Skip to content
އެސްފިޔަ

ބުނެދޭށޭ ރުހެމޭ 23

ފިޔަވަޅުތަކެއްގެ އަޑުއިވުމާއިއެކު ރައިހާން ނައިނާއާއި ދުރުވެލަމުން ފަސްއެނބުރިބަލާލުމާއި މޫނުމައްޗަށް އެރި ގޮށްމުށުގެ އެތިފަހަރުގެ ބާރުކަމުން މޫނުމަތިން ކުދި ކޮކާ ބުރާލިހެން ހީވިއެވެ. އޭރު ހައިޒަލް ދަތްކުނޑިވިކާލައިގެން ރައިހާންގެ މޫނު ޖެހޭހާ ގާތުގައި ހުރިއިރު އެ ތޫނު ނަޒަރުން އެކަނިވެސް ރައިހާން ފިއްސާލަފާނެހެން ހީވިއެވެ. ތުންފަތުގެ ކައިރިފަށުން ފޭދުނު ލޭތަށް އިނގިލިން ފުހެލަމުން ރައިހާން އިސްއުފުލާ ބަލާލިއިރު ހައިޒަލް މުށްކަވާލެވިފައިވާ އަތް ދެވަނަ ފަހަރަށްވެސް ރައިހާންގެ މޫނާއި ދިމާލަށް މަޅާލީއެވެ. އެއާއިއެކު ނައިނާ އެދެމެދަށް ވަދެގަތްއިރު ހައިޒަލް ވަގުތުން އަތްތިރިކޮށްލަމުން ޖީބަށް ޖަހައިލައިފިއެވެ.

“ދެން ނައިނާގެ ގައިގައި އިނގިލިކުރި ޖައްސާލިޔަސް މިހިރަ ބެލްކަނިން ބޭރަށް ހޫރާލާނަން… ބުނަން ކަލޭ ބޭނުންހާ ސަކަރާތެއް ޖަހާނީ ސިލްކްގައި….” ހައިޒަލް ރައިހާންގެ ގަމީހުގައި ހިފާ ގާތަށް ދަމައިގަތެވެ. އެދެލިކޮޅެއްފަދަ ދެލޮލުން ފެނިލީ ރުޅިވެރިކަމުގެ އިންތިހާއެވެ. ނައިނާގެ ހަށިގަނޑުގައި އިނގިލި ބީއްސާލީތީ އެކަމާއި ހިތްހަމަނުޖެހިފައިހުރިވަރު ވީ ހާމައަށެވެ.

“ހެހެހެ… ވަރަށް އަސަރުކޮށްފި ދޯ… ހައިޒަލް ކަލޭވެސް ބޭނުންވީތަ؟ ނައިނާވެސް އެގޮތް ބޭނުންވާނޭކަން ނޭނގެ…” ރައިހާންގެ ޖުމްލައިން ހައިޒަލްގެ ލޭ ހޫނުވެގެންދިޔައެވެ. ރައިހާންގެ މޫނުގައި  ޖަހަން އަތްމަޅައިލުމަށްފަހުވެސް ހައިޒަލް ނައިނާއާއިމެދު ވިސްނާލަމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން އަތްތިރިކޮށްލިއެވެ.

“ކަލޭ ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ ނައިނާއަކީ… ޙަބަރުދާރު…. ނައިނާއާއި ބެހޭގޮތުން ދެން ތިފަދަ އެއްޗެއް ބުނެފިއްޔާ ތި ދޫ އަނގަތެރޭ ނުބާއްވާނަން…” ހައިޒަލްގެ މުށްކެވިފައިވާ އަތަށް ބާރުކުރަމުން ދިޔައިރު އަމިއްލަ ނަފުސް މައިތިރިކުރަން އުނދަގޫވަމުން ދިޔައެވެ. ނައިނާއާއި ބެހޭގޮތުން އެފަދަ ދަށު ފެންވަރުގެ ވާހަކައަށް އަޑުއިވުމުން ހިތަށް އުނދަގޫވިވަރު ބުނެދޭކަށް ނޭނގެއެވެ. ނައިނާއަކީ އޭނަގެ ފުރާނައެވެ. ނުނިޔަތެއްގައި ނައިނާއަށް ބަލާލި މީހަކަށްވެސް އޭނަ މައާފެއްނުކުރާނެއެވެ.

