ރޯވެފައިވާ ބޮޑު އަލިފާންގަނޑު ފެނިފައި އޭނާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. އޭނާ އަށް ވަށައިގެން ބަލާލެވުނެވެ. އެތަނުގައި އަލިފާން ނިއްވުމުގައި ފަޔަރ ފައިޓާރސްގެ ބޭފުޅުން ހަރަކާތް ތެރިވަމުން ދިޔައެވެ. އެތާ ކައިރިއަށް މީހުން އޮތީ އެއްވެފައެވެ. ރެސްކިއު ޓީމެއް އެބިލްޑިން ގައި ދިރިއުޅޭ މީހުން ސަލާމަތް ކުރުމައިގެން އަވަދިނެތި އުޅުނެވެ. ޝާމިހު ބޯ ހާސްވިއެވެ. މީހާގެ ކުރިމަތީ މާޒީގެ ޞޮފްހާތައް ތަކުރާރު ވާހެން ހީވިއެވެ. ޝާމިހުއަށް އެތަނާ ދިމާލަށް ދެވުނީ ބޭއިޚްތިޔާރުއެވެ. އެ ރިހުން އަނެއްކާވެސް އާލާވިއެވެ. ބޮލަށް ވާންވެފައި ހުރުމާއެކުވެސް ޝާމިހުގެ ނަޒަރު އަލިފާންގަނޑަކާ ދުރަކަށް ނުދެއެވެ، އެހިސާބާ އަރާ ހަމަވުމުގެ ކުރިން މީހަކު ޝާމިހު ގައިގައި ހިފެހެއްޓިއެވެ. އަލީ ކަންބޮޑު ވެފައި ހުރެ ޝާމިހު އެތަނުން ދުރަށް ގެންދިޔައެވެ. އޭރު ޝާމިހު މާނޭވާ ލަމުން ދިޔައެވެ.
އޭނާގެ ކަންފަތުގައި އަދިވެސް އެ ވޭނުން ފުރިގެންވާ ހަޅޭކުގެ އަޑު ގުގުމާލިއެވެ. މީގެ 15 އަހަރު ކުރީގެ އެ ހަނދާން އޭނާގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައިވެއެވެ. އަމިއްލަ މައިމީހާ ފަހު ފަހަރަށް ފެނުނު ވަގުތަކީ ޝާމިހު ދިރި ހުރިހާ ހިނދަކު ފޮހެވޭނެ އެއްޗެއް ނޫނެވެ.އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ. އަލީ ޝާމިހު ކައިރީގައި މަޑުކޮށްގެން ހުރިއިރު އޭނާ ޝާމިހު ހަމަަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ލޯބިވާ އަނބިމީހާގެ ކުއްލި ވަކިވުމާ ގުޅިގެން އެ ހަނދާނުގައި އޭނާ ދުނިޔޭގައި ހުރީ އޭނާގެ ދަރިންނަށްޓަކައެވެ. “ލަމްޔާ…” އަލީގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. އެވަގުތު ޝާމިހު އަނބުރައިގަތެވެ.އަލީ އަށް ޝާމިހު ހިފެހެއްޓުނީ ކިރިޔާއެވެ.
