ބުނާށެ ލޯބި ނުވަނީހޭ…..23
ހަމްޒާގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔައެވެ. އެއްފަޅިން އަންޖަލްގެ ލޯބި ގަބޫލުކުރަން ބާރު އަޅަމުން ދިޔައެވެ. އޭނާ ލޯބިވާ މީހަކަށްވުރެ އޭނާދެކެ ލޯބިވާ މީހެއް ހަޔާތަށް ގެނައުމުން މާއުފާވެރިވާނެކަމަަށް ވިސްނައިދެމުން ދިޔައެވެ. ސިކުނޑީގެ އަނެއް ފަޅި ބުނަމުން ދިޔައީ އަންޖަލްގެ ލޯބި ގަބޫލުކޮށްފިނަމަ އެއީ ހެދޭ ބޮޑު ގޯހެއްކަމަށެވެ. ފަހަރުގައި އޭނާއަަށް އަންޖަލްދެކެ ލޯބިނުވެވި އެ މައުސޫމް ކުއްޖާގެ ހަޔާތް ބަރުބާދުކޮށްލެވުދާނެއެވެ. ހަމްޒާ ގޮތެއް ނިންމިއެވެ. އޭނާ އެވަނީ ލޮތްބަަށް ފެންބޮވައިގަނެފައެވެ. ރައިހާނާ މަތިން ހަނދާން ނައްތާލުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ އަންޖަލްގެ ލޯބި ގަބޫލުކުރުން ކަމުގައި ހިތް ބުންޏެވެ.
ހަމްޒާގެ ޖަވާބެއް ނުލިބި ގިނައިރު ވާން ފެށުމުން އަންޖަލް ނުތަނަވަސްވިއެވެ.
އަންޖަލްއަށް ސިހުން ގެނުވީ ހަމްޒާ އޭނާގެ އަތްނަގައި އަތްތިލައަށް ބޮސްދިނުމުންނެވެ. ގައިގައި ހުރިއްޔާ ހުރިހާ ލޯލިތަކެެއް ކޮޅަށް ޖެހިގެން ދިޔައެވެ. ހިތުގެ ހިނގުން ސިކުންތުކޮޅަކަށް ހުއްޓިގެން ދިޔަހެންވެސް ހީވިއެވެ. “އޭންޖަލް މަދެކެ ލޯބިވާވަރަށް މަށަށް ލޯބި ނުވެވިދާނެ. ބަޓް އައި ޕްރޮމިސް އައި ވިލް ނެވާ ބްރޭކް ޔުއަރ ހާޓް. އައި ވިލް އޯލްވޭސް ކީޕް ޔޫ ހެޕީ. އެކަމް އަހަރުން ދެމީހުންގެ ރިލޭޝަންޝިޕް ސިއްރެއްގެ ގޮތުގަ ބާއްވަން ޖެހޭނީ. ސްކޫލް ކުދިންނަށް އެނގިގެން ނުވާނެ. އެތިން މީހުން އިސްތިސްނާ އިނގޭ.” އަންޖަލް ބޭނުންވީ އުދުއްސައިގަންނާށެވެ. ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. އެވަގުތު ހަމްޒާގެ އަތުތެރެއަށްވަދެ މުޅި އުމުރަށް ހިމާޔަށް ހޯދަން ބޭނުންވިއެވެ. އުފާވެރިކަމުގެ ކަރުނަ އޭނާގެ ލޮލުން ނީރާލިއެވެ. އެހާ ފަސޭހައިން އޭނާގެ ލޯބި ކާމިޔާބުވާނެކަމަކަށް ހިއެއް ނުކުރެއެވެ. އަންޖަލްއާ ހަމްޒާއަށް ނޭންގުނުކަމަކީ އެދެމީހުންނަށްވެސް އެހެދުނީ ވަރަށް ބޮޑު ގޯހެއް ކަމެވެ. ފަހުން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވެދާނެކަމާ މެދު ވިސްނާނުލެވުނީއެވެ. “އެމީހުން އެތިބީ ވަރަށް ކިއުރިއަސްވެފަ. ހިނގަ ދާން އެމީހުންނަށް ކުޑަ ހާޓްއެޓޭކެއް ޖައްސާލަން” ހަމްޒާ އެއްލޯ މަރާލިއެވެ. ހިތް ރޮމުން ދިޔަ ނަމަވެސް އޭނާ ބެލީ އަންޖަލް ކުރިމަތީ ވީހާވެސް އުފާވެރިކޮށް އުޅޭށެވެ. އެހިތުގައި ހިނގަމުންދާ ހައިޖަނުގެ ހިލަމެއްވެސް އަންޖަލްއަށް ވާކަށް ބޭނުމެއް ނޫނެވެ.
ރައިހާނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ހަމްޒާ ދޭނެ ޖަވާބެއް ނޭންގޭނެތީއެވެ. އަންޖަލްގެ ހިތްހަލާކުވާކަހަލަ ޖަވާބެއް ހަމްޒާ ދީފި ނަމަ ދުވަހަކުވެސް ރައިހާނާގެ މާފެއް ހަމްޒާއަކަށް ނުލިބޭނެއެވެ. ހަމްޒާދެކެ ކިތަންމެ ލޯބިވި ނަމަވެސް އަމިއްލަ އުފަލަށްވުރެ ރައިހާނާ އިސްކުރާނީ އަންޖަލްގެ އުފަލެވެ.
އަންޖަލް ދުވެލާފައި އައިސް ރައިހާނާ ގައިގައި ބައްދާލިއެވެ. އުފާވެފައި ހުރިވަރުން އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. “ރައި. ހީ އެކްސެޕްޓެޑް މީ!” ހުއްޓަމުން ހުއްޓަމުން ކުރަކިވެފައިވާ އަޑަކުން އަންޖަލް ބުންޏެވެ. ރައިހާނާ އުފާވާން ބޭނުންވި ނަމަވެސް އެހިތް ކަތިލެވުނެވެ. ހިތުގައި މީހަކު އެތައް ފަހަރަކު ވަޅިއެޅިއަސް ދިލަ ނުނަގާހާ ބޮޑަށް ހިތުން ދިލަ ނެގިއެވެ. އަންޖަލްއާ މެދު ހަސަދައިގެ ހުޅުކޮޅު ހިތުގައި ރޯވިއެވެ.
ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ވިޝާހްއަށް ދެލޯ މަރާލެވުނެވެ. ނަމަވެސް އަންޖަލްގެ ހިނިތުންވުންފެނިފައި އޭނާއަށްވެސް ހިނިތުންވެވުނެވެ. އަންޖަލް އުފަލުން ހުރިއްޔާ އޭނާއަށް އެނިމުނީއެވެ.
ރީހާންއަށް ވަމުން ދިޔައީ ކިހިނެއްކަން ޚުދު ރީހާންއަށްްވެސް ނޭންގުނެވެ. ފާޑަކަށް ހިތުގައި ޖެހުނެވެ. އަންޖަލް އެހެން މީހެއްގެ ހައްގަކަށް ވުމުންނެވެ. އޭނާގެ ހިތަށް ވަމުން ދިޔަ ގޮތް ނޭންގޭތީވެ ދެފަރާތަށް ބޯ ހޫރާލެވުނެވެ.
އަންޖަލްއާ ހަމްޒާ ވެގެން އެކުދިންނަށް ކެއުމެއް ދިނެވެ. މޫނު މަތިން އުފާވެރިކަން ދެއްކިއަސް ހިތުން ލޭކަރުނަ އޮހެމިން ދިޔައެވެ. ހަގީގީ އުފާވެރިކަން ލިބިފައިވަނީ ހަމައެކަނި އަންޖަލްއަށެވެ.
ގެއަށް ގޮސް ކޮޓަރިއަށް ވަންގޮތަށް އެނދުމައްޗަށް ވެއްޓިގަނެ ރައިހާނާ ރޯންފެށިއެވެ. އަންޖަލްއާ ހަމްޒާއެކީ އުޅޭތަން ބަލަން އޭނާގެ ހިތަށް ކުޅަދާނައެއް ނުވާނެއެވެ. އަންޖަލްއަށްޓަކައި ވިއަސް ދޮގުނުހެދުނު ނަމައޭ ރައިހާނާ ހިތަށް އެރިއެވެ. އޭނާ ބޭނުމީ ހުރިހާ ކަމަކުން ފިލާށެވެ. އެންމެންނާ އެތައް ހާސް މޭލް ދުރަށް ދާށެވެ. އެހިތުގެ އަޑު އަހާ މީހަކަށް މިއަދުވެސް ވީ އޭނާގެ ޑައިރީއެވެ. ހިތުގެ އުދާސްތަކުން ދެތިން ސަފްހާ ރައިހާނާ ފުރާލިއެވެ. ކޮންމެ ގަނޑެއްގައިވެސް ކަރުނަ ފޭދިފައި ހުއްޓެވެ.