“ހީވާގޮތުން ނައިނާއާއި ބެހިލީމަ ވަރަށް އަސަރުކޮށްފި… ހައިޒަލް ނައިނާއަކީ ކަލޭގެ ކަންތައްގަނޑުތަ؟” ރައިހާންގެ އަޑުގައިވީ މަލާމާތުގެ އަސަރާއިއެކު ބުނެލިގޮތުން ހައިޒަލް އެތެެރެއިން އަނދައިގަތްއިރު ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ރައިހާންގެ ނަން ކިޔާލިއެވެ. އެއާއިއެކު ނައިނާވެސް ބަލާލީ ސިހިފައި ކަހަލަގޮތަކަށެވެ.

“ތިއަނގަ މައިތިރިކުރޭ…. މަމީ ކަލޭތަ؟ އޮފީސް ހުރިހާ އަންހެނުންނާއި އެކީގައި އުޅެވުނީމާވެސް ހިތް ނުފުރުނު މީހެއް… ބޭނުންގޮތަކަށް އުޅެންވީނު މައްސަލަގަނޑެއް ހިލޭއިރަށް މަތިޖަހަން ބައްޕާފުޅު ހުންނާނެއެއްނު…” ހައިޒަލްގެ ރުޅިވެރިކަމާއި ފެށި ޖުމްލަ ނިންމާލީ ރައިހާންއަށް މަލާމާތްކޮށްލަމުންނެވެ. ރައިހާންގެ ކުށްތަައް ފޮރުވުމުގައި ބައްޕަ އަދާކުރާދައުރަށް މަލާމާތްކުރުމަކީ ރައިހާންއަށް ބަލައިގަނެވޭވަރު ކަމަކަށް ނުވިއިރު ވަގުތުން ރައިހާންގެ ބުމަގޮށްޖެހިގެންދިޔައެވެ.

“އަހަރެން ބައްޕައާއި ބެހެން ކަލޭ ލަދެއްނުގަނޭތަ؟ ސިލްކްގެ އެހީ ބްލޫސްއަށް ނެތްނަމަ މިތާ ހުންނާނީ ހަމައެކަނި ހަތަރު ފާރު… ހައިޒަލް އަލްހާން ޔޫ ވިލް ރިގްރެޓް ދިސް…” ރައިހާން ރުޅިންގޮސް އަމިއްލަ ނަފްސު ހަމައިން ނައްޓާވަރުވީއިރު ހައިޒަލްއަށް އިނގިލި ދިއްކޮށްލަމުން އިންޒާރެއްދިނެވެ.

“ބައްޕަ ތިކަހަލަ ޑާރޓީބާރގްއާއިއެކީ ޑީލްހަދާތީ މިހާރުވެސް ރިގްރެޓްކުރަން…” ހައިޒަލްގެ ޖުމްލައާއިއެކު ރައިހާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ނައިނާގެ އަތުގައި ހިފާ ދަމައިގަތްގޮތަށް ބެލްކަނިން ނިކުންނަން ހިނގައިގަތެވެ.