މާހިން އަށް ދެލޯ ހުޅުވާލެވުނެވެ. ބޮލަށް ބަރުވާ ކަހަލަ ގޮތެއް ވުމުން އޭނާ ބޮލުގައި އަތް ޖައްސާލިއެވެ.ބޯ އޮތީ ބެންޑޭޖުކޮށްފައެވެ.އުދަނގޫ ގޮތަކަށް މާހިން ތެދުވިއެވެ.ކުއްލިއަކަށް އިވްޔާ މަތިން ހަނދާން ވުމުން އޭނާ ވަށައިގެން ހޯދާލިއެވެ. ފަރުދާ ދަމާފައި އޮތުމުން އޭނާ އަށް މިއޮވެވުނީ ކޮންތާކުކަން އެނގުނެވެ. އެއްފަރާތުން އޭނާ ފަރުދާ ކަހާލިއެވެ. ކައިރީގައި އޮތީ މެދު އުމުރުގެ އަންހެނެކެވެ. މާހިން މާފަށް އެދެމުން ފޮތިގަނޑު ދަމާލިއެވެ. އެވަގުތު އެތަނަށް ވަނީ ނާއިފެވެ.”ކޮބާ އިވްޔާ???” ނާއިފް ބޯ ޖަހާލިއެވެ. ކަންބޮޑު ނުވާށޭ ބުނާ ކަހަލަ ގޮތަކަށެވެ. “ޝީ އިޒް އޯކޭ….މިގަޑީ ނިދާފަ އެއޮތީ…..” މާހިންއަށް ހަމަޖެހުމުގެ ނޭވާ އެއް ލެވުނެވެ.” އާ ޔޫ އޯކޭ??…..” ނާއިފް އަހާލިއެވެ. މާހިން ކުޑަކޮށް ހީލިއެވެ. އޭނާއަށް ފެނުން މަންޒަރާ މެދު ވިސްނާލެވުނެވެ.
ޝާމިހު ދެލޯ ހުޅުވާލިއެވެ.އޭނާ އޮތީ ކޮޓަރީގައެެވެ. ކައިރީގައި އަޒްކާ އިނެވެ. ދޮރުގައި ލެނގިލައިގެން އަލީ ހުއްޓެވެ. އޭނާގެ ބޮލުގައި ދެންމެ ހިނގައިދިޔަ ހާދިސާ ތަކުރާރުވަމުން ދިޔައެވެ.” ޝާހް……” އަޒްކާ އަށް ރޮވުނެވެ. ޝާމިހު އަޒްކާ ގައިގައި ބައްދައިގަތެވެ. އަޒްކާ ހުއްޓުވަން އޭނާ މަޖާ ވާހަކަ ދައްކަން ފެށިއެވެ. ގިނައިރަކު އަޒްކާ އަށް ނުހީއެއް ނުހުރެވުނެވެ. އަލީ ވެސް އައިސް ދެމީހުންނާއެކު ބައިވެރިވެލިއެވެ. އިރުކޮޅަކުން ޝަޔަން ދުވެފައި އައިސް ޝާމިހުގެ އުނގަށް ވަނެވެ. ހުދު ކުލައިގެ ދޮޅީގައި ޝަޔަން ފެންނަލެއް ނުލާހިކު ލޯތްބެވެ. އެ މައުސޫމް ދެލޮލުން އަލީ އަށް ލަމްޔާ ފެނިލިއެވެ. އަލީގެ ދެލޯ ފެންކަޅިިވި ނަމަވެސް އެކަން ފޮރުވާލަން އޭނާ ކުޅަދާނައެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަލީމެން ދިޔައެވެ. ދޮރު ލެއްޕުމާއެކު ޝާމިހު ދޫކޮށްލީ ފުން ނޭވާއެކެވެ. ވާރޭގެ ތެރެއިން ފެނުން ކުއްޖާގެ ޚިޔާލު އޭނާގެ ސިކުނޑީގައި ރަސްކަން ކުރަންފެށިއެވެ.” ތި ކާކު??….. ކުރިންވެސް ދަންނަ ހެން ހީވަނީ ކީއްވެ???….” ޝާމިހު ހިތާހިތުން އަހާލިއެވެ. “މިހާރު އެ ކުއްޖާ ކޮބާހެއްޔެވެ???…..އަނެެއްކާ…..” ހިތަށް ވެރިވި ސުވާލުން ޝާމިހު އަށް ބޯ ހޫރާލެވުނެވެ.އެކުއްޖާ އަށް ދެރަ ގޮތެއް ނުވުމަށް އެދެވުނެވެ.
