މާޒީ (ތޭރަވަނަބައި)
އޭގެ އަނެއްދުވަހު ތާރާ ކޮލެޖަށްގޮސް ކުލާހަށް ވަތް އިރުގައި ފެނުނު މަންޒަރަކުން ތާރާގެ ދަތްކުނޑި ވިކިގެންދިޔައެވެ. ނައިލް ގޮނޑީގައި އިށީންދެގެން އިން އިރުގައި ނައިލްގެ ކުރިމަތީގައި އިންމޭޒު މަތީ ކިއާރާ އިށީންދެގެން އިން އިރުގައި ނައިލްގެ އަތް ވަނީ ކިއާރާގެ ފަލަމަސް ގަޑުމަތީގައި ބޭއްވިފައެވެ. ކިއާރާ ލަދުރަކި ގޮތަކަށް ހެމުން ދިޔައިރު ނައިލް އިނީ ކިއާރާއަށް ނަޒަރު ހުއްޓައިލައިގެން ހިނިތުންވެފައެވެ. ނައިލްއަކީ ކިއާރާއަށް ވަރަށް ކަމުދާ ކުއްޖަކަށް ވުމުން ނައިލް އެގޮތަށް އިނުމުން ކިއާރާ ފޮނިވާނެވަރު ހިތަށް އަރާ ތާރާގެ މޫނު މުޅިންބަނަވެގެން ދިޔައެވެ. ތާރާ ނައިލް މެންނާއި ދިމާއަށް އަޅަން އުޅުނު ފިޔަވަޅު މަޑުޖެހުނީ އާރަވް އައިސް ތާރާގެ ކައިރީގައި މަޑުކޮއްލުމުންނެވެ. ތާރާ މޫނުމަތީގައި ހުރި ކުލަވަރު ގަދަ ކަމުން ކަހަލަގެ ގޮތަކަށް ހިތާމައިގެ ކުލަވަރު ގެންނަމުން އާރަވްއަށް ބަލާލިއެވެ. އާރަވްވެސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ކުޑަ ނަޒަރެއް ދެމުން ތާރާ ގޮވައިގެން ގޮސް އިށީނީ އެހެން ކުލާހެއްގައެވެ. ދުވަސް ނިމިގެން ދިޔައީ ނައިލްއާއި ބައްދަލު ކޮއްލާނެ ފުރުސަތެއް ތާރާއަށް ނުލިބިއެވެ. އާރަވް ތާރާގެ ހިޔަނި ފަދައިން ފުލުގައި ޖައްސާފައި ހުރުމުން ތާރާވީ އަމަށަކު ފޫއްސެއް ނޫނެވެ. ތާރާ ކުޑަކޮށް ވިސްނާލަމުން ގާތް ރަހްމަތްތެރިއެއްގެ އެހީގައި އާރަވްގެ ނަމު ނައިލްއަށް ކޮލެޖުގެ ޓެރަސްއަށް ރޭގަނޑުގެ ނުވައެއް ޖަހާއިރަށް ގަނޑިކީ ތާރާ ބުނިއްޔާ ނައިލް ނާންނާނެކަން ޔަގީނުންވެސް އިނގޭތީއެވެ. ނައިލް ކޮލެޖަށް ވަދެގެން އައިއިރުގައި އާރަވް އެހެން ނަމްބަރަކުން މެސެޖެއް ކުރީތީވެ ހައިރާން ވިނަމަވެސް އާރަވްއަށް ވީ ގޮތް ކިޔާދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ނައިލްގެ ފިޔަވަޅުތަކަށް ބާރުލަމުން ސިޑިން މަށްޗަށް އަރައިގެން ދިޔައީ އަވަސް ވެފައިވާ ހިތަކާއި އެކީގައެވެ. ނަމަވެސް ޓެރަސްއަށް އެރި ނައިލްގެ ނިތަށް ރޫގިނަވެގެން ދިޔައީ އެތާގައި ހުއްޓިލައިގެންހުރި ތާރާ ފެނިފައެވެ.
”ތާރާ….”
ނައިލްގޮވާލުމާއި އެކުހެން ފަހަތަށް އެބުރުނު ތާރާގެ މޫނުމަތީގައި ވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.