ހައިޒަލް ދަތްކުނޑިވިކައިލައިގެން ހުރެ ނައިނާގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ކޯރިޑޯގައި ހިނގާލައިފައިދިޔައިރު ނައިނާ ހާސްވެފައިހުރެ ވަަށައިގެން  ނަޒަރު ހިންގިއެވެ. މީހަކަށް ފެނިދާނެއަތީ ހާސްވެފައިހުރެ އަތުން ދޫކޮށްލުމަށް އެތަށް ފަހަރަކު ހައިޒަލްގެ ގާތު ނައިނާ އެދުނެވެ. ނައިނާ ދެކޮޅު ހެދުމެއްނެތި ދާނެކަމަށް އެއްބަސްވުމުންވެސް ހައިޒަލް ހުރީ ގޮތްދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. އޭރު ހައިޒަލް ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ނައިނާގެ އަތަށް ތަދުވެގެންގޮސް ލޮލުން ފެންތަށް ފައިބަމުން ދިޔައެވެ. ކޯރިޑޯ ހުރަސްކޮށްފައި ދިޔަގޮތަށް އެއްފަރާތުގައި ހުރި ރޫމްގެ ދޮރު ހުޅުވާލަމުން ހައިޒަލް ނައިނާ ރޫމްތެރެއަށް ހޫރާލިއެވެ. ނައިނާ ކުޑަކޮށް އަރިއަޅާލާގޮތްވިއިރު ފާރުގައި ހިފަހައްޓާލަމުން ހައިޒަލްއާއި ދިމާލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އަނިޔާވެރިކަން ދައްކައިގެން އޭނަގެ ހިތުގައިވާ ލޯބި ފުހެލަން ހައިޒަލް ބޭނުންވަނީ ކީއްވެހެއްޔެވެ؟

ފުޅާ މޭޒުގައި ދެއަތުން ހިފަހައްޓައިލައިގެން ހައިޒަލް ގުދުވެ އޮތްއިރު އަވަސް ނޭވާތަކެއް ލަމުންދިޔައީ ރުޅި މައިތިރިކުރަން ބޭނުންވެފައި ހުރިކަހަލަގޮތަކަށެވެ. އެދެލޮލުން ފެންނަމުންދިޔަ ރުޅިވެރިކަމުން ނައިނާ ފިއްސާލަފާނެހެން ހީވެއެވެ.

“ހަމަ މޮޔަވާވަރުވޭ…” ހައިޒަލްގެ ހަށިގަނޑު ސީދާވެގެން ދިޔައިރު މޭޒަށް ވީއްލާލި ބާރު އެތިފަހަރުން ނައިނާ ސިހިފައިކަހަލަގޮތަކަށް ހައިޒަލްއަށް ބަލާލިއެވެ.

“އޭނަ އެ ހުރިހާ އެއްޗެއް ކީއިިރުވެސް ނައިނާ ހަމަ ހުރީދޯ… އޭނަ އެވަރަށް ގައިގައި އަތްލިއިރު ކަމެއް ކުރާކަށް ނުކެރުނުދޯ… އަހަރެން އެންމެ ދުވަހަކު އިނގިލި ޖައްސާލީތީ އޮތީ ބިމަށް ޖަހާލިގޮތަށް ކަށިކޮޅު މުގުރާލައިފައި… އަހަރެން އަތްލީމަ ދޯ މައްސަލައަކަށްވަނީ…. އެހެން މީހަކު އަތްޖައްސާލިޔަސް ކަންބޮޑެއްނުވޭދޯ…”  ހައިޒަލް ލޮލުން ފެނިލި ރުޅިވެރިކަމާއިއެކު ނައިނާ ހިތްބިރުގަތެވެ. ކަރުނައިގެ އަސަރު އެކުލެވޭ ލޮލުން ޖެހިލުންވެފައި ހައިޒަލްގެ މޫނަށް ބަލަންހުރިއިރު ލޮލަށް ކަރުނަ ގިނަވާގޮތްވީ ހައިޒަލް އޭނައާއި މެދު ދެކޭގޮތް އިނގި ހިތަށް ތަދުވީވަރުންނެވެ. ހައިޒަލް ނޫން ފިރިހެނެއްގެ ބީހިލުމުން އޭނައަށްވާ އުނދަގޫ ހައިޒަލްއަށް އިހުސާސްކުރެވޭނެނަމައޭ ނައިނާގެ ހިތަށް އެރިއެވެ. އެދެމެދުގައި ހިނގި ގާތްކަމުގައި ފިރިހެނެއްގެ ކުޑަ ބީހިލުމަށްވެސް މަރުހަބާ ނުކިޔާނެ ހަށިގަނޑު ހައިޒަލްގެ ކޮންމެ ފިރުމުމެއްގައި ބައިވެރިވީ ހިތުން ރިހުމުންނެވެ. ހައިޒަލް ނޫން ފިރިހެނަަކަށް މިވީހާތަނަށްވެސް ނައިނާގެ ފަރާތުން އެފަދަ އުފަލެއް ހޯދުމުގައި ކާމިޔާބުވެފައެއް ނުވެއެވެ.

