Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ބާރަވަނަބައި)

InaaSh Level 210 Stories100 Comments
May 4, 2019 5 Mins Read
17 Comments

ނައިލްއަށް ބޭއިހްތިޔާރުގައި ތާރާ ދުރައްޖައްސާލެވުނީ އާރަވްގެ މޫނުމަށްޗަށް އަރާފައިބަމުން ދިޔަ ކުލަވަރު ފެނިފައެވެ.
”ރާވް……”
“……ލެޓް މީ އެކްސްޕްލެއިން…..”
ނައިލް އާރަވްއާއި ދިމާއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އެރީ އާރަވް ގޮއްމުށްކަވާފައި ނައިލްގެ މޫނުމަތީގައި ޖެހުމުންނެވެ. ނައިލްހުރީ ގަބޫލުކުރަން ދަތި ފަދަ ގޮތަކަށް އާރަވްއަށް ބަލަހައްޓައިގެނެވެ. އޭރު ނައިލްގެ އަނގަފެޅި ލެއިއަންނަމުން ދިޔަ ނަމަވެސް އެކަމަށް ނައިލްގެ އެއްވެސް ފަރުވާލެއްނެތެވެ.
”ރާވް….”
އަނެއްކާވެސް ނައިލްބެލީ އާރަވްއަށް ވީ ހުރިހާ ކަމެއް ކިޔާދެވޭތޯއެވެ. ނަމަވެސް އަނެއްކާވެސް ނައިލްގެ މޫނުމަށްޗަށް އާރަވްގެ އަތުގެ ހަމަލާއެއް އަރައިގެން ދިޔައެވެ. ނަމަވެސް ނައިލް އާރަވްގެ ގަޔަށް އަތްލާކަށް ނޫޅުނެވެ. އާރަވް ރުޅި އަންނާނެ ވަރު ނައިލްއަށް ވެސް ވިސްނުނީ ކަންނޭގެއެވެ.
”ސްޓޮޕް އިޓް…..”
ތާރާއައިސް އާރަވްގެ މޭމަތީގައި އަތްއަޅާ ކޮއްޕާލިއެވެ.
”ދެން އެންމެ ފަހަރަކު ނައިލްގައި އަތްޖައްސާލިއަސް ނިމުނީ……ކިޔާއެއްޗެއް އަނގައިން ކިޔާބަލަ…….”
ތާރާހުރީ އާރަވްއަށް ވުރެވެސް ރުޅިއައިސް ފައިހެން ހީވެއެވެ. އާރަވް ތާރާއަށް ބަލައިލީ ހިތާމަވެރި ނަޒަރަކުންނެވެ.
”އާރަވް…..ގަޔަށްބޮލަށް ނާރާ ހުރެ އިނގޭ……ވިއާރ އިންއަ ރިލޭޝަންޝިޕް……އެއީ އެވަރުގެ ކަމެއްތަ؟…..”
ތާރާގެ ޖުމްލަތަކުން އާރަވްގެ ޒަހަމްވެފައިވާ ހިތަށް ލިބުނީ އިތުރު އަނިޔާއެކެވެ. އާރަވް ނައިލްއަށް ބަލާލަމުން އެތަނުން ދާން ހިނގާގަތީ ދެން އިތުރަށް އެތަނުގައި ހުންނަން ކެއްނުވެގެންނެވެ.
”ރާވް…..ވެއިޓް….ލެޓް މީ އެކްސްޕްލެއިން…..”
ނައިލް ގޮވަގޮވައި އޮއްވައި ވެސް އާރަވް ނިކުމެގެން ދިޔައީއެވެ.
”ލެޓް ހިމް ބީ…. ބޭބް…..”
ތާރާ ނައިލްގެ އަތުގައި ހިފައިލަމުން ބުނެލީނިކަން ހަމަޖެހިލައިފައެވެ. ނައިލް ތާރާގެ އަތް ދަމައިގަތް އިރު ހީވަނީ ދިރޭ އެއްޗެއް ކަށިޖަހައިގެން ދަމައިގަތްހެންނެވެ.
”ސްޓޭ އަވޭ ފްރޮމް މީ….”
