” ލައްބަ …. އަޅުގަނޑަށް ކިޔަނީ ރީނާ ރިޔާޒް ….” ރީނާ ބުނެލިއެވެ. އެވަގުތު އެތާ ދެން އިން ފިރިހެން ކުއްޖާ މޭޒުމަތިން މޫނު އުފުލާލައި ރީނާ އާއި ދިމާލަށް ބަަލައިލިއެވެ. ރީނާ އާއި އެފިރިހެން ކުއްޖާގެ ހަތަރު ކަޅި ހަމަވި ވަގުތު މާޒީގެ ތެރެއަށް ދެމީހުންނަށް ވެސް ފީނައިގަނެ ވުންކަން ގައިމެވެ.
****************
ރީނާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެއީ ހަމަ އެސޫރައެވެ. އެހިތް ހޯދަމުން ދިޔަ ރީނާގެ ހިތުގެ ރާޖާއެވެ. ރީނާގެ ހިތް އުފަލުން ނަށާލިއެވެ. ” ފަޔާޒް … ” ރީނާއަށް އެނަން ހިތާހިތުން ކިޔައި ލެވުނެވެ. ފަޔާޒްގެ މޫނުމަތީގައި ކުރީގައި ހުރި ޅަކަން ފިލައި ފިރިހެން ވަންތަކަން ވަނީ ފާޅުވެފައެވެ. އިސްތަށި ގަނޑު ރީތި ގޮތަކަށް ކޮށާލާފައި ވީއިރު ރީނާގެ އިސްތަށިގަނޑު ގައިވި ކުލަށް ފަޔާޒްގެ އިސްތަށިގަނޑު ވަނީ ބަދަލު ކޮށްފައެވެ. ފަޔާޒްގެ އަސަރުގަދަ ލޮލަށް ބަލަން ކުޅަދާނަ ނުވުމުން ރީނާ އިސްދަށަށް ޖަހާލިއެވެ.
ފަޔާޒްގެ ހާލަކީ ތޯއެވެ. މިވޭތުވެ ދިޔަ އަހަރު ތަކުގައި ރީނާ ހޯދަން އޭނާ ނުކުރަނީ ކީއް ހެއްޔެވެ. އެތަށް ފަހަރަކު ރީނާގެ ރަށުން އޭނަ ދަންނަ މީހަކަށް ވެއްޖެއްޔާ ގުޅިއެވެ. ނަމަވެސް އެކަށް ވެސް ނުގުޅެވެ. އެއްދުވަހު ވަރަށް މަސައްކަތް ކޮށްގެން ރިހާން އަށް ގުޅުނެވެ. ވީ އުފަލުން ފަޔާޒް ރީނާ ވާހަކަ އެހިއެވެ. ނަމަވެސް ރިހާންގެ ފޯން ނެގި އަންހެން ކުއްޖާ އެނާއާއި ދިމާލަށް ހަޅޭއް ލަވައިގަންނަމުން ރީނާ ހޯދަން މިނަންބަރަށް ނުގުޅާށޭ ކިޔާ ފޯން ކަޑާލީއެވެ. ފަޔާޒް މި އޮތް ހުރިހާ ދުވަހު ހުރީ ރީނާ ފެންނާނެ ކަމުގެ އުންމީދުގައެވެ. މިއަދު އެ އަންހެން ކުއްޖާ އޭނާ ކުރިމަތީ ހުރި އިރު ގޮސް ރީނާ ގައިގައި ބައްދާލަން ފަޔާޒް ގެ ހިތް އެދި ގޮވަމުން ދިޔައެވެ. ރީނާ ކުރިއަށް ވުރެ މިހާރު މާ ރީއްޗޭ ފަޔާޒްގެ ހިތަށް އެރިއެވެ.
މަރް ހަމީސާ ޗާންދުހޭ ތޫ … ދިލްޖަލާސާ މޭ އަދޭރާ …
އޭކް ދޫޖޭ ކޭލިޔޭ ހޭ… ނީންދު މޭރީ ހާބް ތޭރާ ….
ތު ގަޓާހޭ ހުމާރްކީ …. މޭ ގަޑީ އިންތިޒާރް ކީ ….