“ހަމަ ރަނގަޅަށް އިނގޭނެ ރައިހާންއަކީ ކިހާވަރެއްގެ މީހެއްކަން… އޭނަގެ ގައިގައި އިނގިލިކުރި ޖައްސާލިޔަސް ލޯ ސޫޓްއެއް އަންނަވަރު ކުރާނެ… އެހެންނޫނަސް ރައިހާން އަހަންނަށް ކޮންމެ ކަމެއް ކުރިޔަަަސް ހައިޒަލްއަށް ކީއް….” ނައިނާގެ ހިތާމަތަކުގެ މައްޗަށް ރުޅިވެރިކަން ކުރިހޯދިއިރު ފަހު ޖުމްލަތައް ބޭރުވީ ހަޅޭކެއްގެ ގޮތުގައެވެ. އެއާއިއެކު ހައިޒަލް ދަތްކުނޑިވިކާލަމުން ނައިނާއަށް ބަލާލީ އަލިފާނުގެ ނަަޒަރަކުންނެވެ. މަޑުމަޑުން ތުންފަތުގައި ދަތްއަޅާލިއިރު އެބަސްތަކުން ހިތަށް އުނދަގޫވިވަރު މޫނުމަތިން ހުރީ ސާފުކޮށް ފެންނާށެވެ.

“ހައިޒަލްއާއި ރައިހާންގެ ތަފާތަކީ ކޮބާ؟ ދެމީހުންވެސް އަހަންނާއިމެދު ދެކެނީ އެއް ނަޒަރަކުން…. އަހަރެންވީ މަތިވެރި ލޯތްބަކީ އެހާ ދަށުދަރަޖައިގެ އެއްޗަކަށް ހެދިއިރު މިއަދު ވާހަކަދެއްކުމުގެ ކޮޮން ހައްގެއް ހައިޒަލްއަށް އޮތީ…. އަހަރެން ފަރާތުން އެފަދަ އުފަލެއް ހޯދި ފިރިހެނެއް ތިނޫނީ ނެތް… އެކަމަކު ދުލުން އެހެން ނުބުނާކަން އެކަނި… ހައިޒަލްގެ ކުރިމަތީ އަހަންނާއި ތުންފުއްސަކާއި ތަފާތެއް ނެތެއްނު…” ނައިނާ ކިތަންމެ ކެތްތެރިވެގެން ހުއްޓަސް ލޮލަށް ކަރުނަތައް ބޮޑިވިއެވެ. ހައިޒަލްގެ ފަރާތުން އެރޭ އިވުނު ވިހަގަދަ ޖުމްލަތައް ސިކުނޑީގައި ތަކުރާރުވާން ފެށިއިރު މެޔަށް ހަންޖަރެއް ހަރާލެވުނުފަދަ ތޫނު ތަދެއް އިހުސާސްކުރެވުނެވެ. ހައިޒަލް އެދުވަހު ހިތުގައި ލެއްވި ޒަހަމްގެ ފުންކަން ހައިޒަލްއަށް އަންދާޒާވެސް ނުކުރެވޭނެއެވެ. އެ ޒަހަމްތަކަށް ދުވަހަކު ފަރުވާއެއް ނެތެވެ. ލޮލަށް ބޮޑިވި ކަރުނަތަކާއިއެކު ކަރުނަތައް ވިދަމުންދިޔަ ލޮލުން ނައިނާ ބަލާލިގޮތުން ހައިޒަލް ހުއްޓުންއެރިއިރު ހިތަށްވެސް ގޮތެއްވެލިއެވެ. ހައިޒަލްގެ ސަބަބުން ހިތް ހަލާކުވެފައިވީވަރު އެއަސަރުން ފުރިގެންވި ލޮލުންވެސް ވީ ހާމައަށެވެ.