ނައިލް އިނގިލި ދިއްކޮއްލަމުން ދަތްތަކަށް ބާރުލައިފައި ބުނެލިއިރުގައި ނައިލްގެ އަނގައިން އަދިވެސް ލެއި އަންނަމުން ދިޔައެވެ.
”އޯ މައި ޕުއަރ ބޭބް….ހިނގާ އަވަހަށް ބޭސް އަޅަންދާން….”
ތާރާ ނައިލްގެ މޫނުގައި އަތްޖައްސައިލަން އުޅުމުން ނައިލް ތާރާގެ އަތް ފޮޅުވައިލަމުން އެތަނުން ދާން ހިނގައިގަތް އިރުގައި ބުމަ ވަނީ ގޮށްޖެހިފައެވެ. ނައިލް ދިޔައީ އާރަވް ހޯދާށެވެ. ކަން ހިނގި ގޮތް އަދި ވެގެން އުޅޭގޮތް އާރަވްއަށް ކިޔާދޭން ނައިލް ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ދެން އާރަވް ނައިލް ކިޔާ އެއްޗެއް ގަބޫލުކުރާނެ ބާއޭ ނައިލްގެ ހިތަށްއަރަމުން ދިޔައެވެ. މުޅި ކޮލެޖް ހޯދާބެލި އިރުގައިވެސް ނައިލްއަށް އާރަވް ފެންނަ ގޮތެއްނުވިއެވެ. އެހެންކަމުން ނައިލްއަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އަރައި ދުއްވާލީ އާރަވް ވީތަން ޔަގީންވާތީއެވެ. އެހެންނާވެސް އާރަވް ދެރަވެއްޖެނަމަ އާރަވް ދަނީ އެތަނަށް ކަމުން މިހާރުވެސް ވާނީ އެތަނުގައި ކަން ނައިލްއަށް ޔަގީނެވެ. ނައިލް ބާރު ސްޕީޑްގައި ކާރު ދުއްވަމުން ދިޔައިރުގައި ވިސްނަމުން ދިޔައީ އާރަވްއަށް ހުރިހާއެއްޗެއް ކިޔާދޭނެ ގޮތަކާއި މެދުގައެވެ. ނައިލް ޔަގީން ކުރި ގޮތަށް އާރަވްއިނީ އެހެންނާވެސް އާރަވް އިންނަތާގައެވެ.
”ރާވް……”
ނައިލް ގޮވާލުމާއި އެކުހެން އާރަވް ތެދުވިއިރުގައި މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔަނަމަވެސް ލޮލުގައި ކަރުނައިގެ އަސަރު ފާޅުވެވެ ހުއްޓެވެ. ނައިލް އިސްޖަހައިލީ ދެރަވެފައި ހުރެއެވެ.
”ނައިލް ދެން އިތުރަށް އަހަރެން ގާތު ދައްކާނެ އެހެންވާހަކަ އެއް އޮންނާނެ ހެނެއް ހީއެއްނުވޭ….އަހަރެންނަށް އިތުރަށް އިނގެން ބޭނުންވާނެ އެއްވެސް އެއްޗެއް ނެތެއްނު….ލޮލުން ފެނި އަތުން ހިފީމަ ދެން ނައިލް ކީކޭ ކިޔަންތަ ތިއައީ؟….އަހަރެން އެންމެ ދެރަވަނީ ނައިލް އަހަރެންގެ ބެސްޓް ފްރެންޑްގެ ގޮތުގައި ހުރެ ހުރިހާ ހަގީގަތެއް އިނގިހުރެ ތިހެންހެދީމަ…..ޔޫ ނޯ ޑޭމް ވެލް ހައު އައިފީލް އެބައުޓް ހަރ…..ޔޫ ނޯ ވަޓް ޝީޒް މެންޓް ޓްމީ….ދެން ވައި ޑިޑް ޔޫ ޑިޑް ދިސް ޓުމީ…..ވައި؟….ނައިލް ހަމަ އެއްވެސް އެއްޗެއް ހިތައް ނޭރީތަ؟…..”