އަޕްނަ މިލްނާ ލިކާ … އިސީ ބަރަސް ހޭނާ …
ޖޯ މޭރި މަންޒިލޯކޮ ޖާތީ ހޭ …. ތެރި ނާމްކީ ކޮއީ ސަޅަކު ހޭނާ ….
ޖޯ މޭރި ދިލްކޮ ދިލް ބަނާތީހޭ … ތެރި ނާމްކީ ކޮއީ ދަޅަކު ހޭނާ …
ފަޔާޒަށާއި ރީނާ އަށް އެމީހުންގެ އަމިއްލަ ދުނިއެއިން ނިކުމެވުނީ އެތާ އިން ފިރިހެން ކުއްޖާ ފަޔާޒް އަށް ގޮވައިލުމުންނެވެ. ފަޔާޒް އޭނާގެ އަމިއްލަ ނަފުޒު ހަމައަކަށް އަޅުވަމުން އިންޓަވިއު ކުރިއަށް ގެންދިޔައެވެ. ފަޔާޒް ސުވާލު ކުރަމުން ދިޔައިރު ހީވީ ދުވަހަކުވެސް ނުދަންނަ މީހަކާ ވާހަކަ ދައްކަމުން ދިޔަ ހެއްނެވެ. ފަޔާޒްގެ މި އަމަލުން ރީނާގެ ހިތުގައި ރިއްސައިލިއެވެ. ނަމަވެސް ފަޔާޒްގެ ކޮންމެ ސުވާލަކަށް ރީނާ ޖަވާބު ދެމުން ދިޔައީ ވަރަށް ފުރިހަމައަށް ށެވެ.
އިންޓަވު ނިމުމުން ރީނާ ވަރަށް ގަދަކަމުން ރީތި ހިނިތުން ވުމެއް ދިނުމަށް ފަހު އެތަނުން ނިކުނަށް ދިޔައެވެ. ފަޔާޒް އެންމެ ފަހަރަކު ވެސް އޭނާއަށް ގޮވައިލާތޯ ރީނާގެ ހިތް އެދެމުން ދިޔައެވެ. ނަމަވެސް ރީނާ އެކޮޓަރިން ނިކުމެއް ދިޔައިރުވެސް ފަޔާޒް ގެ އަގައިން ބަހެއް ނުނިކުތެވެ. ރީނާ ދިޔަދިމާލަށް ބަލަހައްޓައިގެން އިނީއެވެ. ” އޭއް …. ފަޔާ ދަންނަ ކުއްޖެއްތަ އެއީ … ވަރަށް ލޯބި ކުއްޖެއް ….” ފަޔާޒް ކައިރީ އިން ހަމްދޫން ލާނެއް ފާޑަކަށް ބުނެލިއެވެ. ” ހޫމް … އެއީ އަހަރެން ދަންނަކުއްޖެއް … ” ފަޔާޒް ތަންކޮޅެއް ހަރުކަށި ރާގެއްގައި އެހެން ބުނުމުން ހަމްދޫން އިތުރަށް ރީނާގެ ވާހަކަ އެއް ނުދައްކައެވެ.
ޒޯޔާ އަޒާން ސުކޫލައްލާފައި މަޑު ހިގުމެއްގައި އައިސް އޭ.އޭ.ޒެޑް ފެޝަން އިންޑަސްޓުރީގެ ބޮޑު އޮފިސް ކުރިމަތީ މަޑުކޮށްލިއެވެ. އެ އޮފީހުގެ ގޭޓް ކުރިމަތީ ހުރެ އެ ބޮޑު އޮފީހައް ބަލައިލިއެވެ. އެއީ ޕުރައިވެޓް ތަނެކެވެ. އެތަނުގެ ބޭރުންވެސް އެ އޮފީހަކީ ކިހާ ފެންވަރެއްގެ ތަނެއްކަން އެގިގެން ދެއެވެ. ނޫކުލައިގެ ބިއްލޫރިން މުޅި ބިލްޑިން ހަދާފައިވާއިރު އެތަނުގެ ބިއްލޫރި ތަކަށް އިރުގެ އަލި އެޅިފައިވުމުން އެމުޅި ބިލްޑިން ދިއްލިފައި ވެއެވެ. ޒޯޔާ ވޯކުވޭއިން