Skip to content
އެސްފިޔަ

އައިހަމް – އެޕިސޯޑް 1

އިރުގެ އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއާ ޢަލްވަދާއު ކިޔައިފިއެވެ. އޮއްސިގެން ދިޔަ ދޯދިތަކުގެ ދަޅަ ލޮނުގަނޑަށް ހިނދިގެން ދިޔައީ އުފާވެރި ރޭނގަޑަކަށް ދުނިޔެ މަރުޙަބާ ކިޔަމުންނެވެ. ގޮނޑުދޮށަށް ބިންދަމުން ދިޔަ ރާޅުތަކަށް އައިހަމް އަށް ގެއްލިފައި ހުރެވުނެވެ. އައިހަމް ގެ މޫނުމަތިން ފެންނަ ހުރީ ހިތްދަތިކަމާ މާޔޫސްކަމެވެ. ދުނިޔެއަށް ވެރިވެފައިވާ އަނދިރި ކަމަށް ވުރެން އައިހަމްގެ ޙަޔާތަށް ވެރިވެފައިވާ އަނދިރިކަން މާބޮޑެވެ. ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން ދިޔަ ދޫނިސޫފާސޫފީގެ ނަޒަރު ހުއްޓިފައިވަނީ އައިހަމް އަށެވެ. އެއެއްޗެހީގައި ބުއްދިއެއް ނެތްކަމަކު އައިހަމްގެ ލޮލުން ކަރުނަ އޮހޮރާކަން އިނގެއެވެ. މަޑުމަޑުން ރަތްވިލާތަށްވެސް އެންމެފަހުން އޮއްސި އައިހަމްގެ އެކަނިވެރިކަން ގަމުގެ ތުނޑި މައްޗަށް ވެރިވެގެން ދިޔައެވެ. މިވާހަކަ އިތުރަށް ފުރިހަމަ ކޮއްލުމަށްޓަކައި އައިހަމްގެ މިހިތާމައިގާ އަޅުގަނޑު ބައިވެރި ވެލާނަމެވެ.

* ދެ އަހަރު ކުރިން….

​           މަޑު ދުވެއްޔެއްގައި ދުއްވަމުން އައި ސްޕައިކަރ ކާރު ރިހި ގޭޓުން ހުރަސްކުރީ “ ޕެލެސް ކައިލް “ އަށް ވަނުމަށެވެ. ކާރުގެ ދޮރު ހުޅުވާލުމަށް ފަހު މެދެ އުމުރުފުރައިގެ ރީތިކަމަށް މަޝްހޫރު ޝަބީއްޔަތު ފޭބިއެވެ. “ ގުޑް އިވްނިންގ މެޑަމް “ ދޮރުގާރޑު ޝަބީއްޔަތަށް މަރުޙަބާ ކިޔަމުން ބުންޏެވެ. ޝަބީއްޔަތު ގެއަށް ވަދެގެން އައިރު ސިޓިންރޫމްގައި އޭނާގެ ޝާހީ ޢާއިލާ ހަވީރުގެ ސަޔަށް އިންސާފު ކުރަމުން ދިޔައެވެ. ސައިގެ އެމަޖިލީސް އިތުރަށް އިންސާފު ކުރުމަށްޓަކައި ޝަބީއްޔަތު ބައިވެރިވިއެވެ. “ އިރުޝާމް ކޮބާ މާލެއަށް ދަނީ ކޮންއިރަކުން ? ކައުންސިލަރ ވިދާޅުވި ދެދުވަސް ވެއްޖޭ އިރުޝާމް ނުފެންނަތާ “ ގޮޑީގައި އިށީންނަމުން ޝަބީއްޔަތު އޭނާގެ ހަގު ފިރިހެން ދަރިފުޅާ ސުވާލު ކުރަމުން އެއްސެވެ. ޖަވާބުގައި އެކަމާއެބަ އުޅެމޭ ބުނުމަށް ފަހު ސައިގެެ މަޖިލީސް ދޫކޮށް އިރުޝާމް މައްޗަށް އެރުމަށް ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އުފާވެރި ޢާއިލާއެއްގެ ނަސީބު މަަތްﷲ ޝަބީއްޔަތަށް މިންވަރު ކުރެއްވީ ޝާހީކަމުގެ ނިޢުމަތާއި، ތިން ދަރިންގެ އަމާނަތަކާއެކުގައެވެ. ޝަބީއްޔަތުގެ ފިރިކަލުން ކައިލް ފަނާވެނިވި ދުނިޔެއާ ވަކިވީ އުޖާލާ މުސްތަޤުބަލެއް އެކުޑަކުޑަ ޢާއިލާއަށް ހޯދާދިނުމަށް ފަހުގައެވެ. ޝަބީއްޔަތުގެ އެއްބަނޑު ދޮންތަ، ޝިފްލާގެ ހިތްވަރާއެކު ކައިލްގެ ހަނދާންތަކުގައި ޝަބީއްޔަތުގެ ދިރިއުޅުން ލާމު އަތޮޅު ގަމުގައި ހޭދަކުރަމުން އަންނަނީ ޤަދަރުވެރިކަމާ ޝަރަފުވެރިކަމާ އެކުގައެވެ.

