މާޒީ (ފަނަރަވަނަބައި)
ޒީނާގެ މޫނުމަތީގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. ޒީނާ ހީކޮށްގެންހުރީ ޝާޔަން ގާތުގައި އެއީ ސިއްރެކޭ ބުނުމުން އެއްވެސް މީހެއްކައިރީގައި ޝާޔަން އެވާހަކަ ނުބުނާނެކަމަށެވެ. ޒީނާ ހުރީ ޝާޔަން އެވާހަކަ ގަބޫލުކުރީތީވެ ވަރަށް ހެވިފައެވެ. ޒީނާ ބޭނުންވަނީ އެހެދި ދޮގު ވީހާވެސް އަވަހަށް ހަގީގަތަކަށް ހަދާށެވެ. ޒީނާ ދިޔައި އެތަށް އިރެއްވަންދެން ނައިލްގެ ވާހަކަ ދައްކަން އިނދެފައެވެ. ކޮޓަރީގައި އިން ޝާޔަންއަށް ވިސްނެމުންދިޔައީ ޒީނާ އެދެއްކި ވާހަކަ ތަކާއި މެދުގައެވެ. ޝާޔަން ދެރަވީ ނައިލްވެސް އެކަހަލަގެ ވާހަކައެއް ޝާޔަން ގާތުގައި ނުބުނެ އޮތީމައެވެ. މިދުވަސްތަކުގެ ތެރޭގައި ނައިލްއާއި ޝާޔަންގެ ގުޅުން އެތަށް ގުނައެއް ރަގަނޅުވެފައި ވާއިރު ޝާޔަން ހީކުރީ ނައިލް ކުއްޖަކާއި ރައްޓެހިވުމަށްފަހު އެންމެ ކުޑަމިނުން ބުނެލާނެކަމަށެވެ. އަދިއެވެސް ޝާޔަންގެ އެންމެ ގާތްއެކުވެރިޔާއާއެވެ. ޝާޔަން މިހާ ހިތްހަމަ ނުޖެހެންވީ ސަބަބެއް ޝާޔަން ވިސްނަވިސްނާ ވެސް ނޭންގުނެވެ. ހަމަ ގައިމުވެސް ޝާޔަންއަށް ވުރެން ނައިލްއާއި އެކަށީގެންވަނީ ޒީނާފަދަ ކުއްޖެއްކަން ޝާޔަން ގަބޫލު ކުރެއެވެ. ޝާޔަންއަށް އެކި ހިޔާލުތަކުގައި އޮވެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭންގުނެވެ. އަނެއްކޮޅުން ނައިލްއޮތީ ޝާޔަންއާއި ބައްދަލު ނުވުމުގެ ސަބަބުން އެކަމާ ދެރަވެފައެވެ.
”ދޮންބޭ…..ތިހެން ނޯވެ ހިނގާބާ މޫދަށްއެރިލަން ދާން…”
ނައިލް އޮތީ އެނދުމަތީގައި ބަނޑުވަތަށް އޮށޯވެލައިގެނެވެ. ނާއިރާ އައިސް އެނދުކައިރީގައި އިށީންނަމުން ބުނި ވާހަކަ ނައިލްއަށް އަޑު އިވުނު ހެނެއްވެސް ހިއެއްނުވެއެވެ. އެހެންކަމުން ނާއިރާ އަދިވެސް އެއްފަހަރު އެބުނި ޖުމްލަ ތަކުރާރު ކޮށްލިއެވެ.
”ދޮންބޭ…..”
”އާން އަޑުއިވެއޭ އެބަ…..ސާބަސް…..ނީ ދޭބަލަ މޫދަށް ދޮންބެ ނެތް ދާހިތެއް…..ވަރަށް ނިދިވެސް އާދޭއެބަ އެހެންވެ ނިދާލަން ބޭނުމީ…..”
”އޯކޭ……އޯކޭ ފައިން…..ސާބަސް…..ނިދާ އެހެންވީރު އަހަރެން މިދަނީ މޫދަށް އެރިލަން ދާން….”
