Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…49

މުތާ/ ސ.ހިތަދޫ Level 210 Stories
September 3, 2014 6 Mins Read
6 Comments

އެދުވަހު ގެއަށް އައިސް ވެސް ޒެލީންއަށް އެނޫން ކަމަކާ މެދު ވިސްނޭ ގޮތެއް ނުވިއެވެ. ހިތަށް ކޮށްފައިވާ ފުން އަސަރުތައް ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. ބަނޑުހައިކަން އިހްސާސްކުރެވެމުން ދިޔަ ކަމުގައި ވިޔަސް ކޮޓަރިއަށް ވަން ގޮތަށް އޭނަ އެނދަށް ވެއްޓިގަތެވެ. ދެލޯމަރާ ތަގުޅިކޮށްލަމުން އޭނަ ގިސްލިއެވެ. މިހާ ބޮޑު ހިތްދަތިކަމެއް ލިބެން ޖެހޭ ވަރުގެ ކަމެއް އޭނަ ނުކުރެއެވެ.

”މަންމަގެ ފޯލްޓް ވެސް އެބައޮތް. ކޮންމެހެން އެ މައިމޫނާއަށް އެހީވަން ޖެހޭތަ؟ އޭނައަށް އެހީނުވިނަމަ މިދުވަސް ދެކެން ނުޖެހުނީސް، މަންމަގެ ކަންތަކޭ…..” ޒެލީން ކުދި ކިޔަން ފެށިއެވެ. މަންމަގެ ސަބަބުން ހުރިހާ ހިތާމައެއް ތަހައްމަލު ކުރަން ޖެހިފައި މިވަނީ އޭނަ އަށެވެ. އޭނަ އޮތީ ހަދާނެ ގޮތް ހުސްވެފައެވެ.

”ނަޒްޔަކްއަށް ވެސް އެނގުނީ އަހަރެންގެ މަންމަ ކުރި ކުށުގެ ސަޒާ އަހަންނަށް ދޭން، މައިމޫނާ ކުރި ކުށް މަތިން ހަނދާން ނައްތާލާފަ އެއުޅެނީ އޭނަގެ ދަރިއާއެކު… ކޮބާ އިސްސާފު؟… އަހަންނަށް އޭނަ ފުރަތަމަ ފެނުނު ދުވަހު އުޅުނީ އެހެން ފިރިހެނަކާއެކު… ޔަޤީން އޭނަ ދޫކޮށްލާފަ މިހާރު އެއުޅޭނީ ނަޒްޔަކް ބޮލަށް ވެރިވެގެންކަން… ބޮޑު އުނދަގުލެއް….” ޒެލީން ކަރުނަތައް ފޮހެލިއެވެ. ރުއިމަކުން ކުރާނެ ފައިދާއެއް ނެތެވެ. އެންމެ ކުޑަމިނުން އޭނަގެ އެކުރަނަތައް ދެކޭނެ މީހަކުވެސް ނެތެވެ. އޭނަ މިވަނީ ބާކީ ވެފައެވެ. ލޯބިން މަހްރޫމް ވެފައެވެ.

”ދެޓް ވިޗް، އޭނައަށް ކާމިޔާބު ވިޔަކަ ނުދޭނަން….” ޒެލީން ރޫޔާއަށް ބަދުދުޢާ ކުރަމުން ގޮސް ނަފްރަތުގެ ހުޅުގަނޑު އިތުރަށް ބޮޑުވިއެވެ. އެހޫނުކަމާއެކު ސިކުނޑީ ފިހެން ކައިރިވީއިރު ވެސް ކުރާނެ ކަމެއް އޭނަގެ ވިސްނުމަކަށް ނައެވެ. ލިބުނު ހިތާމައިގެ ސަބަބުން އޭނަގެ ސިކުނޑި ރަގަޅަށް މަސައްކަތެއް ވެސް ނުކުރިއެވެ. ބޮލުގައި ދަގަނޑު ހޮޅިބުރިއަކުން ބާރަށް ޖެހުމުން ކުރެވޭނެ ފަދަ ވޭނެއްވެސް ބޮލުގައި ހަރުލާފައި ވާހެން ހީވިއެވެ. ޒެލީން ރަގަޅަށްވެސް ދުނިޔެއިން މޮޔަވާން ކައިރިވެފައެވެ.