ހިގަނމުން ދިޔައިރު އެއްފަރާތުގައި އިސްޓޭޖެއް ހަދާފައި އޮތެވެ. އެއިސްޓޭޖް ހިޔާކޮށްފައި ވާއިރު އެތަނަކީ ފެޝަން ޝޯތަށް ބާއްވަން ހަދާފަ އޮތް ތަނެއްކަން ޒޯޔާއަށް އިނގުނެވެ. އެނެއް ފަރާތުގައި ވަނީ ވެހިކަލް ޕާކުރާ ތަނެކެވެ. އެތަނުގެ ބޮޑު ދޮރެއް ވާއިރު އެތާ އެތެރޭގައި ބޮޑެތި ކާރު ތަކާއި ސައިކަލްތަށް އަދި ވޭން ފަދަ ތަކެތި އެއްޗަކަށް ފަހު އެއްޗެއް ޕާކު ކޮށްފައި ވެއެވެ. ޒޯޔާ މަޑު މަޑުން ހިނގަމުން ގޮސް ރިސެޕްާޝަންގައި އިން އަނަހެން ކުއްޖާ ކައިރީ އިންޓަވި އޮތްތަން ސުވާލުކުރިއެވެ. ” ސެކަންޑު ފޮލޯރް…..” އެއަންހެން ކުއްޖާ ބުނެދިނެވެ. ޒޯޔާ ޝުކުރު އަދާކޮށްފައި ލިފްޓާއި ދިމާލަށް ހިނގައި ގަތެވެ.
ލިފްޓުގެ ދޮރު ހުޅުވާލާފައި ލިފްޓަށް އަރައި ހަމަޖެހިލިއެވެ. ސެކަންޑު ފުލޯރް އަށް ލިފްޓް ހުއްޓުމުން ޒޯޔާ ފޭބިއެވެ. އެތަނުގައި ވަނީ މީޓިން ރޫމަކާއި ހެދުން ފަރުމާކުރާ ތަނަކާއި ޑޮރޯވިން އާޓިސް ޓުންނަށް ހުންނަ ބަޔަކާއި ކޮފީ ރޫމް އެކެވެ. މީޓިން ރޫމްގަ އިންޓަވިޔު ކުރިއަށް ދިޔައިރު އިންޓަވިޔު އަށް އައިސް ތިބި ކުދިން އެތަނުގެ ހޯލްގައި ބެހެއް ޓިފައި ހުރި ގޮޑިތަކުގައި ތިއްބެވެ.
ޒޯޔާ އަށް އެހާ ގިނައިރަކު އިންތިޒާރް ކުރާކަށް ނުޖެހުނެވެ. ޒޯޔާގެ ނަމުން ގޮވައިލުމުން ޒޯޔާ އިންޓަވިޔު ރޫމަށް ގޮސް ވަނެެވެ. އެތަނުގައި އިން އަންހެން ކުއްޖާ ހަސަދަވެރި ނަޒަރަކުން ޒޯޔާއަށް ބަަލައިލިއެވެ. އެ އަންހެން ކުއްޖާއާއި ވާހަކަ ދައްކަން އިން ފިރިހެން ކުއްޖާވެސް ޒޯޔާ ފެނުމުން ހައިރާންވެ ޒޯޔާއާށް ބަލަމުން ދިޔައެވެ. ޒޯޔާގެ ދޮންމޫނު ގައި އިރު އިރުކޮޅާ ޒޯޔާ ކަޅުކުލައިގެ ބުޅި ބުޅި އިސްތަށި ކޮޅުތަށް ފިރުމަމުން ދިޔައެވެ. ފިޔާތޮށި ކުލައިގެ ތުންފަތުގައިވާ މަޑު މެރޫންކުލައިގެ ލިޕުސްޓިކުން އެތުންފަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފައި ވެއެވެ. އެ ބޮޑު ދެލޯ ފުރިހަމަކުރުމަށް ޓަކައި އަދުނާއި މަސްކަރަ ދިޔައީ އޭގެ އެންމެ މަގާމް އެންމެ ފުރިހަމައަށް އަދާކުރަމުންނެވެ.