“ޑެމިޓް ނައިނާ…. އެއީ އަހަރެން މީންކޮށްފައި ބުނި އެއްޗެއް ނޫނޭ….” ހައިޒަލްއަށް އެ ޖުމްލަތަކުން އުނދަގޫވީވަރުން އަމިއްލަ ނަފްސު ކޮންޓްރޯލްނުކުރެވުނުއިރު މޭޒަށް ބާރު އެތިފަހަރެއް ބޭލިއެވެ. އެކަން ހަނދާންކޮށްދީގެން އިތުރަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަން ނައިނާ ޖައްސައިފިއެވެ. އެރޭ އެޖުމްލަތައް ބުނެވުނީތީ ފަހުން އޭނަ ހިތާމަކުރިވަރު ނައިނާއަށް އިނގޭނެނަމައެވެ. އެރޭ ނައިނާގެ ކަރުނަތަކުން ހިތަށް ކުރިފަދަ ފުން އަސަރެއް ދުވަހަކު އޭނާގެ ހިތަށް ނުކުރާނެއެވެ.

“ސްޓޮޕް ޕްރޮޓެކްޓިން މީ އެންޑް ޕްރިޑެންޓިން ޔޫ ހޭވް ރައިޓްސް އޮން މީ…” ނައިނާ ލޮލަށް ގިނަވިކަރުނަތައް އިނގިލިތަކުން ފުހެލިއިރު ދަތްތަކަށް ބާރުކޮށްލަމުން ރުޅިވެރިގޮތަކަށް ބުނެލިއެވެ. އެއާއިއެކު އިރުކޮޅެއްވަންދެން ހިތްހަލާކުކޮށްލާފަދަ ނަޒަރަކުން ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ރޫމްގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެވަގުުތު ހައިޒަލް ނައިނާގެ އަތުގައި ހިފާ އޭނައާއި ދިމާލަށް ދަމައިގަތްއިރު ނައިނާ ފަސްއެނބުރިބަލާލީ ސިހިފައެވެ. ހައިޒަލްގެ ލޮލުން ފެނިލި ތަރުޖަމާކުރަން ދަތި ކުލަވަރާއިއެކު ނައިނާގެ ދެކޮނޑުގައި ހިފާ ފާރަށް ތަތްކޮއްލިއެވެ. އެއާއިއެކު ނައިނާއަށް އިތުރު ހަރަކާތެއް ނުކުރެވެނީސް ހައިޒަލް އަތް ފޯރުވާލައިފައި ދޮރު ތަޅުލިއެވެ. ހައިޒަލް ނައިނާގެ މޫނަށް ނަޒަރުހުއްޓާލިއިރު އެލޮލުން ފެނިލި އަސަރަކުން ހިނދުކޮޅަކަށް ނޭވާލާންވެސް ނައިނާ ހަނދާން ނެތުނެވެ. މަޑުމަޑުން ބާރުވަމުންދިޔަ ހިތުގެ ތެޅުމާއިއެކު ނައިނާގެ ނަފްސު އަމިއްލަ ބާރުގެ ދަށުން ދޫވެގެންދިޔަފަދައެވެ.

”ހައި….” ނައިނާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައިރު ތުންފަތް ފޫއަޅުވާލައިފައި ނިކުތީ އެންމެ ނަމެކެވެ.