އަލްޔަސް އާއި ނަޒްޔަކް ތާއިފްގެ ވިޔަފާރީ ހިންގެވުމާ ހަވާލު ވިއިރު އީނާ ވެސް ހުރީ ވަޒީފާއަކަށް ދާން ބޭނުން ވެފައެވެ. ދުވަސްތައް ބޭކާރު ގޮތުގައި ދުއްވާލާކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. އަނެއްކޮޅުން އަލްޔަސް ވަޒީފާއަށް ދިއުމުން އޭނަ ހުންނަނީ ފޫހިވެގެން ގޮސް ހަލާކުވާވަރު ވެފައެވެ. ވިޔަފާރީގެ ދާއިރާއިން ކިޔަވާފައި ވިޔަސް އޭނަގެ ޝައުޤުވެރިކަން އެދާއިރާއިން ވަނީ ގެއްލިފައެވެ. އޭނަ ބޭނުންވީ ނާރސިންގް އިން ކުރިއަށް ދާށެވެ. އުނދަގޫވިޔަސް އޭނަ ހުރީ އޭނަގެ މަޤްސަދު ހާސިލު ނުވަނީސް ދޫކޮށްނުލާ ގޮތަށެވެ.

ޖެނުއަރީ މަހު ފެށޭ ކޯސްތަކަށް ކުރިމަތިލިއިރު އީނާ ހުރީ ކޯސް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޖަވާބު ލިބޭނެ ދުވަހުގެ އިންތިޒާރުގައި ދުވަސްތައް ގުނާލަމުން ދިޔައީ ކެތްތެރިކަމާއެކުގައެވެ.

”ބޭކާރު ތިން އަހަރެއްނު ދުއްވާލީ އެކޯސް ހެދުމުގައި….” ފެންވަރާލައިގެން ނިކުމެ ރީތިވާން އިން އީނާއަށް ނަޒަރެއް ދެމުން އަލްޔަސް ބުންޏެވެ. ”ޔާ، އޭރު ބައްޕަ ބޭނުންވެގެން އެކޯސް ނެގީވެސް، ދެން ފަހުން ކިޔަވާ ހިތް ނުވީމަވެސް ބައްޕަ ހިތްހަމަ ނުޖެހިދާނެތީ ކޯސް ކޮންޓިނިއު ކުރީ….” އީނާ ހިނިތުންވުމަކާއެކު ބުންޏެވެ. އަލްޔަސް ވަޒީފާއަށް ދާން ފެށިފަހުން ދެމަފިރިން އެކުގައި ހޭދަކޮށްލަން ލިބެނީ މަދު ވަގުތުކޮޅެކެވެ. އެކަމާ އީނާ ޝަކުވާއެއް ނުކުރެއެވެ.

”ނާރސްއަކަށް ވީމަ ބެނެފިޓް ކުރާނީވެސް އަހަންނަކަށް ނު….” އަލްޔަސް ފުރަގަހުން އައިސް އީނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ”ހޫމްމްމް… އޭރުން ބޭބީސް ގެންގުޅެން ވެސް ފަރިތަވާނެ….” އީނާ ދަތްތައް ފެންނަވަރަށް ހީލަމުން އަލްޔަސްގެ އިސްތަށިގަނޑާ ކުޅެލިއެވެ.

ފަސް ދުވަސް ފަސް…..

ރޫޔާއަށް ވަޒީފާ ލިބުނުކަން އަންގަން އޮފީހުން ގުޅުމާއެކު އުފަލުން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އޭނަ އެންމެ މިނެޓެއްވެސް ނަގާނުލައި ނަޒްޔަކްއަށް ގުޅާފައި އެއުފާވެރި ޚަބަރު ދިނެވެ. ”ކޮންގްރޭޓްސް…..” ނަޒްޔަކްގެ އަޑުގައި އުފާވެރިކަން އެކުލެވިފައި ވިއެވެ.

”ތޭންކްސް، ނޭގޭ ބުނާނެ އެއްޗެއް ވެސް…. އަންނާނަން އިނގޭ ދައްތަމެންނަށް އަންގާލާފަ…..” ރޫޔާ ބުނެލިއެވެ. ”މިރޭ ޑިނާރއަކަށް ދާން ވާނެ….” ރޫޔާ ފޯނު ކަނޑާލުމުގެ ކުރިން ނަޒްޔަކް ބުންޏެވެ. އާނއެކޭ ބުނެލަމުން ރޫޔާ އަވަސް ވެގަތީ ފަޒްލާމެންނަށް އެއުފާވެރި ޚަބަރު ދޭށެވެ.