” ނަވީ …. ނަވީން … ” އެތާ އިން އަންހެން ކުއްޖާ ނަވީން ބޮލުގައި ކޮށްޓައިލަމުން ނަވީން އަށް ސިހިފައި ބަލައިލެވުނެވެ. ނަވީންގެ ހަރަކާތް ހުރި ގޮތުން ޒޯޔާ ކުޑަކޮން ހިތްހަމަ ނުޖެހުން ކަމުގައި ވީނަމަވެސް މި ވަޒީފާ އަކީ އެހާ ފަސޭހައިން ލިބޭނެ ވަޒީފާއެއް ނޫންކަން ޒޯޔާ އަށް އެނގެއެވެ. ނަވީން ސުވާލު ކުރަން ފެށިއެވެ. ޒޯޔާ އެ ކޮންމެ ސުވާލަކަށް ޖަވާބު ދެމުން ދިޔައީ ވަރަށް ފުރިހަމަ އަށްށެވެ. ޒޯޔާ އެކޭ އެއްވަރަށް ޒޯޔާގެ އަޑުގެ ދީވާނާއަކަށް ނަވީން ވިއެވެ. ” މިފަދަ ހިތްގައިމު އަންހެން ކުއްޖެއް އަހަރެންގެ ޕާރްސަނަލް އެސިސްޓެންޓަކަށް ވިއްޔާ … އަހަރެންހާ ނަސީބު ގަދަ މީހެއް ނުހުންނާނޭ … ” ނާވީން ހިތާ ހިތުން ކިޔާލިއެވެ. ފުރަތަމަ ފެނިލުމުންވެސް މި ގޮތްނޭގޭ އަންހެން ކުއްޖާ އޭނާ ދިވާނާ ކޮށްލައިފިއެވެ.
ޒޯޔާ ގެއަށް ދިޔުމުގެ ކުރިން އަޒާން ބަލައި ސުކޫލުއަށް ދިޔައެވެ. ރަނގަބީލް ޖެހުމުން ޒޯޔާ އަޒާންގެ ކުލާހަށް ދިޔައެވެ. ފަހަރަކު ކުއްޖަކު އާންޓީއާއި ސަލާން ކޮށްލުމަށް ފަހު އެކުއްޖަކު މަންމަ ކައިރި އަށް ދުވެފައި ދެއެވެ. އަޒާން އާއި ސަލާން ކޮށްލުމަށް އާންޓީ އަޒާންގެ ރަން އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އަޒާން އައިސް ޒޯޔާ ގައިގައި ބައްދައިލިއެވެ. ޒޯޔާ އަޒާން އުރާލިއެވެ. އަޒާން ގޮވައިގެން ގޭޓުން ނިކުމެ ޓެކްސީ އެއް ހުއްޓުމަށް ފަހު ޒޯޔާ ދިރިއުޅޭ ފުލެޓްގެ ނަންބަރ ބުނެލިއެވެ.
ރޭގަނޑު އަޒާން ނިންދެވުމަށް ފަހު ޒޯޔާ ސިޓިން ރޫމަށް ނިކުންއިރު ފާޒިޔާ އާއި ރީނާ ތިބީ ސޯފާގައެވެ. ޒޯޔާ ގޮސް އިށީނީ ރީނާ ކައިރީގައެވެ. ރީނާ އިރު އިރު ކޮޅާ ފޯނައް ބަލައިލަނީ ފޯން ރިންގުވޭތޯއެވެ. ޒޯޔާ އާއި ފާޒިޔާ ހެމުން ދިޔައީ ރީނާ އުޅޭ ގޮތުން ނެވެ. އިރު ކޮޅަކުން ފޯން ރިންގު ވާންފެށިއެވެ. ރީނާ ކުއްލިއަކަށް އޭނާގެ ފޯނަށް ބަލައިލިއެވެ. ނަމަވެސް ރިންގު ވަމުން ދިޔައީ ޒޯޔާގެ ފޯނެވެ. ޒޯޔާ ކައިރިއަށް ހިނި އައެވެ. ޒޯޔާ ފޯން ނަގައި ކަންފަތުގައި ޖަހަމުން ދުރަށް ޖެހިލިއެވެ. ” ހަމަ މީ އެ ފަޔާޒް ކަންތަށް .. އަހަރެން މީ ދަންނަ މީހެއް ކަމަށް ވެސް ނުހެދި .. ވަރަށް ފޫހިވޭ …” ރީނާ ހިތާ ހިތުން ފަޔާޒްއަށް ކުދި ކިޔަމުން ދިއެވެ. އެވަގުތު ރީނާގެ ފޯން ރިންގުވިއެވެ. ރީނާ ފޯން ނަގާފައި ހަލޯ އޭވެސް ބުނީ ވަރަށް ބާރަށް ށެވެ. ރުޅި އައިސް ހުރި ވަރުން ގުޅަނީ އޮފީސް ނަންބަރަކުން ކަންވެސް ރީނާއަކަށްް ނޭގުނެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނި އެއްޗަކުން ރީނާގެ މޫނު މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.