ނާއިރާ ހުރީ ވަރަށް މޫދަށް އެރިލާހިތުން ކަމުން އެކަނި ވިއަސްވެސް މޫދަށްއެރިލަން ބޭނުންވިއެވެ. ނާއިރާ ގަޔަށް ހިފައިލައިފައި ހުރި އަތްދިގު ސްވިމިންސޫޓެއް ލައިގެންހުރި އިރުގައި ތިރިން ހުރީ ކަށިމަށްޗާއި ހަމައަށް އަރާ ޓައިޓްކޮޅެއް ލައިގެނެވެ. އެފަންއިސްތަށިގަނޑު މަށްޗަށްނަގައި ހުޅިއެއް ޖަހައިލައިފައި ހުރުމުން އެރީތި ކަދުރާ ހާމަވަމުންދިޔައެވެ. ނާއިރާ ގޮސް މޫދަށް އެރުނު އިރުގައި އެދިމާގައި އެހާގިނަ މީހުންނެއް ފެންނާކަށްނެތެވެ. މަދުމަދުން މީހުން ފެންނަމުން ދިޔަ އެހިސާބުން މޫދަށްއެރިވެސް ދެތިންމީހެއް އުޅެއެވެ. ނާއިރާ މޫދަށްއެރި އުޅޭތާ އިރުކޮޅެއްވީ ފަހުން ތިންފިރިހެނުން އައިސް މޫދަށް އެރުނީ ނާއިރާ އުޅުނުދިމާއާއި ދާދި ކައިރިއަށެވެ. ނާއިރާ ފުރަތަމަ މިކަމަށް މާ ބޮޑު ސަމާލުކަމެއްނުދެއެވެ.
”އޯ ވާވް…..ހާދަ ސަޅި ބިޓެކޭ ދޯ…..”
”އާން ވަރަށް ރީތި….މިވަރުކަމެއް އަދި މިރަށަކުން އެހެންނާ ނުފެނޭ….”
އެތަނުގައި ތިބި ފިރިހެނުންތައް ބުނަމުން ދިޔައީ ނާއިރާއަށް އަޑުއިވޭވަރަށެވެ. އެފިރިހެނުންތައް ނާއިރާއާއި ދިމާއަށް ބަލަމުން ދިޔަގޮތުން ނާއިރާ ހިތްހަމަ އެއްނުޖެހުނެވެ. އެހެންކަމުން މޫދުން އެރުމަށްޓަކައި މިސްރާބުޖެހި އިތުރަށް މޫދުގައި އޮންނަން ބޭނުންނުވީމައެވެ.
”އޭ މަންޖޭ ދަނީތަ؟….އިހަށް މަޑުކޮށްބަލަ…..ކޮން ނަމެއްތަ ކިޔަނީ؟….”
ނާއިރާ ދާތަންފެނި އެފިރިހެނުންތައް ވެސް ނާއިރާގެ ފަހަތުން މޫދުންއަރަން ހިނގައިގަތެވެ. ނާއިރާ ހާސްވާގޮތްވީ މިސަބަބާއި ހުރެއެވެ.
”މަންޖޭ…..ތިހިރަފަރިކަމެއް ވާދޯ…..”
ނާއިރާ މޫދުންއަރާ ފިޔަވަޅުތަކަށް ބާރުލަމުން ހިނގައިގަތީ ގަނެފައިވާ ބިރެއްގެ ސަބަބަންނެވެ.
”ފަރިހިނގުމެއްގައި މިތުރާ ދާއިރު….ފަރި މިތުރާ އުފަލުންދާއިރު…..މަރިޔާދު ހިނގުން ހިތްކަތިލާއިރު ހައިރާންވޭ……”
އެތަނުންމީހަކު އައިސް ނާއިރާގެ ކުރިމަށްޗަށް ހުއްޓިފައި ނައިރާގެ އަތުގައި ހިފައިލަމުން އެލަވަ ކުރިއަށް ގެންދިޔައެވެ. ނާއިރާ ގަތްބިރުން އަތްދަމައިގަންނަން އުޅެއުޅެވެސް އެކަން ކާމިޔާބުވާ ގޮތެއްނުވީ އެމީހާ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުންނެވެ.
”ހަމަ މިހާރު މަގޭ އަތުން ދުކުރޭ……”
ނާއިރާ ކިތައްމެ ބިރުން ހުރިނަމަވެސް އަޑަށް ބާރުލަމުން ބުނެލައިފިއެވެ.
