Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ދިހަވަނަބައި)

InaaSh Level 210 Stories100 Comments
April 26, 2019 4 Mins Read
19 Comments

އެއިވިގެން ދިޔައަޑަކީ ނައިލް ދުވަހަކުވެސް އަޑުއަހަން ބޭނުންނުވާ އަޑެކެވެ. އާރަވްގެ އަޑު ދެން ދުވަހަކުވެސް ނައިލްއަށް އިވޭނެކަމަކަށް ނައިލް ހީއެއް ނުކުރެއެވެ. ހީނުކޮއްހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ ނައިލްއަށް މާޒީގެ ސޮފްހާތަށް އީއްޔަވީކަމެއްހެން ލޮލުގެ ކުރިމަށްޗަށް ސިފަވަންފެށިއެވެ.
*****************
ނައިލްއާއި ނާއިރާއަކީ އަބަދުވެސް ކިޔެވުމަށް ހާއްސަ ސަމާލު ކަމެއްދޭ ކޮލެޖުގައި މަޝްހޫރު ދެކުދިންނެވެ. އަނިލްއާއި ނިޝާވެސް ފަހުރު ވެރިވާ ތަރްބިއްޔަތެއް ދެވިފައިވާ މި ދެކުދިންނަކީ ވެސް އެމީހުންގެ ދެލޮލުގެ ނޫރެވެ. ލަންޑަނުގައި އުޅެޒުވާންވެފައި ވާ ނައިލްއާއި ނާއިރާއަށް ބަލާލައިފައި އެއީ ރާއްޖޭ ދެކުދިންނެކޭ އެކަކުވެސް ނުބުނާނެކަން ހަމަ ގައިމެވެ. ދެކުދިން ވާހަކަދެއްކުމުގެ ރާގާއި ހެދުން އެޅުމުގެ ވައްޓަފާޅި ހުންނަނީ ވެސް އެފަދަ ގޮތަކަށްވީމައި ކަމަށްވެސް ވެދާނެއެވެ.
”ދަރިފުޅު މިހާއަވަހަށް ކޮލެޖަށް ދަނީތަ؟…އަދި އެކަމް ގަޑިޖެހެން ގަނޑިއިރެއްހާ އިރު އެބަ އޮތެއްނު؟..”
ނިޝާ ވާހަކަ ދެއްކީ ދަބަހެއް އަޅުވައިގެން ގޭން ނިކުންނަން ދިޔަ ނައިލްއާއެވެ.
”ޔެސް މަމް…މިއަދު އެބަޖެހޭ ކުޑަ ކަމަކު ތަންކޮޅެއްއަވަހަށް ކޮލެޖަށް ދާން….އަވިލް ޓެލްދަ ޑީޓެއިލްސް އާފްޓާރ…..އޯކް މަމް ސީ ޔޫ….މިހާރު ރާވް އިންނާނެ އިންތުޒާރުގަ……”
ނައިލް އޭނާގެ މަންމަ ނިޝާއަށް އަތުންހަނައަޅާލަމުން ދިޔައީއެވެ.
”ހިނގާ ދާން…”
ނައިލްގޭގެ ކުރިމަތީގައި އޮތް ކަޅުކުލައިގެ ފެރާރީއަށް އަރަމުން ބުނެލީ އަޅައިގެން އިން އަވިއައިނު ރަގަނޅު ކޮއްލަމުންނެވެ.
”އޯހް….ސޯ ސްމާރޓް އަހަރެންވެސް ހިތް ކިޔާފި…..”
އާދައިގެ މަތިން އާރަވް ނައިލްއާއި ސަމާސާ ކޮއްލިއެވެ. ނައިލްއާއި އަޅާބަލާއިރު އާރަވް އަކީ ވެސް ނައިލްއާއި ވާދަކުރެވޭ ފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އާރަވްގެ އެ ކަސްރަތީ ހަށިގަނޑާއި ލައިގެން އިން ޓީޝާޓް ވަރަށް ވެސް ގުޅެއެވެ. ގަވައިދުން ޖިމަށް ދާ ކުއްޖެއްކަން ބަލާލި ކޮންމެ މީހަކަށް ވެސް އިނގޭނެއެވެ. ބޮލުގެ ފަންއިސްތަށިގަނޑު ކުރުކޮއް ކޮށާލައިވައި ވާއިރު ވަނީ ސަޅި ސްޓައިލަކަށް ހިއްލާލައިފައެވެ. ހަމުގެ ކުލައަށްޔެވެ. އާރްވް ވެސް އިނީ އަވިއައިނު އަޅައިގެންނެވެ.