ޒޯޔާ ފޯން ބޭއްވުމަށް ފަހު އައިސް ސޯފާގައި އިނީ ރީނާ އަންނަށް ދެންނެވެ. ” ޔެސް އައި ގޯޓް ޖޮބް … މާދަން ފަސްޓް ޑޭ …” ރީނާ ދުވަމުން އައިސް ޒޯޔާއާއި ފާޒިޔާ މެދުގައި ސޯފާގައި އިށީންނަމުން ބުނެލިއެވެ. ޒޯޔާވެސް ހަމަ އެހެން ރީނާ ގާތު ބުނެލުމުން ރީނާ އޯ ޔެސް އޭ ބުނެ ޒޯޔާ ގައިގައި ބައްދައިލިއެވެ. ރީނާ ފަޔާޒް ގެ ވާހަކަ ޒޯޔާ ކައިރީ ނުބުނީ އަޔާން މަތިން ޒޯޔާ ހަދާން ވާނެ ކަން އިގޭތީއެވެ.
ފަތިހު ފަތިސް ނަމާދު ކޮށްލައިގެން ރީނާ އާއި ޒޯޔާ ބަދިގޭގައި އުޅުނީ ވަޒީފާއަށް ދާން ވާއިރަށް ސައި ތަށްޔާރު ކުރާންށެވެ. ފާޒިޔާ އަށް ފަސޭހަކޮށް ދީފައި ދިޔުމުން އަޒާން ގޮވައިގެން އުޅޭކަށް މާ އުނދަގުލެއް ނުވާނެއެވެ.
ރީނާ އާއި ޒޯޔާ ނުވައެއް ޖަހަން ވާއިރަށް އޮފީހަށް ދެވޭ ވަރަށް ތައްުޔާރު ވިއެވެ. އެޕާޓް މެންޓުން ނިކުމެގެން ދެމީހުންވެސް އެމީހެއްގެ އޮފީހާއި ދިމާލައް ދިޔައީ ހިނގާފައެވެ. މަގުމަތިން ދިޔައިރު އެދެމީހުންނަށް މީހުންގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. ޒޯޔާމެން އެކަމަކާ އަޅައެއް ނުލައެވެ. ޒޯޔާ ދާން ޖެހޭ އޮފީސް ހުންނަ މަގު ނޫން އޭގެ އެނެއްމަގުގައި ރީނާ ދާންޖެހޭ އޮފީސް ހުރެއެވެ.
ޒޯޔާ ގޮސް އޮފީސް ތެރެއަށް ވަންއިރު އެނެއް ދުވަހާ ހިލާފަށް މިއަދު އޮފީހުގައި މީހުން ގިނަކަމަށް ފާހަގަ ކުރެވުނެވެ. ޒޯޔާ ގޮސް ލިފްޓަށް އަރައި ތިންވަނަ ފުލޯ އަށް ފިއްތައިލިއެވެ. އެއީ އޭނާއަށް ވަޒީފާ އަދާ ކުރަން ޖެހެނީ އެބައިގައި ކަމަށް ވާތީއެވެ. ލިފްޓް ގޮސް ތިންވަނަ ފުލޯ އަށް ހުއްޓުމުން ޒޯޔާ ދަބަހުގެ ވާގަނޑުގައި ހިފަހައްޓައިލަމުން ލިފްޓުން ބޭރަށް ކަނާތު ފައި އެޅިއެވެ. މުޅި ތަނަށް ބަލައިލުމުން އޭނާ އާށޯހު ވިއެވެ. ކޮންމެ މީހަކަށް ވަކިން ތަންކޮޅެއް ހާއްސަ ކޮށްފައި ވާއިރު އެތަނުގައި ގާތްގަނޑަަކަށް ސާޅީހައް ވުރެ ގިނަ ޑެސްކު ހުއްޓެވެ.
