ބުނާށެ ލޯބި ނުވަނީހޭ…..22
ސިކުނޑިއަށް ލުއެއް ހޯދުމަށްޓަކައި ދެލޯ މަރާފައި ފުންކޮށް ނޭވައިލާން ފެށިއެވެ. “ހަމްޒާ” ހަމްޒާއަށް ދެލޯ ހުޅުވާލެވުނީ އެންމެ އަޑު އަހަން ބޭނުންނުވާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެބުމަ ގޮށް ޖަހާލަމުން ހަމްޒާ ބަލާލިއެވެ. ކުރިމަތީގައި ހުރީ ލީމް ނޫން ދެވަނަ މީހެއް ނޫނެވެ. އެމޫނު މަތިން ހިތާމަ ނޫން އެއްޗެއް ނުފެނެއެވެ.
ހަމްޒާ ޖިންސުން ވެލި ފޮޅާލަމުން ތެދުވިއެވެ. ލީމް ގެ މޫނު މަތީގައިވި ހިތާމައިގެ އަސަރުފެނި މި ފަހަރު އެ ހިތަށް އަސަރުތަކެއް ކޮށްފިއެވެ. “ހަމްޒާ. ރަށުން އަހަރެން ފެނުނީމަވެސް އަޅާނުލާ އަހަރެން އެއޮށް ވަރަަށް މެސެޖްކޮށް ގުޅީމަވެސް ހަނަ އަޅާނުލާ ތިއުޅެނީ. އަހަންނަށް އެނގޭ ވަރަށް ބޮޑަށް ހަމްޒާގެ ހިތުގައި ޖެއްސުނުކަން ވެސް. އައި އޭމް ސޮރީ” ރިހުން އެކުލެވޭ އަޑަކުން ލީން މާފަަށް އެދުނެވެ. ހަމްޒާ ލީމްއަށް ނުބަލަން ވެގެން ދުރު ބަލަން ފެށިއެވެ.
އަންޖަލް، ރައިހާނާ، ވިޝާހް އަދި ރީހާން ގޮސް ވަނީ ރަސްފަންނަށެވެ. ވިޝާހްއާ ރައިހާނާގެ އަތް ގުޅުވާލެވިފައި ވީއިރު އަންޖަލްއާ ރީހާން އެދެޒުވާނުންގެ ފަހަތުން ވަނެވެ. ރައިހާާނާއާ ވިޝާހްގެ ޖޯޑު ފެންނަ ކޮންމެ މީހެއްގެ ދުލުން ތައުރީފުގެ ބަހެއް އިވިލައެވެ.
ވިޝާހްގެ އަތުގައި ހިފަހައްޓައިގެން އިންނަން ޖެހުމުން ރައިހާނާ އިނީ އުނދަގޫވެފައެވެ. ވިޝާހްގެ ހާލަކީވެސް އެއީއެވެ.
ރީހާންއާ އަންޖަލް ވެގެން ރައިހާނާއާ ވިޝާހްގެ ފޮޓޯ ފަހަތުން ނެގިއެެވެ. ރައިހާނާއަށް ކުއްލިއަކަަށް ހުއްޓެވުނީ ޒުވާން ރީތި އަންހެން ކުއްޖަކާ އެއްކޮށް ހުރި ހަމްޒާ ފެނިފައެވެ. ހަމްޒާގެ މޫނު މަތީގައި އެއްވެސް އަސަރެއް ފެންނަން ނެތްއިރު އެއަންހެން ކުއްޖާގެ މޫނު މަތިން ހިތާމައާ މޮޅިވެރިކަން ފެންނަމުން ދިޔައެވެ. ހަށަންބަދެލައިގެން ހުރިއިރު ހަމްޒާ އެހާ ފިރިހެން ވަންތައެވެ. ފެހި ކުލައިގެ އަތް ދިގު ޓިޝާޓާ ކަޅު ޖިންސު ހަމްޒާއާ ނުހަނު ގުޅެއެވެ. ރައިހާނާއަށް ހިންދިރުވާލެވުނެވެ. އަންޖަލްއަށް ހަމްޒާ ފެނުނުތޯ ޔަގީން ކުރުމަށްޓަކައި ފަހަތަށް އެނބުރި ބަލާލިއެވެ. ނަސީބަކުން އަންޖަލްއާ ރީހާންއާ ތިބީ ފޯނަށް ގެއްލިފައެވެ. ދެމީހުން ހީހީފައި ކޮންމެސް އެއްޗެއް ބަލަމުން ދިޔައެވެ. ރައިހާނާއަށް ދެން ބަލާލެވުނީ ވިޝާހްއަށެވެ. އޭރު ވިޝާހްވެސް ފާޑަކަށް އަނގަ ހުޅުވިފައި ހަމްޒާމެންނާ ދިމާއަށް ބަލާހައްޓައިގެން ހުއްޓެވެ. ދެން ފެނުނީ އެއަންހެން ކުއްޖާ ހަމްޒާގެ އަތުގައި ހިފެހެއްޓި ތަނެވެ. ރައިހާނާއަށް ވިޝާހްގެ އަތަށް ބާރުކޮށްލެވުނެވެ.