”އެހާ ފަސޭހައިން ދޫކުރާކަށް ނޫނޭ މިރީތި އަތުގަ މިހިފީއެއް…..”
އެތަނުން މީހަކު ބުނެލީ ނުލަފާ ހިނިތުންވުމަކާއި އެކުގައެވެ. ކުށްލިއަކަށް މީހަކުއައިސް ނާއިރާގެ އަތްއެމީހާގެ އަތުން ނައްޓާލިއެވެ. ނާއިރާ ސިހިފައި ބަލައިލިއިރުގައި ޝާއިން ފެނިފައި ނާއިރާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ޝާއިން ނާއިރާގެ އަތުގައި ހިފައިގެނެސް ގަޔާއި ކައިރިކޮށްލަމުން އެޒުވާނުންނާއި ދިމާއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ.
”މީގެ ފަހުން ނާއިރާގައި އިނގިލިކުރި ޖައްސާލި އަސްވެސް ނިމުނީ….އިނގިއްޖެތަ؟…”
ޝާއިންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ.
”ސޮރީ ޝާއިން…..އަހަރުމެނަކަށް ނޭންގޭ ތީ ޝާއިން ދަންނަ ކުއްޖެއްކަމެއް……ސޮރީ އިނގޭ….ބަޓް ވީ ވޯޒް ޖަސްޓް ހޭވިން ފަން…..އެ އެވަރުގެ ކަމެއްނުނެއްނު……މިހާ ރީތި ކުއްޖެއްވީމަ ދިމާކޮށް ނުލާ ހަމަ ކެއްނުވީ…..”
ޝާއިން އިތުރަށް އެމީހުންތަށް ދެއްކި ވާހަކަ އަޑުއެހުމެއްނެތި ނާއިރާގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. ޝާއިން އައިސްފައި ހުރި ރުޅީގައި ހިނގަމުން ދިޔައީ ފުދޭވަރަކަށް ބާރަށް ކަމުން ނާއިރާ ޖެހުނީ ޝާއިންގެ ފަހަތުން ދުވަމުން ކަހަލަގެ ގޮތަކަށް ދާށެވެ. ޝާއިން ނާއިރާ ގޮވައިގެން ގޮސް ހުއްޓުނީ އެހެންނާވެސް ނާއިރާމެން އައިސް ތިބޭ ޖޯލިފަތިތަށް ކައިރީގައެވެ. ޝާއިން ނާއިރާގެ އަތުން ދޫކޮށްކަމުން ބަލައިލީ ނުރުހިފައި ހުރެއެވެ. ނާއިރާ ހުރީ ޝާއިންގެ މޫނަށް ބަލަން ނުކެރިގެން އިސްޖަހައިލައިގެނެވެ.
”ތީ ތަންދޮރު ނޭންގޭވަރުގެ ކުޑަކުއްޖެއްތަ؟….އެކަނި މޫދަށްއެރެން އަންނަން ޖެހޭތަ؟….އެވެސް ތިފާޑުގެ އެއްޗެހި ލައިގެން…..ތިކަހަލަގެ އެއްޗެހި ލައިގެން ތިހެން އުޅުނީމަ ފިރިހެނުން ފޮށޭނެ ކަމެއް ހަމަ ނޭންގޭތަ؟….”
ޝާއިން އައިސްފައި ހުރި ރުޅީގައި ނާއިރާއާއި ދިމާއަށް އެއްޗެހި ކިޔަންފެށިއެވެ. ނާއިރާ ހަމަ އެހުރިގޮތަށް އިސްޖަހައިލައިގެން ހުރި އިރުގައި ދެލޯވަނީ ފެންކަޅިވެފައެވެ. އެހެންހުރެލައިފައި ނާއިރާ ކުއްލިއަކަށް ޝާއިންގެ ގައި ބައްދާލިއެވެ. ޝާއިންއަށް އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެވުނީ ނާއިރާގެ މިއަމަލުން ހައިރާންވި ވަރުންނެވެ. އިރުކޮޅެއް ފަހުން އިވެންފެށި ނާއިރާގެ މަޑު ގިސްލުމުގެ އަޑުން ޝާއިންގެ ރުޅި މުޅިންއެއްކޮށްހެން ފިނިވެގެން ދިޔައެވެ. ޝާއިންއަށް ވެސް ބޭއިހްތިޔާރުގައި ޝާއިންގެ އަތް މަޑުމަޑުން ނާއިރާގެ ހަށިގަނޑު ވަށައިލެވުނެވެ.