ޒޯޔާ ދާނެ ތަނެއް ނޭގުމުން ކުރި އަށް ހިގައިގަތެވެ. އެތަނުން މީހަކު ގާތު ނާވީން ސަރ ގެ ކެބިން ކޮބައިތޯ ބުނުމުން ބިއްލޫރިން ހަދާފައި ހުރި ދެކެބިން އާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ޒޯޔާ ހިނގައިގަތީ އެދިމާލަށްށެވެ. ޒޯޔާ ނަވީން ނަން ޖަހާފައި އިން ކެބިންގެ ދޮރުގައި ހިފާލިއެވެ. އެވަގުތު އައި ނައި ތަނެއް ނޭގި މީހަކު އައިސް އޭނާގެ އަތުގައި ހިފާ އެތާ ކައިރީ އިން ސީ.އީ.އޯ ގެ ކެބިންއަށް ވެއްދިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.




Haadha kurey dhen dhw
Hurihaa kudhin ah ves mi part reethi vaane kamah uhmeedhu kuran?????????????????????? …. Ash ge vaahaka kiyaa hurihaa kudhin thi gothah ash ge story ah support kuraathi ash varah happy vey??????????????????????????…. Thank you all??????? ….. Love u all???????????
….. Kiyaa laafa comment kohlaathi igey ??????????????
Yee me first dh2 mashallah vvvvvv reethi ingey ash
Oh yaaa… Ur the first… Nd thank you
Hey.. vvvvvvv reethi mi prt.. anekkaa ayaan kanneyge dhw e aey.. v curious kollaafa thi nimmaaly.. nxt prt avahah up koh dhehchey….
Scarlet…. Thank you
… Hmm kaaku baa dhw ???
Vrh reethiiii ❤️❤️❤️❤️when next part ash maa large ey up kuraa le avaha up kohlahcheyy ingeyy??
Sisis thank you…. What to do I am a student…. So than kolheh busy mi dhuvas kolhu…. But I am my best
nice, ekam kuru hen hyvey
Thank you Juma…..Oh god… It’s more than 1000 words… Haha…. May be ur on it ?????
v reethi mi stry…. ekam azaan heevani reena and fayaax ge kid eh hen cover pic balailaafa….. zoya and ayaan akaa vathareh noon emeehunge baby eh???♀️
alhey varah reethi eyh vaahaka❤?.
Thank you naxaa ??❤??
Alhe noorves edhiaee sissaigen kaakutha eiy anyway story varah reethi Ekam kuruhenheevey good work dear. waiting for the next part
Thank you Noor..
15 part dhigu koh laanah igey… ???
hinineh azaan ah blonde hair libunyy the pic shows thta ayaan also hvs black hair and zoya tooo then how….???
Mary-kate actually ayaan and zoya they have gold color hair before… But now they changed themselves..
Makeover ??
Alheyy aslhyy avaha uppp kollabah ❤️❤️?❤️❤️
I will upload soon ok hatto ❤
Ashly!!! Wat to say darla????❤????.this story is super amazing….vvv Salhi aslah vec hama..e oii sifikuru meh dhw dear..haadh kiyaalan hiyygaimey…konme part eh vec kiyaa hithun indha nimeny..hehe?????????????I really appreciated ur work sis…avahah next part up kohdhehche…nd navyn kanneyge dhw aee..Curiously waiting for the next..Ly
Thank you jiji for ur supporting comment????????????????????????????????
…. Ur comments make me feel good……. ????☺☺☺☺☺☺????☺☺☺☺☺☺Looking forward to ur comments ✊✊✊✊✊✊✊✊✊??????????love you ??????????????????????????????????????
Masha Allah varah reethi mi part vx and waiting for the next part ???
Thank you axee…. Next part tomorrow…. I will write and I will try to upload too
?????
Sorry dear… Varah dhuvas kohlaafa mi comment kohly ekam ash ge story ge hurihaa baehves kiyan.. Gadieh nuvaathy comment nukureveny… But ur story is just fab…. Ninmaalyvx curious kohlaafa vihya… So can’t wait to read the next part… Much love????
Heii my kitty luv kolhu ?so happy to meet u again darla???❤
? same here drla… Kitty muskulhi vma habareh nuvevey vihya dhw??
??Dhn alheyy??so sweet
Thank you kitty…. ??? 15 vana part varah avahah kiyaalan libey ne