ހަމްޒާ ނުވިސްނައި ހުއްޓާ ލީމް އޭނާގެ އަތުގަައި ހިފެހެއްޓިއެވެ. ލީމް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އަތް ދަމާގަތުން ހަމްޒާއަށް ވީ އުނދަގޫ ކަމަކަށެވެ. “ހަމަ އަސްލަށްވެސް އަހަރެން ދެކެ ހަމްޒާ ލޮތްބެއް ނުވޭތަ؟” ސީދާ ހަމްޒާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ލީމް އެހިއެވެ. ހަމްޒާއަށް ފެށީހޭށެވެ. އެ ފިރިހެންވަންތަ ބަރު އަޑު އިވުމުން ލީމް ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޯ މަރާލެވުނީ އެހެންވެއެވެ. “މަ ލީމްދެކެ ލޮތްބެއްވެސް ހަމްދަރްދީއެއްވެސް ނުވޭ. އޭގެ ބަދަލައް ތިސޫރަ ދެކެވެސް ނަފްރަތް ކުރަން. ތިއަޑު އިވުނަސް ފޫހިވުން ފިޔަވާ އިތުރު ގޮތެއް ނުވޭ. އުއްމީދު ކުރަން ޖަވާބު ލިބިއްޖެކަމަށް. މި އެންމެންގެ ތެރޭގަ ލަދު ގައްވާލުމުގެ ކުރިން ރީތި ގޮތުގާ ދޭ” ހަމްޒާ ލީމްއަށް އިންޒާރެއް ދިނެވެ. ލީމްއަަށް އަޑު އިވުނުހެންނެއް ހިޔެއްނުވެއެވެ. ހަމްޒާގެ ކަރުގައި އޭނާ ދެއަށް ވަށާލިއެވެ. “ހަމްޒާ ޕްލީޒް” ލީމްގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ހަމްޒާގެ ލޮތްބަށް އޭނާ މިއަދު އެވަނީ އިންތިހާއަށް ބޭނުންވެފައެވެ. ހަމްޒާގެ ދުލުން ލޯބިނުވެއޭ ބުނުމުން ހިތުގައި ޖެހި ގިސްލެވެން ފެށިއެވެ.
“އޯ މައި ގޯޑް” ރައިހާނާ ބާރަށްކަށް ބުނެވުނެވެ. ދެލޯ ބޮޑުކޮށްގެން އެއަންހެންޖުއްޖާ ހަމްޒާ ގައިގައި އޮޅުލައިގެން އޮތްތަން ބެލިއެވެ. އޭރު އެއަންހެން ކުއްޖާއާ މެދު ނަފްރަަތް އެހިތުގައި އުފެދިގެންދިޔައެވެ. ދެންމެ ދެންމެ ގޮސް އެނުދަންނަ އަންހެން ކުއްޖާ ނޮޅާލަފާނެހެން ހީވިއެވެ.
އަންޖަލްއަށް ހީވީ މީހަކު އޭނާގެ ހިތް މައްޗަށް ފައިން އެރިހެންނެވެ. މެއާ ދިމާލުގައި އަތް އަޅާލެވުނީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވުމުންނެވެ. ދެފައިން ވާގިދޫވެ ވެއްޓެން އުޅޭހެން ހީވުމުން ރީހާންގެ އަތުގައި ހިފެހެއްޓުނެވެ.
