުނެލިއެވެ.”އަޅެފަހ،ެ މާވަރަކަށް ތި ގުޅނީ ކީއްކުރަންތަ ތިއްތިބޭ؟”ޒަވީން ކަމަށް ހީކޮށް ޒަވާ ބުނެލިއެވެ. “ދަރިފުޅާ ޒަވާ ބައްޕަ ދެކެ އެހާ އަވަހަށް ރުޅިއައީތަ؟” ޖަވާބުގައި ޒިހާދު ބުނެލިއެވެ.ޒިހާދު އަޑު ޖެހުމުން ޒަވާ ރޯންފެށިއެވެ.”ދަރިފުޅާ ކީއްވެ ތި ރޮނީ. ދަރިފުޅަށް ކަމެއްވީތަ؟” ހާސްވެފަ ހުރެ ޒިހާދު އެއްސެއެވެ.”ބައް…ބައްޕަ ކޮންއިރެއް ދިޔަތާ އަޅުގަނޑަށް ގުޅާވެސް ނުލާ. ބއަްޕަ އަޅގަނޑު މަތިން ހަނދާން ނައްތާލި.” ޒަވާ އެހެން ބުނެލިއިރު އެއަޑުގައި ތުރުރުރުލުމެއް އުފެދިފަ ހުއްޓެއެވެ. ޒިހާދު ވެސް ދެރަވިއެވެ. އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ޒަވާ ހަމަޔަކަށް އެޅެން ކުޑަ ވަޤުތު ކޮއްޅެއް ދިނުމަށްފަހު ޒިހާދުއަށް ދިމާވި ހާދިޝާ އެއްވެސް ފޮރުވުމެއްނެތި ޒަވާއަށް ކިޔާ ދިނެއެވެ. ޒަވާ ދެރަވީވަރުން ބާރަށް ރޮއެގަތުނެއެވެ އަދި ބައްޕައަށް ވީ ކިހިނެއްތޯ ބެލުމެއްނެތި އެއްޗިކިޔުނީތީ ޒިހާދު ކިބައިން މާއާފަށް އެދުނެއެވެ.” ދަރިފުޅު ނުކުރޭ މާފަށް އެދޭ ވަރު ކަމެއް. ދަރިފުޅު ދެރަނުވާތި އިރާދަކުރެއްވިއްޔާ 3 ދުވަސްފަހުން ބައްޕަ ހުންނާނީ ދަރިފުޅު ގާތުގަ.”ލޯތްބާއެކު ޒިހާދު ބުނެލިއެވެ.ޒަވާ ހޫމްވެކޭ މަޑުމަޑުން ބުނެލިއެވެ.”ޒަވާ ކޮބާ ތިއްތިބެ؟”ޒިހާދު އެހިއެވެ.”ބޭރަށް ގޮސް ވީ” ޒަވާ ޖަވާބު ދިނެއެވެ.”އެހެން. ތިއްތިބެ ކާރީގަ ބައްޕަ ސަލާން ބުނި ވާހަކަ ބުނާތި އިނގޭ. މިވަގުތު ދެން ބޭއްވި. ޒަވާ ބަސްއަހާގެން އުޅޭތި.އެހެން ބުނެފައި ޒިހާދު ފޯނު ބޭއްވިއެވެ.