”އަމް ސޯ ސޮރީ…..މާ ރުޅިގަދަ ވެފަ ހުރިމަ އެއްޗެހި ކިޔުނީ…..ނީ ތިހާ ދެރަވާނެކަމެއް ނޭންގޭނެ އެއްނު…..ސޯ ސޮރީ ވަންސް އެގެއިން…..ދެން ހުއްޓާލަބަލަ…..”
އެގޮތުގައި ކުޑަ ވަގުތުކޮޅެއް ހޭދަވެގެން ދިޔައީ ހަމަހިމޭން ކަމާއި އެކުގައެވެ. ނާއިރާ ކުޑަ އިރުކޮޅަކު އެހެން ހުރުމަށްފަހު ޝާއިންއާއި ދުރުވެލިއިރު ހުރީ އަދިވެސް އިސްޖަހައިލައިގެނެވެ.
”ދެންދޭ ގެއަށް…..”
ޝާއިންއެންމެ ފަހުން ނާއިރާ އެއްޗެކޭ ނުބުނިކަމަށް ބުނެލިއެވެ.
”ދޮންބެ ކައިރިގައި މިއަދު މިވީ ކަންތަކުގެ ވާހަކަ ނުބުނަށްޗޭ……އޭރުން އަނެއްކާ ދޮންބެ ހާސްވާނެ….”
ނާއިރާ ހަމަ އިސްޖަހައިލައިގެން އެހުރިގޮތަށްހުރެ ބުނެލީ މަޑުމަޑުންނެވެ،
”ދެން މިފަހަރު ދޮންބެ ކައިރީގަ ނުބުނަމާ ދޯ…..އެކަމް މިކަހަލަގެ ކަމެއް ރިޕީޓް ވެއްޖެއްޔާމުން ދޮންބެއަށް އަންގަންވާނެ……އަހަރެން ގާތުގަ ވެސް ބުނާތި…..”
ޝާއިން ނާއިރާއަށް ވިސްނައިދޭ ފަދަ ގޮތަކަށް ބުނެލިއެވެ.
”ދެން އަހަރެން ކޮންކަހަލަގެ ހެދުމެއްލީމަތަ ޝާއިންއަށް ރަނގަޅީ؟…..”
ނާއިރާގެއަށް ދިއުމަށްޓަކައި ހިނގައިގަންނަމުން ފަސްއެބުރި ބަލާލުމެއްނެތި އަހައިލިއެވެ. ނާއިރާގެ އެ ސުވާލުން ޝާއިންގެ މޫނުމަތީގައި ދުވެލީ ރީތި ހިނިތުންވުމެކެވެ.
”އަހަންނަށް ރަގަނޅީ ނީ މީގެފަހުން ގަޔަށްދޫ އެއްޗެހި ލީއްޔާ…..އަހަންނަށް ވަރަށް ރީތި އަންހެންކުދިން ބުރުގާއަޅާފަ ތިބީމަ….ޝާޔަން ލާފަ ހުންނަ އެއްޗެހިވެސް އަހަންނަށް ވަރަށް ކަމުދޭ…..ދެން ނީއަށް ދޯ އިނގޭނީ ނީ ލާނެ އެއްޗެއް….އަދި އަހަރެން ބުންޔެކޭ ކިޔާފަ ނީ ލާއެއްޗިސް ބަދަލު ކުރާކަށް ވެސް ނުޖެހޭނެ…..ދެންވެސް ތިހެން ނުހުރެ އަވަހަށް ގެއަށް ދޭ…..ނޫނީ ގެއަށް ލާދޭން ދާންވީތަ؟….”