އަންޖަލްގެ އަތުގައި ހިފައި ރީހާން އަންޖަލް ގަޔާ ކައިރިކޮށްލިއެވެ. އަންޖަލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ވެއްޓުނީ އޭނާގެ އަތަަށެވެ. ރީހާން މަޑުމަޑުން އަންޖަލް ގެނަސް އެނާގެ މެއާލާ ބޮނޑިކޮށްލިއެވެ. ރީހާން ލައިގެން އިން ގަމީސް އަންޖަލް އަތަށް ބޮނޑިކޮށްލިއެވެ. އެތަނަށް ނާދެވުނު ނަމައޭ ހިތަށް އެރިއެވެ.
ރީހާންއާ މެދު ވިޝާހް ހަސަދަވެރިވިއެވެ. ރީހާންގެ ބަދަލުގައި އޭނާ އަންޖަލް ގާތު ވުމަށް އެދެވުނެވެ. ހިތަށް ކުރި އަސަރުން މެއާ ދިމާލުއަތް އަޅާލެވުނެވެ. “ގޯ” ވިޝާހްގެ އަތުން އަތް ދޫކޮށްލަމުން ރައިހާނާ އެދުނީ އަންޖަލް ގާތަށް ދިއުމަށެވެ.
ހަމްޒާ ރުޅިން ފަޅަައިގެން ދާން ކައިރިވިއެވެ. އެންމެންގެ ލޯތައް އެދެމީހުންނަަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް އެންމެންގެ ތެރޭގައި ލީމް ދުރުކޮށާލާކަށް ނުކެރުނެވެ. ލީމް ކޮންމެ ގޮތަކަށް އޭނާއާ މެދު އަމަލުކުރި ނަމަވެސް އޭނާއަކީ ލީމްއާ އެއްފެންވަރެއްގެ މީހެއްނޫނެވެ. ހަމްޒާ ލީމްގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. އެވަގުތު ކުރަން ފެނުނު އެންމެ ރަނގަޅުކަމަކީ އެއީއެވެ.
ރައިހާނާއަށް ދެލޯ މަރާލެވުނެވެ. އެނާއާ ވިޝާހް އަންޖަލްއަށްޓަކައި ވީ ގުރުބާނީގެ އެއްވެސް އަގެއްނެތްކަން އެނގުނު ހިނދު ތޫނުތަދެއް ބޮލަށް އެރިއެވެ.
ހަމްޒާ އެއްލި ކަޅިއަކުން ރައިހާނާ ފެނުނެވެ. ރައިހާނާ ހުރި ގޮތް ފެނުމާއެކު އެހިތަށް ތަދުވިއެވެ. އޭނާ ބަލާލުމާއެކު އަނެއް ފަރާތަށް އެނބުރުނު ގޮތުން ހަމްޒާގެ ހިތް ކުދި ކުދިކުދިވާވަރުވިއެވެ. ލިިީމް އޭނާގެ ގަޔާ ދުރުކޮށްލަން ލިބުނު ހިތްވަރަކަށް އެކަންވިއެވެ. “އައި ހޭޓް ޔޫ” ލީމްގެ ދެއަތުގައި ނިކަން ބާރަށް ހިފަހައްޓައިގެން ހުރެ ހަމްޒާ ބުންޏެވެ. އޭނާގެ ދެބުމަ ގޮށްޖެހިފައި ވާއިރު ރުޅިންގޮސް ކަތުރުކަށިގަނޑު ތުރުތުރު އަޅައެވެ. ލީމްއަށް އަނގަ މަތީ އަތް އަޅާލެވުނީ އަޑުން އަޑުނަގާ ރޮެޮވިދާނެތީއެވެ.
ގެއަށް ބޭނުންވާ ސާމާނުކޮޅެއް ގަންނަން ސުނައިނާއާ މިރާޝް ބާޒާރަށް ދިޔައެވެ. އާންމުކޮށް ބާޒާރަށް ގޮސް ހަދާނީ މިރާޝް އެކަންޏެވެ. ގެއިން ބޭރަށް ނުކުތުމަކީ ސުނައިނާ މާގަޔާ ވާ ކަމެއް ނޫނެވެ.