“ކީއްވެ ނައިނާ އަހަންނަށް މިހެން ހަދަނީ… އަހަރެން ދުވަހަކު ލޯބިވާކަށް ބޭނުމެއް ނޫން… ލޯބީގެ ސަބަބުން އަހަރެން ސްޓްރަގަލް ކުރި ވަރު ބުނެދޭކަށް ނޭނގެ…. ދުވަހަކު މީހެއްދެކެ ލޯބިނުވާން އަޒުމް ކަނޑައެޅިއިރު ނައިނާ އެއަޒުމް ގުޑުވާލީ ކީއްވެ… ކީއްވެ އަހަރެންގެ ނުކިޔަމަންތެރި ހިތާ ނައިނާ ކުޅެލީ… ކީއްވެ އެ ހިތުގައި ނައިނާއަށްޓަކައި ވިންދު ޖެހުވީ…” ހައިޒަލްގެ އަޑުގައިވީ އަސަރަކުން ނައިނާގެ ހިތުގެ އެންމެ ހިމަނާރަށް ދާންދެން އެނގުންވެލައިގެންދިޔައެވެ. އިސްއުފުލާ ހައިޒަލްގެ މޫނަށް ބަލާލިއިރު އެދެލިކޮޅެއްފަދަ ތޫނު ލޮލުގެ ތެރެއަށް ގިނަވަމުންދިޔަ ކަރުނަތައް ފެނި ނައިނާ ހިމޭންވާން މަޖުބޫރުވިއެވެ. އެ ކަރުނަވީ ނަޒަރުން އެކަނިވެސް ހައިޒަލް ނައިނާ ކުށްވެރިކުރާވަރުވީ ހާމައަށެވެ.

“ހައި…” ނައިނާގެ ނަފްސަށް ވެރިވި ހަމަހިމޭންކަމާއިއެކު ބުނާނެ އެއްޗެއްވެސް ދުލަކަށް ނައެވެ. ހައިޒަލްގެ ކޮންމެ ޖުމްލައެއް ނައިނާގެ ހިތާއި ހަމަޔަށް ވާސިލްވީއިރު އެ ޖުމްލަތަކުން ނަގަންވީ މާނައެއް ނައިނާއަކަށް ނޭނގުނެވެ.

“އަހަރެންގެ މުޅި ދިރިއުޅުން ނައިނާ ބަދަލުކޮށްލައިފި… ތި އޯގާތެރިކަން އަހަންނަށް ޒަހަރެއްފަދަ…. އަބަދާއި އަބަދު ތި އޯގާތެރިކަމަށް އެދެވޭ… ކީއްވެ އަހަރެންގެ ހިތަށް ނައިނާ އޯގާވެދިނީ… އަހަރެން ހިތަށް ދެން ދުވަހަކު ހަމަޖެހުމެއް ލިބިދާނެތަ؟ މީހަކަށް އިތުބާރުކުރުމާއި މީހެއްދެކެ ލޯބިވުމަށްވުމަށްވުރެ ހިތިކަމެއް އަހަންނަކަށް ނުވާނެ… ނައިނާ ޕްލީޒް… އަހަންނާއި ދުރަށްދޭ…” ހައިޒަލްގެ ލޮލުން ފެނިލި ރިހުމާއިއެކު އެއިން ކޮންމެ ޖުމްލައެއްގައިވީ އާދޭހެވެ. ނައިނާގެ ލޯބި އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް ގަދަވަމުން އަންނައިރު އޭނަގެ ހިތްވަރު ނެތިގެންދަނީއެވެ. އެލޯބީގައި މުޅިން ހައްޔަރުވެ ދުރަށް ނުދެވޭވަރުވެގެންދިޔައީ އޭނަ ދުރަށް ދާން ކުރި ހުރިހާ މަސައްކަތެއް ބޭކާރުކޮށްލުމަށްފަހުއެވެ.