”ރޫ ބޭނުންވިނަމަ ބައްޕަގެ އޮފީހުން ޖާގަ ލިބުނީހެއްނު، އެނީވޭސް ކޮންގްރާ….” ރާނިޔާ ބުންޏެވެ.

”އަހަރެން ބޭނުންވީ އަހަރެންގެ ތައުލީމީ ފެންވަރަށް ބަލާފައި ޖޮބް ލިބޭ ތަނަކަށް ދާން. އިނގޭ ބޭނުންވިނަމަ އެތަނުން ޖާގަ ލިބޭނެކަން، އެކަމަކު ތާއިފްބޭބެގެ އޮފީހަށް ދިޔައީމަ މީހުން ބުނާނީ ޢާއިލީ މީހަކަށް ވީމަ ތައުލީމީ ފެންވަރަށް ވެސް ނުބަލާ ދީފަ ހުރި ވަޒީފާއެކޭ… ދެން ފާޑުފާޑުގެ ވާހަކަތައް ވޯކް ކުރާ ކުދިންވެސް ދައްކާނެ….” ރޫޔާ ބުނެލިއެވެ.

އިރުއޮއްސި އަނދިރިކަން ހަލުވިކަމާއެކު ފެތުރެން ފެށިއިރު އަލްޔަސް އާއި އީނާ ތިބީ އާރޓިފިޝަލް ބީޗްގައެވެ. ދުރުން ފެންނަން އޮތް ހުޅުލޭގެ ވައިގެ ބަނދަރަށް ތިރިކުރަމުން ދިޔަ ފްލޭޓްތަކަށް ބަލަން އިނދެ އީނާ ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. އޭނަ އިނީ އެހިތްގައިމު މާހައުލުދޫކޮށް ދާހިތް ނުވެފައެވެ. ދުވަސްތަކަށް ފަހު ދެމަފިރިން އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިފައިވުމުން ދެމަފިރިންގެ މޫނުމަތިން ވެސް ހިތްހަމަޖެހުމުގެ ކުލަވަރުތައް ފެނެއެވެ.

****

ރޫޔާ އާއި ނަޒްޔަކް ރޭގަނޑުގެ ކެއުމަށް ދިޔައީ ސީ ހައުސް އަށެވެ. އެހިތްގައިމު މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނަސީބު ލިބުމުން ރޫޔާގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ކާއެއްޗިއްސަށް އޯޑަރު ދެމުން ނަޒްޔަކް ދައްކަން ފެށީ ކައިވެނީގެ ވާހަކަތަކެވެ. ޕާޓީގެ ތީމް ކުލައާއި ކާޑުތަކުގެ ޑިޒައިންތަކުގެ ވާހަކަތައް ވެސް ދެކެވުނެވެ. ރޫޔާ އެކަމާ ނުހަނު ގަޔާވިއެވެ. ދެމަސް ފަހުން ކައިވެނީގެ ތާރީޚް ހަމަޖެހިފައިވާއިރު އެދުވަސްތައް ވެސް ވަނީ ގިނަ ވެފައެވެ. ދުޢާ ކުރެވެނީ ވީހާވެސް އަވަހަކަށް އެދުވަސް އައުމަށެވެ. ދެޒުވާނުން ބައްދަލުވިތާ މަދުދުވަސްކޮޅެއް ވީނަމަވެސް އެދެމެދުގައި ވާ ލޯބި ފެނި ހީވަނީ ދެޒުވާނުން ރައްޓެހިވެގެން އުޅޭތާ އަހަރުތަކެއް ވެއްޖެހެންނެވެ.

ނަޒްޔަކްއަށް ފޯނު ކޯލެއް އައިސްގެން އޭނަ ދުރަށް ހިނގައިގަތެވެ. ނަޒްޔަކް ދިޔަ ދިމާއަށް ބަލަން އިނދެފައި ނަޒްޔަކް އަންނަން ވާއިރަށް ފޫހި ފިލުވާލަން ރޫޔާ އޭނަގެ ފޯނު ނެގިއެވެ.