ވަށިގަނޑަށް ފުރާ އެއްޗިހި އަޅައިގެން ސުނައިނާ އެއްފަރާތަކަށް އެނބުރިލަން އުޅުނު ވަގުތު ފައި އަރިއަޅާލިއެވެ. ފަހަތަށް މީހަކު އައިސް އޭނާގެ ކޮނޑުގަޔާ ވަށިގަނޑުގަ ނުހިފެހެއްޓިނަމަ ހުރިތަނަށް ވެއްޓުނީހެވެ. އެމީހަކަށް ޝުކުރު އަދާކުރަން ވެގެން އެމީހާގެ މޫނަށް ބަލާލުމާއެކު ހުރިތަނަށް ސުނައިނާ ގަނޑުވިއެވެ.
އަޒްހަދް ސުނައިނާ ވެއްޓުނަ ނުދީ ހިފެހެއްޓީ އެއީ ސުނައިނާކަން އެނގޭތީއެވެ. އެތަށް އަހަރެއް ފަހުން ފެނުމުންވެސް ސުނައިނާ ވަކިކުރަން އޭނާއަށް އެނގުމުން އުފާވިއެވެ. އެއީ ސުނައިނާކަން އަޒްހަދަށް ޔަގީންވީ އޭނާ ފެނުމުން ސުނައިނާއަށް ވީ ގޮތުންނެވެ.
ސުނައިނާއަށް ހޯދާލެވުނީ މިރާޝްއެވެ. އޭރު މިރާޝް ހުރީ ތަންކޮޅެއް ދުރުގައި ހުރި ހަރެއްގައި ހުރި އެއްޗިހި ތަކެއް ބަލާށެވެ. ވަށިގަނޑު އެހުރިތާ ބަހައްޓާފައި ސުނައިނާ އަވަސް ފިޔަވަޅުތަކެއްގައި މިރާޝް ގާތަށްް ދިޔައެވެ. “މި..ރާ..ޝް ދާން…… ހިނގާ” ސުނައިނާގެ ނޭވައި ވަނީ އަވަސްވެފައެވެ. ހީވަނީ އެތައް ޒަމާނެއް ވަންދެން ނޭވާ ނުލެވިގެން އުޅޭހެންނެވެ. މިރާޝް ކަންބޮޑުވިއެވެ. ސުނައިނާގެ އަތުގައި ހިފައިގެން އަވަހަށް އެފިހާރައިން ނުކުތެވެ.
ގެއަށް ގޮސްފައިވެސް ސުނައިނާ އިނީ ފާޑަކަށެވެ. ސުނައިނާ ސޯފާގައި ބައިންދާފައި މިރާޝް ގޮސް ފެންތަށްޓެއް ހިފައިގެން އައެވެ. އެއް ނޭވައިން ސުނައިނާ ފެންތަށި ދަމާ ހުސްކޮށްލިއެވެ. ފެންތަށި ބަހައްޓާފައި މިރާޝް ސުނައިނާއާ ވި ދިމާލު ބިންމަތީގައި ކަކޫޖަހައިގެން އިށީނެވެ. އަދި އޭނާގެ އަތް ތެރެއަށް ސުނައިނާގެ އަތްލިއެވެ. “ސުނޭ ވަޓް ހެޕަންްޑް؟” ލޯބިން ފުރިގެންވާ އަޑަކުން މިރާޝް އަހާލިއެވެ. ސުނައިނާގެ ލޮލުން ކަރުނަ ބަބުޅަމުން ދިޔައެވެ. “މިރާޝް… އޭނަ…. އެތައް އަހަރެއް ފަހުން….. އަށާރަ އަހަރު ފަހުން…. އައި ސޯ ހިމް…” ސުނައިނާއަށް ރޮވުނެވެ. ސުނައިނާ އެދައްކަނީ ކާކުގެ ވާހަކައެެއްކަން މިރާޝްއަށް އެނގުނެވެ. މިވަގުތު ސުނައިނާގެ ހިތަށް ކުރާނެ އަސަރު މިރާޝްއަށް އެނގުނެވެ. ސުނައިނާ ރޯތަން ބެލުމަކީ މިރާޝްއަށް ފަސޭހަކަމެއް ނޫނެވެ. ލޮތްބާއެކު ސުނައިނާގެ ކަރުނަތައް ފުހެދިނުމަށްފަހު އޭނާގެ އަތުގެ ހިމާޔަށް ސުނައިނާއަށް ދިނެވެ.