”ހައި ލަވް….ކިހިނެއްތަ؟….ދިމާނުވާތާ ގިނަ އިރުވެގެން ވަރަށް ދެރަވެފަ މިހުރީ……..”
ތާރާ އެހުރި ފިޔަވަޅުމަތީގައި ހުރެ މޫނަށް ވައްތަރެއް ޖައްސައިލަމުން ބުނެލިއެވެ. ތާރާ ވާހަކަ ދެއްކިގޮތުން ނައިލްގެ ރުޅި އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. ނައިލް ގޮސްތާރާގެ އަތުގައި ބާރަށް ހިފައިލަމުން ވާހަކަ ދެއްކީ އައިސްފައިވާ ރުޅިއެއްގެ ސަބަބުން ކެއްނުވެގެންނެވެ. ނައިލްއަކީ އެހެންނާ އެހާ އަވަހަށް ރުޅި އިސްކުރާމީހެއް ނޫނަސް ތާރާގެ ސަބަބުން މިހާރު މިކަންވެސް މިވަނީ ބަދަލުވެފައެވެ. ނައިލްއަށް މިހާރު ކުދި ކުދި ކަންކަމަށް ވެސް ރުޅި އިސްކުރެވެއެވެ.
”އާރަވް ކޮބާ؟…..ތާރާ މިތާގަ ކީއްތިކުރަނީ؟….”
”އާރަވް އިޒް ނޮޓް ހިއަރ….ނައިލްއަށް މެސެޖް ފޮނުވީ އަހަރެން……”
”ވަޓް…”
”ހެހެހެ……ސީރިއަސްލީ ލޯބީ އަހަރެން ހީއެއްނުކުރަން ނައިލް އެކަހަލަގެ ކުޑަ ކުޑަ ކަމަކުން ވެސް ހައްލާލެވޭނެ ކަމަކަށް…….އާރަވް ހޭޓްސް ޔޫ….އޯ މޭބީ ހީ އިޒް ހާރޓް….ހެހެހެ……އެނީވޭ އޭނަ ނޫޅޭ ކޮންމެހެން ނައިލްއާ ވާހަކަ ދަށްކާހިތަކުނެއް…..”
ތާރާ ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ.
”ތާރާ…..”
ނައިލް ނިކަންބާރަށް ތާރާއަށް ގޮވާލަމުން ނެގި އަތް ތިރިކޮއްލި އިރުގައި އަތްވަނީ މުއްކެވިފައެވެ.
”ކީއްވެ ނުޖެހީ….ޖަހާބަލަ….ކަމޯން ނައިލް…..ހިޓްމީ……ނައިލް ވިއްޔާ އޯކޭ ކޮންމެ ކަމެއް ކުރިއަސް…ނައިލްއަށް ހުއްދަ އޮންނާނެ……”
ތާރާ ނައިލްގެ އަތުގައި ހިފަމުންބުނެލީ ނިކަން ލޯބިންނެވެ. ތާރާގެ ވާހަކަ އަޑުއިވި ނައިލް ކުއްލިއަކަށް އަތް ދަމާގަތްއިރުގައި ދެބުމަނީ ގޮތްޖެހިފައެވެ.
”ޗީ……ތިކަހަލަގެ ގޮތެއްނެތް އަންހެނެއް ގަޔަށް އަތްލުމަކީ ވެސް ބޮޑު ލަދެއް….”
ނައިލްވެސް ހުރީ ތާރާއަށް ދޫކުރާފަދަ ހިޔާލަކު ނޫނެވެ. ނައިލްވެސް ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ. ނައިލްގެ މި އަމަލުގެ ސަބަބުން ތާރާގެ މޫޑު ބަދަލުވާކަށް އެންމެ ސިކުންތެއްވެސް ނުނެގިއެވެ.