އާރަވް ވާހަކަ ދައްކައިނިމުނު އިރުގައި ވެސް ލޮލުން އަންނަމުންދިޔަ ކަރުނަ ތަކަށް ހުއްޓުމެއް ނާދެއެވެ. ނައިލްވެސް ހުރީ ފެންކަޅިވެފައެވެ. ނައިލްއާއި ހެދި އާރަވް އެހާދެރަވެ ރޯމަންޒަރުފެނި ނައިލްއަށް ވަރަށް އަސަރު ކޮއްފިއެވެ. މިއީ ނައިލް އެއްގޮތަކަށްވެސް ބޭނުންވި ގޮތެއްނޫނެވެ. ނައިލްއެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާހެން އެތަނަށް ކާރެއްއައިސް މަޑުކޮށްލިއެވެ. އެއިން ފޭބި ތާރާފެނި ނައިލް ހުރީ ބުނާނެ އެއްޗެއް ވެސް ނޭންގިފައެވެ. ތާރާ މިހާރު ނައިލް ފަސްފަހަތުން އެތަނަށް ވެސް އެއައީއެވެ. ތާރާ އައި ގޮތަށް އައިސް އާރަވްއަށް ބަލައިލަމުން ނައިލްގައި ބައްދައިލީ ނިކަން ލޯބިންނެވެ.
”ލީވް މީ އެލޯން….”
ނައިލް ތާރާ ދުރައްކޮއްޕާލުމުން ތާރާ ގޮސް ޖެހުނީ ބިންމަތީގައެވެ. ތާރާ ނައިލްއާއި ދިމާއަށް ބަލާލިއިރުގައި ލޮލުގައި ކަރުނައިގެ އަސަރުވެއެވެ.
”ނައިލް ސްޓްޕް ޑުއިން ދިސް ޓު މީ ޕްލީސް….”
”ޖަސްޓް ޝަޓް އަޕް ތާރާ….”
ނައިލް ތާރާއަށް އިންޒާރެއްދެމުން ބަލައިލިއިރުގައި އާރަވް ގޮސް ކާރަށްއަރައި ދުއްވައިލަނީއެވެ. ނައިލް މާޔޫސްވީ އާރަވްއަށް ވެގެން އުޅެގޮތް ކިޔާނުދެވުނީމައެވެ.
”ހެހެ….އަލް ޑޫ ވަޓް އެވަރ އައި ވޮންޓޫ…..އާރަވް ވެސް ދެން ނައިލްއާއި ދުވަހަކު ވާހަކަ ނުދައްކާވަރު ކޮއްލާނަން ބަލަން ހުންނާތި….ވެއިޓް އެންޑް ވޮޗް ވަޓް އަލް ޑޫ…..އަހަރެން ގާތަށް މާ ބޮޑަށް ރުޅި ނާރުވާ ހުންނަށްޗޭ….އަހަންނަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ…..”
ތާރާގެ އަޑުގައިވީ ޔަގީންކަމެވެ.
”ވަޓް އެވަރ….މިހާރުވެސް ތާރާއަށް ކުރެވިފައި ވާ ވަރު ކުޑައެއް ނޫން….ދެއަރ އިޒް ނަތިން މޯ ދެޓް ޔޫ ކެން ޑޫ ޓު މީ……އެން އަލް ނެވެރ ބީ ޔުއަރސް….މީގެ ފަހުން އަހަންނާ ދުރުގަ ހުންނާތި…..އެހެންނޫނީ މާ ރީއްޗެއް ނުވާނެ އިނގޭ…..ތާރާއަށް އެކަންޔެއްނޫން އިނގޭ ނުލަފާކަން ދެއްކޭނީއެއް…..”
”އިފްޔޫ ކާންޓްބީ މައިން….އެހެން އެއްވެސް ކުއްޖަކަށް ނައިލްގެ ދިރިއުޅުމަށް އަންނާކަށް ނުކެރޭނެ….އަޑުއިވިއްޖެތަ ނައިލް…..އަހަރެން ދުނިޔޭގަ ހުއްޓަ ނައިލްއަށް ލާހިކެއް ނޫން އެހެން އަންހެން ކުއްޖަކާއި އެކީގައި ރިލޭޝަންއެއް ފަށާކަށް…..”