އަޒްހަދް ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނާ ފެނުމުން ސުނައިނާ ދިޔަގޮތް ހިތަށް އެރުމާއެކު އެހިތަށް ތަދުވިއެވެ. އޭނާގެ އަމިއްލަ ނަފްސުކުށްވެރި ކުރެވެމުން ދިޔައެވެ. އޭނާއަކީ އަނިޔާވެރިއެއް ކަމަށް ގަބޫލުކުރެވުނެވެ. ގެއަށް ދިއުމުގެ ބަދަލުގައި އަޒްހަދް ދިޔައީ ޒައިދް މެން ގެއަށެވެ.
ރައިހާނާގެ ލޮލުން ފެންނަމުން ދިޔަ އަސަރުން ނަގަންވީ މާނައެެއް ހަމްޒާއަކަށް ނޭންގުނެވެ. ލީމް އޭނާއާ އެއްކޮށް ހުރިތަން ފެނުމުން ރައިހާނާގެ ހިތަށް ވަރަށް އަސަރުކޮށްފައިވާކަން އެދެލޮލަށް ބަލާލުމުންވެސް ހަމްޒާއަށް އެނގުނެވެ. ހަމްޒާ ބޭނުންވީ އެވަގުތު އޭނާގެ އަތުގެ ހިމާޔަތް ރައިހާނާއަށް ދޭށެވެ. އޭނާގެ ހިތުގައި ރައިހާނާއަށް އުފެދިފައިވި އިހްސާސްތައް ބުނެދޭން ރައިހާނާ ކުރިމަތީ ބަންޑުން ކޮށްލަން ބޭނުންވިއެވެ.
އަންޖަލްގެ ހިތް އެދި ގޮވަމުން ދިޔައީ ހަމްޒާއަށް އެހިތުގެ ހާލަތު ބުނެދިނުމަށެވެ. އޭނާއާ މެދު ހަމްޒާ ކޮންެމެ ފަދަ ގޮތަކަށް ދެކުނަސް ހެވެ. ދެނެެއް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. އަންޖަލް ކަރުނަ ފުހެލިއެވެ. އޭނާ ބޭނުންވަނީ ކެރިގެން ކުރިމަތިލާށެވެ. ކޮންމެ ގޮތެއްވިއަސް ދެން އޭނާއަށްހެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ ހަމްޒާ ކުރިމަތީ އިހްސާސްތައް ބަންޑުންކޮށްލުމުންނެވެ.
ރައިހާނާއާ ހަމްޒާ ލޮލުން އެތައް ވާހަކައެއް ދެއްކިއެވެ. ދެހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ބަސްމޮށުންތެރިކަމަކާ ނުލާ އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައެވެ. ރައިހާނާއަށް ސިހުން ގެނުވީ އަންޖަލްއައިސް އަތުގައި ހިފުމުންނެވެ. އަންޖަލްގެ ދެލޯ ވަނީރަތްވެފައެވެ. މޫނަށްވެސް ހުރީ މަޑުރަތް ކުލައެއް އަރާފައެވެ. އަންޖަލް ކުރަން އުޅެނީ ކޮންކަމެއް ކަން ރައިހާނާއަށް ރޭކާލިއެވެ. އަންޖަލްއަށް ހިއްވަރު ދިނުމުގެ ގޮތުން ރައިހާނާ މަޑު މަޑުން ބޯޖަހާލާ އަންޖަލްގެ އަތަށް ބާރުކޮށްލިއެވެ.
ހަމްޒާ ހުރީ ވަނީ ކިހިނެއްކަން ނޭންގިފައެވެ.
އަންޖަލް ފުންނޭވައެއް ދޫކޮށްލިއެވެ. ބުނަންވީ ބަސްތައް ސިކުނޑިތެރޭ ރާވާލިއެވެ. ހިތް އަވަސްވެފައި ނޭވާ ކުރުވާހެން ހީވިއެވެ.
ވިޝާހްއާ ރީހާންވެސް ތިބީ ނޭވާ ހިފަހައްޓައިގެންނެވެ. ދެމީހުންގެ ހިތުގައިވެސް ނޭންގޭ ރިހުމެއްވަނީ އުފެދިފައެވެ.