އުއްޑުން އެނދުމަތީ އޮތް އަންޖަލް އޮތީ ހުވަފެނީ ދުނިޔެއަކަށް ގެއްލިފައެވެ. ދުވަހަކުވެސް އުފާ ނުވާހާ ބޮޑަށް މިއަދު އުފާވެއްޖެއެވެ. އަންޖަލް ތެދުވެގެން ގޮސް އޭނާ ކުރާހާ ތަނަށް ވަނެވެ. އެއަށްފަހު ކެންވަސްެއެއް ނަގައި އޭގައި ކުރަހަން ފެށިއެވެ.
ހަމްޒާ ގެއަށް ދިޔައިރު މިރާޝް ސިޓިން ރޫމްގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާގެ މޫނު މަތިން އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފެންނަން ހުއްޓެވެ. ހަމްޒާ މިރާޝް ގާތުން ވީ ކިހިނެއްތޯއެހިއެވެ. ވީގޮތް މިރާޝް ބުނުމާއެކު ހަމްޒާގެ ދެލޯ ބޮޑުވިއެވެ. ހިތުގައި އުފެދިފައި ހުރި އަލިފާން ގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ.
“ދޮންތާ” އެނދުގައި އިށީންދެލައިގެން ދެކަކުލުގައި ބޯއަޅައިގެން ސުނައިނާ އޮތެވެ. ހަމްޒާ ގޮވާލުމާއެކު ބޯހިއްލާލިއެވެ. ރުއިމުގެ ސަބަބުން އޭނާގެ ލޯ ވަނީ ރަތްވެފައެވެ. ހަމްޒާއަށް ދެއަތް މުށްކަވާލެވުނެވެ. ރުޅި އައިސްގެން ގޮސް މީހާ ތުރުތުރުލަމުން ދިޔައެވެ.
ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ވިޝާހްއާ ރައިހާނާ އެދެމީހުންގެ ފޭކު ގުޅުން ދުނިޔެއަށް ދައްކާގެން އުޅުނެވެ. އެންމެނަށް ސިއްރުން އަންޖަލްއާ ހަމްޒާގެ ގުޅުންވެސް ކުރިއަށް ދިޔައެވެ. ނަމަވެސް އަންޖަލްއަކީ އޭނާގެ ދަރިވަރެއްކަން ހަމްޒާ ހަނދާން ނައްތައެއް ނުލައެވެ. އަންޖަލްދެކެ ލޯބިވާން އޭނާ ކުރި މަސަައްކަތްވީ ބޭކާރެވެ. ރައިހާނާ ގެ ނަން އެހިތުން ފިލައިގެން ނުދެއެވެ. ވިޝާހްއާ ރައިހާނާ އެކީ އުޅޭތަން ބެލުންވީ އޭނާއަށް އުނދަގޫ ކަމަށެވެ.
ރައިހާނާއާ އަންޖަލްގެ ގުޅުން ހީނަރުވިއެވެ. އަންޖަލްއާ އެކީ ބޭރަށް ދިއުން ރައިހާނާ މަދުކުރިއެވެ. އަންޖަލް ގުޅިއަސް ފޯނުވެސް ނަގަނީ މަދު ފަހަރަކުއެވެ. އަންޖަލްވެސް މާބޮޑަށް އެކަމަކާ އަޅައެއް ނުލައެވެ.
އަޒްހަދް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ މާޒީ ރާނިޔާއަށް ކިޔާދިނުމަށެވެ. ނަމަވެސް އެވާހަކަތައް ކިޔާދޭނީ ކޮންދުލަކުން ކަމެއް އަޒްހަދަކަށް ނޭންގުނެވެ.
