ފެވިފާތިނަން ވެޔޭމިހިތުގާ 5
ހިތްވަރު ދިނުމުގެ ގޮތުން ޔަޒްދާން ކިޔާންގެ ކޮނޑުގައި ޖަހައިލިއެވެ. އަދި ހިތްވަރު އެލުވާނުލުމަށް އެދުނެވެ. ކިޔާންއަށް ކޮށްލެވުނުހާވެސް ކަމަކީ ބޯޖަހައިލުމެވެ. ވާހަކަ ދައްކާނެހާ ހިތްވަރެއް އެގަޔަކުނެތެވެ.
ހިތް ކުދިކުދިވެފައި ވާ ހާލު ކިޔާން ހޮސްޕިޓަލުން ނިކުތެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ވިސްނާލެވުނީ އެލީނާއާ މެދުއެވެ. އެލީނާ އަހަރެން ނުލާ އުޅޭނީ ކިހިނެތް؟ އެ ފަކީރަށް އަހަރެންގެ ސޫރަ ނުފެންނަ ނަމަ ހިތަށް ހަމަޖެހުމެއް ނުލިބޭ އަހަރެންގެ އަޑު ނިދުމުގެ ކުރިން އަހާނުލާފިއަޔާ ލީންގެ ލޮލަށް ނިންޖެއް ނާދޭ. އެހާވެސް އަހަރެން ދެކެ ލީން ލޯބިވޭ. އަހަންނާނުލާ އުޅުމަކީ ލީންއަށް ނާދިރުކަމެއް. އަހަރެން ނެތް ދުވަހަކުން ލީން ކެތްކުރާނީ ކިހިނެތް؟ އަހަންނާ ނުލާ އުޅެންވެއްޖެޔާ ލީން މޮޔާވެދާނެ. އަހަރެން ޖެހޭނީ އެދުވަހަކަށްޓަކައި ލީން ތައްޔާރުކުރަން. އޭރުން އެހިތަށް ކުރާ އަސަރު ކުޑަވާނެ. އަހަރެން ޖެހޭނީ ލީން އާދުރުވާން . އަނ! ދުރުވާން އޭރުން އަހަންނާނުލާ އުޅެން އެލީނާއަށް އާދަވާނެ. މިހުރިހާ ވާހަކައެއް ދިޔައީ ކިޔާންގެ ހިތަށް އަރަމުންނެވެ. ކިތަންމެ ވަރަކަށް ހިތަށް އަސަރު ކުރިނަމަވެސް ކިޔާން ނިންމީ އެލީނާއާވަކިވާށެވެ.
އެވަގުތު ވާރެވެސް އޮއްސާއިލިއެވެ. މުޅި ކާއިނާތުވެސް ކިޔާންގެ ހިތާމައިގައި ބައިވެރިވާ ފަދައެވެ. އުޑަ ދިމާލަށް ނަޒަރު ހިންގާލަމުން ކިޔާން ހިތާއި ވީފަޅީގައި ކިޔާން ފިރުމައިލިއެވެ. ” ވަރަށް ލޯބިވޭ…..ކިހިނެތް ލީން އާ ނުލާ އުޅޭނީ މި ހިތުގައި ރަން އަކުރުން ފެވިފައި ވަނީ ހަމައެކަނި ތިޔަނަން. އަމް ހާފް އަ ހާރޓް ވިދައުޓް ޔޫ……” ކިޔާން މަޑުމަޑުން ކިޔައިލިއެވެ. އެލީނާއަކީ އެ ހިތުގެ ބަޔެކެވެ. އެބަޔާ ނުލާ އޭނާ ފަހެ އުޅޭނީ ކިހިނެތް ހެއްޔެވެ. ސައިކަލަށް އަރާ ހަމަޖެހިލުމަށްފަހު ކިޔާން ގެއަށް ދާން މިސްރާބުޖެހިއެވެ.
ގެއަށް ވަން ވަގުތު އެންމެ ފުރަތަމަވެސް ކީޔާންގެ މޫނަށް އެރީ މަންމަގެ އަތުގެ ހޫނު ހަމަލާއެކެވެ. ތަދުވިވަރުން ބޭއިހްތިޔާރުގައި އެތަނުގައި އަތްއަޅާލެވުނެވެ. “މި ދުވަސް ދައަކަންތަ އަހަރެން ކިޔާން ބައްޕައަކާނުލާ ބަލާ ބޮޑުކުރީ…….ކައިވެނި ކުރަން ބޭނުން ނުވަންޔާ ކީއްކުރަން މި ހުރިހާ ކުޅިވަރެއް ކުޅުނީ، ކައިވެނި ކުރަން ބޭނުންނުވާނަމަ ރީތިގޮތުގަ ބުނިނަމަ ހުރިހާ މެހެމާނުން ކުރިމަތީ ލަދުގަންނަން ނުޖެހުނީސް . ޢިނގޭތަ އެލީނާ ފަކީރަށް ތިދިނީ ކިހާ ބޮޑު ދެރެއެއްކަން؟ ތީތަ އަހަރެން ކިޔާންއަސް ދިން ތަރުބީއްޔަތަކީ…..،ލަދުގަނޭ މިއަދު ތީ އަހަރެންގެ ދަރިއެކޭ ބުނަންވެސް” ފަޒީލާ ވާހަކަ ދައްކަމުން ދިޔައެވެ. ރުޅިއަށްވުރެން ބޮޑަށް އެ އަޑުގައި ވަނީ ހިތްދަތިކަމެވެ.އޭނާ ހާދަ ހުވަފެންތަކެއް ހުރި ހަމަ އެކަނި ފިރިހެން ދަރުފުޅު ކައިވެންޔާމެދު ވިއެވެ. ނަމަވެސް އެ ހުވަފެންތަށް ހަގީގަތަކަށް ނުވިއެވެ.