ބޭރަށް ނިކުމެލަމުން ނަޒްޔަކް ފޯނުން ވާހަކަ ދައްކަން ދިހަ ވަރަކަށް މިނެޓް ވަންދެން ހުއްޓެވެ. ފޯނު ކޯލް ނިންމާލަމުން އޭނަ އެތެރެއަށް ދާން އުޅެނިކޮށް ފެނުނު ސޫރައަކާއެކު ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ދުވަސްގަނޑަކަށް ފަހު ޒެލީންގެ ފެނި ނަޒްޔަކްގެ މޫނުމަތިން ފެންނާނެކަމަށް އުއްމީދުކުރެވުނު އެއްވެސް ކުލަވަރެއް ޒެލީންއަކަށް ނުފެނުނެވެ. އަދިވެސް އޭނަ އެހުންނަނީ ނަޒްޔަކް އޭނަ ގާތަށް އަންނާނެ ކަމުގެ އުއްމީދުގައި ކަމަށް ވެސް ވެދާނެއެވެ. އެހެންނޫނަމަ އެފަދަ ކަމަކަށް އިންތިޒާރުވެސް ނުކުރެވުނީހެވެ.

ޒެލީން އޭނަގެ ކަޒިންތަކަކާއެކު އެތަނަށް އައީ ކޮންމެހެން ނަޒްޔަކްއާއި ބައްދަލުވެދާނެކަމަށް ހީކޮށްގެނެއް ނޫނެވެ. އޭނަ ނަޒްޔަކްއާ ވާހަކަ ދައްކާލާނެ ފުރުސަތަކަށް ބަލަބަލާ ހުއްޓާ މިހާ ފަސޭހައިން އެފުރުސަތު ލިބުމުން އޭނައަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ.

”ގޮސް އޯޑަރު ދީ އަހަރެން އަންނާނަން އިނގޭ….” ޒެލީން މިހެން ބުނެ އަވަސް ވެގަތީ ނަޒްޔަކް ގާތަށް ދިއުމަށެވެ. މިލިބުނު ރަނުގެ ފުރުސަތު ގެއްލުވާލާކަށް އޭނަ ބޭނުމެއް ނުވިއެވެ.

”ނިކް….” ޒެލީން ހިތާމަވެރި އަޑަކުން ގޮވާލިއެވެ. ބޭނުމަކަށް ވީ ނަޒްޔަކްގެ ހަމްދަރުދީ ހޯދުމެވެ. ނަޒްޔަކް އޭނަ ދޫކޮށްލާފައި ދިއުމުން އެހިތުގައި އަޅަމުންދާ ވޭން ބަޔާންކޮށް ދިނުމެވެ. ނަޒްޔަކް އަޅާވެސް ނުލާ ދާން ހިނގައިގަތެވެ.

”ނިކް ކީއްވެތަ އަހަރެން ބާކީކޮށްލާފަ އެހެން ކުއްޖަކާ ރައްޓެހިވެގެން ތިއުޅެނީ…. އަހަރެން ދެރަވާނެ ވަރު އަންދާޒާ ނުކުރެވޭތަ؟ ތާރާ ބުނި ދޮގު ވާހަކަތައް އެހާ ފަސޭހައިން ޤަބޫލުކުރީ ކީއްވެގެންތަ؟ އަހަންނަށް އިތުބާރު ނުކުރީ ކީއްވެތަ؟….” ޒެލީން ދެލޮލަށް ކަރުނަ ޖަމާކުރިއެވެ. ދެންވެސް ނަޒްޔަކްގެ ފަރާތުން އޭނަ ބޭނުންވިފަދަ ސަމާލުކަމެއް ނުލިބުނެވެ. އެއާ ޚިލާފަށް ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. ނަޒްޔަކްގެ ފަސްފަހަތުން ޒެލީން އެތެރެއަށް ވެސް ވަދެގަތެވެ.