ރައިހާނާއާ ވިޝާހްގެ ވަކިވުންވީ ސްކޫލް ހުރިހާ ކުދިންނަަށް ލިބުނު ޝޮކަކަށެވެ. ރައިހާނާއަށް ރަށްޓެހިވެގެން އުޅޭކަމަށް ހެދިގެން އުޅުންވީ އުނދަގޫ ކަމަކަށެވެ. ވިޝާހްވެސް އެހެން އުޅޭކަށް ބޭނުމެއްނުވިއެވެ. ކުދިން ގާތު ދެމީހުންވެސް ބުނީ ކިޔެވުމަށް ސަމާލުކަން ދިނުމަށްޓަކައި ކުޑަ ބްރޭކެއް ނަގަނީކަމަށެވެ. ވިޝާހްއާ ވަކިވިތާ ދެތިން ދުވަސް ނުވަނީސް ޒިވާންގެ އުނދަގޫ ރައިހާނާއަށް ޖެހުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.






yah me first dho
Salam. Mi part ehenn part thakah vure varah bodah kuruvaane. Miee 22vana part ge baeh. ISA next part next sunday ge kurin. And i know varah gina kudhin rulhi ahnnane kan hamza ge ninmumuge sababun. And i am sorry if i disappointed all of you. Bt i ISA vaahaka nimey iruga thikudhin beynunva gothah ninmeytho masakkai kuraanan.
alhe kihineh thy hedhy… so sad???btw thanks aslu gavaidhun vaahaka up kohdheythy…. luv u kiyaa❤️❤️❤️
Kiyaa well the story is going very interestingly plus varah reethi ekam… Hamza aa raihaana vaki nukohba.. Plx alhe anjal ekani tha ufalun ulhenvy fahe… Well rai ge hithuga ufedhunu alifaan gandu kittyge ves hithuga ufedhijje… Cant wait for the next part… And yeah jiji!?… U there if ur thereplx gmail in msg kohba plx… I wanna ask u something..
Wat kiyaa sis watwatwat Angel n hamza step sis n Brother ehnnu dhen alhe yyyyyyyyy Jiji roan ready vegen hurey RAIHANA roan nuhadhaaa dhen vx balaa hith halaaku nukoh bestie n ur love salaamaith kureveythw ??????????????????????????????????????????????????❣❣❣???????????❤️❤️❤️???????????????anyways mi bai vx vvvv rohvaalaifi azuka sissy pass me a tissue karuna fohelan vehje…… Next part uh wait Koran thanx gavaaidhun up kohdheythee aslu I thought miyadh eh vx story eh up nuvanee kamah Ekam u gave me a lot of surprises…….love you sis ❤️❤️❤️❤️❤️❤️???????????????❣❣❣❣❣???????????????????????????????????
Shambbx sis..hingaaba dhw roan ????
Udhagoo veetha Thi ehen ehee Jiji should I stop commenting u o twkin ok Jiji buni gothuh
This is sooooooo heart breaking… but still story is nice as always.. waiting for the nxt parts
I totally agree with u
Kiyaa….kyh thikury Alheyyy????…Ehn nahadhaa dhn…Azhadh vec thi vhk bunan v nu dhw….rehan vec mihaaru anjal ah fall v dhw…OMG..dhn kihineh baa vaany???????
Yesh kitty sis bunihn me too anjal ah takai hithuga varu gadha rulhi veri kameh ekulevihje…Pleezu kiyaa Rai nd Hamzaa avahah gulhuvaba kiya..ly sooooo much lwbii????????❤❤??????
Com.ment nukoh nethehnnu vaakuh jiji…..last episode ha innane some thing for u uh ingey kudakuhje Hama sahaadhe…..hehehehe
Note shambbx sis sham sis ey kiyaa.Bala I feel kinda odd shambbx sis ey keema …episode 21
Episode 21 aku neiy..nd yesh shambbx sis ky girl eh thw yangyn kohlan mae…hehhe…thibunaa comment mashah fenun ingey reyga…dhn reply kuraanan ingey..Um may I ask u ah question…aneh kyhve jiji story thakah comment kuryma shambbx konme faharaku reply dheny…rulhi naannahchey inge hama ahaaly mi✌✌
Kameh vegen tha Jesus meh kohlaanamey hitha loabin hehehehehe hehehehe ?????????????????
Jiji yakee kudakuhje veema n I love my umurah v kudakdhinna vaahaka dhahkaa hiyy vey n every one says I have a great bond to little kids so I am twkin to them
Mi vhk varuge vhk eh neih mulhi mi esfiya site ga vx…❤❤ gud luck kiyaa?
Varah reethi me part ??
Waiting for next part❤??