“ހައި.. ޑޫ ޔޫ ލަވް މީ…” ނައިނާ އިރުކޮޅެއްވަންދެން ހިމޭންވެފައި ހުރެފައި އިއްވާލި ޖުމްލައާއިއެކު ހައިޒަލް ނައިނާއަށް ބަލާލީ ސިހިފައިކަހަލަގޮތަކަށެވެ. އެދެލޮލުން ހިނދުކޮޅަކަށް ނަމަވެސް ތަފާތު އަސަރެއް ފެނިލިއެވެ. މަޑުންމަޑުން ނައިނާގެ ކޮނޑުގައި ހިފަހައްޓާލެވިފައިވާ އަތް ތިރިވެގެންދިޔައިރު ހައިޒަލް ފުންނޭވާއެއްލަމުން ދުރުބަލާލިއެވެ. އެއާއިއެކު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (51)

  1. Ainth

    Me first dhw… kiyaalafa comment kohlaanan… ❤

    1. dhiraa wish
      Ainth

      kk

  2. Dhiraa wish

    Finally hurihaa kudhin ge inthizaarah nimumeh aisfi dho.. mi vaahaka ah kehtherikameh nethi inthizaaru kuri hurihaa kudhin nah dhiraa mi bai haahsakohlan.. i know this episode is a bit short.. ekam mee dhira mi ep ninmaalan beynunvi hisaabu.. kudakoh hihthalhuvaalaafa.. dhen vaanee kihineih baa??

    1. Shambbx
      Dhiraa wish

      Oops Ramadan Mubarak dhiraa uh hehehe wish you all the best ?????????????????????????????????????????☕️?????????????????????????kaalan heyo varu rangalhu dhuvasvareh miyoh lahvaalee hehehehe

    2. dhiraa wish
      Dhiraa wish

      ramadan mubarak

  3. Shambbx

    Me first kiyaafa comment Kiran yeyyyyyyy??????????????????àlhey ekam dhen inna episode dhigu kohladheeba ingenious dhiraa sis hamajehumuge neyvaa adhi midhookohlee oh god sis ehaavaruh alhugadumeh nuthalhuvahchey ????????????Nunidhaa mihuree Hama mi story kiyaahithun

    1. dhiraa wish
      Shambbx

      hehehhehe thnks. lets c wht will hppn

  4. Shambbx

    ***kuran***
    ***ingey ***

    1. dhiraa wish
      Shambbx

      hehhehehhe

  5. Azuna

    V reethi❤❤❤nxt part kohurakun

    1. dhiraa wish
      Azuna

      thnks. next part rwwda hadiyaa ehge gothun upkohla deynan

  6. Laalu

    Hey dhiroo lovly v v nice mi prt….. Dhariyaa whn nxt prt… Curiously waiting for the next part…. Alhey v hiydhathi gothakah thininmaaliy…..????????

    1. dhiraa wish
      Laalu

      heheh thnks… keih kohlaa kuda kuda koh ingey

  7. Haii

    Vvvvvv reethi masha Allah……. Koniraku next part………… ???????????????????????

    1. dhiraa wish
      Haii

      thnks. keih kohlaa adi

  8. Ainth

    Vaahaka v reethii.. but thankolhe kuriii… knirakun next part gennaanii??❤

    1. dhiraa wish
      Ainth

      thnks….. next part rwwdamahuge furathama duvahu insha allah

  9. Koo

    Dhiraaa alhe haadha riithi ey mi part vx Masha Allah ❤️❤️dhnn kiih vetha haizal ehn ehadhanii Koo v eba dheravey. Goiy dhoonukuraa haizal. Naina dheke lwbivaa vaahaka nubunaathi Koo kairi bunebaa ???????Hehe eii majaa ???