ގަޑިން ނުވައެއް ޖަހަނީއެވެ. މާދަމާއަކީ ހުކުރުދުވަސް ކަމުން ޓީވީ ނިއްވާލުމަށްފަހު ޝަބީއްޔަތު އަވަސްވެގަތީ ނިދާށެވެ. ކޮޓަރިއަށް ވަދެ ބިއްލޫރި ހުސް ޖަގު ހިފައިގެން ބަދިގެއާ ދިމާލަށް ޝަބިއްޔަތު ހިނގައިގަތެވެ. ބޮޑުދޮރު ހުޅުވާލުމަށް ފަހު ގެޔަށް މީހަކު ވަދެއްޖެވެ. “ ވަރަށް ބޮޑަށް ސޮރީ މިއަދުވީ ކަންތަކާ… ދެން އެހާވަރަށް ނުވިސްނަށްޗޭ އިނގޭ. ލަވް ޔޫ… ބާއި… “ ވަރުބަލިކަމާ އެކު ގޭތެރެއަށް ވަދެގެންއައި ޒުވާނާ ފޯނު ބާއްވަމުން ބުންޏެވެ. “ އައިހަމް “ ޝަބީއްޔަތު އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް ގޮވާލިއެވެ. ފެން ޖަގު މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝަބީއްޔަތު އައިހަމްގެ ކާރިއަށް ދިޔައެވެ. “ ކޮންތާކުން ތިއައީ ? މިރޭ ޝީގެ ޙަބަރެއްވެސް ނުވޭ…. ކާން އުޅޭ. މިރޭ ކޮއްކޮމެންވެސް ދަރިފުޅު ވަރަށް ހޯދި “ އައިހަމްގެ ބޮލުގައި ފިރުމާލަމުން ލޯބިވާ މަންމާފުޅު ސުވާލުކުރަމުން ބުންޏެވެ. “ ޝީއާ އެކީ ޑިނަރ އަކަށް ގޮސްމިއީ… ސޮރީ ނުބުނެވުނީމަ. ކުޑަ މައްސަލައެއް ޖެހިގެން އުޅޭތީ ޝީ މިއަދު ނައީ “ މޯޅިއަށް ދެމެމުން އައިހަމް މަންމައަށް ޖަވާބު ދިނެވެ. ޓީވީ ހުޅުވުމަށްފަހު އައިހަމް ސޯފާގައި ޖައްސާލިއެވެ. ލަސްނުކޮށް އަވަހަށް ނިދުމަަށް ނަސޭޙަތްތެރިވަމުން ޝަބީއްޔަތު ފެން ޖަގު ހިފައިންގެ ކޮޓަރިއަށް ދިޔައެވެ.