”ޔޫ ބެޓަރ ވޮޗް ޔުއާރ މައުތް ބޭބް….އަހަންނާ ޖައްސާލައިގެން ނައިލްއަށް އެއްވެސް ފައިދާއެއް ކޮއްފިތަ؟….ނުވެސް ކުރާނެ……ހެހެހެހެ….އޭރުގަ ވެސް އަހަރެންގެ ލޯބި ގަބޫލުކޮއްގެން ރީތި ގޮތުގަ އުޅެވުނީހެއްނު…….ވީ ކުޑް ހޭވް ބީން ސޯ ހެޕީ ޓުގެދާރ…….މިހާރު ނައިލްގެ ބެސްޓްބަޑީ ވެސް ނައިލްއަށް ހޭޓް ކުރޭ….އަހަންނަށް ވެގެން ވީއްޔާ އާރަވްއަށް ނުކެރޭނެ ދެން ދުވަހަކުވެސް ނައިލްއަށް ވާހަކަ ދައްކާކަށް….”
ނައިލްއަށް އިތުރަށް އައިރުޅި ކޮންޓްރޯލް އެއް ނުކުރެވުނެވެ. ނައިލް ތާރާގެ އަތުގައި ހިފާ އެތަނަށް ހޫރުވާލީ ގައި ހުރި ވަރެއް ލައިފައެވެ. ތާރާ ގޮސް ޖެހުނީ ޓެރަސްގެ އަރިމަތީގައި ހުރި ޕޮޓެއްގައެވެ. ތާރާ ތެދުވެ ޓެރަސްއިން ފަހަތް ބަލާލިއިރުގައި އާރަވް ކޮލެޖްއަށް އައިސް ވަތް ތަން ނިކަންރީތި ކޮށްފެނުނެވެ. ތާރާ ނިކަން ބާރަށް ނައިލްއޭ ކިޔާ ގޮވައިލީ އާރަވްއަށް އަޑު އިއްވުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އާރަވް އަޑުއައި ދިމާއަށް ބަލާލިއިރުގައި ތާރާ ހުރީ ޓެރަސްއިން ކިރިޔާވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ. އާރަވް ތާރާގެ ނަމުން ގޮވައިލަމުން އަވަސް އަވަހަށް ދުއްވައިގަތީ ޓެރަސްއަށް އެރުމަށްޓަކައެވެ. ތާރާ ގައިގައި ހުރި ހިރަފުސްތަށް ފޮޅައިލަމުން ނައިލްއަށް ބަލާލި އިރުގައި ވެސް ތުންފަތް މަތީގައި ދުވެލަ ދުވެލާހުރީ ނުލަފާ ހިނިތުންވުމެކެވެ.
”އައުޗް…..އަތުން ހަންމެށިއްޖެ…. ބަޓް އިޓްސް އޯކޭ…..ކޯޒް އަމް ގޮނަ މޭކް ޔޫ ޕޭ ނައިލް…..އާރަވް މަތިން ދެން ހަދާން ނައްތާލާ އިނގޭ…….އާރަވް ދެން ދުވަހަކުވެސް ނައިލްއަށް މާފެއްނުކުރާނެ……ދުވަހަކުވެސް ނުކުރާނެ……”
”ޗީ ހުންނަ ހަޔާތް ކުޑަކަން……ތި އަންހެނާގެ ތި ސޫރަ އަހަންނަން ކުރިން ނޭންގުނީތީ ދެރަވޭ……ކުރިން އިނގުނު ނަމަ ތި ތާރާއާ ދުވަހަކު ވައިވެސް ނޭޅުނީމުސް….މީގެ ފަހުން އަހަރެން ތި ސޫރަ ވެސް ދެކޭކަށް ބޭނުމެއް ނޫން އިނގިއްޖެތަ؟…”
”ހެހެހެ…ނައިލް ހީކުރާ ގޮތް ދޯ……އަހަރެންގެ ސޫރަ ނައިލްއަށް ކޮންމެ ދުވަހަކުވެސް ފެންނާނެ……އަހަރެން ނައިލްގެ ދިރިއުޅުމުން ދުވަހަކުވެސް ދުރަކަށް ނުދާނަން……ދުވަހަކުވެސް… އިނގިޖެއްތަ ނައިލްއަށް؟ އޭން؟…އެން އާރަވް ދޯ؟…އާރަވްވެސް ދުވަހަކު އުފަލުގަ އުޅުނަކަ ނުދޭނަން…. އެ އާރަވް އަކީ ހުރިހާވެސް ނުބަޔަކީ……”
” އަހަރެން ހުއްޓާ އާރަވްއަކަށް ދުވަހަކުވެސް ތި އަންހެނާއާއި އެކީގައި އުޅޭކަށް ނުކެރޭނެ އިނގިއްޖެތަ؟….އާރަވް ތާރާދެކެ ކިތަންމެ ލޯބި ވިއަސް ވަރިހަމަ….”