އަނެއް ދުވަހުގެ އިރު އެރީ އެކިއެކި ކުލަ މީހުންގެ ހަޔާތުގައި ޖައްސަމުންނެވެ. މާހިން އިނީ ފުން ވިސްނުމެއްގައެވެ. ފުލުހުންނަށް އޭނާގެ ބަޔާން ދިން އިރު އޭނާއަށް ފެނުނު މަންޒަރުގެ ވާހަކަ ބުނަން ފަސްޖެހެވުނެވެ. ހުދު އޭނާއަށްވެސް ޔަޤީން ނުވުމުންނެވެ. އެ ފިކުރުން އޭނާއަށް ބޭރުވެވުނީ ގޮވާލި އަޑަށެވެ.
“އިވް….” މާހިންގެ އަޑު ކުރެހުނެވެ. އިވްޔާ އައިސް މާހިންގެ ގައިގައި ބައްދައިގަތެވެ.” އަލްޙަމްދުލިއްލާޚް……ނަސީބެއް މާހީ އަށް ކަމެއް ނުވިކަން….” އިވްޔާ ރޮވިފައި ހުރެ ބުނެލިއެވެ” ހެހެހެ….އައިމް އޯކޭ އޭ….ބަލާބަލަ….ދެން ތިހާ ވަރަކަށް ރޯކަށްނުވާނެ…. އަހަރެން މަރުވީމަ ދެން ރޯކަށް ނޯންނާނެ ފެން ތިއްކެއް ވެސް….” މާހިން ހެމުން ބުމަ އަރުވާލިއެވެ. އެއާއެކު ފެނުނީ މާހިންގެ ކޮނޑުގައި ބޮނޑިއެއް އެޅިތަނެވެ.” ނު ބުނާތި ތިހެން ދެން ދުވަހަކުވެސް….” އިވްޔާ ނޭފަތް ދަމާލިއެވެ.” އައްދޯ…..ތަދުވެއްޖެ…” މާހިން ދެރަވާ ކަމަށް ހެދުނެވެ. އިވްޔާ އެއްވެސް އެއްޗެއް ނުބުންޏެވެ.” އޯކޭ ސޮރީ އިވޫ ގަނޑާ…..” މާހިން އިވްޔާ ގައިގައި ބައްދާލިއެވެ.އިވްޔާ ލުއި ހުނުމަކާ އެކު މާހިންގެ ބޮލުގައި ފިރުމާލިއެވެ. މިތަން ބަލަން ދުރުގައި މީހަކު ހުއްޓެވެ. އޭނާގެ ލޮލުން އަލިފާނުގެ ބެލުމަކުން މާހިން އަށް ބަލާލިއެވެ.” މާ ގިނަ ދުވަހަކު ތި ހިނިތުންވުމެއް ނުހުންނާނެ ދެނެއް….” ދަތްކުނޑި ވިކާލަފައި އޭނާ ބުންޏެވެ.
(ނުނިމޭ)
12 Comments!
Comments are closed.

Kiyaafa comment eh kollaanan..V happy vehje ehaa gina dhuvahah fahuvec story genesdhinyma..First baa
❤Salhi…Whn next darla
Salhi… Keep it up ❤️?❤️?❤️?❤️?
Wow…. ? I really enjoy it
So Shayan is not a daughter of this Lamya?
If Shaamih saw his mother Lamya 15 years ago for the last time.. Does that mean Lamya died back then? 8 years after her death wud be when Shayan was born.. So Shayan aky kaakuge dharieh tha? N in whose innocent eyes did Ali see Lamya from?
Her resemblance i mean
I made a mistake…..it was 5 years….she died when shayan was 2…..ali saw lamya in shayan’s eyes….
V?????????salhi Hama habeys. When next????
Vvv reethi
V nice….i really enjoy it?when next part❓❔❓
Kobaa 5th part…… haadha dhuvaheh vejjey