ނައިލް އިތުރަށް ތާރާ ދެއްކިއެއްވެސް ވާހަކައެއް އަޑުއެހުމެއްނެތި އެތަނުންދިޔައީއެވެ. އޭރު ތާރާގެ މޫނުމަތީގައި ވަނީ ނުރުހުމުގެ ކުލަވަރެވެ. ތާރާވެސް ކާރަށް އަރައި ދުއްވައިލީ އާރަވްގެ ގެއަށް ދިއުމަށްޓަކައެވެ. ތާރާ އެގެއަށް ގޮސް އާރަވްގެ މަންމަގެ ހުއްދައާއި އެކު އާރަވްގެ ކޮޓަރިއަށް ވަތްއިރުގައި އާރަވް އެދުމަތީގައި އޮށޯވެލައިގެންއޮތެވެ. އާރަވް ބޯ ހިއްލާ ބަލާލިއިރުގައި ތާރާ އެތަނުގައި ހުރުމުން ލިބުނީ ކުއްލިސިހުމެކެވެ.
”ތާރާ……”
“ވަޓް އާރ ޔޫ ޑުއިން ހިއަރ…..”
އާރަވްއަށް މިހެން އަހާލިއިރުގައި ހައިރާންވިވަރު މޫނުމަތިން ހާމަވަން ހުއްޓެވެ. އޭރު ތާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރި ކުލަވަރެކެވެ. ތާރާ އާރަވްއާއި ދިމާއަށް ބަލަންހުރެފައި ކުއްލިއަކަށް ރޮއިގަންނަމުން ބިންމަތީގައި އިށީންއިރުގައި އާރަވް ހުރީ ވާނުވާ ނޭންގޭ ހާލުގައި ތާރާއާއި ދިމާއަށް ބަލާށެވެ. ތާރާ ގިސްލަ ގިސްލާފައި ރޯންފެށުމުން އާރަވްއަށް އިތުރަށް ކެތެއްނުކުރެވުނެވެ. ތާރާ ގާތުގައި ގޮސް އިށީންނަމުން ކިހިނެއްވީ ތޯ އަހައިލިއިރުގައި އާރަވްގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައެވެ.
”ނައިލް……ނައިލް…..”
ތާރާ ރޮމުން ރޮމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނައިލްގެ ނަން ތާރާގެ އަނގައިން އިވުމުން ވެސް އާރަވްގެ މޫނު ވަގުތުން ބަނަވެގެން ދިޔައެވެ.
”ނައިލް……އޭނަ އަހަރެންދެކެ އެއްވެސް ވަރަަކަށް ލޯތްބެއް ނުވޭ……އަހަރެންވެސް ނައިލްދެކެ ލޮތްބެއްނުވޭ……އައި ލަވް ޔޫ…..ނައިލްއަށް އެކަން އިނގޭނެ….އެކަމް ނައިލް ބުނީ އާރަވްގެ ޖީއެފްއެއް ހުރެއޭ……އެން ނައިލް ލަވްސް މީ އޭ….ސޯ އައި ގޮޓް އިންއަ ރިލޭޝަންޝިޕް ވިތް ހިމް….މިހާރު މަންތަކަށް ވުރެން ގިނަދުވަސްވީ.
…އިޓް ވޯޒް އަ ސީކްރެޓް އަންޓިލްނައު…..އެކަމް ނައިލް ވަރަަސް ގޯސް……އަހަންނަން އެތަށްގޮތަކުން ނައިލް އަނިޔާކުރޭ…..ނައިލް އަހަންނަށް އެއްގޮތަކަށް ވެސް ކެއަރ އެއްނުކުރޭ….އެހެންވެ އަހަންނަށް އިތުރަށް ކެއްނުވެގެން ހިތްވަރު ކޮށްލާފަ މިއައީ ނައިލްއާ ބްރޭކްއަޕް ވެގެން……ދެން ނައިލް އަހަންނަށް ހަދާނެ ގޮތެއްވެސް ނޭންގެ…. ރާވް އަހަރެން ވަރަށް ބިރުގަނޭ އެބަ….ނައިލްއަކީ ރާވް ތިހީކުރާހާ ރަގަނޅު މީހެއް ނޫން…..ރަގަނޅު ކަމަށް ހެދިގެން ހުރި ނުލަފާ މީހެއް އެއީ……”