ނައިލްގެ ޖުމްލަ މެދުކެޑުނީ ތާރާ ބުނި ޖުމްލައަޑު އިވިފައެވެ. ކިތަންމެ މަޑުން ބުނިނަމަ ވެސް ތާރާ ބުނިއެތި ނައިލްއަށް ވަރަށް ރަނގަޅަށް އަޑުއިވުނެވެ. ނައިލްއައި ރުޅިގައި ތާރާ ކޮއްޕައިލެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. އޭރު ނައިލް ހުރީ ރުޅިއަރައި ރަތްވެފައެވެ. ތާރާގެ ގެ އަނގައިން ބާރު ހަޅޭކަކާއި އެކު ގޮސް ޓެރެސް އިން ވެއްޓުނީ ހަށިގަނޑު ބެލެސް ނުކުރެވިގެނެއް ނޫނެވެ. އާރަވް އެތަނަށް އައިތަންފެނި ތާރާގަސްދުގައި އެތަނުން ފުންމާލީއެވެ. ނަމަވެސް މަންޒަރު ފެނުނު މީހެއްނަމަ ހީކުރާނީ ނާއިލް ކޮށްޕާލުމުން ތާރާ ވެއްޓުނީ ކަމަށެވެ.
”ތާރާ….”
އެ އިވިގެން ދިޔައީ އާރަވްގެ އަޑެވެ. އާރަވް ދުވެފައި އައިސް ބަލާލިއިރުގައި މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. ތާރާ އޮތީ ޓެރަސްއިން ވެއްޓި ތިރީ ބިންމަތީގައެވެ. ތާރާގެ އެއްވެސް ހަރަކާތެއް ނެތެވެ. އާރަވް ނައިލްއަށް ބަލާލުމެއްނެތި އަވަސް އަވަހަށް ދުއްވައިގަތީ ތިރިއަށް ދިއުމަށްޓަކައެވެ. ނައިލް ފައިން ވާގިގޮސް ކަކޫ މަށްޗަށް ތިރިވެވުނު އިރުގައި ނައިލްއިނީ އެސްފިޔަ ޖަހާލަންވެސް ނޭންގިފައެވެ. ނައިލް ދެއަތަށް ބަލައިލަމުން އަވަސް އަވަހަށް ތެދުވެގެން ދިޔައީ އާރަވް ދިޔަ ދިމާއަށެވެ. އޭރުވެސް ނައިލްއަށް ދުއާ ކޮއްލަ ކޮއްލައި ހުރެވުނީ ތާރާއަށް އެއްވެސް ކަމެއްނުވެ ސަލާމަތް ވޭތޯއެވެ. ނަމަވެސް ތަގްދީރުގައި ލިޔެވިފައި ވާ އެއްޗެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ.
”ރާވް….ނައިލް….ނައިލް…”
ތާރާ ބެލީ އާރަވްއާ ވާހަކަ ދެއްކޭތޯއެވެ، ނަމަވެސް ތާރާއަށް މިކަން ކުރުން ވީ ވަރަށްވެސް އުނދަގޫ ކަމަކަށެވެ. ތާރާގެ އަނގައިން ހޯސްލާފައި ލޭ އަންނަމުން ދިޔައިރުގައި ނޭވާލަމުން ދިޔައީ ވަރަށް ވެސް އުނދަގޫ ގޮތަކަށެވެ.
”ޝޫޝް….ތާރާ….ވެއިޓް….މި ގުޅަނީ އެމްބިއުލާސްއަށް….”
”ނައިލް….ނައިލް…ބުނީ….އަހަރެން….. މަ…..ރާލާ…ނެމޭ…..ދެން….ކޮއް….ޕާ….ލީ….”