”ހެހެހެ….ރާވް ވަކި ދެރަތަ؟…ގާމު އަންހެން ކުދިންތަށް އެތިބަނީ ވީއްޔަ މަށަށް މަށަށް ކިޔާލަ ކިޔާލާ…”
ނައިލްވެސް އާރަވްގެ ސަމާސާގައި ބައިވެރިވެލަމުން ބުނެލިއެވެ.
”މަގެ ހިތަށް ވާސިލް ވެވިފަވަނީ އެންމެ ކުއްޖަކަށް ކަން ނައިލްއަށް ހަމަ ވަރަށް ރަގަނޅަށް އިނގޭނެ….ވަރަށް އަވަހަށް އެކުއްޖާއަށް ޕްރޮޕޯސް ކުރަން ނިންމައިގެން މީނީ….”
އާރަވް ނިކަން ރީތި ހިނިތުންވުމެއް ދެމުން ނައިލްއާއި ދިމާއަށް ބުންޔެވެ.
”ތާރާ…”
ނައިލް ތާރާގެ ނަން ކިޔާލުމުން ވެސް އާރަވްއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ.
”ޔެސް ތާރާ….މައި ފަސްޓް އެންޑް ލާސްޓް ލަވް…ސީއިޒް ސޯ ބިއުޓިފުލް އެން ޕާރފެކްޓް….އެނީވޭ ނައިލް ކޮންދުވަހަކުންތަ ގާރލް އެއް ހޯދަނީ….”
”ހެހެހެ…ވެން އަލް ގެޓް އިންއަ ރިލޭޝަންޝިޕް އެވްރީވަން ވިލް ނޯ…..އަދި ނެތްތިކަހަލަގެ ހިޔާލެއް…..”
ނައިލް މިހެން ބުނެލީ އެއްވެސް އެއްޗެއް ހިތުގައި އޮވެގެނެއް ނޫނެވެ. ހަމަ އާރަވް ބުނާނެ އެއްޗެއް ބަލާލުމުގެ ބޭނުމުގައެވެ.
”ލެޓްސް ވެއިޓް ފޯރ ދެޓް ޑޭ ދެން…..އިނގިދާނެތާ ނައިލްގެ ސެޕެޝައިލް ގާރލްއަކީ ކޮބާކަން…….”
އާރަވް ނައިލްއަށް އެއްލޯމަރާލަމުން ކާރު ދުއްވައިލީ ކޮލެޖަށް ދިއުމަށްޓަކައެވެ. ނައިލްމެން އައިސް ކޮލެޖަށް ވަތް އިރުގައި ތާރާ ފަރި ހިނގުމެއްގައި އައިސް ނައިލްމެންނާއި އަރާ ހަމަ ކުރަނީއެވެ. ހީވަނީ ތާރާ ހުރީ ހަމަ ނައިލް މެން ނައިސްގެން އިންތިޒާރުގައި ހެންނެވެ.
”ހާދަ ލަސްވީ….”
ތާރާ ތުއި ވެލަމުން ބުނެލިއެވެ. އާރަވް ހުރީ ތާރާގެ ގައިން ނަޒަރު ވަކި ކޮއްލަން ނޭންގިފައެވެ. ތާރާ އަތްކެޑި ގަދަރަތް ކުލައެއްގެ ޓީޝާޓެއް ލައިގެން ހުރި އިރުގައި އޭތި ވަނީ ރަގަނޅަށް ގަޔަށް ހިފައިލައިފައެވެ. ތިރިން ލައިގެން ހުރި ލެގިންވެސް ވަނީ ތާރާގެ ފަޔަށް ހިފާލައިފައެވެ. އެ ލެގިންގެ އެކި ތަންތަނުން ފައިގެ ބައެއް ތަންތަން ހާމަވެފައި ވާއިރު އެ ދޮންބަނޑުވެސް ކުޑަކޮށް ފެންނަމުންދިޔައެވެ. އަތުގައި ކަޅުކުލައިގެ ކޯޓެއް އޮތް އިރުގައި އަރައިގެން ހުރި ހައި ހީލްސްއަކަށެވެ. ތުންފަތުގައި ގަދަ ރަތްކުލައެއް ޖައްސާލައިފައި ވާއިރު ބޮލުގެ ބުޅި އިސްތަށިގަނޑުގައި ވެސް ވަނީ މަޑު މުށިކުލައެއްގައެވެ. ތާރާ ރީތި ގޮތަކަށް އައިސް ހުއްޓިލިއިރުގައި އާރަވް ހުރީ އާނގަމަވެފައި ބަލާށެވެ. ނައިލް ތާރާއަށް މާ ބޮޑު ސަމާލުކަމެއް ނުދީ ފޯނުނަގާ އެއާއި ކުޅެންފެށިއެވެ. ނައިލްގެ މިއަމަލުންވެސް ނައިލް ތާރާއާއި ދޭތެރޭގައި އެހާ ޝައުގު ވެރިކަމެއް ނެތްކަން ހާމަވެގެން ދާނެކަން ޔަގީނެވެ. ނައިލްއަށް ތާރާ ކަމުނުދިއަސް ވެސް ނައިލް އެއްވެސް އެއްޗެކޭ ނުބުނެ ހުންނަނީ އާރަވްއަށްޓަކައެވެ.