ތާރާގެ ވާހަކަ އަޑުއަހަން ހުރި އާރަވްގެ މުށްކެވިފައި ވާއިރު މޫނުމަތިން ރުޅިއައިސް ފައިވާ ވަރު ހާމަ ވެވެ ހުއްޓެވެ. ތާރާ ލައިގެން އިން ހެދުމުގެ އަތްއޮޅާލަމުން ދައްކާލީ ރަތްވެފައި ހުރި ތަންތަނެވެ. އަދި އާރަވްއަށް ހިތާމަވެރި ނަޒަރަކުން ބަލާލަމުން އަނެއްކާވެސް ބާރަކަށް ރޮއިގަތީއެވެ.
”ޑިޑް ހީ ޑިޑް ދިސް ޓޫ ޔޫ…..”
އާރަވް އަހައިލީ ކަންބޮޑުވެފައި އިދެއެވެ. ތާރާ މަޑުމަޑުން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އާރަވް ތާރާގެނައިސް މޭގައި ޖައްސައިލަމުން ބުރަކަށީގައި ފިރުމައިލީ ނިކަން ލޯބިންނެވެ. އޭރުގައި ތާރާގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އާރަވްއާއި ނައިލްގެ ދެމެދުގައި މައްސަލަ ޖެހުމުން ދެން ތާރާއާއި ނައިލްއާއި ދޭތެރެއަށް ވަންނާނެ މީހަކު ނުވާނެއޭ ތާރާގެ ހިތަށްއެރިއެވެ. ނަމަވެސް ތާރާއަށް ނޭންގުނީ ތާރާ މިކުރި ކަމަކުން ނައިލް ތާރާއާއި ކައިރިވުމަށް ވުރެ އާރަވް ތާރާއާއި ކައިރީވީކަމެވެ. އާރަވް ތާރާގެންގޮސް ގެއަށް ލުމަށްފަހު އާރަވް މިސްރާބު ޖެހީ ނައިލްގެ ގެއަށް ދިއުމަށްޓަކައެވެ. އާރަވް އެގެއަށް ގޮސްވަތް ގޮތަށް ދިޔައީ ނައިލްގެ ކޮޓަރިއާއި ދިމާއަށެވެ. ނިޝާގެ ފަރާތުން ނައިލްވީ ކޮޓަރީގައި އިނގުމުން އާރަވްގެ މިސްރާބުހުރީ ސީދާ ނައިލްގެ ކޮޓަރިއާއި ދިމާއަށެވެ.
”ނައިލް…..”
ކިޔަވާމޭޒު ކައިރީގައި އިން ނައިލް ސިއްސައިގެން ދިޔައީ އާރަވް ގޮވާލިއަޑަށެވެ. އާރަވް އެއައި ބާރުމިނުގައި އައިސް ނައިލް ލައިގެން އިން ޓީޝާޓުގައި ހިފައި ކޮޅަށް ނަގަމުން ކޮޓަރީތެރެއަށް ހޫރާލިއެވެ. އަދި ނައިލްއަށް އިތުރު ފުރުސަތެއްނުދީ އެދިޔަ ގޮތަށް ގޮސް ނައިލްގެ މޫނުމަތީގައި ގޮއްމުއްކަވާފައި ޖެހި ޖެހީނުން ނޭފަތް ފަޅައިލިއެވެ.
”ހައު ކުޑް ޔޫ ޑޫ ދިސް ޓުމީ އެން ތާރާ….ނައިލް ތީ ފިރިހެނަކަށް ވެސް ނުވިއެއްނު….”
އާރަވް އަނެއްކާވެސް އައިސް ނައިލް ނަގަމުން މޫނުމަތީގައި ގޮއްމުއްކަވާފައި ޖެހިއެވެ. ނައިލް މިފަހަރު ގައި ހުރި ވަރެއްލައިފައި އާރަވް ކޮއްޕާލިއިރުގައި މޫނުމަތިން ފެންނަމުންދަނީ ހައިރާންކަމާއި ހިތާމައިގެ އަސަރެވެ.