ތާރާއަށް ބުނެވުނީ މިހިސާބަށެވެ. ތާރާ ފަހުނޭވާ ދޫކުރީ އާރަވްގެ އަތްދަޑި މަތީގައި އޮވެއެވެ. ނައިލްތިރިއަށް ދިޔައިރުގައި އާރަވްއިނީ ތާރާއުނގަށްލައިގެނެވެ. މުޅި ތަނުގައި ހުސްލެއި ހުރި އިރުގައި ތާރާގެ އެއްވެސް ހަރަކާތެއްނެތެވެ. ނައިލް ގޮސް ތާރާގެ ގައި އަތް ޖަހާލަން އުޅުނު އިރުގައި އަތް ތުރުތުރު އަޅައެވެ.
”ހަބަރުދާރު…..އަތް ނުލާތި؟……ހައު ކުޑް ޔޫ ނައިލް…..ހައު ކުޑް ޔޫ؟….ތާރާ؟..ތާރާ ނޭވާއެއްނުލާ…..އޯމައި…. އޯމައި ގޯޑް….ނައިލް…..ނައިލް ޔޫ ކިލްޑް ހާރ…..ތާރާ މަރާލީ ތި….އަހަރެން ދުވަހަކުވެސް ނައިލްއަަށް މާފެއް ނުކުރާނަން…..ދުވަހަކުވެސް……”
އާރަވްގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔަ އިރުގައި އާރަވްގެ އަތްވަނީ ތާރާގެ ހަށިގަނޑުގައި ވަށާލެވިފައެވެ. އާރަވްގެ މުޅިގައިގައި ވެސް ހުރީ ހުސްލެއެވެ. ތާރާގެ ދެލޯމެރިފައި ވީ އިރުގައި ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ނައިލްގެ އަނގައިން މަޑު އާހެއް ނިކުތްއިރުގައި ކަކުލުން ވާގިގޮސް ބިންމަތީގައި އިށީންދެވުނެވެ. ނައިލްގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން އައިސް ނައިލްގެ ކޯތާފަތްމަތިން ފިރުކިފައި ތިރިއަށް ފައިބައިގެން ދިޔައީ ހިމޭންކަމާއިއެކީގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.



Dhn obsess viyas evaru bodehnu thaaraa vx.. I mean c’mon amilla ah vx e maru vee hama e gothuga hifahattaalevey tho.. anyway inaash varah molhu engey keep going.. May God bless you?????
Hehe jazakillah khairan ?
haadha foni bodu vgn ulhey manjeyeh…. haadha foohseh karaafiyey.. hunn…. ulhey vahtharu.. cheee…. reethi vehjeynun emme fahunnn…. thelhey ne vahtharakh thelhifa.. emme fahun amihlayah maru… faafa mahchah aneh faafa.. mee dhn muslimun tha….. anehkha thaaraa aky muslimeh tha?
Hehe kykuraany baeh meehunge eemantherikan kuda ee hama ?
Taara taara ah fenunyma vaanvygoiy thivy…Varah varah
Hehe ?
Huh…rangalhu bodi eh bovihje ehnun thaara gandu…Hisaabah vure foni boduvegen thiulhuny arav thaaraa beynun kanthah kohdhey thynu..chy chy…BTW Inuu sis..vvv rythi mi part vec inge?????????❤❤???…Ly nd good nyt
Hehe jazakillah khairan ??❤
Sorry guys for uploading it late… ?
Nice mi part vx??
Jazakillah khairan ?
Ahchy…. thaahiru vehjehnu… nail vx nulibuny… aarav vx nulibuny… maa dhera dhw… dhn kahvalhuga ovegen thi jahsa vahatharu jahsan dhey… huh… vrh fuuhi vey… hithah araa hama muunu mathi nolhaala faanamey… magey nail a kulhefa kaleyakah hama neyva eh levunaka nudhwynan…. handhaan kurahchey…. aarav akah vx
When next part?varah salvo?❤
Insha allah soon ?
*salhi
Jazakillah khairan ?
Tharaa dho dhan pis pis….
Mi part wes v v reethi
Jazakillah khairan ?
Poor naill… ?
This part was very intresting like always ?
Jazakillah khairan ?
Amazing…. ?
Jazakillah khairan ?
Koba tha next part…waiting varah curious vefa mynii next part kiya hithun…btw story hama tough❤??
Inuu sis…kobaa thr next part?…plc avahah up kohdhyba???????..waiting