But kiyyvetha anjal and hamza gulhu v. Nimey iru raihana and hamza gulhu vahchey eyrun this story gonna be perfect ???
Love u kiyaaa???
????އަޅެ ކިހިނެއްތަ ތި ހެދީ ރައި އާއި ހަމްޒާ އަށް ???
Kiyaaaaaa!!! Nooon?????? don’t do this! Hama rovijje.. I feel for u rai.. been there.. I know it breaks ur heart a thousand times..
Anyways kiyaa u r the best.. knme dhuhuku part eh ??? Lwbi veyy keep going??
Alheyyy varah loabi part eiy.
Kiyaa… dhontheee au varau reethi hama kiyaage stories. Vvvvvvvvv beautiful.???????????
Love you nd your stories❤❤❤❤❤❤❤❤
Nooooooooooooo.. hamza.. I hate u.. just hate u.. kiyara wht have u done.. I cn’t stop crying… I knw I’m not in the stry.. bt I feel like I’m .. I dn’t knw wht to say… Hate u anjal.. anjal ge dad hoadhan fashanvy dhw.. eyrun truth ingeyny… Anyway this stry is fabulous… Most beautiful stry in esfiya.. luvv u kiyaa
I hate this…. Kiyaa heyonuvaane…. Anjle dheke v foohi vehje bodu anjle gadu….. ????????
BTW story nice ekm dhn hama laalu ah roveyny… V heart touching….. Shambbx aadheba laaluah tissue foshi gaaiy kohdheyn…. He he hey…. ????????
Hahahaha sahaadhe miyothee kamakaa laiganefa miyothee ??????mi varu rangalhu laalu hehehe omg now this is not gonna stop ain’t heheheheheheheheh?????????????????kiyaa sis now i am to publish tissue paper for these crying baby’s hehehehe
Lol…. shambbx sis.. Jiji ruyun huhtuniytha, mihaaru laalu kalhuhameh furen dhn roalaafa huhtaalaifin?????
Adhi vx Roma dhuvaalu roathan fennanee ??????
Neygey Jiji huttaaali kameh vx habareh nuveyey viyya Migady laalu Kon kameh not a school one…..?????
Dhen othee laalu roifithw o nimmali thw balaakahnnu???????????????
no school ga laaluvx ulheni ekm vx mi comment cohly dhw…he he hey…finally jiji hutaalaifi dhww….hyvani 24 prt roan nujeheyne hn ekm bodah ingeyniy Author kiyaa akah nu dhw…..???????????????????
Jiji huhtaalaifiiimey ruin hama tissue thakun neyfaiy dhamaafa????…hehe…
alheyyy nooooooo??? plx kiyaa thihin nahadhaa…. raihaanaa ge hih kudhi kudhi vaa gotha mihaaaru shua ge vx hih kudhi veje… btw kiyaa darlin mi part vx vrh reethi cant wait to read another part?
Alhey…….Rai and Hamza ah ehen nuhadha… ??? Hamza vx thedhah kiyaidhin nama buninama Rai dheke ey loabivuma…. fight for your love both of you Rai and Hamza plxxxx?????
Laalu dhn kiyaafaane hama kohme ehcheh vec????…hehe…jiji ruin adhi mi huhtaaly mi part ashey dhw kiya
Alheyy… Cute Lips roh v kyhkuran.. hama rovihjje…
can i join the group guys… v molhah drama kulheykan faahaga vehjje …Cute Lips ah ekn igun…,…heheh… drama queens
Alheyyy lwbiiiii??????of cox u can join ingey…permission hoadhaane kameh nethey sis kolhuuuuu??
U r welcome cute lips Jiji neyfaiyy dhamadhamaafa huttaliyyey dhen where is ur eyes cryin babyy hehehehehehe ????????
Hehe…cry baby ey??????
Yeah thibunanee viyya neyfaiyy dhamaafa huttaliyyey
Jiji talk kuraa gothun shua hadhaan vanii shua ge bestie mathin… mihin bunyyma azkaa sis ah ingeyyne… dhw sis
Alheyy ehn thr…Shua sis thy azker sis ge friend eh thr???..Hingaaba dhw friends ah vaan?❤??
Ya ofcourse….
Shua alhe group uh vadhelaafa roilan ingaaba
ANEH AZKER SIS GE FRIEND EH DHW THY
@SHUA?
This is the best story………….