”ނައިލް ތީ މިއަދަށް ފަހު އަހަންނަށް އެއްވެސް މީހެއްނޫން….ތީ ކުރިން އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިއާ އޭ ބުނަން ވެސް ލަދުގަނޭ…….ނައިލް މިހެން އަހަންނަށް ހަދާފާނެ ކަމަކަށް އަހަރެން ދުވަހަކު ވެސް ހީއެއްނުކުރަން….ނައިލް ތާރާ ބޭނުމޭ ކުރިން ނުބުނީ ކީއްވެތަ؟….އެން އަހަރެންގެ ފީލިންގްސް ތަށް އެނގިހުރެ ހައު ކުޑްޔޫ ގެޓް އިންއަ ރިލޭޝަންޝިޕް ވިތް ހަރ……އަހަރެން ނައިލްއަށް ދުވަހަކުވެސް މާފެއްނުކުރާނަން…..އެން ދެން ތާރާގައި އިނގިލީކުރި ޖައްސާލިއަސް ނިމުނީ…..އިނގިއްޖެތަ؟….”
އާރަވް ހުރިހާ ވާހަކައެއް ދައްކާ ނިމުނު އިރުގައި ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނައިލްވެސް ފެންކަޅިވެފައި ވާހާލު އާރަވްއާއި ދިމާއަށް ބަލަންހުރި އިރުގައި ތާރާ އެންމެ ފަހުން ބުނި ޖުމްލަ ސިކުޑީގައި ގުގުމަމުން ދިޔައެވެ.
”ރާވް…….އަޑުއަހާބަ…… ޕްލީޒް……”
”އައި ޑޯން ވޮނަ ހިއަރ އިޓް……އިތުރަށް ދެން ނައިލް ކިޔާއެއްޗެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން……ވީއަރ ޑަން…….އަހަންނާ އިތުރަށް ވާހަކަ ދައްކަން ދެން މަސައްކަތް ނުކުރާތި….ތީ އަހަރެން ދެން އެއްވެސް ގުޅުމެއް ބާއްވަން ބޭނުން މީހެއްނޫން….އަހަރެން ދުވަހަކުވެސް ހީނުކުރަން ތީ ތިހާ ނުބާ މަކަރުވެރި މީހެއް ކަމަކަށް……”
އާރަވް ނިލުމެގެން ދިޔައީ ނައިލް ބުނި އެއްވެސް އެއްޗެއް އަޑުއެހުމެއް ނެތިއެވެ. ނައިލް ކުޑަކަކޫ މަށްޗަށް ތިރިވަމުން މޫނުގައި އަތްޖައްސާލި އިރުގައި ލެއި އަންނަމުންދިޔައެވެ. ނަމަވެސް ވަމުން ދިޔަ ތަދަށްވުރެ ނައިލްއަށް ވިސްނެމުން ދިޔައީ ތާރާއާއި މެދުގައެވެ. އެތަށް ހިޔާލުތަކެއް ނައިލްގެ ސިކުނޑީގައި ދައުރުވަމުންދިޔައެވެ. ތާރާގެ ސަބަބުން އާރަވްއާއި ނައިލްގެ ދުވަސްވީ އެކުވެރި ކަމަށްވެސް ނިމުމެއް އެއައީއެވެ. ހަމަ ހުސް ތާރާގެ ނުބާ ނުލަފާ ކަމެވެ. ނައިލް ވިސްނަމުން ދިޔައީ ދެން ހަދާމެ ގޮތަކާއި މެދުގައެވެ.
އޭގެ އަނެއްދުވަހު ތާރާ ކޮލެޖަށްގޮސް ކުލާހަށް ވަތް އިރުގައި ފެނުނު މަންޒަރަކުން ތާރާގެ ދަތްކުޑި ވިކިގެންދިޔައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