ކުޑަދޮރުން ކޮޓަރި ތެރެއަށް ޖެހެމުންދިޔަ ގަދަ ވައިރޯޅި ތަކުގެ ފިނިކަން އެނދުމަތީގައި ބަންޑުން އޮށޯވެގެން އޮތް ޝިނާ އިޙްސާސް ކުރަމުން ދިޔައެވެ. ލޯބީގެ ދާނުގައި ޝީނާގެ ދެފިޔަ ޖަހަމުން ދަނީ ހިތްހަމަޖެހުމާ ކާމިޔާބާއެކުގައެވެ. ދުވަހަކުވެސް މީހެއްދެކެ ނުވާފަދަ އާދަޔާ ޙިލާފު ވަރުގަދަ ލޯތްބަކުން ޝީނާ ދަނީ އައިހަމްގެ ލޯބީގެ ދަރުބާރުގައި ރަނިކަން ކުރަމުންނެވެ. އައިހަމްގެ އަޅާލުމާ އޭނާގެ ފަރާތުން ލިބޭ ލޯބިވެގެން ގޮސްފައިވަނީ ޝީނާގެ ފުރާނައާ ގުޅިފައިވާ މުހިއްމު އެއްޗެއްކަމުގައެވެ. އައިހަމްވެސް އޭނާގެ ހިތް އެފަރާތަކަށްޓަކައި ޙާއްސަ ކުރެވިފައިވަނީ އޭނާގެ ލޮބުވެތި ޢާއިލާވެސް އެމީހަކަށްޓަކައި މަރުޙަބާ ކިޔާ ޝީނާއަށެވެ. މި ދެލޯބިވެރިންގެ ނިންޖަށް ކޮންމެ ރެޔަކުމެހެން ހުރަސް އަޅަނީ ފަނޑުވުމެއްނެތް ލޯބީގެ ހަނދާންތަކެވެ. މި އުސޫލުން އައިހަމްގެ ހަނދާންތަކަށް ގެއްލިފައިވާ ޝީނާގެ ލޮލަށް ނިދި އިސްތިޤުބާލު ކުރީ ބާއްޖަވެރި ހެނދުނަކަށް ދަޢުވަތު ދެމުންނެވެ. ސޯފާގައި އަރިއަކަށް އޮށޯވެ އޮތް އަހިހަމްގެ ލޮލަށްވެސް ނިދި އިސްތިޤުބާލު ކުރީ މިދަޢުވަތާއެކުގައެވެ. ދެމީހުންގެ ދެމެދުގައިވާ ދުރުމިނަށް ފަރުވާލެއްނެތި ދެމީހުންގެ ލޯބި ދަނީ ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ. މިއީވެސް ލައިލާއާ މަޖުނޫނު ފަދައިން ޤުރުބާންވަމުން އަންނަ ދެލޯބިވެރިންއެވެ.