”ނިކް ޕްލީސް ޑޯންޓް ޑޫ ދިސް ޓު މީ، އިޓް ހާޓްސް……. މަންމަ ކުރި ކުށުގެ އަދަބު އަހަންނަށް ދޭއިރު ނިކް އެއްފަހަރު ވެސް ވިސްނާނުލިންތަ ނިކް ރައްޓެހިވެގެން ތިއުޅޭނީ އެމައިމޫނާގެ ދަރިއާކަން؟…. އޭނަ ނިކްގެ ކޮއްކޮގެ ލައިފް ރުއިން ކުރަން އުޅުނީމަވެސް އޭނައަށް މާފް ދީފަ އޭނަގެ ދަރި ކައިރިކުރާއިރު ކީއްވެތަ އަހަންނަށް މާފް ނުދެވެންވީ؟…. މަންމަގެ ކޮންމެ ރޭވުމެއްގައި މައިމޫނާވެސް ބައިވެރިވި، އަހަރެން ހަމަ އަޖައިބުވޭ ނިކްގެ ފެމިލީ މީހުންނަށް ވެސް އެކަން އިޝޫއަކަށް ނުވާތީ… ނިކް އެއީ ރަގަޅު ކުއްޖެއް ނޫނޭ، އޭނަ މީގެ ކުރިންވެސް ކުއްޖަކާ ރައްޓެހިވެގެން އުޅުނީ……….” ޒެލީން އާދޭހުގެ ރާގަކަށް ބުންޏެވެ. ޒެލީން ނަޒްޔަކްގެ ސިކުނޑިއާ ކުޅެލަން އުޅުނުކަމުގައި ވިޔަސް އެމަޤްސަދު ވެސް ހާސިލެއް ނުވިއެވެ. ޒެލިންގެ ހުރިހާ ރޭވުމެއް ދިޔައީ ފެނުފުލުންނެވެ.

”ޝަޓް އަޕް! ރޫޔާގެ މަންމަގެ ބޮލަށް ވެރިވެގަތީ ޒެލީންގެ މަންމަ…. އިނބުލީހަކަށް ވެހުރެ އެހުރިހާ ނުބައިކަމެއް ކުރުވާފަ އުޅުނީ ފަހު ވަގުތު ރެކިގަންނަން……… ފައިސާގެ ދަހިވެތިކަމުގަ ތިދެމައިން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ…. އިނގެޔޭ ޒެލީންގެ އަތެއްވެސް އެހުރިހާ ރޭވުމެއްގެ ފަހަތުގައި ވާނެކަން! ރަގަޅުވާނީ އަހަރެން  ކުރިމަތީގައި ތިމާގެ މަޢުސޫމްކަން ހާމަކުރަން އުޅުނިއްޔާ!…. ހަނދާން ކުރާތި މީގެފަހުން އަހަންނަށް ފެންނަ ހިސާބަކަށް ވެސް ނާންނާތި…..” ނަޒްޔަކް އިންޒާރެއް ދިނެވެ. އޭނަ އެޖުމްލަ ބުނީ ޒެލީންއަށް އަޑު އިވޭވަރަށެވެ. ރެސްޓޯރެންޓް ތެރޭގައި ”ސީނެއް ކްރިއޭޓް” ކުރަން އޭނަ ބޭނުން ނުވީއެވެ.

ނަޒްޔަކް ގޮސް ރޫޔާ އިން މޭޒާ އަރާހަމަކޮށްލުމުން އިތުރަށް ކުރިއަށް ދާން ޒެލީން ފަސްޖެހުނީ ކީއްވެގެން ކަމެއް ހުދު އޭނައަކަށް ވެސް ނޭގުނެވެ. ރޫޔާއާއި ނަޒްޔަކް ޑޭޓަކަށް އައިސްގެން އުޅޭކަން އެނގުމުން އުޑުބޮލަށް ވެއްޓުނުހެން ވެސް ހީވިއެވެ. ފުރަގަސް ދެމުން ޒެލީން ކޯތާފަތް ފޮހެލިއެވެ. އޭނަ ބުނި އެންމެ ޖުމްލައަކުން ވެސް ނަޒްޔަކްގެ ސިކުނޑިއާ ކުޅެނުލެވުނެވެ. ނަޒްޔަކް ރޫޔާއާ ރައްޓެހިވެގެން އެއުޅެނީ ހަޤީޤަތް އެނގިހުރެކަން އެނގުމުން ހުރިހާ ދޮރެއް ބަންދުވެގެން ދިޔަ ފަދަ ނުބައި އިހުސާސްތަކެއް ކުރެވުނެވެ. ޔަޤީނެވެ. ރޫޔާ އެވަނީ ނަޒްޔަކްގެ ހިތަށް ސިހުރެއް ހަދާފައެވެ. މޫނު ބަނަކޮށްލަމުން އޭނަ އެތަނުން ދިޔައެވެ.