aira
Previous

އައިރާ (3…..ވަނަ ބައި)

Next

ވާލޯބި އެނގޭނަމަ 22

Next
May 4, 2019

ވާލޯބި އެނގޭނަމަ 22

Previews
May 4, 2019

އައިރާ (3…..ވަނަ ބައި)

aira

17 Comments!

  1. muslim says:
    May 4, 2019 at 12:37 pm

    haadha lahunney up vany.. anyways v salhi mi part vx

    1. InaaSh says:
      May 7, 2019 at 10:34 pm

      Jazakillah khairan ? sorry for being late

  2. Ibsha says:
    May 4, 2019 at 6:35 pm

    Varah reethi

    1. InaaSh says:
      May 7, 2019 at 10:34 pm

      Jazakillah khairan ?

  3. jijj says:
    May 4, 2019 at 7:10 pm

    Alheyyy after many days the story has been uploaded finally??❤???…BTW mi part vec vvvvv amazing..nd yesh next part dhigukohdhehchey inge…ly Inuu sis????

    1. InaaSh says:
      May 7, 2019 at 10:35 pm

      Hehe jazakillah khairan ?

  4. InaaSh says:
    May 4, 2019 at 11:33 pm

    Sorry for uploading it very late… midhuwas kolhuge gothun lass vee.. insha allah balaanan next part vee haa wes awahah up kohladheweytho.. ?

    1. When will says:
      May 7, 2019 at 12:34 pm

      Àlhey kobaatha aneh part…….Kon iraku up waanee

    2. InaaSh says:
      May 7, 2019 at 10:35 pm

      So sorry for being late.. insha allah soon up waane ?

  5. AZOO AHOO says:
    May 7, 2019 at 11:51 pm

    mi vaahaka varah reethi eykamaku anna leh las kamun fuhivey mihaaru

    1. InaaSh says:
      May 10, 2019 at 10:54 am

      Jazakillah khairan.. and i am so sorry for being late.. ?

  6. ފާތުމަތު says:
    May 8, 2019 at 6:39 pm

    Wedhaane ehnu rodhamas veema las wanee kamah wes dho… anw mi baiwes v reethi.. ?

    1. InaaSh says:
      May 10, 2019 at 10:55 am

      Jazakillah khairan ?

  7. Amin says:
    May 8, 2019 at 6:40 pm

    Waiting for next part…
    Please upload it soon ?

    1. InaaSh says:
      May 10, 2019 at 10:55 am

      ??

  8. Reader? says:
    May 8, 2019 at 6:41 pm

    Cant wait… plz uploas it soon… this part is also very intresting

    1. InaaSh says:
      May 10, 2019 at 10:56 am

      Jazakillah khairan ?

Comments are closed.

Next Episodeމާޒީ (ތޭރަވަނަބައި)←


All Right Reserved!