“ބޭނުން ވާހަކައެއް ދައްކާލަން ތަންކޮޅެއް ހަމަޖެހިގެން” އަންޖަލް ބުނެލިއެވެ. ހަމްޒާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. އަންޖަލް ހަމަޖެހިލައިގެން ދައްކަން ބޭނުންވަނީ ކޮންވާހަކައެެއް ބާއޭ ހިތަށް އެރިއެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ ހައިޖާނަށް ނިމުމެއް އަންނާނީ އަންޖަލްއާ ވާހަކަ ދެއްކުމުންނެވެ. އަންޖަލް ގޮސް ރަސްފަންނުގެ އޮނދޯއްޔެއްގައި އިށީނެވެ. ހަމްޒާވެސް އުނދޯލީގެ ތަންކޮޅެއް ދުރުގައި އިށީނެވެ. ރައިހާނާއާ ރީހާން އަދި ވިޝާހް ތަންކޮޅެއް ދުރުގައި އެމީހުން ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ތިއްބެވެ.
“މީ އަނޭ… ހޫ އޭމް އައި ޓު ޔޫ؟” އަންޖަލް ފުރަތަމަވެސް ކުރީ ސުވާލެކެވެ. “އަ ސްޓޫޑެންޓް އަސްލު އެއަށްވުރެ ބޮޑަށް ފްރެންޑެއް” އަންޖަލް ފުންނޭވައެއް ދޫކޮށްލިއެވެ. “އެގާލް އެއީ ގާލްފްރެންޑްތަ؟” އަންޖަލް ދެންކުރި ސުވާލުން ހަމްޒާ ގާތަށް ހިނިއައެވެ. “ނޮޕް. މައި އެކްސް. އެއީ އަންޖަލްމެންނަށް ވުރެއްވެސް ކުޑައިރުގަ ވީ ކަމެއް. އައި ޑޯންޓް ފީލް އެނީތިން ފޯ ހާރ ނައު” އެހާ ފަސޭހައިން އަންޖަލް ގާތު އެވާހަކަ ބުނެވުމުން ހަމްޒާާ ކުޑަކޮށް ހައިރާންވިއެވެ. ލަދުރަކިގޮތަކަށް އަންޖަލް ހިނިތުންވެލިއެވެ. “ވެލް. މި ދައްކާ ވާހަކައިން ފަހަރެއްގަ ހަމްޒާ އަންޖަލްއާ މެދު ދެކޭ ގޮތް ބަދަލުވެދާނެ. ހަނދާން އެބަހުރިތަ އެންމެ ފުރަތަމަ ލައިބްރަރީން ދިމާވި ދުވަސް؟ އެދުވަހު ހަމްޒާ ފެނުނުއިރު ފަހަރެއްގަވެސް ނޭންގޭ ތީ ހިސްޓްރީ ސަރއަށް ވެދާނެކަމެއް. އެކަމް އެދުވަހުން ފެށިގެން ހަމްޒާއަށް ޓަކައި މިހިތުގަ ޚާއްސަ އިހްސާސްތަކެއް އުފެދުނު. ޚާއްސަ މަޤާމެއް ދެވުނު. އަބަދުހެން ހިތް އެދެވެން ފެށީ ހަމްޒާ ދުށުމަށް. ރައިމެން ރަށަށް ގޮއްސަ އެންމެ ފުރަތަމަ ހަމްޒާ ފެނުނުއިރު ތީ ސަރޫދައްތަ މެރީ ކުރަން އުޅޭ ކުއްޖާ ކަމަށް ހީކޮށް ވަރަށް ދެރަވި ހިތަށް އެރި އުމުރަށް ގެއްލުނީއޭވެސް. އެކަމް ތިއީ ސަރޫދައްތަ ބޯއިފްރެންޑް ނޫންކަން އެނގުމުން ހިތަށް ތަސައްލީއެއް ލިބިގެން ދިޔަ. ތިއީ އަންޖަލްގެ ޓީޗަރެއްކަން އެނގިހުރެވެސް މިހިތުގައި އުފެދެމުން ދިޔަ ލޯބިފުންވަމުން ދިޔަ. އިނގޭ މީ ރަނގަޅުކަމެއް ނޫންކަންވެސް ސްޓިލް މައި ހާޓް ބީޓްސް ފޯ ޔޫ. ޔޫއަރ މައި ފަސްޓްލަވް އެޓް ފަސްޓް ސައިޓް. ފެނުނު ފުރަތަމަ ނަޒަރުން މިހިތާ ކުޅެލި.” އަންޖަލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ކުޑަވައި އިނގިލިން ފުހެލަމުުން ދުރު ބަލާލިއެވެ. އޭނާ މި ކުރިކަމަކުން މުޅި އުމުރަށް ހަމްޒާގެ އެކުވެރިކަން ގެއްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ހަމްޒާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާއަަށްޓަކައި އަންޖަލްގެ ލޮލުން ފެންނަމުން ދިޔައީ ސާފުތެދުވެރި ލޮތްބެކެވެ. އެކަމަކު އޭނާ ލޯބި ވަނީ އަންޖަލްގެ އެންމެ ގާތް އެކުވެރިޔާދެކެއެވެ. ކޮންފަދަ އިމްތިހާނެއްތޯއެވެ! އަންޖަލް ފަދަ ރަނގަޅު ކުއްޖެއްގެ ހިތްހަލާކު ކުރުމަކީ ހަމްޒާއަަށް ކުޅަދާނަ ކަމެއް ނޫނެވެ. ފަހަރެއްގައި އަންޖަލްއާކީ ޝިމާން ބުނި ކުއްޖާއަށް ވެދާނެއެވެ. އޭނާ އުއްމީދު ކުރާ ވަރަށް ވުރެ ރަނގަޅު ކުއްޖަކީ އަންޖަލް ކަމުގައިވެސް ވެދާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.