ޝާއިން ގޮސް ނާއިރާއާއި އަރާ ހަމަކުރަމުން އަހައިލީ ލާނެތް ރާގެއްގައެވެ. ނާއިރާ ޝާއިންއަށް ބަލާލުމެއްނެތި ގެއާއި ދިމާއަށް ދުއްވާގަތީ ގަތް ލަދުން ްއިތުރަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
ނައިލް ނިދާހޭލީ ހަވީރުވެސް ވީފަހުންނެވެ. ނައިލް އެއްޗެއް ކައިލުމަށްފަހު އަތިރިމަށްޗަށް ދިޔައީ ޝާޔަންއާއި ދިމާވޭތޯއެވެ. ނަމަވެސް ނައިލް އިތުރަށް މާޔޫސްވުން ނޫން ކަމެއްނުވިއެވެ. ނައިލް އެތަށް އިރެއްވަންދެން އެތާގައި އިނދެ އިނދެވެސް ޝާޔަންގެ ހަބަރެއް ނުވިއެވެ. އިރުއޮއްސެންދެން އެތާގައި އިނުމަށްފަހު ނައިލްގެއަށް ދިޔައީ މާޔޫސްވެ ހުރެއެވެ. ނައިލްގެއަށް ގޮސް ވިސްނަމުން ދިޔައީ ޝާޔަންއާއި ބައްދަލުކުރަން ހަދާނެ ގޮތަކާއި މެދުގައެވެ. އެންމެފަހުން ނައިލް ނިންމީ ޝާޔަންއާއި ބައްދަލުކުރުމަށް އެގެއަށް ދިއުމަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ހިތަށްއެރިއަސް ނައިލްގެ ފަރުވާލެއްނެތެވެ. ނައިލް މަޑު ސްމާޓް ހިނގުމެއްގައި ގޮސް ޝާޔަންގެ ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ނައިލްއެގެއަށް ނަޒަރު ހިންގާލަމުން ފުންނޭވާއެއް ދުކޮށްލުމަށްފަހު ސަލާމް ގޮވައިލިއެވެ.
”ވައަލައިކުމް ސަލާމް….”
އެއިވިގެން ދިޔައީ ނައިލް މިވަގުތު އެންމެ ދެކިލަން ބޭނުންވާ ފަރާތުގެ އަޑެވެ. ޝާޔަންގެ އަޑެވެ. ނައިލްއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. ނައިލް މަޑުހިނގުމެއްގައި އެތެރެއަށް ވަދެގެން ދިޔައިރުގައި ޝާޔަން ޖޯލީގައި އިށީންދެލައިގެން އިނީ އާދައިގެ މަތިން ހިނިތުންވެލައިގެން އިނދެއެވެ.
”ނައިލް ކިއްކުރަނީ މިގަނޑީ މިގޭގަ؟….އެހެންނާއެއް ނާދޭ ވިއްޔާ މިގެއަކަށް….ކަމަކު ތަ؟…”
ނައިލްއައިސް ޖޯލިފަތި ކައިރީގައި މަޑުކޮށްލުމުން ޝާޔަން އަހައިލިއެވެ. ނައިލް ހުރީ އެވަގުތުކޮޅުންވެސް ޝާޔަންގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭންގިފައެވެ.
”ކަމަކު ނޫންވީއްޔާ މިގެއަށް އައުން މަނައީތަ؟….އަހަރެން މިއައީ ހަމަ ޝާޔަން ދެކިލާހިތުން ނުހުރެވިގެން….”
ނައިލް ޖެހިލުމެއްނެތި ބުނެލިއެވެ. ޝާޔަންއަށް އިސްޖަހައިލެވުނީ ނައިލްގެ ވާހަކަ އަޑުއަހައިފައެވެ. ނަމަވެސް ޝާޔަންގެ މޫނުމަށްޗަށް ވެރިވި ހިނިތުންވުން ދާދި އަވަހަށް ފިލައިގެން ދިޔައި ޒީނާ މަތިން ހަދާންވެފައެވެ. ނައިލް ކުއްޖަކާއި ރަށްޓެހިވެހުރި މިފަދަ ގޮތަކަށް ޝާޔަންއާއި މުހާތަބު ކުރީމަ ޝާޔަން ހިތްހަމައެއް ނުޖެހުނެވެ.
”ނައިލް ގާރލް ފްރެންޑް ހިތްހަމަ ނުޖެހޭނެ އެއްނު އެހެން ކުދިންނާ ތިފަދަ ގޮތްގޮތް ތަކަށް ވާހަކަ ދެއްކިމަ……”
ޝާޔަންއަށް އެންމެ ފަހުން ބުނެވުނީ ބޭއިހްތިޔާރުގައެވެ.