ހުކުރު ދުވަހު މެންދުރުގެ ހޫނުގަދަ ވަޤުތެވެ. މެންދުރުގެ ކެޔުމަށް އިންސާފު ކުރުމަށް ޝަބީއްޔަތުގެ ޢާއިލާ ތައްޔާރު ވެއްޖެވެ. އައިހަމްގެ ލޮލަށް ބަލަމުން ޝީނާ ކާމޭޒު މަތީގައި ތަށިތަށް އަތުރަމުން ދިޔައެވެ. ޝީނާއާ އެކު އައިހަމްގެ ބޮޑު ދައިތަ ޝިފްލާވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ތުންފަތް ވިކާލަމުން އައިހަމް ޝީނާއަށް ސަމާސަ ކުރަމުން ދިޔައެވެ. “ އަނހާ… ވަރަށް މިސްޑް… ކޮބާ ރޯމާ މިއަދު ނާދޭތަ ? “ ކާމޭޒު ކައިރިއަށް ޖެހިލަމުން ޝަބީއްޔަތު ޝީނާއަށް ގޮވާލާފައި އެއްސެވެ. “ ޔެސް މޯމް. ރޯމާ ކިޑް ބަލިވެގެން ނާދޭ.. ބުނި މޯމް އަށް ގުޅީމާ ފޯނެއް ނުނަގައޭ… “ ޝީނާ އައިހަމްގެ ކައިރީގައި އިށީންނަމުން ޖަވާބު ދިނެވެ. “ އޯ.. ތެދެކޭ.. އިއްޔެވެސް ބުންޏޭ ޒޯޔާ ބަލިވެގެން އުޅޭ ވާހަކަ… ދަރިފުޅާ އަލްޔާ! ދޭބަލަ ތިއްތި އަށް ގޮވާލަން… ކާންނައިސް ކީއްތަ އެކުރަނީ… “ ކާތަށި ގަޔާކައިރި ކޮއްލަމަށްފަހު ޝަބީއްޔަތުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަލްޔާއަށް އިޝާރަތް ކުރަމުން ބުންޏެވެ. ރޯމާ އަކީ އެޕެލެސްގެ ހުރިހާ ކަމެއް ކުރާ މުރާލި މެއިޑެކެވެ. ޝަބީއްޔަތުގެ އަރިސް މީހެއްވެސް މެއެވެ. ގިނަ ފަހަރަށް ރޯމާއާއެކު ޝިފްލާ އަދި ޝީނާ ކެއްކުމުގައި އެކުގައި އުޅޭނެއެވެ. އައިހަމްގެ ޢާއިލާގެ ރުހުން ޝީނާއަށް އޮތް މިންވަރު ޕެލެސްގައި އޭނާ ހޭދެކުރާ ކޮންމެ ވަޤުތަކުން ހާމަވެގެން ދެއެވެ. ގިނަ ވަޤުތު ޝީނާ ހޭދަކުރަނީ ޕެލެސްގައެވެ. ޝީނާގެ މައިންބަފައިން ދުނިޔޭގައި ނެތެވެ. ޝީނާގެ ޢާއިލާ ދަމަހައްޓަން ހުރީ ބޮޑު ދައިތައެއްގެ އިތުރުން އޭނާއާ އެއްބަފާ އަންހެން ކޮއްކޮއެއް އެކަންޏެވެ. ގުޅުންތެރިކަމެއް ނެތްތާގައި ފެންނަ ފަށުގައި އަންހެން ކޮއްކޮއެއް ނެތެވެ. އެހެންކަމުން ޝީނާގެ ދުވަސްތައް ގުނަމުން އަންނަނީ އޭނާގެ ބޮޑު ދައިތަ ފައިރޫޒާއާ އެކީގައި. މިއާއެކު އަހިހަމް ކަހަލަ ބައިވެރިޔަކަށް އޭނާގެ ޙަޔާތް މަރުޙަބާ ކިޔާތީ ޝީނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. މެންދުރުގެ ކެޔުމަށް އިންސާފުކޮށް ނިމިއްޖެވެ. އަދިވެސް އިރުޝާމް ކާކަށް ނާދެއެވެ. ޝަބީއްޔަތު ކައިނިމިގެން އިރުޝާމްގެ ކޮޓަރިއަށް ދިޔައެވެ. “ ދަރިފުޅާ ކާން ނުދަނީތަ ? “ ލޯތްބާއެކު އިރުޝާމް އަށް ގޮވާލަމުން އެއްސެވެ. އިރުޝާމް މިއަދު ވަރަށް ބުރައެވެ. ގަމު ކައުންސިލުގެ ރައީސް އުޅެނީ ސިޔާސީ ޕާރޓީއެއް އުފައްދާތީ މާލެއިން ތަނެއް ނުލިބިގެންނެވެ. މައި އޮފީސް ހަދާނެ ތަނެއް މާލެއިން ހަމަނުޖެހިގެން އުޅޭ ވާހަކަ ގަމު ރައީސް އުބެއިދު އިރުޝާމްއާ ޙިއްސާކުރީ މިދިޔަ ހަފްތާގައެވެ. މާލޭގައި ހުންނަ ކައިލްގެ ގޯތިން އޭނާގެ ތިންދަރިންނަށް ބައި އޮވެއެވެ. މިހާރު އެގެޔަކީ އަރަބިއްޔާ ސުކޫލުގެ ޢަރަބި ޓިޗަރުން އުޅެމުންދާ ގެޔެކެވެ. ހަތަރު ބުރިއަށް ހަދާފައި ހުރި އެގެއި ކުއްޔަށް ދޫކުރީ ކައިލް ނިޔާވުމާ ގުޅިގެން ޝަބީއްޔަތުމެން ގަމަށް ދިރިއުޅުން ބަދަލު ކުރުމުންނެވެ. އެގެއިން އިރުޝާމްއަށް ވީ ބައި ދިގު މުއްދަތަކަށް ކައުންސިލުގެ ރައީސްއަށް ދޫކުރުމަށް ޝަބީއްޔަތުގެ ރުހުމާއެކު އިރުޝާމް ވަނީ ނިންމާފައެވެ. “ ޑޮކިޔުމަންޓްތަށް ރެޑީ ނުވެގެން މިއުޅެނީ… މިރޭ ސަބްމިޓް ކުރަންޖެހޭ… އަޅުގަނޑު މި ނިންމާފަ ކާން ދާނަން…. “ ކީބޯރޑުގެ ފިއްތަކާ ކުޅެމުން އިރުޝާމް ޖަވާބު ދިނެވެ. އިރުޝާމް އަކީ އަމިއްލަ ވިޔަފާރި ކުރަމުން އަންނަ، ގަމުގެ އާއްމުން އިތުބާރު ކުރާ ޒުވާނެކެވެ. “ އެންމެ ރަނގަޅު…. ތިއެއް ނޫނޭ…. މަންމަ ބުނީމެއްނު މެލޭއަށް ދާން އުޅޭ ވާހަކަ… މިއުޅެނީ ރޯދައިގެ ކުރިން ދެވޭތޯ… ރޯމާ ވެސް ގޮވައިގެން ދާން މިއުޅެނީ…. ކިޑް ބަލިވެގެން އުޅޭތީ… އިރުޝާމް ވާނެ މަންމަ އާއެކު ދާން… “ އިރުޝާމްގެ ކައިރީގައި އިށީންނަމުން ޝަބިއްޔަތު ބުންޏެވެ. އިރުޝާމްގެ ޖަވާބުގައި ލައްބަ މޯމްއޭ ބުނުމަށްފަހު ޑޮކުމަންޓްތަށް ޕްރިންޓަށް ދިނެވެ.