first?
Congratulations yes ure first
Masha Allah varah reethi?waiting for the next part??
Salam all. Miothy 22vana part. Hurihaa kudhinnah ves mi bai ves kamudhaane kamah ummedhu kuran.
Hamza dheynee Rai ah
Hehe. Lets see dhw
Ooh shit Kihineh mi vee oh no nonono ☹️?☹️?☹️??????????????????????????kiyaa sis what is happening nowhere ???????vvvvv shocked kiyaa sis help me ??????????????????bune rove neeyey nudhaashey mikarunathuh funeral dheyshey Ekam vx dhw kehkurun noon ehen gotheh neith Kon iraku next part
Fohela……..
Sorry shit liyevifa ineema shock ga hurefa sham type kuraairu vey ekahala goith sososososoosososo sorrrryyyyyyyyyyyyyy
Hehehe its ok darling. Alhe kihineh dhw mivany. Mi kudhin mi ulheny kihineh dhw.
Is teacher and a student dating legal in maldives ehen countries ga illegal kamehveema….
It kinda disgusting…loabivevidhaane but can’t they wait until she finishes school…atleast then she wouldn’t be his student…anyway its your choice…this story is nice
Thanks dear. Aslu thedhah bunanynama its disgusting for me as well. Ekam madhunnamaves mikahala kan kan hingaa. Eii varah hithaama huri kameh. Vaahaka eh ga konme gotheh ves vedhaane. Varah ufaaavehjjje anonymous ge opinion share kohllyma.
Omg.. anjal… Kiyara.. I cn’t face this.. mi stry kiyamun dhiyairuvec rovijje.. whts happening.. plz Hamza n anjal dhurukurey.. he cn’t say yes to anjal.. my heart is broken..????anyway this is my fav stry in esfiya.. gavaaidhun up kuraa hama ekani stry kanneyge me.. I luvv this stry.. kiyaa ur the best..I luvv u..
Thanks dear. Varah dheravehjje rai ah rovunyma. Hamza nuvaaneh nu dhw raige hiy halaaku kuraakah. Aslu hamza s heart is broken too. Hingaa dhw hamza anjal dhey javaabeh balama. Lets hope fr the best. Luv u too raii
Alhey kiyaaa…
mivamy kihinehthaaa….
???? waiting 4 the next part…
thihaa curious kohllafa ninmmalyma…
vvvvvv keimadhuvefa mihuryyy….
vaahakaige mi prt ves vvvv reethi..
neyge hama bunaane ehchehvves…??????
with love….
????
Alhey kihinehtha mihaaru mivaniii
Hehe kihineh tha mivany dhww
Kiyaa!! You are the best writer everr ❤❤?
Hehe thank u sooo much thuthy.?
Hamza aa rai aa gulhuvabala plx……v rythi mi partves cant wait to read next part……
Hamzaa eyna loabi camera raihaanaa dhekekan bunefihyaa varah ufaavaane. Ehehnoonee Mi vaahaka nukiyaanan.??