    1. dhiraa wish
      Koo

      hehehehehehe koo thihen kiyanikoh naina knme fada gotheh vx hadaafaane koo ah

  10. strange girl

    love this story

    1. dhiraa wish
      strange girl

      thnks

  11. Xasha

    love this part…..i guess u like korean dramas…..city hunter dhww……v salhi genasdhin leh…..hope to see even more intresting parts

    1. dhira wish
      Xasha

      k dramas varh balan… ekm mi story mee amihla idea eh.. glad you like it… thanks for the comment… insha allah i won’t disappoint you

  12. flower

    naina ah hai bust vee dho… mi haives ulhey gotheh dho nai aai dhimaalah meehaku balaaliyas j vey… ekam loaibeh nuveyoa… hai plxx say yes… say yes… say yes…

    1. dhiraa wish
      flower

      heheheh dww

  13. jiji

    First of All Ramadan kareem dhirooo??❤❤????????????..nd Haizaloo naina dheravaaneyey dhw thihen hedhyma….haizal yes ey bunaathi ingey???..ehnoony koo kairii bunegen vec yes ey bunaa varu kuraanan??..hehe.. Anyways story is nice amazing nd interesting also emotional????????????????..dear hw many parts r remaining??..???????luuuuv u bodukoh

    1. dhiraa wish
      jiji

      alhe jiji miulheny haadha avahakah vaahaka ninman… liyamundhaa vaahaka akah vaathee dhira ah vaki ehen bunaakah neynge… mi vaahaka akee fudheyvarakah dhuguvaane vaahaka eh… ekam kiyuntherin foohi vaavarah dhigeh nudhahmaanan ingey… thank you for the comment… ly u tooo…

    2. dhiraa wish
      jiji

      ramazaan kareem..

    3. jiji
      jiji

      Nooney jiji nubunamehnu eheneh..thihn heevec nukuraathi ingey dear…vvv sad vejje thihn bunyma..jiji ah rangalhy mi story dhiguvi vareh hama???????dhn thikahala ehcheh nubunahche dear..jiji ge hiyy huhti dhaane inge

    4. Dhira wish
      jiji

      Alheyy sorry jiji dear.. dhira ah ves ingeyey jiji egoih beynun nuvaane kan.. dhir hama bunelee eyy.. dhira ah jiji dherakohlevuneema varah bodah sorry ingey.. alhe hiyy nuhutehjjey.. jiji kahala suppportive kuhjjehge hiyy hutuneema writers kihaa dhera vaane.. once again im soory jiji dear.. ??

    5. jiji
      jiji

      No need to say swry dear…Awwn dhn ehaa sad nuvahche..yaa..I’ll be there for u In Sha Allah?????????jiji dheveyny thihaa lwbi vaathy v ufaavey inge..luv ya

    6. dhiraa wish
      jiji

      thuku jiji dear

  14. Bestie..

    Vrh vrh reethi…..masha allah?……curiously waiting for the next part….

    1. Dhira wish
      Bestie..

      Thank you.. next part insha allah sunday ga

    2. dhiraa wish
      Bestie..

      thnku

  15. Moya meehaa

    22 naas 23 dhw meenee upvefa naina ethaa salaamaiyvi hisaabu koba

    1. Dhira wish
      Moya meehaa

      Nooney 22 upkohfa ihnaanee.. dhira ge name ah click kohlaa eyrun e part fehnaane

  16. Rash

    Ebai dhigukohladhehchey v bodah

    1. Dhira wish
      Rash

      Yes sure.. ebai dhiguvaane.. and ramazaan mahu upkuraa ep thah dhiguvaane

  17. Sau

    V reethi. Kiyaaa hithun huttaa nimifa miothy.pls thankolhe avaha dhigu koh upkolaathi

    1. dhiraa wish
      Sau

      thnku… insha allah

  18. Mary

    Vvvv reethi

    1. dhiraa wish
      Mary

      thnks

  19. Azuna

    Kohirakun up kurany haadha lahey…pls avahah ip kohdhybala kiyahithun❤

    1. dhiraa wish
      Azuna

      rwwda hadiyaa ehge gothuga mirey up kohladeynan insha allah

  20. Haii

    Thankuuuu…..haadha rangalhey sis

    1. dhiraa wish
      Haii

      any time dear

  21. Koo

    Ramadan kareem Dhiraaa ❤️❤️

    1. dhiraa wish
      Koo

      thnku

  22. Alina

    8th part kobaitho?

    1. dhira wish
      Alina

      click my name to see the parts.. sorry for the late reply

Comments are closed.