”ކީކޭ؟..ހެހެހެ……އަހަރެންގެ ގާރލް ފްރެންޑެން ނުހުންނާނެ…..”
”ނައިލް ކީއްވެ ދޮގު ހަދަނީތި؟….ނައިލް ތިއުޅެނީ ކުއްޖަކާ ރަށްޓެހި ވެގެނެއް ނޫންތަ؟…..”
”ތީ ކާކު ދައްކައިގެން އުޅޭ ވާހަކައެއްތަ؟……އާން އެކޭ އަހަރެން އުލެނީ ކުއްޖަކާ ރަށްޓެހި ވެގެނެއް ނޫން…..މީ ހަގީގަތަކީ…..”
ނައިލް ދޮގު ހަދަން ފެށުމުން ޝާޔަން ހިތްހަމައެއް ނުޖެހުނެވެ. ޒީނާ ހަމަގައިމުވެސް ޝާޔަން ގާތުގައި ދޮގެއް ނަހަދާނެއޭ ޝާޔަންގެ ހިތަށް އަރަމުންދިޔައެވެ.
”ނައިލް ތިއުޅެނީ ޒީ އާ ރަށްޓެހިވެގެނެއް ނޫންތަ؟….”
ޝާޔަން އެންމެ ފަހުން އަހައިލިއެވެ.
”ވަޓް ދަ……ނޫން ތި ޒީނާއަކާ އަހަރެން ވާހަކަ ވެސް ދައްކައިފައި ވާނީ ވެސް އެންމެ ދެފަހަރަކު އެވަރުން ރަށްޓެހި ވެވޭތަ؟….ކާކުތަ ތިކަހަލަގެ ދޮގު ހަބަރު ފަތުރަނީ؟….”
ޝާޔަންގެ މިވާހަކަ އަޑުއިވި ނައިލް ހިތްހަމައެއް ނުޖެހުނެވެ. ޝާޔަން އެންމެ ފަހުން ޒީނާ ކިޔާދިން ވާހަކަތައް ނައިލްއަށް ކިޔާދިނެވެ. ޝާޔަންގެ ވާހަކަތައް އަޑުއިވި ނައިލްގެ އަތް މުށްކެވިގެން ދިޔައީ އައި ރުޅީގެ ސަބަބުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



Here is the fifteenth part… i hope you guys would love this part too… ?
First dhw… nice ingey
Yup first… jazakillah khairan ?
Haadha kurey mi part kiyaa hithun indha enimuny next part avahah up kohladhyba story v rythi
Sorry igay maa kury dho.. insha allah next part vee haa wes awahah up kohladheynan ?
Varah reethi mi part vex..ekm kiyaa hithun Indha e nimuny .. waiting for the next part
Jazakillah khairan ?
Insha allah next part v awahah up kohladheynan
One of the best stories I have ever read ??
Loved it much!?
That means so much… jazakillah khairan ?? i am so happy that you like this story
Vvv rythi mi part vec,????…dear up kuraane dhuvas bunan v nu?..I think eyrun ok vaane hn…avahah up kohdheynamey kiyaaha sis ah bxyy kamun sometimes up nukohdheveythy mi bunely inge??❣❣??????…Just my point of view inge ..Angry nuvhahche sis????????????⛄☃????☔☔?
Heheh jazakillah khairan ? aslu upload ah leema wes wahaka pending ga gina dhuwahu ihnany upload nuwe.. dhan esfiya team in e upload kuryma ehnu up waany dho.. ?
Wow.. nice mi prt vec.. haadha lahakun up thi kurany… Plz thankolheh avahah up koh dhehchey nxt prt..
Jazakillah khairan.. ? insha allah soon
V reethi
Jazakillah khairan ?
Vrh reethi .. Masha Allah…
Jazakillah khairan ??
Wow…. mi part wes v reethi
Jazakillah khairan ?
Hadha lahuney up wanee… awas kohdhyba up kuraaleh
So sorry for that… insha allah soon up kohladheynan ?
I wonder whats gonna happen next… ?
Lets see ?