ހަނދުގެ ފަނޑު އަލިކަން ގަމުގެ ތުނޑިމައްޗަށް ކޮންމެވެސް ވަރަކަށް ހުއްޓެވެ. ވެލިގަނޑުގެ މައްޗަށް ބީއްސަމުންދިޔަ ރާޅުތަކުން ޝީނާގެ ދެފައިވަނީ ތެމިފައެވެ. ރޭގަނޑުގެ ވަޤުތުކަމުން ޝީނާ އިނީ ހީގަނެފައެވެ. ނަމަވެސް އައިހަމްގެ އުނގުގައި އިނުމުން ތެޅުފޮޅޭވަރެއް ނުވެއެވެ. އަހިހަމްގެ މޭގައި ޝީނާ ބޯއަޅާލައިގެން އޮވެ ޝީނާ ތަރިތަކަށް ބަލަމުން ދިޔައެވެ. “ ޝީ.. ! “ އައިހަމް ގޮވާލިއެވެ. “ ހޫނ… “ ޝީނާ އިޖާބަދިނެވެ. “ ހެޕީތަ ? “ އައިހަމް ދެލޯމަރާލަމުން ޝީނާ ކުރެން އެއްސެވެ. “ ހޫނ…. ކީއްވެ ތިހެންތި އެހީ…. “ އައިހަމްގެ އަތުގައި ހިފާލަމުން ޝީނާ ސުވާލުކުރިއެވެ. “ ކަމެއް ނުވޭ…. އަސްލު ވަރަށް ހެޕީވޭ ޝީގެ މޫނުމަތިން ހިނުތުންވުން ފެންނަން ހުންނާތީ…. “ ޝީނާގެ ބޮލަށް ބޮސްދެމުން އައިހަމް ޖަވާބު ދިނެވެ. “ އޫނމ… އައިހަމް ހުރިިހާދުވަހަކު މި ހިނިތުންވުން އަހަރެންގެ މޫނުމަތިން ފެންނަން ހުންނާނެ…. އެންޑް ސޮރީ އެދުވަހު އެހެން ބުނެވުނީމަ… އައި ޑިޑިންޓް މީން އިޓް އިނގޭ… “ ޝީނާ އެނބުރި، އައިހަމްގެ މޫނުގައި ދެއަތުން ހިފާލަމުން ބުންޏެވެ. ސާދަ ވިލޭރޭ ހަނދުފަދަ ޝީނާގެ ދެލޮލަށް އައިހަމް އަށް ގެއްލިފައި ހުރެވުނެވެ. މަޑުމަޑުން އައިހަމް ޝީނާގެ މޫނާ ކައިރިވަމުން ދިޔައެވެ. ބާރު ނޭވާއެއް ލަމަމުން އައިހަމްގެ ދެލޮލަށް ޝީނާގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ޝީނާގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގެ ފޮނިފޮދަށް ދަހިވެތިވަމުން އައިހަމްގެ ނަޒަރު ޝީނާގެ ތުންފަތާ ގާތްވަމުން ދިޔައެވެ.