”އެހެންނު ވާނީ ނައިލް ގާރލްއަކަށްވުރެ ތަތް ވިއްޔާ….”
އާރަވް އާދައިގެ މަތިން ސަމާސާ ކޮއްލިއެވެ.
”ހެހެހެ…ސީރިއަސް ލީ ތަ؟…”
ތާރާ ހީލަމުން ނައިލްއަށް ބަލާލިނަމަވެސް ނައިލް ތާރާއަށް ބަލައެއް ނުލިއެވެ. ނައިލްގެ މި ފަރުވާކުޑަ ކަމުން ތާރާ ކުޑަކޮށް ދެރަވެ ރުޅިއައި ނަމަވެސް އެކަމެއް މޫނުމަތިން ފާޅުވިޔަކަ ނުދެއެވެ. ތާރާ ހިތުތެރޭގައި ރާވަމުން ދިޔައީ ނައިލްގެ ހިތްއަތުލާނެ ގޮތަކާއި މެދުގައެވެ. ނަމަވެސް އަދިވެސް އެކަން ކާމިޔާބު ވާގޮތް ނުވެފައި ވަނީ ނައިލްއެހާ ތާރާއާއި މެދުގައި އަޅާނުލާތީއެވެ. ތާރާ ފިޔަވާ އިތުރު އެހެން އަންހެން ކުއްޖެއް ނައިލްގެ ދިރިއުޅުމަށް އަޔަކަ ތާރާއަށް ވެގެންވީއްޔާ ނުދޭނެއެވެ. އާރަވް އާދޭތެރޭގައި ތާރާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ތާރާއަށް ވެގެން ވާނަމަ ނައިލްއާއި ދިމާއަށް ބަލާލާ ކޮންމެ އަންހެން ކުއްޖެއްގެ ދެލޯ ކޮނެލާނެއެވެ. ތާރާ ހިތުތެރޭގައި އެތަށް ކަމެއްރާވަމުން ދާއިރު އާރަވްވެސް ދިޔައީ އެތަށް ކަމެއް ރާވަމުންނެވެ. ތާރާގެ ހިތުތެރޭގައި ވާ އެއްޗެއް ނޭންގޭ ހާލުގައެވެ. ނައިލްއާއި ތާރާއަދި އާރަވް ދިޔައީ ގްރޫޕް ވޯކެއް ހެދުމުގެ މަސަތްކަތް ކުރާށެވެ. ގްރޫޕް ވޯކް ހަދަންތިބި ތިންމީހުންވެސް ސިއްސައިގެން ދިޔައީ ނައިލްގެ ފޯނު ރިންގުވިއަޑަށެވެ.
”ހަހަހަ….ސަޅި ރިންގެއް އިނގޭ ނައިލް….”
އާރަވްއަށް ނައިލްއާއި ދިމާކޮށްނުލައެއް ނީންދެވުނެވެ.
”ޝަޓަޕް ރާވް….ހޭ ބޭބް….”
ނައިލް ކަންފަތުގައި ފޯނުޖަހަމުން ހިނގާގަތީ އެތަނުން ބޭރަށެވެ. ނައިލް ހެމުން ފޯނުން ވާހަކަ ދައްކަމުން ދިޔަ މަންޒަރު ބަލަން އިން ތާރާގެ ދަތްކުޑި ވީކިފައެވެ. ފައި ހަލުވާލަ ހަލުވާލާ އިން ތާރާ ސިއްސައިގެން ދިޔައީ އާރަވް ބާރަށް ގޮވާލުމުންނެވެ.
”ހޫން ކީކޭ އާރަވް…”
ތާރާގެ އަޑުގައި ވަނީ ނުރުހުމުގެ އަސަރެވެ.
”ކޮންތާކަށް ގެއްލިފަ؟..”
”ތަނަކަށް ނޫން…ކިހިނެއްވީ؟…”
”ކަމެއްނުވޭ އަހަރެން އަނގައިންބުނެ ބުނެވެސް ތާރާ އަނގައިން ނުބުނީމަ އެހާ ބާރަށް ގޮވާލެވުނީ ..ސޮރީ…”
އާރަވް ދެރަވީ ތާރާ ނުރުހުންވިތަން ފެނިފައެވެ.