”ހޭއި ނިކް ކިހިނެއްވެފަތަ؟….” ރޫޔާ ނަޒްޔަކްގެ މޫނު ދިރާސާ ކުރަމުން އެހިއެވެ. ކޮންމެވެސް ކަމަކާ ނަޒްޔަކް ރުޅި އައިސްފައި އިންކަން އޭނަ ދެނެގެންފިއެވެ.

”މޮޔަ މީހަކާ ދިމާވީ….” ނަޒްޔަކް ހިނިތުންވެލަމުން އެކަން މަތިން ހަނދާން ނައްތާލައިފިއެވެ. ޒެލީން އަކީ އޭނަގެ ހަޔާތުން ފޮހެލެވިފައިވާ ބާބެކެވެ.

”ކޮބާތަ ތި މޮޔަ މީހާ؟….” ރޫޔާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ.

”ހިނގައްޖެ، ދެން އެކަން މަތިން ހަނދާން ނައްތާލަމާ…..” މޭޒުމަތީ އޮތް ރޫޔާގެ އަތްތިލައަށް ފިތާލަމުން ނަޒްޔަކް ބުންޏެވެ. ރޫޔާ ވެސް ދެން އިތުރަކަށް އެކަމާއިގެން ނޫޅުނެވެ. މަދު މިނެޓްތަކެއް ފަހުން އޯޑަރުކުރި ކާއެއްޗެހި އައުމުން ދެޒުވާނުންވެސް އަވަސްވެގަތީ ހައިކަން ފިލުވާލުމަށެވެ.

****

ރޫޔާ އޮފީހަށް ނިކުތް ފުރަތަމަ ދުވަހުވެސް އޮފީހުގެ މުވައްޒިފުންނާ ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. އެކުވެރިކަމުގެ އެމާހައުލު އޭނައަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. ބްރޭކް ގަޑީގައި ސައިކޮޓަރިއަށް ދިޔައިރު އެތަނުން ތާރާ އާއި ދިމާވިއެވެ. ތާރާ ވެގެން ދިޔައީ ރޫޔާއަށް އޮފީހުން ގުނާލެވުނު ފުރަތަމަ އެކުވެރިޔާއަށެވެ. ތާރާއާއި ރޫޔާ ސައިބޯން ތިއްބާ ޒެލީން ދައްކާލުމުން ތަރާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ތާރާ ޒެލީންއަށް ހަދިޔާކޮށްލި ހިނިތުންވުމާއެކު ޒެލީން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

”އެއީ ޒެލީން، ދަންނަން ދޯ؟ ވަރައްގެ މީހެއް އެއީ، ކުދިން ކުދިންގެ ބީއެއްފްއަށް ވަރަށް ފާރަލާނެ… އެހެން ހުރެފަ ކުއްލިޔަކަށް މީހުންގެ ހައްޤުތައް ޖަހައިގަންނަން ވެސް ވަރަށް މޮޅުވާނެ، ބަލައިގެން އުޅެއްޗޭ ބިއެފްއެއް ހުންނަންޏާ، ހާއްސަކޮށް އޭނައަށް ފެންނަ ހިސާބަކަށް ވެސް ނުގެންނާތީ، އެހެން ހުއްޓަސް އެއީ ބޮޑު……” ތާރާ ބުންޏެވެ. ރޫޔާ ޒެލީންއަށް ބަލާލުމުން ވަގުތުން އެއީ ކާކުކަން އެނގިއްޖެއެވެ.

”ހޫމްމް އެނގިއްޖެ….” ފޫހި ރާގަކަށް ރޫޔާ ބުނެލިއެވެ.

”ވަރަށް ބަލައިގެން އުޅެން ޖެހޭނީ، ތާކު ހުރި ކަތުރުފަންޏެއް، އަދި ހުންނާނީ ތިމާ ވަރުގެ މައުސޫމް މީހެއް ނެތް ކަމަށް ހެދިގެން…….” ތާރާ ބުނެލިއެވެ. ރޫޔާ ސައިބޮއެ ނިންމާލަމުން ސައިކޮޓަރިން ނިކުންނަން ދިޔައެވެ.

”ކަލޭ ކީކޭތަ އޭނަ ގާތު ބުނީ….” ތާރާ އެކަނި އިންތަން ފެނި ވައިރޯޅީގެ ބާރު މިނުގައި ގޮސް ޒެލީން އަހާލިއެވެ.