***************************************
ފޯނު ބާއްވާފައި ޒިހާދު ޖޯލީގައި ރަނގަޅަށް އޮށޯވެލިއެވެ. އިރުކޮޅެއްނުވަނީސް ގޭތެރެއިން އައިރާ ނިކުތެއެވެ. މަޑުހިނގުމެއްގައި އައިސް ޒިހާދު ކުރިމަތީގައި ހުއްޓިލިއެވެ.”ބޭބެ ދޭ މޭޒުދޮށަށް މިހާރު މިދަނީ ސާ ތައްޔާރު ކޮށްދޭން” ރީތި ހިނިތުންވުމާއެކު އައިރާ ބުނެލިއެވެ.”ނޫނޭ.ބޭބެ މީ މާގިނަ ކެއުންތަކެއް ކާ މީހެއް ނޫން.ރޭގަނޑު ދެން ކެވޭނީ” ހީލަމުން ޒިހާދު ބުނެލިއެވެ.”ކޮބާ ގޭގެ ދެން ތިބި މީހުން؟”ޒިހާދު އެހިއެވެ.”ބޭބެ ނިދާފަ އޮތީމަ ބައްޕަ ގޮއްސި. މަންމަ ވީ މިތާ ކާރި އަވަށްޓެރިއެއްގެ ގެއަށް ގޮއްސަ. އަޅުގަނޑު ކާރީ ބުނީ ބޭބެ ހޭލީމަ ސާ ހަދާލަ ދޭށޭ. ފައިޒީން ވެސް ހިނގައްޖެ ކުޅެން. މިހާރު އަންނަން އުޅޭނެ އިރުއޮއްސޭކަށްނު އެއުޅެނީ.”ޒިހާދު ސުވާލަށް ޖަވާބު ދީފަ އައިރާ ގޮސް ގޭތެރެއަށް ވަދުނެއެވެ.
އައިރާ އެތަނުން ދިޔުމުން ޒިހާދު އޭނާގެ ކަނާއަތް އޭނަގެ ތަނަވަސް ނިއްކުރިމަތީގައި ބާއްވާލިއެވެ.އަދި ޒަވީން ދޭތެރޭގައި ވިސްނަންފެށިއެވެ. ޒަވީނއާއި އެއްކޮން އެއުޅޭ އަހްހެނާ ކާރިން ކޮއްމެ ގޮތެއް ހަދާފައި ވެސް ދުރުކުރަން އެބަ ޖެހެއެވެ. ހިތަށްއެރި އެއްޗަކުން ޒިހާދު ހީލިއެވެ. އައިރާ އާއި ޒަވީން އެދެމީހުން ކިހާ ގުޅޭހެއްޔެއެވެ. އައިރާ އާއި ގުޅުވާފިނަމަ ޒަވީންގެ ދިރިއުޅުން އުޖާލާވެގެން ހިނގާދާނެއެވެ.ކައިވެނި ކުރުމަށްފަހު ޒިވީންއަށް އަށް އައިރާދެކެ ލޯބިވެވިދާނެ އެވެ. އައިރާއަކީ ރަނގަޅު ސިފަ އެކަނި މިލްކު ކޮއްފައިވާ ކުއްޖެއް ނޫނެއެވެ. އާދަޔާ ޙިލާފު ރީތިކަމެއް ވެސް ލިބިފައި ވެއެވެ. ޒިހާދު ބޭނުންވީ ފަޒީލް ކާރި އެވާހަކަ ރަނގަޅު ގަޑިއެއްގައި ދައްކާށެއެވެ. ސުވާލަކީ ފަޒީލްމެން އެކަމާއި ޤަބޫލުވާނެ ހެއްޔެއެވެ؟ އެކަމަކުވެސް އެހިދާނޭނުންހެއެޔެވެ؟ޤަބޫލުކަމެއް ވެސް އަދި ނޫންކަމެއްވެސް އިނގޭނީ އަހާގެންނުން ހެއްޔެއެވެ.