”އެ އެވަރުގެ ކަމެއްނޫން…”
ތާރާ އައި ރުޅިގަނޑު ގަދަކަމުން ހިންދާލަމުން ބުނެލިއެވެ.
”އޮށްއޯ……އިޓް ލުކްސް ލައިކް ނައިލް ގޮޓްއަ ގާރލް….”
އާރަވް މިހެންބުނުމާއި އެކުހެން ތާރާ ބަލާލިއިރުގައި އަންހެން ކުއްޖަކު ހުރީ ނައިލްގައި ބައްދާލައިގެންނެވެ. ކުޑައިރުކޮޅަކުން ނައިލް މި ކުއްޖާ ދުރައްލާއިރަށް ދެން ފެނުނީ އެއަންހެންކުއްޖާ ނައިލްގެ ކޮލުގައި ބޮސްދިންތަނެވެ. ތާރާގެ އަތްވަގުތުން މުއްކެވިގެން ދިޔައީ ފެނުނު މަންޒަރުތަކުގެ ސަބަބުންނެވެ. ނައިލް މިފަހަރު ވެސް އެކުއްޖާ ދުރު ކޮއްލަމުން އެއްޗެކޭ ބުނުމަށްފަހު އައިސް ތާރާމެންތިބި ތަނުގައި އިށީނީއެވެ. ނައިލް އައިސް އިށީނުމުން ވެސް އެއަންހެންކުއްޖާ ނައިލްއަށް ގޮވާލަމުން ފްލައިންކިސް އެއް ފޮނުވާލިއެވެ. ނައިލްވެސް އެކުއްޖާއަށް ހަނައަޅައިލުމުން އެކުއްޖާ ދާން ހިނގައިގަތީއެވެ.
”އެބައަންނަން ފާހަނައަށް ގޮސްލާފަ…”
ތާރާ މިހެންބުނަމުން ތެދުވީ ނައިލްމެން ބުނާއެއްޗެއް އަޑުއެހުމެއް ނެތިއެވެ. އަދި އަވަސް އަވަހަށް ދާން ހިނގާގަތެވެ.
”ގާރލްއެއް ވާ ނެތް ކަމެއް ނޭންގެ….ދެންމެ ވެސް އިންނަން ޖެހުނީ ދެލޯ މަތީ އަތްއަޅާ ގެން ވިއްޔާ…”
އާރަވް ނައިލްގެ ކޮޑުގައި ޖަހައިލަމުން ބުނެލީ ސަމާސާ ރާގެއްގައެވެ.
” އޯ ޕްލީސް…..ރާވްއަށް ހަމަ ރަގަނޅަށއ އިނގޭނެ އެއީ ކާކުކަން….”
”އައިފީލް ބޭޑް ފޯހަރ ރިއަލީ…ނައިލްއާ އެކުގަ ކަމެއް ނުވެ އުޅެނިކޮއް ރަށަށް ދާން ވީއްޔަ އެކުއްޖާ ފަކީރު އެޖެހުނީ….ކިހާ ދެރަ…..ޖަސްޓް އަ ކިސް އިންދަ ޗީކްސް……ހެހެހެހެ…….”
ނައިލްގެ ވާހަކަ އަޑުއަހަން އިން އާރަވް ބުނެލިއެވެ. ނައިލް އެތަނުގައި އޮތް ފޮތަކުން އާރަވްގެ ބުރަކަށީގައި ޖަހައިލަމުން ކުރިންވެސް ކުރަން އިން މަސައްކަތައިގެން ކުރިއަށްދިޔައެވެ.
ތާރާ ބާރު ހިނގުމެއްގައި ދިޔައީ ނައިލް ގާތުގައި ދާދި ދެންމެއަކު ހުރި އަންހެންކުއްޖާގެ ފަހަތުންނެވެ. އެއަންހެން ކުއްޖާ ފޯނެއްގައި ގޮސްހުރެ އެރީ އެކޮލެޖުގެ ޓެރަސްއަށެވެ. ފަހަތުން މީހެއް އައި ކަމެއް މި ކުއްޖާއަށް އިނގުނުހެނެއް ހީއެއްނުވެއެވެ. ތާރާ އެކުއްޖާ ފޯނު ބޭއްވުމާއި އެކުހެން ގޮސް އެކުއްޖާ ބުރަކަށީގައި އަޅާ ފަހަތަށް ކޮއްޕާލިއެވެ. ލިބުނު ކުއްލި ސިހުމާއި އެކު އެކުއްޖާ ބިންމަށްޗަށް ވެއްޓުނު އިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންވުމުގެ ކުލަވަރެވެ.
”ވަޓް ދަ ހެލް…”