”ހަޤީޤަތް……” ތާރާ ފަރުވާކުޑަ ރަގަކަށް ބުނެލަމުން ދާން ހިނގައިގަތެވެ.

”ޔޫ….” ޒެލީން ދެބުމަ ކައިރިކޮށްލި އެވެ.

”ސޮރީ…..” ގަސްދުގައި ހައި ހީލްސްއިން ޒެލީންގެ ފައިމައްޗަށް އަރަމުން ތާރާ ބުންޏެވެ. ތާރާ ޒެލީންގެ ދެކެ އެއަންނަ ރުޅީގެ ސަބަބުން ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވަނީ ޒެލީންއަށެވެ. ތާރާއަކީ ވިސްނުން ތޫނު ކުއްޖެކެވެ. އޭނަ ޒެލީން ދެކެ ނަފްރަތު ކުރަނީ އޮފީހުގައި މަޝްހޫރުވެފައި ރީތި ވުމުގެ ސަބަބުންނެވެ. އަދި ހަމައެއާއެކު މައުސޫމްކަމަށް ހެދިގެން މީހުންގެ ހިތްތަކުން ޖާގަ ހޯދަމުން ދުވާތީވެސް މެއެވެ.

ރުޅި އަޔަސް ޒެލީންއަށް ކުރެވުނުކަމެއް ނެތެވެ. ހާސްކަމެއް ތެރެއަށް މުޅި މީހާ ގެނބި އެހާސްކަމުގެ ތެރޭގައި އޭނަ އަރަގުވާން ކައިރިވެއްޖެއެވެ. ސަލާމަތުގެ އައްސޭރިއެއް ނުފެނުނެވެ.

****

”އަލްހަމްދުއްލިﷲ” އީނާއަށް ކޯސް ލިބުނުކަން އެނގުމުން އީނާގެ މޫނު އުޖާލާވެގެން ދިޔައެވެ. އަލްޔަސް އައުމާއެކު އޭނަ އަލްޔަސްއަށް އެއުފާވެރި ޚަބަރު ދެމުން ކުއްލިޔަކަށް ގޮސް ބައްދައިގަތުމުން ބްލެންސް ނުކުރެވި ދެޒުވާނުން ވެސް އެނދުމައްޗަށް ވެއްޓުނެވެ. އީނާ ބާރަކަށް ހީގަންނަމުން ހަށިފުރާ ނޭވާއެއް ލިޔެވެ.

”ކޮންގްރާ ހަނީ….” އަލްޔަސް އީނާގެ ކޯތާފަތަށް ބޮސްދިނެވެ. ”ފައިނަލީ…..” އީނާ އަލްޔަސްގެ މޭގައި މޫނު ފޮރުވާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…48

Next

އޯގާވީ ހިތަކުން…50

Next
September 4, 2014

އޯގާވީ ހިތަކުން…50

Previews
September 1, 2014

އޯގާވީ ހިތަކުން…48

6 Comments!

  1. thaany says:
    September 3, 2014 at 8:03 am

    haadha avahey up kuraaleh…thigothah vaanjeheyne. eyrun kiyuntherin foohi nuvaani…thankss..vv.nice mi baa ves..

  2. reesh says:
    September 3, 2014 at 8:07 am

    vvv nice…thnx avahah up kuryma…next part vx avahah genesdheyti…kyp it up……….

  3. Nathuubt says:
    September 3, 2014 at 8:48 am

    vvvv nice…knmx e zelyn sababun roo n nik ge relation fail koh nulahchey….I hate that stupid guy…..bt patiently waiting fr the next prt….

  4. lady says:
    September 3, 2014 at 1:55 pm

    Mi vaahaka avahah genas dhinas mi part ga ehves kameh nuhigaa. . Hama haasaru dhamaafa othee. . Ehnve foohi. . Thankolheh dhigu kh genas dhehchey next part with something interesting happening. .

  5. shafu says:
    September 3, 2014 at 2:27 pm

    v v v nice … 🙂
    waiting fornext part … !!!

  6. reesh says:
    September 4, 2014 at 7:24 am

    zelyn ge sababun rooo nd nick ge relation ah gotheh nuhadhaati ….plx muthaaa…..

Comments are closed.

Next Episodeއޯގާވީ ހިތަކުން…50←


All Right Reserved!