No no no that can’t happen.. Hamzaa!! Anjal aky eh nwney ekujjaa.. Anjal vx confess kurihen hamza ah vx kureven vaanu if the love for raihaana is true.. dhn nooon kiyaaaa e dhemyhn gulhuvaaba.. n varah obvious dhw mihaaru reehaan likes anjal. Hamza anjal ah aanekey bunefiyya so many hearts gonna be broken???❣❣
Kiyaa????…u r so talented…masha allah…Alheyy hamzaa…Aa ekey nubunahchey…Rai eyrun dhera vaane ey???????????…Anyways this part is really emotional….I really liked it….ly sooo much darla❤❤❤❤❤
Jiji adhives school ga ulhey kiyava kuhjeh dhw thee dearu hehehe kithamme kudaviyux mi verin muskulhinnah vureh mathi mihaaru ehennu hehehe ehennoontha kiyaa sis mi kuda kudhinnah maa bodu vevey mihaaru…..I wonder school in ekamah potions dheybaa anehka ??????????????????????????????????????????stage complete hehehehehe ⚗⚗⚗⚗⚗⚗⚗⚗⚗potions scary things to me now naseebu mihaaru school nimmaalevunukan I don’t won’t any potions I would like to be the way I am now ❤️❤️❤️❤️????❣❣❣❣????????????????????????????????????????????
Moya sham sis gandaa????potion dheynetha Alhe dhn…e ah vure aharun maa cool vaaney..hehe.. dhn comment kohlaa iru drama vec boduvaan jeheyne ehnu dhw ……..cool buddy ????❤❤❤❤❤???????☝☝potion dhinas ma okkk hama
Balaandhe nikam sahaadhe miyoh meeheh aslu bunan am commenting vx jiji aaa vaahaka dhehkeema v majaa aslu geytherye adhimi ulhenee 2017 ga school nimunu gothuh gein nunikume v.bored ehenve I would like to be friends with you that’s y ?❤️??❣??????????????????❣???❤️?????????????????☺️☺️☺️
hamza aa raihaana aa gulhuvaa please anjal cannot stay with hamza becouse he is her brother. then vishaah ashaa reehaan ah aa kuhjeh hoadhaa
hamza aa raihaana aa gulhuvaa please anjal cannot stay with hamza becouse he is her brother. then vishaah ashaa reehaan ah aa kuhjeh hoadhaa
sorry alhugadhah dhefaharu fonuvuny nanni ves ei hama alhugadu
Mi story vvv reethi plx hamza bubeaba eana lobi vanee raihana deakeayea v foohi anjal ah hamza libijiya
Kiya Ramadan mubabaarak to you….
Waiting for the next part ?????
Kiyaa heyo nuvaane plx ehn nahadhahhche.. Rai ah ehaa bodu dheraeh nudhy plx… Rai ah hamza dhyba plx plx… Hamzaaaaaaaa!!!!. Noooo…. This can’t happen…. Noo…. Nuuuuu.. This is so sad.. Hama rovijje???.. Plx next apart avahah up kohdhehchey dear.. Cant wait for the next part
Kiya Ramadan mubabaarak to you..?
Waiting 4 the next part.. ?
Mashaa Allah V reethi?
nooooooo…………why kiyaa thihen nuhadhaa thi halaaku kohlany ehmen ge dhiriulhun….. btw this story is so good it makes me cry?????
KarunThuh fohedheyn tissue hifaigen dhantha azuka sis o fuh alha baalidhii rangalhuvaanedhw Thi varuh nuroaba u r making me want to cry too ????????????????????????????????????sis bune I will go to u tissue hifaigen o baalidhii hifaigen
Tissue akah nukathaane shambbx sis ragalhuvaane kalhu hameh…. Dhw azuker sis… ????
Kon kamakah kalhu hameh eyyy???????laaluuuu pispispispispispis hehehehehehe
Nooney kathaane ey dhw sham sis????
masha allah vrh reethi mi part vx?
Ey sham gandaaa assu thr ???…ma hama hairaan vahtharu hunnany ey…Ekm hama unbelievable ingey…..nd jiji v majaa thr hama..hehe…just shut ingey santhi..lol??????
Nooney not funny seriously…..hehehehehe
Just kidding ey bunan ulhefa inge mae aee ?
Hehe…sham ehn bunyma dhw I ehn mibuny..haha????