އެއަންހެން ކުއްޖާ ފާޑަކަށް ހަޅޭއްލަވައި ގަންނަމުން ތެދުވިއެވެ. އޭރުގައި ތާރާ އެއަންހެން ކުއްޖާއަށް ބަލަންހުރީ ރުޅިވެރި ނަޒަރަކުންނެވެ.
”ނައިލްއާ އަޅައިގަނެގެން ނޫޅޭތި؟..”
ތާރާ އެ އަންހެންކުއްޖާއާއި ދިމާއަށް އިނގިލި ދިއްކޮއްލަމުން ބުނެލީ އިންޒާރުގެ ނަޒަރަކުން ބަލަން ހުރެއެވެ.
”ހެހެ…އަޅައިގަނެގެން އުޅުނިއްޔާ ކީއްކުރެވޭނީ……ހީޒް ސޯ ހޮޓް……އަހަންނަން ނައިލްއާ ދުރުގަ ހުރުމަކީ އެހާ ފަސޭހަ ކަމެއްނޫން….އަހަރެން ހާދަ ލޯތްބެއް ވެއޭ ނައިލްދެކެ…….”
އެއަންހެން ކުއްޖާވެސް ހުރީ ތާރާއަށް ދޫކުރާ ކަހަލަގެ ގޮތަކަށް ނޫނެވެ. އެއަންހެން ކުއްޖާއެހެން ބުނި އިރުގައި މިކުރެވުނީ އަލިފާނަށް ޕެޓްރޯލް އެޅުން ފަދަ ކަމެއް ކަމެއް ރޭކައެއްނުލިއެވެ.
”ވަޓް ޑިޑް ޔޫ ޖަސްޓް ސޭ…….ތިކަހަލަގެ އެއްޗެއް ދެވަނަ ފަހަރަށް ނުބުނާތި….ތި ދޫ ދަމައިގަނެފާނަން…….”
ތާރާ ހުރީ ރުޅިއައިސްގެން ހަލާކުވާ ވަރުވެފައެވެ. ތާރާ ފާޑަކަށް ތުރުތުރު އަޅަމުން ދިޔައިރުގައި އަތްވަނީ މުށްކެވިފައެވެ.
”އާރ ޔޫ ޑެފް؟…ނައިލްވެސް ދެން ތިކަހަލަގެ މޮޔައަކާ ނޫޅޭނެ ދޯ….ޖޭ ވީ ދޯ ނައިލް އަހަންނާ އެކީގަ އެހާ ކުލޯސް ކޮއްއުޅުނީމަ….ހެހެހެ ދެން ވެސް ހަމަ ތިހެން ފުއްޕާފަ ބަލަން ހުންނަން ޖެހޭނީ……ހަމަ އެއްވެސް ކަމެއް ނުކުރެވޭނެ…….”
އެއަންހެން ކުއްޖާ ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ. ތާރާ ބަލާކަށް ނުހުރެ އެއަންހެން ކުއްޖާގެ އަނގަމަތީގައި ގޮއްމުއް ކަވާފައި ޖެހި ޖެހީނުން އަނގަ ފަޅާލައިފިއެވެ.
”ސްޓޭ އިން ޔުއާރ ލި……….”
އެއަންހެން ކުއްޖާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ އެއްނުކުރެވުނެވެ. މިފަހަރު ތާރާ އެއަންހެން ކުއްޖާގެ މޭމަތީގައި އަޅާ ނިކަން ބާރަށް ކޮއްޕާލީއެވެ. އެއަންހެން ކުއްޖާގެ ބާރު ހަޅޭކުގެ އަޑާއި އެކު ފައި ކައްސާލައިގެން ގޮސް ޓެރެސް އިން ބޭރަށް ވެއްޓުނީ ތާރާގެ ލޮލުގެ ކުރިމަތީގައެވެ. ނަމަވެސް ކަންހިނގާ ދިޔައީ ދާދި އަވަހަށް ކަމުން ދެމީހުންނަށް ވެސް އެކަމާއި ބެހޭގޮތުން އެއްވެސް ކަމެއް ކުރެވޭ ގޮތެއްނުވިއެވެ. ތާރާ ބޭރަށް ގުދުވެ ބަލާލިއިރުގައި އެއަންހެން ކުއްޖާ ތިރީ ބިންމަތީގައި އެއްވެސް ހަރަކާތެއްނެތި ބަންޑުން އޮތެވެ. ފަޅި ސިކުންތެއްގެ ތެރޭގައި މުޅި އެއަންހެންކުއްޖާ އަދި އެ ކުއްޖާ އޮތް ތަނުގައި އޮތީ ލޭގެ ކޯރެއްހެދިފައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