އެވަގުތު ކޮޓަރިން ނިކުތް ކިޔާންގެ ކޮއްކޮ ކިޔާރާއަށް އޭނާގެ ބޭބެ މަންމައަށް ނުފެންނާނެ ގޮތަށް ފުރަގަހަށް ލައިގެން އޮތް ސިޓީއުރައެއް ފެނުނެވެ. އޭގަ އޭޑީކޭ ގެ ނަން ޖަހައިފައި އިނުމުން އެއީ ކޯއްޗެއް ތޯ ބެލުމުގެ ޝައުގުވެރިކަން ކިޔާރާ ގެ ހިތުގައި އުފެދުނެވެ. އަނެއްކާ ތިއްތި ވެޑިންގްއަށް ނައީ މި އެންވޮލޮޕްގެ ސަބަބުން ބާ ކިޔާރާ އަމިއަލާ ނަފްސާ ސުވާލުކުރިއެވެ. އެއީ ކޮއްޗެއްކަން އެނގުމުގެ ޝައަުގުވެރިކަން ބޮޑުވީ ކިޔާން އޭތި ފަޒީލާއަށް ނުދައްކަން ވެގެން ފުރަގަހަށް ލީހެން އޭނާގެ ހިތަށް އެރުމުންނެވެ. އެހެން ކަމުން ކުދި ފިޔަވަޅުތަކެއް ގައި ކިޔާރާ އޭނާގެ ބޭބެ ފަހަތުގައި ހުއަޓުނެވެ. އަދި އަވަސް އަވަހަށް ކިޔާން އަތުގައި އޮތް ސިޓި ޖަހައިގަންނަމުން ދުވެފައި ކޮޓަރިައަށް ވަދެ ދޮރު ތަޅުލިއެވެ.
ކިޔާންއަށް މީހަކު އޭނާގެ އަތުގައި އޮތް ސިޓީ ޖަހައިގަތް ހެހް ހީވެގެން ފަހަތަށް އެނބުރުނެވެ. އޭނާއަށް ފެނުނީ ކޮޓަރިއަށް ވެދެ ދޮރު ތަޅުލި ކިޔާރާއެވެ. ކިޔާރަ އެ ރިޕޮރޓްސް ކިޔާފިނަމަ މަންމަ ކައިރު ބުނާނެކަން ޔަގީން ވުމުން ކިޔާން އަށް އެނާގެ ނިތުގައި ފިރުމާލެވުނެވެ. މަންމައެހާދެރަ ވެފައި ހުއްޓާ މިކަން އެނގިއްޖެނަމަ އތުރަށް ހިތްދަތިވާނެއެވެ.
ގިނައިރު ތަކެއް ނުވެ ކިޔާރާ ކޮޓަރިން ނިކުތެވެ. ކިޔާރަގެ މޫނުމަތީގައި ވީ ކުލަ ވަރުތަކުގެ ސަބަބުން ކިޔާރަ ރިޕޯރޓްސް ކިޔައިފިކަން ކިޔާންއަށް ޔަގީންވިއެވެ. ކިޔާރަ ދޮވެފައި އައިސް އޭނާގެ ލޯބިވާ ބޭބެ ގައިގަ ބައްދާލިއެވެ. ކިޔާންވެސް އޭނާގެ ލޯބިވާ ކޮއްކޮ ގައިގަ ބައްދާލިއެވެ. އޭރު ކިޔާރާ ގިސްލަގިސްލާފި ރޮނީއެވެ. އެ ހިތުގައި ލޯބިވާ ބޭބެ ގެއްލިދާެ ކަމުގެ ބިރު ވަނީ އަށަގަނެފައެވެ.