10ވަރަކަށް މިނެޓް ފަހުން އިޔާޝާ އާއި ފައިޒީން ގޯތިތެރެއަށް ވަދެގެން އައެވެ.”ފައިޒީން އަކަށް ނޭންގޭދޯ މަންމަ ބަލާ ނުދަނީސް ގެއަށް އަންނާކަށް. ބަލާބަލަ ގަޑިން ވީވަރު. މީހާރު މަޣްރިބް ނަމާދު ބަންގި ގޮވަން ކުޑަތަންވެފަ އެހުރީ. މިއަދުވެސް ތެޅި ފޮޅިގެން ކުކުޅު ފެންވަރާ ގޮތަށް ފެންވަރާގެން ދޭ ނަމާދަށް. ހަނދާން ކުރާތި ދެން މީގެ ފަހުން އިރުއޮއްސުމުގެ ކުރިން ގެއަށް ނައިސް ހުރިއްޖެނަމަ ކުޅެން ދާކަށް ހުއްދައެއް ނުދޭނަން” އިޔާޝާ ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.”މޮމް ސޮރީ ދެނެއް އެހެންނެއް ނުވާނެ” ފައިޒީން އޭނަ މަންމަގާތު މަޢާފަށް އެދުނެއެވެ. “ހޫމް…ދެން ވެސް ލަސްނުކޮއް ދޭބަލަ ފެންވަރަން އޭރުން ޖަމާޢަތް ލިބެންވާއިރަށް ދެވޭނީ”އިޔާޝާ ބުނެލިއެވެ. ފައިޒީން ތެޅެފޮޅެމުން ގޮސް ފާހާނައަށް ފެންވަރަން ވަދުނެއެވެ. 10 ވަރަަކަށް މިނެޓްވުމުން ފެންވަރާލައިގެން ފައިޒީން ނިކުތެއެވެ. މަޣްރިބް ނަމާދު ބަންގި ގޮވަން ތިންވަރަކަށް މިނެޓްވެފައިހުރުމުން ފައިޒީން އަވަހަށް ރީތިވެލާގެން ކޮޓަރިން ނިކުތެއެވެ. އޭރު ޒިހާދު ވެސް ވުޟޫ ކޮއްގެން ގޯތިތެރޭގައި ނިކުމެގެން ހުއްޓެއެވެ.ގޯތިތެރޭން ފައިޒީން ނިކުތުމުން ޒިހާދު ހިނިތުވެލާފައި ފައިޒީން ދިމާލަށް ބުނެލިއެވެ.”ބޭބެ ވެސް ދާނަން ފައިޒީން އާއެކު މިސްކިތަށް ހިނގާދޯ ދާން”ޖަވާބުގައި ފައިޒީން ބޯޖަހާލިއެވެ.އަދި ދެމީހުން އެކީ މިސްކިތަށް ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.



Layaaly…. vaduneve nukiyaaane… vaneve kiyaany.. ehen hunna mistake thah rangalhu khlyma hama perfect… ????❤????❤❤????????❤❤vvvv salhi mi part ves…
Then heevany fazeel men gabool vaany hen… hingaa dhw dhen balamaa when next part.. thankolheh dhigu kohlhahchey.. ingey. ????❤❤??????❤❤???❤?????????
thanks friend
layaaly vaahaka dhakaairu fasheyhaiee vadhunii like that. egthah kiyanii. ehenve ehen liyevifa eyndhi next time handhaahuriyaa correct kuraanan
Reethi ?
Tank u
Reethi varah kuru
thank u
wow..varah reethi..waiting for next part 😉
THANK U
Haaadha kureyy..
sorry
Kulhen dhaa gina kudhin fenvaraany kukulhu fenvaraa hen dhw… hehhe.. just joking ingey..Stry hama habeys ingey… Bt thankolheh kuru kanneyge… hope nxt prt dhigu vaane kamah…
thank u n sorry
salhi ingeyy mi part…Alheyy I think zaveen nd airaa gulheyny hn…Assu einynu kukulhu fenvaraa gothah fenvarai geney dhw …I was laughing hama ethankolhu kiyaaha?.. hehe.. Dear next part miahvure dhigukurahche..Curiously waiting ❤❤❤?????????
hehehe. THANK U
sorry readers. varah dhigikoh liyunin but handhaanethigen save nukoh indha neynge v gotheh ves. anekaa alun liyan jehunii ekam hithah erii liyenimaafa up kuran but dhen anekaaves ehen vedhaanethy liyevunu hisaabah up kurii. sorrry
Vv reethi Igey.next part figure kohlaacehe dear.gd luck when next part???❤️????❤️❤️more loves from me dear lysm
THANK U iba. love from me.
layaaly…. saa eh noon kiyaany sai kiyaany dear… mistakes rangalhu kohllyma hama perfect! ??❤️❤️ Vrh rythi mi part vs! when next part???
THANK U. besty maadhan fahu exam dhw GOOD LUCK. shau mi vaahaka ah gavaidhun comment kuraathy varah ufaavey.
Haadha kureyyy ekm reethi
THANKS Maya. linunin dhigukoh document save nukoh huta v nu v eh neyge ekoh fohevunii.