މާޔޫސްވެފާ ވީމޭ މިތާ

Next

ލޯބިވެވުނީ….2

Next
April 26, 2019

ލޯބިވެވުނީ….2

Previews
April 26, 2019

މާޔޫސްވެފާ ވީމޭ މިތާ

19 Comments!

  1. Ibsha says:
    April 26, 2019 at 5:04 am

    Varah reethi

    1. InaaSh says:
      April 26, 2019 at 6:12 pm

      Jazakillah khairan ibsha ?

  2. InaaSh says:
    April 26, 2019 at 6:46 am

    Here is the tenth part… i hope you guys will like it… ?

  3. jiji says:
    April 26, 2019 at 8:40 am

    Vvvv salhi. .haadh curious kohfa thi ??nimmaaly..hehe

    1. InaaSh says:
      April 26, 2019 at 6:13 pm

      Heheh jazakillah khairan jiji ??

  4. Kaileen says:
    April 26, 2019 at 9:08 am

    Vvvv reethi story ???????????????????????????????????Masha Allah

    1. InaaSh says:
      April 26, 2019 at 6:14 pm

      Jazakillah khairan kaileen ?

  5. ފާތުމަތު says:
    April 26, 2019 at 3:24 pm

    Miharu mi thara mee kaku tha?? Hadha rulhi gadha ey… so niall and arav are bestfriends… ? anw mi part wes v rythi… ❤

    1. InaaSh says:
      April 26, 2019 at 6:14 pm

      Jazakillah khairan fathimath ?

  6. Reader? says:
    April 26, 2019 at 3:25 pm

    Mi part varah intresting… ?

    1. InaaSh says:
      April 26, 2019 at 6:15 pm

      Jazakillah khairan reader… ?

  7. Amin says:
    April 26, 2019 at 3:25 pm

    Rythi mi baiwes…
    Waiting for next part… ?

    1. InaaSh says:
      April 26, 2019 at 6:15 pm

      Jazakillah khairan amin ?

  8. Yoo shi-jin oppa says:
    April 26, 2019 at 7:14 pm

    ? Mi part ves vrh salhi
    Waiting for the next part
    ?? Naill

    1. InaaSh says:
      April 27, 2019 at 11:14 am

      Jazakillah khairan oppa ?

  9. Lyyn says:
    April 26, 2019 at 9:05 pm

    Kaaku dhw egirl akee…v reethi mi part vx?

    1. InaaSh says:
      April 27, 2019 at 11:14 am

      Jazakillah khairan lyyn ?

  10. Ibsha says:
    April 27, 2019 at 12:12 am

    Lyyn… Aharenah heevany egirl aky nail kokko hen

  11. Lyyn says:
    April 28, 2019 at 8:27 pm

    Ibsha..vedhaane ehnkamahvx

Comments are closed.

Next Episodeމާޒީ (އެގާރަވަނަބައި)←


All Right Reserved!