” ޝޫޝް……….އަވަހަށް ހުއްޓާލާ ތީ ތިއްތި ސްޓްރޯންގް ގާލް އެއް ނުން. ސްޓްރޯންގް ކުދިން ނުރޯނެއޭ…… ” ކިޔާން ކިޔާރާ މަސަލްސް ކުރަން ވާހަކަ ދެއްކިއެވެ. “ދަރިފުޅާ ކިޔާރަ ކީއްވެ ތި ރޮނީ؟” ކަންބޮޑުވެފައި ފަޒީލާ ސުވާލުކުރިއެވެ. “މަމް ތިއްތި……….ތިއްތި ހީ ހޭޒް ކެންސަރ!!! އެހެންވެ ތިއްތި ވެޑިންގްއަށް ނުދިޔައީ”ކިޔާރަގެ އަނގައިން ނިކުތް ޖުމްލަތަށް ފަޒީލާއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ.އެއީ ތެދެއް ތޯ އަހަ ފަދަ ނަޒަރަކުން ކިޔާންއާ ދިމާލަށް ފަޒީލާ ބަލައިލިއެވެ. ލޯބިވާ ދަރިފުޅާ ދިމާލަށް ދެންމެ މިގޮވާލެވުނީ ހާދަ ރަހުމް ކުޑަ ބަސްތަކެވެ.
“މަންމަ އަށް މާފްކުރޭ ދަރިފުޅާ ދަރިފުޅާ ދިމާލަށް ކިޔުނު ބަސްތަކަށް މި މަންމަ އަށް މާފް ކޮށްދީ ދަރިފުޅާ…… ” މޮޅިވެރިކަން އެކުލެވިފައިވީ އަޑަކުން ފަޒީލާކިޔާްގާތި މާފަށް އެދުނެވެ. ކިޔާނާ އޭނާ މަންމަ ގާތު މާފަށް ނޭދުމަށްއެދުނެވެ. އަދި މި ވާހަކަ އިތުރު މީހަކު ގާތު ނުދެއްކުމަށް އެދުނެވެ. ހާއްސަ ކޮށް އެލިނާ ގާތު ނުދެއްކުމަށް އެދުނެވެ. ފަޒީލާއަށް ކިޔާންގެއެ ނިންމުން ކަމުނުދިޔަ ނަމަވެސް ދަރިފުޅުގެ އެދުން ބޮލާލާ ނުޖެހުމަށް އެއްބަސްވިއެވެ.
ހިޔާލީ ދުނިޔެއަކަށް އަރަގުވަމުންދިޔަ ކިޔާންއަށް ހަމަ ބިމަށް އާދެވުނީ އޭނާގެ ފޯނު ރިންގު ވާއަޑަށެވެ. ބަލައިލި އިރު ގުޅަނީ އީޝަލްއެވެ. މި ގަޑީގައި އީޝަލްގެ ސުވާލުތަކަށް ޖަވާބު ދޭނެހާ ހިތް ވަރެއް އެ ގަޔަކުނެތެވެ. އެހެން ކަމުން ކިޔާން އެ ކޯލްް ބިޒީ ކޮށްލިއެވެ. ނަމަވެސް އީޝަލް މެދުނުކެނޑި ގުޅަން ފެށުމުން ކިޔާން ފޯނު ނިއްވާލިއެވެ. ނަމަވެސް މިހެން އަބަދު އީޝަލްއަށް ފިލައިގެން ނޫޅެވޭނެކަން އޭނާއަށް އިނގެއެވެ. މާދަމާ ނޫނި ފަހުން އޭނާ ޖެހޭނީ އެސުވާލު ތަކަށް ޖަވާބު ދާރީވާށެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.



Wow!varah varah reeeeethi mi part ves..??
Thanks malsamalkkomal
Vvv reethi.me first dhw gavaidhun mi strykiyan but it’s my first comment for this story
Thanks ib@
Vv salhi mi part vec..ekm maa kury dear..next part long kurahchey????❣❣??????????????
Thanks jiji nxt part dhigu kohla dheynan
Inaak ah heevany kuda koh kuru henn.. bt stry is nice.. whn nxt prt??
Thanks inaank nxt part Insha Allah dhigu kohdheynan and nxt part liyevunu haa avahakah up kohdheynan
Reem how old are you
Well as this will be shown publicly I cant exactly tell u my age but I can tell u I’m studying in gr 10
Kin rsah reem
Kin rasah reem
Well anonymous as all this will be shown publicly I dont feel comfortable sharing information abt me, really sorry
Reem yes don’t share it Cox it’s a public place reem can I be your friend
Yes dear u can be my friend
Can you tlk site in noon gotahkahsev Gmail in vitae bunegn Viber use kurn tha
Yah I use viber
Number dhw dhiraa wish ge Gmail innaane story ge information part ga reem fonuvaba reem ge number dhiraa wish ah noon dhiraa wish Kaiser buney ibaa ge Gmail fonuvabalaa shey OK tha
Number dhw dhiraa wish ge Gmail innaane story ge information part ga reem fonuvaba reem ge number dhiraa wish ah noon dhiraa wish Kaiser buney ibaa ge Gmail fonuvabalaa shey OK tha
I dont use gmail
Oww ehen dhw kihineh dhn number share kuraany
I can give u my viber number if u want as I use a separate number for viber
Ok.n umber buneba public place alas reem OK tha OK ya fonuvaba
7568829
Libihjetha
Wow…vrh reethi mi story
Thank you