– ނުނިމޭ –
* ދެވަނަ އެޕިސޯޑަށް އިންތިޒާރު ކޮއްލައްވާ!
* ލޯބީގެ ސިލްސިލާ ވާހަކަ “ އައިހަމް “ ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހެއްގައި.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Stories....

    Ya yyy me first. BTW v reethi

    1. ShaYan YoOsuf
      Stories....

      thanks ❤️❤️

  2. Livee

    Storyga mammaafulhu, bahpaafulhu genaeema vrh odd… dhn sifa kurun n ibaaraaiy kurun vrh salhi… overall koh stry is awesome…. it’s worth reading… hopw that u’ll correct the mistake… keep it up… best wishws from me

    1. Livee
      Livee

      n firikalun kyna vx vrh neynge dhn hama odd e

    2. ShaYan YoOsuf
      Livee

      okayh rangalhu kohlaanan and thank you so much ❤️

  3. Doodle

    Kudakoh typing mistakes ebahuri… misaaalakah nimmaafa inii ekeega jhaafa… assu innaaany ekeega eve. Mi gothah…

    1. ShaYan YoOsuf
      Doodle

      rangalhu kohlaanan ❤️

  4. Thoooo

    Adhi eh mistake… ” saadha vileyreyge handhufadha sheenage lolah aiham ah gellifa hurevuneve…” ah vure ” saadha vileyreyge handhu fadha shewnage lolah gellifa aiham ah hurevuneve

    1. ShaYan YoOsuf
      Thoooo

      okayh noted ?

  5. Maya

    Nice story , waiting for the next part

    1. ShaYan YoOsuf
      Maya

      thank you ❤️

  6. bestie

    Ummeedhu kuran story reethi vaane kamah
    Wish u gud luck..
    Mi part vrh reethi???????n mistakes rangalhu kohlyma story miahvure furihamavaane….

    1. ShaYan YoOsuf
      bestie

      Yeye thank you ❤️❤️❤️

  7. Mannu

    Masha Allah..varah reethi vaahaka eh

    1. ShaYan YoOsuf
      Mannu

      thank you ❤️❤️

Comments are closed.